بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
صٓۚ وَٱلۡقُرۡءَانِ ذِى ٱلذِّكۡرِ 1
ص (މިއަކުރުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.) ހަނދާންކޮށްދިނުމުގެ ވެރި قرآن ގަންދެއްވައި وحىކުރައްވަމެވެ. (ހަމަކަށަވަރުން، އެއީ حقތެދެވެ.)
بَلِ ٱلَّذِينَ كَفَرُواْ فِى عِزَّةٍ۬ وَشِقَاقٍ۬ 2
އަދި ކިއެއްތަ! كافرވި މީހުންވަނީ ބޮޑާކަމާއި، ދެކޮޅުވެރިކަމެއްގައެވެ.
كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّن قَرۡنٍ۬ فَنَادَواْ وَّلَاتَ حِينَ مَنَاصٍ۬ 3
އެއުރެންގެކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިން ހެއްޔެވެ؟ ފަހެ (އެއުރެންނަށް عذابއައިހިނދު) އެހީއަށްއެދި އެއުރެން ގޮވޫއެވެ. (އެހެނެއްކަމަކު) އެ وقتއަކީ، ސަލާމަތްވާންދާނެ ތަނެއްއޮތް وقتއެއްނޫނެވެ.
وَعَجِبُوٓاْ أَن جَآءَهُم مُّنذِرٌ۬ مِّنۡہُمۡۖ وَقَالَ ٱلۡكَـٰفِرُونَ هَـٰذَا سَـٰحِرٌ۬ كَذَّابٌ 4
އަދި އެއުރެންގެ ތެރެއިން إنذارކުރައްވާ ބޭކަލަކު، އެއުރެންގެ ގާތަށް ވަޑައިގަތުމުން، އެކަމާ އެއުރެން عجائبވޫއެވެ. އަދި އެ كافرވިމީހުން ބުނޫއެވެ. މިއީ ބޮޑު ދޮގުވެރި ޖާދޫގަރެކެވެ.
أَجَعَلَ ٱلۡأَلِهَةَ إِلَـٰهً۬ا وَٲحِدًاۖ إِنَّ هَـٰذَا لَشَىۡءٌ عُجَابٌ۬ 5
އެކަލޭގެފާނު ހުރިހާ إلهން އެއް إلهއަކަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ނުހަނު عجائبވާފަދަ ކަމެއްކަން ކަށަވަރެވެ.
وَٱنطَلَقَ ٱلۡمَلَأُ مِنۡہُمۡ أَنِ ٱمۡشُواْ وَٱصۡبِرُواْ عَلَىٰٓ ءَالِهَتِكُمۡۖ إِنَّ هَـٰذَا لَشَىۡءٌ۬ يُرَادُ 6
އަދި އެއުރެންގެ (އެބަހީ: مكةގެ كافرންގެ) ބޮޑުން (އެ مجلسން ވަކިވެ) ހިނގައިގެންފައި ބުނޫއެވެ. ހިނގާށެވެ! އަދި ތިޔަބައިމީހުންގެ إلهންނަށް އަޅުކަން ކުރުންމަތީ ކެތްކޮށްގެން ތިބޭށެވެ! ހަމަކަށަވަރުން، މިއީ (ތިމަންމެންނާމެދު) ރޭވި ގަސްދުކުރެވޭ ކަމެއްކަން ކަށަވަރެވެ.
مَا سَمِعۡنَا بِہَـٰذَا فِى ٱلۡمِلَّةِ ٱلۡأَخِرَةِ إِنۡ هَـٰذَآ إِلَّا ٱخۡتِلَـٰقٌ 7
އެންމެފަހު ملّةގައިވެސް (އެބަހީ: عيسىގެފާނުގެ ملّةގައިވެސް) މިކަހަލަ ވާހަކައެއް ތިމަންމެން ނާހަމުއެވެ. މިއީ ހަދައިގެންއުޅޭ ދޮގެއް ކަމުގައިނޫނީ ނުވެތެވެ.
أَءُنزِلَ عَلَيۡهِ ٱلذِّكۡرُ مِنۢ بَيۡنِنَاۚ بَلۡ هُمۡ فِى شَكٍّ۬ مِّن ذِكۡرِىۖ بَل لَّمَّا يَذُوقُواْ عَذَابِ 8
قرآن ބާވައިލެއްވީ އަހުރެމެންގެ ތެރެއިން އެކަލޭގެފާނުގެ މައްޗަށްހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންވަނީ، ތިމަންރަސްކަލާނގެ قرآنއާމެދު شكއެއްގައެވެ. އަދި ކިއެއްތަ! އެއުރެންނަށް، ތިމަންރަސްކަލާނގެ عذابގެ ރަހަ އަދި ނުލިބެނީއެވެ.
أَمۡ عِندَهُمۡ خَزَآٮِٕنُ رَحۡمَةِ رَبِّكَ ٱلۡعَزِيزِ ٱلۡوَهَّابِ 9
ނުވަތަ ކަލޭގެފާނުގެވެރި، ޢަޒީޒުވަންތަ، ގިނަގުނަ نعمةތައް ދެއްވާ ރަސްކަލާނގެ رحمةގެ خزانةތައް ވަނީ، އެއުރެންގެ ގާތުގައި ހެއްޔެވެ؟
أَمۡ لَهُم مُّلۡكُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَمَا بَيۡنَہُمَاۖ فَلۡيَرۡتَقُواْ فِى ٱلۡأَسۡبَـٰبِ 10
ނުވަތަ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެތީގެ ملكވެރިކަންވަނީ، އެއުރެންނަށް ހެއްޔެވެ؟ އެހެންވިއްޔާ ހަރުގަނޑަކުން އުޑަށް އަރައިބަލާށެވެ!
جُندٌ۬ مَّا هُنَالِكَ مَهۡزُومٌ۬ مِّنَ ٱلۡأَحۡزَابِ 11
އެއުރެންނީ އެތާނގައި (އެބަހީ: بدرގައި) ބަލިވާނެ جماعةގެ ތެރެއިން ހިމެނޭ (ނިކަމެތި) لشكرއެކެވެ.
كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٍ۬ وَعَادٌ۬ وَفِرۡعَوۡنُ ذُو ٱلۡأَوۡتَادِ 12
އެއުރެންގެކުރިން نوحގެފާނުގެ قومގެމީހުންނާއި، عادބާގައިމީހުންނާއި، ކަޑަތަކުގެވެރި فرعونއާއި، ثمودބާގައިމީހުންނާއި، لوطގެފާނުގެ قومގެމީހުންނާއި، الأيكةގެ އެކުވެރިން رسولން ދޮގުކުރޫއެވެ. އެ جماعةތަކަކީ އެއީއެވެ.
وَثَمُودُ وَقَوۡمُ لُوطٍ۬ وَأَصۡحَـٰبُ لۡـَٔيۡكَةِۚ أُوْلَـٰٓٮِٕكَ ٱلۡأَحۡزَابُ 13
އެއުރެންގެކުރިން نوحގެފާނުގެ قومގެމީހުންނާއި، عادބާގައިމީހުންނާއި، ކަޑަތަކުގެވެރި فرعونއާއި، ثمودބާގައިމީހުންނާއި، لوطގެފާނުގެ قومގެމީހުންނާއި، الأيكةގެ އެކުވެރިން رسولން ދޮގުކުރޫއެވެ. އެ جماعةތަކަކީ އެއީއެވެ.
إِن كُلٌّ إِلَّا ڪَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ 14
އެއިން ކޮންމެބަޔަކުމެ، رسولން ދޮގުކުރިބަޔަކު ކަމުގައި މެނުވީ ނުވެއެވެ. ފަހެ (އެއުރެންނަށް) ތިމަންރަސްކަލާނގެ عذاب حقވެއްޖެއެވެ.
وَمَا يَنظُرُ هَـٰٓؤُلَآءِ إِلَّا صَيۡحَةً۬ وَٲحِدَةً۬ مَّا لَهَا مِن فَوَاقٍ۬ 15
އަދި އެއުރެން ބިރުވެރި އެންމެ އަޑަކަށްމެނުވީ انتظارއެއް ނުކުރެތެވެ. އެ އަޑު ތަކުރާރުވުމެއްނެތެވެ.
وَقَالُواْ رَبَّنَا عَجِّل لَّنَا قِطَّنَا قَبۡلَ يَوۡمِ ٱلۡحِسَابِ 16
އެއުރެން ބުނާނެތެވެ. އަޅަމެންގެވެރިރަސްކަލާކޮ! حسابބައްލަވާދުވަހުގެ ކުރިން، އަޅަމެންގެ عملތަކުގެ ފަތް، އަޅަމެންނަށް އަވަހަށް ދެއްވާނދޭވެ!
ٱصۡبِرۡ عَلَىٰ مَا يَقُولُونَ وَٱذۡكُرۡ عَبۡدَنَا دَاوُ ۥدَ ذَا ٱلۡأَيۡدِۖ إِنَّهُ ۥۤ أَوَّابٌ 17
އެއުރެން އެބުނާ ބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ އަޅު، داودގެފާނު ހަނދުމަކުރައްވާށެވެ! އެކަލޭގެފާނީ، ބާރުގަދަ ބޭކަލެކެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ ގިނަގިނައިން توبةވެވަޑައިގަންނަވާ ބޭކަލެކެވެ.
إِنَّا سَخَّرۡنَا ٱلۡجِبَالَ مَعَهُ ۥ يُسَبِّحۡنَ بِٱلۡعَشِىِّ وَٱلۡإِشۡرَاقِ 18
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފަރުބަދަތައް خدمةތެރި ކުރެއްވީމެވެ. އެތަކެތި، އެކަލޭގެފާނުގެ އަރިހުގައި ހަވީރާއި، ހެނދުނުގައި تسبيحދަންނަވަތެވެ.
وَٱلطَّيۡرَ مَحۡشُورَةً۬ۖ كُلٌّ۬ لَّهُ ۥۤ أَوَّابٌ۬ 19
އަދި ދޫނިސޫފާސޫފި ޖަމާކުރައްވާފައިވާ حال، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް خدمةތެރި ކުރެއްވީމެވެ. އެހުރިހާ ތަކެތިވަނީ، އެކަލޭގެފާނަށް تبعވެ، ކިޔަމަންވެގެންނެވެ.
وَشَدَدۡنَا مُلۡكَهُ ۥ وَءَاتَيۡنَـٰهُ ٱلۡحِكۡمَةَ وَفَصۡلَ ٱلۡخِطَابِ 20
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ރަސްކަން ގަދަފަދަކޮށްދެއްވީމެވެ. އަދި ނަބީކަމާއި، އޮޅުމެއްނެތް ބަޔާންވެގެންވާ ވާހަކަފުޅުދެއްކެވުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.
۞ وَهَلۡ أَتَٮٰكَ نَبَؤُاْ ٱلۡخَصۡمِ إِذۡ تَسَوَّرُواْ ٱلۡمِحۡرَابَ 21
(داودގެފާނު އަޅުކަން ކުރައްވަން އިންނަވާ) محرابގެ ފާރުމަތިންއެރި خصمންގެ خبر، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
إِذۡ دَخَلُواْ عَلَىٰ دَاوُ ۥدَ فَفَزِعَ مِنۡہُمۡۖ قَالُواْ لَا تَخَفۡۖ خَصۡمَانِ بَغَىٰ بَعۡضُنَا عَلَىٰ بَعۡضٍ۬ فَٱحۡكُم بَيۡنَنَا بِٱلۡحَقِّ وَلَا تُشۡطِطۡ وَٱهۡدِنَآ إِلَىٰ سَوَآءِ ٱلصِّرَٲطِ 22
އެއުރެން، داودގެފާނު އިންނެވިތަނަށް ވަންހިނދު، އެކަލޭގެފާނު އެއުރެންދެކެ ސިހިވަޑައިގެންނެވިއެވެ. އެއުރެން ދެންނެވޫއެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ތިމަންމެންނީ ދެ خصمންނެވެ. ތިމަންމެންގެ އެކަކު އަނެކަކަށް އަނިޔާކޮށްފީމުއެވެ. ފަހެ، ކަލޭގެފާނު حقގޮތުގައި ތިމަންމެންގެ މެދުގައި حكمކޮށްދެއްވާށެވެ! އަދި ކަލޭގެފާނު عدلން އެއްކިބާވެވަޑައިނުގަންނަވާށެވެ! އަދި ތިމަންމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށެވެ!
إِنَّ هَـٰذَآ أَخِى لَهُ ۥ تِسۡعٌ۬ وَتِسۡعُونَ نَعۡجَةً۬ وَلِىَ نَعۡجَةٌ۬ وَٲحِدَةٌ۬ فَقَالَ أَكۡفِلۡنِيہَا وَعَزَّنِى فِى ٱلۡخِطَابِ 23
ހަމަކަށަވަރުން، މިއީ އަޅުގަނޑުގެ أخއެކެވެ. އޭނާއަށް ނުވަދިހަނުވަ ބަކަރިވެއެވެ. އަދި އަޅުގަނޑަށްވަނީ އެންމެ ބަކަރިއެކެވެ. ފަހެ، އޭނާ ބުންޏެވެ. (އެ ބަކަރިވެސް ތިމަންނާއަށް ދީ) އެ ބަލަހައްޓާ މީހަކީ ތިމަންނާކަމުގައި ހަދާށެވެ! އަދި ވާހަކަ ދައްކައިގެން އޭނާ އަޅުގަނޑުގެ މައްޗަށް ގަދަވެއްޖެއެވެ.
قَالَ لَقَدۡ ظَلَمَكَ بِسُؤَالِ نَعۡجَتِكَ إِلَىٰ نِعَاجِهِۦۖ وَإِنَّ كَثِيرً۬ا مِّنَ ٱلۡخُلَطَآءِ لَيَبۡغِى بَعۡضُہُمۡ عَلَىٰ بَعۡضٍ إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ وَقَلِيلٌ۬ مَّا هُمۡۗ وَظَنَّ دَاوُ ۥدُ أَنَّمَا فَتَنَّـٰهُ فَٱسۡتَغۡفَرَ رَبَّهُ ۥ وَخَرَّ رَاكِعً۬ا وَأَنَابَ ۩ 24
އެކަލޭގެފާނު ވިދާޅުވިއެވެ. ތިބާގެ ބަކަރި، އޭނާގެ ބަކަރިތަކުގެ ތެރެއަށް އިތުރުކުރުމަށް އެދުމުން، އޭނާ ތިބާޔަށް އަނިޔާކޮށްފިކަން ކަށަވަރެވެ. (މުދާ އެއްކޮށްލައިގެންއުޅޭ) ބައިވެރިންގެ ގިނަމީހުން، ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރެތެވެ. إيمانވެ، صالح عملތައްކުޅަ މީހުން މެނުވީއެވެ. އެއުރެންނީ ވަރަށްމަދު ބަޔެކެވެ. އަދި داودގެފާނަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު امتحانކުރެއްވީކަން އެނގިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށް ފާފަފުއްސެވުންއެދި ދެންނެވިއެވެ. އަދި سجدةއަށް ތިރިވެވަޑައިގެން توبةވެވަޑައިގަތެވެ.
فَغَفَرۡنَا لَهُ ۥ ذَٲلِكَۖ وَإِنَّ لَهُ ۥ عِندَنَا لَزُلۡفَىٰ وَحُسۡنَ مَـَٔابٍ۬ 25
ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެ ފާފަފުއްސެވީމެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނަށް، ތިމަންރަސްކަލާނގެ حضرةގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.
يَـٰدَاوُ ۥدُ إِنَّا جَعَلۡنَـٰكَ خَلِيفَةً۬ فِى ٱلۡأَرۡضِ فَٱحۡكُم بَيۡنَ ٱلنَّاسِ بِٱلۡحَقِّ وَلَا تَتَّبِعِ ٱلۡهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمۡ عَذَابٌ۬ شَدِيدُۢ بِمَا نَسُواْ يَوۡمَ ٱلۡحِسَابِ 26
އޭ داودގެފާނެވެ! ހަމަކަށަވަރުން، ބިމުގައި خليفةއެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި حقގޮތުގައި حكمކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު تبعވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللَّهގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، اللَّهގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) حسابބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ عذاب ހުށްޓެވެ.
وَمَا خَلَقۡنَا ٱلسَّمَآءَ وَٱلۡأَرۡضَ وَمَا بَيۡنَہُمَا بَـٰطِلاً۬ۚ ذَٲلِكَ ظَنُّ ٱلَّذِينَ كَفَرُواْۚ فَوَيۡلٌ۬ لِّلَّذِينَ كَفَرُواْ مِنَ ٱلنَّارِ 27
ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެދެމެދުގައިވާހާ ތަންތަނާއި ތަކެތި باطلގޮތެއްގައި ނަހައްދަވަމެވެ. އެއީ كافرވި މީހުން ހީކުރާގޮތެވެ. ފަހެ، كافرވި މީހުންނަށް، ނަރަކައިގެ عذابން ހަލާކުހުށްޓެވެ.
أَمۡ نَجۡعَلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ كَٱلۡمُفۡسِدِينَ فِى ٱلۡأَرۡضِ أَمۡ نَجۡعَلُ ٱلۡمُتَّقِينَ كَٱلۡفُجَّارِ 28
ނުވަތަ ބިމުގައި ފަސާދައުފައްދާ މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ، إيمانވެ صالح عملތައް ކުޅަމީހުން ލައްވާނެހެއްޔެވެ؟ ނުވަތަ كافرވި މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ تقوىވެރިން ލައްވާނެހެއްޔެވެ؟
كِتَـٰبٌ أَنزَلۡنَـٰهُ إِلَيۡكَ مُبَـٰرَكٌ۬ لِّيَدَّبَّرُوٓاْ ءَايَـٰتِهِۦ وَلِيَتَذَكَّرَ أُوْلُواْ ٱلۡأَلۡبَـٰبِ 29
(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركاتތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آيةތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهلވެރިން (އެއިން) نصيحةލިބިގަތުމަށެވެ.
وَوَهَبۡنَا لِدَاوُ ۥدَ سُلَيۡمَـٰنَۚ نِعۡمَ ٱلۡعَبۡدُۖ إِنَّهُ ۥۤ أَوَّابٌ 30
ތިމަންރަސްކަލާނގެ داودގެފާނަށް سليمانގެފާނު ދެއްވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبةވެވަޑައިގަންނަވާ ބޭކަލެކެވެ.
إِذۡ عُرِضَ عَلَيۡهِ بِٱلۡعَشِىِّ ٱلصَّـٰفِنَـٰتُ ٱلۡجِيَادُ 31
(އެއްދުވަހެއްގެ) ހަވީރުކޮޅުގައި އެކަލޭގެފާނު (އެބަހީ: سليمانގެފާނު) ބެއްލެވުމަށް، ދުވާއިރު ހަލުވި، ހުއްޓި ތިބޭއިރު ހަމަހިމޭން އަސްތައް ހުށަހެޅުނުހިނދު ހަނދުމަކުރާށެވެ!
فَقَالَ إِنِّىٓ أَحۡبَبۡتُ حُبَّ ٱلۡخَيۡرِ عَن ذِكۡرِ رَبِّى حَتَّىٰ تَوَارَتۡ بِٱلۡحِجَابِ 32
ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ ހަނދުމަކޮށް ذِكرކުރުން ދޫކޮށް، އިރު ފަރުދާވެ ނިވައިވެއްޖައުމަށްދާނދެން އަހަށް ލޯބިކުރުން، އަހުރެންނަށް އިސްކުރެވިއްޖެއެވެ.
رُدُّوهَا عَلَىَّۖ فَطَفِقَ مَسۡحَۢا بِٱلسُّوقِ وَٱلۡأَعۡنَاقِ 33
އެ އަސްތައް އަހުރެންގެ ކައިރިޔަށް އަނބުރައި ގެންނާށެވެ! ދެން އެތަކެތީގެ ކަނދުރާގައި (ކަނޑިން) ޖައްސަވައި (ކަތިލައްވައި) ފައިތައް ބުރިކުރެއްވިއެވެ. (އަދި އެތަކެތިން صدقاتކުރެއްވިއެވެ.)
وَلَقَدۡ فَتَنَّا سُلَيۡمَـٰنَ وَأَلۡقَيۡنَا عَلَىٰ كُرۡسِيِّهِۦ جَسَدً۬ا ثُمَّ أَنَابَ 34
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ سليمانގެފާނު امتحانކުރެއްވީމެވެ. އަދި އެކަލޭގެފާނުގެ تختގެ މައްޗަށް ހަށިގަނޑެއް އެއްލެވީމެވެ. ދެން އެކަލޭގެފާނު (توبةވެވަޑައިގެން) އެނބުރި رجوعވެވަޑައިގަތެވެ.
قَالَ رَبِّ ٱغۡفِرۡ لِى وَهَبۡ لِى مُلۡكً۬ا لَّا يَنۢبَغِى لِأَحَدٍ۬ مِّنۢ بَعۡدِىٓۖ إِنَّكَ أَنتَ ٱلۡوَهَّابُ 35
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެވެރިރަސްކަލާކޮ! މިއަޅާޔަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمةތައް ދެއްވާ ރަސްކަލާނގެއެވެ.
فَسَخَّرۡنَا لَهُ ٱلرِّيحَ تَجۡرِى بِأَمۡرِهِۦ رُخَآءً حَيۡثُ أَصَابَ 36
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ވައި خدمةތެރިކޮށްދެއްވީމެވެ. އެކަލޭގެފާނުގެ أمرފުޅަށް، އެކަލޭގެފާނު އެދިވަޑައިގަތް ކޮންމެތަނަކަށް މައިތިރިކަމާއެކު، އެވައި ހިނގައިދެއެވެ.
وَٱلشَّيَـٰطِينَ كُلَّ بَنَّآءٍ۬ وَغَوَّاصٍ۬ 37
އަދި ޖިންނި شيطانން، އެކަލޭގެފާނަށް خدمةތެރިކޮށް ދެއްވީމެވެ. އޭގެތެރޭގައި (ބޮޑެތި) ބިނާތައްހަދާ ބަޔަކާއި (ކަނޑުގެ އަޑިޔަށް) ފީނާބަޔަކުވެއެވެ.
وَءَاخَرِينَ مُقَرَّنِينَ فِى ٱلۡأَصۡفَادِ 38
އަދި (އޭގެތެރެއިން) އަނެއްބަޔަކު ކަސްތަޅު އަޅުއްވައި ހައްޔަރުކުރައްވާފައިވެއެވެ.
هَـٰذَا عَطَآؤُنَا فَٱمۡنُنۡ أَوۡ أَمۡسِكۡ بِغَيۡرِ حِسَابٍ۬ 39
މިއީ ތިމަންރަސްކަލާނގެ ދެއްވިހާ ތަކެއްޗެވެ. ފަހެ، ކަލޭގެފާނު (ދެއްވާނެ މީހަކަށް) ދެއްވާށެވެ! ނުވަތަ (ނުދެއްވާނެ މީހަކަށް ނުދެއްވައި) ހިފަހައްޓަވާށެވެ! (އެކަމާމެދު) ކަލޭގެފާނާ سؤالއެއް ނުކުރައްވާނެތެވެ.
وَإِنَّ لَهُ ۥ عِندَنَا لَزُلۡفَىٰ وَحُسۡنَ مَـَٔابٍ۬ 40
އަދި ހަމަކަށަވަރުން، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حضرةގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.
وَٱذۡكُرۡ عَبۡدَنَآ أَيُّوبَ إِذۡ نَادَىٰ رَبَّهُ ۥۤ أَنِّى مَسَّنِىَ ٱلشَّيۡطَـٰنُ بِنُصۡبٍ۬ وَعَذَابٍ 41
ތިމަންރަސްކަލާނގެ އަޅު أيـّوبގެފާނު ހަނދުމަކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށް دعاءދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) އަޅުގެ ގައިގައި شيطانއާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ.
ٱرۡكُضۡ بِرِجۡلِكَۖ هَـٰذَا مُغۡتَسَلُۢ بَارِدٌ۬ وَشَرَابٌ۬ 42
(އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ.
وَوَهَبۡنَا لَهُ ۥۤ أَهۡلَهُ ۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةً۬ مِّنَّا وَذِكۡرَىٰ لِأُوْلِى ٱلۡأَلۡبَـٰبِ 43
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުގެ أهلވެރިންދެއްވައި، އެއުރެންނާއެކު ހަމައެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަންރަސްކަލާނގެ حضرةން ލެއްވި رحمةއެއް ކަމުގައްޔާއި، ބުއްދީގެ أهلވެރިންނަށްވާ عبرةއަކާއި، نصيحةއެއް ކަމުގައެވެ.
وَخُذۡ بِيَدِكَ ضِغۡثً۬ا فَٱضۡرِب بِّهِۦ وَلَا تَحۡنَثۡۗ إِنَّا وَجَدۡنَـٰهُ صَابِرً۬اۚ نِّعۡمَ ٱلۡعَبۡدُۖ إِنَّهُ ۥۤ أَوَّابٌ۬ 44
އަދި ކަލޭގެފާނުގެ އަތްޕުޅުން ހުއިބޮނޑިއެއް ނަންގަވައި، އެއިން (އަނބިކަނބަލުންގެ ގައިކޮޅުގައި) ޖައްސަވާށެވެ! ކަލޭގެފާނު ހުވަޔާ خلافވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ދެކެވޮޑިގެންވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبةވެވަޑައިގަންނަވާ ބޭކަލެކެވެ.
وَٱذۡكُرۡ عِبَـٰدَنَآ إِبۡرَٲهِيمَ وَإِسۡحَـٰقَ وَيَعۡقُوبَ أُوْلِى ٱلۡأَيۡدِى وَٱلۡأَبۡصَـٰرِ 45
އަދި ތިމަންރަސްކަލާނގެ އަޅުން ކަމުގައިވާ إبراهيمގެފާނާއި، إسحاقގެފާނާއި، يعقوبގެފާނު ހަނދުމަކުރައްވާށެވެ! (އެބޭކަލުންނީ) ހެޔޮ عملކުރެއްވުމަށް ބާރުގަދަ، ބުއްދީގެ أهلވެރިންނެވެ.
