Surah 6 · سورة الاٴنعَام
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 6 · سورة الاٴنعَام
Juz 1
ٱلۡحَمۡدُ لِلَّهِ ٱلَّذِى خَلَقَ ٱلسَّمَـٰوَٲتِ وَٱلۡأَرۡضَ وَجَعَلَ ٱلظُّلُمَـٰتِ وَٱلنُّورَۖ ثُمَّ ٱلَّذِينَ كَفَرُواْ بِرَبِّہِمۡ يَعۡدِلُونَ 1
حمدހުރީ އުޑުތަކާއި ބިންހައްދަވައި އަނދިރިކަމާއި، އަލިކަންލެއްވި اللَّهއަށެވެ. ދެންވެސް كافرވި މީހުން އެއުރެންގެ ވެރިރަސްކަލާނގެއާއި، އެހެންތަކެއްޗާ ހަމަހަމަކޮށް شريكކުރެތެވެ.
Surah 6 · سورة الاٴنعَام
Juz 1
هُوَ ٱلَّذِى خَلَقَكُم مِّن طِينٍ۬ ثُمَّ قَضَىٰٓ أَجَلاً۬ۖ وَأَجَلٌ۬ مُّسَمًّى عِندَهُ ۥۖ ثُمَّ أَنتُمۡ تَمۡتَرُونَ 2
އެކަލާނގެއީ، މަށިން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. ދެން (ތިޔަބައިމީހުން މަރުވުމަށް) أجلއެއް ކަނޑައަޅުއްވައި، ނިޔާކުރެއްވިއެވެ. އަދި (ތިޔަބައިމީހުން އަލުން ދިރުއްވުމަށް) އެކަލާނގެ حضرةގައި ކަނޑައަޅުއްވާފައިވާ
أجلއެއް ވެއެވެ. ދެން އެއަށްފަހު (ވެސް) ތިޔަބައިމީހުން شكކުރަމުއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَهُوَ ٱللَّهُ فِى ٱلسَّمَـٰوَٲتِ وَفِى ٱلۡأَرۡضِۖ يَعۡلَمُ سِرَّكُمۡ وَجَهۡرَكُمۡ وَيَعۡلَمُ مَا تَكۡسِبُونَ 3
އެކަލާނގެއީ، އުޑުތަކާއި ބިމުގައި (އަޅުކަންކުރުން حقވެގެން) ވާ، اللَّهއެވެ. ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ތިޔަބައިމީހުން ފާޅުކުރާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން، ހޯދައިގަންނަ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَمَا تَأۡتِيهِم مِّنۡ ءَايَةٍ۬ مِّنۡ ءَايَـٰتِ رَبِّہِمۡ إِلَّا كَانُواْ عَنۡہَا مُعۡرِضِينَ 4
އެ آيةތަކަށް އެއުރެން ފުރަގަސްދޭކަމުގައިވި آيةތަކެއް މެނުވީ، އެއުރެންގެ ވެރިރަސްކަލާނގެ آيةތަކުގެ ތެރެއިން އެއްވެސް آيةއެއް އެއުރެންގެ ގާތަކަށް ނާދެތެވެ.
Surah 6 · سورة الاٴنعَام
Juz 1
فَقَدۡ كَذَّبُواْ بِٱلۡحَقِّ لَمَّا جَآءَهُمۡۖ فَسَوۡفَ يَأۡتِيہِمۡ أَنۢبَـٰٓؤُاْ مَا كَانُواْ بِهِۦ يَسۡتَہۡزِءُونَ 5
ފަހެ، ހަމަކަށަވަރުން، حقބަސްފުޅު އެއުރެންގެ ގާތަށް އައިހިނދު، އެއުރެން އެބަސް ދޮގުކުޅައެވެ. ފަހެ، އެއުރެން އެކަމަކަށް ފުރައްސާރަކޮށް އުޅުނު ކަންތަކުގެ خبرތައް އަދި ފަހުން އެއުރެންގެ ގާތަށް އަންނާނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
أَلَمۡ يَرَوۡاْ كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّن قَرۡنٍ۬ مَّكَّنَّـٰهُمۡ فِى ٱلۡأَرۡضِ مَا لَمۡ نُمَكِّن لَّكُمۡ وَأَرۡسَلۡنَا ٱلسَّمَآءَ عَلَيۡہِم مِّدۡرَارً۬ا وَجَعَلۡنَا ٱلۡأَنۡهَـٰرَ تَجۡرِى مِن تَحۡتِہِمۡ فَأَهۡلَكۡنَـٰهُم بِذُنُوبِہِمۡ وَأَنشَأۡنَا مِنۢ بَعۡدِهِمۡ قَرۡنًا ءَاخَرِينَ 6
އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި ނެތިކުރެއްވީ ކިތައްކިތައް ޖީލުގެ މީހުންކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ނުދެއްވާ ތަނަވަސްކަމާއި، ބާރު، ތިމަންރަސްކަލާނގެ އެއުރެންނަށް ބިމުގައި ދެއްވީމެވެ. އަދި ބޯކޮށްވެހޭ ވާރޭ އެއުރެންނަށް އުޑުން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އަދި އެއުރެންގެ ދަށުން ހިނގަހިނގާ ހުންނަ ފެންކޯރުތައް ތިމަންރަސްކަލާނގެ ލެއްވީމެވެ. ދެން އެއުރެންގެ ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ. އަދި އެއުރެންގެ ފަހުން ތިމަންރަސްކަލާނގެ އެހެން جيلއެއްގެ ބަޔަކު އުފެއްދެވީމެވެ.
Surah 6 · سورة الاٴنعَام
Juz 1
وَلَوۡ نَزَّلۡنَا عَلَيۡكَ كِتَـٰبً۬ا فِى قِرۡطَاسٍ۬ فَلَمَسُوهُ بِأَيۡدِيہِمۡ لَقَالَ ٱلَّذِينَ كَفَرُوٓاْ إِنۡ هَـٰذَآ إِلَّا سِحۡرٌ۬ مُّبِينٌ۬ 7
އަދި ކަރުދާހެއްގައި ލިޔުއްވާފައިވާ ފޮތެއް، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވިޔަސް ދެން އެއުރެންގެ އަތްތަކުން އެފޮތުގައި ބީހުނަސް، ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ތިޔަފޮތް ނުވެޔޭ كافرވީ މީހުން ބުނީހެވެ.
Surah 6 · سورة الاٴنعَام
Juz 1
وَقَالُواْ لَوۡلَآ أُنزِلَ عَلَيۡهِ مَلَكٌ۬ۖ وَلَوۡ أَنزَلۡنَا مَلَكً۬ا لَّقُضِىَ ٱلۡأَمۡرُ ثُمَّ لَا يُنظَرُونَ 8
އަދި އެއުރެން ބުނެފޫއެވެ. އެކަލޭގެފާނުގެ އަރިހަށް ملائكةއަކު ބާވައިލައްވާފައި ނުވަނީ ކީއްވެގެންބާވައެވެ؟ (ދަންނާށެވެ!) ތިމަންރަސްކަލާނގެ ملائكةއަކު ބާވައިލެއްވިނަމަ، ކަންތަކުގެ ނިޔާކަނޑައެޅި ނިމިއްޖައީހެވެ. (އެބަހީ: ކޯފާލައްވައި އެންމެން ނެތިކުރައްވައިފީހެވެ.) ދެން (އެއަށްފަހު) އެއުރެންނަކަށް مهلةއެއް ނުދެއްވާ ހުށްޓެވެ.
Surah 6 · سورة الاٴنعَام
Juz 1
وَلَوۡ جَعَلۡنَـٰهُ مَلَڪً۬ا لَّجَعَلۡنَـٰهُ رَجُلاً۬ وَلَلَبَسۡنَا عَلَيۡهِم مَّا يَلۡبِسُونَ 9
ތިމަންރަސްކަލާނގެ رسولއަކީ، ملائكةއަކު ކަމުގައި ލެއްވިނަމަ،
އެ ملائكةއަކު، ފިރިހެން އިންސާނެއްގެ ސިފައިގައި ލެއްވީމުހެވެ. އަދި އެއުރެން އޮޅުވައިލާކަންތައް (އޭރުންވެސް) އެއުރެންނަށް އޮޅުވައިލާގޮތް ތިމަންރަސްކަލާނގެ ހެއްދެވީމުހެވެ.
(އިތުރުބަޔާން: މި آية ން އެ އަންގަވަނީ މާތްاللَّه، رسولކަމާއިގެން ملائكةއަކު ފޮނުއްވިނަމަ އެ ملائكةއަކު ފޮނުއްވީހީ، ފިރިހެން އިންސާނެއްގެ ސިފައިގައެވެ. އެހެނީ ملائكةއެއްގެ أصل ސޫރައިގައި ފޮނުއްވިނަމަ، އެ ملائكةއަކާ ބައްދަލުކޮށް ވާހަކަދައްކައި އުޅުމަކީ، آدمގެދަރިންނަށް ކުޅަދާނަވެގެންވާ ކަމެއްކަމުގައި ނުވީހެވެ. އެހެންކަމުން، އެއުރެން އޮޅުވައިލަން އުޅުނު އޮޅުން އެއުރެންނަށް އޮޅޭނޭގޮތް اللَّه ހެއްދެވީއެވެ.)
Surah 6 · سورة الاٴنعَام
Juz 1
وَلَقَدِ ٱسۡتُہۡزِئَ بِرُسُلٍ۬ مِّن قَبۡلِكَ فَحَاقَ بِٱلَّذِينَ سَخِرُواْ مِنۡهُم مَّا ڪَانُواْ بِهِۦ يَسۡتَہۡزِءُونَ 10
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسولންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ رسولންނަށް ފުރައްސާރަކޮށް އުޅުނު މީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب އައިސް) އެއުރެން ވަށައިލިއެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ سِيرُواْ فِى ٱلۡأَرۡضِ ثُمَّ ٱنظُرُواْ ڪَيۡفَ كَانَ عَـٰقِبَةُ ٱلۡمُكَذِّبِينَ 11
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން އެއަށްފަހު ދޮގުކުޅަ މީހުންގެ ނަތީޖާ އޮތީ ކިހިނަކުންކަން ތިޔަބައިމީހުން ދެކޭށެވެ!
Surah 6 · سورة الاٴنعَام
Juz 1
قُل لِّمَن مَّا فِى ٱلسَّمَـٰوَٲتِ وَٱلۡأَرۡضِۖ قُل لِّلَّهِۚ كَتَبَ عَلَىٰ نَفۡسِهِ ٱلرَّحۡمَةَۚ لَيَجۡمَعَنَّكُمۡ إِلَىٰ يَوۡمِ ٱلۡقِيَـٰمَةِ لَا رَيۡبَ فِيهِۚ ٱلَّذِينَ خَسِرُوٓاْ أَنفُسَہُمۡ فَهُمۡ لَا يُؤۡمِنُونَ 12
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި ބިމުގައިވާހާ ތަކެތި މިލްކުވެގެންވަނީ، ކާކަށްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّهއަށެވެ. އެކަލާނގެ އަމިއްލަ ذاتފުޅުގެ މައްޗަށް رحمة ކަނޑައަޅުއްވައި ލިޔުއްވާފައިވެއެވެ. (އެބަހީ: އަޅުތަކުންނަށް
رحمةވަންތަވެވޮޑިގަތުމަކީ އެކަލާނގެ ذاتފުޅަށް އެކަލާނގެ ލާޒިމުކުރައްވާފައިވާ ކަމެކެވެ.) ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުން قيامةދުވަހަށް އެއްކުރައްވާނެތެވެ. އެކަމާމެދު شكއެއް ނެތެވެ. އެއުރެންގެ އަމިއްލަ نفسތައް ނަގައިލި މީހުން (ދަންނާށެވެ!) ފަހެ، އެއުރެން إيمانއެއް ނުވާނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَلَهُ ۥ مَا سَكَنَ فِى ٱلَّيۡلِ وَٱلنَّہَارِۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ 13
ރެއާއި ދުވާލުގެތެރޭ ވާހާތަކެތި، މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ أَغَيۡرَ ٱللَّهِ أَتَّخِذُ وَلِيًّ۬ا فَاطِرِ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَهُوَ يُطۡعِمُ وَلَا يُطۡعَمُۗ قُلۡ إِنِّىٓ أُمِرۡتُ أَنۡ أَڪُونَ أَوَّلَ مَنۡ أَسۡلَمَۖ وَلَا تَڪُونَنَّ مِنَ ٱلۡمُشۡرِكِينَ 14
ކަލޭގެފާނު ވިދާޅުވާށެވެ! އެހީތެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ހިއްޕަވަންވީ، އިސްވެދިޔަ مثالއެއް ނެތި އުޑުތަކާއި ބިންހެއްދެވި اللَّه ނޫން އެހެންފަރާތެއް ހެއްޔެވެ؟ رزقދެއްވަނީ އެކަލާނގެއެވެ. رزقލިބުމަކަށް އެކަލާނގެ ބޭނުންވެވޮޑިގެނެއް ނުވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! إسلامވީ އެންމެ ފުރަތަމަ މީހާ ކަމުގައިވުމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވެއެވެ. އަދި ހަމަކަށަވަރުން، شريكކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
Surah 6 · سورة الاٴنعَام
Juz 1
قُلۡ إِنِّىٓ أَخَافُ إِنۡ عَصَيۡتُ رَبِّى عَذَابَ يَوۡمٍ عَظِيمٍ۬ 15
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ عذابއަށް ހަމަކަށަވަރުން ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.
Surah 6 · سورة الاٴنعَام
Juz 1
مَّن يُصۡرَفۡ عَنۡهُ يَوۡمَٮِٕذٍ۬ فَقَدۡ رَحِمَهُ ۥۚ وَذَٲلِكَ ٱلۡفَوۡزُ ٱلۡمُبِينُ 16
އެދުވަހުން، އެމީހެއްގެ ކިބައިން އެ عذابދުރުކުރައްވާފައިވާ މީހާ (ދަންނަށާވެ!) ފަހެ، ހަމަކަށަވަރުން އެމީހަކަށް އެކަލާނގެ رحمةލައްވައިފިއެވެ. އަދި بيانވެގެންވާ نصيبލިބުމަކީ އެއީއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَإِن يَمۡسَسۡكَ ٱللَّهُ بِضُرٍّ۬ فَلَا ڪَاشِفَ لَهُ ۥۤ إِلَّا هُوَۖ وَإِن يَمۡسَسۡكَ بِخَيۡرٍ۬ فَهُوَ عَلَىٰ كُلِّ شَىۡءٍ۬ قَدِيرٌ۬ 17
އަދި اللَّه، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާޔަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ، (އެކަން ދުރުކުރާނޭ އެހެންފަރާތެއް ނުވެއެވެ.) ފަހެ، އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَهُوَ ٱلۡقَاهِرُ فَوۡقَ عِبَادِهِۦۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ 18
އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيمވަންތަ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ أَىُّ شَىۡءٍ أَكۡبَرُ شَہَـٰدَةً۬ۖ قُلِ ٱللَّهُۖ شَہِيدُۢ بَيۡنِى وَبَيۡنَكُمۡۚ وَأُوحِىَ إِلَىَّ هَـٰذَا ٱلۡقُرۡءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَۚ أَٮِٕنَّكُمۡ لَتَشۡہَدُونَ أَنَّ مَعَ ٱللَّهِ ءَالِهَةً أُخۡرَىٰۚ قُل لَّآ أَشۡہَدُۚ قُلۡ إِنَّمَا هُوَ إِلَـٰهٌ۬ وَٲحِدٌ۬ وَإِنَّنِى بَرِىٓءٌ۬ مِّمَّا تُشۡرِكُونَ 19
ކަލޭގެފާނު ވިދާޅުވާށެވެ! ހެކިބަހެއްގެގޮތުން އެންމެބޮޑީ، ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދު
اللَّه ހެކިވެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަށާއި، އެމީހަކާ ހަމަޔަށް ފޯރިމީހަކަށް އެއިން ތިމަންކަލޭގެފާނު إنذارކުރެއްވުމަށް ތިމަންކަލޭގެފާނަށް މި قرآن، وحىކުރެއްވިއެވެ. ހަމަކަށަވަރުން، اللَّهއާއެކުގައި އެހެން إلهންތަކެއް ވާކަމަށް ތިޔަބައިމީހުން ހެކިވަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު (އެކަމަކަށް) ހެތްކެއް ނުވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހަމަކަށަވަރުން، އެއްކައުވަންތަ ކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ، ތިޔަބައިމީހުން شريكކުރާ ތަކެތިން ބަރީއަވެގެންނެވެ.
Surah 6 · سورة الاٴنعَام
Juz 1
ٱلَّذِينَ ءَاتَيۡنَـٰهُمُ ٱلۡكِتَـٰبَ يَعۡرِفُونَهُ ۥ كَمَا يَعۡرِفُونَ أَبۡنَآءَهُمُۘ ٱلَّذِينَ خَسِرُوٓاْ أَنفُسَہُمۡ فَهُمۡ لَا يُؤۡمِنُونَ 20
ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން، އެއުރެންގެ ދަރިން ދަންނަ ފަދައިން އެއުރެން އެކަލޭގެފާނު (އެބަހީ:محمدގެފާނު) ދަނެތެވެ. (އެބަހީ: توراةއާއި، إنجيلގެ أهلވެރިން، محمدގެފާނަކީ رسولއަކުކަން ރަނގަޅަށް ދަނެތެވެ.) އެއުރެންގެ نفسތައް ގެއްލެނި ކުޅަމީހުން (ދަންނާށެވެ!) ފަހެ، އެއުރެން إيمانއެއް ނުވާނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَـٰتِهِۦۤۗ إِنَّهُ ۥ لَا يُفۡلِحُ ٱلظَّـٰلِمُونَ 21
اللَّهއާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން ނުވަތަ، އެކަލާނގެ آيةތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިންނަވާނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَيَوۡمَ نَحۡشُرُهُمۡ جَمِيعً۬ا ثُمَّ نَقُولُ لِلَّذِينَ أَشۡرَكُوٓاْ أَيۡنَ شُرَكَآؤُكُمُ ٱلَّذِينَ كُنتُمۡ تَزۡعُمُونَ 22
ތިމަންރަސްކަލާނގެ އެއުރެން އެންމެން އެއްތަނަކަށް އެއްކުރައްވާދުވަސް (ހަނދުމަކުރާށެވެ!) ދެން، شريكކުޅަ މީހުންނަށް ތިމަންރަސްކަލާނގެ
وحىކުރައްވާހުށީމެވެ. ތިޔަބައިމީހުން شريكން ކަމުގައި ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟
Surah 6 · سورة الاٴنعَام
Juz 1
ثُمَّ لَمۡ تَكُن فِتۡنَتُہُمۡ إِلَّآ أَن قَالُواْ وَٱللَّهِ رَبِّنَا مَا كُنَّا مُشۡرِكِينَ 23
ދެން ތިމަންމެންގެ ވެރި اللَّه ގަންދީ ބުނަމުއޭ، شريكކުޅަ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއޭ، އެއުރެން ބުނުން ނޫން ބަހަނާއެއް އެއުރެން ދައްކާކަށް ނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
ٱنظُرۡ كَيۡفَ كَذَبُواْ عَلَىٰٓ أَنفُسِہِمۡۚ وَضَلَّ عَنۡہُم مَّا كَانُواْ يَفۡتَرُونَ 24
އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ދޮގުހެދީ ކިހިނެއްކަން އަދި އެއުރެން ދޮގުން އުފައްދައި އުޅުނު ތަކެތި އެއުރެންގެ ކިބައިން ގެއްލިގެންދިޔައީ ކިހިނަކުންކަން ތިބާ ދެކޭށެވެ!
Surah 6 · سورة الاٴنعَام
Juz 1
وَمِنۡہُم مَّن يَسۡتَمِعُ إِلَيۡكَۖ وَجَعَلۡنَا عَلَىٰ قُلُوبِہِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِىٓ ءَاذَانِہِمۡ وَقۡرً۬اۚ وَإِن يَرَوۡاْ ڪُلَّ ءَايَةٍ۬ لَّا يُؤۡمِنُواْ بِہَاۚ حَتَّىٰٓ إِذَا جَآءُوكَ يُجَـٰدِلُونَكَ يَقُولُ ٱلَّذِينَ كَفَرُوٓاْ إِنۡ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلۡأَوَّلِينَ 25
އަދި ކަލޭގެފާނަށް ކަނުލައިއަހާ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެންނަށް އެ ވިދާޅުވާ އެއްޗެއް ނުވިސްނުމަށްޓަކައި، އެއުރެންގެ ހިތްތަކުގެ މަތީގައި ފަރުދާއެއް ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއްލެއްވީމެވެ. އަދި އެއުރެންނަށް ކޮންމެ آيةއެއް ފެނުނަސް، އެއުރެން އެއަކަށް إيمانއެއް ނުވެތެވެ. އެހެންކަމާއެކު، އެއުރެން ކަލޭގެފާނާ جدلކުރުމަށް ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެހިނދަކު كافرވި މީހުން ބުނެތެވެ. ތިޔައީ އެވޭލާ މީހުންގެ ފުލޯކު ވާހަކަތަކެއް ކަމުގައި މެނުވީ ނުވެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَهُمۡ يَنۡهَوۡنَ عَنۡهُ وَيَنۡـَٔوۡنَ عَنۡهُۖ وَإِن يُهۡلِكُونَ إِلَّآ أَنفُسَہُمۡ وَمَا يَشۡعُرُونَ 26
އަދި އެއުރެން އެ قرآنއަށް تبعވުން (މީސްތަކުންނަށް) މަނާކުރެތެވެ. އަދި އެއުރެން އެއިން ދުރުވެގަނެތެވެ. (އެކަމުން) އެއުރެންނަށް ނޭނގިތިބެ އަމިއްލަ
نفسތައް މެނުވީ އެއުރެން ހަލާކެއް ނުކުރެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَلَوۡ تَرَىٰٓ إِذۡ وُقِفُواْ عَلَى ٱلنَّارِ فَقَالُواْ يَـٰلَيۡتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَـٰتِ رَبِّنَا وَنَكُونَ مِنَ ٱلۡمُؤۡمِنِينَ 27
އެއުރެން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެއުރެން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވާނެނަމަ ކޮންފަދަހެއްޔެވެ؟ އޭރުން ތިމަންމެންގެ ވެރިރަސްކަލާނގެ آيةތައް ދޮގެއް ނުކުރާނޫއެވެ. އަދި إيمانވި މީހުންގެ ތެރެއިން ތިމަންމެން ވާނޫއެވެ.
Surah 6 · سورة الاٴنعَام
Juz 1
بَلۡ بَدَا لَهُم مَّا كَانُواْ يُخۡفُونَ مِن قَبۡلُۖ وَلَوۡ رُدُّواْ لَعَادُواْ لِمَا نُہُواْ عَنۡهُ وَإِنَّہُمۡ لَكَـٰذِبُونَ 28
އަދި ކިއެއްތަ! އެއުރެން ކުރިން ވަންހަނާކޮށްގެން އުޅުނު ކަންތައް އެއުރެންނަށް ފާޅުވިއެވެ. އަދި އެއުރެން (ދުނިޔެއަށް) އަލުން ފޮނުއްވިނަމަ، އެއުރެންނަށް ނަހީކުރެއްވި ކަންތަކަށް އެއުރެން އެނބުރި ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން، އެއުރެންނަކީ ދޮގުހަދާ ބަޔަކުކަން ކަށަވަރެވެ.
Surah 6 · سورة الاٴنعَام
Juz 1
وَقَالُوٓاْ إِنۡ هِىَ إِلَّا حَيَاتُنَا ٱلدُّنۡيَا وَمَا نَحۡنُ بِمَبۡعُوثِينَ 29
އަދި އެއުރެން ބުނެފޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިތިބުން މެނުވީ، އެހެން ދިރިތިބުމެއް ނެތެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނެ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَلَوۡ تَرَىٰٓ إِذۡ وُقِفُواْ عَلَىٰ رَبِّہِمۡۚ قَالَ أَلَيۡسَ هَـٰذَا بِٱلۡحَقِّۚ قَالُواْ بَلَىٰ وَرَبِّنَاۚ قَالَ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ 30
އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި އެއުރެން ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. (އެހިނދު) އެކަލާނގެ وحىކުރައްވާނެތެވެ. މިއީ ތެދު حقيقةކަމުގައި ނުވޭހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ގަންދީ ބުނަމެވެ. ނޫނެކެވެ. އެކަލާނގެ وحىކުރައްވާނެތެވެ. ފަހެ، ތިޔަބައިމީހުން كافرވެ އުޅުނުކަމުގެ ސަބަބުން ތިޔަބައިމީހުން عذابގެ ރަހަ ލިބިގަންނާށެވެ!
Surah 6 · سورة الاٴنعَام
Juz 1
قَدۡ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِۖ حَتَّىٰٓ إِذَا جَآءَتۡہُمُ ٱلسَّاعَةُ بَغۡتَةً۬ قَالُواْ يَـٰحَسۡرَتَنَا عَلَىٰ مَا فَرَّطۡنَا فِيہَا وَهُمۡ يَحۡمِلُونَ أَوۡزَارَهُمۡ عَلَىٰ ظُهُورِهِمۡۚ أَلَا سَآءَ مَا يَزِرُونَ 31
اللَّهއާ ބައްދަލުވާނެ ކަމާމެދު إنكارކޮށް، ދޮގުކުޅަ މީހުން ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. قيامةގެ ވަގުތު ކުއްލިއަކަށް އެއުރެންގެ ގާތަށް އަންނަހިނދު އެއުރެން ބުނާނެތެވެ. އަހުރެމެން އެދުވަހާމެދު ކުޅަ إهمالގެ މައްޗަށް އަހުރެމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެއުރެން އެހިނދު ތިބޭނީ އެއުރެންގެ ފާފަތައް އެއުރެންގެ ބުރިކަށިތަކުގެ މަތީގައި އުފުލައިގެންނެވެ. ދަންނާށެވެ! އެއުރެން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا لَعِبٌ۬ وَلَهۡوٌ۬ۖ وَلَلدَّارُ ٱلۡأَخِرَةُ خَيۡرٌ۬ لِّلَّذِينَ يَتَّقُونَۗ أَفَلَا تَعۡقِلُونَ 32
ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައި މެނުވީ ނުވެއެވެ. تقوىވެރިވާ މީހުންނަށް آخرةގެ ގޮވަތި ހެޔޮކަން މާބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
Surah 6 · سورة الاٴنعَام
Juz 1
قَدۡ نَعۡلَمُ إِنَّهُ ۥ لَيَحۡزُنُكَ ٱلَّذِى يَقُولُونَۖ فَإِنَّہُمۡ لَا يُكَذِّبُونَكَ وَلَـٰكِنَّ ٱلظَّـٰلِمِينَ بِـَٔايَـٰتِ ٱللَّهِ يَجۡحَدُونَ 33
އެއުރެން (އެބަހީ: كافرން) ބުނާބުނުމުގެ ސަބަބުން ކަލޭގެފާނަށް މޮޅިވެރިކަން ލިބިވަޑައިގަންނަވަމުންދާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. ފަހެ، އެއުރެންނަށް އެ ދޮގުކުރެވެނީ ކަލޭގެފާނެއް ނޫންކަން ކަށަވަރެވެ. އެހެނެއްކަމަކު އަނިޔާވެރިން ދެކޮޅުހަދަނީ اللَّهގެ آيةތަކާމެދުގައެވެ.
Surah 6 · سورة الاٴنعَام
Juz 1
وَلَقَدۡ كُذِّبَتۡ رُسُلٌ۬ مِّن قَبۡلِكَ فَصَبَرُواْ عَلَىٰ مَا كُذِّبُواْ وَأُوذُواْ حَتَّىٰٓ أَتَٮٰهُمۡ نَصۡرُنَاۚ وَلَا مُبَدِّلَ لِكَلِمَـٰتِ ٱللَّهِۚ وَلَقَدۡ جَآءَكَ مِن نَّبَإِىْ ٱلۡمُرۡسَلِينَ 34
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް رسولންތަކެއް ދޮގުކޮށްފައިވެއެވެ. ދެން އެ ދޮގުކުރިކަމުގެ މައްޗަށް އެ رسولން ކެތްކުރެއްވިއެވެ. އަދި ތިމަންރަސްކަލާނގެ نصرވެރިކަން އެބޭކަލުންނާ ހަމަޔަށް އަތުވެއްޖައުމަށް ދާންދެން އެބޭކަލުންނަށް ދުއްތުރާ ކުރިއެވެ. އަދި اللَّهގެ ކަލިމަފުޅުތަކަށް (އެބަހީ: އެކަލާނގެ رسولންނަށް نصرދެއްވާނެކަމަށް ކުރައްވާފައިވާ وعدގެ ބަސްފުޅުތަކަށް) ބަދަލެއް ގެންނާނެ އެއްވެސް ފަރާތެއްނެތެވެ. ހަމަކަށަވަރުން، ކުރީގެ رسولންގެ خبرތައް ކަލޭގެފާނާ ހަމަޔަށް އައިސްފައިވާކަން ކަށަވަރެވެ.
Surah 6 · سورة الاٴنعَام
Juz 1
وَإِن كَانَ كَبُرَ عَلَيۡكَ إِعۡرَاضُہُمۡ فَإِنِ ٱسۡتَطَعۡتَ أَن تَبۡتَغِىَ نَفَقً۬ا فِى ٱلۡأَرۡضِ أَوۡ سُلَّمً۬ا فِى ٱلسَّمَآءِ فَتَأۡتِيَہُم بِـَٔايَةٍ۬ۚ وَلَوۡ شَآءَ ٱللَّهُ لَجَمَعَهُمۡ عَلَى ٱلۡهُدَىٰۚ فَلَا تَكُونَنَّ مِنَ ٱلۡجَـٰهِلِينَ 35
އެއުރެން އެނބުރި ފުރަގަސްދިނުން ކަލޭގެފާނަށް ބޮޑުކަމަކަށް ވެއްޖެނަމަ، އެއުރެންނަށް معجزةއެއް ގެނެސް ދެއްވުމަށްޓަކައި ބިމުގެ އަޑީގައި ބިންގަރާހެއް ނުވަތަ އުޑަށް އަރާނެ ސިޑިއެއް ހޯއްދެވުމަށް ކަލޭގެފާނަށް ކުޅަދާނަވެގެންވާނަމަ، އެކަންކުރައްވައި ބައްލަވާށެވެ! (އެބަހީ: ކަލޭގެފާނަކަށް އެކަމެއް ނުކުރެއްވޭނެއެވެ. ކަލޭގެފާނަށް އޮތްކަމަކީ اللَّهގެ حكمފުޅު އަތުވެއްޖައުމަށް ދާނދެން ކެތްކުރެއްވުމެވެ.) اللَّه އިރާދަކުރެއްވިނަމަ، ތެދުމަގުގެ މައްޗަށް އެއުރެން އެއްކުރައްވައިފީހެވެ. ފަހެ، ހަމަކަށަވަރުން، جاهلންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
Surah 6 · سورة الاٴنعَام
Juz 1
إِنَّمَا يَسۡتَجِيبُ ٱلَّذِينَ يَسۡمَعُونَۘ وَٱلۡمَوۡتَىٰ يَبۡعَثُہُمُ ٱللَّهُ ثُمَّ إِلَيۡهِ يُرۡجَعُونَ 36
ހަމަކަށަވަރުން (ކަލޭގެފާނުންގެ ގޮވައިލެއްވުމަށް) އިޖާބަދެނީ (ވިސްނުމާއެކު) އަޑުއަހާ މީހުންނެވެ. އަދި اللَّه، މަރުވެފައިވާ މީހުން އަލުން ދިރުއްވާހުށްޓެވެ. ދެން އެއުރެން އަނބުރާ رجوعކުރައްވާހުށީ އެކަލާނގެ حضرةއަށެވެ.
Surah 6 · سورة الاٴنعَام
Juz 1
وَقَالُواْ لَوۡلَا نُزِّلَ عَلَيۡهِ ءَايَةٌ۬ مِّن رَّبِّهِۦۚ قُلۡ إِنَّ ٱللَّهَ قَادِرٌ عَلَىٰٓ أَن يُنَزِّلَ ءَايَةً۬ وَلَـٰكِنَّ أَڪۡثَرَهُمۡ لَا يَعۡلَمُونَ 37
އެއުރެން ބުނެފޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން އެކަލޭގެފާނަށް معجزةއެއް ބާވައިލައްވާފައި ނުވަނީ ކީއްވެގެން ބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، معجزةއެއް ބާވައިލެއްވުމަށްވެސް اللَّه ކުޅަދުންވަންތައެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَمَا مِن دَآبَّةٍ۬ فِى ٱلۡأَرۡضِ وَلَا طَـٰٓٮِٕرٍ۬ يَطِيرُ بِجَنَاحَيۡهِ إِلَّآ أُمَمٌ أَمۡثَالُكُمۚ مَّا فَرَّطۡنَا فِى ٱلۡكِتَـٰبِ مِن شَىۡءٍ۬ۚ ثُمَّ إِلَىٰ رَبِّہِمۡ يُحۡشَرُونَ 38
ފުރާނައެއްހުރެގެން ބިމުގައިއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ أمّةތަކެއް ކަމުގައި ނޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (قيامةދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ حضرةއަށެވެ.
Surah 6 · سورة الاٴنعَام
Juz 1
وَٱلَّذِينَ كَذَّبُواْ بِـَٔايَـٰتِنَا صُمٌّ۬ وَبُكۡمٌ۬ فِى ٱلظُّلُمَـٰتِۗ مَن يَشَإِ ٱللَّهُ يُضۡلِلۡهُ وَمَن يَشَأۡ يَجۡعَلۡهُ عَلَىٰ صِرَٲطٍ۬ مُّسۡتَقِيمٍ۬ 39
ތިމަންރަސްކަލާނގެ آيةތައް ދޮގުކުޅަ މީހުންވަނީ، އަނދިރިތަކެއްގެ ތެރޭގައިވާ، ބީރު އަދި މަންމަން ބަޔަކުކަމުގައެވެ. اللَّه އިރާދަކުރައްވާ މީހަކު މަގު ފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކު ސީދާ ވެގެންވާ ތެދުމަގެއްގައި ލަހައްޓަވަތެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ أَرَءَيۡتَكُمۡ إِنۡ أَتَٮٰكُمۡ عَذَابُ ٱللَّهِ أَوۡ أَتَتۡكُمُ ٱلسَّاعَةُ أَغَيۡرَ ٱللَّهِ تَدۡعُونَ إِن كُنتُمۡ صَـٰدِقِينَ 40
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ މީހުން ކަމުގައިވާނަމަ، ނިކަން ތިޔަބައިމީހުން ބުނެބަލާށެވެ! ތިޔަބައިމީހުންގެ ގާތަށް اللَّهގެ
عذابއަތުވެއްޖެނަމަ، ނުވަތަ قيامةގެ ވަގުތު ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، اللَّه ނޫންފަރާތަކަށް ތިޔަބައިމީހުން دعاءކުރާނެހެއްޔެވެ؟
Surah 6 · سورة الاٴنعَام
Juz 1
بَلۡ إِيَّاهُ تَدۡعُونَ فَيَكۡشِفُ مَا تَدۡعُونَ إِلَيۡهِ إِن شَآءَ وَتَنسَوۡنَ مَا تُشۡرِكُونَ 41
އަދި ކިއެއްތަ! ތިޔަބައިމީހުން دعاءކުރާނީ ހަމައެކަނި އެކަލާނގެއަށެވެ. ދެން ތިޔަބައިމީހުން دعاءކޮށް (ފިއްލެވުންއެދި) ދެންނެވިކަމެއް އެކަލާނގެ އިރާދަކުރައްވައިފިނަމަ، ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުން شريكކުޅަ ފަރާތްތައް ތިޔަބައިމީހުން ހަނދާން ނައްތައިލާނޫއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَلَقَدۡ أَرۡسَلۡنَآ إِلَىٰٓ أُمَمٍ۬ مِّن قَبۡلِكَ فَأَخَذۡنَـٰهُم بِٱلۡبَأۡسَآءِ وَٱلضَّرَّآءِ لَعَلَّهُمۡ يَتَضَرَّعُونَ 42
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ أمّةތަކަށްވެސް ތިމަންރަސްކަލާނގެ
رسولން ފޮނުއްވީމެވެ. ދެން (އެއުރެން كافرވީހިނދު) ތަދުމަޑުކަމާއި ބަލިމަޑުކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ޖެއްސެވީމެވެ. (އެއީ) އެއުރެން ކިޔަމަންވެ މަޑުމޮޅިވުމަށްޓަކައެވެ.
Surah 6 · سورة الاٴنعَام
Juz 1
فَلَوۡلَآ إِذۡ جَآءَهُم بَأۡسُنَا تَضَرَّعُواْ وَلَـٰكِن قَسَتۡ قُلُوبُہُمۡ وَزَيَّنَ لَهُمُ ٱلشَّيۡطَـٰنُ مَا ڪَانُواْ يَعۡمَلُونَ 43
ފަހެ، ތިމަންރަސްކަލާނގެ عذاب އެއުރެންނާ ހަމަޔަށް އައިހިނދުވެސް، އެއުރެން ކިޔަމަންވެ މަޑުމޮޅިނުވީ ކީއްވެގެންބާވައެވެ؟ އެހެނެއްކަމަކު އެއުރެންގެ ހިތްތައް ހަރުކަށިވެފައިވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް އެއުރެންނަށް شيطانއާ ޒީނަތްތެރިކޮށް ދެއްކިއެވެ.
Surah 6 · سورة الاٴنعَام
Juz 1
فَلَمَّا نَسُواْ مَا ذُڪِّرُواْ بِهِۦ فَتَحۡنَا عَلَيۡهِمۡ أَبۡوَٲبَ ڪُلِّ شَىۡءٍ حَتَّىٰٓ إِذَا فَرِحُواْ بِمَآ أُوتُوٓاْ أَخَذۡنَـٰهُم بَغۡتَةً۬ فَإِذَا هُم مُّبۡلِسُونَ 44
ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތައް، އެއުރެން ހަނދާންނައްތައިފި ހިނދު (امتحانއެއްގެ ގޮތުން) ހުރިހާކަމެއްގެ ދޮރުތައް ތިމަންރަސްކަލާނގެ އެއުރެންނަށް ހުޅުއްވައިދެއްވީމެވެ. (އެބަހީ: ހުރިހާ ގޮތަކުން ތަނަވަސްކަމާއި ތިޔާގިކަން ދެއްވީމެވެ.) ދެން އެއުރެންނަށް ދެއްވި ކަންތަކާމެދު އެއުރެން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. އެހިނދު
اميد ކެނޑިފައިތިބި ބަޔަކު ކަމުގައި އެއުރެންވެއްޖައޫއެވެ.
Surah 6 · سورة الاٴنعَام
Juz 1
فَقُطِعَ دَابِرُ ٱلۡقَوۡمِ ٱلَّذِينَ ظَلَمُواْۚ وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِينَ 45
ދެން އަނިޔާވެރިވީ މީހުންގެދަރިފަސްކޮޅަށްދާންދެން ނެތި ކުރެއްވިއެވެ. حمدހުރީ، عالمތަކުގެ ވެރި اللَّهއަށެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ أَرَءَيۡتُمۡ إِنۡ أَخَذَ ٱللَّهُ سَمۡعَكُمۡ وَأَبۡصَـٰرَكُمۡ وَخَتَمَ عَلَىٰ قُلُوبِكُم مَّنۡ إِلَـٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِهِۗ ٱنظُرۡ ڪَيۡفَ نُصَرِّفُ ٱلۡأَيَـٰتِ ثُمَّ هُمۡ يَصۡدِفُونَ 46
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ!
اللَّه ތިޔަބައިމީހުންގެ އިވުމާއި، ފެނުން ގެންދަވައި އަދި ތިޔަބައިމީހުންގެ ހިތްތަކުގައި ސިއްކަގައްސަވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނަށް އަލުން ގެނެސްދޭނީ
اللَّه ފިޔަވައި ކޮން إلهއަކު ހެއްޔެވެ؟ ތިމަންރަސްކަލާނގެ آيةތައް އެކިގޮތްގޮތަށް ބަޔާންކޮށްދެއްވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ދެން އެއަށްފަހުވެސް، އެއުރެން އެ آيةތަކުން ދުރުހެލިވެގަނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ أَرَءَيۡتَكُمۡ إِنۡ أَتَٮٰكُمۡ عَذَابُ ٱللَّهِ بَغۡتَةً أَوۡ جَهۡرَةً هَلۡ يُهۡلَكُ إِلَّا ٱلۡقَوۡمُ ٱلظَّـٰلِمُونَ 47
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! اللَّهގެ
عذاب ކުއްލިއަކަށް ނުވަތަ ފާޅުގައި ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، އަނިޔާވެރިވީ މީހުން ފިޔަވައި އެހެން ބަޔަކު ހަލާކުވެގެންދާނޭ ހެއްޔެވެ؟
Surah 6 · سورة الاٴنعَام
Juz 1
وَمَا نُرۡسِلُ ٱلۡمُرۡسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَۖ فَمَنۡ ءَامَنَ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡہِمۡ وَلَا هُمۡ يَحۡزَنُونَ 48
އަދި އުފާވެރިކަމުގެ خبرދެއްވާ، ބޭކަލުން ކަމުގައްޔާއި، إنذارކުރައްވާ ބޭކަލުން ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ رسولން ނުފޮނުއްވަމެވެ. ފަހެ، إيمانވެ
إصلاحކުޅަ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނަކީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَٱلَّذِينَ كَذَّبُواْ بِـَٔايَـٰتِنَا يَمَسُّہُمُ ٱلۡعَذَابُ بِمَا كَانُواْ يَفۡسُقُونَ 49
ތިމަންރަސްކަލާނގެ آيةތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) އެއުރެން فاسقވެ އުޅުނު ކަމަށްޓަކައި عذاب އެއުރެންގައި ބީހޭނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
قُل لَّآ أَقُولُ لَكُمۡ عِندِى خَزَآٮِٕنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ وَلَآ أَقُولُ لَكُمۡ إِنِّى مَلَكٌۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّۚ قُلۡ هَلۡ يَسۡتَوِى ٱلۡأَعۡمَىٰ وَٱلۡبَصِيرُۚ أَفَلَا تَتَفَكَّرُونَ 50
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ގާތުގައި اللَّهގެ خزانةތައް ވާކަމަކަށް، ނުވަތަ ތިމަންކަލޭގެފާނަށް غيب އެނގިވަޑައިގަންނަވާ ކަމަކަށް ތިޔަބައިމީހުންގެ ގާތަކު ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނީ ملائكةއެކޭވެސް ތިޔަބައިމީހުންގެ ގާތަކު ވިދާޅެއްނުވަމެވެ. ތިމަންކަލޭގެފާނަށް وحىއިއްވަވާގޮތަށް މެނުވީ ތިމަންކަލޭގެފާނު تبعވެވަޑައެއް ނުގަންނަވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަނުމީހަކާ، ލޮލަށްފެންނަ މީހަކާ ހަމަހަމަވާނޭހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން
فكر ނުކުރަނީހެއްޔެވެ؟
Surah 6 · سورة الاٴنعَام
Juz 1
وَأَنذِرۡ بِهِ ٱلَّذِينَ يَخَافُونَ أَن يُحۡشَرُوٓاْ إِلَىٰ رَبِّهِمۡۙ لَيۡسَ لَهُم مِّن دُونِهِۦ وَلِىٌّ۬ وَلَا شَفِيعٌ۬ لَّعَلَّهُمۡ يَتَّقُونَ 51
އަދި އެއުރެންގެ ވެރިރަސްކަލާނގެ حضرةއަށް އެއުރެން އެއްކުރައްވާނޭ ކަމާމެދު ބިރުވެތިވެއުޅޭ މީހުންނަށް އެ قرآنން ކަލޭގެފާނު إنذارކުރައްވާށެވެ! އެކަލާނގެ ފިޔަވައި އެހީތެރިޔަކުވެސް، شفاعةތެރިޔަކުވެސް އެއުރެންނަކަށް ނުވެއެވެ. (އެއީ) އެއުރެން تقوىވެރި ވުމަށްޓަކައެވެ.
Surah 6 · سورة الاٴنعَام
Juz 1
وَلَا تَطۡرُدِ ٱلَّذِينَ يَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِىِّ يُرِيدُونَ وَجۡهَهُ ۥۖ مَا عَلَيۡكَ مِنۡ حِسَابِهِم مِّن شَىۡءٍ۬ وَمَا مِنۡ حِسَابِكَ عَلَيۡهِم مِّن شَىۡءٍ۬ فَتَطۡرُدَهُمۡ فَتَكُونَ مِنَ ٱلظَّـٰلِمِينَ 52
އަދި އެއުރެން އެކަލާނގެ وجهފުޅު އެދިގެން ހެނދުނާއި، ހަވީރު އެއުރެންގެ ވެރިރަސްކަލާނގެއަށް دعاءކޮށްއުޅޭ މީހުން ކަލޭގެފާނު ދުރުކޮށް ނުލައްވާށެވެ! އެއުރެންގެ حسابބެއްލެވުމުގެ ތެރެއިން ކަމެއް ކަލޭގެފާނަކަށް ނެތެވެ. އަދި ކަލޭގެފާނުގެ حسابބެއްލެވުމުގެ ތެރެއިން ކަމެއް އެއުރެންނަކަށްވެސް ނެތެވެ. ފަހެ، ކަލޭގެފާނު އެއުރެން ދުރުކޮށްލައްވައިފިނަމަ، އަނިޔާވެރިންގެ ތެރެއިން ކަލޭގެފާނު ވެދާނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَڪَذَٲلِكَ فَتَنَّا بَعۡضَہُم بِبَعۡضٍ۬ لِّيَقُولُوٓاْ أَهَـٰٓؤُلَآءِ مَنَّ ٱللَّهُ عَلَيۡهِم مِّنۢ بَيۡنِنَآۗ أَلَيۡسَ ٱللَّهُ بِأَعۡلَمَ بِٱلشَّـٰڪِرِينَ 53
އެއުރެންގެ އެއްބަޔަކު އަނެއްބަޔަކު މެދުވެރި ކުރައްވައި امتحانކުރައްވަމުން ތިމަންރަސްކަލާނގެ ގެންދެވީ އެފަދައިންނެވެ. އެއީ އަހުރެމެންގެ ތެރެއިން
اللَّه نعمةދެއްވާފައިވާ ބަޔަކީ މިބައިމީހުންހޭ؟ އެއުރެން ބުނުމަށްޓަކައެވެ. شكرވެރިވާ މީހުން އެންމެބޮޑަށް ދެނެވޮޑިގެންވަނީ، اللَّه ކަމުގައިނުވޭ ހެއްޔެވެ؟
Surah 6 · سورة الاٴنعَام
Juz 1
وَإِذَا جَآءَكَ ٱلَّذِينَ يُؤۡمِنُونَ بِـَٔايَـٰتِنَا فَقُلۡ سَلَـٰمٌ عَلَيۡكُمۡۖ كَتَبَ رَبُّكُمۡ عَلَىٰ نَفۡسِهِ ٱلرَّحۡمَةَۖ أَنَّهُ ۥ مَنۡ عَمِلَ مِنكُمۡ سُوٓءَۢا بِجَهَـٰلَةٍ۬ ثُمَّ تَابَ مِنۢ بَعۡدِهِۦ وَأَصۡلَحَ فَأَنَّهُ ۥ غَفُورٌ۬ رَّحِيمٌ۬ 54
ތިމަންރަސްކަލާނގެ آيةތަކަށް إيمانވާ މީހުން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައްޗަށް سلامހުށްޓެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ رحمة އެކަލާނގެ ذاتފުޅުގެ މައްޗަށް لازمކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ނޭނގުމާއެކު، ނުބައިކަމެއްކޮށް، ދެން އެއަށްފަހު، توبةވެ (عملތައް) إصلاحކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَكَذَٲلِكَ نُفَصِّلُ ٱلۡأَيَـٰتِ وَلِتَسۡتَبِينَ سَبِيلُ ٱلۡمُجۡرِمِينَ 55
ތިމަންރަސްކަލާނގެ آيةތައް بيانކުރައްވަނީ އެފަދައިންނެވެ. އެއީ ކުށްވެރިންގެ މަގު ބަޔާންވެ އޮތުމަށްޓަކައެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ إِنِّى نُہِيتُ أَنۡ أَعۡبُدَ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِۚ قُل لَّآ أَتَّبِعُ أَهۡوَآءَڪُمۡۙ قَدۡ ضَلَلۡتُ إِذً۬ا وَمَآ أَنَا۟ مِنَ ٱلۡمُهۡتَدِينَ 56
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން دعاءކޮށްއުޅޭ ފަރާތްތަކަށް އަޅުކަންކުރުން ތިމަންކަލޭގެފާނަށް ހަމަކަށަވަރުން، ނަހީކުރެއްވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ އެދުންތަކަކަށް ތިމަންކަލޭގެފާނު تبعވެވަޑައެއްނުގަންނަވާނަމެވެ. އެހެންވެއްޖެނަމަ، ތިމަންކަލޭގެފާނު މަގުފުރެދުނީސްކަން ކަށަވަރެވެ. އަދި އޭރުން ތެދުމަގު ލިބިގެންވާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވީހެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ إِنِّى عَلَىٰ بَيِّنَةٍ۬ مِّن رَّبِّى وَڪَذَّبۡتُم بِهِۦۚ مَا عِندِى مَا تَسۡتَعۡجِلُونَ بِهِۦۤۚ إِنِ ٱلۡحُكۡمُ إِلَّا لِلَّهِۖ يَقُصُّ ٱلۡحَقَّۖ وَهُوَ خَيۡرُ ٱلۡفَـٰصِلِينَ 57
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެ حضرةން ބަޔާންވެ އެނގިގެންވާ ކަންތައްތަކެއްގެ މަތީގައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ ދޮގުކުޅައީމުއެވެ. އެކަމެއް އަވަސްވުންއެދި ތިޔަބައިމީހުން އުޅޭކަންތައް (އެބަހީ: اللَّهގެ عذابފޮނުއްވުން) ތިމަންކަލޭގެފާނުންގެ ކިބަޔަކު ނުވެއެވެ. حكمކުރެއްވުން اللَّهއަށް މެނުވީ ނުވެއެވެ. އެކަލާނގެ حقބަސްފުޅު وحىކުރައްވަތެވެ. އެކަލާނގެއީ، حكمކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
قُل لَّوۡ أَنَّ عِندِى مَا تَسۡتَعۡجِلُونَ بِهِۦ لَقُضِىَ ٱلۡأَمۡرُ بَيۡنِى وَبَيۡنَڪُمۡۗ وَٱللَّهُ أَعۡلَمُ بِٱلظَّـٰلِمِينَ 58
ކަލޭގެފާނު ވިދާޅުވާށެވެ! އެކަމެއް އަވަސްވުންއެދި، ތިޔަބައިމީހުން އުޅޭކަންތައް ތިމަންކަލޭގެފާނުގެ ކިބައިގައިވާނަމަ، ތިމަންކަލޭގެފާނާ ތިޔަބައިމީހުންނާ ދެމެދުގައިވާ ކަންތަކުގެ ނިޔާކަނޑައަޅުއްވައި ނިންމަވައިފީސްކަން ކަށަވަރެވެ. އަނިޔާވެރިން ދެނެވޮޑިގަތުންބޮޑީ، اللَّهއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَعِندَهُ ۥ مَفَاتِحُ ٱلۡغَيۡبِ لَا يَعۡلَمُهَآ إِلَّا هُوَۚ وَيَعۡلَمُ مَا فِى ٱلۡبَرِّ وَٱلۡبَحۡرِۚ وَمَا تَسۡقُطُ مِن وَرَقَةٍ إِلَّا يَعۡلَمُهَا وَلَا حَبَّةٍ۬ فِى ظُلُمَـٰتِ ٱلۡأَرۡضِ وَلَا رَطۡبٍ۬ وَلَا يَابِسٍ إِلَّا فِى كِتَـٰبٍ۬ مُّبِينٍ۬ 59
އަދި غيبގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ حضرةގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَهُوَ ٱلَّذِى يَتَوَفَّٮٰڪُم بِٱلَّيۡلِ وَيَعۡلَمُ مَا جَرَحۡتُم بِٱلنَّہَارِ ثُمَّ يَبۡعَثُڪُمۡ فِيهِ لِيُقۡضَىٰٓ أَجَلٌ۬ مُّسَمًّ۬ىۖ ثُمَّ إِلَيۡهِ مَرۡجِعُكُمۡ ثُمَّ يُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ 60
އަދި ރޭގަނޑަށް ތިޔަބައިމީހުންގެ ފުރާނަ ހިއްޕަވަނީ (އެބަހީ: ނިދޭގޮތް މެދުވެރި ކުރައްވަނީ) އެކަލާނގެއެވެ. އަދި ދުވާލު ތިޔަބައިމީހުން ހޯދައިގަތް ކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ދެން އެއަށްފަހު ދުވާލުގެ ތެރެއަށް ތިޔަބައިމީހުން އަލުން ފޮނުއްވަތެވެ. (އެބަހީ: ހޭލައްވަވައެވެ. އެއީ) ކަނޑައަޅުއްވާފައިވާ
أجلހަމަވުމަށްޓަކައެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން އެނބުރި رجوعވުންވަނީ، އެކަލާނގެ حضرةއަށެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَهُوَ ٱلۡقَاهِرُ فَوۡقَ عِبَادِهِۦۖ وَيُرۡسِلُ عَلَيۡكُمۡ حَفَظَةً حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلۡمَوۡتُ تَوَفَّتۡهُ رُسُلُنَا وَهُمۡ لَا يُفَرِّطُونَ 61
އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިކުރަނިވި ملائكةން ފޮނުއްވަވަތެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކުގެ ގާތަށް މަރު އަތުވެއްޖެނަމަ،
އެހިނދު ތިމަންރަސްކަލާނގެ ފޮނުއްވާ ملائكةން އެމީހަކުގެ ފުރާނަ ހިއްޕަވަތެވެ.
އެ ملائكةން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
ثُمَّ رُدُّوٓاْ إِلَى ٱللَّهِ مَوۡلَٮٰهُمُ ٱلۡحَقِّۚ أَلَا لَهُ ٱلۡحُكۡمُ وَهُوَ أَسۡرَعُ ٱلۡحَـٰسِبِينَ 62
ދެން އެއުރެންގެ އެހީތެރިވަންތަ، حقވަންތަ اللَّهގެ حضرةއަށް އެއުރެން ރައްދުކުރައްވާނެތެވެ. ދަންނާށެވެ! حكمކުރެއްވުންއޮތީ، އެކަލާނގެއަށެވެ. އެކަލާނގެއީ، حساب ބެއްލެވުމުގައި އެންމެ އަވަސް ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ مَن يُنَجِّيكُم مِّن ظُلُمَـٰتِ ٱلۡبَرِّ وَٱلۡبَحۡرِ تَدۡعُونَهُ ۥ تَضَرُّعً۬ا وَخُفۡيَةً۬ لَّٮِٕنۡ أَنجَٮٰنَا مِنۡ هَـٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ 63
ކަލޭގެފާނު ވިދާޅުވާށެވެ! އެއްގަމާއި، ކަނޑުގެ އަނދިރިތަކުގެ ތެރެއިން (އެބަހީ: އެއްގަމާއި، ކަނޑުގެ ބިރުވެރިކަމުގެ ތެރެއިން) ތިޔަބައިމީހުން މިންޖުކުރާނީ ކާކުހެއްޔެވެ؟ މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުން އެކަލާނގެއަށް دعاءކޮށް ދަންނަވަމުއެވެ. ހަމަކަށަވަރުން، އެކަލާނގެ ތިމަންމެން މިކަމުން ސަލާމަތް ކުރައްވައިފިނަމަ، شكرވެރިވާ މީހުންގެ ތެރެއިން ހަމަކަށަވަރުން ތިމަންމެން ވާހުށީމެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلِ ٱللَّهُ يُنَجِّيكُم مِّنۡہَا وَمِن كُلِّ كَرۡبٍ۬ ثُمَّ أَنتُمۡ تُشۡرِكُونَ 64
ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުންވެސް އަދި ކޮންމެ ހިތާމައަކުންވެސް ތިޔަބައިމީހުން ސަލާމަތްކުރައްވާނީ اللَّهއެވެ. ދެން އެއަށްފަހުވެސް، ތިޔަބައިމީހުން شريك ކުރަމުއެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ هُوَ ٱلۡقَادِرُ عَلَىٰٓ أَن يَبۡعَثَ عَلَيۡكُمۡ عَذَابً۬ا مِّن فَوۡقِكُمۡ أَوۡ مِن تَحۡتِ أَرۡجُلِكُمۡ أَوۡ يَلۡبِسَكُمۡ شِيَعً۬ا وَيُذِيقَ بَعۡضَكُم بَأۡسَ بَعۡضٍۗ ٱنظُرۡ كَيۡفَ نُصَرِّفُ ٱلۡأَيَـٰتِ لَعَلَّهُمۡ يَفۡقَهُونَ 65
ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންގެ (ބޯ) މަތިން ނުވަތަ ތިޔަބައިމީހުންގެ ފައިތަކުގެ ދަށުން، ތިޔަބައިމީހުންގެ މައްޗަށް عذابއެއް ފޮނުއްވުމަށް ނުވަތަ ތިޔަބައިމީހުން ބައިބަޔަށް ވަކިކުރައްވައި ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ ބާރުގެ ރަހަ، އަނެއްބަޔަކަށް ދެއްކެވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ آيةތައް އެކިގޮތްގޮތަށް ބަޔާންކޮށް ދެއްވަނީ، ކޮންފަދަޔަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! (އެއީ) އެއުރެން ވިސްނުމަށްޓަކައެވެ.
Surah 6 · سورة الاٴنعَام
Juz 1
وَكَذَّبَ بِهِۦ قَوۡمُكَ وَهُوَ ٱلۡحَقُّۚ قُل لَّسۡتُ عَلَيۡكُم بِوَكِيلٍ۬ 66
އެއީ حقތެދުބަސްފުޅުކަމަށް ވުމާއެކުވެސް، ކަލޭގެފާނުގެ قومގެމީހުން
އެ قرآن ދޮގުކުޅައޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ކަންތަކާ
حوالވެގެންހުރި وكيلއަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
Surah 6 · سورة الاٴنعَام
Juz 1
لِّكُلِّ نَبَإٍ۬ مُّسۡتَقَرٌّ۬ۚ وَسَوۡفَ تَعۡلَمُونَ 67
ކޮންމެ خبرއަކަށްމެ، ކަނޑައަޅުއްވާފައިވާ ވަގުތެއްވެއެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނަށް (އެކަން) އެނގޭނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَإِذَا رَأَيۡتَ ٱلَّذِينَ يَخُوضُونَ فِىٓ ءَايَـٰتِنَا فَأَعۡرِضۡ عَنۡہُمۡ حَتَّىٰ يَخُوضُواْ فِى حَدِيثٍ غَيۡرِهِۦۚ وَإِمَّا يُنسِيَنَّكَ ٱلشَّيۡطَـٰنُ فَلَا تَقۡعُدۡ بَعۡدَ ٱلذِّڪۡرَىٰ مَعَ ٱلۡقَوۡمِ ٱلظَّـٰلِمِينَ 68
ތިމަންރަސްކަލާނގެ آيةތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެއުރެން އެ ނޫން ވާހަކައެއް ދައްކައިފުމަށް ދާނދެން އެއުރެންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ! އަދި (އެކަމުގެމަތިން) شيطانއާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެކަން) ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ކަލޭގެފާނު ނީންނަވާށެވެ!
Surah 6 · سورة الاٴنعَام
Juz 1
وَمَا عَلَى ٱلَّذِينَ يَتَّقُونَ مِنۡ حِسَابِهِم مِّن شَىۡءٍ۬ وَلَـٰڪِن ذِڪۡرَىٰ لَعَلَّهُمۡ يَتَّقُونَ 69
އަދި އެ (ދޮގުވާހަކަ ދައްކާ) މީހުންގެ އެއްވެސް ކަމެއްގެ ޒިންމާއެއް،
تقوىވެރިންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، އޮތްކަމަކީ ހަނދާންކޮށްދިނުމެވެ. އެއީ އެއުރެން (އެފަދަ ވާހަކަތަކުން) ރައްކާތެރިވުމަށްޓަކައެވެ.
