Surah 99 · سورة الزّلزَلة Juz 1 بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 99 · سورة الزّلزَلة Juz 1 إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا 1 ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ.
Surah 99 · سورة الزّلزَلة Juz 1 وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا 2 އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ خزانةތަކާއި ކަށްތައް) ނެރެއުކާލައިފިހިނދެވެ.
Surah 99 · سورة الزّلزَلة Juz 1 وَقَالَ ٱلۡإِنسَـٰنُ مَا لَهَا 3 އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފިހިނދެވެ.
Surah 99 · سورة الزّلزَلة Juz 1 يَوۡمَٮِٕذٍ۬ تُحَدِّثُ أَخۡبَارَهَا 4 އެދުވަހުން އެ ބިންގަނޑު، އޭގެ خبرތަކުގެ ވާހަކަ ދައްކާނެތެވެ.
Surah 99 · سورة الزّلزَلة Juz 1 بِأَنَّ رَبَّكَ أَوۡحَىٰ لَهَا 5 އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެ ބިމަށް އެކަން إلهام ކުރެއްވީތީއެވެ.
Surah 99 · سورة الزّلزَلة Juz 1 يَوۡمَٮِٕذٍ۬ يَصۡدُرُ ٱلنَّاسُ أَشۡتَاتً۬ا لِّيُرَوۡاْ أَعۡمَـٰلَهُمۡ 6 އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ عملތައް ދެއްކެވުމަށްޓަކައެވެ.
Surah 99 · سورة الزّلزَلة Juz 1 فَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ خَيۡرً۬ا يَرَهُ ۥ 7 ފަހެ، ذرّއެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.
Surah 99 · سورة الزّلزَلة Juz 1 وَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ۬ شَرًّ۬ا يَرَهُ 8 އަދި ذرّއެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.