إِنَّآ أَخۡلَصۡنَـٰهُم بِخَالِصَةٍ۬ ذِڪۡرَى ٱلدَّارِ 46
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެބޭކަލުން ސާފު خصيلةއަކުން މާތްކުރައްވައި، خيارކުރެއްވީމެވެ. އެއީ آخرة ހަނދުމަކުރެއްވުމެވެ.
وَإِنَّہُمۡ عِندَنَا لَمِنَ ٱلۡمُصۡطَفَيۡنَ ٱلۡأَخۡيَارِ 47
އަދި ހަމަކަށަވަރުން، އެބޭކަލުންވަނީ، ތިމަންރަސްކަލާނގެ حضرةގައި خيارކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ.
وَٱذۡكُرۡ إِسۡمَـٰعِيلَ وَٱلۡيَسَعَ وَذَا ٱلۡكِفۡلِۖ وَكُلٌّ۬ مِّنَ ٱلۡأَخۡيَارِ 48
އަދ إسماعيلގެފާނާއި، اليسعގެފާނާއި، ذوالكفلގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ.
هَـٰذَا ذِكۡرٌ۬ۚ وَإِنَّ لِلۡمُتَّقِينَ لَحُسۡنَ مَـَٔابٍ۬ 49
މިއީ (އެބޭކަލުންނަށްވާ) ރިވެތި ހަނދާން ކުރުމަކާއި، شرفއެކެވެ. އަދި ހަމަކަށަވަރުން، تقوىވެރިންނަށް އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.
جَنَّـٰتِ عَدۡنٍ۬ مُّفَتَّحَةً۬ لَّهُمُ ٱلۡأَبۡوَٲبُ 50
(އެއީ) އެތާނގެ ދޮރުތައް އެއުރެންނަށްޓަކައި ހުޅުވިފައިވާ عدنއެވެ ކިއުނު ސުވަރުގެތަކެވެ.
مُتَّكِـِٔينَ فِيہَا يَدۡعُونَ فِيہَا بِفَـٰكِهَةٍ۬ ڪَثِيرَةٍ۬ وَشَرَابٍ۬ 51
އެއުރެން އެތާނގައި (އެނދު އެނދުގައި) ލެނގިލައިގެން ތިބޭނެތެވެ. އެއުރެން އެތާނގައި ގިނަބާވަތް ބާވަތުގެ މޭވާތަކާއި، ބުއިންތައް ގެންނަން އެދޭނެތެވެ.
۞ وَعِندَهُمۡ قَـٰصِرَٲتُ ٱلطَّرۡفِ أَتۡرَابٌ 52
އަދި އެއުރެންނަށް އެއްފުރާގެ އަނބިންތައްވެއެވެ. އެ އަނބިން، ފިރިން ނޫން އެހެންބަޔަކަށް ނުބަލާނެތެވެ.
هَـٰذَا مَا تُوعَدُونَ لِيَوۡمِ ٱلۡحِسَابِ 53
މިއީ حسابބައްލަވާދުވަހަށް ތިޔަބައިމީހުންނަށް وعدކުރައްވާ ކަންތަކެވެ.
إِنَّ هَـٰذَا لَرِزۡقُنَا مَا لَهُ ۥ مِن نَّفَادٍ 54
ހަމަކަށަވަރުން، މިއީ ތިމަންރަސްކަލާނގެ ދެއްވާތަކެތިކަން ކަށަވަރެވެ. އެތަކެއްޗަށް ހުސްވުމެއްނުވެއެވެ.
هَـٰذَاۚ وَإِنَّ لِلطَّـٰغِينَ لَشَرَّ مَـَٔابٍ۬ 55
ކަންހުރިގޮތީ މިއީއެވެ. އަދި ހަމަކަށަވަރުން، كافرވި މީހުންނަށް އެނބުރިދަނިވި ނުބައިކަންބޮޑުވެގެންވާ ތަނެއްވެއެވެ.
جَهَنَّمَ يَصۡلَوۡنَہَا فَبِئۡسَ ٱلۡمِهَادُ 56
(އެއީ) جهنمއެވެ. އެއުރެން އެތަނަށްވަންނަ ހުށްޓެވެ. ފަހެ، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ!
هَـٰذَا فَلۡيَذُوقُوهُ حَمِيمٌ۬ وَغَسَّاقٌ 57
މިއީ عذابއެވެ. ފަހެ، އެއުރެން އޭގެ ރަހަ ލިބިގަންނަހުށިކަމެވެ! (އެއީ) ކެކިކެކިހުރި ހޫނުފެނާއި، ފާދިޔައެވެ.
وَءَاخَرُ مِن شَكۡلِهِۦۤ أَزۡوَٲجٌ 58
އަދި އެފަދަ އެތައްބާވަތެއްގެ އެހެނިހެން عذاب އެއުރެންނަށް ހުށްޓެވެ.
هَـٰذَا فَوۡجٌ۬ مُّقۡتَحِمٌ۬ مَّعَكُمۡۖ لَا مَرۡحَبَۢا بِہِمۡۚ إِنَّہُمۡ صَالُواْ ٱلنَّارِ 59
(އެއުރެންގެ ބޮޑުންނަށް އަންގަވާނެތެވެ.) މިއީ، ތިޔަބައިމީހުންނާއެކު ނަރަޔަކަށްވަންނަ ބައިގަނޑެކެވެ. އެއުރެންނަށް ތަނަވަސްކަމެއްނެތެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައަށް ވަންނާނެބަޔެކެވެ.
