Surah 101 · سورة القَارعَة Juz 1 بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 101 · سورة القَارعَة Juz 1 مَا ٱلۡقَارِعَةُ 2 ބިރުވެރިކަންބޮޑު قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟
Surah 101 · سورة القَارعَة Juz 1 وَمَآ أَدۡرَٮٰكَ مَا ٱلۡقَارِعَةُ 3 އަދި ބިރުވެރިކަން ބޮޑު قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
Surah 101 · سورة القَارعَة Juz 1 يَوۡمَ يَكُونُ ٱلنَّاسُ ڪَٱلۡفَرَاشِ ٱلۡمَبۡثُوثِ 4 ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ.
Surah 101 · سورة القَارعَة Juz 1 وَتَكُونُ ٱلۡجِبَالُ ڪَٱلۡعِهۡنِ ٱلۡمَنفُوشِ 5 އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ.
Surah 101 · سورة القَارعَة Juz 1 فَأَمَّا مَن ثَقُلَتۡ مَوَٲزِينُهُ ۥ 6 ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ!
Surah 101 · سورة القَارعَة Juz 1 فَهُوَ فِى عِيشَةٍ۬ رَّاضِيَةٍ۬ 7 ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ.)
Surah 101 · سورة القَارعَة Juz 1 وَأَمَّا مَنۡ خَفَّتۡ مَوَٲزِينُهُ ۥ 8 އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ!
Surah 101 · سورة القَارعَة Juz 1 فَأُمُّهُ ۥ هَاوِيَةٌ۬ 9 ފަހެ، އޭނާ އުޅޭނެތަނަކީ، ނަރަކައިގެ އަޑިއެވެ.
Surah 101 · سورة القَارعَة Juz 1 وَمَآ أَدۡرَٮٰكَ مَا هِيَهۡ 10 އަދި އެއީ ކޮންތަނެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