Surah 6 · سورة الاٴنعَام
Juz 1
وَذَرِ ٱلَّذِينَ ٱتَّخَذُواْ دِينَہُمۡ لَعِبً۬ا وَلَهۡوً۬ا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ وَذَڪِّرۡ بِهِۦۤ أَن تُبۡسَلَ نَفۡسُۢ بِمَا كَسَبَتۡ لَيۡسَ لَهَا مِن دُونِ ٱللَّهِ وَلِىٌّ۬ وَلَا شَفِيعٌ۬ وَإِن تَعۡدِلۡ ڪُلَّ عَدۡلٍ۬ لَّا يُؤۡخَذۡ مِنۡہَآۗ أُوْلَـٰٓٮِٕكَ ٱلَّذِينَ أُبۡسِلُواْ بِمَا كَسَبُواْۖ لَهُمۡ شَرَابٌ۬ مِّنۡ حَمِيمٍ۬ وَعَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡفُرُونَ 70
އެއުރެންގެ ދީނުގެ ކަންތަކަކީ، ކުޅިވަރެއް ކަމުގައްޔާއި، ފޫހިފިލުވުމެއް ކަމުގައި ބަލައިގެން އުޅުނު، އަދި ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރިކޮށްފައިވާ މީހުން ކަލޭގެފާނު ދޫކޮށްލައްވާށެވެ! އަދި ކަލޭގެފާނު އެ قرآنން ހަނދާންކޮށް ދެއްވާށެވެ! نفسއެއްކުޅަ عملތަކުގެ ސަބަބުން، އެ نفسއެއް ހަލާކުގެ ތެރެއަށް ހުށަހެޅިދާނެ ކަމަށްޓަކައެވެ. اللَّه ފިޔަވައި އެ نفسއަށް އެހީތެރިވާނޭ ފަރާތެއް ނުވެއެވެ. އަދި شفاعةތެރިވާނޭ ފަރާތެއްވެސް ނުވެއެވެ. އަދި ކޮންމެ فديةއަކުން އެ نفسއެއް
فديةދިނަސް، އެ فديةއެއް ނުހިއްޕަވާނެތެވެ. އެއުރެންނަކީ އެއުރެން ކުޅަ عملތަކުގެ ސަބަބުން ހަލާކަށް ހުށަހެޅުނު މީހުންނެވެ. އެއުރެންނަށް ކެކިކެކިހުރި ހޫނުފެނުގެ ބުއިމާއި ވޭންދެނިވި عذاب ހުށްޓެވެ. (އެއީ) އެއުރެން كافرވެ އުޅުނުކަމަށްޓަކައެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ أَنَدۡعُواْ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰٓ أَعۡقَابِنَا بَعۡدَ إِذۡ هَدَٮٰنَا ٱللَّهُ كَٱلَّذِى ٱسۡتَهۡوَتۡهُ ٱلشَّيَـٰطِينُ فِى ٱلۡأَرۡضِ حَيۡرَانَ لَهُ ۥۤ أَصۡحَـٰبٌ۬ يَدۡعُونَهُ ۥۤ إِلَى ٱلۡهُدَى ٱئۡتِنَاۗ قُلۡ إِنَّ هُدَى ٱللَّهِ هُوَ ٱلۡهُدَىٰۖ وَأُمِرۡنَا لِنُسۡلِمَ لِرَبِّ ٱلۡعَـٰلَمِينَ 71
ކަލޭގެފާނު ވިދާޅުވާށެވެ! އަހަރެމެންނަށް މަންފާއެއް ނުދޭ، އަދި އަހަރެމެންނަށް ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް اللَّه ފިޔަވައި އަހަރެމެން دعاء ކުރާނެހެއްޔެވެ؟ އަދި اللَّه އަހަރެމެންނަށް ތެދުމަގު ދެއްކެވުމަށްފަހުގައި (شركގެ ތެރެއަށް) ފަހަށް އެނބުރިދާނޭ ހެއްޔެވެ؟ (އޭރުން ވާނީ) ބިމުގައި شيطانންނަށް ހެއްލި، ދެވޭ ނުދެވޭ ތަނެއްނޭނގި، حيرانވެފައިވާ މީހަކު ފަދައިންނެވެ. އެމީހާއަށް ތެދުމަގަށްގޮވައި ތިމަންމެންގެ ކައިރިޔަށް އަންނާށޭ ބުނާ އެކުވެރިންތަކެއް އޭނާއަށް ވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތެދުމަގަކީ، اللَّهގެ ތެދުމަގުކަން ކަށަވަރެވެ. އަދި އަހަރެމެންނަށް أمرކުރައްވާފައިވަނީ عالمތަކުގެ ވެރިރަސްކަލާނގެއަށް ކިޔަމަންވުމަށެވެ.
Surah 6 · سورة الاٴنعَام
Juz 1
وَأَنۡ أَقِيمُواْ ٱلصَّلَوٰةَ وَٱتَّقُوهُۚ وَهُوَ ٱلَّذِىٓ إِلَيۡهِ تُحۡشَرُونَ 72
އަދި ނަމާދު قائمކުރުމަށާއި، އެކަލާނގެއަށް تقوىވެރިވުމަށް އަންގަވާފައިވެއެވެ. ތިޔަބައިމީހުން (قيامةދުވަހުން) އެއްކުރައްވާހުށީ ހަމައެކަލާނގެ حضرةއަށެވެ.
Surah 6 · سورة الاٴنعَام
Juz 1
وَهُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٲتِ وَٱلۡأَرۡضَ بِٱلۡحَقِّۖ وَيَوۡمَ يَقُولُ ڪُن فَيَڪُونُۚ قَوۡلُهُ ٱلۡحَقُّۚ وَلَهُ ٱلۡمُلۡكُ يَوۡمَ يُنفَخُ فِى ٱلصُّورِۚ عَـٰلِمُ ٱلۡغَيۡبِ وَٱلشَّهَـٰدَةِۚ وَهُوَ ٱلۡحَڪِيمُ ٱلۡخَبِيرُ 73
އެކަލާނގެއީ، حقގޮތުގައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ، [ވާށޭ] وحىކުރައްވާދުވަސް ހަނދުމަކުރާށެވެ! ފަހެ، އެ ހިނދުން އެކަމެއްވާހުށްޓެވެ. އެކަލާނގެ ބަސްފުޅަކީ حق ތެދެވެ. އަދި ތާޅަފިލި ފުމެލައްވާ ދުވަހު، ވެރިކަންވަނީ އެކަލާނގެއަށެވެ. އެކަލާނގެއީ، ނުފެންނަކަންތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيمވަންތަ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَإِذۡ قَالَ إِبۡرَٲهِيمُ لِأَبِيهِ ءَازَرَ أَتَتَّخِذُ أَصۡنَامًا ءَالِهَةًۖ إِنِّىٓ أَرَٮٰكَ وَقَوۡمَكَ فِى ضَلَـٰلٍ۬ مُّبِينٍ۬ 74
إبراهيمގެފާނު އެކަލޭގެފާނުގެ ބައްޕަ آزرއަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ކަލޭގެފާނު ބުދުތަކެއް إلهން ކަމުގައި ހައްދަވަނީތޯއެވެ؟ ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކަލޭގެފާނާއި، ކަލޭގެފާނުގެ قومގެމީހުން ފާޅުވެގެންވާ މަގުފުރެދުމެއްގައި ވާތީއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَكَذَٲلِكَ نُرِىٓ إِبۡرَٲهِيمَ مَلَكُوتَ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَلِيَكُونَ مِنَ ٱلۡمُوقِنِينَ 75
އަދި ހަމައެފަދައިން، ތިމަންރަސްކަލާނގެ إبراهيمގެފާނަށް އުޑުތަކާއި، ބިމުގެ ملكوتىވެރިކަން ދެއްކެވީމެވެ. އެއީ يقينކުރާ މީހުންގެ ތެރެއިން އެކަލޭގެފާނު ވުމަށްޓަކައެވެ.
Surah 6 · سورة الاٴنعَام
Juz 1
فَلَمَّا جَنَّ عَلَيۡهِ ٱلَّيۡلُ رَءَا كَوۡكَبً۬اۖ قَالَ هَـٰذَا رَبِّىۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلۡأَفِلِينَ 76
ދެންފަހެ، ރޭގަނޑުގެ އަނދިރިކަން އެކަލޭގެފާނުގެ މައްޗަށް ފެތުރުނުހިނދު، އެކަލޭގެފާނަށް ތަރިއެއް ފެނިވަޑައިގެން (އެކަލޭގެފާނުގެ قومއަށް) ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. ދެންފަހެ، އެތަރި އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޮސްފުހިދާ ތަކެއްޗަކަށް އަހުރެން ލޯތްބެއްނުކުރަމެވެ.
Surah 6 · سورة الاٴنعَام
Juz 1
فَلَمَّا رَءَا ٱلۡقَمَرَ بَازِغً۬ا قَالَ هَـٰذَا رَبِّىۖ فَلَمَّآ أَفَلَ قَالَ لَٮِٕن لَّمۡ يَہۡدِنِى رَبِّى لَأَڪُونَنَّ مِنَ ٱلۡقَوۡمِ ٱلضَّآلِّينَ 77
ދެންފަހެ، ހަނދު އަރައިގެން އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގަތްހިނދު (އެއުރެންނަށް) އެކަލޭގެފާނު ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. ދެންފަހެ، އެ ހަނދު އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންގެ ވެރިރަސްކަލާނގެ ތެދުމަގުގައި އަހުރެން ثابت ނުކުރެއްވިނަމަ، މަގުގެއްލި، ފުރެދިގެންވާ މީހުންގެ ތެރެއިން އަހުރެން ވެއްޖައީސްކަން ކަށަވަރެވެ.
Surah 6 · سورة الاٴنعَام
Juz 1
فَلَمَّا رَءَا ٱلشَّمۡسَ بَازِغَةً۬ قَالَ هَـٰذَا رَبِّى هَـٰذَآ أَڪۡبَرُۖ فَلَمَّآ أَفَلَتۡ قَالَ يَـٰقَوۡمِ إِنِّى بَرِىٓءٌ۬ مِّمَّا تُشۡرِكُونَ 78
ދެންފަހެ، އިރުއަރައިގެން އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގަތްހިނދު (އެއުރެންނަށް) އެކަލޭގެފާނު ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާ ގޮތުގައި) މިއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. (ހަނދަށްވުރެން) މި، މާބޮޑެވެ. ދެންފަހެ، އެ އިރު އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން شريكކޮށް ތިޔައުޅޭ (ބުދުތަކާއި، އިރު ހަނދުފަދަ) ތަކެތިން، ހަމަކަށަވަރުން، އަހުރެން ބަރީއަވެގެންވަމެވެ.
Surah 6 · سورة الاٴنعَام
Juz 1
إِنِّى وَجَّهۡتُ وَجۡهِىَ لِلَّذِى فَطَرَ ٱلسَّمَـٰوَٲتِ وَٱلۡأَرۡضَ حَنِيفً۬اۖ وَمَآ أَنَا۟ مِنَ ٱلۡمُشۡرِكِينَ 79
ހަމަކަށަވަރުން، (އަޅުކަންކުރުމުގެ قصدގައި) އަޅުގެ މޫނު ކުރިމަތިކުރަނީ، باطلގޮތުން އެއްކިބާވެ، حقގެ ފަރާތަށް ލެނބިހުރި حالގައި، އިސްވެދިޔަ ނަމޫނާއެއްނެތި، އުޑުތަކާއި ބިންހެއްދެވި ރަސްކަލާނގެއަށެވެ. އަދި މިއަޅާ مشركންގެ ތެރެއަކުން ނުވަމެވެ.
Surah 6 · سورة الاٴنعَام
Juz 1
وَحَآجَّهُ ۥ قَوۡمُهُ ۥۚ قَالَ أَتُحَـٰٓجُّوٓنِّى فِى ٱللَّهِ وَقَدۡ هَدَٮٰنِۚ وَلَآ أَخَافُ مَا تُشۡرِكُونَ بِهِۦۤ إِلَّآ أَن يَشَآءَ رَبِّى شَيۡـًٔ۬اۗ وَسِعَ رَبِّى ڪُلَّ شَىۡءٍ عِلۡمًاۗ أَفَلَا تَتَذَڪَّرُونَ 80
އެކަލޭގެފާނުގެ قومގެމީހުން (ދީނާމެދު) އެކަލޭގެފާނާ جدلކޮށް ހަދައިފޫއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލާނގެ ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާފައި ވަނިކޮށް، اللَّهއާމެދުގައި ތިޔަބައިމީހުން ތިމަންކަލޭގެފާނާ جدلކުރަނީ ހެއްޔެވެ؟ ތިޔަބައިމީހުން އެކަލާނގެއަށް شريكކޮށްއުޅޭ ތަކެއްޗަކަށް ތިމަންކަލޭގެފާނު ބިރުފުޅެއް ނުގަނެއެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެ އިރާދަކުރައްވައިފި ކަމެއް އައިސް ޖެހޭނެތެވެ. ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުން ހުރިހައި ތަކެއްޗަކަށް ތަނަވަސް ވެގެންވެއެވެ. ތިޔަބައިމީހުން ފަހެ، ހަނދާންވެސް ނުކުރަނީ ހެއްޔެވެ؟
Surah 6 · سورة الاٴنعَام
Juz 1
وَڪَيۡفَ أَخَافُ مَآ أَشۡرَڪۡتُمۡ وَلَا تَخَافُونَ أَنَّكُمۡ أَشۡرَكۡتُم بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ عَلَيۡڪُمۡ سُلۡطَـٰنً۬اۚ فَأَىُّ ٱلۡفَرِيقَيۡنِ أَحَقُّ بِٱلۡأَمۡنِۖ إِن كُنتُمۡ تَعۡلَمُونَ 81
އަދި ތިޔަބައިމީހުން (اللَّهއަށް) شريكކުޅަ ތަކެއްޗަށް ތިމަންކަލޭގެފާނު ބިރުފުޅު ގަންނާނީ ކޮންފަދަ އަކުންހެއްޔެވެ؟ ތިޔަބައިމީހުންގެ މައްޗަށް އެއާމެދު އެއްވެސް حجّةއެއް ބާވައިލައްވާފައި ނުވާތަކެތި، ތިޔަބައިމީހުން اللَّهއަށް شريكކުޅަކަމާމެދު ތިޔަބައިމީހުން ބިރެއްނުގަންނަމުއެވެ. ފަހެ، މި ދެބައިމީހުންކުރެ (عذابން ސަލާމަތްވެ) އަމާންކަން ލިބުން حقކަންބޮޑީ، ކޮންބަޔެއްހެއްޔެވެ؟ ތިޔަބައިމީހުންނަށް (އެބަޔަކު) އެނގޭނަމަ (ނިކަންބުނެދީ ބަލާށެވެ!)
Surah 6 · سورة الاٴنعَام
Juz 1
ٱلَّذِينَ ءَامَنُواْ وَلَمۡ يَلۡبِسُوٓاْ إِيمَـٰنَهُم بِظُلۡمٍ أُوْلَـٰٓٮِٕكَ لَهُمُ ٱلۡأَمۡنُ وَهُم مُّهۡتَدُونَ 82
އެއުރެންނަކީ، إيمانވެތިބެ، އެއުރެންގެ إيمانކަމުގެ ތެރެއަށް (شركގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ.
Surah 6 · سورة الاٴنعَام
Juz 1
وَتِلۡكَ حُجَّتُنَآ ءَاتَيۡنَـٰهَآ إِبۡرَٲهِيمَ عَلَىٰ قَوۡمِهِۦۚ نَرۡفَعُ دَرَجَـٰتٍ۬ مَّن نَّشَآءُۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ۬ 83
އެ ހުރިހާކަމަކީ، ތިމަންރަސްކަލާނގެ (حضرةން އައި) حجّةތަކެވެ.
އެ حجّةތައް، ތިމަންރަސްކަލާނގެ إبراهيمގެފާނަށް ދެއްވީ، އެކަލޭގެފާނުގެ قومގެމީހުންނަށް ހުށަހެޅުއްވުމަށެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކު، ދަރަޖަ މަތިވެރިކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، حكيمވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَوَهَبۡنَا لَهُ ۥۤ إِسۡحَـٰقَ وَيَعۡقُوبَۚ ڪُلاًّ هَدَيۡنَاۚ وَنُوحًا هَدَيۡنَا مِن قَبۡلُۖ وَمِن ذُرِّيَّتِهِۦ دَاوُ ۥدَ وَسُلَيۡمَـٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَـٰرُونَۚ وَكَذَٲلِكَ نَجۡزِى ٱلۡمُحۡسِنِينَ 84
ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް (އެބަހީ: إبراهيمގެފާނަށް) إسحاقގެފާނާއި، يعقوبގެފާނު ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތެދުމަގު ދެއްކެވީމެވެ. އަދި އޭގެކުރިން نوحގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އެކަލޭގެފާނުންގެ ދަރިކޮޅުން، داودގެފާނާއި، سليمانގެފާނާއި، أيّوبގެފާނާއި، يوسفގެފާނާއި، موسىގެފާނާއި، هارونގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި إحسانތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
Surah 6 · سورة الاٴنعَام
Juz 1
وَزَكَرِيَّا وَيَحۡيَىٰ وَعِيسَىٰ وَإِلۡيَاسَۖ كُلٌّ۬ مِّنَ ٱلصَّـٰلِحِينَ 85
އަދި زكريّاގެފާނާއި، يحيىގެފާނާއި، عيسىގެފާނާއި، إلياسގެފާނަށް ތެދުމަގު ދެއްކެވީމެވެ. އެއިން ކޮންމެ ބޭކަލަކުމެވަނީ، صالحންގެ ތެރެއިންނެވެ.
Surah 6 · سورة الاٴنعَام
Juz 1
وَإِسۡمَـٰعِيلَ وَٱلۡيَسَعَ وَيُونُسَ وَلُوطً۬اۚ وَڪُلاًّ۬ فَضَّلۡنَا عَلَى ٱلۡعَـٰلَمِينَ 86
އަދި إسماعيلގެފާނާއި، اليسعގެފާނާއި، يونسގެފާނާއި، لوطގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންރަސްކަލާނގެ އެއިން ކޮންމެ ބޭކަލަކު عالمތަކުގެ މައްޗަށް މާތްކުރައްވައި އިތުރުކުރެއްވީމެވެ.
Surah 6 · سورة الاٴنعَام
Juz 1
وَمِنۡ ءَابَآٮِٕهِمۡ وَذُرِّيَّـٰتِہِمۡ وَإِخۡوَٲنِہِمۡۖ وَٱجۡتَبَيۡنَـٰهُمۡ وَهَدَيۡنَـٰهُمۡ إِلَىٰ صِرَٲطٍ۬ مُّسۡتَقِيمٍ۬ 87
އަދި އެބޭކަލުންގެ ކާބަފައިކަލުންނާއި، އެބޭކަލުންގެ ދަރިފަސްކޮޅުތަކާއި، އެބޭކަލުންގެ إخوانންގެ ތެރެއިން ބަޔަކަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންރަސްކަލާނގެ އެބޭކަލުން خيارކުރައްވައި، އެބޭކަލުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވީމެވެ.
Surah 6 · سورة الاٴنعَام
Juz 1
ذَٲلِكَ هُدَى ٱللَّهِ يَہۡدِى بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦۚ وَلَوۡ أَشۡرَكُواْ لَحَبِطَ عَنۡهُم مَّا كَانُواْ يَعۡمَلُونَ 88
އެއީ اللَّهގެ ތެދުމަގެވެ. އެކަލާނގެ އަޅުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އެއިން ތެދުމަގު ދައްކަވަތެވެ. އެބޭކަލުންވެސް (اللَّهއަށް) شريك ކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި عملތައް باطلވީހެވެ.
Surah 6 · سورة الاٴنعَام
Juz 1
أُوْلَـٰٓٮِٕكَ ٱلَّذِينَ ءَاتَيۡنَـٰهُمُ ٱلۡكِتَـٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَۚ فَإِن يَكۡفُرۡ بِہَا هَـٰٓؤُلَآءِ فَقَدۡ وَكَّلۡنَا بِہَا قَوۡمً۬ا لَّيۡسُواْ بِہَا بِكَـٰفِرِينَ 89
އެބޭކަލުންނަކީ، ތިމަންރަސްކަލާނގެ އެބޭކަލުންނަށް ފޮތާއި، حكمةއާއި، ނަބީކަންދެއްވި ބޭކަލުންނެވެ. މިތިބަމީހުން އެކަންތަކަށް كافرވާނަމަ، އެކަންތައްތަކަށް كافر ނުވާނެ ބަޔަކާ އެކަންތައް حوال ކުރައްވައިފާހުށީމެވެ.
Surah 6 · سورة الاٴنعَام
Juz 1
أُوْلَـٰٓٮِٕكَ ٱلَّذِينَ هَدَى ٱللَّهُۖ فَبِهُدَٮٰهُمُ ٱقۡتَدِهۡۗ قُل لَّآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًاۖ إِنۡ هُوَ إِلَّا ذِكۡرَىٰ لِلۡعَـٰلَمِينَ 90
އެބޭކަލުންނީ، اللَّه، ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަލުންގެ ތެދުމަގާ ކަލޭގެފާނު تبعވެވަޑައިގަންނަވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآنގެ މައްޗަށް އުޖޫރައެއް ދިނުމަކަށް، ތިޔަބައިމީހުންގެ ކިބަޔަކުން އަހުރެން ނޭދެމެވެ.
އެ قرآنއަކީ، عالمތަކަށްވާ ހަނދާން ކޮށްދިނުމެއް ކަމުގައި މެނުވީ ނުވެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦۤ إِذۡ قَالُواْ مَآ أَنزَلَ ٱللَّهُ عَلَىٰ بَشَرٍ۬ مِّن شَىۡءٍ۬ۗ قُلۡ مَنۡ أَنزَلَ ٱلۡكِتَـٰبَ ٱلَّذِى جَآءَ بِهِۦ مُوسَىٰ نُورً۬ا وَهُدً۬ى لِّلنَّاسِۖ تَجۡعَلُونَهُ ۥ قَرَاطِيسَ تُبۡدُونَہَا وَتُخۡفُونَ كَثِيرً۬اۖ وَعُلِّمۡتُم مَّا لَمۡ تَعۡلَمُوٓاْ أَنتُمۡ وَلَآ ءَابَآؤُكُمۡۖ قُلِ ٱللَّهُۖ ثُمَّ ذَرۡهُمۡ فِى خَوۡضِہِمۡ يَلۡعَبُونَ 91
اللّهއަށް قدرކުރުން حقވެގެންވާ ގޮތުގައި އެއުރެން (އެބަހީ: يهودىން) އެކަލާނގެއަށް قدرއެއް ނުކުރެތެވެ. އެހެނީ، އެއުރެންބުނީ، آدمގެދަރިޔަކަށް
اللَّه އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިޔަހެންވިއްޔާ) މީސްތަކުންނަށް ނޫރެއް ކަމުގައްޔާއި، هدايةއެއް ކަމުގައި،
موسىގެފާނު އެ ގެންނެވި ފޮތް ބާވައިލެއްވީ ކާކުހެއްޔެވެ؟ ތިޔަބައިމީހުން އެފޮތް ހަދައިގެން އުޅެނީ (ވަކިވަކި) ކަރުދާސްތަކެއް ކަމުގައެވެ. އެއިން ބައެއް ފާޅުކޮށް، އޭގެ ގިނަބައި، ތިޔަބައިމީހުން ވަންހަނާ ކުރަމުއެވެ. އަދި ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ކާބަފައިންނަށްވެސް އެނގިފައިނުވާ ތަކެތި (قرآنން) ތިޔަބައިމީހުންނަށް ވަނީ އަންގަވައި ދެއްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (އެތަކެތި ބާވައިލެއްވީ) اللّهއެވެ. ދެން އެއުރެންގެ باطل ވާހަކަތަކުގެ ތެރޭގައި ކުޅެކުޅެ ތިބެން އެއުރެން ދޫކޮށްލައްވާށެވެ!
Surah 6 · سورة الاٴنعَام
Juz 1
وَهَـٰذَا كِتَـٰبٌ أَنزَلۡنَـٰهُ مُبَارَكٌ۬ مُّصَدِّقُ ٱلَّذِى بَيۡنَ يَدَيۡهِ وَلِتُنذِرَ أُمَّ ٱلۡقُرَىٰ وَمَنۡ حَوۡلَهَاۚ وَٱلَّذِينَ يُؤۡمِنُونَ بِٱلۡأَخِرَةِ يُؤۡمِنُونَ بِهِۦۖ وَهُمۡ عَلَىٰ صَلَاتِہِمۡ يُحَافِظُونَ 92
މި قرآنއަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ކުރީގެ ފޮތްތައް ތެދުކުރާ ފޮތެކެވެ. (އެފޮތް ބާވައިލެއްވީ) މައިރަށުގެ (އެބަހީ: މައްކާގެ) أهلވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު إنذارކުރެއްވުމަށްޓަކައެވެ. އަދި آخرةދުވަހަށް إيمانވާ މީހުން އެ ފޮތަށް إيمانވާނެތެވެ. އަދި އެއުރެން އެއުރެންގެ ނަމާދަށް ރައްކާތެރިވާނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ قَالَ أُوحِىَ إِلَىَّ وَلَمۡ يُوحَ إِلَيۡهِ شَىۡءٌ۬ وَمَن قَالَ سَأُنزِلُ مِثۡلَ مَآ أَنزَلَ ٱللَّهُۗ وَلَوۡ تَرَىٰٓ إِذِ ٱلظَّـٰلِمُونَ فِى غَمَرَٲتِ ٱلۡمَوۡتِ وَٱلۡمَلَـٰٓٮِٕكَةُ بَاسِطُوٓاْ أَيۡدِيهِمۡ أَخۡرِجُوٓاْ أَنفُسَڪُمُۖ ٱلۡيَوۡمَ تُجۡزَوۡنَ عَذَابَ ٱلۡهُونِ بِمَا كُنتُمۡ تَقُولُونَ عَلَى ٱللَّهِ غَيۡرَ ٱلۡحَقِّ وَكُنتُمۡ عَنۡ ءَايَـٰتِهِۦ تَسۡتَكۡبِرُونَ 93
اللَّهއާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެން، ނުވަތަ އެމީހަކަށް އެއްވެސް އެއްޗެއް وحى ނުކުރައްވަނީސް، ތިމަންނާއަށް وحىކުރައްވައިފިއޭ ބުނި މީހަކަށްވުރެން އަދި اللّه ބާވައިލެއްވި ފަދަތަކެތި ތިމަންވެސް ބާވައިލައިފާނަމޭ ބުނި މީހަކަށްވުރެން ބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ އަނިޔާވެރިން މަރުގެ ސަކަރާތުގައި އުޅޭހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. ملائكةން އެހިނދު ތިއްބަވާނީ އެބޭކަލުންގެ އަތްޕުޅު ދިއްކުރައްވައިގެންނެވެ. (އަދި ވިދާޅުވާނެތެވެ.) ތިޔަބައިމީހުންގެ ފުރާނަތައް ނެރޭށެވެ! މިއަދު ތިޔަބައިމީހުންނަށް އިހާނަތްތެރި عذابން ޖަޒާ ދެއްވާނެތެވެ. (އެއީ) ތިޔަބައިމީހުން، اللّهއާމެދު ބުނެއުޅުނު حق ނޫން ބަސްތަކުގެ ސަބަބުންނާއި، އެކަލާނގެ آيةތަކަށް (إيمان ނުވެ) ބޮޑާވެގަނެގެން އުޅުނުކަމުގެ ސަބަބުންނެވެ.
Surah 6 · سورة الاٴنعَام
Juz 1
وَلَقَدۡ جِئۡتُمُونَا فُرَٲدَىٰ كَمَا خَلَقۡنَـٰكُمۡ أَوَّلَ مَرَّةٍ۬ وَتَرَكۡتُم مَّا خَوَّلۡنَـٰكُمۡ وَرَآءَ ظُهُورِڪُمۡۖ وَمَا نَرَىٰ مَعَكُمۡ شُفَعَآءَكُمُ ٱلَّذِينَ زَعَمۡتُمۡ أَنَّہُمۡ فِيكُمۡ شُرَكَـٰٓؤُاْۚ لَقَد تَّقَطَّعَ بَيۡنَكُمۡ وَضَلَّ عَنڪُم مَّا كُنتُمۡ تَزۡعُمُونَ 94
އަދި (محشرއަށް ފޮނުއްވާހިނދު، އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން، ތިމަންރަސްކަލާނގެ حضرةއަށް ތިޔައައީ، އެކަހެރީންގެ ގޮތުގައެވެ. ފުރަތަމަފަހަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވި ފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ދެއްވި ތަކެތި ތިޔަބައިމީހުންގެ ފަހަތަށް ދޫކޮށްފައެވެ. ތިޔަބައިމީހުންނާއެކު، ތިޔަބައިމީހުންގެ شفاعةތެރިން ވަނިކޮށެއް ނުފެނެއެވެ. އެތަކެއްޗަކީ، ތިޔަބައިމީހުންގެ ތެރޭގައި شريكން ކަމަށް ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެއްޗެވެ. ތިޔަބައިމީހުންނާ އެތަކެއްޗާ ދެމެދުގައިވާ ގުޅުންތައް ކެނޑި، ވަކިވަކިވެއްޖެކަން ކަށަވަރެވެ. އަދި (شفاعةތެރިވާނެކަމަށް) ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި، ތިޔަބައިމީހުންގެ ކިބައިން ގެއްލިއްޖެއެވެ.
Surah 6 · سورة الاٴنعَام
Juz 1
إِنَّ ٱللَّهَ فَالِقُ ٱلۡحَبِّ وَٱلنَّوَىٰۖ يُخۡرِجُ ٱلۡحَىَّ مِنَ ٱلۡمَيِّتِ وَمُخۡرِجُ ٱلۡمَيِّتِ مِنَ ٱلۡحَىِّۚ ذَٲلِكُمُ ٱللَّهُۖ فَأَنَّىٰ تُؤۡفَكُونَ 95
ހަމަކަށަވަރުން، اللّهއީ، އޮށްޓަރާއި، އޮށުން ގަސް ފަޅުއްވާ ރަސްކަލާނގެއެވެ. އެކަލާނގެއީ، މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި ނެރުއްވާ ރަސްކަލާނގެއެވެ. އަދި ދިރޭ ތަކެތިން، މަރުވެފައިވާ ތަކެތި ނެރުއްވާ ރަސްކަލާނގެއެވެ. އެއީ اللَّهއެވެ. ފަހެ، ތިޔަބައިމީހުން (إيمانކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟
Surah 6 · سورة الاٴنعَام
Juz 1
فَالِقُ ٱلۡإِصۡبَاحِ وَجَعَلَ ٱلَّيۡلَ سَكَنً۬ا وَٱلشَّمۡسَ وَٱلۡقَمَرَ حُسۡبَانً۬اۚ ذَٲلِكَ تَقۡدِيرُ ٱلۡعَزِيزِ ٱلۡعَلِيمِ 96
އެކަލާނގެއީ، ފަތިހުގެ އަލިކަން ނެރުއްވި ރަސްކަލާނގެއެވެ. އަދި ހަމަހިމޭންކަމުގެ ވަގުތެއް ކަމުގައި، ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ވަގުތު ދެނެގަތުމަށްޓަކައި) ހިސާބެއްކަމުގައި އިރާއި، ހަނދު ލެއްވި ރަސްކަލާނގެއެވެ. އެއީ، މޮޅަށް ދެނެވޮޑިގެންވާ، ޢަޒީޒުވަންތަ ރަސްކަލާނގެ މިންވަރު ކުރެއްވުމެވެ.
Surah 6 · سورة الاٴنعَام
Juz 1
وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلنُّجُومَ لِتَہۡتَدُواْ بِہَا فِى ظُلُمَـٰتِ ٱلۡبَرِّ وَٱلۡبَحۡرِۗ قَدۡ فَصَّلۡنَا ٱلۡأَيَـٰتِ لِقَوۡمٍ۬ يَعۡلَمُونَ 97
އަދި އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަރިތައް ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން، އެއިން އެއްގަމާއި، ކަނޑުގައި (ރޭގަނޑުގެ) އަނދިރިކަމުގެ ތެރޭގައި، މަގު ދެނެގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތައް ވަކިވަކިން ބަޔާންކޮށްދެއްވީ، ދަންނަ ބަޔަކަށެވެ.
Surah 6 · سورة الاٴنعَام
Juz 1
وَهُوَ ٱلَّذِىٓ أَنشَأَكُم مِّن نَّفۡسٍ۬ وَٲحِدَةٍ۬ فَمُسۡتَقَرٌّ۬ وَمُسۡتَوۡدَعٌ۬ۗ قَدۡ فَصَّلۡنَا ٱلۡأَيَـٰتِ لِقَوۡمٍ۬ يَفۡقَهُونَ 98
އަދި އެކަލާނގެއީ، އެންމެ نفسއަކުން (އެބަހީ: آدمގެފާނުގެ ކިބައިން) ތިޔަބައިމީހުން އުފެއްދެވި ރަސްކަލާނގެއެވެ. ފަހެ، قرارވެ ތިބެވޭނެ ތަނަކާއި، ރައްކާކުރަން ލެވޭތަނެއް (އެބަހީ: ކަށްވަޅު ތިޔަބައިމީހުންނަށް) ވެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތައް ވަކިވަކިން ބަޔާންކޮށްދެއްވީ ވިސްނާ ބަޔަކަށެވެ.
Surah 6 · سورة الاٴنعَام
Juz 1
وَهُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً۬ فَأَخۡرَجۡنَا بِهِۦ نَبَاتَ كُلِّ شَىۡءٍ۬ فَأَخۡرَجۡنَا مِنۡهُ خَضِرً۬ا نُّخۡرِجُ مِنۡهُ حَبًّ۬ا مُّتَرَاڪِبً۬ا وَمِنَ ٱلنَّخۡلِ مِن طَلۡعِهَا قِنۡوَانٌ۬ دَانِيَةٌ۬ وَجَنَّـٰتٍ۬ مِّنۡ أَعۡنَابٍ۬ وَٱلزَّيۡتُونَ وَٱلرُّمَّانَ مُشۡتَبِهً۬ا وَغَيۡرَ مُتَشَـٰبِهٍۗ ٱنظُرُوٓاْ إِلَىٰ ثَمَرِهِۦۤ إِذَآ أَثۡمَرَ وَيَنۡعِهِۦۤۚ إِنَّ فِى ذَٲلِكُمۡ لَأَيَـٰتٍ۬ لِّقَوۡمٍ۬ يُؤۡمِنُونَ 99
އަދި އެކަލާނގެއީ، އުޑުން ފެންވެއްސެވި ރަސްކަލާނގެއެވެ. އެފެނުން ތިމަންރަސްކަލާނގެ ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ. އަދި އެ ގަސްގަހާގެހިން ރޯ ފެހިކުލައިގެ ގޮފިތައް ނެރުއްވައި، އެއިން މަތިމައްޗަށް ހުންނަ އޮށްޓަރުތައް ނެރުއްވަމެވެ. އަދި ކަދުރުރުކުގެ އެތްތަކުން ގާތްގާތުން އިހާތައް ނެރުއްވަމެވެ. އަދި މޭބިސްކަދުރާއި، ޒައިތޫންޏާއި، އަންނާރުގެ ބަގީޗާތައް ނެރުއްވަމެވެ. (އެތަކެތި) އެއްވައްތަރުވެގެންވާ حالގައްޔާއި، އެއްވައްތަރު ވެގެންނުވާ حالގައެވެ. ތިޔަބައިމީހުން އޭގެ މޭވާ ނުކުންނަހިނދު އެ މޭވާއަށާއި، އެ މޭވާ ފައްކާވާ ފައްކާވުމަށް (عبرةގެ نظرއަކުން) ބަލާށެވެ! ހަމަކަށަވަރުން، إيمانވާ ބަޔަކަށް އެކަންތަކުގައި ދަލީލުތަކެއް ވެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَجَعَلُواْ لِلَّهِ شُرَكَآءَ ٱلۡجِنَّ وَخَلَقَهُمۡۖ وَخَرَقُواْ لَهُ ۥ بَنِينَ وَبَنَـٰتِۭ بِغَيۡرِ عِلۡمٍ۬ۚ سُبۡحَـٰنَهُ ۥ وَتَعَـٰلَىٰ عَمَّا يَصِفُونَ 100
ޖިންނީންނަކީ، اللَّهއަށްވާ شريكންތަކެއްކަމުގައި ހަދައިގެން އެއުރެން އުޅުނޫވެ. އެ ޖިންނީންވެސް ހެއްދެވީ އެކަލާނގެއެވެ. އަދި އެއްވެސް އެނގުމަކާނުލައި، އެކަލާނގެއަށް ދަރިދަރިކަލުންނާއި، ދަރިދަރިކަނބަލުން ވާކަމަށް ހަދައިގެން އެއުރެން އުޅުނޫއެވެ. އެއުރެން އެސިފަކުރާ ކަންތަކުން، އެކަލާނގެ ހުސްطاهرވެ މަތިވެރިވެވޮޑިގެންވެއެވެ.
Surah 6 · سورة الاٴنعَام
Juz 1
بَدِيعُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِۖ أَنَّىٰ يَكُونُ لَهُ ۥ وَلَدٌ۬ وَلَمۡ تَكُن لَّهُ ۥ صَـٰحِبَةٌ۬ۖ وَخَلَقَ كُلَّ شَىۡءٍ۬ۖ وَهُوَ بِكُلِّ شَىۡءٍ عَلِيمٌ۬ 101
(އެކަލާނގެއީ) އިސްވެދިޔަ مثالއެއްނެތި، އުޑުތަކާއި ބިންހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެއަށް، ދަރިކަލަކު ވާނީ ކިހިނަކުން ހެއްޔެވެ؟ އެކަލާނގެއަށް އަނބިކަނބަލަކުވެސް ނުވެއެވެ. އަދި ހުރިހާ ތަކެއްޗެއް ހެއްދެވީ، އެކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
ذَٲلِڪُمُ ٱللَّهُ رَبُّكُمۡۖ لَآ إِلَـٰهَ إِلَّا هُوَۖ خَـٰلِقُ ڪُلِّ شَىۡءٍ۬ فَٱعۡبُدُوهُۚ وَهُوَ عَلَىٰ كُلِّ شَىۡءٍ۬ وَڪِيلٌ۬ 102
އެއީ اللَّهއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ إلهއަކުނުވެއެވެ. (އެކަލާނގެއީ) ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ރައްކާތެރި ކުރައްވާ ބަލަހައްޓަވާ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
لَّا تُدۡرِڪُهُ ٱلۡأَبۡصَـٰرُ وَهُوَ يُدۡرِكُ ٱلۡأَبۡصَـٰرَۖ وَهُوَ ٱللَّطِيفُ ٱلۡخَبِيرُ 103
އެކަލާނގެ ذاتފުޅު (ދުނިޔެމަތީގައި) ލޯތަކަކަށް ނުފެންނާނެތެވެ. އެކަލާނގެ، އެ ލޯތައް ދެކެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
قَدۡ جَآءَكُم بَصَآٮِٕرُ مِن رَّبِّكُمۡۖ فَمَنۡ أَبۡصَرَ فَلِنَفۡسِهِۦۖ وَمَنۡ عَمِىَ فَعَلَيۡهَاۚ وَمَآ أَنَا۟ عَلَيۡكُم بِحَفِيظٍ۬ 104
(ކަލޭގެފާނު ވިދާޅުވާށެވެ!) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން، ތިޔަބައިމީހުންގެ ގާތަށް ދަލީލުތަކެއް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، އެ ދަލީލުތައް ދެކެފިމީހާ (ދަންނާށެވެ!) އެކަމުގެ މަންފާހުރީ، ހަމަ އެމީހާގެ އަމިއްލަ نفسއަށެވެ. އަދި އެ ދަލީލުތައް ނުދެކި، ކަނުވެގެންފި މީހާ، އެ ގެއްލުންދެނީވެސް ހަމަ އެމީހާގެ އަމިއްލަ نفسއަށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހުރި ފާރަވެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
Surah 6 · سورة الاٴنعَام
Juz 1
وَكَذَٲلِكَ نُصَرِّفُ ٱلۡأَيَـٰتِ وَلِيَقُولُواْ دَرَسۡتَ وَلِنُبَيِّنَهُ ۥ لِقَوۡمٍ۬ يَعۡلَمُونَ 105
ހަމައެފަދައިން، ތިމަންރަސްކަލާނގެ آيةތައް އެކިގޮތްގޮތަށް ބަޔާންކޮށް ދެއްވަމެވެ. އެންމެފަހުން އެ كافرވި މީހުން ބުނެތެވެ. ކަލޭގެފާނު (އެ آيةތައް އިހުގެ ފޮތްފޮތުން) ދަސްފުޅު ކުރެއްވީއެވެ. އަދި ތިމަންރަސްކަލާނގެ އެ آيةތައް (ބަޔާންކޮށްދެއްވަނީ) ދަންނާނޭ ބަޔަކަށް ހާމަކޮށްދެއްވުމަށެވެ.
Surah 6 · سورة الاٴنعَام
Juz 1
ٱتَّبِعۡ مَآ أُوحِىَ إِلَيۡكَ مِن رَّبِّكَۖ لَآ إِلَـٰهَ إِلَّا هُوَۖ وَأَعۡرِضۡ عَنِ ٱلۡمُشۡرِكِينَ 106
ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ކަލޭގެފާނަށް وحىކުރެއްވި ތަކެއްޗަށް تبعވެވަޑައިގަންނަވާށެވެ! އެކަލާނގެމެނުވީ،
إلهއަކު ނުވެއެވެ. އަދި ކަލޭގެފާނު مشركންނާ އެއްކިބާވެވަޑައި ގަންނަވާށެވެ!
Surah 6 · سورة الاٴنعَام
Juz 1
وَلَوۡ شَآءَ ٱللَّهُ مَآ أَشۡرَكُواْۗ وَمَا جَعَلۡنَـٰكَ عَلَيۡهِمۡ حَفِيظً۬اۖ وَمَآ أَنتَ عَلَيۡہِم بِوَكِيلٍ۬ 107
އަދި اللَّه އިރާދަކުރެއްވިނަމަ، އެއުރެން شريكއެއް ނުކުޅައީހެވެ. އަދި އެއުރެންގެ މައްޗަށް ފާރަވެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުލައްވަމެވެ. އަދި ކަލޭގެފާނަކީ، އެއުރެންގެ ކަންތައްތައް حوالކުރައްވާފައިވާ ވަކީލަކު ކަމުގައިވެސް ނުވެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَلَا تَسُبُّواْ ٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ فَيَسُبُّواْ ٱللَّهَ عَدۡوَۢا بِغَيۡرِ عِلۡمٍ۬ۗ كَذَٲلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمۡ ثُمَّ إِلَىٰ رَبِّہِم مَّرۡجِعُهُمۡ فَيُنَبِّئُهُم بِمَا كَانُواْ يَعۡمَلُونَ 108
اللَّه ދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެއުރެން عداوةތެރިކަމުގެ ގޮތުން اللَّهއަށް އެއްޗެހި ގޮވައިފާނެތެވެ. ހަމައެފަދައިން، ކޮންމެ أمّةއަކަށްމެ އެބަޔެއްގެ عمل، ތިމަންރަސްކަލާނގެ ޒީނަތްތެރިކޮށް ދެއްކެވީމެވެ. ދެން އެއަށްފަހު، އެއުރެން رجوعވާހުށީ، އެއުރެންގެ ވެރިރަސްކަލާނގެ حضرةއަށެވެ. ދެން އެއުރެން ކޮށްއުޅުނު عملތަކުގެ ވާހަކައިން، އެކަލާނގެ އެއުރެންނަށް خبر އަންގަވާނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَـٰنِہِمۡ لَٮِٕن جَآءَتۡہُمۡ ءَايَةٌ۬ لَّيُؤۡمِنُنَّ بِہَاۚ قُلۡ إِنَّمَا ٱلۡأَيَـٰتُ عِندَ ٱللَّهِۖ وَمَا يُشۡعِرُكُمۡ أَنَّهَآ إِذَا جَآءَتۡ لَا يُؤۡمِنُونَ 109
އެ (كافرވި) މީހުންގެ ގާތަށް آية އެއް (އެބަހީ: معجزةއެއް) އަތުވެއްޖެނަމަ، އެއަށް ހަމަކަށަވަރުން، إيمانވާނެކަމަށް އެއުރެންނަށް ވެވުނުހައި ގަދައެއްކޮށް
اللَّه ގަންދީ ހުވާކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، آيةތައް ވަނީ، اللَّهގެ حضرةގައެވެ. އެ آيةތައް އަތުވެއްޖެނަމަ، (އެއުރެން عملކުރާނޭގޮތެއް) ތިޔަބައިމީހުންނަށް އަންގައިދެނީ ކޮން އެއްޗެއް ހެއްޔެވެ؟ އެއުރެން إيمانއެއް ނުވާނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَنُقَلِّبُ أَفۡـِٔدَتَہُمۡ وَأَبۡصَـٰرَهُمۡ كَمَا لَمۡ يُؤۡمِنُواْ بِهِۦۤ أَوَّلَ مَرَّةٍ۬ وَنَذَرُهُمۡ فِى طُغۡيَـٰنِهِمۡ يَعۡمَهُونَ 110
ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކާއި، ލޯތައް (حقގެ މަގުން) އެއްކިބާކުރައްވަމެވެ. އެއުރެން އެ آيةތަކަށް ފުރަތަމަ ފަހަރުވެސް، إيمان ނުވި ފަދައިން (إيمانއެއް ނުވާނެތެވެ.) އަދި ދެފުށުއެޅި ތިބޭ حالއެއްގައި، އެއުރެންގެ ފުރެދުމުގެ ތެރެޔަށް، ތިމަންރަސްކަލާނގެ އެއުރެން ދޫކޮށްލައްވާހުށީމެވެ.
Surah 6 · سورة الاٴنعَام
Juz 1
وَلَوۡ أَنَّنَا نَزَّلۡنَآ إِلَيۡہِمُ ٱلۡمَلَـٰٓٮِٕڪَةَ وَكَلَّمَهُمُ ٱلۡمَوۡتَىٰ وَحَشَرۡنَا عَلَيۡہِمۡ كُلَّ شَىۡءٍ۬ قُبُلاً۬ مَّا كَانُواْ لِيُؤۡمِنُوٓاْ إِلَّآ أَن يَشَآءَ ٱللَّهُ وَلَـٰكِنَّ أَڪۡثَرَهُمۡ يَجۡهَلُونَ 111
ތިމަންރަސްކަލާނގެ އެއުރެންގެ ގާތަށް ملائكةން ބާވައިލެއްވި ނަމަވެސް، އަދި މަރުވެފައިވާ މީހުން އެއުރެންނާ ވާހަކަ ދެއްކި ނަމަވެސް، އަދި (އެއުރެން އެދުނު) ހުރިހާ އެއްޗެއް އެއުރެންގެ ކުރިމައްޗަށް ޖަމާކޮށްދެއްވިނަމަވެސް،
اللَّه އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެން إيمانވާނެ ބަޔަކު ކަމުގައެއް ނުވެތެވެ. އެހެނެއްކަމަކު، އޭގެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَكَذَٲلِكَ جَعَلۡنَا لِكُلِّ نَبِىٍّ عَدُوًّ۬ا شَيَـٰطِينَ ٱلۡإِنسِ وَٱلۡجِنِّ يُوحِى بَعۡضُهُمۡ إِلَىٰ بَعۡضٍ۬ زُخۡرُفَ ٱلۡقَوۡلِ غُرُورً۬اۚ وَلَوۡ شَآءَ رَبُّكَ مَا فَعَلُوهُۖ فَذَرۡهُمۡ وَمَا يَفۡتَرُونَ 112
ހަމައެފަދައިން، ތިމަންރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި، ޖިންނީންގެ شيطانން عداوةތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ باطلބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެއުރެން އެކަންތަކެއް ނުކުރީހެވެ. ފަހެ، އެއުރެން ހަދާ ދޮގުތަކާއެކު، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!
Surah 6 · سورة الاٴنعَام
Juz 1
وَلِتَصۡغَىٰٓ إِلَيۡهِ أَفۡـِٔدَةُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأَخِرَةِ وَلِيَرۡضَوۡهُ وَلِيَقۡتَرِفُواْ مَا هُم مُّقۡتَرِفُونَ 113
އަދި (އެ شيطانން ވަސްވާސްދީ އުޅެނީ) آخرةދުވަހަށް إيمان ނުވާ މީހުންގެ ހިތްތައް އެ ވަސްވާހަށް ލެނބުމަށާއި، އެއުރެން އެކަމަށް ރުހި قبولވުމަށާއި، އެއުރެން އެ އަރައަރައިގަންނަ ފާފަތަކަށް އަރައިގަތުމަށްޓަކައެވެ.
Surah 6 · سورة الاٴنعَام
Juz 1
أَفَغَيۡرَ ٱللَّهِ أَبۡتَغِى حَكَمً۬ا وَهُوَ ٱلَّذِىٓ أَنزَلَ إِلَيۡڪُمُ ٱلۡكِتَـٰبَ مُفَصَّلاً۬ۚ وَٱلَّذِينَ ءَاتَيۡنَـٰهُمُ ٱلۡكِتَـٰبَ يَعۡلَمُونَ أَنَّهُ ۥ مُنَزَّلٌ۬ مِّن رَّبِّكَ بِٱلۡحَقِّۖ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِينَ 114
(ކަލޭގެފާނު ވިދާޅުވާށެވެ!) حكمކުރާ މީހަކު ކަމުގައި اللَّه ނޫންފަރާތެއް އަހުރެން އެދޭނެހެއްޔެވެ؟ އެކަލާނގެއީ، (حقއާއި باطل) تفصيلކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި، ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން حقގޮތާއިގެން ބާވައިލެއްވި ފޮތެއްކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތްދެއްވި މީހުން ދަނެތެވެ. ފަހެ، شكކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާހުށިކަމެވެ!
Surah 6 · سورة الاٴنعَام
Juz 1
وَتَمَّتۡ كَلِمَتُ رَبِّكَ صِدۡقً۬ا وَعَدۡلاً۬ۚ لَّا مُبَدِّلَ لِكَلِمَـٰتِهِۦۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ 115
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمةފުޅު ތެދުވެރިކަމާއި، عدلވެރި ކަމުގައި ފުރިހަމަވެއްޖެއެވެ. އެކަލާނގެ كلمةފުޅުތައް ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَإِن تُطِعۡ أَڪۡثَرَ مَن فِى ٱلۡأَرۡضِ يُضِلُّوكَ عَن سَبِيلِ ٱللَّهِۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ هُمۡ إِلَّا يَخۡرُصُونَ 116
އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން اللَّهގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ
تبعއެއް ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ.
Surah 6 · سورة الاٴنعَام
Juz 1
إِنَّ رَبَّكَ هُوَ أَعۡلَمُ مَن يَضِلُّ عَن سَبِيلِهِۦۖ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ 117
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގު ދޫކޮށް، ފުރެދިގަންނަ މީހުން، އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ، ހަމަ އެކަލާނގެއެވެ. އަދި ތެދުމަގު ލިބިގަންނަ މީހުން، އެންމެބޮޑަށް ދެނެވޮޑިގެންވަނީވެސް، ހަމަ އެކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
فَكُلُواْ مِمَّا ذُكِرَ ٱسۡمُ ٱللَّهِ عَلَيۡهِ إِن كُنتُم بِـَٔايَـٰتِهِۦ مُؤۡمِنِينَ 118
ތިޔަބައިމީހުން، އެކަލާނގެ آيةތަކަށް إيمانވާ ކަމުގައިވަނީނަމަ، އެ އެއްޗެއްގެ މައްޗަށް اللَّهގެ اسمފުޅު ނަންގަނެފައިވާ ތަކެތިން (އެބަހީ: اللَّهގެ اسمފުޅު ނަންގަނެ ކަތިލާފައިވާ ތަކެތިން) ތިޔަބައިމީހުން ކައިއުޅޭށެވެ!
Surah 6 · سورة الاٴنعَام
Juz 1
وَمَا لَكُمۡ أَلَّا تَأۡڪُلُواْ مِمَّا ذُكِرَ ٱسۡمُ ٱللَّهِ عَلَيۡهِ وَقَدۡ فَصَّلَ لَكُم مَّا حَرَّمَ عَلَيۡكُمۡ إِلَّا مَا ٱضۡطُرِرۡتُمۡ إِلَيۡهِۗ وَإِنَّ كَثِيرً۬ا لَّيُضِلُّونَ بِأَهۡوَآٮِٕهِم بِغَيۡرِ عِلۡمٍۗ إِنَّ رَبَّكَ هُوَ أَعۡلَمُ بِٱلۡمُعۡتَدِينَ 119
ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ حرامކުރެއްވި ތަކެތި، تفصيلކޮށް ބަޔާންކޮށްދެއްވާފައިވާއިރު، އެއެއްޗެއްގެ މައްޗަށް اللَّهގެ اسمފުޅު ނަންގަނެ ކަތިލާ ތަކެތިން، ތިޔަބައިމީހުން ނުކާންވީ ކީއްވެގެންހެއްޔެވެ؟ ތިޔަބައިމީހުން އެ އެއްޗަކަށް ކޮންމެހެން ބޭނުންވެ، މަޖުބޫރުވެގެން ކާންޖެހިއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ވަރަށް ގިނަމީހުން ނުދެނެތިބެ، އެއުރެންގެ އަމިއްލަ އެދުންތަކުން (މީހުން) މަގުފުރައްދަތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ،
ހައްދުފަހަނަޅައިދާ މީހުން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَذَرُواْ ظَـٰهِرَ ٱلۡإِثۡمِ وَبَاطِنَهُ ۥۤۚ إِنَّ ٱلَّذِينَ يَكۡسِبُونَ ٱلۡإِثۡمَ سَيُجۡزَوۡنَ بِمَا كَانُواْ يَقۡتَرِفُونَ 120
ތިޔަބައިމީހުން، ބޭރުފުށުގެ ފާފަޔާއި، އެތެރެފުށުގެ ފާފަދޫކޮށްލާށެވެ! ހަމަކަށަވަރުން، ފާފަތައް ހޯދައިގަންނަ މީހުންނަށް، އެއުރެން ކޮށްއުޅުނު ފާފަތަކުގެ ސަބަބުން ޖަޒާ ލިބޭނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَلَا تَأۡڪُلُواْ مِمَّا لَمۡ يُذۡكَرِ ٱسۡمُ ٱللَّهِ عَلَيۡهِ وَإِنَّهُ ۥ لَفِسۡقٌ۬ۗ وَإِنَّ ٱلشَّيَـٰطِينَ لَيُوحُونَ إِلَىٰٓ أَوۡلِيَآٮِٕهِمۡ لِيُجَـٰدِلُوكُمۡۖ وَإِنۡ أَطَعۡتُمُوهُمۡ إِنَّكُمۡ لَمُشۡرِكُونَ 121
(ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، اللَّهގެ اسمފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން، އެތަކެތިން ކެއުމަކީ، އުރެދުމެއްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނާ جدلކުރުމަށް شيطانން އެއުރެންގެ ވާގިވެރިންނަށް ވަސްވާސް ދޭނެއެވެ. ތިޔަބައިމީހުން، އެއުރެންނަށް ކިޔަމަންވެއްޖެނަމަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، مشرك ންކަން ކަށަވަރެވެ.
Surah 6 · سورة الاٴنعَام
Juz 1
أَوَمَن كَانَ مَيۡتً۬ا فَأَحۡيَيۡنَـٰهُ وَجَعَلۡنَا لَهُ ۥ نُورً۬ا يَمۡشِى بِهِۦ فِى ٱلنَّاسِ كَمَن مَّثَلُهُ ۥ فِى ٱلظُّلُمَـٰتِ لَيۡسَ بِخَارِجٍ۬ مِّنۡہَاۚ كَذَٲلِكَ زُيِّنَ لِلۡكَـٰفِرِينَ مَا كَانُواْ يَعۡمَلُونَ 122
(كافرކަމުން) މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަންރަސްކަލާނގެ އެމީހަކު ދިރުއްވައި، މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއްލެއްވި މީހަކާއި، އަނދިރީގެ ތެރޭގައި ނުނިކުމެހުންނަ މީހަކާ އެއްފަދަވާނޭ ހެއްޔެވެ؟ އެފަދައިން، كافرންނަށް އެއުރެންކޮށް އުޅުނު عملތައް ޒީނަތްތެރިކޮށް ދެއްވިއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَكَذَٲلِكَ جَعَلۡنَا فِى كُلِّ قَرۡيَةٍ أَڪَـٰبِرَ مُجۡرِمِيهَا لِيَمۡڪُرُواْ فِيهَاۖ وَمَا يَمۡڪُرُونَ إِلَّا بِأَنفُسِہِمۡ وَمَا يَشۡعُرُونَ 123
އަދި ހަމައެފަދައިން، ކޮންމެރަށެއްގައި، އެރަށުގެ مجرمންނަކީ، ބޮޑުން ކަމުގައި ލެއްވީމެވެ. (އެއީ) އެތާނގައި، އެއުރެން މަކަރުވެރި ރޭވުންތައް ރާވައި އުޅުމަށެވެ. އެއުރެންގެ އަމިއްލަ نفسތަކަށް މެނުވީ، އެއުރެން މަކަރު ހަދާ ކަމުގައި ނުވެތެވެ. އަދި އެއުރެންނަކަށް އެކަމެއް ނުވިސްނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَإِذَا جَآءَتۡهُمۡ ءَايَةٌ۬ قَالُواْ لَن نُّؤۡمِنَ حَتَّىٰ نُؤۡتَىٰ مِثۡلَ مَآ أُوتِىَ رُسُلُ ٱللَّهِۘ ٱللَّهُ أَعۡلَمُ حَيۡثُ يَجۡعَلُ رِسَالَتَهُ ۥۗ سَيُصِيبُ ٱلَّذِينَ أَجۡرَمُواْ صَغَارٌ عِندَ ٱللَّهِ وَعَذَابٌ۬ شَدِيدُۢ بِمَا كَانُواْ يَمۡكُرُونَ 124
އެއުރެންގެ ގާތަށް آيةއެއް އަތުވެއްޖެނަމަ، އެއުރެން ބުނެތެވެ. اللَّهގެ
رسولންނަށް ދެއްވިފަދަ ތަކެތި، ތިމަންމެންނަށްވެސް ދެއްވައިފުމަށް ދާނދެން، ތިމަންމެން إيمانއެއް ނުވާނޫއެވެ. اللَّه، އެކަލާނގެ رسولކަން ދެއްވާނެ މީހުން މޮޅަށް ދެނެވޮޑިގެންވެއެވެ. ފާފަވެރިވީ މީހުންނަށް، އެއުރެން މަކަރުހަދައި އުޅުނުކަމުގެ ސަބަބުން، اللَّهގެ حضرةގައި ނިކަމެތިކަމާއި، ގަދަވެގެންވާ عذاب އައިސްޖެހޭހުށްޓެވެ.
Surah 6 · سورة الاٴنعَام
Juz 1
فَمَن يُرِدِ ٱللَّهُ أَن يَهۡدِيَهُ ۥ يَشۡرَحۡ صَدۡرَهُ ۥ لِلۡإِسۡلَـٰمِۖ وَمَن يُرِدۡ أَن يُضِلَّهُ ۥ يَجۡعَلۡ صَدۡرَهُ ۥ ضَيِّقًا حَرَجً۬ا ڪَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِۚ ڪَذَٲلِكَ يَجۡعَلُ ٱللَّهُ ٱلرِّجۡسَ عَلَى ٱلَّذِينَ لَا يُؤۡمِنُونَ 125
اللَّهގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް،
إسلام دينއަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ، އުޑާދިމާއަށް (މައްޗަށް) އަރައިގެންދާ މީހެކޭ އެއްފަދައިން އެކަލާނގެ އެމީހެއްގެ ހިތުގައި ދަތިކަމާއި، ނުތަނަވަސްކަން ލައްވަތެވެ. ހަމައެފަދައިން، إيمان ނުވާ މީހުންގެ މައްޗަށް، اللّهގެ عذابއާއި ކޯފާ ލައްވަތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَهَـٰذَا صِرَٲطُ رَبِّكَ مُسۡتَقِيمً۬اۗ قَدۡ فَصَّلۡنَا ٱلۡأَيَـٰتِ لِقَوۡمٍ۬ يَذَّكَّرُونَ 126
މިއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތައް تفصيلކޮށް ބަޔާންކޮށްދެއްވީ نصيحةލިބިގަންނަ ބަޔަކަށެވެ.
Surah 6 · سورة الاٴنعَام
Juz 1
لَهُمۡ دَارُ ٱلسَّلَـٰمِ عِندَ رَبِّہِمۡۖ وَهُوَ وَلِيُّهُم بِمَا كَانُواْ يَعۡمَلُونَ 127
އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި، އަމާންކަމުގެ ގޮވަތި (ކަމުގައިވާ ސުވަރުގެ) އެއުރެންނަށް ހުށްޓެވެ. އަދި އެކަލާނގެއީ، އެއުރެން ކޮށްއުޅުނު
عملތަކުގެ ސަބަބުން، އެއުރެންނަށް نصرދެއްވާ، ވާގިދެއްވާ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَيَوۡمَ يَحۡشُرُهُمۡ جَمِيعً۬ا يَـٰمَعۡشَرَ ٱلۡجِنِّ قَدِ ٱسۡتَكۡثَرۡتُم مِّنَ ٱلۡإِنسِۖ وَقَالَ أَوۡلِيَآؤُهُم مِّنَ ٱلۡإِنسِ رَبَّنَا ٱسۡتَمۡتَعَ بَعۡضُنَا بِبَعۡضٍ۬ وَبَلَغۡنَآ أَجَلَنَا ٱلَّذِىٓ أَجَّلۡتَ لَنَاۚ قَالَ ٱلنَّارُ مَثۡوَٮٰكُمۡ خَـٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ۬ 128
އެކަލާނގެ، އެއުރެން އެންމެން އެއްކުރައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން، އެކަލާނގެ وحىކުރައްވާނެތެވެ.) އޭ ޖިންނީންގެ جماعةގެ މީހުންނޭވެ! ތިޔަބައިމީހުން އިންސީންގެ ވަރަށްގިނަ މީހުންނަށް މަގުއޮޅުވައިލީމުއެވެ. ދެން އިންސީންގެ ތެރެއިން އެއުރެންގެ އެކުވެރިން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ އެއްބަޔަކު އަނެއްބަޔެއްގެ ކިބައިން ފައިދާ ހޯދީމުއެވެ. އަދި އިބަރަސްކަލާނގެ، އަޅަމެންނަށް ކަނޑައަޅުއްވައިދެއްވައިފައިވާ أجلއަށް އަޅަމެން ފޯރައްޖައީމުއެވެ. އެކަލާނގެ وحىކުރައްވާނެތެވެ. ތިޔަބައިމީހުން ތިބޭނެ ތަނަކީ ނަރަކައެވެ. اللَّه އިރާދަކުރެއްވި ވަގުތަކަށް މެނުވީ، އެއުރެން އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، حكيمވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَكَذَٲلِكَ نُوَلِّى بَعۡضَ ٱلظَّـٰلِمِينَ بَعۡضَۢا بِمَا كَانُواْ يَكۡسِبُونَ 129
ހަމައެފަދައިން އެއުރެން ހޯދައިގަތް ކަމުގައިވީ ކަންތަކުގެ ސަބަބުން، ތިމަންރަސްކަލާނގެ އަނިޔާވެރިންގެ އެއްބަޔަކު އަނެއްބަޔަކާ މަތިކުރެއްވީމެވެ.
