Surah 95 · سورة التِّین Juz 1 بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 95 · سورة التِّین Juz 1 وَهَـٰذَا ٱلۡبَلَدِ ٱلۡأَمِينِ 3 އަދި أمانކަން ލިބިގެންވާ މި ރަށް (އެބަހީ: مكة) ގަންދެއްވަމެވެ.
Surah 95 · سورة التِّین Juz 1 لَقَدۡ خَلَقۡنَا ٱلۡإِنسَـٰنَ فِىٓ أَحۡسَنِ تَقۡوِيمٍ۬ 4 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورةގައި އިންސާނާ ހެއްދެވީމެވެ.
Surah 95 · سورة التِّین Juz 1 ثُمَّ رَدَدۡنَـٰهُ أَسۡفَلَ سَـٰفِلِينَ 5 ދެން ތިމަންރަސްކަލާނގެ، އެ އިންސާނާ (ނަރަކައިގެ) އަޑީގެ އެންމެ އަޑިޔަށް ރައްދުކުރެއްވީމެވެ.
Surah 95 · سورة التِّین Juz 1 إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ فَلَهُمۡ أَجۡرٌ غَيۡرُ مَمۡنُونٍ۬ 6 إيمانވެ صالح عملތައްކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް، ކެނޑިގެން ނުދާނޭ ދަރުމަ ހުއްޓެވެ.
Surah 95 · سورة التِّین Juz 1 فَمَا يُكَذِّبُكَ بَعۡدُ بِٱلدِّينِ 7 އެއަށްފަހުވެސް ޖަޒާދެއްވުމުގެ ދުވަހާމެދު إنكارކުރަން، ތިބާޔަށް ޖައްސަނީ ފަހެ، ކޮންކަމެއް ހެއްޔެވެ؟
Surah 95 · سورة التِّین Juz 1 أَلَيۡسَ ٱللَّهُ بِأَحۡكَمِ ٱلۡحَـٰكِمِينَ 8 حكمކުރައްވާ އެންމެ عدلވެރި ރަސްކަލާނގެ ކަމުގައި، اللَّه ވޮޑިގެންނުވޭހެއްޔެވެ؟