ޤުރްއާން ދިވެހި ތަރުޖަމާ
7 مكّى 206 Ayahs

سورة الاٴعرَاف

ސޫރަތް 7
ޕްލޭބެކް އިޚުތިޔާރު
ވާޒް ރެސިޓަރ، މާނަ ރެސިޓަރ އަދި މޯޑު ހޮވާލާށެވެ
1
ފޮންޓް ކޮންޓްރޯލް
އަރަބި އާޔަތާއި ދިވެހި މާނަގެ ފޮންޓް ސައިޒް ބަދަލު ކުރާށެވެ
ފުރިހަމަ ސޫރަތް ޕްލޭ
The page follows the ayah currently playing.
Playable ayahs: 207
ސޫރަތް މަޢުލޫމާތު
Use the icon-only controls to move ayah by ayah or play the full surah in order.

އާޔަތްތައް

207 Ayahs
Surah 7 · سورة الاٴعرَاف
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 7 · سورة الاٴعرَاف
Juz 1
الٓمٓصٓ 1
ا ل م ص (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)
Surah 7 · سورة الاٴعرَاف
Juz 1
كِتَـٰبٌ أُنزِلَ إِلَيۡكَ فَلَا يَكُن فِى صَدۡرِكَ حَرَجٌ۬ مِّنۡهُ لِتُنذِرَ بِهِۦ وَذِكۡرَىٰ لِلۡمُؤۡمِنِينَ 2
(މި قرآنއަކީ) ކަލޭގެފާނަށް ބާވައިލެއްވި ފޮތެކެވެ. ފަހެ، އެ ފޮތުން إنذارކުރެއްވުމަށް، ކަލޭގެފާނުގެ ހިތްޕުޅުގައި އެއްވެސް ދަތިކަމެއް އޮތަނުދެއްވާށެވެ! އަދި އެއީ، مؤمن ންނަށް ހުރި ހަނދާންކޮށްދިނުމެކެވެ.
Surah 7 · سورة الاٴعرَاف
Juz 1
ٱتَّبِعُواْ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُمۡ وَلَا تَتَّبِعُواْ مِن دُونِهِۦۤ أَوۡلِيَآءَ‌ۗ قَلِيلاً۬ مَّا تَذَكَّرُونَ 3
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން تبعވާށެވެ! އަދި އެކަލާނގެ ފިޔަވައި، އެހެން އެހީތެރިންތަކަކަށް تبع ނުވާށެވެ! ތިޔަބައިމީހުން ހަނދުމަކުރަނީ، ވަރަށްވެސް މަދުންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَكَم مِّن قَرۡيَةٍ أَهۡلَكۡنَـٰهَا فَجَآءَهَا بَأۡسُنَا بَيَـٰتًا أَوۡ هُمۡ قَآٮِٕلُونَ 4
ތިމަންރަސްކަލާނގެ ކޯފާލައްވައި، ހަލާކު ކުރެއްވީ ކިތައްކިތައް ރަށް ހެއްޔެވެ؟ ފަހެ، ރޭގަނޑުގައި، ނުވަތަ މެންދުރު އެއުރެން ނިދާފައި ތިއްބައި އެ ރަށްތަކަށް ތިމަންރަސްކަލާނގެ عذابއައެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَمَا كَانَ دَعۡوَٮٰهُمۡ إِذۡ جَآءَهُم بَأۡسُنَآ إِلَّآ أَن قَالُوٓاْ إِنَّا كُنَّا ظَـٰلِمِينَ 5
ފަހެ، ތިމަންރަސްކަލާނގެ عذاب އެއުރެންގެ ގާތަށް އައިހިނދު، ހަމަކަށަވަރުން، ތިމަންމެން އަނިޔާވެރިން ކަމުގައި ވެއްޖައީމުއޭ ބުނުން ނޫން އެހެން ބުނުމެއް، އެއުރެންގެ ނެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَلَنَسۡـَٔلَنَّ ٱلَّذِينَ أُرۡسِلَ إِلَيۡهِمۡ وَلَنَسۡـَٔلَنَّ ٱلۡمُرۡسَلِينَ 6
ހަމަށަވަރުން، އެއުރެންގެ ގާތަށް رسولން ފޮނުއްވި މީހުންނާ ތިމަންރަސްކަލާނގެ سؤالކުރައްވާ ހުށީމެވެ. އަދި رسولންނާވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ سؤالކުރައްވާ ހުށީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَلَنَقُصَّنَّ عَلَيۡہِم بِعِلۡمٍ۬‌ۖ وَمَا كُنَّا غَآٮِٕبِينَ 7
އަދި (އެއުރެންކުރި ހުރިހާކަމެއް) ދެނެވޮޑިގެންވާ حالގައި، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް ކިޔައިދެއްވާ ހުށީމެވެ. އަދި (މި ކަމުގައި) ތިމަންރަސްކަލާނގެ ދުރުވެވޮޑިގެނެއް ނުވަމެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَٱلۡوَزۡنُ يَوۡمَٮِٕذٍ ٱلۡحَقُّ‌ۚ فَمَن ثَقُلَتۡ مَوَٲزِينُهُ ۥ فَأُوْلَـٰٓٮِٕكَ هُمُ ٱلۡمُفۡلِحُونَ 8
އެދުވަހުން (މީސްތަކުންގެ عملތައް) ކިރައި ވަޒަން ކުރައްވާހުށީ حقގޮތުގައެވެ. ފަހެ، އެމީހެއްގެ (ހެޔޮ عملތަކުގެ) ތިލަފަތްތައް ބަރުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ދިންނަވާނޭ މީހުންނަކީ ހަމަ އެއުރެންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَمَنۡ خَفَّتۡ مَوَٲزِينُهُ ۥ فَأُوْلَـٰٓٮِٕكَ ٱلَّذِينَ خَسِرُوٓاْ أَنفُسَہُم بِمَا كَانُواْ بِـَٔايَـٰتِنَا يَظۡلِمُونَ 9
އަދި އެމީހެއްގެ ތިލަފަތްތައް ލުއިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަކީ، ތިމަންރަސްކަލާނގެ آيةތަކަށް إنكارކޮށް އުޅުމުގެ ސަބަބުން އެއުރެންގެ އަމިއްލަ نفسތަކަށް ގެއްލުންދިން މީހުންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلَقَدۡ مَكَّنَّـٰڪُمۡ فِى ٱلۡأَرۡضِ وَجَعَلۡنَا لَكُمۡ فِيہَا مَعَـٰيِشَ‌ۗ قَلِيلاً۬ مَّا تَشۡكُرُونَ 10
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބިމުގައި ކަންތައްތައް ފަހިކޮށްދެއްވައި ބާރުވެރިކޮށްދެއްވީމެވެ. އަދި އެތާނގައި، ތިޔަބައިމީހުންނަށް ދިރިއުޅެވޭނެ ގޮތްތަކެއް ލެއްވީމެވެ. (އެހެނެއްކަމަކު) ތިޔަބައިމީހުން شكرކުރަނީ ވަރަށްވެސް މަދުންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلَقَدۡ خَلَقۡنَـٰڪُمۡ ثُمَّ صَوَّرۡنَـٰكُمۡ ثُمَّ قُلۡنَا لِلۡمَلَـٰٓٮِٕكَةِ ٱسۡجُدُواْ لِأَدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ لَمۡ يَكُن مِّنَ ٱلسَّـٰجِدِينَ 11
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (އެބަހީ: ތިޔަބައިމީހުންގެ أصلކަމުގައިވާ آدمގެފާނު) ހެއްދެވީމެވެ. ދެން ތިޔަބައިމީހުން
(އެބަހީ: آدمގެފާނު) صورةކުރެއްވީމެވެ. ދެން ملائكةންނަށް وحىކުރެއްވީމެވެ. آدمގެފާނަށް ތިޔަބައިމީހުން سجدةކުރާށެވެ! ދެން إبليس ފިޔަވައި، އެއުރެން
سجدةކުރެއްވޫއެވެ. سجدةކުރި މީހުންގެ ތެރެއިން އެކަލޭގެ ނުވެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ مَا مَنَعَكَ أَلَّا تَسۡجُدَ إِذۡ أَمَرۡتُكَ‌ۖ قَالَ أَنَا۟ خَيۡرٌ۬ مِّنۡهُ خَلَقۡتَنِى مِن نَّارٍ۬ وَخَلَقۡتَهُ ۥ مِن طِينٍ۬ 12
އެކަލާނގެ وحىކުރެއްވިއެވެ. ތިމަންރަސްކަލާނގެ ކަލެޔަށް أمرކުރެއްވިހިނދު سجدةކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއް ހެއްޔެވެ؟ އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ فَٱهۡبِطۡ مِنۡہَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيہَا فَٱخۡرُجۡ إِنَّكَ مِنَ ٱلصَّـٰغِرِينَ 13
އެކަލާނގެ وحىކުރެއްވިއެވެ. ތިޔަތަނުން (އެބަހީ: ސުވަރުގެއިން) ކަލޭ ފައިބާށެވެ! ފަހެ، ތިޔަތާނގައި ހުރެ ކަލެޔަކަށް ބޮޑާވެގަތުމެއް ނެތެވެ. ފަހެ، ކަލޭ ނިކުންނާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ދެރަވެ ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ أَنظِرۡنِىٓ إِلَىٰ يَوۡمِ يُبۡعَثُونَ 14
އެކަލޭގެ ދެންނެވިއެވެ. އެއުރެން ދިރުއްވައި، އަލުން ފޮނުއްވާނޭ ދުވަހާ ހަމަޔަށް ތިމަން ލަހައްޓަވާނދޭވެ!
Surah 7 · سورة الاٴعرَاف
Juz 1
قَالَ إِنَّكَ مِنَ ٱلۡمُنظَرِينَ 15
އެކަލާނގެ وحىކުރެއްވިއެވެ. ހަމަކަށަވަރުން، ކަލޭވަނީ، ލަހައްޓަވާފައިވާ މީހުންގެ ތެރެއިންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ فَبِمَآ أَغۡوَيۡتَنِى لَأَقۡعُدَنَّ لَهُمۡ صِرَٲطَكَ ٱلۡمُسۡتَقِيمَ 16
އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް واصلވުމަށް ހުރަސް އަޅާހުށީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
ثُمَّ لَأَتِيَنَّهُم مِّنۢ بَيۡنِ أَيۡدِيہِمۡ وَمِنۡ خَلۡفِهِمۡ وَعَنۡ أَيۡمَـٰنِہِمۡ وَعَن شَمَآٮِٕلِهِمۡ‌ۖ وَلَا تَجِدُ أَكۡثَرَهُمۡ شَـٰكِرِينَ 17
ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، شكرކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ ٱخۡرُجۡ مِنۡہَا مَذۡءُومً۬ا مَّدۡحُورً۬ا‌ۖ لَّمَن تَبِعَكَ مِنۡہُمۡ لَأَمۡلَأَنَّ جَهَنَّمَ مِنكُمۡ أَجۡمَعِينَ 18
އެކަލާނގެ وحىކުރެއްވިއެވެ. މަލާމާތް ލިބި، رحمةން ދުރުކުރައްވާފައިވާ حال، ތިޔަތަނުން ކަލޭ ނުކުންނާށެވެ! އެއުރެންގެ ތެރެއިން ކަލެޔަށް تبعވީ މީހުންނާއި، ތިޔަ އެންމެން އަޅުއްވައި، ތިމަންރަސްކަލާނގެ ނަރަކަ ފުރުއްވާހުށީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَيَـٰٓـَٔادَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ فَكُلَا مِنۡ حَيۡثُ شِئۡتُمَا وَلَا تَقۡرَبَا هَـٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ 19
އޭ آدمގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި އުޅުއްވާށެވެ! ފަހެ، ތިޔަ ދެކަނބަލުން ބޭނުން އެއްޗަކުން ފަރިއްކުޅުއްވާށެވެ! (އެކަމަކު) ތިޔަ ދެކަނބަލުން، މިހިރަ ގަހާ ކައިރިވެވަޑައިނުގަންނަވާހުށިކަމެވެ! ފަހެ، (ކައިރިވެވަޑައިގެންފިނަމަ) އޭރުން ތިޔަ ދެކަނބަލުން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَوَسۡوَسَ لَهُمَا ٱلشَّيۡطَـٰنُ لِيُبۡدِىَ لَهُمَا مَا وُ ۥرِىَ عَنۡہُمَا مِن سَوۡءَٲتِهِمَا وَقَالَ مَا نَہَٮٰكُمَا رَبُّكُمَا عَنۡ هَـٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيۡنِ أَوۡ تَكُونَا مِنَ ٱلۡخَـٰلِدِينَ 20
ދެންފަހެ، އެ ދެކަނބަލުންގެ عورةއިން އެ ދެކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށްޓަކައި، އެ ދެކަނބަލުންނަށް شيطانއާ ވަސްވާސްދިނެވެ. އަދި އެކަލޭގެ ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެ ملائكةން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން منعއެއް ނުކުރައްވަތެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَقَاسَمَهُمَآ إِنِّى لَكُمَا لَمِنَ ٱلنَّـٰصِحِينَ 21
އަދި އެކަލޭގެ ހުވާކޮށް، އެ ދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންނާވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ نصيحةދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَدَلَّٮٰهُمَا بِغُرُورٍ۬‌ۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتۡ لَهُمَا سَوۡءَٲتُہُمَا وَطَفِقَا يَخۡصِفَانِ عَلَيۡہِمَا مِن وَرَقِ ٱلۡجَنَّةِ‌ۖ وَنَادَٮٰهُمَا رَبُّہُمَآ أَلَمۡ أَنۡہَكُمَا عَن تِلۡكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيۡطَـٰنَ لَكُمَا عَدُوٌّ۬ مُّبِينٌ۬ 22
މަކަރުވެރިކަމުން އެކަލޭގެ އެ ދެކަނބަލުން ހަލާކުގެ ތެރެޔަށް ވައްޓާލިއެވެ. ދެންފަހެ، އެ ދެކަނބަލުން، އެ ގަހުން ރަހަބެއްލެވިހިނދު، އެ ދެކަނބަލުންގެ
عورة އެ ދެކަނބަލުންނަށް ފާޅުވެއްޖެއެވެ. އަދި އެ ދެކަނބަލުން ސުވަރުގޭގެ (ގަހުގެ) ފަތްތަކުން (عورة) ނިވާކުރެއްވުމަށް އަވަސްވެވަޑައިގަތެވެ. އަދި އެ ދެކަނބަލުންގެ ވެރިރަސްކަލާނގެ، އެ ދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާ ކައިރިވެވަޑައިގަތުން ތިމަންރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް ނަހީ ނުކުރައްވަން ހެއްޔެވެ؟ އަދި ހަމަކަށަވަރުން، شيطانއާއީ، ތިޔަ ދެކަނބަލުންނަށް بيانވެގެންހުރި عداوةތެރިއެއް ކަމަށް وحى ނުކުރައްވަން ހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
قَالَا رَبَّنَا ظَلَمۡنَآ أَنفُسَنَا وَإِن لَّمۡ تَغۡفِرۡ لَنَا وَتَرۡحَمۡنَا لَنَكُونَنَّ مِنَ ٱلۡخَـٰسِرِينَ 23
އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفسތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ ٱهۡبِطُواْ بَعۡضُكُمۡ لِبَعۡضٍ عَدُوٌّ۬‌ۖ وَلَكُمۡ فِى ٱلۡأَرۡضِ مُسۡتَقَرٌّ۬ وَمَتَـٰعٌ إِلَىٰ حِينٍ۬ 24
އެކަލާނގެ وحىކުރެއްވިއެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوةތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرارވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ فِيہَا تَحۡيَوۡنَ وَفِيهَا تَمُوتُونَ وَمِنۡہَا تُخۡرَجُونَ 25
އެކަލާނގެ وحىކުރެއްވިއެވެ. ތިޔަބައިމީހުން ދިރިއުޅޭހުށީ، އެތާނގައެވެ. އަދި މަރުވާހުށީވެސް އެތާނގައެވެ. އަދި (قيامةދުވަހުން ދިރުއްވައި) ނެރުއްވާހުށީވެސް އެތަނުންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
يَـٰبَنِىٓ ءَادَمَ قَدۡ أَنزَلۡنَا عَلَيۡكُمۡ لِبَاسً۬ا يُوَٲرِى سَوۡءَٲتِكُمۡ وَرِيشً۬ا‌ۖ وَلِبَاسُ ٱلتَّقۡوَىٰ ذَٲلِكَ خَيۡرٌ۬‌ۚ ذَٲلِكَ مِنۡ ءَايَـٰتِ ٱللَّهِ لَعَلَّهُمۡ يَذَّكَّرُونَ 26
އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުންގެ عورةތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި تقوىގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، اللَّهގެ آيةތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
يَـٰبَنِىٓ ءَادَمَ لَا يَفۡتِنَنَّڪُمُ ٱلشَّيۡطَـٰنُ كَمَآ أَخۡرَجَ أَبَوَيۡكُم مِّنَ ٱلۡجَنَّةِ يَنزِعُ عَنۡہُمَا لِبَاسَہُمَا لِيُرِيَهُمَا سَوۡءَٲتِہِمَآ‌ۗ إِنَّهُ ۥ يَرَٮٰكُمۡ هُوَ وَقَبِيلُهُ ۥ مِنۡ حَيۡثُ لَا تَرَوۡنَہُمۡ‌ۗ إِنَّا جَعَلۡنَا ٱلشَّيَـٰطِينَ أَوۡلِيَآءَ لِلَّذِينَ لَا يُؤۡمِنُونَ 27
އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (آدمގެފާނާއި حوّاءގެފާނާއި) ދެކަނބަލުންގެ عورة އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، شيطانއާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ شيطانން ނުފެންނަހިނދުގައި، އެ شيطانއާއާއި، އޭނާގެ لشكرއަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން، إيمان ނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަންރަސްކަލާނގެ شيطانން ލެއްވީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَإِذَا فَعَلُواْ فَـٰحِشَةً۬ قَالُواْ وَجَدۡنَا عَلَيۡہَآ ءَابَآءَنَا وَٱللَّهُ أَمَرَنَا بِہَا‌ۗ قُلۡ إِنَّ ٱللَّهَ لَا يَأۡمُرُ بِٱلۡفَحۡشَآءِ‌ۖ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ 28
އެއުރެން فاحشކަމެއް ކޮށްފިނަމަ، ބުނެތެވެ. ތިމަންމެންގެ ކާބަފައިންވެސް އެކަން ކުރުންމަތީވަނިކޮށް ތިމަންމެން ދުށީމުއެވެ. އަދި އެކަމަށް اللَّه ވަނީ، ތިމަންމެންނަށް أمرކުރައްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! فاحشކަމަކަށް ހަމަކަށަވަރުން، اللَّه أمرއެއް ނުކުރައްވަތެވެ. ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّهއާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
قُلۡ أَمَرَ رَبِّى بِٱلۡقِسۡطِ‌ۖ وَأَقِيمُواْ وُجُوهَكُمۡ عِندَ ڪُلِّ مَسۡجِدٍ۬ وَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَ‌ۚ كَمَا بَدَأَكُمۡ تَعُودُونَ 29
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ أمرކުރެއްވީ عدلވެރިވުމަށެވެ. އަދި ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދަކު، ތިޔަބައިމީހުންގެ މޫނުތައް (قبلةއަށް) ސީދާ ކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް ދީން خالصކުރާ حال، އެކަލާނގެއަށް އަޅުކަންކޮށް دعاءކުރާށެވެ! އެކަލާނގެ ތިޔަބައިމީހުން ފުރަތަމަ އުފެއްދެވި ފަދައިން، ތިޔަބައިމީހުން އަލުން އެނބުރި އަންނަހުށްޓެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيۡہِمُ ٱلضَّلَـٰلَةُ‌ۗ إِنَّهُمُ ٱتَّخَذُواْ ٱلشَّيَـٰطِينَ أَوۡلِيَآءَ مِن دُونِ ٱللَّهِ وَيَحۡسَبُونَ أَنَّہُم مُّهۡتَدُونَ 30
އެއްބަޔަކަށް، އެކަލާނގެ ތެދުމަގު ދެއްކެވިއެވެ. އަދި އަނެއް ބަޔެއްގެ މައްޗަށް ވަނީ މަގުފުރެދުން حقވެފައެވެ. ހަމަކަށަވަރުން، އެއުރެން اللَّه ފިޔަވައި شيطانންނަކީ، އެހީތެރިން ކަމުގައި ބެލިއެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި އެއުރެން ހީކުރެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
۞ يَـٰبَنِىٓ ءَادَمَ خُذُواْ زِينَتَكُمۡ عِندَ كُلِّ مَسۡجِدٍ۬ وَڪُلُواْ وَٱشۡرَبُواْ وَلَا تُسۡرِفُوٓاْ‌ۚ إِنَّهُ ۥ لَا يُحِبُّ ٱلۡمُسۡرِفِينَ 31
އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި
إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسرافކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
قُلۡ مَنۡ حَرَّمَ زِينَةَ ٱللَّهِ ٱلَّتِىٓ أَخۡرَجَ لِعِبَادِهِۦ وَٱلطَّيِّبَـٰتِ مِنَ ٱلرِّزۡقِ‌ۚ قُلۡ هِىَ لِلَّذِينَ ءَامَنُواْ فِى ٱلۡحَيَوٰةِ ٱلدُّنۡيَا خَالِصَةً۬ يَوۡمَ ٱلۡقِيَـٰمَةِ‌ۗ كَذَٲلِكَ نُفَصِّلُ ٱلۡأَيَـٰتِ لِقَوۡمٍ۬ يَعۡلَمُونَ 32
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه، އެކަލާނގެ އަޅުތަކުންނަށް ނެރުއްވައިދެއްވި، اللَّهގެ ޒީނަތާއި، رزقގެ ތެރެއިން ރަނގަޅު ތަކެތި حرامކުޅައީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެތަކެތި ވަނީ إيمانވީ، މީހުންނަށް ދުންޔަވީ حياةގައި ދެއްވާފައެވެ. قيامةދުވަހުން އެތަކެތި (مؤمنންނަށް) خالصވެގެންވާ حالގައެވެ. އެނގޭބަޔަކަށް އެފަދައިން ތިމަންރަސްކަލާނގެ آيةތައް تفصيلކޮށްދެއްވަމެވެ.
Surah 7 · سورة الاٴعرَاف
Juz 1
قُلۡ إِنَّمَا حَرَّمَ رَبِّىَ ٱلۡفَوَٲحِشَ مَا ظَهَرَ مِنۡہَا وَمَا بَطَنَ وَٱلۡإِثۡمَ وَٱلۡبَغۡىَ بِغَيۡرِ ٱلۡحَقِّ وَأَن تُشۡرِكُواْ بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَـٰنً۬ا وَأَن تَقُولُواْ عَلَى ٱللَّهِ مَا لَا تَعۡلَمُونَ 33
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حرامކުރެއްވިކަން ކަށަވަރީ، فاحشކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، حقއަކާ ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް حجّةއެއް ދެއްވާފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللَّهއަށް شريكކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّهއާމެދު ތިޔަބައިމީހުން ބުނުމެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلِكُلِّ أُمَّةٍ أَجَلٌ۬‌ۖ فَإِذَا جَآءَ أَجَلُهُمۡ لَا يَسۡتَأۡخِرُونَ سَاعَةً۬‌ۖ وَلَا يَسۡتَقۡدِمُونَ 34
ކޮންމެ أمّةއަކަށްމެ أجلއެއް ވެއެވެ. ފަހެ، އެއުރެންގެ أجلއައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް ލަހެއްނުކުރައްވާ ހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ.
Surah 7 · سورة الاٴعرَاف
Juz 1
يَـٰبَنِىٓ ءَادَمَ إِمَّا يَأۡتِيَنَّكُمۡ رُسُلٌ۬ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَـٰتِى‌ۙ فَمَنِ ٱتَّقَىٰ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡہِمۡ وَلَا هُمۡ يَحۡزَنُونَ 35
އޭ آدمގެދަރިންނޭވެ! ތިމަންރަސްކަލާނގެ آيةތައް، ތިޔަބައިމީހުންނަށް ވިދާޅުވެދެއްވާ رسولންތަކެއް، ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިނަމަ، ފަހެ، تقوىވެރިވެ، އަދި (عملތައް) إصلاحކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَٱلَّذِينَ كَذَّبُواْ بِـَٔايَـٰتِنَا وَٱسۡتَكۡبَرُواْ عَنۡہَآ أُوْلَـٰٓٮِٕكَ أَصۡحَـٰبُ ٱلنَّارِ‌ۖ هُمۡ فِيہَا خَـٰلِدُونَ 36
އަދި ތިމަންރަސްކަލާނގެ آيةތައް ދޮގުކޮށް، އަދި އެއާމެދު ކިބުރުވެރިވެގަތް މީހުން އެއީ، ނަރަކައިގެ أهلވެރިންނެވެ. އެއުރެންނީ އެތާނގައި އަބަދައް ދެމިތިބޭނޭ މީހުންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَـٰتِهِۦۤ‌ۚ أُوْلَـٰٓٮِٕكَ يَنَالُهُمۡ نَصِيبُہُم مِّنَ ٱلۡكِتَـٰبِ‌ۖ حَتَّىٰٓ إِذَا جَآءَتۡہُمۡ رُسُلُنَا يَتَوَفَّوۡنَہُمۡ قَالُوٓاْ أَيۡنَ مَا كُنتُمۡ تَدۡعُونَ مِن دُونِ ٱللَّهِ‌ۖ قَالُواْ ضَلُّواْ عَنَّا وَشَہِدُواْ عَلَىٰٓ أَنفُسِہِمۡ أَنَّہُمۡ كَانُواْ كَـٰفِرِينَ 37
اللَّهއާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން، ނުވަތަ އެކަލާނގެ آيةތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަން ބޮޑީ ފަހެ، ކާކުހެއްޔެވެ؟ އެއުރެންނަށްޓަކައި ލިޔުއްވާފައިވާ މިންވަރު އެއުރެންނަށް ލިބޭނެތެވެ. އެއުރެންގެ މަރު ހިއްޕެވުމަށް، ތިމަންރަސްކަލާނގެ ފޮނުއްވާ ملائكةން ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު އެބޭކަލުން ވިދާޅުވާނެތެވެ. اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެތަކެތި ތިމަންމެންނަށް ގެއްލިއްޖެއެވެ. އަދި އެއުރެންނީ كافرން ކަމުގައި އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް އެއުރެން ހެކިވެއްޖައޫއެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ ٱدۡخُلُواْ فِىٓ أُمَمٍ۬ قَدۡ خَلَتۡ مِن قَبۡلِڪُم مِّنَ ٱلۡجِنِّ وَٱلۡإِنسِ فِى ٱلنَّارِ‌ۖ كُلَّمَا دَخَلَتۡ أُمَّةٌ۬ لَّعَنَتۡ أُخۡتَہَا‌ۖ حَتَّىٰٓ إِذَا ٱدَّارَڪُواْ فِيہَا جَمِيعً۬ا قَالَتۡ أُخۡرَٮٰهُمۡ لِأُولَٮٰهُمۡ رَبَّنَا هَـٰٓؤُلَآءِ أَضَلُّونَا فَـَٔاتِہِمۡ عَذَابً۬ا ضِعۡفً۬ا مِّنَ ٱلنَّارِ‌ۖ قَالَ لِكُلٍّ۬ ضِعۡفٌ۬ وَلَـٰكِن لَّا تَعۡلَمُونَ 38
އެކަލާނގެ وحىކުރައްވާނެތެވެ. ޖިންނީންނާއި، އިންސީންގެ ތެރެއިން ތިޔަބައިމީހުންގެ ކުރިން އިސްވެގޮސްފައިވާ (އަނިޔާވެރި) ބައިގަނޑަކާއެކު ތިޔަބައިމީހުން ނަރަކައަށް ވަންނާށެވެ! އޭގެތެރެއިން ބަޔަކު (ނަރަކަޔަށް) ވަންނަ ކޮންމެފަހަރަކު، އެބަޔަކު އެފަދަ އަނެއްބަޔަކަށް لعنةދެއެވެ. އެ އެންމެން ނަރަކައަށް جمعވެ ނިމުމުން އެއުރެންކުރެ ފަހުގެ މީހުން ކުރީގެ މީހުންނާމެދު ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެން މަގުފުރެއްދީ މިތިބަ މީހުންނެވެ. ފަހެ، އެއުރެންނަށް ނަރަކައިގެ عذاب ދެގުނައަށް ދެއްވާނދޭވެ! އެކަލާނގެ
وحىކުރައްވާނެތެވެ. ތިޔައިން ކޮންމެ ބަޔަކަށްވެސް ދެގުނަޔަށް (عذاب) ހުށްޓެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނޭނގެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَقَالَتۡ أُولَٮٰهُمۡ لِأُخۡرَٮٰهُمۡ فَمَا كَانَ لَكُمۡ عَلَيۡنَا مِن فَضۡلٍ۬ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡسِبُونَ 39
އަދި އެއުރެންކުރެ ކުރީގެ މީހުން ފަހުގެ މީހުންނަށް ބުނާނެތެވެ. ފަހެ، ތިމަންމެންގެ މައްޗަށް ތިޔަބައިމީހުންނަކަށް އިތުރު ކަމެއް ނެތެވެ. ފަހެ، ތިޔަބައިމީހުން ހޯދައި އުޅުނު (ނުބައި) عملތަކުގެ ސަބަބުން ތިޔަބައިމީހުން
عذابގެ ރަހަ ލިބިގަންނާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
إِنَّ ٱلَّذِينَ كَذَّبُواْ بِـَٔايَـٰتِنَا وَٱسۡتَكۡبَرُواْ عَنۡہَا لَا تُفَتَّحُ لَهُمۡ أَبۡوَٲبُ ٱلسَّمَآءِ وَلَا يَدۡخُلُونَ ٱلۡجَنَّةَ حَتَّىٰ يَلِجَ ٱلۡجَمَلُ فِى سَمِّ ٱلۡخِيَاطِ‌ۚ وَڪَذَٲلِكَ نَجۡزِى ٱلۡمُجۡرِمِينَ 40
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތައް ދޮގުކޮށް، އަދި އެ آيةތަކާމެދު ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) އެއުރެންނަށްޓަކައި، އުޑުގެ ދޮރުތައް ހުޅުވިގެން ނުދާހުށްޓެވެ. އަދި ތިނޯހުގެ ފަގަޔަށް ޖަމަލު ވަދެއްޖައުމަށް ދާނދެން އެއުރެން ސުވަރުގެ ނުވަންނަހުށްޓެވެ. ކުށްވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
لَهُم مِّن جَهَنَّمَ مِهَادٌ۬ وَمِن فَوۡقِهِمۡ غَوَاشٍ۬‌ۚ وَكَذَٲلِكَ نَجۡزِى ٱلظَّـٰلِمِينَ 41
އެއުރެންނަށް ނަރަކައިގެ ދާނެއްވެއެވެ. އަދި އެއުރެންގެ ގައިމަތީ (އަލިފާނުގެ) ސާލުތަކެއްވެއެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَآ أُوْلَـٰٓٮِٕكَ أَصۡحَـٰبُ ٱلۡجَنَّةِ‌ۖ هُمۡ فِيہَا خَـٰلِدُونَ 42
އަދި إيمانވެ، صالح عملކުޅަމީހުން (ދަންނާށެވެ!) ތިމަންރަސްކަލާނގެ އެއްވެސް نفسއަކަށް، އެ نفسއަކަށް ކުޅަދާނަ ވެގެންވާ މިންވަރަކަށް މެނުވީ تكليفއެއް ނުޖައްސަވަމެވެ. އެއުރެންނީ، ސުވަރުގޭގެ أهلވެރިންނެވެ. އެއުރެންނީ، އެތާނގައި އަބަދަށް ދެމިތިބެނިވި ބަޔެކެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَنَزَعۡنَا مَا فِى صُدُورِهِم مِّنۡ غِلٍّ۬ تَجۡرِى مِن تَحۡتِہِمُ ٱلۡأَنۡہَـٰرُ‌ۖ وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِى هَدَٮٰنَا لِهَـٰذَا وَمَا كُنَّا لِنَہۡتَدِىَ لَوۡلَآ أَنۡ هَدَٮٰنَا ٱللَّهُ‌ۖ لَقَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّ‌ۖ وَنُودُوٓاْ أَن تِلۡكُمُ ٱلۡجَنَّةُ أُورِثۡتُمُوهَا بِمَا كُنتُمۡ تَعۡمَلُونَ 43
އަދި އެއުރެންގެ ހިތްތަކުގައިވާ حسدވެރިކަން، ތިމަންރަސްކަލާނގެ ވަނީ ވަކިކުރައްވާފައެވެ. އެއުރެންގެ ދަށުން ފެންއާރުތައް ހިނގައެވެ. އަދި އެއުރެން ބުނާނެތެވެ. حمدހުރީ ތިމަންމެންނަށް މިކަމަށް ތެދުމަގު ދެއްކެވި اللَّهއަށެވެ.
އަދި اللَّه، ތިމަންމެންނަށް ތެދުމަގު ދައްކަވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް ތެދުމަގެއް ނުފެނުނީހެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسولން،
حق دينއާއިގެން ވަޑައިގަތްކަން ކަށަވަރެވެ. ދެން އެއުރެންނަށް ގޮވައި އަންގަވާނެތެވެ. އެހެރީ ސުވަރުގެއެވެ. ތިޔަބައިމީހުން ކޮށްއުޅުނު عملތަކުގެ ސަބަބުން އެތަން ތިޔަބައިމީހުންނަށް ލިބިދެއްވިއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَنَادَىٰٓ أَصۡحَـٰبُ ٱلۡجَنَّةِ أَصۡحَـٰبَ ٱلنَّارِ أَن قَدۡ وَجَدۡنَا مَا وَعَدَنَا رَبُّنَا حَقًّ۬ا فَهَلۡ وَجَدتُّم مَّا وَعَدَ رَبُّكُمۡ حَقًّ۬ا‌ۖ قَالُواْ نَعَمۡ‌ۚ فَأَذَّنَ مُؤَذِّنُۢ بَيۡنَہُمۡ أَن لَّعۡنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ 44
ސުވަރުގޭގެ أهلވެރިން، ނަރަކައިގެ أهلވެރިންނަށް ގޮވައި ބުނާނެތެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންނަށް وعدކުރެއްވި ކަންތައް،
حقގޮތުގައި ހަމަކަށަވަރުންވެސް ތިމަންމެންނަށް ފެނިއްޖެއެވެ. ފަހެ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وعدކުރެއްވި ކަންތައް، حقގޮތުގައި ތިޔަބައިމީހުންނަށް ފެނިއްޖެހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އާނއެކެވެ! ފަހެ، (އެހިނދު) ގޮވައިލައްވާ ބޭކަލަކު އެއުރެންގެ މެދުގައި ގޮވައިލައްވާނެތެވެ. އަނިޔާވެރިންގެ މައްޗަށް اللَّهގެ لعنةހުށްޓެވެ.
Surah 7 · سورة الاٴعرَاف
Juz 1
ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَہَا عِوَجً۬ا وَهُم بِٱلۡأَخِرَةِ كَـٰفِرُونَ 45
އެއުރެންނީ، اللَّهގެ މަގުން (މީސްތަކުން) އެއްކިބާކުރާ މީހުންނެވެ. އަދި
އެ މަގު ގުދު މަގަކަށްވުމަށް އެދޭ މީހުންނެވެ. އަދި އެއުރެންނީ، آخرةދުވަހަށް
كافرވެގެންވާ މީހުންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَبَيۡنَہُمَا حِجَابٌ۬‌ۚ وَعَلَى ٱلۡأَعۡرَافِ رِجَالٌ۬ يَعۡرِفُونَ كُلاَّۢ بِسِيمَٮٰهُمۡ‌ۚ وَنَادَوۡاْ أَصۡحَـٰبَ ٱلۡجَنَّةِ أَن سَلَـٰمٌ عَلَيۡكُمۡ‌ۚ لَمۡ يَدۡخُلُوهَا وَهُمۡ يَطۡمَعُونَ 46
އެ ދެބައިމީހުންގެ ދެމެދުގައި، ފަރުދާއެއްވެއެވެ. أعرافމަތީގައި (އެބަހީ: ސުވަރުގޭގެ ފާރުމަތީގައި) މީހުންތަކެއް ވެއެވެ. އެއުރެންނަށް އެ ދެބައިމީހުންގެ
علامةތަކުން، އެ ދެބައިމީހުން އެނގެއެވެ. އަދި އެއުރެން ސުވަރުގޭގެ
أهلވެރިންނަށް ގޮވައިލާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلامހުށްޓެވެ. އެއުރެން ތިބޭނީ ސުވަރުގެއަށް ނުވަދެވި، އެކަމުގެ ދަހިވެތިކަމުގައެވެ.
Surah 7 · سورة الاٴعرَاف
Juz 1
۞ وَإِذَا صُرِفَتۡ أَبۡصَـٰرُهُمۡ تِلۡقَآءَ أَصۡحَـٰبِ ٱلنَّارِ قَالُواْ رَبَّنَا لَا تَجۡعَلۡنَا مَعَ ٱلۡقَوۡمِ ٱلظَّـٰلِمِينَ 47
އަދި އެއުރެންގެ ލޯތައް ނަރަކައިގެ أهلވެރިންނާ ދިމާއަށް އަނބުރައިލާހިނދު، އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަނިޔާވެރިވީ މީހުންނާ އެކުގައި އަޅަމެން ނުލައްވާނދޭވެ!
Surah 7 · سورة الاٴعرَاف
Juz 1
وَنَادَىٰٓ أَصۡحَـٰبُ ٱلۡأَعۡرَافِ رِجَالاً۬ يَعۡرِفُونَہُم بِسِيمَٮٰهُمۡ قَالُواْ مَآ أَغۡنَىٰ عَنكُمۡ جَمۡعُكُمۡ وَمَا كُنتُمۡ تَسۡتَكۡبِرُونَ 48
އަދި أعرافގެ أهلވެރިން، އެބަޔެއްގެ علاماتން އެއުރެން ދަންނަމީހުންތަކަކަށް ގޮވައި ބުނާނެތެވެ. ތިޔަބައިމީހުންގެ ބައިގިނަކަމާއި، ތިޔަބައިމީހުން كبرވެރިވެ އުޅުނުކަން (ނަރަކައިގެ عذابން) ތިޔަބައިމީހުން މިންޖެއް ނުކުރިތާއެވެ!
Surah 7 · سورة الاٴعرَاف
Juz 1
أَهَـٰٓؤُلَآءِ ٱلَّذِينَ أَقۡسَمۡتُمۡ لَا يَنَالُهُمُ ٱللَّهُ بِرَحۡمَةٍ‌ۚ ٱدۡخُلُواْ ٱلۡجَنَّةَ لَا خَوۡفٌ عَلَيۡكُمۡ وَلَآ أَنتُمۡ تَحۡزَنُونَ 49
އެއުރެންނަށް اللَّه رحمةއެއް ނުލައްވާނޭކަމަށް ތިޔަބައިމީހުން ހުވާކުޅަ މީހުންނަކީ މިތިބީހެއްޔެވެ؟ (އެއުރެންނަށް އަންގަވާނެތެވެ.) ސުވަރުގެއަށް ތިޔަބައިމީހުން ވަންނާށެވެ! ތިޔަބައިމީހުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَنَادَىٰٓ أَصۡحَـٰبُ ٱلنَّارِ أَصۡحَـٰبَ ٱلۡجَنَّةِ أَنۡ أَفِيضُواْ عَلَيۡنَا مِنَ ٱلۡمَآءِ أَوۡ مِمَّا رَزَقَڪُمُ ٱللَّهُ‌ۚ قَالُوٓاْ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلۡكَـٰفِرِينَ 50
ނަރަކައިގެ أهلވެރިން، ސުވަރުގޭގެ أهلވެރިންނަށް ގޮވައި ބުނާނެތެވެ. ތިމަންމެންނަށް ފެންފޮދަކުން، ނުވަތަ اللَّه، ތިޔަބައިމީހުންނަށް رزقކުރެއްވި އެއްޗަކުން އެހީވާށެވެ! އެއުރެން ބުނާނެތެވެ.ހަމަކަށަވަރުން މާތް اللًَّه ވަނީ އެތަކެތި ، كافرވި މީހުންނަށް
، حرامކުރައްވާފައެވެ.
Surah 7 · سورة الاٴعرَاف
Juz 1
ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَهۡوً۬ا وَلَعِبً۬ا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَا‌ۚ فَٱلۡيَوۡمَ نَنسَٮٰهُمۡ ڪَمَا نَسُواْ لِقَآءَ يَوۡمِهِمۡ هَـٰذَا وَمَا ڪَانُواْ بِـَٔايَـٰتِنَا يَجۡحَدُونَ 51
އެއުރެންނީ، އެއުރެންގެ دين، ފޫހިފިލުވުމެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދައި، ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރިކޮށްފައިވާ މީހުންނެވެ. ފަހެ، އެއުރެން މިދުވަހާ ބައްދަލުވާނެކަން ހަނދާން ނައްތާލި ފަދައިން، އަދި ތިމަންރަސްކަލާނގެ آيةތަކާ ދެކޮޅު ހަދައި އުޅުނުކަމަށްޓަކައި އަދު ތިމަންރަސްކަލާނގެ އެއުރެންގެ މަތީން ހަނދުމަނެތި ކުރައްވާ ހުށީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلَقَدۡ جِئۡنَـٰهُم بِكِتَـٰبٍ۬ فَصَّلۡنَـٰهُ عَلَىٰ عِلۡمٍ هُدً۬ى وَرَحۡمَةً۬ لِّقَوۡمٍ۬ يُؤۡمِنُونَ 52
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވައި، ދެނެވޮޑިގަތުމާއެކު، ތިމަންރަސްކަލާނގެ އެ ފޮތް تفصيلކޮށް ބަޔާންކޮށްދެއްވީމެވެ. އެއީ إيمانވާ ބަޔަކަށް ތެދުމަގެއް ކަމުގައްޔާއި، رحمةއެއް ކަމުގައެވެ.
Surah 7 · سورة الاٴعرَاف
Juz 1
هَلۡ يَنظُرُونَ إِلَّا تَأۡوِيلَهُ ۥ‌ۚ يَوۡمَ يَأۡتِى تَأۡوِيلُهُ ۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبۡلُ قَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشۡفَعُواْ لَنَآ أَوۡ نُرَدُّ فَنَعۡمَلَ غَيۡرَ ٱلَّذِى كُنَّا نَعۡمَلُ‌ۚ قَدۡ خَسِرُوٓاْ أَنفُسَہُمۡ وَضَلَّ عَنۡہُم مَّا ڪَانُواْ يَفۡتَرُونَ 53
އެންމެފަހުގެ ނަތީޖާއަށް މެނުވީ، އެއުރެން انتظارކުރޭހެއްޔެވެ؟ އެންމެފަހުގެ ނަތީޖާ (ފެނިގެން) އަންނަ ދުވަހު (އެބަހީ: قيامةދުވަހު) ކުރިން އެކަންތައް ހަނދާން ނައްތާލި މީހުން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسولން، حق دينއާއިގެން ވަޑައިގަތެވެ. ފަހެ، ތިމަންމެންނަށް
شفاعةތެރިންތަކެއް ވޭބާވައެވެ؟ ނުވަތަ (ދުނިޔޭގައި) ތިމަންމެން عملކޮށް އުޅުނުގޮތް ނޫންގޮތަކަށް عملކުރުމަށްޓަކައި، ތިމަންމެން އެނބުރި (ދުނިޔެއަށް) ފޮނުއްވާނެ ބާވައެވެ؟ ހަމަކަށަވަރުން، އެއުރެން، އެއުރެންގެ نفسތައް ނަގާލައިފިއެވެ. އަދި އެއުރެން ދޮގުން އުފައްދައި އުޅުނު إلهންތައް، އެއުރެންނަށް ގެއްލިހިނގައްޖެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٲتِ وَٱلۡأَرۡضَ فِى سِتَّةِ أَيَّامٍ۬ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِ يُغۡشِى ٱلَّيۡلَ ٱلنَّہَارَ يَطۡلُبُهُ ۥ حَثِيثً۬ا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٲتِۭ بِأَمۡرِهِۦۤ‌ۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُ‌ۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَـٰلَمِينَ 54
ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّهއެވެ. އެއަށްފަހު، އެކަލާނގެ عرشގެ މައްޗަށް
استواءވެ ވޮޑިގެންވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް، އެކަލާނގެ أمرފުޅަށް ކިޔަމަން ކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި أمرކުރެއްވުންވަނީ، އެކަލާނގެއަށް
خاصވެގެންނެވެ. عالمތަކުގެ ވެރި اللَّه މަތިވެރިވެ ވޮޑިގެންފިއެވެ.
Surah 7 · سورة الاٴعرَاف
Juz 1
ٱدۡعُواْ رَبَّكُمۡ تَضَرُّعً۬ا وَخُفۡيَةً‌ۚ إِنَّهُ ۥ لَا يُحِبُّ ٱلۡمُعۡتَدِينَ 55
މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް دعاءކުރާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلَا تُفۡسِدُواْ فِى ٱلۡأَرۡضِ بَعۡدَ إِصۡلَـٰحِهَا وَٱدۡعُوهُ خَوۡفً۬ا وَطَمَعًا‌ۚ إِنَّ رَحۡمَتَ ٱللَّهِ قَرِيبٌ۬ مِّنَ ٱلۡمُحۡسِنِينَ 56
ބިން إصلاحކުރެއްވުމަށްފަހު، ތިޔަބައިމީހުން އެ ބިމުގައި ފަސާދަ ނުކުރާށެވެ! އަދި ( މާތް اللَّهއަށް) ބިރުވެތިވެ، (އެކަލާނގެرحمةއަށް) އެދޭ حال، އެކަލާނގެއަށް ތިޔަބައިމީހުން دعاءކުރާށެވެ! ހަމަކަށަވަރުން، اللَّهގެ رحمةފުޅުވަނީ، إحسانތެރިންނާ ގާތުގައެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَهُوَ ٱلَّذِى يُرۡسِلُ ٱلرِّيَـٰحَ بُشۡرَۢا بَيۡنَ يَدَىۡ رَحۡمَتِهِۦ‌ۖ حَتَّىٰٓ إِذَآ أَقَلَّتۡ سَحَابً۬ا ثِقَالاً۬ سُقۡنَـٰهُ لِبَلَدٍ۬ مَّيِّتٍ۬ فَأَنزَلۡنَا بِهِ ٱلۡمَآءَ فَأَخۡرَجۡنَا بِهِۦ مِن كُلِّ ٱلثَّمَرَٲتِ‌ۚ كَذَٲلِكَ نُخۡرِجُ ٱلۡمَوۡتَىٰ لَعَلَّكُمۡ تَذَڪَّرُونَ 57
އަދި އެކަލާނގެ رحمةގެ ކުރިޔަށް، (އެބަހީ: ވާރޭގެ ކުރިޔަށް) އުފާވެރި
خبرއެއްގެ ގޮތުގައި، ވައިރޯޅިތައް ފޮނުއްވަނީ އެކަލާނގެއެވެ. އަދި އެ ރޯޅިތައް، ފެނުން ބަރުވެފައިވާ ވިލާގަނޑެއް އުފުލައިގަތުމުން، މަރުވެފައިވާ ރަށަކަށް ތިމަންރަސްކަލާނގެ އެ ވިލާގަނޑު ފޮނުއްވަމެވެ. ދެން އެއިން ފެންވެއްސަވައި، ހުރިހާ ބާވަތެއްގެ މޭވާއިން ގަސް ފަޅުއްވަމެވެ. މަރުވެފައިވާ މީހުން (އަލުން ދިރުއްވައި) ނެރުއްވާހުށީ، ހަމައެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَٱلۡبَلَدُ ٱلطَّيِّبُ يَخۡرُجُ نَبَاتُهُ ۥ بِإِذۡنِ رَبِّهِۦ‌ۖ وَٱلَّذِى خَبُثَ لَا يَخۡرُجُ إِلَّا نَكِدً۬ا‌ۚ ڪَذَٲلِكَ نُصَرِّفُ ٱلۡأَيَـٰتِ لِقَوۡمٍ۬ يَشۡكُرُونَ 58
(ބިމާއި ފެން) ރަނގަޅު ރަށްރަށުން، އެރަށްތަކުގެ ވެރިރަސްކަލާނގެ إذنފުޅާއެކު، އެރަށުގެ ގަސްގަހާގެހި ފަޅައެވެ. (ބިން) ނުބައި ރަށްރަށުން ފައިދާއެއްނެތް މަދު ގަސްކޮޅެއް މެނުވީ ނުފަޅައެވެ. شكرކުރާ ބަޔަކަށް ތިމަންރަސްކަލާނގެ آيةތައް އެކިގޮތްގޮތަށް ބަޔާންކޮށްދެއްވަނީ އެފަދައިންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
لَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَقَالَ يَـٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَـٰهٍ غَيۡرُهُ ۥۤ إِنِّىٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٍ۬ 59
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوحގެފާނު، އެކަލޭގެފާނުގެ قومގެމީހުންގެ ގާތަށް رسولކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ.
އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން اللَّهއަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إلهއަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހުރެން ބިރުގަނެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ ٱلۡمَلَأُ مِن قَوۡمِهِۦۤ إِنَّا لَنَرَٮٰكَ فِى ضَلَـٰلٍ۬ مُّبِينٍ۬ 60
އެކަލޭގެފާނުގެ قومގެބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، އަހުރެމެންނަށް ފެންނަނީ، ފާޅުވެގެންވާ ފުރެދުމެއްގައި ކަލޭގެފާނު ވާތީއެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ يَـٰقَوۡمِ لَيۡسَ بِى ضَلَـٰلَةٌ۬ وَلَـٰكِنِّى رَسُولٌ۬ مِّن رَّبِّ ٱلۡعَـٰلَمِينَ 61
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް ފުރެދުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، عالمތަކުގެ ވެރިރަސްކަލާނގެ حضرةން އައި رسولއަކީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
أُبَلِّغُكُمۡ رِسَـٰلَـٰتِ رَبِّى وَأَنصَحُ لَكُمۡ وَأَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ 62
އަހުރެންގެ ވެރިރަސްކަލާނގެ رسولކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް نصيحةތެރިވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތައް اللَّهގެ حضرةން އަހުރެންނަށް އެނގެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٌ۬ مِّن رَّبِّكُمۡ عَلَىٰ رَجُلٍ۬ مِّنكُمۡ لِيُنذِرَكُمۡ وَلِتَتَّقُواْ وَلَعَلَّكُمۡ تُرۡحَمُونَ 63
ތިޔަބައިމީހުންނަށް إنذارކުރެއްވުމަށާއި، ތިޔަބައިމީހުން تقوىވެރިވުމަށާއި، ތިޔަބައިމީހުންނަށް رحمةލައްވާތޯ، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ހަނދާން ކޮށްދިނުމެއް ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން حيرانވީހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
فَكَذَّبُوهُ فَأَنجَيۡنَـٰهُ وَٱلَّذِينَ مَعَهُ ۥ فِى ٱلۡفُلۡكِ وَأَغۡرَقۡنَا ٱلَّذِينَ ڪَذَّبُواْ بِـَٔايَـٰتِنَآ‌ۚ إِنَّہُمۡ ڪَانُواْ قَوۡمًا عَمِينَ 64
ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آيةތައް ދޮގުކުރި މީހުން غرقކުރެއްވީމެވެ. ހަމަކަށަވަރުން، އެމީހުންވީ (حقގެ މަގު ނުފެންނަ) ކަނު ބަޔަކު ކަމުގައެވެ.
Surah 7 · سورة الاٴعرَاف
Juz 1
۞ وَإِلَىٰ عَادٍ أَخَاهُمۡ هُودً۬ا‌ۗ قَالَ يَـٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَـٰهٍ غَيۡرُهُ ۥۤ‌ۚ أَفَلَا تَتَّقُونَ 65
އަދި ތިމަންރަސްކަލާނގެ عادބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، هودގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން اللَّهއަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إلهއަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوىވެރި ނުވަނީ ހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
قَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦۤ إِنَّا لَنَرَٮٰكَ فِى سَفَاهَةٍ۬ وَإِنَّا لَنَظُنُّكَ مِنَ ٱلۡكَـٰذِبِينَ 66
އެކަލޭގެފާނުގެ قومގެމީހުންކުރެ كافرވި ބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުވަނީ، މޮޔަކަމެއްގެތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ، ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ يَـٰقَوۡمِ لَيۡسَ بِى سَفَاهَةٌ۬ وَلَـٰكِنِّى رَسُولٌ۬ مِّن رَّبِّ ٱلۡعَـٰلَمِينَ 67
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، عالمތަކުގެ ވެރިރަސްކަލާނގެ حضرةން އައި رسولއަކީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
أُبَلِّغُڪُمۡ رِسَـٰلَـٰتِ رَبِّى وَأَنَا۟ لَكُمۡ نَاصِحٌ أَمِينٌ 68
އަހުރެންގެ ވެރިރަސްކަލާނގެ رسولކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ، ތިޔަބައިމީހުންނަށްވާ أمانةތެރި نصيحةތެރިޔަކީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِڪۡرٌ۬ مِّن رَّبِّكُمۡ عَلَىٰ رَجُلٍ۬ مِّنكُمۡ لِيُنذِرَڪُمۡ‌ۚ وَٱذۡڪُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ قَوۡمِ نُوحٍ۬ وَزَادَكُمۡ فِى ٱلۡخَلۡقِ بَصۜۡطَةً۬‌ۖ فَٱذۡڪُرُوٓاْ ءَالَآءَ ٱللَّهِ لَعَلَّكُمۡ تُفۡلِحُونَ 69
ތިޔަބައިމީހުންނަށް إنذارކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން حيرانވީހެއްޔެވެ؟ އަދި نوحގެފާނުގެ قومއަށްފަހުގައި، خليفةއިން ކަމުގައި ތިޔަބައިމީހުން ލެއްވިކަމާއި، ހެއްދެވުމުގައި ތިޔަބައިމީހުންގެ އިސްކޮޅާއި ބާރު އިތުރުކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ! ފަހެ، اللَّهގެ نعمةތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالُوٓاْ أَجِئۡتَنَا لِنَعۡبُدَ ٱللَّهَ وَحۡدَهُ ۥ وَنَذَرَ مَا ڪَانَ يَعۡبُدُ ءَابَآؤُنَا‌ۖ فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ 70
އެއުރެން ބުނޫއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގަތީ، ހަމައެކަނި اللَّهއަށް އަހުރެމެން އަޅުކަން ކުރުމަށާއި، އަހުރެމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި އަހުރެމެން ދޫކޮށްލުމަށް އެންގެވުމަށްތޯއެވެ؟ ފަހެ، ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ وعدކުރައްވާ ކަމެއް، އަހުރެމެން ގާތަށް ނިކަން ގެންނަވައި ބައްލަވާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
قَالَ قَدۡ وَقَعَ عَلَيۡڪُم مِّن رَّبِّكُمۡ رِجۡسٌ۬ وَغَضَبٌ‌ۖ أَتُجَـٰدِلُونَنِى فِىٓ أَسۡمَآءٍ۬ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِہَا مِن سُلۡطَـٰنٍ۬‌ۚ فَٱنتَظِرُوٓاْ إِنِّى مَعَڪُم مِّنَ ٱلۡمُنتَظِرِينَ 71
އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން عذابއަކާއި، ކޯފާއެއް އައިސް، ތިޔަބައިމީހުންގެ މައްޗަށް ހުށަހެޅިއްޖެކަން ކަށަވަރެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން، ނަންދީފައިވާ ބުދުތަކާމެދު، ތިޔަބައިމީހުން ތިމަންކަލޭގެފާނާ جدلކުރަނީ ހެއްޔެވެ؟ އެތަކެއްޗަށް (އަޅުކަން ކުރުމަށް) އެއްވެސް حجّةއެއް اللَّه ބާވައެއް ނުލައްވަތެވެ. ފަހެ، ތިޔަބައިމީހުން انتظارކުރާށެވެ! ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު انتظارކުރާ މީހުންގެ ތެރެއިން ވާހުށީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَأَنجَيۡنَـٰهُ وَٱلَّذِينَ مَعَهُ ۥ بِرَحۡمَةٍ۬ مِّنَّا وَقَطَعۡنَا دَابِرَ ٱلَّذِينَ ڪَذَّبُواْ بِـَٔايَـٰتِنَا‌ۖ وَمَا كَانُواْ مُؤۡمِنِينَ 72
ދެން (ތިމަންރަސްކަލާނގެ ކޯފާއާއި، عذابއައިހިނދު) ތިމަންރަސްކަލާނގެ رحمةފުޅުން، އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ ބަޔަކު، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آيةތައް ދޮގުކުޅަ މީހުންގެ އެންމެފަހު މީހާއަށް ދާނދެން، ހަލާކު ކުރައްވައި، ނެތިކުރެއްވީމެވެ. އަދި އެއުރެން إيمانވި ބަޔަކު ކަމުގައި ނުވެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَإِلَىٰ ثَمُودَ أَخَاهُمۡ صَـٰلِحً۬ا‌ۗ قَالَ يَـٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَڪُم مِّنۡ إِلَـٰهٍ غَيۡرُهُ ۥ‌ۖ قَدۡ جَآءَتۡڪُم بَيِّنَةٌ۬ مِّن رَّبِّكُمۡ‌ۖ هَـٰذِهِۦ نَاقَةُ ٱللَّهِ لَڪُمۡ ءَايَةً۬‌ۖ فَذَرُوهَا تَأۡڪُلۡ فِىٓ أَرۡضِ ٱللَّهِ‌ۖ وَلَا تَمَسُّوهَا بِسُوٓءٍ۬ فَيَأۡخُذَكُمۡ عَذَابٌ أَلِيمٌ۬ 73
އަދި ތިމަންރަސްކަލާނގެ ثمودބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالحގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން، اللَّهއަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إلهއަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ބަޔާންވެގެންވާ معجزةއެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. معجزةއެއްގެ ގޮތުން މިއޮތީ ތިޔަބައިމީހުންނަށްޓަކައި اللَّه ފޮނުއްވި ޖަމަލެވެ. ފަހެ، اللَّهގެ ބިމުން އޭތި ކައިއުޅުމަށް ތިޔަބައިމީހުން ދޫކުރާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ! ފަހެ، (އެކަން ކޮށްފިނަމަ) ވޭންދެނިވި عذابއެއް ތިޔަބައިމީހުންނަށް ލިބޭނެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَٱذۡڪُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ عَادٍ۬ وَبَوَّأَڪُمۡ فِى ٱلۡأَرۡضِ تَتَّخِذُونَ مِن سُهُولِهَا قُصُورً۬ا وَتَنۡحِتُونَ ٱلۡجِبَالَ بُيُوتً۬ا‌ۖ فَٱذۡڪُرُوٓاْ ءَالَآءَ ٱللَّهِ وَلَا تَعۡثَوۡاْ فِى ٱلۡأَرۡضِ مُفۡسِدِينَ 74
އަދި عادބާގައިމީހުންގެ ފަހުން، خليفةއިން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިކަމާއި، ބިމުގައި ތިޔަބައިމީހުން ވަޒަންވެރި ކުރެއްވިކަން ހަނދުމަކުރާށެވެ! އެތާނގެ ހަމަބިންތަކުން ގަނޑުވަރުތައް ތިޔަބައިމީހުން ހަދަމުއެވެ. އަދި ފަރުބަދަތައް ކަނޑައިގެން، ގެތައްވެސް ތިޔަބައިމީހުން ހަދަމުއެވެ. ފަހެ، اللَّهގެ نعمةތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި فاسدން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާހުށިކަމެވެ!
Surah 7 · سورة الاٴعرَاف
Juz 1
قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَڪۡبَرُواْ مِن قَوۡمِهِۦ لِلَّذِينَ ٱسۡتُضۡعِفُواْ لِمَنۡ ءَامَنَ مِنۡہُمۡ أَتَعۡلَمُونَ أَنَّ صَـٰلِحً۬ا مُّرۡسَلٌ۬ مِّن رَّبِّهِۦ‌ۚ قَالُوٓاْ إِنَّا بِمَآ أُرۡسِلَ بِهِۦ مُؤۡمِنُونَ 75
އެކަލޭގެފާނުގެ قومގެމީހުންގެ ތެރެއިން كبرވެރިވެގަތް ބޮޑުން، އޭގެތެރެއިން إيمانވެ، ނިކަމެތިކޮށްހިތުނު މީހުންނަށް ބުނޫއެވެ. صالحގެފާނަކީ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ފޮނުއްވި رسولއަކުކަން ތިޔަބައިމީހުން ދެނެތިބީމު ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެކަލޭގެފާނު އެކަމަކާއިގެން ފޮނުއްވި ކަމަކަށް، ތިމަންމެން މިތިބީ إيمانވެގެންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ ٱلَّذِينَ ٱسۡتَڪۡبَرُوٓاْ إِنَّا بِٱلَّذِىٓ ءَامَنتُم بِهِۦ كَـٰفِرُونَ 76
كبرވެރިވިމީހުން ބުނޫއެވެ. ތިޔަބައިމީހުން، إيمانވި ކަންތަކަށް ހަމަކަށަވަރުން، އަހުރެމެން މިތިބީ كافرވެގެންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَعَقَرُواْ ٱلنَّاقَةَ وَعَتَوۡاْ عَنۡ أَمۡرِ رَبِّهِمۡ وَقَالُواْ يَـٰصَـٰلِحُ ٱئۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلۡمُرۡسَلِينَ 77
ފަހެ، އެއުރެން އެ ޖަމަލު މަރައިލޫއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ނުކިޔަމަންތެރިވޫއެވެ. އަދި އެއުރެން ބުނޫއެވެ. އޭ صالحގެފާނެވެ! ކަލޭގެފާނުވަނީ، رسولންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ وعدކުރައްވާ ކަމެއް (އެބަހީ: عذاب) އަހުރެމެންނަށް ނިކަން ގެންނަވައި ބައްލަވާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِى دَارِهِمۡ جَـٰثِمِينَ 78
ދެންފަހެ، ބިރުވެރި ބިންހެލުމެއް އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި، ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَتَوَلَّىٰ عَنۡہُمۡ وَقَالَ يَـٰقَوۡمِ لَقَدۡ أَبۡلَغۡتُڪُمۡ رِسَالَةَ رَبِّى وَنَصَحۡتُ لَكُمۡ وَلَـٰكِن لَّا تُحِبُّونَ ٱلنَّـٰصِحِينَ 79
ދެން އެކަލޭގެފާނު، އެއުރެންގެ ކިބައިން ދުރުހެލިވެވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ رسولކަން ތިޔަބައިމީހުންނަށް އިއްވީމެވެ. އަދި ތިޔަބައިމީހުންނަށް އަހުރެން نصيحةތެރިވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން نصيحةތެރިވާ މީހުންދެކެ ލޯތްބެއް ނުވަމުއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلُوطًا إِذۡ قَالَ لِقَوۡمِهِۦۤ أَتَأۡتُونَ ٱلۡفَـٰحِشَةَ مَا سَبَقَكُم بِہَا مِنۡ أَحَدٍ۬ مِّنَ ٱلۡعَـٰلَمِينَ 80
އަދި لوطގެފާނު، އެކަލޭގެފާނުގެ قومގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالمތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
إِنَّڪُمۡ لَتَأۡتُونَ ٱلرِّجَالَ شَہۡوَةً۬ مِّن دُونِ ٱلنِّسَآءِ‌ۚ بَلۡ أَنتُمۡ قَوۡمٌ۬ مُّسۡرِفُونَ 81
ހަމަކަށަވަރުން، ތިޔަބައިމީހުން شهوانىގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި)ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَمَا ڪَانَ جَوَابَ قَوۡمِهِۦۤ إِلَّآ أَن قَالُوٓاْ أَخۡرِجُوهُم مِّن قَرۡيَتِڪُمۡ‌ۖ إِنَّهُمۡ أُنَاسٌ۬ يَتَطَهَّرُونَ 82
އެކަލޭގެފާނުގެ (އެބަހީ: لوطގެފާނުގެ) قومގެމީހުންގެ ޖަވާބު ކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ތިޔަބައިމީހުންގެ ރަށުން، އެއުރެން (އެބަހީ: لوطގެފާނާއި، އެކަލޭގެފާނަށް إيمانވެގެން ތިބިމީހުން) ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، طاهرވެގަންނަ ބަޔެކެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَأَنجَيۡنَـٰهُ وَأَهۡلَهُ ۥۤ إِلَّا ٱمۡرَأَتَهُ ۥ كَانَتۡ مِنَ ٱلۡغَـٰبِرِينَ 83
ފަހެ، އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި، އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهلވެރިން، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެކަނބުލޭގެވީ، ހަލާކުވެދިޔަ މީހުންގެ ތެރެއިންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَأَمۡطَرۡنَا عَلَيۡهِم مَّطَرً۬ا‌ۖ فَٱنظُرۡ ڪَيۡفَ كَانَ عَـٰقِبَةُ ٱلۡمُجۡرِمِينَ 84
އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، ކުށްވެރިންގެ ނިމުންހުރީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبً۬ا‌ۗ قَالَ يَـٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَڪُم مِّنۡ إِلَـٰهٍ غَيۡرُهُ ۥ‌ۖ قَدۡ جَآءَتۡڪُم بَيِّنَةٌ۬ مِّن رَّبِّڪُمۡ‌ۖ فَأَوۡفُواْ ٱلۡڪَيۡلَ وَٱلۡمِيزَانَ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تُفۡسِدُواْ فِى ٱلۡأَرۡضِ بَعۡدَ إِصۡلَـٰحِهَا‌ۚ ذَٲلِڪُمۡ خَيۡرٌ۬ لَّكُمۡ إِن ڪُنتُم مُّؤۡمِنِينَ 85
އަދި مدينގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ އެއުރެންގެ أخ،
شعيبގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން، اللَّهއަށް އަޅުކަން ކުރާށެވެ! އެކަލާނގެ މެނުވީ، އެހެން إلهއަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން، ބަޔާންވެގެންވާ ހެތްކެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން، މިނުމާއި، ކިރުން ފުރިހަމަ ކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި ތިޔަބައިމީހުން އުނިނުކުރާށެވެ! އަދި އެ ބިން إصلاحކުރުމަށްފަހު، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ! ތިޔަބައިމީހުންނީ، إيمانވާ ބަޔަކު ކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلَا تَقۡعُدُواْ بِڪُلِّ صِرَٲطٍ۬ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنۡ ءَامَنَ بِهِۦ وَتَبۡغُونَهَا عِوَجً۬ا‌ۚ وَٱذۡڪُرُوٓاْ إِذۡ ڪُنتُمۡ قَلِيلاً۬ فَكَثَّرَڪُمۡ‌ۖ وَٱنظُرُواْ كَيۡفَ كَانَ عَـٰقِبَةُ ٱلۡمُفۡسِدِينَ 86
އަދި ބިރުދައްކައި، ފޭރުމަށާއި، اللَّهއަށް إيمانވި މީހުން އެކަލާނގެ މަގުން އެއްކިބާކުރުމަށާއި، އެމަގު ގުދުމަގަކަށް ހެދުމަށް އެދި، އެއްވެސް މަގެއްގައި ތިޔަބައިމީހުން ނުތިބޭށެވެ! އަދި ތިޔަބައިމީހުން، މަދުބަޔަކު ކަމުގައި ތިއްބައި އެކަލާނގެ، ތިޔަބައިމީހުން ގިނަކުރެއްވިކަން ހަނދުމަކުރާށެވެ! އަދި فسادކުރާ މީހުންގެ ނިމުންހުރީ ކިހިނަކުންކަން، ތިޔަބައިމީހުން ދެކޭށެވެ!
Surah 7 · سورة الاٴعرَاف
Juz 1
وَإِن كَانَ طَآٮِٕفَةٌ۬ مِّنڪُمۡ ءَامَنُواْ بِٱلَّذِىٓ أُرۡسِلۡتُ بِهِۦ وَطَآٮِٕفَةٌ۬ لَّمۡ يُؤۡمِنُواْ فَٱصۡبِرُواْ حَتَّىٰ يَحۡكُمَ ٱللَّهُ بَيۡنَنَا‌ۚ وَهُوَ خَيۡرُ ٱلۡحَـٰكِمِينَ 87
އަދި ތިޔަބައިމީހުންކުރެ އެއްބަޔަކު، ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވެވިކަމަކަށް إيمانވެފައި، އަނެއްބަޔަކު إيمان ނުވިނަމަ، ތިމަންމެންގެ މެދުގައި
اللَّه حكمކުރައްވައިފުމަށް ދާނދެން، ތިޔަބައިމީހުން ކެތްކުރާށެވެ! އެކަލާނގެއީ، حكمކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
۞ قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لَنُخۡرِجَنَّكَ يَـٰشُعَيۡبُ وَٱلَّذِينَ ءَامَنُواْ مَعَكَ مِن قَرۡيَتِنَآ أَوۡ لَتَعُودُنَّ فِى مِلَّتِنَا‌ۚ قَالَ أَوَلَوۡ كُنَّا كَـٰرِهِينَ 88
އެކަލޭގެފާނުގެ قومގެމީހުންގެ ތެރެއިން كبرވެރިވެގަތް ބޮޑުން ބުނޫއެވެ.
އޭ شعيبގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައި إيمانވެގެންތިބިމީހުން، ތިމަންމެންގެ ރަށުން ބޭރުކޮށްލައިފާހުށީމެވެ. ނުވަތަ ތިމަންމެންގެ دينއަށް ކަލޭގެފާނު އެނބުރި ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން (އެކަމަށް) ނުރުހޭ حالގައި ވީނަމަވެސް ހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
قَدِ ٱفۡتَرَيۡنَا عَلَى ٱللَّهِ كَذِبًا إِنۡ عُدۡنَا فِى مِلَّتِڪُم بَعۡدَ إِذۡ نَجَّٮٰنَا ٱللَّهُ مِنۡہَا‌ۚ وَمَا يَكُونُ لَنَآ أَن نَّعُودَ فِيہَآ إِلَّآ أَن يَشَآءَ ٱللَّهُ رَبُّنَا‌ۚ وَسِعَ رَبُّنَا كُلَّ شَىۡءٍ عِلۡمًا‌ۚ عَلَى ٱللَّهِ تَوَكَّلۡنَا‌ۚ رَبَّنَا ٱفۡتَحۡ بَيۡنَنَا وَبَيۡنَ قَوۡمِنَا بِٱلۡحَقِّ وَأَنتَ خَيۡرُ ٱلۡفَـٰتِحِينَ 89
ތިޔަބައިމީހުންގެ دينއަށް، ތިމަންމެން އެނބުރި ހިނގައްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، اللَّه، ތިމަންމެން އެ دينން މިންޖުކުރެއްވުމަށް ފަހުގައި، اللَّهއާމެދު، ދޮގެއްހެދި ބަޔަކު ކަމުގައެވެ. އަދި ތިމަންމެންގެ ވެރި اللَّه އިރާދަކުރައްވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް އެ دينއަށް އެނބުރިއެއް ނުދެވޭނެތެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުން، ހުރިހާ އެއްޗަކަށް ތަނަވަސްވެގެންވެއެވެ. ތިމަންމެން ވަކީލުކުރަނީ، اللَّهއަށެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނާއި، އަޅަމެންގެ قومގެމީހުންނާ ދެމެދު، حقގޮތުގައި حكمކުރައްވާނދޭވެ! އިބަރަސްކަލާނގެއީ، حكمކުރައްވާ އެންމެހެޔޮ ރަސްކަލާނގެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ لَٮِٕنِ ٱتَّبَعۡتُمۡ شُعَيۡبًا إِنَّكُمۡ إِذً۬ا لَّخَـٰسِرُونَ 90
އެކަލޭގެފާނުގެ قومގެމީހުންގެ ތެރެއިން، كافرވެގަތް ބޮޑުން ބުނޫއެވެ. شعيبގެފާނަށް ތިޔަބައިމީހުން تبعވެއްޖެނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުން ވާހުށީ، ގެއްލެނިވެގެންވާ ބަޔަކު ކަމުގައެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَأَخَذَتۡہُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِى دَارِهِمۡ جَـٰثِمِينَ 91
ދެންފަހެ، ބިރުވެރި ބިންހެލުމެއް، އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ.
Surah 7 · سورة الاٴعرَاف
Juz 1
ٱلَّذِينَ كَذَّبُواْ شُعَيۡبً۬ا كَأَن لَّمۡ يَغۡنَوۡاْ فِيهَا‌ۚ ٱلَّذِينَ كَذَّبُواْ شُعَيۡبً۬ا كَانُواْ هُمُ ٱلۡخَـٰسِرِينَ 92
شعيبގެފާނު ދޮގުކުޅަ މީހުން، އެގެތަކުގައި ދިރިނޫޅޭފަދައެވެ. شعيبގެފާނު ދޮގުކުޅަ މީހުންވީ، ހަމަ، ގެއްލެނިވެގެންވާ ބަޔަކު ކަމުގައެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَتَوَلَّىٰ عَنۡهُمۡ وَقَالَ يَـٰقَوۡمِ لَقَدۡ أَبۡلَغۡتُڪُمۡ رِسَـٰلَـٰتِ رَبِّى وَنَصَحۡتُ لَكُمۡ‌ۖ فَكَيۡفَ ءَاسَىٰ عَلَىٰ قَوۡمٍ۬ كَـٰفِرِينَ 93
ދެން އެކަލޭގެފާނު، އެއުރެންގެ ކިބައިން ދުރުހެލިވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ رسولކަން ތިޔަބައިމީހުންނަށް އިއްވީމެވެ. އަދި ތިޔަބައިމީހުންނަށް އަހުރެން نصيحةތެރިވީމެވެ. ފަހެ، كافرވި ބަޔަކުގެ މައްޗަށް އަހުރެން ހިތާމަކުރާނީ ކޮންފަދައަކުން ހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
وَمَآ أَرۡسَلۡنَا فِى قَرۡيَةٍ۬ مِّن نَّبِىٍّ إِلَّآ أَخَذۡنَآ أَهۡلَهَا بِٱلۡبَأۡسَآءِ وَٱلضَّرَّآءِ لَعَلَّهُمۡ يَضَّرَّعُونَ 94
އެރަށެއްގެ أهلވެރިންނަށް ދަތިކަމާއި، ބަލިމަޑުކަން ނުޖައްސަވާ އެއްވެސް ރަށަކަށް ތިމަންރަސްކަލާނގެ ނަބިއްޔަކު ނުފޮނުއްވަމެވެ. އެއީ އެމީހުން މަޑުމޮޅިވުމަށެވެ.
Surah 7 · سورة الاٴعرَاف
Juz 1
ثُمَّ بَدَّلۡنَا مَكَانَ ٱلسَّيِّئَةِ ٱلۡحَسَنَةَ حَتَّىٰ عَفَواْ وَّقَالُواْ قَدۡ مَسَّ ءَابَآءَنَا ٱلضَّرَّآءُ وَٱلسَّرَّآءُ فَأَخَذۡنَـٰهُم بَغۡتَةً۬ وَهُمۡ لَا يَشۡعُرُونَ 95
ދެން، ނުބައި حالة، ރަނގަޅު حالةއަށް ތިމަންރަސްކަލާނގެ ބަދަލުކުރެއްވީމެވެ. (އެއީ) އެއުރެން ގިނަވެ، ތަނަވަސްވެއްޖައުމަށް ދާނދެނެވެ. ދެން އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިންނަށް ތަދުމަޑުކަމާއި، ތިޔާގިކަން ލިބުނެވެ. ދެން، އެއުރެންނަށް ނޭނގިތިއްބައި، ކުއްލިއަކަށް، ތިމަންރަސްކަލާނގެ (ކޯފާގެ عذابން) އެއުރެން ހިއްޕެވީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلَوۡ أَنَّ أَهۡلَ ٱلۡقُرَىٰٓ ءَامَنُواْ وَٱتَّقَوۡاْ لَفَتَحۡنَا عَلَيۡہِم بَرَكَـٰتٍ۬ مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ وَلَـٰكِن كَذَّبُواْ فَأَخَذۡنَـٰهُم بِمَا ڪَانُواْ يَكۡسِبُونَ 96
ރަށްތަކުގެ أهلވެރިން، إيمانވެ تقوىވެރިވީނަމަ، ހަމަކަށަވަރުން،
އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް بركاتގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު عملތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ عذابން) އެއުރެން ހިއްޕެވީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
أَفَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَہُم بَأۡسُنَا بَيَـٰتً۬ا وَهُمۡ نَآٮِٕمُونَ 97
ފަހެ، ރަށްތަކުގެ أهلވެރިން އެއުރެން ރޭގަނޑުގައި ނިދާފައިތިއްބައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ عذابއަތުވެދާނެކަމާމެދު (ބިރެއްނެތި) أمانވެ ތިބީހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
أَوَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا ضُحً۬ى وَهُمۡ يَلۡعَبُونَ 98
ނުވަތަ ރަށްތަކުގެ أهلވެރިން، އެއުރެން ކުޅެކުޅެތިއްބައި ދުވާލުގެ
ضحىވަގުތުގައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ عذابއަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) أمانވެ ތިބީހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
أَفَأَمِنُواْ مَڪۡرَ ٱللَّهِ‌ۚ فَلَا يَأۡمَنُ مَڪۡرَ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡخَـٰسِرُونَ 99
ފަހެ، اللَّهގެ ރޭއްވެވުމާމެދު އެއުރެން (ބިރެއްނެތި) أمانވެ ތިބީހެއްޔެވެ؟ ފަހެ، ގެއްލެނިވެގެންވާ މީހުން މެނުވީ، اللَّهގެ ރޭއްވެވުމާމެދު (ބިރެއްނެތި)
أمانވެގެންނެއް ނުތިބޭނެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
أَوَلَمۡ يَهۡدِ لِلَّذِينَ يَرِثُونَ ٱلۡأَرۡضَ مِنۢ بَعۡدِ أَهۡلِهَآ أَن لَّوۡ نَشَآءُ أَصَبۡنَـٰهُم بِذُنُوبِهِمۡ‌ۚ وَنَطۡبَعُ عَلَىٰ قُلُوبِہِمۡ فَهُمۡ لَا يَسۡمَعُونَ 100
ބިމުގެ أهلވެރިންނަށްފަހު، އެ ބިން ވާރުތަވާ މީހުންނަށް ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެއުރެންނަށް عذاب ދެއްވައިފާނެކަމާއި، އެއުރެންނީ، އަޑުނީވޭ ބަޔަކު ކަމުގައި ވާނޭގޮތުން، އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައިފާނޭކަން ނޭނގެނީހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
تِلۡكَ ٱلۡقُرَىٰ نَقُصُّ عَلَيۡكَ مِنۡ أَنۢبَآٮِٕهَا‌ۚ وَلَقَدۡ جَآءَتۡہُمۡ رُسُلُهُم بِٱلۡبَيِّنَـٰتِ فَمَا ڪَانُواْ لِيُؤۡمِنُواْ بِمَا ڪَذَّبُواْ مِن قَبۡلُ‌ۚ كَذَٲلِكَ يَطۡبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلۡڪَـٰفِرِينَ 101
އެއީ ރަށްތަކެވެ. އެ ރަށްތަކުގެ خبرތައް، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ކިޔައިދެއްވަމެވެ. ހަމަކަށަވަރުން، އެއުރެންގެ ގާތަށް، ބަޔާންވެގެންވާ ހެކިތަކާއިގެން އެއުރެންގެ رسولން ވަޑައިގަތެވެ. ފަހެ، އެއުރެން ކުރިން ދޮގުކުޅަ އެއްޗަކަށް
إيمانވާކަށް އެއުރެންނެތެވެ. كافرންގެ ހިތްތަކުގައި اللَّه ސިއްކަގައްސަވަނީ އެފަދައިންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَمَا وَجَدۡنَا لِأَڪۡثَرِهِم مِّنۡ عَهۡدٍ۬‌ۖ وَإِن وَجَدۡنَآ أَڪۡثَرَهُمۡ لَفَـٰسِقِينَ 102
އަދި އެއުރެންކުރެ ގިނަމީހުން، އެއްވެސް عهدއެއްގައި (ހިފަހައްޓައިގެން) ވާތީ، ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ. އަދި ހަމަކަށަވަރުން، އެއުރެންކުރެ ގިނަމީހުންނީ، فاسقން ކަމުގައިވާތީ ތިމަންރަސްކަލާނގެ ދެކެވޮޑިގެންވަމެވެ.
Surah 7 · سورة الاٴعرَاف
Juz 1
ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ بِـَٔايَـٰتِنَآ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَظَلَمُواْ بِہَا‌ۖ فَٱنظُرۡ كَيۡفَ كَانَ عَـٰقِبَةُ ٱلۡمُفۡسِدِينَ 103
ދެން އެބޭކަލުންނަށްފަހުގައި فرعونއާއި އޭނާގެ ބޮޑުންގެ ގާތަށް ތިމަންރަސްކަލާނގެ ހެކިތަކާއިގެން موسىގެފާނު ފޮނުއްވީމެވެ. ދެން އެއުރެން
އެ ހެކިތަކާ ދެކޮޅުހެދޫއެވެ. ފަހެ، ފަސާދަކުރާ މީހުންގެ ނިމުންހުރީ، ކިހިނަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
وَقَالَ مُوسَىٰ يَـٰفِرۡعَوۡنُ إِنِّى رَسُولٌ۬ مِّن رَّبِّ ٱلۡعَـٰلَمِينَ 104
موسىގެފާނު ވިދާޅުވިއެވެ. އޭ فرعونއެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ފޮނުއްވި رسولއަކީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلۡحَقَّ‌ۚ قَدۡ جِئۡتُڪُم بِبَيِّنَةٍ۬ مِّن رَّبِّكُمۡ فَأَرۡسِلۡ مَعِىَ بَنِىٓ إِسۡرَٲٓءِيلَ 105
ތިމަންކަލޭގެފާނަށް حقވެގެންވަނީ، حقތެދުފިޔަވައި (އެހެން އެއްވެސް އެއްޗެއް) اللَّهއާމެދު ތިމަންކަލޭގެފާނު ވިދާޅުނުވުމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ބަޔާންވެގެންވާ ހެތްކަކާއިގެންނެވެ. ފަހެ، إسـرآءيـلގެދަރިން ތިމަންކަލޭގެފާނާ އެކުގައި ފޮނުވާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
قَالَ إِن كُنتَ جِئۡتَ بِـَٔايَةٍ۬ فَأۡتِ بِہَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ 106
އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، ހެތްކަކާއިގެން ކަމުގައިވާނަމަ (އަދި) ތެދުވެރިންގެ ތެރެއިން ކަލޭގެފާނު ވާނަމަ، ފަހެ، އެ ހެތްކެއް ނިކަން ގެންނަވައި ބައްލަވާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
فَأَلۡقَىٰ عَصَاهُ فَإِذَا هِىَ ثُعۡبَانٌ۬ مُّبِينٌ۬ 107
ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ، އެހިނދު،
އެ އަސާކޮޅު ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَنَزَعَ يَدَهُ ۥ فَإِذَا هِىَ بَيۡضَآءُ لِلنَّـٰظِرِينَ 108
އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ، އެހިނދު، ބަލަންތިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ، ވިދަވިދައިއޮތް ހުދު އަތްޕުޅެއްކަމުގައެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ إِنَّ هَـٰذَا لَسَـٰحِرٌ عَلِيمٌ۬ 109
فرعونގެ قومގެބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، މިއީ މޮޅަށްދަންނަ ޖާދޫގަރެއްކަން ކަށަވަރެވެ.
Surah 7 · سورة الاٴعرَاف
Juz 1
يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِكُمۡ‌ۖ فَمَاذَا تَأۡمُرُونَ 110
އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލެއްވުމަށެވެ. ވީމާ، ތިޔަބައިމީހުން أمرކުރާ ގޮތަކީ ކޮބައިހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
قَالُوٓاْ أَرۡجِهۡ وَأَخَاهُ وَأَرۡسِلۡ فِى ٱلۡمَدَآٮِٕنِ حَـٰشِرِينَ 111
އެއުރެން ބުނޫއެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ أخ، އިހަށް ބައިތިއްބާށެވެ! އަދި (މީހުން) އެއްކުރުމަށް ގޮވާބަޔަކު، ރަށުތެރެއަށް ފޮނުވާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
يَأۡتُوكَ بِكُلِّ سَـٰحِرٍ عَلِيمٍ۬ 112
އޭރުން، އެއުރެން (ގޮސް) މޮޅަށް ދަންނަ ހުރިހާ ޖާދޫގަރުން ކަލޭގެގާތަށް ގެނެސް ދޭނެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَجَآءَ ٱلسَّحَرَةُ فِرۡعَوۡنَ قَالُوٓاْ إِنَّ لَنَا لَأَجۡرًا إِن ڪُنَّا نَحۡنُ ٱلۡغَـٰلِبِينَ 113
فرعونގެ ގާތަށް ޖާދޫގަރުން އަތުވެއްޖެއެވެ. އެއުރެން ބުނޫއެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނަންވާނެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ نَعَمۡ وَإِنَّكُمۡ لَمِنَ ٱلۡمُقَرَّبِينَ 114
އޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުންވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالُواْ يَـٰمُوسَىٰٓ إِمَّآ أَن تُلۡقِىَ وَإِمَّآ أَن نَّكُونَ نَحۡنُ ٱلۡمُلۡقِينَ 115
އެއުރެން ދެންނެވޫއެވެ. އޭ موسىގެފާނެވެ! ކަލޭގެފާނު (ކުރިން) އެއްލަވާނީއެވެ. ނޫންނަމަ (ކުރިން) އެއްލާ މީހުންކަމުގައި ތިމަންމެން ވެދާނޫއެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ أَلۡقُواْ‌ۖ فَلَمَّآ أَلۡقَوۡاْ سَحَرُوٓاْ أَعۡيُنَ ٱلنَّاسِ وَٱسۡتَرۡهَبُوهُمۡ وَجَآءُو بِسِحۡرٍ عَظِيمٍ۬ 116
އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެއްލާށެވެ! ދެންފަހެ، އެއުރެން އެއްލިހިނދު، މީސްތަކުންގެ ލޯތަކަށް ޖާދޫދައްކައި، އެއުރެން ބިރުގެންނެވޫއެވެ. އަދި ބޮޑުވެގެންވާ ޖާދޫއެއް އެމީހުން ގެނައޫއެވެ.
Surah 7 · سورة الاٴعرَاف
Juz 1
۞ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَ‌ۖ فَإِذَا هِىَ تَلۡقَفُ مَا يَأۡفِكُونَ 117
ތިމަންރަސްކަލާނގެ موسىގެފާނަށް وحىކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ! ދެން (އެކަލޭގެފާނުގެ އަސާކޮޅު އެއްލެވީމާ) އެހާރުން އެ އަސާކޮޅު އެއުރެން ދޮގުން ހަދައިގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ 118
ފަހެ، حقތެދު ފާޅުވެއްޖެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް
باطلވެގެން ހިނގައްޖެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَـٰغِرِينَ 119
ފަހެ، އެތާނގައި އެއުރެން ދެރަވެ ބަލިވެއްޖައޫއެވެ. އަދި އެއުރެން ނިކަމެތީންކަމުގައި ވެގެން ހިނގައްޖައޫއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَأُلۡقِىَ ٱلسَّحَرَةُ سَـٰجِدِينَ 120
އަދި އެ ޖާދޫގަރުން سجدة އަށް ތިރިވެއްޖައޫއެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَـٰلَمِينَ 121
އެއުރެން ބުނެފޫއެވެ. عالمތަކުގެ ވެރިރަސްކަލާނގެއަށް ތިމަންމެން
إيمان ވެއްޖައީމުއެވެ.
Surah 7 · سورة الاٴعرَاف
Juz 1
رَبِّ مُوسَىٰ وَهَـٰرُونَ 122
(އެއީ) موسىގެފާނާއި، هارونގެފާނުގެ ވެރިރަސްކަލާނގެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ فِرۡعَوۡنُ ءَامَنتُم بِهِۦ قَبۡلَ أَنۡ ءَاذَنَ لَكُمۡ‌ۖ إِنَّ هَـٰذَا لَمَكۡرٌ۬ مَّكَرۡتُمُوهُ فِى ٱلۡمَدِينَةِ لِتُخۡرِجُواْ مِنۡہَآ أَهۡلَهَا‌ۖ فَسَوۡفَ تَعۡلَمُونَ 123
فرعون ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذن ނުދެނީސް، ތިޔަބައިމީހުން އެކަލޭގެފާނަށް إيمانވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ރަށުގެ أهلވެރިން ރަށުން ނެރެލުމަށްޓަކައި ތިޔަބައިމީހުން ރަށުތެރޭގައި ރޭވި ރޭވުމެއްކަން ކަށަވަރެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَـٰفٍ۬ ثُمَّ لَأُصَلِّبَنَّكُمۡ أَجۡمَعِينَ 124
ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. ދެން ހަމަކަށަވަރުން، ތިޔަހުރިހާ އެންމެން صليبއަށް އަރުވާހުށީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالُوٓاْ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ 125
އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރިދާހުށީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرةއަށެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَمَا تَنقِمُ مِنَّآ إِلَّآ أَنۡ ءَامَنَّا بِـَٔايَـٰتِ رَبِّنَا لَمَّا جَآءَتۡنَا‌ۚ رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرً۬ا وَتَوَفَّنَا مُسۡلِمِينَ 126
ތިމަންމެންގެ ކިބައިން ތިޔަބަދަލުހިފަނީ، ތިމަންމެންގެ ވެރިރަސްކަލާނގެ آيةތައް ތިމަންމެންނަށް އައުމުން، އެއަށް ތިމަންމެން إيمانވުން ފިޔަވައި އެހެން ކަމަކަށްޓަކައެއްނޫނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި مسلمން ކަމުގައި ވާ ޙާލު އަޅަމެން މަރުގަންނަވާނދޭވެ!
Surah 7 · سورة الاٴعرَاف
Juz 1
وَقَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ أَتَذَرُ مُوسَىٰ وَقَوۡمَهُ ۥ لِيُفۡسِدُواْ فِى ٱلۡأَرۡضِ وَيَذَرَكَ وَءَالِهَتَكَ‌ۚ قَالَ سَنُقَتِّلُ أَبۡنَآءَهُمۡ وَنَسۡتَحۡىِۦ نِسَآءَهُمۡ وَإِنَّا فَوۡقَهُمۡ قَـٰهِرُونَ 127
فرعونގެ قومގެބޮޑުން ބުނޫއެވެ. موسىގެފާނާއި، އެކަލޭގެފާނުގެ قومގެމީހުން، ކަލެޔާއި ކަލޭގެ إلهންތައް ދޫކޮށް، ބިމުގައި فسادއުފެއްދުމަށް ތިޔަ ދޫކޮށްލަނީހެއްޔެވެ؟ އޭނާ ބުންޏެވެ. ތިމަންމެން އެއުރެންގެ ފިރިހެންދަރިން މަރާހުށީމެވެ. އަދި އެއުރެންގެ ތެރެއިން އަންހެނުން ނުމަރައި ބައިތިއްބާނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ އެއުރެންގެ މައްޗަށް ގަދަކަން ލިބިގެންވާ ބަޔަކީމުއެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ مُوسَىٰ لِقَوۡمِهِ ٱسۡتَعِينُواْ بِٱللَّهِ وَٱصۡبِرُوٓاْ‌ۖ إِنَّ ٱلۡأَرۡضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنۡ عِبَادِهِۦ‌ۖ وَٱلۡعَـٰقِبَةُ لِلۡمُتَّقِينَ 128
موسىގެފާނު، އެކަލޭގެފާނުގެ قومގެމީހުންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން، اللَّه ގެ حضرةން ވާގިއެދޭށެވެ! އަދި ތިޔަބައިމީހުން ކެތްކުރާށެވެ! ހަމަކަށަވަރުން، ބިން ملكވެވޮޑިގެންވަނީ اللَّهއަށެވެ. އެކަލާނގެ އަޅުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެ ބިން ވާރުތަކޮށްދެއްވައެވެ. އަދި ހެޔޮ ނިމުންވަނީ، تقوىވެރިންނަށެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالُوٓاْ أُوذِينَا مِن قَبۡلِ أَن تَأۡتِيَنَا وَمِنۢ بَعۡدِ مَا جِئۡتَنَا‌ۚ قَالَ عَسَىٰ رَبُّكُمۡ أَن يُهۡلِكَ عَدُوَّڪُمۡ وَيَسۡتَخۡلِفَڪُمۡ فِى ٱلۡأَرۡضِ فَيَنظُرَ ڪَيۡفَ تَعۡمَلُونَ 129
އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ކުރިންނާއި، ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ފަހުންވެސް، ތިމަންމެންނަށް އުނދަގޫ ލިބެމުންދިޔައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންގެ عداوةތެރިޔާ ހަލާކު ކުރައްވައި، ތިޔަބައިމީހުން ބިމުގައި ވެރިކުރައްވައިފާ ހުށްޓެވެ. ދެން ތިޔަބައިމީހުން عملކުރަނީ ކިހިނަކުންކަން، އެކަލާނގެ ބައްލަވާވޮޑިގެންވާނެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلَقَدۡ أَخَذۡنَآ ءَالَ فِرۡعَوۡنَ بِٱلسِّنِينَ وَنَقۡصٍ۬ مِّنَ ٱلثَّمَرَٲتِ لَعَلَّهُمۡ يَذَّڪَّرُونَ 130
ހަމަކަށަވަރުން، ތަދުމަޑު އަހަރުތަކާއި، މޭވާތަކުގެ އުނިކަން މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ فرعونގެ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން ހަނދާންކުރުމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَإِذَا جَآءَتۡهُمُ ٱلۡحَسَنَةُ قَالُواْ لَنَا هَـٰذِهِۦ‌ۖ وَإِن تُصِبۡہُمۡ سَيِّئَةٌ۬ يَطَّيَّرُواْ بِمُوسَىٰ وَمَن مَّعَهُ ۥۤ‌ۗ أَلَآ إِنَّمَا طَـٰٓٮِٕرُهُمۡ عِندَ ٱللَّهِ وَلَـٰكِنَّ أَڪۡثَرَهُمۡ لَا يَعۡلَمُونَ 131
ފަހެ، އެއުރެންނާ ހަމަޔަށް ހެޔޮގޮތް އަތުވެއްޖެނަމަ، މިއީ ތިމަންމެންނަށް އޮތްކަމެކޭ އެއުރެން ބުނެތެވެ. އަދި އެއުރެންނަށް ނުބައިކަމެއް ޖެހިއްޖެނަމަ، موسىގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ސުންޕާކަމުން ޖެހުނުކަމެއްކަމުގައި އެއުރެން ހަދަތެވެ. ދަންނާށެވެ! އެއުރެންނަށް ސުންޕާގޮތް މެދުވެރިވުންވަނީ، اللَّهގެحضرةގައެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَقَالُواْ مَهۡمَا تَأۡتِنَا بِهِۦ مِنۡ ءَايَةٍ۬ لِّتَسۡحَرَنَا بِہَا فَمَا نَحۡنُ لَكَ بِمُؤۡمِنِينَ 132
އެއުރެން ދެންނެވޫއެވެ. ތިމަންމެން، އޭގެ ޖާދޫގައި ޖެއްސެވުމަށްޓަކައި
آيةތަކުގެ ތެރެއިން ކޮންމެފަދަ آيةއެއް ކަލޭގެފާނު ތިމަންމެންނަށް ގެނެސްދެއްވި ކަމުގައިވިޔަސް، ކަލޭގެފާނަށް إيمانވާ ބަޔަކު ކަމުގައި ތިމަންމެން ނުވާހުށީމުއެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَأَرۡسَلۡنَا عَلَيۡہِمُ ٱلطُّوفَانَ وَٱلۡجَرَادَ وَٱلۡقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَـٰتٍ۬ مُّفَصَّلَـٰتٍ۬ فَٱسۡتَڪۡبَرُواْ وَكَانُواْ قَوۡمً۬ا مُّجۡرِمِينَ 133
ދެން ކަނޑައެޅި، ބަޔާންވެގެންހުރި آيةތަކެއް ކަމުގައި (ފެންބޮޑުވުމުގެ) طوفانއާއި، ގޮއްފުޅަންގާއި، އުކުނާއި، ބޮކާއި، ލޭ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. ދެންވެސް އެއުރެން ބޮޑާވެގަތޫއެވެ. އަދި އެއުރެން ކުށްވެރި ބަޔަކު ކަމުގައިވޫއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلَمَّا وَقَعَ عَلَيۡهِمُ ٱلرِّجۡزُ قَالُواْ يَـٰمُوسَى ٱدۡعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ‌ۖ لَٮِٕن كَشَفۡتَ عَنَّا ٱلرِّجۡزَ لَنُؤۡمِنَنَّ لَكَ وَلَنُرۡسِلَنَّ مَعَكَ بَنِىٓ إِسۡرَٲٓءِيلَ 134
އެއުރެންގެ މައްޗަށް މި عذاب އައިސްޖެހުނުހިނދު އެއުރެން ދެންނެވިއެވެ. އޭ موسىގެފާނެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށް ތިމަންމެންނަށްޓަކައި، دعاءކޮށްދެއްވާށެވެ. ކަލޭގެފާނަށް އެކަލާނގެ عهدކުރައްވައި އަންގަވާފައިވާ ގޮތުގެމަތިންނެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން މި عذاب ފިއްލަވައިފިނަމަ، ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންމެން إيمانވާހުށީމެވެ. އަދި ކަލޭގެފާނުގެ އަރިހުގައި إسـرآءيـلގެދަރިން ފޮނުވާހުށީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَلَمَّا ڪَشَفۡنَا عَنۡہُمُ ٱلرِّجۡزَ إِلَىٰٓ أَجَلٍ هُم بَـٰلِغُوهُ إِذَا هُمۡ يَنكُثُونَ 135
ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން އެ މުއްދަތެއް ހަމަވަނިވި މުއްދަތަކަށް، އެ عذاب ފިއްލެވިހިނދު، އެހާރުން عهدއުވާލާ ބަޔަކު ކަމުގައި އެއުރެން ވޫއެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَٱنتَقَمۡنَا مِنۡہُمۡ فَأَغۡرَقۡنَـٰهُمۡ فِى ٱلۡيَمِّ بِأَنَّہُمۡ كَذَّبُواْ بِـَٔايَـٰتِنَا وَڪَانُواْ عَنۡہَا غَـٰفِلِينَ 136
ދެން ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ކަނޑުގެ ތެރެޔަށް އެއުރެން غرقކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ آيةތައް އެއުރެން ދޮގުކޮށް، އެ آيةތަކާމެދު غافلވީ ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَأَوۡرَثۡنَا ٱلۡقَوۡمَ ٱلَّذِينَ كَانُواْ يُسۡتَضۡعَفُونَ مَشَـٰرِقَ ٱلۡأَرۡضِ وَمَغَـٰرِبَهَا ٱلَّتِى بَـٰرَكۡنَا فِيہَا‌ۖ وَتَمَّتۡ كَلِمَتُ رَبِّكَ ٱلۡحُسۡنَىٰ عَلَىٰ بَنِىٓ إِسۡرَٲٓءِيلَ بِمَا صَبَرُواْ‌ۖ وَدَمَّرۡنَا مَا كَانَ يَصۡنَعُ فِرۡعَوۡنُ وَقَوۡمُهُ ۥ وَمَا ڪَانُواْ يَعۡرِشُونَ 137
ނިކަމެތިކޮށް ހިތެމުންދިޔަ قومގެމީހުންނަށް، ބިމުގެ އިރުމައްޗާއި،
އެ ބިމުގެ ހުޅަނގު، ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ އެތަންތާނގައި بركاتލައްވާފައިވާ ތަންތަނެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ إسـرآءيـلގެދަރިންނަށް ދެއްވާފައިވާ (وعدގެ) ހެޔޮބަސްފުޅު، އެއުރެން ކެތްތެރިވުމުގެ ސަބަބުން ފުރިހަމަވެގެންދިޔައެވެ. އަދި ތިމަންރަސްކަލާނގެ، فرعونއާއި، އޭނާގެ قومގެމީހުން ހަދަމުންގެންދިޔަ ތަކެއްޗާއި، އެއުރެން ބިނާކުރަމުންގެންދިޔަ عماراتތައް ހަލާކުކުރައްވައި، ނެތިކުރެއްވީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَجَـٰوَزۡنَا بِبَنِىٓ إِسۡرَٲٓءِيلَ ٱلۡبَحۡرَ فَأَتَوۡاْ عَلَىٰ قَوۡمٍ۬ يَعۡكُفُونَ عَلَىٰٓ أَصۡنَامٍ۬ لَّهُمۡ‌ۚ قَالُواْ يَـٰمُوسَى ٱجۡعَل لَّنَآ إِلَـٰهً۬ا كَمَا لَهُمۡ ءَالِهَةٌ۬‌ۚ قَالَ إِنَّكُمۡ قَوۡمٌ۬ تَجۡهَلُونَ 138
އަދި ކަނޑު ހުރަސްކުރައްވައި، ތިމަންރަސްކަލާނގެ إسـرآءيـلގެދަރިން ގެންދެވީމެވެ. ދެން އެއުރެން قومއެއްގެ މީހުންނާހަމަޔަށް އައޫއެވެ. އެއުރެންތިބީ، އެއުރެންގެ ބުދުތަކަށް އަޅުކަންކުރުން މަތީގައެވެ. އެއުރެން (އެބަހީ:إسـرآءيـلގެދަރިން) ދެންނެވޫއެވެ. އޭ موسىގެފާނެވެ! އެއުރެންނަށް إلهންތަކެއް ވާފަދައިން، ތިމަންމެންނަށްވެސް إلهއެއް ލައްވައި ދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (حقގޮތް) ނޭނގޭ ބަޔެކެވެ.
Surah 7 · سورة الاٴعرَاف
Juz 1
إِنَّ هَـٰٓؤُلَآءِ مُتَبَّرٌ۬ مَّا هُمۡ فِيهِ وَبَـٰطِلٌ۬ مَّا كَانُواْ يَعۡمَلُونَ 139
ހަމަކަށަވަރުން، އެގޮތެއްގެ މަތީގައި އެއުރެންތިބި ގޮތަކީ، ހަލާކުވެ އުވިގެންދާނޭ ގޮތެކެވެ. އަދި އެއުރެން ކޮށްއުޅުނު عملތައް، باطلވެގެންވެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ أَغَيۡرَ ٱللَّهِ أَبۡغِيڪُمۡ إِلَـٰهً۬ا وَهُوَ فَضَّلَڪُمۡ عَلَى ٱلۡعَـٰلَمِينَ 140
އެކަލޭގެފާނު ވިދާޅުވިއެވެ. عالم ތަކުގެ މައްޗަށް ތިޔަބައިމީހުން މާތްކުރެއްވީ، އެކަލާނގެ ކަމުގައިވާ حال، ތިޔަބައިމީހުންނަށް إلهއަކު ކަމުގައި اللَّهނޫން އެހެންފަރާތެއް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަންވީ ހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
وَإِذۡ أَنجَيۡنَـٰڪُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَڪُمۡ سُوٓءَ ٱلۡعَذَابِ‌ۖ يُقَتِّلُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡ‌ۚ وَفِى ذَٲلِڪُم بَلَآءٌ۬ مِّن رَّبِّڪُمۡ عَظِيمٌ۬ 141
فرعونގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން މިންޖުކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذابގެ ރަހަ ދައްކަމުން ގެންދެތެވެ. އެއުރެން ތިޔަބައިމީހުންގެ ތެރެއިން ފިރިހެންދަރިން قتلކޮށް، އަދި ތިޔަބައިމީހުންގެ ތެރެއިން އަންހެނުން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން އައިސްފައިވާ ބޮޑު امتحانއެއްވެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
۞ وَوَٲعَدۡنَا مُوسَىٰ ثَلَـٰثِينَ لَيۡلَةً۬ وَأَتۡمَمۡنَـٰهَا بِعَشۡرٍ۬ فَتَمَّ مِيقَـٰتُ رَبِّهِۦۤ أَرۡبَعِينَ لَيۡلَةً۬‌ۚ وَقَالَ مُوسَىٰ لِأَخِيهِ هَـٰرُونَ ٱخۡلُفۡنِى فِى قَوۡمِى وَأَصۡلِحۡ وَلَا تَتَّبِعۡ سَبِيلَ ٱلۡمُفۡسِدِينَ 142
(ބަސް وحىކުރެއްވުމަށާއި، توراة ބާވައިލެއްވުމަށް) ތިރީސް ރޭގެ މުއްދަތެއް ތިމަންރަސްކަލާނގެ موسىގެފާނަށް ކަނޑައަޅުއްވައި ދެއްވީމެވެ. އަދި އެއަށް ދިހަޔެއް އިތުރުކުރައްވައި، ފުރިހަމަ ކުރެއްވީމެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތު ސާޅީސް ރޭ ފުރިހަމަވިއެވެ. އަދި موسىގެފާނު އެކަލޭގެފާނުގެ أخ، هارونގެފާނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ قومގެމީހުންގެ ތެރޭގައި ތިމަންކަލޭގެފާނުގެ ބަދަލުގައި ހުންނަވާށެވެ! އަދި إصلاح ކުރައްވާށެވެ! އަދި فسادކުރާ މީހުންގެ މަގަށް تبع ވެވަޑައިނުގަންނަވާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
وَلَمَّا جَآءَ مُوسَىٰ لِمِيقَـٰتِنَا وَكَلَّمَهُ ۥ رَبُّهُ ۥ قَالَ رَبِّ أَرِنِىٓ أَنظُرۡ إِلَيۡكَ‌ۚ قَالَ لَن تَرَٮٰنِى وَلَـٰكِنِ ٱنظُرۡ إِلَى ٱلۡجَبَلِ فَإِنِ ٱسۡتَقَرَّ مَڪَانَهُ ۥ فَسَوۡفَ تَرَٮٰنِى‌ۚ فَلَمَّا تَجَلَّىٰ رَبُّهُ ۥ لِلۡجَبَلِ جَعَلَهُ ۥ دَڪًّ۬ا وَخَرَّ مُوسَىٰ صَعِقً۬ا‌ۚ فَلَمَّآ أَفَاقَ قَالَ سُبۡحَـٰنَكَ تُبۡتُ إِلَيۡكَ وَأَنَا۟ أَوَّلُ ٱلۡمُؤۡمِنِينَ 143
ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތަށް موسىގެފާނު ވަޑައިގަންނަވައި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ބަސް
وحىކުރެއްވިހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ذاتފުޅަށް ތިމަންއަޅާ ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ وحىކުރެއްވިއެވެ. ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ذاتފުޅު ފެނިވަޑައެއް ނުގަންނަވާނެތެވެ. އެހެނެއްކަމަކު، ފަރުބަދަޔަށް ބައްލަވާށެވެ! ފަހެ، އެ ފަރުބަދަ، އެހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ذاتފުޅު ފެނިވަޑައިގެންފާނެތެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ފަރުބަދަޔަށް تجلّىވެވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ. އަދި موسىގެފާނު، ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނު ހޭފުޅުއެރިހިނދު ވިދާޅުވިއެވެ. އިބަރަސްކަލާނގެ ހުސްطاهرވަންތަކަމާއެވެ! އިބަރަސްކަލާނގެއަށް ތިމަންއަޅާ توبة ވެއްޖައީމެވެ. އަދި إيمانވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަންއަޅާއެވެ.
Surah 7 · سورة الاٴعرَاف
Juz 1
قَالَ يَـٰمُوسَىٰٓ إِنِّى ٱصۡطَفَيۡتُكَ عَلَى ٱلنَّاسِ بِرِسَـٰلَـٰتِى وَبِكَلَـٰمِى فَخُذۡ مَآ ءَاتَيۡتُكَ وَكُن مِّنَ ٱلشَّـٰكِرِينَ 144
އެކަލާނގެ وحىކުރެއްވިއެވެ. އޭ موسىގެފާނެވެ! ތިމަންރަސްކަލާނގެ رسولކަމާއި، އަދި ބަސް وحىކުރެއްވުމުން މީސްތަކުންގެ މައްޗަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު خيارކުރައްވައިފީމެވެ. ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި شكرކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
وَڪَتَبۡنَا لَهُ ۥ فِى ٱلۡأَلۡوَاحِ مِن ڪُلِّ شَىۡءٍ۬ مَّوۡعِظَةً۬ وَتَفۡصِيلاً۬ لِّكُلِّ شَىۡءٍ۬ فَخُذۡهَا بِقُوَّةٍ۬ وَأۡمُرۡ قَوۡمَكَ يَأۡخُذُواْ بِأَحۡسَنِہَا‌ۚ سَأُوْرِيكُمۡ دَارَ ٱلۡفَـٰسِقِينَ 145
(دينއާބެހޭ) ކޮންމެކަމެއް (توراةގެ) ފިލާތަކުގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ލިޔެދެއްވީމެވެ. وعظއެއްގެ ގޮތުގައެވެ. އަދި އެންމެހާ ކަންތައް ބަޔާންކޮށްދެއްވުމެއްގެ ގޮތުގައި މެއެވެ. ފަހެ، ބާރާއެކު ކަލޭގެފާނު އޭގައި ހިއްޕަވާށެވެ! އަދި އޭގައިވާ އެންމެ މޮޅުގޮތުގައި ހިފުމަށް، ކަލޭގެފާނުގެ قومގެމީހުންނަށް އަމުރުކުރައްވާށެވެ! فاسقވިމީހުންގެ ގޯތިގެދޮރު (عبرةއެއްގެ ގޮތުގައި) ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދައްކަވާހުށީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
سَأَصۡرِفُ عَنۡ ءَايَـٰتِىَ ٱلَّذِينَ يَتَكَبَّرُونَ فِى ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَإِن يَرَوۡاْ ڪُلَّ ءَايَةٍ۬ لَّا يُؤۡمِنُواْ بِہَا وَإِن يَرَوۡاْ سَبِيلَ ٱلرُّشۡدِ لَا يَتَّخِذُوهُ سَبِيلاً۬ وَإِن يَرَوۡاْ سَبِيلَ ٱلۡغَىِّ يَتَّخِذُوهُ سَبِيلاً۬‌ۚ ذَٲلِكَ بِأَنَّہُمۡ كَذَّبُواْ بِـَٔايَـٰتِنَا وَكَانُواْ عَنۡہَا غَـٰفِلِينَ 146
حقއަކާނުލައި ބިމުގައި ބޮޑާވެގެން އުޅޭމީހުން، ތިމަންރަސްކަލާނގެ
آيةތަކުން އެއްކިބާކުރައްވާހުށީމެވެ. އެއުރެނަށް ކޮންމެ آيةއެއް ފެނުނަސް، އެއަކަށް އެއުރެންނެއް إيمانއެއް ނުވެތެވެ. ރަނގަޅު ގޮތުގެ މަގު އެއުރެންނަށް ފެނުނަސް، އެއީ މަގެއްކަމުގައި އެއުރެން ނުހިފަތެވެ. އަދި ފުރެދުމުގެ މަގު އެބައިމީހުންނަށް ފެނިއްޖެނަމަ، އެއީ މަގެއްކަމުގައި އެއުރެން ހިފަތެވެ. އެއީ އެއުރެން ތިމަންރަސްކަލާނގެ آيةތައް ދޮގުކޮށް، އަދި އެ آيةތަކާމެދު غافلވެގެންވާ ބަޔަކު ކަމުގައި އެއުރެން ވީކަމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَٱلَّذِينَ كَذَّبُواْ بِـَٔايَـٰتِنَا وَلِقَآءِ ٱلۡأَخِرَةِ حَبِطَتۡ أَعۡمَـٰلُهُمۡ‌ۚ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ 147
އަދި ތިމަންރަސްކަލާނގެ آيةތަކާއި، އަދި آخرةއާ ބައްދަލުވާނެކަން ދޮގުކުޅަ މީހުންގެ عملތައް، باطلވެގެން ހިނގައްޖެއެވެ. އެއުރެން ކޮށްއުޅުނު ކަންތަކަށްމެނުވީ، އެއުރެންނަށް ޖަޒާ ލިބޭނެހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
وَٱتَّخَذَ قَوۡمُ مُوسَىٰ مِنۢ بَعۡدِهِۦ مِنۡ حُلِيِّهِمۡ عِجۡلاً۬ جَسَدً۬ا لَّهُ ۥ خُوَارٌ‌ۚ أَلَمۡ يَرَوۡاْ أَنَّهُ ۥ لَا يُكَلِّمُهُمۡ وَلَا يَہۡدِيہِمۡ سَبِيلاً‌ۘ ٱتَّخَذُوهُ وَڪَانُواْ ظَـٰلِمِينَ 148
موسىގެފާނުގެ قومގެމީހުން، އެކަލޭގެފާނު ވަކިވެވަޑައިގަތުމަށްފަހު،
ޅަގެރިޔެއްގެ ސިފާގައިވާ، އަދި އޭގެ އަޑުކަހަލަ އަޑެއްވާ ހަށިގަނޑެއް އެއުރެންގެ ގަހަނާތަކުން ހެދޫއެވެ. އެ ގެރި، އެއުރެންނާ ވާހަކަނުދައްކާކަމާއި، އަދި އެއްވެސް މަގަކަށް އެއުރެންނަށް މަގުނުދައްކާކަން އެއުރެން ނުދެކެނީހެއްޔެވެ؟ އެއުރެން އެގެރި (إلهއެއްކަމުގައި) ހިފައިފޫއެވެ. އަދި އަނިޔާވެރިންކަމުގައި އެއުރެންވޫއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلَمَّا سُقِطَ فِىٓ أَيۡدِيهِمۡ وَرَأَوۡاْ أَنَّهُمۡ قَدۡ ضَلُّواْ قَالُواْ لَٮِٕن لَّمۡ يَرۡحَمۡنَا رَبُّنَا وَيَغۡفِرۡ لَنَا لَنَڪُونَنَّ مِنَ ٱلۡخَـٰسِرِينَ 149
އެއުރެން (އެކުޅަ ކަންތަކާމެދު) ދެރަވެ، ހިތާމަލިބި، އަދި އެއުރެންނަށް މަގު އޮޅިއްޖެކަމަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ތިމަންމެންނަށް رحمة ނުލެއްވިނަމަ، އަދި ތިމަންމެންނަށް ފާފަފުއްސަވައި ނުދެއްވިނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلَمَّا رَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَـٰنَ أَسِفً۬ا قَالَ بِئۡسَمَا خَلَفۡتُمُونِى مِنۢ بَعۡدِىٓ‌ۖ أَعَجِلۡتُمۡ أَمۡرَ رَبِّكُمۡ‌ۖ وَأَلۡقَى ٱلۡأَلۡوَاحَ وَأَخَذَ بِرَأۡسِ أَخِيهِ يَجُرُّهُ ۥۤ إِلَيۡهِ‌ۚ قَالَ ٱبۡنَ أُمَّ إِنَّ ٱلۡقَوۡمَ ٱسۡتَضۡعَفُونِى وَكَادُواْ يَقۡتُلُونَنِى فَلَا تُشۡمِتۡ بِىَ ٱلۡأَعۡدَآءَ وَلَا تَجۡعَلۡنِى مَعَ ٱلۡقَوۡمِ ٱلظَّـٰلِمِينَ 150
އަދި موسىގެފާނު ކޯފާވެ، ހިތާމަކުރައްވާ حال، އެކަލޭގެފާނުގެ قومގެމީހުންގެ ގާތަށް ވަޑައިގަތްހިނދު، ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ ވަކިވެގެން ދިއުމަށްފަހު، ތިމަންކަލޭގެފާނުގެ ފަހަތުން ތިޔަބައިމީހުން ކުޅަކަންތަކުގެ ނުބައިކަމާއެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަމުރުފުޅު އައުމަށް ތިޔަބައިމީހުން އަވަސްވެގަތީހެއްޔެވެ؟ އަދި އެކަލޭގެފާނު (توراةގެ) ފިލާތައް އުއްކަވައިލެއްވިއެވެ. އަދި އެކަލޭގެފާނުގެ أخގެ އިސްތަށިފުޅުގައި ހިއްޕަވައި އެކަލޭގެފާނުގެ އަރިހަށް ދަންމަވައިގެންނެވިއެވެ. އެކަލޭގެފާނު (އެބަހީ: هارونގެފާނު) ވިދާޅުވިއެވެ. މަންމަގެ ދަރިކަލުންނޭވެ! ހަމަކަށަވަރުން، قومގެމީހުން ތިމަން ނިކަމެތިކޮށްފޫއެވެ. އަދި އެއުރެން ތިމަން قتلކުރުމާ ގާތްކޮށްފޫއެވެ. ފަހެ، ތިމަންކަލޭގެފާނަށް ލިބިވަޑައިގެންނެވި ދެރަޔަށް عداوةތެރިން އުފާކުރިޔަ ނުދެއްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާއެކުގައި، ތިމަން ނުލައްވާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
قَالَ رَبِّ ٱغۡفِرۡ لِى وَلِأَخِى وَأَدۡخِلۡنَا فِى رَحۡمَتِكَ‌ۖ وَأَنتَ أَرۡحَمُ ٱلرَّٲحِمِينَ 151
އެކަލޭގެފާނު (އެބަހީ: موسىގެފާނު) ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާއަށާއި، ތިމަންއަޅާގެ أخއާއަށް ފާފަފުއްސަވާނދޭވެ! އަދި އިބަރަސްކަލާނގެ رحمةގެ ތެރެޔަށް އަޅަމެން ވައްދަވައިފާނދޭވެ! އިބަރަސްކަލާނގެއީ، رحمةލައްވާ އެންމެ رحمةވަންތަ ރަސްކަލާނގެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
إِنَّ ٱلَّذِينَ ٱتَّخَذُواْ ٱلۡعِجۡلَ سَيَنَالُهُمۡ غَضَبٌ۬ مِّن رَّبِّهِمۡ وَذِلَّةٌ۬ فِى ٱلۡحَيَوٰةِ ٱلدُّنۡيَا‌ۚ وَكَذَٲلِكَ نَجۡزِى ٱلۡمُفۡتَرِينَ 152
ހަމަކަށަވަރުން، ގެރިޔަކީ، إلهއެއްކަމުގައި ހަދައިގެން އުޅުނުމީހުންނަށް، އެއުރެންގެ ވެރިރަސްކަލާނގެ حضرةން ކޯފާއާއި، ދުނިޔޭގެ ދިރިއުޅުމުގައި ނިކަމެތިކަން ލިބޭހުށްޓެވެ. އަދި ދޮގު އުފައްދާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ ثُمَّ تَابُواْ مِنۢ بَعۡدِهَا وَءَامَنُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٌ۬ رَّحِيمٌ۬ 153
އަދި ނުބައިކަންތައްކޮށް ދެން އެއަށްފަހު، توبةވެ، إيمانވި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އޭގެފަހުންވެސް ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلَمَّا سَكَتَ عَن مُّوسَى ٱلۡغَضَبُ أَخَذَ ٱلۡأَلۡوَاحَ‌ۖ وَفِى نُسۡخَتِہَا هُدً۬ى وَرَحۡمَةٌ۬ لِّلَّذِينَ هُمۡ لِرَبِّہِمۡ يَرۡهَبُونَ 154
موسىގެފާނުގެ ކިބައިން ކޯފާމަޑުވިހިނދު (توراةގެ) ފިލާތައް ނެންގެވިއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާ މީހުންނަށްޓަކައި ހުރި ތެދުމަގާއި، رحمة، އެ ފިލާތަކުގެ ލިޔުމުގައި ވެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَٱخۡتَارَ مُوسَىٰ قَوۡمَهُ ۥ سَبۡعِينَ رَجُلاً۬ لِّمِيقَـٰتِنَا‌ۖ فَلَمَّآ أَخَذَتۡہُمُ ٱلرَّجۡفَةُ قَالَ رَبِّ لَوۡ شِئۡتَ أَهۡلَكۡتَهُم مِّن قَبۡلُ وَإِيَّـٰىَ‌ۖ أَتُہۡلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآ‌ۖ إِنۡ هِىَ إِلَّا فِتۡنَتُكَ تُضِلُّ بِہَا مَن تَشَآءُ وَتَہۡدِى مَن تَشَآءُ‌ۖ أَنتَ وَلِيُّنَا فَٱغۡفِرۡ لَنَا وَٱرۡحَمۡنَا‌ۖ وَأَنتَ خَيۡرُ ٱلۡغَـٰفِرِينَ 155
އަދި ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ ވަގުތަށްޓަކައި موسىގެފާނު އެކަލޭގެފާނުގެ قومގެމީހުންގެ ތެރެއިން ހަތްދިހަ ފިރިހެނުން ހޮއްވެވިއެވެ. ފަހެ، ގަދަފަދަވެގެންވާ ބިންހެލުން އެއުރެންނަށް ޖެހުނުހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރެއްވިނަމަ، މީގެކުރިންވެސް އެއުރެންނާއި ތިމަންއަޅާ ހަލާކުކުރައްވައިފީހެވެ. އަޅަމެންގެ ތެރެއިން ހަމަބުއްދި ނުވާމީހުން ކުޅަކަންތަކުގެ ސަބަބުން، އަޅަމެން ހަލާކު ކުރައްވަނީތޯއެވެ؟ އިބަރަސްކަލާނގެ ފޮނުއްވި امتحانއެއްކަމުގައިނޫނީ އެކަންތައް ނުވެތެވެ. އެކަމުގެ ސަބަބުން، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ފުރައްދަވަމުއެވެ. އަދި އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަމުއެވެ. އިބަރަސްކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންނަށް رحمةލައްވައިފާނދޭވެ! އިބަރަސްކަލާނގެއީ، ފާފަފުއްސަވާ، އެންމެހެޔޮ ރަސްކަލާނގެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
۞ وَٱڪۡتُبۡ لَنَا فِى هَـٰذِهِ ٱلدُّنۡيَا حَسَنَةً۬ وَفِى ٱلۡأَخِرَةِ إِنَّا هُدۡنَآ إِلَيۡكَ‌ۚ قَالَ عَذَابِىٓ أُصِيبُ بِهِۦ مَنۡ أَشَآءُ‌ۖ وَرَحۡمَتِى وَسِعَتۡ كُلَّ شَىۡءٍ۬‌ۚ فَسَأَكۡتُبُہَا لِلَّذِينَ يَتَّقُونَ وَيُؤۡتُونَ ٱلزَّڪَوٰةَ وَٱلَّذِينَ هُم بِـَٔايَـٰتِنَا يُؤۡمِنُونَ 156
އަދި އަޅަމެންނަށްޓަކައި މިދުނިޔޭގައިވެސް، އަދި آخرةގައިވެސް ހެޔޮގޮތް ލިޔުއްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ حضرةއަށް އަޅަމެން
رجوع ވެއްޖައީމުއެވެ. އެކަލާނގެ وحىކުރެއްވިއެވެ. ތިމަންރަސްކަލާނގެ عذابއެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އެ عذابކުރިމަތި ކުރައްވަމެވެ. އަދި ތިމަންރަސްކަލާނގެ رحمة ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. ފަހެ،
تقوىވެރިވެ، زكاةދީ އުޅޭމީހުންނަށާއި، ތިމަންރަސްކަލާނގެ آيةތަކަށް إيمانވާ މީހުންނަށް ތިމަންރަސްކަލާނގެ އެ رحمة ލިޔުއްވާހުށީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِىَّ ٱلۡأُمِّىَّ ٱلَّذِى يَجِدُونَهُ ۥ مَكۡتُوبًا عِندَهُمۡ فِى ٱلتَّوۡرَٮٰةِ وَٱلۡإِنجِيلِ يَأۡمُرُهُم بِٱلۡمَعۡرُوفِ وَيَنۡہَٮٰهُمۡ عَنِ ٱلۡمُنڪَرِ وَيُحِلُّ لَهُمُ ٱلطَّيِّبَـٰتِ وَيُحَرِّمُ عَلَيۡهِمُ ٱلۡخَبَـٰٓٮِٕثَ وَيَضَعُ عَنۡهُمۡ إِصۡرَهُمۡ وَٱلۡأَغۡلَـٰلَ ٱلَّتِى كَانَتۡ عَلَيۡهِمۡ‌ۚ فَٱلَّذِينَ ءَامَنُواْ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُواْ ٱلنُّورَ ٱلَّذِىٓ أُنزِلَ مَعَهُ ۥۤ‌ۙ أُوْلَـٰٓٮِٕكَ هُمُ ٱلۡمُفۡلِحُونَ 157
އެއުރެންނީ، أمّىނަބިއްޔާ ކަމުގައިވާ رسولއާއަށް تبعވާ މީހުންނެވެ.
އެ رسولއާއި، އެއުރެންގެ ގާތުގައިވާ توراةއާއި، إنجيلގައި (رسولއާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ، އެއުރެންދެކޭ رسولއެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް حلالކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް حرامކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ. ފަހެ، އެކަލޭގެފާނަށް إيمانވެ، އެކަލޭގެފާނަށް ވާގިވެރިވެ، نصرވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި نورއަށް تبعވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
قُلۡ يَـٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيۡڪُمۡ جَمِيعًا ٱلَّذِى لَهُ ۥ مُلۡكُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ‌ۖ لَآ إِلَـٰهَ إِلَّا هُوَ يُحۡىِۦ وَيُمِيتُ‌ۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِىِّ ٱلۡأُمِّىِّ ٱلَّذِى يُؤۡمِنُ بِٱللَّهِ وَڪَلِمَـٰتِهِۦ وَٱتَّبِعُوهُ لَعَلَّڪُمۡ تَهۡتَدُونَ 158
ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް اللَّهފޮނުއްވި رسولއާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިކަން އެކަލާނގެއަށް ملكވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إلهއަކު ނުވެއެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. ފަހެ، اللَّهއަށާއި أمّىނަބިއްޔާ ކަމުގައިވާ އެކަލާނގެ رسولއާއަށް ތިޔަބައިމީހުން إيمانވާށެވެ! އެކަލޭގެފާނީ اللَّهއަށާއި އެކަލާނގެ ބަސްފުޅުތަކަށް إيمانވެ ވަޑައިގަންނަވާ ނަބިއްޔާއެވެ. އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް تبعވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَمِن قَوۡمِ مُوسَىٰٓ أُمَّةٌ۬ يَہۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ 159
حقގޮތުގައި ތެދުމަގު ދައްކައި، އަދި حقގޮތުގައި إنصافކޮށްއުޅޭ ބަޔަކު، موسىގެފާނުގެ قومގެމީހުންގެ ތެރެއިންވެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَقَطَّعۡنَـٰهُمُ ٱثۡنَتَىۡ عَشۡرَةَ أَسۡبَاطًا أُمَمً۬ا‌ۚ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ إِذِ ٱسۡتَسۡقَٮٰهُ قَوۡمُهُ ۥۤ أَنِ ٱضۡرِب بِّعَصَاكَ ٱلۡحَجَرَ‌ۖ فَٱنۢبَجَسَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنً۬ا‌ۖ قَدۡ عَلِمَ ڪُلُّ أُنَاسٍ۬ مَّشۡرَبَهُمۡ‌ۚ وَظَلَّلۡنَا عَلَيۡهِمُ ٱلۡغَمَـٰمَ وَأَنزَلۡنَا عَلَيۡهِمُ ٱلۡمَنَّ وَٱلسَّلۡوَىٰ‌ۖ ڪُلُواْ مِن طَيِّبَـٰتِ مَا رَزَقۡنَـٰڪُمۡ‌ۚ وَمَا ظَلَمُونَا وَلَـٰكِن ڪَانُوٓاْ أَنفُسَہُمۡ يَظۡلِمُونَ 160
އަދި ތިމަންރަސްކަލާނގެ ބާރަ قبيلةއަށް، جماعةތަކަކަށް، އެއުރެން ބައިކުރެއްވީމެވެ. އަދި موسىގެފާނުގެ قومގެމީހުން އެކަލޭގެފާނުގެ އަރިހުން ފެނަށް އެދުނުހިނދު، ތިމަންރަސްކަލާނގެ موسىގެފާނަށް وحىކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ހިލައިގައި ޖައްސަވާށެވެ! ދެން (އެކަލޭގެފާނު އެ ހިލައިގައި ޖެއްސެވި ހިނދު) އެ ހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން، ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފޫއެވެ. އަދި ވިލާގަނޑުން، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ހިޔާއެޅުއްވީމެވެ. އަދި އެއުރެންގެ މައްޗަށް، ތިމަންރަސްކަލާނގެ منّއާއި سلوى ބާވައިލެއްވީމެވެ. (އަދި އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ރަނގަޅު ތަކެތިން، ތިޔަބައިމީހުން ކައިއުޅޭށެވެ! އެއުރެން ތިމަންރަސްކަލާނގެއަކަށް އަނިޔާވެރިއެއް ނުވެއެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفسތަކަށް، އަނިޔާވެރިވާ ކަމުގައި އެއުރެންވޫއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَإِذۡ قِيلَ لَهُمُ ٱسۡكُنُواْ هَـٰذِهِ ٱلۡقَرۡيَةَ وَڪُلُواْ مِنۡهَا حَيۡثُ شِئۡتُمۡ وَقُولُواْ حِطَّةٌ۬ وَٱدۡخُلُواْ ٱلۡبَابَ سُجَّدً۬ا نَّغۡفِرۡ لَكُمۡ خَطِيٓـَٔـٰتِڪُمۡ‌ۚ سَنَزِيدُ ٱلۡمُحۡسِنِينَ 161
އެއުރެންނަށް އެންގެވިހިނދު ހަނދުމަކުރާށެވެ! ތިޔަބައިމީހުން، މިރަށުގައި ވަޒަންވެރިވެ ތިބޭށެވެ! އަދި އެރަށުން ތިޔަބައިމީހުން އެދޭފަދަޔަކުން ކައިއުޅޭށެވެ! އަދި އަޅަމެންގެ އެދުމަކީ، ކުށްފާފަތައް ފުއްސަވައި، عفوކުރެއްވުމޭ ދަންނަވާށެވެ! އަދި سجدةކުރާ حال، ތިޔަބައިމީހުން (އެރަށުގެ) ދޮރޯށިން ވަންނާށެވެ! އޭރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. إحسانތެރިންނަށް ތިމަންރަސްކަލާނގެ (ހެޔޮކަން) އިތުރުކުރައްވާ ހުށީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَبَدَّلَ ٱلَّذِينَ ظَلَمُواْ مِنۡہُمۡ قَوۡلاً غَيۡرَ ٱلَّذِى قِيلَ لَهُمۡ فَأَرۡسَلۡنَا عَلَيۡهِمۡ رِجۡزً۬ا مِّنَ ٱلسَّمَآءِ بِمَا ڪَانُواْ يَظۡلِمُونَ 162
ދެން އޭގެތެރެއިން އަނިޔާވެރިވި މީހުން، އެއުރެންނަށް ކިޔާށޭ އެންގެވި ބަސް، އެނޫންބަހަކަށް ބަދަލުކޮށްފޫއެވެ. ދެން އެއުރެން އަނިޔާވެރިވެ އުޅުނުކަމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް އުޑުން عذابއެއް ފޮނުއްވީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَسۡـَٔلۡهُمۡ عَنِ ٱلۡقَرۡيَةِ ٱلَّتِى ڪَانَتۡ حَاضِرَةَ ٱلۡبَحۡرِ إِذۡ يَعۡدُونَ فِى ٱلسَّبۡتِ إِذۡ تَأۡتِيهِمۡ حِيتَانُهُمۡ يَوۡمَ سَبۡتِهِمۡ شُرَّعً۬ا وَيَوۡمَ لَا يَسۡبِتُونَ‌ۙ لَا تَأۡتِيهِمۡ‌ۚ ڪَذَٲلِكَ نَبۡلُوهُم بِمَا كَانُواْ يَفۡسُقُونَ 163
އަދި ކަނޑުގެ އައްސޭރީގައިއޮތް ރަށާމެދު، ކަލޭގެފާނު އެއުރެންނާ
سؤالކުރައްވާށެވެ! (އެއީ) ހޮނިހިރާމެދު އެއުރެން عداوةތެރިވަމުންދިޔަ ހިނދެވެ. އެއުރެންގެ މަސްތައް، އެއުރެންގެ ހޮނިހިރުދުވަހު ފާޅުވެ، ފެނިގެން އެއުރެންނާ ހަމަޔަށް އަންނަހިނދެވެ. އަދި އެއުރެން ހޮނިހިރު ނުކުރާދުވަހު، އެ މަސްތައް
އެއުރެންނާ ހަމަޔަކަށް ނާދެއެވެ. އެފަދައިން ތިމަންރަސްކަލާނގެ އެއުރެން
امتحانކުރައްވަމެވެ. (އެއީ) އެއުރެން فاسقވެ އުޅުނުކަމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَإِذۡ قَالَتۡ أُمَّةٌ۬ مِّنۡہُمۡ لِمَ تَعِظُونَ قَوۡمًا‌ۙ ٱللَّهُ مُهۡلِكُهُمۡ أَوۡ مُعَذِّبُہُمۡ عَذَابً۬ا شَدِيدً۬ا‌ۖ قَالُواْ مَعۡذِرَةً إِلَىٰ رَبِّكُمۡ وَلَعَلَّهُمۡ يَتَّقُونَ 164
އޭގެތެރެއިން އެއްބަޔަކު ބުނިހިނދެވެ. اللَّه، އެބަޔަކު ހަލާކު ކުރައްވަން، ނުވަތަ ގަދަވެގެންވާ عذابއަކުން عذابދެއްވަންވެފައިވާ ބަޔަކަށް، ތިޔަބައިމީހުން وعظއިއްވަނީ ކީއްވެގެން ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةއަށް عذرހުށަހެޅުމުގެ ގޮތުންނެވެ. އަދި އެއުރެން تقوىވެރި ވުމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَلَمَّا نَسُواْ مَا ذُڪِّرُواْ بِهِۦۤ أَنجَيۡنَا ٱلَّذِينَ يَنۡہَوۡنَ عَنِ ٱلسُّوٓءِ وَأَخَذۡنَا ٱلَّذِينَ ظَلَمُواْ بِعَذَابِۭ بَـِٔيسِۭ بِمَا كَانُواْ يَفۡسُقُونَ 165
ފަހެ، އެއުރެންނަށް ހަނދުމަކޮށްދެއްވި ކަންތައް އެއުރެން ހަނދާންނައްތައިލި ހިނދު، ނުބައިކަންތައް ނަހީކޮށް އުޅޭމީހުން، ތިމަންރަސްކަލާނގެ މިންޖުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ عذابއަކުން އަނިޔާވެރިވީ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން فاسقވެ އުޅުނުކަމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَلَمَّا عَتَوۡاْ عَن مَّا نُہُواْ عَنۡهُ قُلۡنَا لَهُمۡ كُونُواْ قِرَدَةً خَـٰسِـِٔينَ 166
ފަހެ، އެއުރެންނަށް ނަހީކުރެއްވި ކަންތަކާމެދު، އެއުރެން ބޮޑާވެގަތްހިނދު، ތިމަންރަސްކަލާނގެ އެއުރެންނަށް وحىކުރެއްވީމެވެ. ދެރަވެ، ނިކަމެތިވެގެންވާ ރާމާމަކުނުތަކެއް ކަމުގައި ތިޔަބައިމީހުންވާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
وَإِذۡ تَأَذَّنَ رَبُّكَ لَيَبۡعَثَنَّ عَلَيۡهِمۡ إِلَىٰ يَوۡمِ ٱلۡقِيَـٰمَةِ مَن يَسُومُهُمۡ سُوٓءَ ٱلۡعَذَابِ‌ۗ إِنَّ رَبَّكَ لَسَرِيعُ ٱلۡعِقَابِ‌ۖ وَإِنَّهُ ۥ لَغَفُورٌ۬ رَّحِيمٌ۬ 167
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާއްވާށެވެ! ހަމަކަށަވަރުން، އެއުރެންނަށް ނުބައިވެގެންވާ عذابގެ ރަހަ ދައްކާނޭ ބަޔަކު
قيامةދުވަހަށް ދާނދެން އެކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވާހުށްޓެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عقابދެއްވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَقَطَّعۡنَـٰهُمۡ فِى ٱلۡأَرۡضِ أُمَمً۬ا‌ۖ مِّنۡهُمُ ٱلصَّـٰلِحُونَ وَمِنۡہُمۡ دُونَ ذَٲلِكَ‌ۖ وَبَلَوۡنَـٰهُم بِٱلۡحَسَنَـٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمۡ يَرۡجِعُونَ 168
އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެން أمّة ތަކަކަށް ބައިބައިކުރެއްވީމެވެ. އެއުރެންގެ ތެރެއިން ހެޔޮލަފާ މީހުންވެއެވެ. އަދި އެނޫންމީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ހެޔޮގޮތްތަކާއި، ނުބައިގޮތްތައް މެދުވެރިކުރެއްވުމުން، ތިމަންރަސްކަލާނގެ އެއުރެން امتحانކުރެއްވީމެވެ. (އެއީ) އެއުރެން (ހެޔޮމަގަށް) އެނބުރި އައުމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٌ۬ وَرِثُواْ ٱلۡكِتَـٰبَ يَأۡخُذُونَ عَرَضَ هَـٰذَا ٱلۡأَدۡنَىٰ وَيَقُولُونَ سَيُغۡفَرُ لَنَا وَإِن يَأۡتِہِمۡ عَرَضٌ۬ مِّثۡلُهُ ۥ يَأۡخُذُوهُ‌ۚ أَلَمۡ يُؤۡخَذۡ عَلَيۡہِم مِّيثَـٰقُ ٱلۡكِتَـٰبِ أَن لَّا يَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّ وَدَرَسُواْ مَا فِيهِ‌ۗ وَٱلدَّارُ ٱلۡأَخِرَةُ خَيۡرٌ۬ لِّلَّذِينَ يَتَّقُونَ‌ۗ أَفَلَا تَعۡقِلُونَ 169
ފަހެ، ފޮތް ވާރުތަވީ ބަޔަކު އެއުރެންގެ ފަހުން އައޫއެވެ. އެއުރެން މިދުނިޔޭގެ މުދަލުގައި ހިފަތެވެ. އަދި އެއުރެން ބުނެތެވެ. ތިމަންމެންނަށް ފާފަފުއްސަވާނެތެވެ. އަދި ހަމައެފަދަ މުދަލެއް، އެއުރެންނާ ހަމަޔަށް އަޔަސް އޭގައި އެއުރެން ހިފަތެވެ.
اللَّهއާމެދު حقބަސްމެނުވީ އެއުރެން ނުބުނުމަށް، ފޮތުގެ ކަށަވަރުވެގެންވާ
عهد އެއުރެންގެ މައްޗަށް ނުހިއްޕަވާ ހެއްޔެވެ؟ އަދި އެފޮތުގައިވާގޮތް އެއުރެން އުނގެނި ދަސްކުރޫއެވެ. އަދި تقوىވެރިވާ މީހުންނަށް آخرةގެ ގޮވަތި މާހެޔޮކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
وَٱلَّذِينَ يُمَسِّكُونَ بِٱلۡكِتَـٰبِ وَأَقَامُواْ ٱلصَّلَوٰةَ إِنَّا لَا نُضِيعُ أَجۡرَ ٱلۡمُصۡلِحِينَ 170
ފޮތުގައި ހިފަހައްޓައި، ނަމާދު قائمކޮށް އުޅުނު މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، إصلاحކުރާމީހުންގެ ދަރުމަ، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
۞ وَإِذۡ نَتَقۡنَا ٱلۡجَبَلَ فَوۡقَهُمۡ كَأَنَّهُ ۥ ظُلَّةٌ۬ وَظَنُّوٓاْ أَنَّهُ ۥ وَاقِعُۢ بِہِمۡ خُذُواْ مَآ ءَاتَيۡنَـٰكُم بِقُوَّةٍ۬ وَٱذۡكُرُواْ مَا فِيهِ لَعَلَّكُمۡ تَتَّقُونَ 171
އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފަރުބަދަ އުފުއްލެވިހިނދު، ހަނދުމަކުރާށެވެ! އެ ފަރުބަދަ އެއުރެންގެ މައްޗަށް އޮތް ހިޔާވައްސެއް ކަހަލައެވެ.
އެ ފަރުބަދަ އެއުރެންގެ މައްޗަށް ވެއްޓިދާނެކަމަށް އެއުރެން ހީކުޅައޫއެވެ. (ތިމަންރަސްކަލާނގެ وحىކުރެއްވީމެވެ.) ތިމަންރަސްކަލާގެ ތިޔަބައިމީހުންނަށް ދެއްވި ފޮތުގައި، ބާރާއެކު ތިޔަބައިމީހުން ހިފަހައްޓާށެވެ! އަދި އެ ފޮތުގައިވާ ކަންތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން تقوىވެރިވުމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَإِذۡ أَخَذَ رَبُّكَ مِنۢ بَنِىٓ ءَادَمَ مِن ظُهُورِهِمۡ ذُرِّيَّتَہُمۡ وَأَشۡہَدَهُمۡ عَلَىٰٓ أَنفُسِہِمۡ أَلَسۡتُ بِرَبِّكُمۡ‌ۖ قَالُواْ بَلَىٰ‌ۛ شَهِدۡنَآ‌ۛ أَن تَقُولُواْ يَوۡمَ ٱلۡقِيَـٰمَةِ إِنَّا ڪُنَّا عَنۡ هَـٰذَا غَـٰفِلِينَ 172
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާދަމުގެދަރިންގެ ކިބައިން އެއުރެންގެ ބުރިކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް އެއުރެން ހެކިކުރެއްވިހިނދު ހަނދުމަކުރާށެވެ! (އެކަލާނގެ وحىކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކަމުގައި، ތިމަންރަސްކަލާނގެ ވޮޑިގެން ނުވަންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. (އިބަރަސްކަލާނގެއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު غافلވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، قيامةދުވަހުން ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
أَوۡ تَقُولُوٓاْ إِنَّمَآ أَشۡرَكَ ءَابَآؤُنَا مِن قَبۡلُ وَڪُنَّا ذُرِّيَّةً۬ مِّنۢ بَعۡدِهِمۡ‌ۖ أَفَتُہۡلِكُنَا بِمَا فَعَلَ ٱلۡمُبۡطِلُونَ 173
ނުވަތަ ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. شريكކޮށްއުޅުނުކަން ކަށަވަރީ، މީގެކުރިން ތިމަންމެންގެ ކާބަފައިންނެވެ. ތިމަންމެންވީ، އެއުރެންގެ ފަހުން އައި ދަރިފަސްކޮޅެއްކަމުގައެވެ. ފަހެ، باطلގޮތަށް އުޅުނުމީހުން ކުޅަކަންތަކަށްޓަކައި، ތިމަންމެން ހަލާކުކުރައްވަނީތޯއެވެ؟
Surah 7 · سورة الاٴعرَاف
Juz 1
وَكَذَٲلِكَ نُفَصِّلُ ٱلۡأَيَـٰتِ وَلَعَلَّهُمۡ يَرۡجِعُونَ 174
ތިމަންރަސްކަލާނގެ آيةތައް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. އަދި އެއުރެން (حقގެ މަގަށް) އެނބުރި އައުމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَٱتۡلُ عَلَيۡهِمۡ نَبَأَ ٱلَّذِىٓ ءَاتَيۡنَـٰهُ ءَايَـٰتِنَا فَٱنسَلَخَ مِنۡهَا فَأَتۡبَعَهُ ٱلشَّيۡطَـٰنُ فَكَانَ مِنَ ٱلۡغَاوِينَ 175
ތިމަންރަސްކަލާނގެ آيةތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެ خبر ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! ދެން شيطانއާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلَوۡ شِئۡنَا لَرَفَعۡنَـٰهُ بِہَا وَلَـٰكِنَّهُ ۥۤ أَخۡلَدَ إِلَى ٱلۡأَرۡضِ وَٱتَّبَعَ هَوَٮٰهُ‌ۚ فَمَثَلُهُ ۥ كَمَثَلِ ٱلۡڪَلۡبِ إِن تَحۡمِلۡ عَلَيۡهِ يَلۡهَثۡ أَوۡ تَتۡرُڪۡهُ يَلۡهَث‌ۚ ذَّٲلِكَ مَثَلُ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَـٰتِنَا‌ۚ فَٱقۡصُصِ ٱلۡقَصَصَ لَعَلَّهُمۡ يَتَفَكَّرُونَ 176
ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެ آيةތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް تبعވިއެވެ. ފަހެ، އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް حملةދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ތިމަންރަސްކަލާނގެ آيةތައް ދޮގުކުޅަމީހުންގެ މިސާލަކީ އެއީއެވެ. ފަހެ، ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެއުރެން ފިކުރުކުރުމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
سَآءَ مَثَلاً ٱلۡقَوۡمُ ٱلَّذِينَ كَذَّبُواْ بِـَٔايَـٰتِنَا وَأَنفُسَہُمۡ كَانُواْ يَظۡلِمُونَ 177
ތިމަންރަސްކަލާނގެ آيةތައް ދޮގުކޮށް، އަދި ހަމަ އެއުރެންގެ އަމިއްލަ
نفسތަކަށް އަނިޔާވެރިވެ އުޅުނުމީހުން، މިސާލެއްގެ ގޮތުން ނުބައިކަމާއެވެ!
Surah 7 · سورة الاٴعرَاف
Juz 1
مَن يَہۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِى‌ۖ وَمَن يُضۡلِلۡ فَأُوْلَـٰٓٮِٕكَ هُمُ ٱلۡخَـٰسِرُونَ 178
اللَّه ތެދުމަގު ދެއްކެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިގެންވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ ގެއްލެނިވެގެންވާ މީހުންނެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلَقَدۡ ذَرَأۡنَا لِجَهَنَّمَ ڪَثِيرً۬ا مِّنَ ٱلۡجِنِّ وَٱلۡإِنسِ‌ۖ لَهُمۡ قُلُوبٌ۬ لَّا يَفۡقَهُونَ بِہَا وَلَهُمۡ أَعۡيُنٌ۬ لَّا يُبۡصِرُونَ بِہَا وَلَهُمۡ ءَاذَانٌ۬ لَّا يَسۡمَعُونَ بِہَآ‌ۚ أُوْلَـٰٓٮِٕكَ كَٱلۡأَنۡعَـٰمِ بَلۡ هُمۡ أَضَلُّ‌ۚ أُوْلَـٰٓٮِٕكَ هُمُ ٱلۡغَـٰفِلُونَ 179
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (حقގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (حقމަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (حقއަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ غافلވެގެންވާ ބަޔެކެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَلِلَّهِ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِہَا‌ۖ وَذَرُواْ ٱلَّذِينَ يُلۡحِدُونَ فِىٓ أَسۡمَـٰٓٮِٕهِۦ‌ۚ سَيُجۡزَوۡنَ مَا كَانُواْ يَعۡمَلُونَ 180
އެންމެރިވެތި ނަންފުޅުތައް ملكވެގެންވަނީ، اللّهއަށެވެ. ފަހެ،
އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ حضرةއަށް دعاءކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، حقމަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَمِمَّنۡ خَلَقۡنَآ أُمَّةٌ۬ يَہۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ 181
حقގޮތުގެމަތިން މަގުދައްކައި، އަދި އެގޮތުގެމަތީން عدلވެރިވެއުޅޭ ބަޔަކު، ތިމަންރަސްކަލާނގެ ހެއްދެވި މީހުންގެ ތެރެއިންވެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَٱلَّذِينَ كَذَّبُواْ بِـَٔايَـٰتِنَا سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ 182
ތިމަންރަސްލާނގެ آيةތައް ދޮގުކުޅަމީހުން، އެއުރެންނަށް ނޭނގޭނޭގޮތުން (عذابގެ ތެރެއަށް) ތިމަންރަސްކަލާނގެ އެއުރެން ގެންދަވާހުށީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَأُمۡلِى لَهُمۡ‌ۚ إِنَّ كَيۡدِى مَتِينٌ 183
އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ލަސްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރޭއްވެވުން ގަދަފަދަވެގެންވެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
أَوَلَمۡ يَتَفَكَّرُواْ‌ۗ مَا بِصَاحِبِہِم مِّن جِنَّةٍ‌ۚ إِنۡ هُوَ إِلَّا نَذِيرٌ۬ مُّبِينٌ 184
އަދި އެއުރެން ފިކުރުވެސް ނުކުރަނީހެއްޔެވެ؟ އެއުރެންގެ އެކުވެރިޔާގެ ކިބައިގައި (އެބަހީ: محمدގެފާނުގެ ކިބައިގައި) އެއްވެސް މޮޔަކަމެއްނެތެވެ. ބަޔާންވެގެން ހުންނެވި إنذارކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، އެކަލޭގެފާނު ނުވެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
أَوَلَمۡ يَنظُرُواْ فِى مَلَكُوتِ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَمَا خَلَقَ ٱللَّهُ مِن شَىۡءٍ۬ وَأَنۡ عَسَىٰٓ أَن يَكُونَ قَدِ ٱقۡتَرَبَ أَجَلُهُمۡ‌ۖ فَبِأَىِّ حَدِيثِۭ بَعۡدَهُ ۥ يُؤۡمِنُونَ 185
އަދި އުޑުތަކާއި ބިމުގެ ވެރިކަމާމެދުގައްޔާއި، اللَّه ހައްދަވާފައިވާ އެންމެހާ ތަކެއްޗާ މެދުގައްޔާއި، އެއުރެންގެ އަޖަލު ގާތްވެއްޖެކަމާ މެދުގައި، އެއުރެން ވިސްނައި ނުބަލަނީހެއްޔެވެ؟ އެއަށްފަހު، އެއުރެން إيمان ވަނީ ފަހެ، ކޮންވާހަކައަކަށް ހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
مَن يُضۡلِلِ ٱللَّهُ فَلَا هَادِىَ لَهُ ۥ‌ۚ وَيَذَرُهُمۡ فِى طُغۡيَـٰنِہِمۡ يَعۡمَهُونَ 186
اللَّه މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގުދައްކާނޭ ފަރާތެއް ނުވެތެވެ. އަދި ދެވޭ ނުދެވޭ ތަނެއްނޭނގި ތިބޭ حالގައި، ފުރެދުމުގެ ތެރެޔަށް އެކަލާނގެ އެއުރެން ދޫކުރައްވަތެވެ.
Surah 7 · سورة الاٴعرَاف
Juz 1
يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَٮٰهَا‌ۖ قُلۡ إِنَّمَا عِلۡمُهَا عِندَ رَبِّى‌ۖ لَا يُجَلِّيہَا لِوَقۡتِہَآ إِلَّا هُوَ‌ۚ ثَقُلَتۡ فِى ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ‌ۚ لَا تَأۡتِيكُمۡ إِلَّا بَغۡتَةً۬‌ۗ يَسۡـَٔلُونَكَ كَأَنَّكَ حَفِىٌّ عَنۡہَا‌ۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِ وَلَـٰكِنَّ أَڪۡثَرَ ٱلنَّاسِ لَا يَعۡلَمُونَ 187
قيامةގެ ވަގުތާމެދު، އެއުރެން ކަލޭގެފާނާ سؤالކުރެތެވެ. އެދުވަސް އަންނާނީ ކޮން އިރަކުންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةގައެވެ. އެކަލާނގެ މެނުވީ، އެކަމުގެ ވަގުތަށް އެކަން ފާޅުނުކުރައްވާ ހުށްޓެވެ. އުޑުތަކާއި، ބިމުގައި އެކަން ބުރަކަމަކަށް ވެފައިވެއެވެ. ކުއްލިއަކަށްމެނުވީ، އެކަން ތިޔަބައިމީހުންނާ ހަމަޔަކަށް ނާންނަހުށްޓެވެ. (އެކަމާމެދު) ކަލޭގެފާނާ އެއުރެން سؤالކުރާއިރު، އެކަމުގެ ހުރިހާ خبرއެއް، ކަލޭގެފާނު ދެނެވަޑައިގަންނަވާ ކަހަލައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި اللَّهގެ حضرةގައެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
قُل لَّآ أَمۡلِكُ لِنَفۡسِى نَفۡعً۬ا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُ‌ۚ وَلَوۡ كُنتُ أَعۡلَمُ ٱلۡغَيۡبَ لَٱسۡتَڪۡثَرۡتُ مِنَ ٱلۡخَيۡرِ وَمَا مَسَّنِىَ ٱلسُّوٓءُ‌ۚ إِنۡ أَنَا۟ إِلَّا نَذِيرٌ۬ وَبَشِيرٌ۬ لِّقَوۡمٍ۬ يُؤۡمِنُونَ 188
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އިރާދަކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ نفسއަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް ملكވެގެނެއް ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް غيبއެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. ބިރުވެރިކަމުގެ خبرދެއްވާ ބޭކަލަކު ކަމުގައްޔާއި، إيمانވާ ބަޔަކަށް އުފާވެރިކަމުގެ خبرދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.
Surah 7 · سورة الاٴعرَاف
Juz 1
۞ هُوَ ٱلَّذِى خَلَقَكُم مِّن نَّفۡسٍ۬ وَٲحِدَةٍ۬ وَجَعَلَ مِنۡہَا زَوۡجَهَا لِيَسۡكُنَ إِلَيۡہَا‌ۖ فَلَمَّا تَغَشَّٮٰهَا حَمَلَتۡ حَمۡلاً خَفِيفً۬ا فَمَرَّتۡ بِهِۦ‌ۖ فَلَمَّآ أَثۡقَلَت دَّعَوَا ٱللَّهَ رَبَّهُمَا لَٮِٕنۡ ءَاتَيۡتَنَا صَـٰلِحً۬ا لَّنَكُونَنَّ مِنَ ٱلشَّـٰكِرِينَ 189
އެކަލާނގެއީ، އެންމެ نفسއަކުން ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. އަދި އެ نفسން، އެ نفسގެ އަނބި ހެއްދެވިއެވެ. (އެއީ) އެކަނބުލޭގެ ގާތަށްގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ. ފަހެ، އޭނާ އެކަނބުލޭގެއާ އެއްދާންކުރި ހިނދު، ލުއިގޮތެއްގައި ހައްޔަރުގައި އިނދެ އެކަމުގައި ދުވަސްތަކެއް ވޭތުވިއެވެ. ދެންފަހެ، (އެކަމުން) ބުރަވިހިނދު، އެ ދެމީހުންގެ ވެރި اللَّهއަށް
އެ ދެމީހުން دعاءކުރިއެވެ. އިބަރަސްކަލާނގެ އަޅަމެންނަށް صالح ދަރިއަކު ދެއްވައިފިނަމަ، شكرކުރާ މީހުންގެ ތެރެއިން ހަމަކަށަވަރުން، އަޅަމެން ވާހުށީމެވެ.
Surah 7 · سورة الاٴعرَاف
Juz 1
فَلَمَّآ ءَاتَٮٰهُمَا صَـٰلِحً۬ا جَعَلَا لَهُ ۥ شُرَكَآءَ فِيمَآ ءَاتَٮٰهُمَا‌ۚ فَتَعَـٰلَى ٱللَّهُ عَمَّا يُشۡرِكُونَ 190
ފަހެ، އެ ދެމީހުންނަށް صالح ދަރިއަކު ދެއްވިހިނދު، އެކަލާނގެ
އެ ދެމީހުންނަށް ދެއްވި ދެއްވުމާމެދު، އެ ދެމީހުން (އެބަހީ: آدمގެފާނުގެ ދަރިކޮޅުގެ މީހުންކުރެ كافرވިމީހުން) އެކަލާނގެއަށް شريكންތަކެއް ލައިފިއެވެ. ފަހެ، އެއުރެން شريكކުރާ ތަކެތި ފިޔަވައި، اللَّه މަތިވެރިވެ ވޮޑިގެންވެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
أَيُشۡرِكُونَ مَا لَا يَخۡلُقُ شَيۡـًٔ۬ا وَهُمۡ يُخۡلَقُونَ 191
އެއުރެންނީ ހައްދަވާފައިވާ ބަޔަކުކަމުގައިވުމާއެކު، އެއްވެސް އެއްޗެއް (އުފައްދައިގެން)ނަހަދައިފަރާތްތަކެއް (އެކަލާނގެއަށް) އެއުރެން شريكކުރަނީހެއްޔެވެ؟
Surah 7 · سورة الاٴعرَاف
Juz 1
وَلَا يَسۡتَطِيعُونَ لَهُمۡ نَصۡرً۬ا وَلَآ أَنفُسَہُمۡ يَنصُرُونَ 192
އަދި އެއުރެންނަށް އެއްވެސް نصرއެއް ދިނުމަކަށް އެތަކެއްޗަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އަދި އެތަކެތީގެ އަމިއްލަ ޒާތަށްވެސް، نصرއެއް ނުދެވޭނޭމެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَتَّبِعُوڪُمۡ‌ۚ سَوَآءٌ عَلَيۡكُمۡ أَدَعَوۡتُمُوهُمۡ أَمۡ أَنتُمۡ صَـٰمِتُونَ 193
ތިޔަބައިމީހުން އެތަކެއްޗަށް ތެދުމަގަށް ގޮވިޔަސް، އެތަކެއްޗެއް ތިޔަބައިމީހުންނަކަށް تبعއެއް ނުވާނެތެވެ. އެ ތަކެއްޗަށް ތިޔަބައިމީހުން ގޮވިޔަސް، ނުވަތަ ނުގޮވައި ހަނުތިއްބަސް، ތިޔަބައިމީހުންނަށް ހަމަހަމަވެގެންވެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُڪُمۡ‌ۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَڪُمۡ إِن كُنتُمۡ صَـٰدِقِينَ 194
ހަމަކަށަވަރުން، اللَّه ފިޔަވައި ތިޔަބައިމީހުން دعاءކޮށް އަޅުކަން ކޮށްއުޅޭ ފަރާތްތަކަކީ، ތިޔަބައިމީހުންނާ އެއްފަދަ އަޅުންތަކެކެވެ. ފަހެ، ތިޔަބައިމީހުންނީ ތެދުބުނާ މީހުން ކަމުގައިވާނަމަ، ތިޔަބައިމީހުންނަށް އެފަރާތްތައް އިޖާބަދޭތޯ ނިކަން ތިޔަބައިމީހުން އެފަރާތްތަކަށް ގޮވައިބަލާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
أَلَهُمۡ أَرۡجُلٌ۬ يَمۡشُونَ بِہَآ‌ۖ أَمۡ لَهُمۡ أَيۡدٍ۬ يَبۡطِشُونَ بِہَآ‌ۖ أَمۡ لَهُمۡ أَعۡيُنٌ۬ يُبۡصِرُونَ بِہَآ‌ۖ أَمۡ لَهُمۡ ءَاذَانٌ۬ يَسۡمَعُونَ بِہَا‌ۗ قُلِ ٱدۡعُواْ شُرَكَآءَكُمۡ ثُمَّ كِيدُونِ فَلَا تُنظِرُونِ 195
އެއިން ހިނގާނޭ ފައިތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން ބާރުދައްކައި އުޅޭނޭ އަތްތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން ދެކޭނޭ ލޯތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން އަހާނޭ ކަންފަތްތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ބައިވެރިންތަކަށް ތިޔަބައިމީހުން ނިކަން ގޮވައިބަލާށެވެ! ދެން ތިމަންކަލޭގެފާނާމެދު މަކަރުވެރި ރޭވުން ރާވަމުން ގެންގޮސްބަލާށެވެ! އަދި ތިމަންކަލޭގެފާނަށްޓަކައި ލަސްނުކުރާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
إِنَّ وَلِـِّۧىَ ٱللَّهُ ٱلَّذِى نَزَّلَ ٱلۡكِتَـٰبَ‌ۖ وَهُوَ يَتَوَلَّى ٱلصَّـٰلِحِينَ 196
ހަމަކަށަވަރުން، ތިމަންކަލޭފާނުގެ އެހީތެރި ފަރާތަކީ، اللَّهއެވެ. އެކަލާނގެއީ، ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، صالحއަޅުންނަށް އެހީތެރިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ لَا يَسۡتَطِيعُونَ نَصۡرَڪُمۡ وَلَآ أَنفُسَہُمۡ يَنصُرُونَ 197
އަދި އެކަލާނގެ ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށް އުޅޭ ފަރާތްތަކަށް، ތިޔަބައިމީހުންނަށް نصرދިނުމަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އަދި އެފަރާތްތަކުގެ އަމިއްލަ نفسތަކަށްވެސް نصرއެއް ނުދެވޭނެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَسۡمَعُواْ‌ۖ وَتَرَٮٰهُمۡ يَنظُرُونَ إِلَيۡكَ وَهُمۡ لَا يُبۡصِرُونَ 198
ތިޔަބައިމީހުން އެތަކެއްޗަށް ތެދުމަގަށް ގޮވިޔަސް، އެފަރާތްތަކަކަށް ނީވެތެވެ. އަދި އެފަރާތްތައް ކަލޭގެފާނަށް ބަލާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެތެވެ. ނަމަވެސް (حقيقةގައި) އެފަރާތްތަކަކަށް (ކަލޭގެފާނެއް) ނުފެންނާނެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
خُذِ ٱلۡعَفۡوَ وَأۡمُرۡ بِٱلۡعُرۡفِ وَأَعۡرِضۡ عَنِ ٱلۡجَـٰهِلِينَ 199
ކަލޭގެފާނު عفوކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَـٰنِ نَزۡغٌ۬ فَٱسۡتَعِذۡ بِٱللَّهِ‌ۚ إِنَّهُ ۥ سَمِيعٌ عَلِيمٌ 200
އަދި ހަމަކަށަވަރުން، شيطانއާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، اللَّّهގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
إِنَّ ٱلَّذِينَ ٱتَّقَوۡاْ إِذَا مَسَّہُمۡ طَـٰٓٮِٕفٌ۬ مِّنَ ٱلشَّيۡطَـٰنِ تَذَڪَّرُواْ فَإِذَا هُم مُّبۡصِرُونَ 201
ހަމަކަށަވަރުން، تقوىވެރިވި މީހުންގައި شيطانއާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެއުރެން (اللََّه) ހަނދުމަކުރެތެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެއުރެންވެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَإِخۡوَٲنُهُمۡ يَمُدُّونَہُمۡ فِى ٱلۡغَىِّ ثُمَّ لَا يُقۡصِرُونَ 202
އަދި އެ شيطانންގެ أخން، އެއުރެން މަގު ފުރެއްދުމުގެ ތެރޭގައި ދަމަހައްޓައެވެ. ދެން އެކަންތަކުގައި އެއުރެން ދުލެއް ނުކުރެތެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَإِذَا لَمۡ تَأۡتِهِم بِـَٔايَةٍ۬ قَالُواْ لَوۡلَا ٱجۡتَبَيۡتَهَا‌ۚ قُلۡ إِنَّمَآ أَتَّبِعُ مَا يُوحَىٰٓ إِلَىَّ مِن رَّبِّى‌ۚ هَـٰذَا بَصَآٮِٕرُ مِن رَّبِّڪُمۡ وَهُدً۬ى وَرَحۡمَةٌ۬ لِّقَوۡمٍ۬ يُؤۡمِنُونَ 203
އަދި ކަލޭގެފާނު އެއުރެންނާ ހަމައަށް آيةއެއް ނުގެންނަވައިފިނަމަ، އެއުރެން ދަންނަވާނެތެވެ. ކަލޭގެފާނު (އަމިއްލަފުޅަށް) އެކަން اختيار ނުކުރެއްވީ ކީއްވެގެންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު تبعވާކަން ކަށަވަރީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ތިމަންކަލޭގެފާނަށް އިއްވަވާ
وحىއަށެވެ. މިއީ (އެބަހީ: މި قرآنއަކީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން އައި ހެކިތަކެކެވެ. އަދި إيمانވާ ބަޔަކަށް ތެދުމަގެކެވެ. އަދި
رحمة އެއްމެއެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَإِذَا قُرِئَ ٱلۡقُرۡءَانُ فَٱسۡتَمِعُواْ لَهُ ۥ وَأَنصِتُواْ لَعَلَّكُمۡ تُرۡحَمُونَ 204
އަދި قرآن ކިޔަވިއްޖެހިނދަކު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ.
Surah 7 · سورة الاٴعرَاف
Juz 1
وَٱذۡكُر رَّبَّكَ فِى نَفۡسِكَ تَضَرُّعً۬ا وَخِيفَةً۬ وَدُونَ ٱلۡجَهۡرِ مِنَ ٱلۡقَوۡلِ بِٱلۡغُدُوِّ وَٱلۡأَصَالِ وَلَا تَكُن مِّنَ ٱلۡغَـٰفِلِينَ 205
އަދި ކަލޭގެފާނުގެ ހިތްޕުޅުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަކުރައްވާށެވެ! މަޑުމޮޅިވެ، ބިރުވެތިވާ حالގައެވެ. ބަސްބުނުމުގެ ތެރެއިން އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނާއި ހަވީރުގެ ވަގުތު ތަކުގައެވެ. އަދި
غافلވެގެންވާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
Surah 7 · سورة الاٴعرَاف
Juz 1
إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَيُسَبِّحُونَهُ ۥ وَلَهُ ۥ يَسۡجُدُونَ ۩ 206
ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةގައިވާ ملائكةން، އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް ބޮޑާވެވަޑައެއް ނުގަންނަވަތެވެ. އަދި އެބޭކަލުން އެކަލާނގެއަށް تسبيحދަންނަވަތެވެ. އަދި އެބޭކަލުން سجدةކުރައްވަނީ އެކަލާނގެއަށެވެ.