Surah 100 · سورة العَادیَات
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 100 · سورة العَادیَات
Juz 1
وَٱلۡعَـٰدِيَـٰتِ ضَبۡحً۬ا 1
ނޭވާގެ އަޑު އިއްވަމުން، ހަރުކޮށް ދުވާ އަސްތައް ގަންދެއްވަމެވެ.
Surah 100 · سورة العَادیَات
Juz 1
فَٱلۡمُورِيَـٰتِ قَدۡحً۬ا 2
އަދި ފިޔަވަޅުތަކުން އަލިފާން ކަނޑަމުންދުވާ އަސްތައް ގަންދެއްވަމެވެ.
Surah 100 · سورة العَادیَات
Juz 1
فَٱلۡمُغِيرَٲتِ صُبۡحً۬ا 3
އަދި ފަތިހުގެ ވަގުތުގައި، حملةދޭ އަސްތައް ގަންދެއްވަމެވެ.
Surah 100 · سورة العَادیَات
Juz 1
فَأَثَرۡنَ بِهِۦ نَقۡعً۬ا 4
ފަހެ، އެ އަސްތައް، އެ ވަގުތު ހިރަފުސް ބުރުވައިލައެވެ.
Surah 100 · سورة العَادیَات
Juz 1
فَوَسَطۡنَ بِهِۦ جَمۡعًا 5
ފަހެ، އެ އަސްތައް އެ ހިރަފުސްތަކުގެ ތެރޭގައި (دشمنންގެ) ބައިގަނޑުގެ މެދަށް ވަދެގަނެއެވެ.
Surah 100 · سورة العَادیَات
Juz 1
إِنَّ ٱلۡإِنسَـٰنَ لِرَبِّهِۦ لَكَنُودٌ۬ 6
ހަމަކަށަވަރުން، އިންސާނާއީ، އޭނާގެ ވެރިރަސްކަލާނގެއަށް ހަރާންކޯރުވުން ބޮޑު މީހެކެވެ.
Surah 100 · سورة العَادیَات
Juz 1
وَإِنَّهُ ۥ عَلَىٰ ذَٲلِكَ لَشَہِيدٌ۬ 7
އަދި ހަމަކަށަވަރުން، އެ އިންސާނާއީ، އެކަމުގެ މައްޗަށް ހެކިވެރިޔަކުކަން ކަށަވަރެވެ.
Surah 100 · سورة العَادیَات
Juz 1
وَإِنَّهُ ۥ لِحُبِّ ٱلۡخَيۡرِ لَشَدِيدٌ 8
އަދި ހަމަކަށަވަރުންް، އެ އިންސާނާއީ، މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ.
Surah 100 · سورة العَادیَات
Juz 1
۞ أَفَلَا يَعۡلَمُ إِذَا بُعۡثِرَ مَا فِى ٱلۡقُبُورِ 9
ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކައިލައްވާހިނދު، އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާހިނދު، ފަހެ، އެ އިންސާނާ (އެކަންތައް) ނުދަންނަނީ ހެއްޔެވެ؟
Surah 100 · سورة العَادیَات
Juz 1
وَحُصِّلَ مَا فِى ٱلصُّدُورِ 10
ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކައިލައްވާހިނދު، އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާހިނދު، ފަހެ، އެ އިންސާނާ (އެކަންތައް) ނުދަންނަނީ ހެއްޔެވެ؟
Surah 100 · سورة العَادیَات
Juz 1
إِنَّ رَبَّہُم بِہِمۡ يَوۡمَٮِٕذٍ۬ لَّخَبِيرُۢ 11
ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއީ، އެދުވަހުން އެއުރެންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.