قَالُواْ بَلۡ أَنتُمۡ لَا مَرۡحَبَۢا بِكُمۡۖ أَنتُمۡ قَدَّمۡتُمُوهُ لَنَاۖ فَبِئۡسَ ٱلۡقَرَارُ 60
އެ (تبعވީ) މީހުން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނަކަށް ތަނަވަސްކަމެއްނެތެވެ. އެ كافرކަން އަހުރެމެންނަށް ކުރިމަތިކޮށްދިނީ ތިޔަބައިމީހުންނެވެ. ފަހެ، އެއީ ތިބުމަށް ހާދަހާނުބައިތަނެކެވެ.
قَالُواْ رَبَّنَا مَن قَدَّمَ لَنَا هَـٰذَا فَزِدۡهُ عَذَابً۬ا ضِعۡفً۬ا فِى ٱلنَّارِ 61
އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް މިކަން ކުރިމަތިކޮށްދިން މީހުންނަށް ނަރަކައިގައި عذاب ދެބައި އިތުރުކުރައްވާނދޭވެ!
وَقَالُواْ مَا لَنَا لَا نَرَىٰ رِجَالاً۬ كُنَّا نَعُدُّهُم مِّنَ ٱلۡأَشۡرَارِ 62
އަދި އެއުރެން ބުނާނެތެވެ. (ދުނިޔޭގައި) އަހަރެމެން ނުލަފާމީހުން ކަމުގައި ހިމަނައިއުޅުނު ފިރިހެނުންތައް އަހުރެމެންނަށް މިނުފެންނަނީ ކީއްވެގެންހެއްޔެވެ؟
أَتَّخَذۡنَـٰهُمۡ سِخۡرِيًّا أَمۡ زَاغَتۡ عَنۡہُمُ ٱلۡأَبۡصَـٰرُ 63
އެއުރެންނަށް ތިމަންމެން ފުރައްސާރަކޮށް އުޅުނީހެއްޔެވެ؟ ނުވަތަ އެއުރެން ފިޔަވައި ލޯތައް އެހެންފަރާތަކަށް ލެނބުނީހެއްޔެވެ؟
إِنَّ ذَٲلِكَ لَحَقٌّ۬ تَخَاصُمُ أَهۡلِ ٱلنَّارِ 64
ހަމަކަށަވަރުން، ނަރަކައިގެ أهلވެރިންގެ އަރާރުމުގެ ވާހަކައަކީ، އެއީ حقތެދުކަން ކަށަވަރެވެ.
] قُلۡ إِنَّمَآ أَنَا۟ مُنذِرٌ۬ۖ وَمَا مِنۡ إِلَـٰهٍ إِلَّا ٱللَّهُ ٱلۡوَٲحِدُ ٱلۡقَهَّارُ 65
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، إنذارކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ اللَّهމެނުވީ އެހެން إلهއަކު ނުވެއެވެ.
رَبُّ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَمَا بَيۡنَہُمَا ٱلۡعَزِيزُ ٱلۡغَفَّـٰرُ 66
(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިރަސްކަލާނގެއެވެ. عزيزވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.
قُلۡ هُوَ نَبَؤٌاْ عَظِيمٌ 67
ކަލޭގެފާނު ވިދާޅުވާށެވެ! އެއީ (އެބަހީ: قرآنއަކީ) ބޮޑުވެގެންވާ خبرއެކެވެ.
أَنتُمۡ عَنۡهُ مُعۡرِضُونَ 68
ތިޔަބައިމީހުންނީ އެއިން އެއްކިބާވާ ބަޔެކެވެ.
مَا كَانَ لِىَ مِنۡ عِلۡمِۭ بِٱلۡمَلَإِ ٱلۡأَعۡلَىٰٓ إِذۡ يَخۡتَصِمُونَ 69
(آدمގެފާނާމެދު) މަތިވެރިވެގެންވާ جماعةގެ މެދުގައި (އެބަހީ: ملائكةންގެ މެދުގައި) ވާހަކަ ދެކެވުނުހިނދު (وحىގެ ذريعةއިން އެންގެވި އެއްޗެއް މެނުވީ) ތިމަންކަލޭގެފާނަކަށް އެނގިވަޑައިގެންފައެއް ނުވެތެވެ.
إِن يُوحَىٰٓ إِلَىَّ إِلَّآ أَنَّمَآ أَنَا۟ نَذِيرٌ۬ مُّبِينٌ 70
ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ބަޔާންވެގެންހުރި، إنذارކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނަކަށް وحىއެއް ނުއިއްވަވަތެވެ.
إِذۡ قَالَ رَبُّكَ لِلۡمَلَـٰٓٮِٕكَةِ إِنِّى خَـٰلِقُۢ بَشَرً۬ا مِّن طِينٍ۬ 71
ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ملائكةންނަށް وحىކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މަށިން إنسانއަކު ހައްދަވާހުށީމެވެ.
فَإِذَا سَوَّيۡتُهُ ۥ وَنَفَخۡتُ فِيهِ مِن رُّوحِى فَقَعُواْ لَهُ ۥ سَـٰجِدِينَ 72
ފަހެ، ތިމަންރަސްކަލާނގެ އެ إنسانއާ (އެބަހީ: آدمގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روحފުޅުން އެ إنسانއާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدةއަށް ތިރިވާހުށިކަމެވެ!
