ޤުރްއާން ދިވެހި ތަރުޖަމާ
97 مكّى 5 Ayahs

سورة القَدر

ސޫރަތް 97
ޕްލޭބެކް އިޚުތިޔާރު
ވާޒް ރެސިޓަރ، މާނަ ރެސިޓަރ އަދި މޯޑު ހޮވާލާށެވެ
1
ފޮންޓް ކޮންޓްރޯލް
އަރަބި އާޔަތާއި ދިވެހި މާނަގެ ފޮންޓް ސައިޒް ބަދަލު ކުރާށެވެ
ފުރިހަމަ ސޫރަތް ޕްލޭ
The page follows the ayah currently playing.
Playable ayahs: 6
ސޫރަތް މަޢުލޫމާތު
Use the icon-only controls to move ayah by ayah or play the full surah in order.

އާޔަތްތައް

6 Ayahs
Surah 97 · سورة القَدر
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 97 · سورة القَدر
Juz 1
إِنَّآ أَنزَلۡنَـٰهُ فِى لَيۡلَةِ ٱلۡقَدۡرِ 1
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآنބާވައިލެއްވީ ليلةالقدرވިލޭރޭގައެވެ.
Surah 97 · سورة القَدر
Juz 1
وَمَآ أَدۡرَٮٰكَ مَا لَيۡلَةُ ٱلۡقَدۡرِ 2
އަދި ليلةالقدرވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
Surah 97 · سورة القَدر
Juz 1
لَيۡلَةُ ٱلۡقَدۡرِ خَيۡرٌ۬ مِّنۡ أَلۡفِ شَہۡرٍ۬ 3
ليلةالقدرވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.
Surah 97 · سورة القَدر
Juz 1
تَنَزَّلُ ٱلۡمَلَـٰٓٮِٕكَةُ وَٱلرُّوحُ فِيہَا بِإِذۡنِ رَبِّہِم مِّن كُلِّ أَمۡرٍ۬ 4
ملائكةންނާއި، جبريلގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذنފުޅާއެކު، ހުރިހާ أمرފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.
Surah 97 · سورة القَدر
Juz 1
سَلَـٰمٌ هِىَ حَتَّىٰ مَطۡلَعِ ٱلۡفَجۡرِ 5
އެއީ فجرގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، أمانކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.