Surah 6 · سورة الاٴنعَام
Juz 1
يَـٰمَعۡشَرَ ٱلۡجِنِّ وَٱلۡإِنسِ أَلَمۡ يَأۡتِكُمۡ رُسُلٌ۬ مِّنكُمۡ يَقُصُّونَ عَلَيۡڪُمۡ ءَايَـٰتِى وَيُنذِرُونَكُمۡ لِقَآءَ يَوۡمِكُمۡ هَـٰذَاۚ قَالُواْ شَہِدۡنَا عَلَىٰٓ أَنفُسِنَاۖ وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَا وَشَہِدُواْ عَلَىٰٓ أَنفُسِہِمۡ أَنَّهُمۡ كَانُواْ ڪَـٰفِرِينَ 130
އޭ ޖިންނީންނާއި އިންސީންގެ جماعةގެ މީހުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ތިމަންރަސްކަލާނގެ آيةތަކުގެ ވާހަކަ ތިޔަބައިމީހުންނަށް ކިޔައިދެއްވައި، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަމުގެ إنذارކުރައްވާނެ رسولންތަކެއް، ތިޔަބައިމީހުންގެ ގާތަށް ވަޑައިނުގަންނަވާހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ އަމިއްލަ نفسތަކުގެ މައްޗަށް އަޅަމެން ހެކިދީފީމުއެވެ. ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރި ކުރުވީއެވެ. އަދި އެއުރެން كافرން ކަމުގައި ވީކަމަށް އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް، އެއުރެން ހެކިދީފިއެވެ.
Surah 6 · سورة الاٴنعَام
Juz 1
ذَٲلِكَ أَن لَّمۡ يَكُن رَّبُّكَ مُهۡلِكَ ٱلۡقُرَىٰ بِظُلۡمٍ۬ وَأَهۡلُهَا غَـٰفِلُونَ 131
ކަންހުރީ އެހެންނެވެ. ރަށްތަކުގެ أهلވެރިން غافلވެފައި ތިއްބައި، އަނިޔާވެރިކަމުގެގޮތުން އެރަށްރަށް ހަލާކުކުރައްވާ ކަލަކު ކަމުގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނުވެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَلِڪُلٍّ۬ دَرَجَـٰتٌ۬ مِّمَّا عَمِلُواْۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا يَعۡمَلُونَ 132
އަދި ކޮންމެ ބަޔަކަށްމެ އެބަޔަކު ކުޅަ عملތަކާ އެއްގޮތަށް ދަރަޖަތަކެއް ހުށްޓެވެ. އަދި އެއުރެން ކުރާ عملތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ
غافلވެ ވޮޑިގެނެއްނުވެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَرَبُّكَ ٱلۡغَنِىُّ ذُو ٱلرَّحۡمَةِۚ إِن يَشَأۡ يُذۡهِبۡڪُمۡ وَيَسۡتَخۡلِفۡ مِنۢ بَعۡدِڪُم مَّا يَشَآءُ كَمَآ أَنشَأَڪُم مِّن ذُرِّيَّةِ قَوۡمٍ ءَاخَرِينَ 133
ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، رحمةގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކުރައްވައި، ތިޔަބައިމީހުންގެ ފަހަށް، އެކަލާނގެ އިރާދަކުރައްވާ ބަޔަކު ފޮނުއްވައިފާހުށްޓެވެ. އެއީ ތިޔަބައިމީހުން، އެހެން قومއެއްގެ ދަރިކޮޅުން އުފެއްދެވި ފަދައިންނެވެ.
Surah 6 · سورة الاٴنعَام
Juz 1
إِنَّ مَا تُوعَدُونَ لَأَتٍ۬ۖ وَمَآ أَنتُم بِمُعۡجِزِينَ 134
ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعدކުރައްވާ ކަންތަކަކީ، އަންނާނެކަން ކަށަވަރު ކަންތަކެވެ. އަދި ތިޔަބައިމީހުންނަކީ، (ތިމަންރަސްކަލާނގެ) ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެއެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ يَـٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِڪُمۡ إِنِّى عَامِلٌ۬ۖ فَسَوۡفَ تَعۡلَمُونَ مَن تَكُونُ لَهُ ۥ عَـٰقِبَةُ ٱلدَّارِۗ إِنَّهُ ۥ لَا يُفۡلِحُ ٱلظَّـٰلِمُونَ 135
ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން، ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން عملކޮށް ބަލާށެވެ! ހަމަކަށަވަރުން، އަހުރެން، އަހުރެންގެ ގޮތުގައި عملކުރާނަމެވެ. آخرةދުވަހުން تعريفލިބިގެންވާ ނިމުމެއް ލިބޭނީ، ކޮންބަޔަކަށްކަން ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭނެތެވެ. ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިންނަވާހުއްޓެވެ.
Surah 6 · سورة الاٴنعَام
Juz 1
وَجَعَلُواْ لِلَّهِ مِمَّا ذَرَأَ مِنَ ٱلۡحَرۡثِ وَٱلۡأَنۡعَـٰمِ نَصِيبً۬ا فَقَالُواْ هَـٰذَا لِلَّهِ بِزَعۡمِهِمۡ وَهَـٰذَا لِشُرَكَآٮِٕنَاۖ فَمَا ڪَانَ لِشُرَڪَآٮِٕهِمۡ فَلَا يَصِلُ إِلَى ٱللَّهِۖ وَمَا ڪَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَڪَآٮِٕهِمۡۗ سَآءَ مَا يَحۡڪُمُونَ 136
އެ (كافرވި) މީހުން، اللَّهއަށް އެކަލާނގެ އުފެއްދެވި ތަކެތީގެ ތެރެއިން، ދަނޑުގޮވާމާއި، نعمސޫފީން ބައެއް އެޅޫއެވެ. (އަދި، އެއުރެންގެ شريكންނަށްވެސް ބައެއްއެޅޫއެވެ.) އެއުރެންގެ باطل ހީއާއެއްގޮތަށް، އެއުރެންބުނީ، މިބައި މިއީ اللَّهއަށެވެ. އަދި މިހިރަ ބައި އެއީ، ތިމަންމެންގެ
شريكންނަށެވެ. ފަހެ، އެއުރެންގެ شريكންނަށްވީ ބައިގެ އެއްޗެއް، اللَّه (ހޭދަކުރުމަށްއެންގެވި) ފަރާތަކަށް ނުލިބެއެވެ. اللَّهއަށް އެޅިބައި، އެއުރެންގެ شريكންނަށް ލިބެއެވެ. އެއުރެން ކުރާ
حكم ހާދަހާ ނުބައިވެގެންވެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَڪَذَٲلِكَ زَيَّنَ لِڪَثِيرٍ۬ مِّنَ ٱلۡمُشۡرِڪِينَ قَتۡلَ أَوۡلَـٰدِهِمۡ شُرَڪَآؤُهُمۡ لِيُرۡدُوهُمۡ وَلِيَلۡبِسُواْ عَلَيۡهِمۡ دِينَهُمۡۖ وَلَوۡ شَآءَ ٱللَّهُ مَا فَعَلُوهُۖ فَذَرۡهُمۡ وَمَا يَفۡتَرُونَ 137
ހަމައެފަދައިން، مشركންގެ ގިނަ މީހުންނަށް އެއުރެންގެ ދަރިން މެރުމަށް، އެއުރެންގެ شريكން، ޒީނަތްތެރިކޮށް ދެއްކިއެވެ. އެއީ އެއުރެން ހަލާކުގެ ތެރެޔަށް ފޮނުވުމަށެވެ. އަދި އެއުރެންނަށް އެއުރެންގެ ދީން އޮޅުވާލުމަށެވެ.
اللَّه އިރާދަކުރެއްވިނަމަ، އެއުރެން އެކަމެއް ނުކުރީހެވެ. ފަހެ، ކަލޭގެފާނު އެއުރެން ހަދާ ދޮގުތަކާއެކު، އެއުރެން ދޫކޮށްލައްވާށެވެ!
Surah 6 · سورة الاٴنعَام
Juz 1
وَقَالُواْ هَـٰذِهِۦۤ أَنۡعَـٰمٌ۬ وَحَرۡثٌ حِجۡرٌ۬ لَّا يَطۡعَمُهَآ إِلَّا مَن نَّشَآءُ بِزَعۡمِهِمۡ وَأَنۡعَـٰمٌ حُرِّمَتۡ ظُهُورُهَا وَأَنۡعَـٰمٌ۬ لَّا يَذۡكُرُونَ ٱسۡمَ ٱللَّهِ عَلَيۡهَا ٱفۡتِرَآءً عَلَيۡهِۚ سَيَجۡزِيهِم بِمَا ڪَانُواْ يَفۡتَرُونَ 138
އެއުރެން ބުނެފޫއެވެ. މިހިރީ، މަނާކޮށްފައިވާ نعمސޫފިތަކާއި ދަނޑުގޮވާންތަކެވެ. އެއުރެން ހީކުރާ ގޮތުގައި، އެއުރެން އެދޭ ބަޔަކު މެނުވީ، އެތަކެތި ކައިގެން ނުވާނެތެވެ. އަދި މިތިބީ އޭގެ ބުރިކަށިތައް حرامކޮށްފައިވާ نعمސޫފިތަކެވެ. އަދި މިތިބީ، (ކަތިލާހިނދު) އޭގެ މައްޗަށް އެއުރެން، اللَّهގެ اسمފުޅު ނަންނުގަންނަ نعمސޫފިތަކެވެ. (މިހުރިހާ ކަމެއް އެއުރެން ކުރަނީ) އެކަލާނގެއަށް ދޮގުހެދުމުގެ ގޮތުންނެވެ. އެއުރެން ހަދާ އުޅުނު ދޮގުތަކުގެ ސަބަބުން، އެކަލާނގެ އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ.
Surah 6 · سورة الاٴنعَام
Juz 1
وَقَالُواْ مَا فِى بُطُونِ هَـٰذِهِ ٱلۡأَنۡعَـٰمِ خَالِصَةٌ۬ لِّذُڪُورِنَا وَمُحَرَّمٌ عَلَىٰٓ أَزۡوَٲجِنَاۖ وَإِن يَكُن مَّيۡتَةً۬ فَهُمۡ فِيهِ شُرَڪَآءُۚ سَيَجۡزِيهِمۡ وَصۡفَهُمۡۚ إِنَّهُ ۥ حَڪِيمٌ عَلِيمٌ۬ 139
އަދި އެއުރެން ބުނެފޫއެވެ. މި نعمސޫފިތަކުގެ ބަނޑުތެރޭގައިވާ ތަކެތި، حلالވެގެންވަނީ، އަހުރެމެންކުރެ ފިރިހެނުންނަށެވެ. އަދި އެތަކެތި ވަނީ، އަހުރެމެންގެ އަންހެނުންގެ މައްޗަށް حرامވެގެންނެވެ. އެތަކެތި މަރުވެފައިވާނަމަ، އެކެއުމުގައި އެންމެން ހަމަހަމައެވެ. އެއުރެން (އެތަކެއްޗަށް حلال ނުވަތަ حرامކަމުގެ) ސިފަދިނުމުގެ ސަބަބުން، އެއުރެންނަށް އެކަލާނގެ عقوبات ދެއްވާނެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حكيمވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
قَدۡ خَسِرَ ٱلَّذِينَ قَتَلُوٓاْ أَوۡلَـٰدَهُمۡ سَفَهَۢا بِغَيۡرِ عِلۡمٍ۬ وَحَرَّمُواْ مَا رَزَقَهُمُ ٱللَّهُ ٱفۡتِرَآءً عَلَى ٱللَّهِۚ قَدۡ ضَلُّواْ وَمَا ڪَانُواْ مُهۡتَدِينَ 140
އެއްވެސް علمއަކާނުލައި، ޖާހިލުކަމުން އެއުރެންގެ ދަރިން قتلކޮށް، އެއުރެންނަށް اللَّه ދެއްވި ތަކެތި، اللَّهއަށް ދޮގުހެދުމުގެ ގޮތުން، حرامކުޅަ މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އެއުރެން މަގުފުރެދިއްޖެކަން يقينއެވެ. އަދި އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައިވެސް ނުވެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَهُوَ ٱلَّذِىٓ أَنشَأَ جَنَّـٰتٍ۬ مَّعۡرُوشَـٰتٍ۬ وَغَيۡرَ مَعۡرُوشَـٰتٍ۬ وَٱلنَّخۡلَ وَٱلزَّرۡعَ مُخۡتَلِفًا أُڪُلُهُ ۥ وَٱلزَّيۡتُونَ وَٱلرُّمَّانَ مُتَشَـٰبِہً۬ا وَغَيۡرَ مُتَشَـٰبِهٍ۬ۚ ڪُلُواْ مِن ثَمَرِهِۦۤ إِذَآ أَثۡمَرَ وَءَاتُواْ حَقَّهُ ۥ يَوۡمَ حَصَادِهِۦۖ وَلَا تُسۡرِفُوٓاْۚ إِنَّهُ ۥ لَا يُحِبُّ ٱلۡمُسۡرِفِينَ 141
އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ حال، ކަދުރުރުކާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ حالގައްޔާއި، އެއްވައްތަރުވެގެން ނުވާ حالގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި ރަސްކަލާނގެއެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާންކަނޑާ ދުވަހަކުން، އޭގެ زكاةދޭށެވެ! އަދި ތިޔަބައިމީހުން إسراف ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، إسرافކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَمِنَ ٱلۡأَنۡعَـٰمِ حَمُولَةً۬ وَفَرۡشً۬اۚ ڪُلُواْ مِمَّا رَزَقَكُمُ ٱللَّهُ وَلَا تَتَّبِعُواْ خُطُوَٲتِ ٱلشَّيۡطَـٰنِۚ إِنَّهُ ۥ لَكُمۡ عَدُوٌّ۬ مُّبِينٌ۬ 142
އަދި نعمސޫފީގެ ތެރެއިން، އެއްޗެތި އުފުލާ އުސްތަކެއްޗާއި، އަދި (އެކަމަށް ކުޅަދާނަވެގެން ނުވާ) ބިމަށްތިރި ތަކެތި، އެކަލާނގެ އުފެއްދެވިއެވެ. ތިޔަބައިމީހުންނަށް اللَّه ދެއްވި ތަކެތިން ތިޔަބައިމީހުން ކާށެވެ! އަދި شيطانއާގެ ފިޔަވަޅުތަކަށް،
ތިޔަބައިމީހުން تبع ނުވާށެވެ! ހަމަކަށަވަރުން، އެ شيطانއާއީ، ތިޔަބައިމީހުންނަށް ކަނޑައެޅި ބަޔާންވެގެންހުރި عداوةތެރިއެކެވެ.
Surah 6 · سورة الاٴنعَام
Juz 1
ثَمَـٰنِيَةَ أَزۡوَٲجٍ۬ۖ مِّنَ ٱلضَّأۡنِ ٱثۡنَيۡنِ وَمِنَ ٱلۡمَعۡزِ ٱثۡنَيۡنِۗ قُلۡ ءَآلذَّڪَرَيۡنِ حَرَّمَ أَمِ ٱلۡأُنثَيَيۡنِ أَمَّا ٱشۡتَمَلَتۡ عَلَيۡهِ أَرۡحَامُ ٱلۡأُنثَيَيۡنِۖ نَبِّـُٔونِى بِعِلۡمٍ إِن ڪُنتُمۡ صَـٰدِقِينَ 143
އަންހެން ފިރިހެން، އަށެތި އުފައްދަވާފައިވެއެވެ. އެއީ ضأن ބަކަރީގެ(އަންހެން، ފިރިހެން) ދެއެއްޗާއި، مَعز ބަކަރީގެ(އަންހެން، ފިރިހެން) ދެއެއްޗެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެ حرامކުރައްވާފައިވަނީ، އެ ފިރިހެން ދޭތިހެއްޔެވެ؟ ނުވަތަ އެ އަންހެން ދޭތިހެއްޔެވެ؟ ނުވަތަ އެ އަންހެން ދޭތީގެ ބަނޑުގައިވާ ދަރިންހެއްޔެވެ؟ ތިޔަބައިމީހުންނަކީ، ތެދުވެރިން ކަމުގައިވާނަމަ، (ތިޔަބައިމީހުންނަށް ލިބިފައިވާ) علمއަކާއެކު، ތިމަންކަލޭގެފާނަށް خبرދީބަލާށެވެ!
Surah 6 · سورة الاٴنعَام
Juz 1
وَمِنَ ٱلۡإِبِلِ ٱثۡنَيۡنِ وَمِنَ ٱلۡبَقَرِ ٱثۡنَيۡنِۗ قُلۡ ءَآلذَّڪَرَيۡنِ حَرَّمَ أَمِ ٱلۡأُنثَيَيۡنِ أَمَّا ٱشۡتَمَلَتۡ عَلَيۡهِ أَرۡحَامُ ٱلۡأُنثَيَيۡنِۖ أَمۡ ڪُنتُمۡ شُہَدَآءَ إِذۡ وَصَّٮٰڪُمُ ٱللَّهُ بِهَـٰذَاۚ فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ ڪَذِبً۬ا لِّيُضِلَّ ٱلنَّاسَ بِغَيۡرِ عِلۡمٍۗ إِنَّ ٱللَّهَ لَا يَہۡدِى ٱلۡقَوۡمَ ٱلظَّـٰلِمِينَ 144
އަދި ޖަމަލުގެ(އަންހެން، ފިރިހެން) ދެއެއްޗާއި، ގެރީގެ (އަންހެން، ފިރިހެން) ދެއެއްޗެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެ حرامކުރެއްވީ އެ ފިރިހެން ދޭތިހެއްޔެވެ؟ ނުވަތަ އެ އަންހެން ދޭތިހެއްޔެވެ؟ ނުވަތަ އެއަންހެން ދޭތީގެ ބަނޑުގައިވާ ދަރިން ހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންނަށް، اللَّه މި وصيةކުރެއްވިއިރު، ހެކިންގެ ގޮތުގައި ތިޔަބައިމީހުން حاضرވެ ތިބީމުހެއްޔެވެ؟ علمއަކާނުލައި، މީސްތަކުން މަގުފުރެއްދުމަށްޓަކައި، اللَّهއާމެދު، ހަދައިގެން ދޮގުބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑުމީހަކީ ފަހެ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދަންކަވާނެއެވެ.
Surah 6 · سورة الاٴنعَام
Juz 1
قُل لَّآ أَجِدُ فِى مَآ أُوحِىَ إِلَىَّ مُحَرَّمًا عَلَىٰ طَاعِمٍ۬ يَطۡعَمُهُ ۥۤ إِلَّآ أَن يَكُونَ مَيۡتَةً أَوۡ دَمً۬ا مَّسۡفُوحًا أَوۡ لَحۡمَ خِنزِيرٍ۬ فَإِنَّهُ ۥ رِجۡسٌ أَوۡ فِسۡقًا أُهِلَّ لِغَيۡرِ ٱللَّهِ بِهِۦۚ فَمَنِ ٱضۡطُرَّ غَيۡرَ بَاغٍ۬ وَلَا عَادٍ۬ فَإِنَّ رَبَّكَ غَفُورٌ۬ رَّحِيمٌ۬ 145
ކަލޭގެފާނު ވިދާޅުވާށެވެ! ކާ މީހަކަށް ކެއުން حرامކުރައްވާފައިވާ އެއްޗެއް، ތިމަންކަލޭގެފާނަށް އިއްވެވި وحىގެ ތެރޭގައި ވާތީ ދެކެވަޑައެއް ނުގަންނަވަމެވެ.
އަދި އެ އެއްޗަކީ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، އެ އޫރު މަހަކީ، ހަޑިމުޑުދާރު އެއްޗެކެވެ. ނުވަތަ اللَّه ނޫންފަރާތަކަށް ކަތިލާފައިވާ فاسق އެއްޗެއްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. (އެބަހީ: މިހަތަރު ބާވަތް حرامވެގެންވެއެވެ.) ފަހެ، ނުކިޔަމަންތެރިވެ ދެކޮޅުވެރިވުމެއް އަދި ހައްދުފަހަނަޅައިދިޔުމެއް ނެތި، މަޖޫބުރުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.
Surah 6 · سورة الاٴنعَام
Juz 1
وَعَلَى ٱلَّذِينَ هَادُواْ حَرَّمۡنَا ڪُلَّ ذِى ظُفُرٍ۬ۖ وَمِنَ ٱلۡبَقَرِ وَٱلۡغَنَمِ حَرَّمۡنَا عَلَيۡهِمۡ شُحُومَهُمَآ إِلَّا مَا حَمَلَتۡ ظُهُورُهُمَآ أَوِ ٱلۡحَوَايَآ أَوۡ مَا ٱخۡتَلَطَ بِعَظۡمٍ۬ۚ ذَٲلِكَ جَزَيۡنَـٰهُم بِبَغۡيِہِمۡۖ وَإِنَّا لَصَـٰدِقُونَ 146
ނިޔަފަތިހުރި ކޮންމެ ސޫތްޕެއް، ޔަހޫދީންގެ މައްޗަށް ތިމަންރަސްކަލާނގެ حرامކުރެއްވީމެވެ. އަދި ގެރިއާއި، ބަކަރީން އޭގެ ބުރިކަށީގައިވާ ސަރުބީއާއި، އޭގެ ގޮހޮރުގައިވާ ސަރުބީއާއި، ކަށްޓާ އެކުވެފައިވާ ސަރުބީފިޔަވައި، އެދޭތީގެ ސަރުބީ، އެއުރެންގެ މައްޗަށް حرامކުރެއްވީމެވެ. އެގޮތުން، ތިމަންރަސްކަލާނގެ އެއުރެންނަށް ޖަޒާދެއްވީ، އެއުރެންގެ ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ސަބަބުންނެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތެދު وحىކުރައްވާ ރަސްކަލާނގެކަން ކަށަވަރެވެ.
Surah 6 · سورة الاٴنعَام
Juz 1
فَإِن ڪَذَّبُوكَ فَقُل رَّبُّڪُمۡ ذُو رَحۡمَةٍ۬ وَٲسِعَةٍ۬ وَلَا يُرَدُّ بَأۡسُهُ ۥ عَنِ ٱلۡقَوۡمِ ٱلۡمُجۡرِمِينَ 147
ފަހެ، އެއުރެން ކަލޭގެފާނު ދޮގުކޮށްފިނަމަ، ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ތަނަވަސްވެގެންވާ رحمةގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ عذاب (އަތުވެއްޖެނަމަ) ކުށްވެރިވީ މީހުންގެ ކިބައިން އަނބުރާ ރައްދުނުކުރައްވާ ހުށްޓެވެ.
Surah 6 · سورة الاٴنعَام
Juz 1
سَيَقُولُ ٱلَّذِينَ أَشۡرَكُواْ لَوۡ شَآءَ ٱللَّهُ مَآ أَشۡرَڪۡنَا وَلَآ ءَابَآؤُنَا وَلَا حَرَّمۡنَا مِن شَىۡءٍ۬ۚ ڪَذَٲلِكَ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ حَتَّىٰ ذَاقُواْ بَأۡسَنَاۗ قُلۡ هَلۡ عِندَڪُم مِّنۡ عِلۡمٍ۬ فَتُخۡرِجُوهُ لَنَآۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ أَنتُمۡ إِلَّا تَخۡرُصُونَ 148
شريكކުޅަ މީހުން ބުނާނެތެވެ. اللَّه އިރާދަކުރެއްވިނަމަ ތިމަންމެން، އަދި ތިމަންމެންގެ ކާބަފައިންވެސް، شريكއެއް ނުކުޅައީހެވެ. އަދި ތިމަންމެން އެއްވެސް އެއްޗެއް حرامކޮށެއްވެސް ނުހެދީމުހެވެ. ހަމައެފަދައިން، އެއުރެންގެ ކުރީގެ މީހުން، ތިމަންރަސްކަލާނގެ عذابގެ ރަހަ ލިބިއްޖައުމަށްދާނދެން (رسولން) ދޮގުކުޅައޫވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، އަހުރެމެންނަށް ނެރެދައްކައިދޭނޭ އެއްވެސް علمއެއް، ތިޔަބައިމީހުންގެ ކިބައިގައި ވޭހެއްޔެވެ؟ ތިޔަބައިމީހުން تبعވަނީ، ހީއަކަށް ކަމުގައި މެނުވީ ނުވެއެވެ. އަދި ތިޔަބައިމީހުން ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ ނުވެއެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ فَلِلَّهِ ٱلۡحُجَّةُ ٱلۡبَـٰلِغَةُۖ فَلَوۡ شَآءَ لَهَدَٮٰكُمۡ أَجۡمَعِينَ 149
ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އެންމެ ފުރިހަމަ حجّةވަނީ اللَّه އަށެވެ. ފަހެ، އެކަލާނގެ އިރާދަކުރެއްވިނަމަ، ތިޔަބައިމީހުން އެންމެންނަށް، ތެދުމަގު ދައްކަވައިފީސްކަން ކަށަވަރެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ هَلُمَّ شُہَدَآءَكُمُ ٱلَّذِينَ يَشۡهَدُونَ أَنَّ ٱللَّهَ حَرَّمَ هَـٰذَاۖ فَإِن شَہِدُواْ فَلَا تَشۡهَدۡ مَعَهُمۡۚ وَلَا تَتَّبِعۡ أَهۡوَآءَ ٱلَّذِينَ كَذَّبُواْ بِـَٔايَـٰتِنَا وَٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأَخِرَةِ وَهُم بِرَبِّهِمۡ يَعۡدِلُونَ 150
ކަލޭގެފާނު ވިދާޅުވާށެވެ. اللَّه މި ތަކެތި حرامކުރެއްވިކަމަށް ހެކިވާނެ ހެކިން ތިޔަބައިމީހުން ގެންނާށެވެ! ދެން އެއުރެން، ހެކިދިން ނަމަވެސް، ކަލޭގެފާނު އެއުރެންނާ އެކުގައި ހެކިވެވަޑައިނުގަންނަވާށެވެ! އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް، شريكކުރާ حال، ތިމަންރަސްކަލާނގެ آيةތައް ދޮގުކޮށް، آخرةދުވަހަށް إيمان ނުވާ މީހުން، ހިތް އެދޭ ގޮތްތަކަށް ކަލޭގެފާނު تبعވެވަޑައިނުގަންނަވާށެވެ!
Surah 6 · سورة الاٴنعَام
Juz 1
قُلۡ تَعَالَوۡاْ أَتۡلُ مَا حَرَّمَ رَبُّڪُمۡ عَلَيۡڪُمۡۖ أَلَّا تُشۡرِكُواْ بِهِۦ شَيۡـًٔ۬اۖ وَبِٱلۡوَٲلِدَيۡنِ إِحۡسَـٰنً۬اۖ وَلَا تَقۡتُلُوٓاْ أَوۡلَـٰدَڪُم مِّنۡ إِمۡلَـٰقٍ۬ۖ نَّحۡنُ نَرۡزُقُڪُمۡ وَإِيَّاهُمۡۖ وَلَا تَقۡرَبُواْ ٱلۡفَوَٲحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَۖ وَلَا تَقۡتُلُواْ ٱلنَّفۡسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّۚ ذَٲلِكُمۡ وَصَّٮٰكُم بِهِۦ لَعَلَّكُمۡ تَعۡقِلُونَ 151
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حرامކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި فقيرކަމުގެ ސަބަބުން ތިޔަބައިމީހުން
ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް رزقދެއްވަނީ، ތިމަންރަސްކަލާނގެއެވެ. އަދި فاحش ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި
اللَّه حرمةތެރި ކުރައްވާފައިވާ نفسއެއް، حقއަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް وصيةކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.
Surah 6 · سورة الاٴنعَام
Juz 1
وَلَا تَقۡرَبُواْ مَالَ ٱلۡيَتِيمِ إِلَّا بِٱلَّتِى هِىَ أَحۡسَنُ حَتَّىٰ يَبۡلُغَ أَشُدَّهُ ۥۖ وَأَوۡفُواْ ٱلۡڪَيۡلَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَاۖ وَإِذَا قُلۡتُمۡ فَٱعۡدِلُواْ وَلَوۡ ڪَانَ ذَا قُرۡبَىٰۖ وَبِعَهۡدِ ٱللَّهِ أَوۡفُواْۚ ذَٲلِڪُمۡ وَصَّٮٰكُم بِهِۦ لَعَلَّكُمۡ تَذَكَّرُونَ 152
ރަނގަޅުގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! އެކުދިން ބޮޑުވެ تصرف ފުދިއްޖައުމަށް ދާނދެނެވެ. އަދި ތިޔަބައިމީހުން، މިނުމާއި، ކިރުން إنصافވެރި ގޮތުން ފުރިހަމަ ކުރާށެވެ! ތިމަންރަސްކަލާނގެ އެއްވެސް
نفسއަކަށް، އެ نفسއަކަށް ކުޅަދާނަ ވެގެންވާ މިންވަރަށް މެނުވީ، تكليفއެއް ނުޖައްސަވަމެވެ. އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، عدلއަށް (ތެދަށް) ބުނާށެވެ! އަދި اللَّهގެ عهدތައް ތިޔަބައިމީހުން ފުއްދާށެވެ! އެކަންތައްތަކަށް، ތިޔަބައިމީހުންނަށް وصيةކުރެއްވީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.
Surah 6 · سورة الاٴنعَام
Juz 1
وَأَنَّ هَـٰذَا صِرَٲطِى مُسۡتَقِيمً۬ا فَٱتَّبِعُوهُۖ وَلَا تَتَّبِعُواْ ٱلسُّبُلَ فَتَفَرَّقَ بِكُمۡ عَن سَبِيلِهِۦۚ ذَٲلِكُمۡ وَصَّٮٰكُم بِهِۦ لَعَلَّڪُمۡ تَتَّقُونَ 153
އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبعވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ وصيةކުރެއްވީ، ތިޔަބައިމީހުން تقوىވެރިވުމަށްޓަކައެވެ.
Surah 6 · سورة الاٴنعَام
Juz 1
ثُمَّ ءَاتَيۡنَا مُوسَى ٱلۡكِتَـٰبَ تَمَامًا عَلَى ٱلَّذِىٓ أَحۡسَنَ وَتَفۡصِيلاً۬ لِّكُلِّ شَىۡءٍ۬ وَهُدً۬ى وَرَحۡمَةً۬ لَّعَلَّهُم بِلِقَآءِ رَبِّهِمۡ يُؤۡمِنُونَ 154
ދެން ހެޔޮعملކުޅަ މީހާއަށް (نعمة) ފުރިހަމަކޮށް ދެއްވުމަށާއި، ކޮންމެ ކަމެއް تفصيلކޮށް ބަޔާންކޮށްދެއްވުމަށާއި، هدايةއެއް ކަމުގައްޔާއި، رحمةއެއް ކަމުގައި، ތިމަންރަސްކަލާނގެ موسىގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެކަމަށް، އެއުރެން إيمانވުމަށްޓަކައެވެ.
Surah 6 · سورة الاٴنعَام
Juz 1
وَهَـٰذَا كِتَـٰبٌ أَنزَلۡنَـٰهُ مُبَارَكٌ۬ فَٱتَّبِعُوهُ وَٱتَّقُواْ لَعَلَّكُمۡ تُرۡحَمُونَ 155
މި قرآنއަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި، ބަރަކާތްތެރި ފޮތެކެވެ.ފަހެ، ތިޔަބައިމީހުން، އެފޮތަށް تبعވާށެވެ! އަދި ތިޔަބައިމީހުން تقوىވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمةލެއްވުމަށްޓަކައެވެ.
Surah 6 · سورة الاٴنعَام
Juz 1
أَن تَقُولُوٓاْ إِنَّمَآ أُنزِلَ ٱلۡكِتَـٰبُ عَلَىٰ طَآٮِٕفَتَيۡنِ مِن قَبۡلِنَا وَإِن كُنَّا عَن دِرَاسَتِہِمۡ لَغَـٰفِلِينَ 156
ފޮތް ބާވައިލެއްވިކަން ކަށަވަރީ، ތިމަންމެންގެ ކުރީގައިވާ (ޔަހޫދީންނާއި ނަޞާރާއިންނާއި) ދެބައިމީހުންގެ މައްޗަށޭ އަދި ތިމަންމެން، ހަމަކަށަވަރުންވެސް އެއުރެންގެ ފޮތްތައް ކިޔެވުމުން غافلވެގެން ތިބޭއޭ ތިޔަބައިމީހުންނަށް ނުބުނެވޭނެގޮތުން ( ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީމެވެ.)
Surah 6 · سورة الاٴنعَام
Juz 1
أَوۡ تَقُولُواْ لَوۡ أَنَّآ أُنزِلَ عَلَيۡنَا ٱلۡكِتَـٰبُ لَكُنَّآ أَهۡدَىٰ مِنۡہُمۡۚ فَقَدۡ جَآءَڪُم بَيِّنَةٌ۬ مِّن رَّبِّڪُمۡ وَهُدً۬ى وَرَحۡمَةٌ۬ۚ فَمَنۡ أَظۡلَمُ مِمَّن كَذَّبَ بِـَٔايَـٰتِ ٱللَّهِ وَصَدَفَ عَنۡہَاۗ سَنَجۡزِى ٱلَّذِينَ يَصۡدِفُونَ عَنۡ ءَايَـٰتِنَا سُوٓءَ ٱلۡعَذَابِ بِمَا كَانُواْ يَصۡدِفُونَ 157
ނުވަތަ ތިމަންމެންގެ މައްޗަށް ފޮތް ބާވައިލެއްވިނަމަ، އެއުރެންނަށްވުރެ، ތިމަންމެން ތެދުމަގު ލިބިގަތުން މާބޮޑުވީހޭ ބުނެފާނެތީއެވެ. ފަހެ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން، ސާފު ހެތްކަކާއި، ތެދުމަގަކާއި، رحمةއެއް، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެކަން ކަށަވަރެވެ. اللَّهގެ آيةތައް ދޮގުކޮށް،
އެ آيةތަކަށް ފުރަގަސްދީފި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑީ ފަހެ، ކާކުހެއްޔެވެ؟ ތިމަންރަސްކަލާނގެ آيةތަކަށް ފުރަގަސްދޭ މީހުންނަށް، އެއުރެން އެ آيةތަކަށް ފުރަގަސް ދިނުމުގެ ސަބަބުން، ތިމަންރަސްކަލާނގެ ގަދަ عذابން، ޖަޒާދެއްވާހުށީމެވެ.
Surah 6 · سورة الاٴنعَام
Juz 1
هَلۡ يَنظُرُونَ إِلَّآ أَن تَأۡتِيَهُمُ ٱلۡمَلَـٰٓٮِٕكَةُ أَوۡ يَأۡتِىَ رَبُّكَ أَوۡ يَأۡتِىَ بَعۡضُ ءَايَـٰتِ رَبِّكَۗ يَوۡمَ يَأۡتِى بَعۡضُ ءَايَـٰتِ رَبِّكَ لَا يَنفَعُ نَفۡسًا إِيمَـٰنُہَا لَمۡ تَكُنۡ ءَامَنَتۡ مِن قَبۡلُ أَوۡ كَسَبَتۡ فِىٓ إِيمَـٰنِہَا خَيۡرً۬اۗ قُلِ ٱنتَظِرُوٓاْ إِنَّا مُنتَظِرُونَ 158
އެއުރެންގެ ގާތަށް، ملائكةން ވަޑައިގަތުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (عذاب) އައުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ آيةތަކުގެ ތެރެއިން ބައެއް آية އައުމަށް މެނުވީ، އެއުރެން انتظارކުރޭހެއްޔެވެ؟ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ބައެއް آية (އެބަހީ: قيامةގެ علامةތައް) އަންނަ ދުވަހު، އޭގެކުރިން إيمانވެފައި ނުވާނަމަ، ނުވަތަ إيمانވެ ހެޔޮعملކޮށްފައި ނުވާނަމަ، އެއްވެސް نفسއަކަށް އެ نفسއެއްގެ إيمانއަކުން މަންފާއެއް ނުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން انتظارކުރާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް انتظارކުރާނޫއެވެ.
Surah 6 · سورة الاٴنعَام
Juz 1
إِنَّ ٱلَّذِينَ فَرَّقُواْ دِينَہُمۡ وَكَانُواْ شِيَعً۬ا لَّسۡتَ مِنۡہُمۡ فِى شَىۡءٍۚ إِنَّمَآ أَمۡرُهُمۡ إِلَى ٱللَّهِ ثُمَّ يُنَبِّئُہُم بِمَا كَانُواْ يَفۡعَلُونَ 159
ހަމަކަށަވަރުން، އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން، އެއްވެސް ކަމެއްގައި، ކަލޭގެފާނު ނުވަމުއެވެ. އެއުރެންގެ ކަންތައް އޮންނާނެކަން ކަށަވަރީ، اللَّهގެ حضرةއަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ވާހަކައިން، އެކަލާނގެ، އެއުރެންނަށް خبرއަންގަވާނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
مَن جَآءَ بِٱلۡحَسَنَةِ فَلَهُ ۥ عَشۡرُ أَمۡثَالِهَاۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجۡزَىٰٓ إِلَّا مِثۡلَهَا وَهُمۡ لَا يُظۡلَمُونَ 160
ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ثواب ހުށްޓެވެ. އަދި ނުބައިކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެފަދަ ކަމެއްގެ ޖަޒާ މެނުވީ، އެމީހަކަށް ނުލިބޭހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ إِنَّنِى هَدَٮٰنِى رَبِّىٓ إِلَىٰ صِرَٲطٍ۬ مُّسۡتَقِيمٍ۬ دِينً۬ا قِيَمً۬ا مِّلَّةَ إِبۡرَٲهِيمَ حَنِيفً۬اۚ وَمَا كَانَ مِنَ ٱلۡمُشۡرِكِينَ 161
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، ސީދާވެގެންވާ ތެދުމަގަށް ތިމަންކަލޭގެފާނަށް މަގު ދެއްކެވިއެވެ. އެއީ ސީދާވެގެންވާ ދީނެވެ. އެއީ باطلގެ މަގުން އެއްކިބާވެ، حقގެ މަގަށް تبعވެގެންވާ
إبراهيمގެފާނުގެ ދީނެވެ. އަދި مشركންގެ ތެރެއިން އެކަލޭގެފާނު ނުވެއެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ إِنَّ صَلَاتِى وَنُسُكِى وَمَحۡيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلۡعَـٰلَمِينَ 162
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالمތަކުގެ ވެރި اللَّهއަށެވެ.
Surah 6 · سورة الاٴنعَام
Juz 1
لَا شَرِيكَ لَهُ ۥۖ وَبِذَٲلِكَ أُمِرۡتُ وَأَنَا۟ أَوَّلُ ٱلۡمُسۡلِمِينَ 163
އެކަލާނގެއަށް އެއްވެސް شريكއަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި أمّةގެ) مسلمންކުރެ، އެންމެ ފުރަތަމަ މީހާއެވެ.
Surah 6 · سورة الاٴنعَام
Juz 1
قُلۡ أَغَيۡرَ ٱللَّهِ أَبۡغِى رَبًّ۬ا وَهُوَ رَبُّ كُلِّ شَىۡءٍ۬ۚ وَلَا تَكۡسِبُ ڪُلُّ نَفۡسٍ إِلَّا عَلَيۡہَاۚ وَلَا تَزِرُ وَازِرَةٌ۬ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَيُنَبِّئُكُم بِمَا كُنتُمۡ فِيهِ تَخۡتَلِفُونَ 164
ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހުރިހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެ ކަމުގައިވާ حال، ކަލަކު ކަމުގައި، اللَّه ފިޔަވައި އެހެން ފަރާތެއް ތިމަންކަލޭގެފާނު އެދޭނޭ ހެއްޔެވެ؟ ކޮންމެ نفسއެއްމެ، އެ نفسއެއް ހޯދައިގަތް ކަމެއް މެނުވީ،
އެ نفسއެއްގެ މައްޗަކަށް ނުވެއެވެ. އަދި ފާފަވެރި އެއްވެސް نفسއެއް، އެހެން
نفسއެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން އެނބުރި رجوعވުންހުރީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةއަށެވެ. އޭރުން، ތިޔަބައިމީހުން، އެކަންކަމާމެދު خلافވެ އުޅުނު ކަންތަކުގެ خبر ތިޔަބައިމީހުންނަށް، އެކަލާނގެ އަންގަވާނެތެވެ.
Surah 6 · سورة الاٴنعَام
Juz 1
وَهُوَ ٱلَّذِى جَعَلَڪُمۡ خَلَـٰٓٮِٕفَ ٱلۡأَرۡضِ وَرَفَعَ بَعۡضَكُمۡ فَوۡقَ بَعۡضٍ۬ دَرَجَـٰتٍ۬ لِّيَبۡلُوَكُمۡ فِى مَآ ءَاتَٮٰكُمۡۗ إِنَّ رَبَّكَ سَرِيعُ ٱلۡعِقَابِ وَإِنَّهُ ۥ لَغَفُورٌ۬ رَّحِيمُۢ 165
އެކަލާނގެއީ، ބިމުގެ خليفةއިން ކަމުގައި، ތިޔަބައިމީހުން ލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރެ، އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ދަރަޖަ މަތިވެރި ކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް، އެކަލާނގެ ދެއްވި ތަކެއްޗާމެދު، ތިޔަބައިމީހުން امتحانކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عقابދެއްވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.
އަދި ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.