Surah 87 · سورة الاٴعلی
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 87 · سورة الاٴعلی
Juz 1
سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى 1
ކަލޭގެފާނުގެ ވެރި، އެންމެ މަތިވެރި ރަސްކަލާނގެ اسمފުޅުން ކަލޭގެފާނު
تسبيح ވިދާޅުވާށެވެ!
Surah 87 · سورة الاٴعلی
Juz 1
ٱلَّذِى خَلَقَ فَسَوَّىٰ 2
އެކަލާނގެއީ (އެންމެހާ ތަކެތި) ހައްދަވައި، ދެން އެ ހެއްދެވުން ފުރިހަމަކުރެއްވި ރަސްކަލާނގެއެވެ.
Surah 87 · سورة الاٴعلی
Juz 1
وَٱلَّذِى قَدَّرَ فَهَدَىٰ 3
އަދި އެކަލާނގެއީ (އެންމެހާ ތަކެތި) މިންވަރުކުރައްވައި، ދެން (އެތަކެއްޗަށް) މަގުދެއްކެވި ރަސްކަލާނގެއެވެ.
Surah 87 · سورة الاٴعلی
Juz 1
وَٱلَّذِىٓ أَخۡرَجَ ٱلۡمَرۡعَىٰ 4
އަދި އެކަލާނގެއީ، ފަތްޕިލާވެލި ފެޅުއްވި ރަސްކަލާނގެއެވެ.
Surah 87 · سورة الاٴعلی
Juz 1
فَجَعَلَهُ ۥ غُثَآءً أَحۡوَىٰ 5
އަދި އެކަލާނގެ އެތަކެތި، ކަޅުކުލައިގެ ހިކި ކުނޑިތަކެއް ކަމުގައި ލެއްވިއެވެ.
Surah 87 · سورة الاٴعلی
Juz 1
سَنُقۡرِئُكَ فَلَا تَنسَىٰٓ 6
ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن އުނގަންނައި ދެއްވާހުށީމެވެ.ފަހެ،ކަލޭގެފާނު (އެ قرآن) ހަނދުމަފުޅެއް ނުނެތޭނެތެވެ.
Surah 87 · سورة الاٴعلی
Juz 1
إِلَّا مَا شَآءَ ٱللَّهُۚ إِنَّهُ ۥ يَعۡلَمُ ٱلۡجَهۡرَ وَمَا يَخۡفَىٰ 7
(ހަނދުމަފުޅު ނެތުމަށް) اللَّه އިރާދަކުރެއްވި އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ.
Surah 87 · سورة الاٴعلی
Juz 1
وَنُيَسِّرُكَ لِلۡيُسۡرَىٰ 8
އަދި ފަސޭހަވެގެންވާ މަގަށް، ތިމަންރަސްކަލާނގެ ކަލޭގެފާނަށްޓަކައި މަގު ފަހިކޮށްދެއްވާހުށީމެވެ.
Surah 87 · سورة الاٴعلی
Juz 1
فَذَكِّرۡ إِن نَّفَعَتِ ٱلذِّكۡرَىٰ 9
ފަހެ، ހަނދުމަކޮށްދިނުން މަންފާކުރާނަމަ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށްދެއްވާށެވެ!
Surah 87 · سورة الاٴعلی
Juz 1
سَيَذَّكَّرُ مَن يَخۡشَىٰ 10
(اللَّه އަށް) ބިރުވެތިވާ މީހާ، ހަނދުމަކޮށް އުޅޭނެތެވެ.
Surah 87 · سورة الاٴعلی
Juz 1
وَيَتَجَنَّبُہَا ٱلۡأَشۡقَى 11
އަދި އަބާއްޖަވެރިކަން އެންމެ ބޮޑުމީހާ، އެކަމުން ދުރުހެލިވާނެތެވެ.
Surah 87 · سورة الاٴعلی
Juz 1
ٱلَّذِى يَصۡلَى ٱلنَّارَ ٱلۡكُبۡرَىٰ 12
އެމީހާއީ، ބޮޑުވެގެންވާ ނަރަކައަށް ވަންނާނޭ މީހެކެވެ.
Surah 87 · سورة الاٴعلی
Juz 1
ثُمَّ لَا يَمُوتُ فِيہَا وَلَا يَحۡيَىٰ 13
ދެން އެމީހަކު އެތާނގައި މަރެއްވެސް ނުވާނެއެވެ. އަދި (އަރާމުހުރި ދިރުމަކުން) ނުވެސް ދިރޭނޭމެއެވެ.
Surah 87 · سورة الاٴعلی
Juz 1
قَدۡ أَفۡلَحَ مَن تَزَكَّىٰ 14
(كافرކަމުން) طاهرވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ اسمފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
Surah 87 · سورة الاٴعلی
Juz 1
وَذَكَرَ ٱسۡمَ رَبِّهِۦ فَصَلَّىٰ 15
(كافرކަމުން) طاهرވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ اسمފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
Surah 87 · سورة الاٴعلی
Juz 1
بَلۡ تُؤۡثِرُونَ ٱلۡحَيَوٰةَ ٱلدُّنۡيَا 16
އަދި ކިއެއްތަ! آخرةގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ حالވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.
Surah 87 · سورة الاٴعلی
Juz 1
وَٱلۡأَخِرَةُ خَيۡرٌ۬ وَأَبۡقَىٰٓ 17
އަދި ކިއެއްތަ! آخرةގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ حالވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.
Surah 87 · سورة الاٴعلی
Juz 1
إِنَّ هَـٰذَا لَفِى ٱلصُّحُفِ ٱلۡأُولَى 18
ހަމަކަށަވަރުން، މިވާހަކަތައް، އިހުގެ ފަތްފުށްތަކުގައިވާކަން ކަށަވަރެވެ.
Surah 87 · سورة الاٴعلی
Juz 1
صُحُفِ إِبۡرَٲهِيمَ وَمُوسَىٰ 19
إبراهيمގެފާނާއި، موسىގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ.