ޤުރްއާން ދިވެހި ތަރުޖަމާ
86 مكّى 17 Ayahs

سورة الطّارق

ސޫރަތް 86
ޕްލޭބެކް އިޚުތިޔާރު
ވާޒް ރެސިޓަރ، މާނަ ރެސިޓަރ އަދި މޯޑު ހޮވާލާށެވެ
1
ފޮންޓް ކޮންޓްރޯލް
އަރަބި އާޔަތާއި ދިވެހި މާނަގެ ފޮންޓް ސައިޒް ބަދަލު ކުރާށެވެ
ފުރިހަމަ ސޫރަތް ޕްލޭ
The page follows the ayah currently playing.
Playable ayahs: 18
ސޫރަތް މަޢުލޫމާތު
Use the icon-only controls to move ayah by ayah or play the full surah in order.

އާޔަތްތައް

18 Ayahs
Surah 86 · سورة الطّارق
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 86 · سورة الطّارق
Juz 1
وَٱلسَّمَآءِ وَٱلطَّارِقِ 1
އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ.
Surah 86 · سورة الطّارق
Juz 1
وَمَآ أَدۡرَٮٰكَ مَا ٱلطَّارِقُ 2
އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިޔަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
Surah 86 · سورة الطّارق
Juz 1
ٱلنَّجۡمُ ٱلثَّاقِبُ 3
އެއީ އަނދިރިކަން ތޮރުފައިލާ، އަލިކަންގަދަ ތަރިއެވެ.
Surah 86 · سورة الطّارق
Juz 1
إِن كُلُّ نَفۡسٍ۬ لَّمَّا عَلَيۡہَا حَافِظٌ۬ 4
އެއްވެސް نفسއެއް، އެ نفسއެއްގެ މައްޗަށް ރައްކާތެރިވާނޭ ملائكةއަކު ނެތިއެއް ނުވެއެވެ.
Surah 86 · سورة الطّارق
Juz 1
فَلۡيَنظُرِ ٱلۡإِنسَـٰنُ مِمَّ خُلِقَ 5
ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ!
Surah 86 · سورة الطّارق
Juz 1
خُلِقَ مِن مَّآءٍ۬ دَافِقٍ۬ 6
އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ.
Surah 86 · سورة الطّارق
Juz 1
يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآٮِٕبِ 7
އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ.
Surah 86 · سورة الطّارق
Juz 1
إِنَّهُ ۥ عَلَىٰ رَجۡعِهِۦ لَقَادِرٌ۬ 8
ހަމަކަށަވަރުން، އެކަލާނގެއީ، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވުމުގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
Surah 86 · سورة الطّارق
Juz 1
يَوۡمَ تُبۡلَى ٱلسَّرَآٮِٕرُ 9
ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، امتحانކުރައްވާ ދުވަހެވެ.
Surah 86 · سورة الطّارق
Juz 1
فَمَا لَهُ ۥ مِن قُوَّةٍ۬ وَلَا نَاصِرٍ 10
ފަހެ، އޭނާޔަށް އެއްވެސް ބާރެއް، އަދި نصرދޭނޭ މީހަކުވެސް ނުވެއެވެ.
Surah 86 · سورة الطّارق
Juz 1
وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ 11
ވާރޭވެއްސާ އުޑު ގަންދެއްވަމެވެ.
Surah 86 · سورة الطّارق
Juz 1
وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ 12
އަދި ގަސްފަޅާ ބިން ގަންދެއްވަމެވެ.
Surah 86 · سورة الطّارق
Juz 1
إِنَّهُ ۥ لَقَوۡلٌ۬ فَصۡلٌ۬ 13
ހަމަކަށަވަރުން، އެ قرآنއަކީ، حقއާއި، باطلވަކިކުރާ ތެދުބަސްފުޅެއްކަން ކަށަވަރެވެ.
Surah 86 · سورة الطّارق
Juz 1
وَمَا هُوَ بِٱلۡهَزۡلِ 14
އަދި ކުޅޭކުޅޭ އެއްޗެއްކަމުގައި އެ قرآن ނުވެއެވެ.
Surah 86 · سورة الطّارق
Juz 1
إِنَّہُمۡ يَكِيدُونَ كَيۡدً۬ا 15
ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ.
Surah 86 · سورة الطّارق
Juz 1
وَأَكِيدُ كَيۡدً۬ا 16
އަދި ތިމަންރަސްކަލާނގެވެސް ރޭއްވެވުމެއް ރާއްވަވަމެވެ.
Surah 86 · سورة الطّارق
Juz 1
فَمَهِّلِ ٱلۡكَـٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا 17
ފަހެ، كافرންނަށް ކަލޭގެފާނު مهلةއެއް ދެއްވާށެވެ! ކުޑަހިނދުކޮޅަކަށް އެއުރެންނަށް ލަސްކޮށްލައްވާށެވެ!