ޤުރްއާން ދިވެހި ތަރުޖަމާ
98 مدنى 8 Ayahs

سورة البَیّنَة

ސޫރަތް 98
ޕްލޭބެކް އިޚުތިޔާރު
ވާޒް ރެސިޓަރ، މާނަ ރެސިޓަރ އަދި މޯޑު ހޮވާލާށެވެ
1
ފޮންޓް ކޮންޓްރޯލް
އަރަބި އާޔަތާއި ދިވެހި މާނަގެ ފޮންޓް ސައިޒް ބަދަލު ކުރާށެވެ
ފުރިހަމަ ސޫރަތް ޕްލޭ
The page follows the ayah currently playing.
Playable ayahs: 9
ސޫރަތް މަޢުލޫމާތު
Use the icon-only controls to move ayah by ayah or play the full surah in order.

އާޔަތްތައް

9 Ayahs
Surah 98 · سورة البَیّنَة
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 98 · سورة البَیّنَة
Juz 1
لَمۡ يَكُنِ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَـٰبِ وَٱلۡمُشۡرِكِينَ مُنفَكِّينَ حَتَّىٰ تَأۡتِيَہُمُ ٱلۡبَيِّنَةُ 1
ފޮތުގެ أهلވެރިންނާއި، مشركންގެ ތެރެއިން كافرވިމީހުން، ފާޅުވެގެންވާ ދަލީލު އެއުރެންގެ ގާތަށް އަތުވެއްޖައުމަށްދާނދެން އެއުރެން ތިބިގޮތް ދޫކޮށްލާނޭ ބަޔަކުކަމުގައި ނުވެތެވެ.
Surah 98 · سورة البَیّنَة
Juz 1
رَسُولٌ۬ مِّنَ ٱللَّهِ يَتۡلُواْ صُحُفً۬ا مُّطَهَّرَةً۬ 2
(އެ ދަލީލަކީ) اللَّهގެ حضرةން ފޮނުއްވެވި رسولއެކެވެ. طاهرކުރައްވާފައިވާ ފަތްފުށްތަކެއް އެ رسولއާ ކިޔަވައިދެއްވަތެވެ.
Surah 98 · سورة البَیّنَة
Juz 1
فِيہَا كُتُبٌ۬ قَيِّمَةٌ۬ 3
ސީދާވެގެންވާ حكمތައް، އެ ފަތްފުށްތަކުގައި ވެއެވެ.
Surah 98 · سورة البَیّنَة
Juz 1
وَمَا تَفَرَّقَ ٱلَّذِينَ أُوتُواْ ٱلۡكِتَـٰبَ إِلَّا مِنۢ بَعۡدِ مَا جَآءَتۡہُمُ ٱلۡبَيِّنَةُ 4
އަދި ފާޅުވެގެންވާ ދަލީލު، އެއުރެންގެ ގާތަށް އައުމަށްފަހުގައި މެނުވީ، ފޮތް ލިބުނު މީހުން ބައިބައިވެގެން ނުދެތެވެ.
Surah 98 · سورة البَیّنَة
Juz 1
وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُواْ ٱلصَّلَوٰةَ وَيُؤۡتُواْ ٱلزَّكَوٰةَ‌ۚ وَذَٲلِكَ دِينُ ٱلۡقَيِّمَةِ 5
باطل މަގުން އެއްކިބާވެތިބެ، اللَّهއަށް އަޅުކަން خالصކުރާ حال، اللَّهއަށް އަޅުކަންކުރުމަށާއި، ނަމާދު قائمކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެއެވެ. އަދި ސީދާވެގެންވާ دينއަކީ އެއީއެވެ.
Surah 98 · سورة البَیّنَة
Juz 1
إِنَّ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَـٰبِ وَٱلۡمُشۡرِكِينَ فِى نَارِ جَهَنَّمَ خَـٰلِدِينَ فِيہَآ‌ۚ أُوْلَـٰٓٮِٕكَ هُمۡ شَرُّ ٱلۡبَرِيَّةِ 6
ހަމަކަށަވަރުން، ފޮތުގެ أهلވެރިންނާއި، مشركންގެ ތެރެއިން كافرވިމީހުންވަނީ ނަރަކައިގެ އަލިފާނުގެ ތެރޭގައެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވިގޮތުގައެވެ. އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ނުބައިމީހުންނެވެ.
Surah 98 · سورة البَیّنَة
Juz 1
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ أُوْلَـٰٓٮِٕكَ هُمۡ خَيۡرُ ٱلۡبَرِيَّةِ 7
ހަމަކަށަވަރުން، إيمانވެ صالح عملތައް ކުޅަމީހުން (ދަންނާށެވެ!) އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ހެޔޮމީހުންނެވެ.
Surah 98 · سورة البَیّنَة
Juz 1
جَزَآؤُهُمۡ عِندَ رَبِّہِمۡ جَنَّـٰتُ عَدۡنٍ۬ تَجۡرِى مِن تَحۡتِہَا ٱلۡأَنۡہَـٰرُ خَـٰلِدِينَ فِيہَآ أَبَدً۬ا‌ۖ رَّضِىَ ٱللَّهُ عَنۡہُمۡ وَرَضُواْ عَنۡهُ‌ۚ ذَٲلِكَ لِمَنۡ خَشِىَ رَبَّهُ ۥ 8
އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި، އެއުރެންގެ ޖަޒާއަކީ، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ عدنއެވެ ކިއުނު ސުވަރުގެތަކެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވިގޮތުގައެވެ. اللَّه އެއުރެންނަށް ރުހިވޮޑިގެންވެއެވެ. އަދި އެއުރެން އެކަލާނގެ (ދެއްވި نعمة) އަށް ރުހިގެންވެއެވެ. އެ نعمة ލިބޭހުށީ، އެމީހާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވި މީހަކަށެވެ.