فَسَجَدَ ٱلۡمَلَـٰٓٮِٕكَةُ ڪُلُّهُمۡ أَجۡمَعُونَ 73
ފަހެ، ملائكةން، އެ އެންމެން އެކުގައި سجدةކުރައްވައިފޫއެވެ.
إِلَّآ إِبۡلِيسَ ٱسۡتَكۡبَرَ وَكَانَ مِنَ ٱلۡكَـٰفِرِينَ 74
إبليسމެނުވީއެވެ. އެކަލޭގެ ބޮޑާވެ، كافرވި މީހުންގެ ތެރެއިންވިއެވެ.
] قَالَ يَـٰٓإِبۡلِيسُ مَا مَنَعَكَ أَن تَسۡجُدَ لِمَا خَلَقۡتُ بِيَدَىَّۖ أَسۡتَكۡبَرۡتَ أَمۡ كُنتَ مِنَ ٱلۡعَالِينَ 75
އެކަލާނގެ وحىކުރެއްވިއެވެ. އޭ إبليسއެވެ! ތިމަންރަސްކަލާނގެ يدقدرةފުޅުން (އެއްވެސް واسطއަކާނުލައި) ހެއްދެވި މީހަކަށް سجدةކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ ކަލޭގެ (سجدةކުރުމަށް) ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ كبرވެރިވެގަތް މީހުންގެ ތެރެއިން ކަލޭވީހެއްޔެވެ؟
قَالَ أَنَا۟ خَيۡرٌ۬ مِّنۡهُۖ خَلَقۡتَنِى مِن نَّارٍ۬ وَخَلَقۡتَهُ ۥ مِن طِينٍ۬ 76
އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން، މާމޮޅެވެ. އިބަރަސްކަލާނގެ ތިމަންހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ.
قَالَ فَٱخۡرُجۡ مِنۡہَا فَإِنَّكَ رَجِيمٌ 77
އެކަލާނގެ وحىކުރެއްވިއެވެ. ފަހެ، ކަލޭއެތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ، ހަމަކަށަވަރުން، ކަލެއަކީ، رحمةން ބޭރުކުރައްވާފައިވާ މީހެކެވެ.
وَإِنَّ عَلَيۡكَ لَعۡنَتِىٓ إِلَىٰ يَوۡمِ ٱلدِّينِ 78
އަދި ހަމަކަށަވަރުން، قيامةދުވަހަށް ދާނދެން ކަލޭގެމައްޗަށް ތިމަންރަސްކަލާނގެ لعنةހުށްޓެވެ.
قَالَ رَبِّ فَأَنظِرۡنِىٓ إِلَىٰ يَوۡمِ يُبۡعَثُونَ 79
އެކަލޭގެ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އެއުރެން (އަލުން ދިރުއްވައި محشرއަށް) ފޮނުއްވާނޭ ދުވަހަށްދާނދެން ތިމަން އަޅާއަށް مهلةދެއްވާނދޭވެ!
] قَالَ فَإِنَّكَ مِنَ ٱلۡمُنظَرِينَ 80
އެކަލާނގެ وحىކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ مهلةދެއްވާފައިވާ މީހުންގެ ތެރެއިންނެވެ.
إِلَىٰ يَوۡمِ ٱلۡوَقۡتِ ٱلۡمَعۡلُومِ 81
ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާނދެނެވެ.
قَالَ فَبِعِزَّتِكَ لَأُغۡوِيَنَّهُمۡ أَجۡمَعِينَ 82
އެކަލޭގެ ދެންނެވިއެވެ. ފަހެ، އިބަރަސްކަލާނގެ عزّةތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެންގެ އެންމެން މަގުފުރައްދާހުށީމެވެ.
إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِينَ 83
އެއުރެންކުރެ، އިބަރަސްކަލާނގެ خيارކުރައްވާފައިވާ އަޅުން މެނުވީއެވެ.
قَالَ فَٱلۡحَقُّ وَٱلۡحَقَّ أَقُولُ 84
އެކަލާނގެ وحىކުރެއްވިއެވެ. ފަހެ، ތިމަންރަސްކަލާނގެއީ، حقވަންތަ ރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ وحىކުރައްވަނީ حقތެދެވެ.
لَأَمۡلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنۡہُمۡ أَجۡمَعِينَ 85
ހަމަކަށަވަރުން، ކަލޭގެޔާއި އަދި އެއުރެންގެ ތެރެއިން ކަލޭގެޔަށް تبعވީ ބަޔަކާއި އެ އެންމެންއަޅުއްވައި ނަރަކަ ފުރުއްވާހުށީމެވެ.
قُلۡ مَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍ۬ وَمَآ أَنَا۟ مِنَ ٱلۡمُتَكَلِّفِينَ 86
ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: رسولކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. އަދި އަމިއްލަޔަށް ހެދިގަނެގެންއުޅޭ މީހުންގެ ތެރެޔަކުންވެސް އަހުރެން ނުވަމެވެ.
إِنۡ هُوَ إِلَّا ذِكۡرٌ۬ لِّلۡعَـٰلَمِينَ 87
عالمތަކަށްވާ، ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ.
وَلَتَعۡلَمُنَّ نَبَأَهُ ۥ بَعۡدَ حِينِۭ 88
ހިނދުކޮޅެއްގެފަހުން އޭގެ خبر (އެބަހީ: އެއީ ތެދުކަން) ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭހުށްޓެވެ.