Surah 37 · سورة الصَّافات
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 37 · سورة الصَّافات
Juz 1
وَٱلصَّـٰٓفَّـٰتِ صَفًّ۬ا 1
ސަފުސަފަށް ތިއްބަވާ ملائكةންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ ملائكةންނާއި، قرآنކިޔަވައިވިދާޅުވާ ملائكةން ގަންދެއްވައި وحىކުރައްވަމެވެ.
Surah 37 · سورة الصَّافات
Juz 1
فَٱلزَّٲجِرَٲتِ زَجۡرً۬ا 2
ސަފުސަފަށް ތިއްބަވާ ملائكةންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ ملائكةންނާއި، قرآنކިޔަވައިވިދާޅުވާ ملائكةން ގަންދެއްވައި وحىކުރައްވަމެވެ.
Surah 37 · سورة الصَّافات
Juz 1
فَٱلتَّـٰلِيَـٰتِ ذِكۡرًا 3
ސަފުސަފަށް ތިއްބަވާ ملائكةންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ ملائكةންނާއި، قرآنކިޔަވައިވިދާޅުވާ ملائكةން ގަންދެއްވައި وحىކުރައްވަމެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّ إِلَـٰهَكُمۡ لَوَٲحِدٌ۬ 4
ހަމަކަށަވަރުން، ތިޔަބައިމީހުންގެ إلهއަކީ އެއްކައުވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
رَّبُّ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَمَا بَيۡنَہُمَا وَرَبُّ ٱلۡمَشَـٰرِقِ 5
(އެކަލާނގެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަންތަނާއި، ތަރިރުހަނދުއަރާ އުދަރެސްތަކުގެ ވެރިރަސްކަލާނގެއެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنۡيَا بِزِينَةٍ ٱلۡكَوَاكِبِ 6
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
وَحِفۡظً۬ا مِّن كُلِّ شَيۡطَـٰنٍ۬ مَّارِدٍ۬ 7
އަދި ނުކިޔަމަންތެރި ކޮންމެ شيطانއެއްގެ ކިބައިން އެ އުޑު ރައްކާތެރިކުރެއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
لَّا يَسَّمَّعُونَ إِلَى ٱلۡمَلَإِ ٱلۡأَعۡلَىٰ وَيُقۡذَفُونَ مِن كُلِّ جَانِبٍ۬ 8
މަތިވެރިވެގެންވާ جماعةން ދައްކަވާ ވާހަކަފުޅަށް (އެބަހީ: ملائكةން ދައްކަވާ ވާހަކަފުޅަށް) އަޑުއެހުމަކަށް އެ شيطانންނަށް ކުޅަދާނަވެގެންނެއް ނުވެތެވެ. އަދި ހުރިހާ ފަރާތަކުން އެ شيطانންނާ ދިމާޔަށް ގިނިހިލަ އުއްކަވާނެތެވެ.
Surah 37 · سورة الصَّافات
Juz 1
دُحُورً۬اۖ وَلَهُمۡ عَذَابٌ۬ وَاصِبٌ 9
ބޭރުކޮށް ފައްސައިލުމުގެ ގޮތުންނެވެ. އަދި ކެނޑިގެންނުދާނެ عذاب އެއުރެންނަށް ހުށްޓެވެ.
Surah 37 · سورة الصَّافات
Juz 1
إِلَّا مَنۡ خَطِفَ ٱلۡخَطۡفَةَ فَأَتۡبَعَهُ ۥ شِہَابٌ۬ ثَاقِبٌ۬ 10
ކުއްލިގޮތެއްގައި ސިއްރުން އެހުމެއް އަހައިފި شيطانއަކު މެނުވީއެވެ. ފަހެ،
އެ شيطانއާގެ ފަހަތުން ތޮރުފައިލާފަދަ ގިނިހިލައެއް ފޮނުއްވާހުށްޓެވެ.
Surah 37 · سورة الصَّافات
Juz 1
فَٱسۡتَفۡتِہِمۡ أَهُمۡ أَشَدُّ خَلۡقًا أَم مَّنۡ خَلَقۡنَآۚ إِنَّا خَلَقۡنَـٰهُم مِّن طِينٍ۬ لَّازِبِۭ 11
ފަހެ، ކަލޭގެފާނު އެއުރެންނާ سؤالކުރައްވައިބައްލަވާށެވެ! އުނދަގޫކަންބޮޑީ، އެއުރެން ހެއްދެވުންހޭ؟ ނުވަތަ ތިމަންރަސްކަލާނގެ ހެއްދެވި އެނޫންތަކެތިހެއްދެވުންހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން (އެބަހީ: އިންސާނުން) ހެއްދެވީ ތަތްލާ މަށިންނެވެ.
Surah 37 · سورة الصَّافات
Juz 1
بَلۡ عَجِبۡتَ وَيَسۡخَرُونَ 12
އަދި ކިއެއްތަ! (އެއުރެން ދޮގުކުރާ ކަމާމެދު) ކަލޭގެފާނު عجائبވެވަޑައިގެންނެވީމުއެވެ. އަދި އެއުރެން އެކަމަށް ފުރައްސާރަކޮށް އުޅެތެވެ.
Surah 37 · سورة الصَّافات
Juz 1
وَإِذَا ذُكِّرُواْ لَا يَذۡكُرُونَ 13
އަދި އެއުރެންނަށް ހަނދުމަކޮށްދެއްވައިފިނަމަ، އެއުރެން ހަނދުމައެއް ނުކުރެތެވެ.
Surah 37 · سورة الصَّافات
Juz 1
وَإِذَا رَأَوۡاْ ءَايَةً۬ يَسۡتَسۡخِرُونَ 14
އަދި އެއުރެންނަށް معجزةއެއް ފެނިއްޖެނަމަ، އެއުރެން ފުރައްސާރަކޮށް އުޅެތެވެ.
Surah 37 · سورة الصَّافات
Juz 1
وَقَالُوٓاْ إِنۡ هَـٰذَآ إِلَّا سِحۡرٌ۬ مُّبِينٌ 15
އަދި އެއުރެން ބުނޫއެވެ. މިއީ، ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ނުވެތެވެ.
Surah 37 · سورة الصَّافات
Juz 1
أَءِذَا مِتۡنَا وَكُنَّا تُرَابً۬ا وَعِظَـٰمًا أَءِنَّا لَمَبۡعُوثُونَ 16
ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، ހަމަކަށަވަރުން، ތިމަންމެންނަކީ، އަލުން ދިރުމަކަށް ފޮނުއްވާނެ ބަޔަކުހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
أَوَءَابَآؤُنَا ٱلۡأَوَّلُونَ 17
އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
قُلۡ نَعَمۡ وَأَنتُمۡ دَٲخِرُونَ 18
ކަލޭގެފާނު ވިދާޅުވާށެވެ! އާނއެކެވެ! ތިޔަބައިމީހުން ނިކަމެތިވެގެންވާ حالގައެވެ.
Surah 37 · سورة الصَّافات
Juz 1
فَإِنَّمَا هِىَ زَجۡرَةٌ۬ وَٲحِدَةٌ۬ فَإِذَا هُمۡ يَنظُرُونَ 19
ފަހެ، އެކަންތައް ވާނެކަން ކަށަވަރީ، ބިރުވެރި އެންމެ އަޑަކުންނެވެ. ފަހެ، އެހާރުން، އެއުރެން (ތެދުވެ) ބަލަން ތިބޭނެތެވެ.
Surah 37 · سورة الصَّافات
Juz 1
وَقَالُواْ يَـٰوَيۡلَنَا هَـٰذَا يَوۡمُ ٱلدِّينِ 20
އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މިއީ قيامةދުވަހެވެ.
Surah 37 · سورة الصَّافات
Juz 1
هَـٰذَا يَوۡمُ ٱلۡفَصۡلِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ 21
މިއީ ތިޔަބައިމީހުން އެދުވަހަކާމެދު ދޮގުކޮށް އުޅުނު ނިޔާކުރެއްވުމުގެ ދުވަހެވެ.
Surah 37 · سورة الصَّافات
Juz 1
۞ ٱحۡشُرُواْ ٱلَّذِينَ ظَلَمُواْ وَأَزۡوَٲجَهُمۡ وَمَا كَانُواْ يَعۡبُدُونَ 22
(ملائكةންނަށް އަންގަވާނެތެވެ.) އަނިޔާވެރިވީ މީހުންނާއި، އެއުރެންގެ (އެފަދަ) އަނބިންނާއި، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކޮށްއުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެއުރެންނަށް ނަރަކައިގެ މަގަށް މަގުދައްކަވާށެވެ!
Surah 37 · سورة الصَّافات
Juz 1
مِن دُونِ ٱللَّهِ فَٱهۡدُوهُمۡ إِلَىٰ صِرَٲطِ ٱلۡجَحِيمِ 23
(ملائكةންނަށް އަންގަވާނެތެވެ.) އަނިޔާވެރިވީ މީހުންނާއި، އެއުރެންގެ (އެފަދަ) އަނބިންނާއި، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކޮށްއުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެއުރެންނަށް ނަރަކައިގެ މަގަށް މަގުދައްކަވާށެވެ!
Surah 37 · سورة الصَّافات
Juz 1
وَقِفُوهُمۡۖ إِنَّہُم مَّسۡـُٔولُونَ 24
އަދި އެއުރެން ހުއްޓުވާށެވެ! ހަމަކަށަވަރުން، އެއުރެންނީ سؤالކުރައްވާނޭ ބަޔެކެވެ.
Surah 37 · سورة الصَّافات
Juz 1
مَا لَكُمۡ لَا تَنَاصَرُونَ 25
(މިއަދު) ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީނުވަނީ ކީއްވެގެންހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
بَلۡ هُمُ ٱلۡيَوۡمَ مُسۡتَسۡلِمُونَ 26
އަދި ކިއެއްތަ! އެއުރެން މިއަދު ތިބީ ކިޔަމަންވެ ބޯލަނބައިގެންނެވެ.
Surah 37 · سورة الصَّافات
Juz 1
وَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٍ۬ يَتَسَآءَلُونَ 27
އަދި އެކަކު އަނެކަކާ سؤالކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކުގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ.
Surah 37 · سورة الصَّافات
Juz 1
قَالُوٓاْ إِنَّكُمۡ كُنتُمۡ تَأۡتُونَنَا عَنِ ٱلۡيَمِينِ 28
(މަގުފުރެއްދި މީހުންނަށް) އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކައިރިޔަށް ތިޔަބައިމީހުން ކަނާތްފަރާތުން އަންނަކަމުގައިވީމުއެވެ.
Surah 37 · سورة الصَّافات
Juz 1
قَالُواْ بَل لَّمۡ تَكُونُواْ مُؤۡمِنِينَ 29
އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން مؤمنން ކަމުގައި ނުވަމުއެވެ.
Surah 37 · سورة الصَّافات
Juz 1
وَمَا كَانَ لَنَا عَلَيۡكُم مِّن سُلۡطَـٰنِۭۖ بَلۡ كُنتُمۡ قَوۡمً۬ا طَـٰغِينَ 30
އަދި ތިޔަބައިމީހުންގެ މައްޗަކަށް ތިމަންމެންނަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ.
Surah 37 · سورة الصَّافات
Juz 1
فَحَقَّ عَلَيۡنَا قَوۡلُ رَبِّنَآۖ إِنَّا لَذَآٮِٕقُونَ 31
ފަހެ، ތިމަންމެންގެ މައްޗަށް، ތިމަންމެންގެ ވެރިރަސްކަލާނގެ عذابގެ ބަސްފުޅު حقވެއްޖެއެވެ. ހަމަކަށަވަރުން، ތިމަންމެންނީ عذابގެ ރަހަ ދެކޭނޭ ބަޔެއްކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
فَأَغۡوَيۡنَـٰكُمۡ إِنَّا كُنَّا غَـٰوِينَ 32
ފަހެ، ތިމަންމެން ތިޔަބައިމީހުން މަގުފުރެއްދީމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވީ، މަގުފުރެދިގެންވާ ބަޔަކު ކަމުގައެވެ.
Surah 37 · سورة الصَّافات
Juz 1
فَإِنَّہُمۡ يَوۡمَٮِٕذٍ۬ فِى ٱلۡعَذَابِ مُشۡتَرِكُونَ 33
ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެދުވަހުން عذابގައި ބައިވެރިވެގެންވާ މީހުންނެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّا كَذَٲلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ 34
ހަމަކަށަވަރުން، ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّہُمۡ كَانُوٓاْ إِذَا قِيلَ لَهُمۡ لَآ إِلَـٰهَ إِلَّا ٱللَّهُ يَسۡتَكۡبِرُونَ 35
ހަމަކަށަވަރުން، اللَّهމެނުވީ إلهއަކު ނުވާކަމަށް އެއުރެންނަށް ބުނެވިއްޖެހިނދަކު އެއުރެން ބޮޑާވެގަންނަކަމުގައިވޫއެވެ.
Surah 37 · سورة الصَّافات
Juz 1
وَيَقُولُونَ أَٮِٕنَّا لَتَارِكُوٓاْ ءَالِهَتِنَا لِشَاعِرٍ۬ مَّجۡنُونِۭ 36
އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، މޮޔަވެފައިވާ ޅެންވެރިޔެއްގެ ބަހަށް، ތިމަންމެންގެ إلهންތައް ތިމަންމެން ދޫކޮށްލާނެ ހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
بَلۡ جَآءَ بِٱلۡحَقِّ وَصَدَّقَ ٱلۡمُرۡسَلِينَ 37
އަދި ކިއެއްތަ! އެކަލޭގެފާނު ވަޑައިގަތީ، حق دينއާއިގެންނެވެ. އަދި އެކަލޭގެފާނު (ކުރީގެ) رسولން ތެދުކުރެއްވިއެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّكُمۡ لَذَآٮِٕقُواْ ٱلۡعَذَابِ ٱلۡأَلِيمِ 38
ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ވޭންދެނިވި عذابގެ ރަހަ ދެކޭނޭ ބަޔަކުކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
وَمَا تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ 39
އަދި ތިޔަބައިމީހުން ކޮށްއުޅުނު عملއަކަށްމެނުވީ، ތިޔަބައިމީހުންނަކަށް ޖަޒާއެއް ނުދެއްވާނެތެވެ.
Surah 37 · سورة الصَّافات
Juz 1
إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ 40
خيارކުރައްވާފައިވާ، اللَّهގެ އަޅުން މެނުވީއެވެ.
Surah 37 · سورة الصَّافات
Juz 1
أُوْلَـٰٓٮِٕكَ لَهُمۡ رِزۡقٌ۬ مَّعۡلُومٌ۬ 41
އެއުރެންނަށްޓަކައި އެނގިގެންވާ رزقވެއެވެ.
Surah 37 · سورة الصَّافات
Juz 1
فَوَٲكِهُۖ وَهُم مُّكۡرَمُونَ 42
(އެއީ) މޭވާތަކެވެ. އަދި އެއުރެންނީ މާތްކުރައްވާފައިވާ ބަޔެކެވެ.
Surah 37 · سورة الصَّافات
Juz 1
فِى جَنَّـٰتِ ٱلنَّعِيمِ 43
نعمةގެ ސުވަރުގެތަކުގައެވެ.
Surah 37 · سورة الصَّافات
Juz 1
عَلَىٰ سُرُرٍ۬ مُّتَقَـٰبِلِينَ 44
ދާންތަކެއްގެ މަތީގައެވެ. އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ.
Surah 37 · سورة الصَّافات
Juz 1
يُطَافُ عَلَيۡہِم بِكَأۡسٍ۬ مِّن مَّعِينِۭ 45
ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ބުއިމެއްގެ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ.
Surah 37 · سورة الصَّافات
Juz 1
بَيۡضَآءَ لَذَّةٍ۬ لِّلشَّـٰرِبِينَ 46
ބޯމީހުންނަށް މީރު، ހުދުކުލައިގެ ބުއިމެކެވެ.
Surah 37 · سورة الصَّافات
Juz 1
لَا فِيہَا غَوۡلٌ۬ وَلَا هُمۡ عَنۡہَا يُنزَفُونَ 47
އެ ބުއިމުގައި ބޯއެނބުރުމެއްނެތެވެ. އަދި އޭގެސަބަބުން، މަސްތުވެގެންދާނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ.
Surah 37 · سورة الصَّافات
Juz 1
وَعِندَهُمۡ قَـٰصِرَٲتُ ٱلطَّرۡفِ عِينٌ۬ 48
އަދި ކަޅިރަވަ ތޫނު، عفةތެރި حورالعينން އެއުރެންގެ ގާތުގައިވެއެވެ.
Surah 37 · سورة الصَّافات
Juz 1
كَأَنَّہُنَّ بَيۡضٌ۬ مَّكۡنُونٌ۬ 49
ރައްކާތެރި ކުރައްވާފައިވާ (މާދޫނި) ބިސްފަދައިން އެކަނބަލުންވެއެވެ.
Surah 37 · سورة الصَّافات
Juz 1
فَأَقۡبَلَ بَعۡضُہُمۡ عَلَىٰ بَعۡضٍ۬ يَتَسَآءَلُونَ 50
ފަހެ، އެކަކު އަނެކަކާ سؤالކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އަންނާނެތެވެ.
Surah 37 · سورة الصَّافات
Juz 1
قَالَ قَآٮِٕلٌ۬ مِّنۡہُمۡ إِنِّى كَانَ لِى قَرِينٌ۬ 51
އެއުރެންގެ ތެރެއިން ބުނާމީހަކު ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންނާއަށް އެކުވެރިޔަކު ވިއެވެ.
Surah 37 · سورة الصَّافات
Juz 1
يَقُولُ أَءِنَّكَ لَمِنَ ٱلۡمُصَدِّقِينَ 52
އެ އެކުވެރިޔާ ބުނެއުޅެތެވެ. ހަމަކަށަވަރުން، ތިބާވަނީ(ޤިޔާމަތްދުވަސް އަންނާނެކަން) ތެދުކުރާ މީހުންގެ ތެރެއިންހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
أَءِذَا مِتۡنَا وَكُنَّا تُرَابً۬ا وَعِظَـٰمًا أَءِنَّا لَمَدِينُونَ 53
ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށްވެއްޖެހިނދު ހަމަކަށަވަރުން، ތިމަންމެންނީ ޖަޒާލިބޭނޭ ބަޔަކުހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
قَالَ هَلۡ أَنتُم مُّطَّلِعُونَ 54
އޭނާ ބުނާނެތެވެ. ތިޔަބައިމީހުން ބަލަން ބޭނުންހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
فَٱطَّلَعَ فَرَءَاهُ فِى سَوَآءِ ٱلۡجَحِيمِ 55
ދެން އޭނާ ބަލައިލިއެވެ. ފަހެ، ނަރަކައިގެ މެދުތެރޭގައި އެ އެކުވެރިޔާ ވަނިކޮށް އޭނާޔަށް ފެނުނެވެ.
Surah 37 · سورة الصَّافات
Juz 1
قَالَ تَٱللَّهِ إِن كِدتَّ لَتُرۡدِينِ 56
އޭނާ ބުނާނެތެވެ. اللَّه ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ތިބާ ތިމަން ހަލާކުކޮށްލުމާ ގާތްކުޅައީމުއެވެ.
Surah 37 · سورة الصَّافات
Juz 1
وَلَوۡلَا نِعۡمَةُ رَبِّى لَكُنتُ مِنَ ٱلۡمُحۡضَرِينَ 57
އަދި ތިމަންގެ ވެރިރަސްކަލާނގެ نعمةދެއްވާފައިނުވާނަމަ، (عذابގެ ތެރެޔަށް) حاضرކުރައްވާފައިވާ މީހުންގެތެރެއިން ތިމަންވެއްޖައީސްކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
أَفَمَا نَحۡنُ بِمَيِّتِينَ 58
ފަހެ، ފުރަތަމަ ފަހަރު މަރުވުންމެނުވީ، މަރުނުވެ ދެމިތިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވޭހެއްޔެވެ؟ އަދި عذابލިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވަމުއެވެ.
Surah 37 · سورة الصَّافات
Juz 1
إِلَّا مَوۡتَتَنَا ٱلۡأُولَىٰ وَمَا نَحۡنُ بِمُعَذَّبِينَ 59
ފަހެ، ފުރަތަމަ ފަހަރު މަރުވުންމެނުވީ، މަރުނުވެ ދެމިތިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވޭހެއްޔެވެ؟ އަދި عذابލިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވަމުއެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّ هَـٰذَا لَهُوَ ٱلۡفَوۡزُ ٱلۡعَظِيمُ 60
ހަމަކަށަވަރުން، ބޮޑުވެގެންވާ نصيبލިބުމަކީ މިއީކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
لِمِثۡلِ هَـٰذَا فَلۡيَعۡمَلِ ٱلۡعَـٰمِلُونَ 61
عملކުރާ މީހުން މިފަދަކަންތައް ލިބިގަތުމަށްޓަކައި عملކުރާހުށިކަމެވެ!
Surah 37 · سورة الصَّافات
Juz 1
أَذَٲلِكَ خَيۡرٌ۬ نُّزُلاً أَمۡ شَجَرَةُ ٱلزَّقُّومِ 62
ضيافةއެއްގެގޮތުން މޮޅީ އެތަންހެއްޔެވެ؟ ނުވަތަ زقّومގަސް ހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
إِنَّا جَعَلۡنَـٰهَا فِتۡنَةً۬ لِّلظَّـٰلِمِينَ 63
ހަމަކަށަވަރުން، އަނިޔާވެރިންނަށްއޮތް امتحانއެއްކަމުގައި ތިމަންރަސްކަލާނގެ އެ ގަސް ލެއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّهَا شَجَرَةٌ۬ تَخۡرُجُ فِىٓ أَصۡلِ ٱلۡجَحِيمِ 64
ހަމަކަށަވަރުން، އެއީ ނަރަކައިގެ އަޑިން ފަޅައިގެންހެދޭ ގަހެކެވެ.
Surah 37 · سورة الصَّافات
Juz 1
طَلۡعُهَا كَأَنَّهُ ۥ رُءُوسُ ٱلشَّيَـٰطِينِ 65
އޭގެ މޭވާ، شيطانންގެ ބޯތަކެކޭ އެއްފަދައެވެ.
Surah 37 · سورة الصَّافات
Juz 1
فَإِنَّہُمۡ لَأَكِلُونَ مِنۡہَا فَمَالِـُٔونَ مِنۡہَا ٱلۡبُطُونَ 66
(66) ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެއިންކާނޭ ބަޔަކުކަން ކަށަވަރެވެ. އަދި އެއިން ބަނޑުތައް ފުރާނޭ ބަޔެކެވެ.
Surah 37 · سورة الصَّافات
Juz 1
ثُمَّ إِنَّ لَهُمۡ عَلَيۡہَا لَشَوۡبً۬ا مِّنۡ حَمِيمٍ۬ 67
ދެން ހަމަކަށަވަރުން، އޭގެމައްޗަށް ކެކިކެކިހުންނަ ހޫނުފެނުގެ ގިރުމެއް (އެބަހީ: زقّومއާއި ހޫނުފެނާ އެކުވެފައިވާ ދިޔަވަރެއް) އެއުރެންނަށްވާކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
ثُمَّ إِنَّ مَرۡجِعَهُمۡ لَإِلَى ٱلۡجَحِيمِ 68
ދެން ހަމަކަށަވަރުން، އެއުރެން އެނބުރި ދިޔުންވަނީ ނަރަކަޔަށްކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّہُمۡ أَلۡفَوۡاْ ءَابَآءَهُمۡ ضَآلِّينَ 69
ހަމަކަށަވަރުން، އެއުރެންގެ ކާބަފައިން މަގުފުރެދިފައިވާތީ، އެއުރެން ދުށްޓެވެ.
Surah 37 · سورة الصَّافات
Juz 1
فَهُمۡ عَلَىٰٓ ءَاثَـٰرِهِمۡ يُہۡرَعُونَ 70
ފަހެ، އެއުރެން އެ ކާބަފައިންގެ ފިޔަވަޅުތަކުގެ މަތީގައި ހިނގައިދިޔުމަށް އަވަސްވެގަނެތެވެ.
Surah 37 · سورة الصَّافات
Juz 1
وَلَقَدۡ ضَلَّ قَبۡلَهُمۡ أَڪۡثَرُ ٱلۡأَوَّلِينَ 71
ހަމަކަށަވަރުން، އިސްވެދިޔަމީހުންކުރެ ގިނަމީހުން އޭގެކުރިންވަނީ މަގުފުރެދިފައެވެ.
Surah 37 · سورة الصَّافات
Juz 1
وَلَقَدۡ أَرۡسَلۡنَا فِيہِم مُّنذِرِينَ 72
އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންގެ ތެރެޔަށް إنذارކުރައްވާ رسولން ފޮނުއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
فَٱنظُرۡ ڪَيۡفَ كَانَ عَـٰقِبَةُ ٱلۡمُنذَرِينَ 73
ފަހެ، إنذارވެވުނު މީހުންގެ ނިމުންއޮތީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!
Surah 37 · سورة الصَّافات
Juz 1
إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ 74
اللَّهގެ، خيارކުރައްވާފައިވާ އަޅުން މެނުވީއެވެ.
Surah 37 · سورة الصَّافات
Juz 1
وَلَقَدۡ نَادَٮٰنَا نُوحٌ۬ فَلَنِعۡمَ ٱلۡمُجِيبُونَ 75
ހަމަކަށަވަރުން، نوحގެފާނު ތިމަންރަސްކަލާނގެއަށް (އެހީއަށްއެދި) ގޮވައިލެއްވިއެވެ. ފަހެ (އެކަލޭގެފާނަށް) އިޖާބަދެއްވި ރަސްކަލާނގެ މޮޅުކަމާއެވެ!
Surah 37 · سورة الصَّافات
Juz 1
وَنَجَّيۡنَـٰهُ وَأَهۡلَهُ ۥ مِنَ ٱلۡكَرۡبِ ٱلۡعَظِيمِ 76
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهلވެރިން ބޮޑުވެގެންވާ ހިތާމައިން (އެބަހީ: غرقން) ސަލާމަތްކުރެއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
وَجَعَلۡنَا ذُرِّيَّتَهُ ۥ هُمُ ٱلۡبَاقِينَ 77
އަދި ދެންތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
وَتَرَكۡنَا عَلَيۡهِ فِى ٱلۡأَخِرِينَ 78
އަދި ފަހުން އަންނަނިވި أمّةތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ.
Surah 37 · سورة الصَّافات
Juz 1
سَلَـٰمٌ عَلَىٰ نُوحٍ۬ فِى ٱلۡعَـٰلَمِينَ 79
عالمތަކުގައި نوحގެފާނުގެ މައްޗަށް سلامހުށްޓެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّا كَذَٲلِكَ نَجۡزِى ٱلۡمُحۡسِنِينَ 80
إحسانތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّهُ ۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ 81
ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمنއަޅުންގެ ތެރެއިންނެވެ.
Surah 37 · سورة الصَّافات
Juz 1
ثُمَّ أَغۡرَقۡنَا ٱلۡأَخَرِينَ 82
ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: كافرން) غرقކުރެއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
۞ وَإِنَّ مِن شِيعَتِهِۦ لَإِبۡرَٲهِيمَ 83
ހަމަކަށަވަރުން، އެކަލޭގެފާނުންގެ ގޮތަށް تبعވެގެންވާ މީހުންގެ ތެރެއިން إبراهيمގެފާނުވެއެވެ.
Surah 37 · سورة الصَّافات
Juz 1
إِذۡ جَآءَ رَبَّهُ ۥ بِقَلۡبٍ۬ سَلِيمٍ 84
(އެއީ) ސަލާމަތުންވާ ހިތްޕުޅަކާއިގެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށް توجّهވެވަޑައިގެންނެވި ހިނދުގައެވެ.
Surah 37 · سورة الصَّافات
Juz 1
إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَاذَا تَعۡبُدُونَ 85
(އެއީ) އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުންގެ قومގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށް ހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
أَٮِٕفۡكًا ءَالِهَةً۬ دُونَ ٱللَّهِ تُرِيدُونَ 86
اللَّهފިޔަވައި ދޮގު إلهންތަކަކަށް ތިޔަބައިމީހުން އެދެނީ ހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
فَمَا ظَنُّكُم بِرَبِّ ٱلۡعَـٰلَمِينَ 87
ފަހެ، عالمތަކުގެ ވެރިރަސްކަލާނގެއާމެދު، ތިޔަބައިމީހުން ހީކުރަނީ ކީކޭހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
فَنَظَرَ نَظۡرَةً۬ فِى ٱلنُّجُومِ 88
ފަހެ (އެއުރެންގެ عيدއަކަށް ނުކުމެވަޑައިގަތުމަށް ދެންނެވުމުން) އެކަލޭގެފާނު ފުން ނަޒަރަކުން ތަރިތަކަށް ބައްލަވައިލެއްވިއެވެ.
Surah 37 · سورة الصَّافات
Juz 1
فَقَالَ إِنِّى سَقِيمٌ۬ 89
ދެން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނީ ބަލިމީހަކީމެވެ.
Surah 37 · سورة الصَّافات
Juz 1
فَتَوَلَّوۡاْ عَنۡهُ مُدۡبِرِينَ 90
ދެން އެއުރެން އެކަލޭގެފާނަށް ފުރަގަސްދީ ހިނގައްޖައޫއެވެ.
Surah 37 · سورة الصَّافات
Juz 1
فَرَاغَ إِلَىٰٓ ءَالِهَتِہِمۡ فَقَالَ أَلَا تَأۡكُلُونَ 91
ފަހެ، އެކަލޭގެފާނު އެއުރެންގެ إلهންތަކުގެ ކައިރިޔަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. ކަލޭމެން ނުކަނީހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
مَا لَكُمۡ لَا تَنطِقُونَ 92
ކަލޭމެން ބަސްނުމޮށެނީ ކީއްވެގެން ހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
فَرَاغَ عَلَيۡہِمۡ ضَرۡبَۢا بِٱلۡيَمِينِ 93
ފަހެ، އެކަލޭގެފާނު އެތަކެތީގެ ކައިރިޔަށް ޖެހިވަޑައިގެން ކަނާތްޕުޅުން އެތަކެތީގައި ޖެއްސެވިއެވެ.
Surah 37 · سورة الصَّافات
Juz 1
فَأَقۡبَلُوٓاْ إِلَيۡهِ يَزِفُّونَ 94
ފަހެ، އެއުރެން އެކަލޭގެފާނުގެ އަރިހަށް އަވަސްވެގަނެގެން އައޫއެވެ.
Surah 37 · سورة الصَّافات
Juz 1
قَالَ أَتَعۡبُدُونَ مَا تَنۡحِتُونَ 95
އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ކޮށައި މަށައިގެންހަދާ ތަކެއްޗަށް ތިޔަބައިމީހުން އަޅުކަންކުރަނީ ހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
وَٱللَّهُ خَلَقَكُمۡ وَمَا تَعۡمَلُونَ 96
އަދި ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ކުރާހާކަމެއް ހެއްދެވީ اللَّهއެވެ.
Surah 37 · سورة الصَّافات
Juz 1
قَالُواْ ٱبۡنُواْ لَهُ ۥ بُنۡيَـٰنً۬ا فَأَلۡقُوهُ فِى ٱلۡجَحِيمِ 97
އެއުރެން ބުނޫއެވެ. އެކަލޭގެފާނަށްޓަކައި ބިނާއެއް ހަދާށެވެ! (އަދި އެތަނަށް ދަރުއަޅައި ރޯކޮށްފައި) ދެން ގަދަ އަލިފާންގަނޑުގެ ތެރެޔަށް އެކަލޭގެފާނު އެއްލާށެވެ!
Surah 37 · سورة الصَّافات
Juz 1
فَأَرَادُواْ بِهِۦ كَيۡدً۬ا فَجَعَلۡنَـٰهُمُ ٱلۡأَسۡفَلِينَ 98
ފަހެ، އެއުރެން އެކަލޭގެފާނު ހަލާކުކޮށްލުމަށް މަކަރުވެރި ރޭވުމެއް ރޭވޫއެވެ. އަދި ދެރަވެ ނިކަމެތިވި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
َقَالَ إِنِّى ذَاهِبٌ إِلَىٰ رَبِّى سَيَہۡدِينِ 99
އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެން (މިތަނުން هجرةކޮށް) ދާހުށީ އަހުރެންގެ ވެރިރަސްކަލާނގެ أمرކުރެއްވި ތަނަށެވެ. އެކަލާނގެ އަހުރެންނަށް މަގު ދައްކަވާނެތެވެ.
Surah 37 · سورة الصَّافات
Juz 1
رَبِّ هَبۡ لِى مِنَ ٱلصَّـٰلِحِينَ 100
އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް صالحންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!
Surah 37 · سورة الصَّافات
Juz 1
فَبَشَّرۡنَـٰهُ بِغُلَـٰمٍ حَلِيمٍ۬ 101
ފަހެ، ތިމަންރަސްކަލާނގެ (އެކަލޭގެފާނުގެ دعاء އިޖާބަކުރައްވައި) حلمވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރި خبر އެކަލޭގެފާނަށް ދެއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
فَلَمَّا بَلَغَ مَعَهُ ٱلسَّعۡىَ قَالَ يَـٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلۡمَنَامِ أَنِّىٓ أَذۡبَحُكَ فَٱنظُرۡ مَاذَا تَرَىٰۚ قَالَ يَـٰٓأَبَتِ ٱفۡعَلۡ مَا تُؤۡمَرُۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰبِرِينَ 102
ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ قربانކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެއެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمرކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ.
Surah 37 · سورة الصَّافات
Juz 1
فَلَمَّآ أَسۡلَمَا وَتَلَّهُ ۥ لِلۡجَبِينِ 103
ފަހެ، އެ ދެބަފައިކަލުން (اللَّهއަށް) ބޯލަނބައި ކިޔަމަންވެ،
އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ إبراهيمގެފާނެވެ!
Surah 37 · سورة الصَّافات
Juz 1
وَنَـٰدَيۡنَـٰهُ أَن يَـٰٓإِبۡرَٲهِيمُ 104
ފަހެ، އެ ދެބަފައިކަލުން (اللَّهއަށް) ބޯލަނބައި ކިޔަމަންވެ،
އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ إبراهيمގެފާނެވެ!
Surah 37 · سورة الصَّافات
Juz 1
قَدۡ صَدَّقۡتَ ٱلرُّءۡيَآۚ إِنَّا كَذَٲلِكَ نَجۡزِى ٱلۡمُحۡسِنِينَ 105
ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. إحسانތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّ هَـٰذَا لَهُوَ ٱلۡبَلَـٰٓؤُاْ ٱلۡمُبِينُ 106
ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ امتحانކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
وَفَدَيۡنَـٰهُ بِذِبۡحٍ عَظِيمٍ۬ 107
އަދި قدرބޮޑުވެގެންވާََ ذبيحة އެއް(އެބަހީ: ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
وَتَرَكۡنَا عَلَيۡهِ فِى ٱلۡأَخِرِينَ 108
އަދި ފަހުން އަންނަނިވި أمّةތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ.
Surah 37 · سورة الصَّافات
Juz 1
سَلَـٰمٌ عَلَىٰٓ إِبۡرَٲهِيمَ 109
إبراهيمގެފާނުގެ މައްޗަށް سلامހުށްޓެވެ.
Surah 37 · سورة الصَّافات
Juz 1
كَذَٲلِكَ نَجۡزِى ٱلۡمُحۡسِنِينَ 110
إحسانތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّهُ ۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ 111
ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمنއަޅުންގެ ތެރެއިންނެވެ.
Surah 37 · سورة الصَّافات
Juz 1
وَبَشَّرۡنَـٰهُ بِإِسۡحَـٰقَ نَبِيًّ۬ا مِّنَ ٱلصَّـٰلِحِينَ 112
އަދި صالحންގެ ތެރެއިންވާ ނަބިއްޔަކު ކަމުގައި إسحاقގެފާނު ދެއްވާނެކަމުގެ އުފާވެރި خبر، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
وَبَـٰرَكۡنَا عَلَيۡهِ وَعَلَىٰٓ إِسۡحَـٰقَۚ وَمِن ذُرِّيَّتِهِمَا مُحۡسِنٌ۬ وَظَالِمٌ۬ لِّنَفۡسِهِۦ مُبِينٌ۬ 113
އަދި އެކަލޭގެފާނާއި، إسحاقގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ بركاتލެއްވީމެވެ. އެ ދެބަފައިކަލުންގެ ދަރިކޮޅުން ހެޔޮކަންތައްކުރާ މީހުންނާއި، ފާޅުވެގެންވާ ގޮތުގައި އަމިއްލަ نفسއަށް އަނިޔާކުރާ މީހުންވެއެވެ.
Surah 37 · سورة الصَّافات
Juz 1
وَلَقَدۡ مَنَنَّا عَلَىٰ مُوسَىٰ وَهَـٰرُونَ 114
އަދި موسىގެފާނާއި، هارونގެފާނަށް ތިމަންރަސްކަލާނގެ (ނަބީކަމުގެ) نعمةދެއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
وَنَجَّيۡنَـٰهُمَا وَقَوۡمَهُمَا مِنَ ٱلۡڪَرۡبِ ٱلۡعَظِيمِ 115
އަދި ތިމަންރަސްކަލާނގެ އެ ދެބޭކަލުންނާއި، އެ ދެބޭކަލުންގެ قومގެމީހުން ބޮޑުވެގެންވާ ހިތާމައިން ސަލާމަތް ކުރެއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
وَنَصَرۡنَـٰهُمۡ فَكَانُواْ هُمُ ٱلۡغَـٰلِبِينَ 116
އަދި ތިމަން ރަސްކަލާނގެ އެއުރެންނަށް نصرދެއްވީމެވެ. ފަހެ، ގަދަވިބަޔަކު ކަމުގައިވީ، ހަމައެއުރެންނެވެ.
Surah 37 · سورة الصَّافات
Juz 1
وَءَاتَيۡنَـٰهُمَا ٱلۡكِتَـٰبَ ٱلۡمُسۡتَبِينَ 117
އަދި ތިމަންރަސްކަލާނގެ އެ ދެބޭކަލުންނަށް بيانވެގެންވާ ފޮތް (އެބަހީ: توراة) ދެއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
وَهَدَيۡنَـٰهُمَا ٱلصِّرَٲطَ ٱلۡمُسۡتَقِيمَ 118
އަދި ތިމަންރަސްކަލާނގެ، އެ ދެބޭކަލުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވީމެވެ.
Surah 37 · سورة الصَّافات
Juz 1
وَتَرَكۡنَا عَلَيۡهِمَا فِى ٱلۡأَخِرِينَ 119
އަދި ފަހުން އަންނަވި أمّةތަކުގެ މެދުގައި އެ ދެބޭކަލުންނަށް ރިވެތި ثناء ލެހެއްޓެވީމެވެ.
Surah 37 · سورة الصَّافات
Juz 1
سَلَـٰمٌ عَلَىٰ مُوسَىٰ وَهَـٰرُونَ 120
(120) موسىގެފާނާއި، هارونގެފާނުގެ މައްޗަށް سلامހުށްޓެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّا ڪَذَٲلِكَ نَجۡزِى ٱلۡمُحۡسِنِينَ 121
إحسانތެރިންނަށް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّہُمَا مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ 122
ހަމަކަށަވަރުން، އެ ދެބޭކަލުންވަނީ ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ.
Surah 37 · سورة الصَّافات
Juz 1
وَإِنَّ إِلۡيَاسَ لَمِنَ ٱلۡمُرۡسَلِينَ 123
ހަމަކަށަވަރުން، إلياسގެފާނުވަނީ رسولންގެ ތެރެއިންކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
إِذۡ قَالَ لِقَوۡمِهِۦۤ أَلَا تَتَّقُونَ 124
އެކަލޭގެފާނުގެ قومގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން تقوىވެރި ނުވާނޫހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
أَتَدۡعُونَ بَعۡلاً۬ وَتَذَرُونَ أَحۡسَنَ ٱلۡخَـٰلِقِينَ 125
އެންމެ ފުރިހަމަޔަށް ތަކެތި ހައްދަވާ ރަސްކަލާނގެއަށް އަޅުކަންކުރުން ދޫކޮށް، ތިޔަބައިމީހުން بعلއަށް އަޅުކަންކުރަނީ ހެއްޔެވެ؟ (بعلއަކީ އެއުރެން އަޅުކަން ކުރުމަށް ހަދާފައިވާ ބުދެކެވެ.)
Surah 37 · سورة الصَّافات
Juz 1
ٱللَّهَ رَبَّكُمۡ وَرَبَّ ءَابَآٮِٕكُمُ ٱلۡأَوَّلِينَ 126
އެކަލާނގެއީ، ތިޔަބައިމީހުންގެ ވެރި، އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ވެރި اللَّهއެވެ.
Surah 37 · سورة الصَّافات
Juz 1
فَكَذَّبُوهُ فَإِنَّہُمۡ لَمُحۡضَرُونَ 127
ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން (عذابގެ ތެރެޔަށް) حاضرކުރައްވާނެކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ 128
اللَّهގެ، خيارކުރައްވާފައިވާ އަޅުން މެނުވީއެވެ.
Surah 37 · سورة الصَّافات
Juz 1
وَتَرَكۡنَا عَلَيۡهِ فِى ٱلۡأَخِرِينَ 129
އަދި ފަހުން އަންނަނިވި أمّةތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ.
Surah 37 · سورة الصَّافات
Juz 1
سَلَـٰمٌ عَلَىٰٓ إِلۡ يَاسِينَ 130
إلياسގެފާނުގެ މައްޗަށް سلامހުށްޓެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّا كَذَٲلِكَ نَجۡزِى ٱلۡمُحۡسِنِينَ 131
(131) إحسانތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّهُ ۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ 132
ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ.
Surah 37 · سورة الصَّافات
Juz 1
وَإِنَّ لُوطً۬ا لَّمِنَ ٱلۡمُرۡسَلِينَ 133
ހަމަކަށަވަރުން، لوطގެފާނުވަނީ رسولންގެ ތެރެއިންކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
إِذۡ نَجَّيۡنَـٰهُ وَأَهۡلَهُ ۥۤ أَجۡمَعِينَ 134
ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهلވެރި އެންމެން ސަލާމަތްކުރެއްވިހިނދު ހަނދުމަކުރާށެވެ!
Surah 37 · سورة الصَّافات
Juz 1
إِلَّا عَجُوزً۬ا فِى ٱلۡغَـٰبِرِينَ 135
عذابލިބުނު މީހުންގެ ތެރޭގައިވި، މުސްކުޅި އަންހެނަކު މެނުވީއެވެ.
Surah 37 · سورة الصَّافات
Juz 1
ثُمَّ دَمَّرۡنَا ٱلۡأَخَرِينَ 136
ދެން ތިމަންރަސްކަލާނގެ (އެ قومގެ) އެހެންމީހުން ހަލާކު ކުރެއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
وَإِنَّكُمۡ لَتَمُرُّونَ عَلَيۡہِم مُّصۡبِحِينَ 137
ހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (آثارތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
وَبِٱلَّيۡلِۗ أَفَلَا تَعۡقِلُونَ 138
ހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (آثارތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
وَإِنَّ يُونُسَ لَمِنَ ٱلۡمُرۡسَلِينَ 139
ހަމަކަށަވަރުން، يونسގެފާނުވަނީ، رسولންގެ ތެރެއިންކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
إِذۡ أَبَقَ إِلَى ٱلۡفُلۡكِ ٱلۡمَشۡحُونِ 140
އެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ!
Surah 37 · سورة الصَّافات
Juz 1
فَسَاهَمَ فَكَانَ مِنَ ٱلۡمُدۡحَضِينَ 141
ފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) قرعةލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (قرعةން) ދެރަވިމީހުންގެ ތެރެއިންނެވެ.
Surah 37 · سورة الصَّافات
Juz 1
فَٱلۡتَقَمَهُ ٱلۡحُوتُ وَهُوَ مُلِيمٌ۬ 142
ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حالގައެވެ.
Surah 37 · سورة الصَّافات
Juz 1
فَلَوۡلَآ أَنَّهُ ۥ كَانَ مِنَ ٱلۡمُسَبِّحِينَ 143
ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيحކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشرއަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.
Surah 37 · سورة الصَّافات
Juz 1
لَلَبِثَ فِى بَطۡنِهِۦۤ إِلَىٰ يَوۡمِ يُبۡعَثُونَ 144
ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيحކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشرއަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.
Surah 37 · سورة الصَّافات
Juz 1
۞ فَنَبَذۡنَـٰهُ بِٱلۡعَرَآءِ وَهُوَ سَقِيمٌ۬ 145
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލިحالކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ.
Surah 37 · سورة الصَّافات
Juz 1
وَأَنۢبَتۡنَا عَلَيۡهِ شَجَرَةً۬ مِّن يَقۡطِينٍ۬ 146
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި، ބަރަބޮލުގެ ބާވަތެއްގެ ގަހެއް އެތަނުން ފެޅުއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
وَأَرۡسَلۡنَـٰهُ إِلَىٰ مِاْئَةِ أَلۡفٍ أَوۡ يَزِيدُونَ 147
އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ قومއަކަށް رسولކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ.
Surah 37 · سورة الصَّافات
Juz 1
فَـَٔامَنُواْ فَمَتَّعۡنَـٰهُمۡ إِلَىٰ حِينٍ۬ 148
ފަހެ، އެއުރެން (އެކަލޭގެފާނަށް) إيمانވޫއެވެ. ދެން އެއުރެންގެ أجلޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.
Surah 37 · سورة الصَّافات
Juz 1
] فَٱسۡتَفۡتِهِمۡ أَلِرَبِّكَ ٱلۡبَنَاتُ وَلَهُمُ ٱلۡبَنُونَ 149
(149) (އޭ محمدގެފާނެވެ!) ފަހެ، ކަލޭގެފާނު އެއުރެންނާ سؤالކުރައްވައި ބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަންހެންދަރިން ތިބެފައި އެއުރެންނަށް ފިރިހެންދަރިން ވަނީހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
أَمۡ خَلَقۡنَا ٱلۡمَلَـٰٓٮِٕڪَةَ إِنَـٰثً۬ا وَهُمۡ شَـٰهِدُونَ 150
ނުވަތަ އެއުރެން حاضرވެ ބަލަންތިއްބައި، ތިމަންރަސްކަލާނގެ ملائكةން އަންހެންބަޔަކަށް ހެއްދެވީހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
أَلَآ إِنَّہُم مِّنۡ إِفۡكِهِمۡ لَيَقُولُونَ 151
ދަންނާށެވެ! ހަމަކަށަވަރުން، اللَّهއަށް ދަރިންވާކަމަށް އެއުރެން އެބުނަނީ ބޮޑުދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
وَلَدَ ٱللَّهُ وَإِنَّہُمۡ لَكَـٰذِبُونَ 152
ދަންނާށެވެ! ހަމަކަށަވަރުން، اللَّهއަށް ދަރިންވާކަމަށް އެއުރެން އެބުނަނީ ބޮޑުދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
أَصۡطَفَى ٱلۡبَنَاتِ عَلَى ٱلۡبَنِينَ 153
ފިރިހެންދަރިންގެ މައްޗަށް އަންހެންދަރިން އެކަލާނގެ خيارކުރެއްވީހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
مَا لَكُمۡ كَيۡفَ تَحۡكُمُونَ 154
ތިޔަބައިމީހުން ތިޔަތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكمކުރަނީ ކޮންފަދައަކުން ހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
أَفَلَا تَذَكَّرُونَ 155
ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
أَمۡ لَكُمۡ سُلۡطَـٰنٌ۬ مُّبِينٌ۬ 156
ނުވަތަ ތިޔަބައިމީހުންނަށް بيانވެގެންވާ دليلއެއް ވަނީހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
فَأۡتُواْ بِكِتَـٰبِكُمۡ إِن كُنتُمۡ صَـٰدِقِينَ 157
ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ތިޔަބައިމީހުންގެ ފޮތް (دليلއަކަށް) ގެނެސްބަލާށެވެ!
Surah 37 · سورة الصَّافات
Juz 1
وَجَعَلُواْ بَيۡنَهُ ۥ وَبَيۡنَ ٱلۡجِنَّةِ نَسَبً۬اۚ وَلَقَدۡ عَلِمَتِ ٱلۡجِنَّةُ إِنَّہُمۡ لَمُحۡضَرُونَ 158
އަދި އެއުރެން އެކަލާނގެއާ ޖިންނީންނާ ދެމެދު نسبގެ ގުޅުމެއް ވާކަމަށް ހަދައެވެ. ހަމަކަށަވަރުން، އެއުރެން (عذابގެ ތެރެޔަށް) حاضرކުރައްވާނެކަން، ޖިންނީން ރަނގަޅަށް ދަނެއެވެ.
Surah 37 · سورة الصَّافات
Juz 1
سُبۡحَـٰنَ ٱللَّهِ عَمَّا يَصِفُونَ 159
އެއުރެން އެ ސިފަކުރާ ގޮތްތަކުން اللَّه ހުސްطاهرވެ ވޮޑިގެންވެއެވެ.
Surah 37 · سورة الصَّافات
Juz 1
عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ 160
اللَّهގެ، خيارކުރައްވާފައިވާ އަޅުން މެނުވީއެވެ.
Surah 37 · سورة الصَّافات
Juz 1
فَإِنَّكُمۡ وَمَا تَعۡبُدُونَ 161
ފަހެ، ތިޔަބައިމީހުންވަނީ، ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ އެކުގައެވެ.
Surah 37 · سورة الصَّافات
Juz 1
مَآ أَنتُمۡ عَلَيۡهِ بِفَـٰتِنِينَ 162
ނަރަކަޔަށް ވަންނަހުށި މީހަކު މެނުވީ، ތިޔަބައިމީހުންނަކަށް މަގުފުރައްދައެއް ނުލެވޭނެތެވެ.
Surah 37 · سورة الصَّافات
Juz 1
إِلَّا مَنۡ هُوَ صَالِ ٱلۡجَحِيمِ 163
ނަރަކަޔަށް ވަންނަހުށި މީހަކު މެނުވީ، ތިޔަބައިމީހުންނަކަށް މަގުފުރައްދައެއް ނުލެވޭނެތެވެ.
Surah 37 · سورة الصَّافات
Juz 1
وَمَا مِنَّآ إِلَّا لَهُ ۥ مَقَامٌ۬ مَّعۡلُومٌ۬ 164
(ملائكةން ވިދާޅުވޫއެވެ.) ތިމަންބޭކަލުންގެ ތެރެއިން ހަމައެކަކަށްވެސް (އަޅުކަން ކުރުމަށް) އެބޭކަލަކަށް ކަނޑައެޅިގެންވާ مقامއެއް ނެތިއެއް ނުވެއެވެ.
Surah 37 · سورة الصَّافات
Juz 1
وَإِنَّا لَنَحۡنُ ٱلصَّآفُّونَ 165
އަދި ހަމަކަށަވަރުން، ތިމަންމެންނީ ސަފުސަފަށް އެތުރޭ ملائكةންނީމުއެވެ.
Surah 37 · سورة الصَّافات
Juz 1
وَإِنَّا لَنَحۡنُ ٱلۡمُسَبِّحُونَ 166
އަދި ހަމަކަށަވަރުން، ތިމަންމެންނީ تسبيحކިޔާ ملائكةންނީމުއެވެ.
Surah 37 · سورة الصَّافات
Juz 1
وَإِن كَانُواْ لَيَقُولُونَ 167
އަދި ހަމަކަށަވަރުން، އެއުރެން (އެބަހީ: مكةގެ مشركން) ބުނެއުޅެތެވެ.
Surah 37 · سورة الصَّافات
Juz 1
لَوۡ أَنَّ عِندَنَا ذِكۡرً۬ا مِّنَ ٱلۡأَوَّلِينَ 168
ތިމަންމެންގެ ގާތުގައި، އިހުގެ أمّةތަކަށް ބާވައިލެއްވި ފޮތްތަކުގެ ތެރެއިން ފޮތެއްވާނަމަ، اللَّهގެ، خيارކުރައްވާފައިވާ އަޅުންކަމުގައި ތިމަންމެންވެސް ވީމުހެވެ.
Surah 37 · سورة الصَّافات
Juz 1
لَكُنَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ 169
ތިމަންމެންގެ ގާތުގައި، އިހުގެ أمّةތަކަށް ބާވައިލެއްވި ފޮތްތަކުގެ ތެރެއިން ފޮތެއްވާނަމަ، اللَّهގެ، خيارކުރައްވާފައިވާ އަޅުންކަމުގައި ތިމަންމެންވެސް ވީމުހެވެ.
Surah 37 · سورة الصَّافات
Juz 1
فَكَفَرُواْ بِهِۦۖ فَسَوۡفَ يَعۡلَمُونَ 170
ފަހެ (އެ قرآن އެއުރެންގެ ގާތަށް އައުމުން) އެއުރެން އެއަށް كافرވޫއެވެ. ފަހެ، އެއުރެންނަށް (އެކަމުގެ ނަތީޖާ) ނިކަންހުރެ އެނގޭހުށްޓެވެ.
Surah 37 · سورة الصَّافات
Juz 1
وَلَقَدۡ سَبَقَتۡ كَلِمَتُنَا لِعِبَادِنَا ٱلۡمُرۡسَلِينَ 171
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންކަމުގައިވާ رسولންނަށް ތިމަންރަސްކަލާނގެ (نصرދެއްވާނެކަމުގެ) ބަސްފުޅުވަނީ، އިސްވެގޮސްފައެވެ.
Surah 37 · سورة الصَّافات
Juz 1
إِنَّہُمۡ لَهُمُ ٱلۡمَنصُورُونَ 172
ހަމަކަށަވަރުން، އެބޭކަލުންނީ، ހަމަ نصرލިބިގެންވާ ބޭކަލުންނެވެ.
Surah 37 · سورة الصَّافات
Juz 1
وَإِنَّ جُندَنَا لَهُمُ ٱلۡغَـٰلِبُونَ 173
އަދި ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ތިމަންރަސްކަލާނގެ لشكرކަން ކަށަވަރެވެ.
Surah 37 · سورة الصَّافات
Juz 1
فَتَوَلَّ عَنۡہُمۡ حَتَّىٰ حِينٍ۬ 174
ފަހެ، ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ!
Surah 37 · سورة الصَّافات
Juz 1
وَأَبۡصِرۡهُمۡ فَسَوۡفَ يُبۡصِرُونَ 175
އަދި ކަލޭގެފާނު އެއުރެން (ނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ! ފަހެ، ނިކަންހުރެ އެއުރެން ދެކޭނެމެއެވެ.
Surah 37 · سورة الصَّافات
Juz 1
أَفَبِعَذَابِنَا يَسۡتَعۡجِلُونَ 176
ފަހެ، އެއުރެން އަވަސްވުން އެދެނީ، ތިމަންރަސްކަލާނގެ عذابއަށް ހެއްޔެވެ؟
Surah 37 · سورة الصَّافات
Juz 1
فَإِذَا نَزَلَ بِسَاحَتِہِمۡ فَسَآءَ صَبَاحُ ٱلۡمُنذَرِينَ 177
ފަހެ، އެއުރެން ތިބޭތަނަށް އެ عذابއަތުވެއްޖެނަމަ، އެ إنذارވެވުނު މީހުންގެ ހެނދުނުގެ ހުރި ނުބައިކަމާއެވެ!
Surah 37 · سورة الصَّافات
Juz 1
وَتَوَلَّ عَنۡهُمۡ حَتَّىٰ حِينٍ۬ 178
އަދި ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!
Surah 37 · سورة الصَّافات
Juz 1
وَأَبۡصِرۡ فَسَوۡفَ يُبۡصِرُونَ 179
އަދި ކަލޭގެފާނު (އެއުރެންނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ! ފަހެ، ނިކަންހުރެ އެއުރެން ދެކޭނޭމެއެވެ.
Surah 37 · سورة الصَّافات
Juz 1
سُبۡحَـٰنَ رَبِّكَ رَبِّ ٱلۡعِزَّةِ عَمَّا يَصِفُونَ 180
އެއުރެން ސިފަކުރާ ކަންތަކުން ކަލޭގެފާނުގެ ވެރި، عزّةގެ ވެރިރަސްކަލާނގެ ހުސްطاهرވެ ވޮޑިގެންވެއެވެ.
Surah 37 · سورة الصَّافات
Juz 1
وَسَلَـٰمٌ عَلَى ٱلۡمُرۡسَلِينَ 181
އަދި (އެންމެހާ) رسولންގެ މައްޗަށް سلامހުށްޓެވެ.
Surah 37 · سورة الصَّافات
Juz 1
وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِينَ 182
އަދި حمدހުރީ، عالمތަކުގެ ވެރި اللَّهއަށެވެ.