ޤުރްއާން ދިވެހި ތަރުޖަމާ
88 مكّى 26 Ayahs

سورة الغَاشِیَة

ސޫރަތް 88
ޕްލޭބެކް އިޚުތިޔާރު
ވާޒް ރެސިޓަރ، މާނަ ރެސިޓަރ އަދި މޯޑު ހޮވާލާށެވެ
1
ފޮންޓް ކޮންޓްރޯލް
އަރަބި އާޔަތާއި ދިވެހި މާނަގެ ފޮންޓް ސައިޒް ބަދަލު ކުރާށެވެ
ފުރިހަމަ ސޫރަތް ޕްލޭ
The page follows the ayah currently playing.
Playable ayahs: 27
ސޫރަތް މަޢުލޫމާތު
Use the icon-only controls to move ayah by ayah or play the full surah in order.

އާޔަތްތައް

27 Ayahs
Surah 88 · سورة الغَاشِیَة
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 88 · سورة الغَاشِیَة
Juz 1
هَلۡ أَتَٮٰكَ حَدِيثُ ٱلۡغَـٰشِيَةِ 1
ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ (އެބަހީ: قيامةގެ ވާހަކަ) ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
Surah 88 · سورة الغَاشِیَة
Juz 1
وُجُوهٌ۬ يَوۡمَٮِٕذٍ خَـٰشِعَةٌ 2
އެދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ.
Surah 88 · سورة الغَاشِیَة
Juz 1
عَامِلَةٌ۬ نَّاصِبَةٌ۬ 3
މަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ.
Surah 88 · سورة الغَاشِیَة
Juz 1
تَصۡلَىٰ نَارًا حَامِيَةً۬ 4
ހޫނުކަން ގަދަވެގެންވާ ނަރަކަޔަށް އެއުރެން ވަންނާނެތެވެ.
Surah 88 · سورة الغَاشِیَة
Juz 1
تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٍ۬ 5
ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ.
Surah 88 · سورة الغَاشِیَة
Juz 1
لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٍ۬ 6
ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ.
Surah 88 · سورة الغَاشِیَة
Juz 1
لَّا يُسۡمِنُ وَلَا يُغۡنِى مِن جُوعٍ۬ 7
(އެ ކެއުމަކުން) ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ.
Surah 88 · سورة الغَاشِیَة
Juz 1
وُجُوهٌ۬ يَوۡمَٮِٕذٍ۬ نَّاعِمَةٌ۬ 8
އެދުވަހުން نعمةލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ.
Surah 88 · سورة الغَاشِیَة
Juz 1
لِّسَعۡيِہَا رَاضِيَةٌ۬ 9
ދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވެއެވެ.
Surah 88 · سورة الغَاشِیَة
Juz 1
فِى جَنَّةٍ عَالِيَةٍ۬ 10
މަތިވެރިވެގެންވާ ސުވަރުގޭގައެވެ.
Surah 88 · سورة الغَاشِیَة
Juz 1
لَّا تَسۡمَعُ فِيہَا لَـٰغِيَةً۬ 11
(ގެއްލުންދެނިވި) ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެތެވެ.
Surah 88 · سورة الغَاشِیَة
Juz 1
فِيہَا عَيۡنٌ۬ جَارِيَةٌ۬ 12
ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ.
Surah 88 · سورة الغَاشِیَة
Juz 1
فِيہَا سُرُرٌ۬ مَّرۡفُوعَةٌ۬ 13
އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ.
Surah 88 · سورة الغَاشِیَة
Juz 1
وَأَكۡوَابٌ۬ مَّوۡضُوعَةٌ۬ 14
އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ.
Surah 88 · سورة الغَاشِیَة
Juz 1
وَنَمَارِقُ مَصۡفُوفَةٌ۬ 15
އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ.
Surah 88 · سورة الغَاشِیَة
Juz 1
وَزَرَابِىُّ مَبۡثُوثَةٌ 16
އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ.
Surah 88 · سورة الغَاشِیَة
Juz 1
أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ ڪَيۡفَ خُلِقَتۡ 17
ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ.
Surah 88 · سورة الغَاشِیَة
Juz 1
وَإِلَى ٱلسَّمَآءِ ڪَيۡفَ رُفِعَتۡ 18
އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟
Surah 88 · سورة الغَاشِیَة
Juz 1
وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ 19
އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟
Surah 88 · سورة الغَاشِیَة
Juz 1
وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ 20
އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟
Surah 88 · سورة الغَاشِیَة
Juz 1
فَذَكِّرۡ إِنَّمَآ أَنتَ مُذَڪِّرٌ۬ 21
ފަހެ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ.
Surah 88 · سورة الغَاشِیَة
Juz 1
لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ 22
އެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.
Surah 88 · سورة الغَاشِیَة
Juz 1
إِلَّا مَن تَوَلَّىٰ وَكَفَرَ 23
ފުރަގަސްދީ، كافرވި މީހަކަށް މެނުވީއެވެ.
Surah 88 · سورة الغَاشِیَة
Juz 1
فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ 24
ފަހެ، اللّه، އެމީހަކަށް ބޮޑުވެގެންވާ عذابން عذابދެއްވާނެތެވެ.
Surah 88 · سورة الغَاشِیَة
Juz 1
إِنَّ إِلَيۡنَآ إِيَابَہُمۡ 25
ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرةއަށެވެ.
Surah 88 · سورة الغَاشِیَة
Juz 1
ثُمَّ إِنَّ عَلَيۡنَا حِسَابَہُم 26
ދެން އެއުރެންގެ حسابބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ.