ޤުރްއާން ދިވެހި ތަރުޖަމާ
94 مكّى 8 Ayahs

سورة الشَّرح

ސޫރަތް 94
ޕްލޭބެކް އިޚުތިޔާރު
ވާޒް ރެސިޓަރ، މާނަ ރެސިޓަރ އަދި މޯޑު ހޮވާލާށެވެ
1
ފޮންޓް ކޮންޓްރޯލް
އަރަބި އާޔަތާއި ދިވެހި މާނަގެ ފޮންޓް ސައިޒް ބަދަލު ކުރާށެވެ
ފުރިހަމަ ސޫރަތް ޕްލޭ
The page follows the ayah currently playing.
Playable ayahs: 9
ސޫރަތް މަޢުލޫމާތު
Use the icon-only controls to move ayah by ayah or play the full surah in order.

އާޔަތްތައް

9 Ayahs
Surah 94 · سورة الشَّرح
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 94 · سورة الشَّرح
Juz 1
أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ 1
ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟
Surah 94 · سورة الشَّرح
Juz 1
وَوَضَعۡنَا عَنكَ وِزۡرَكَ 2
އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ.
Surah 94 · سورة الشَّرح
Juz 1
ٱلَّذِىٓ أَنقَضَ ظَهۡرَكَ 3
އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ.
Surah 94 · سورة الشَّرح
Juz 1
وَرَفَعۡنَا لَكَ ذِكۡرَكَ 4
އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ.
Surah 94 · سورة الشَّرح
Juz 1
فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا 5
ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.
Surah 94 · سورة الشَّرح
Juz 1
إِنَّ مَعَ ٱلۡعُسۡرِ يُسۡرً۬ا 6
ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.
Surah 94 · سورة الشَّرح
Juz 1
فَإِذَا فَرَغۡتَ فَٱنصَبۡ 7
ފަހެ، ކަލޭގެފާނު (دينއަށް ގޮވައިލެއްވުމުގެ މަސައްކަތުން) އަވަދިވެވަޑައިގަންނަވާހިނދު، ފަހެ، ކަލޭގެފާނު (އަޅުކަން ކުރެއްވުމުގައި) ވަރުބަލިވެ ވަޑައިގަންނަވާށެވެ!
Surah 94 · سورة الشَّرح
Juz 1
وَإِلَىٰ رَبِّكَ فَٱرۡغَب 8
އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ!