Surah 91 · سورة الشّمس
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 91 · سورة الشّمس
Juz 1
وَٱلشَّمۡسِ وَضُحَٮٰهَا 1
އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ.
Surah 91 · سورة الشّمس
Juz 1
وَٱلۡقَمَرِ إِذَا تَلَٮٰهَا 2
އަދި ހަނދު އޭގެ ފަހަތުންދާހިނދު ހަނދު، ގަންދެއްވަމެވެ.
Surah 91 · سورة الشّمس
Juz 1
وَٱلنَّہَارِ إِذَا جَلَّٮٰهَا 3
އަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ.
Surah 91 · سورة الشّمس
Juz 1
وَٱلَّيۡلِ إِذَا يَغۡشَٮٰهَا 4
އަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
Surah 91 · سورة الشّمس
Juz 1
وَٱلسَّمَآءِ وَمَا بَنَٮٰهَا 5
އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ.
Surah 91 · سورة الشّمس
Juz 1
وَٱلۡأَرۡضِ وَمَا طَحَٮٰهَا 6
އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ.
Surah 91 · سورة الشّمس
Juz 1
وَنَفۡسٍ۬ وَمَا سَوَّٮٰهَا 7
އަދި نفسއާއި، އެ نفسފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ.
Surah 91 · سورة الشّمس
Juz 1
فَأَلۡهَمَهَا فُجُورَهَا وَتَقۡوَٮٰهَا 8
ފަހެ، އެކަލާނގެ އެ نفسއަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ.
Surah 91 · سورة الشّمس
Juz 1
قَدۡ أَفۡلَحَ مَن زَكَّٮٰهَا 9
އެ نفس طاهرކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
Surah 91 · سورة الشّمس
Juz 1
وَقَدۡ خَابَ مَن دَسَّٮٰهَا 10
އަދި އެ نفسއަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.
Surah 91 · سورة الشّمس
Juz 1
كَذَّبَتۡ ثَمُودُ بِطَغۡوَٮٰهَآ 11
ثمودބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ.
Surah 91 · سورة الشّمس
Juz 1
إِذِ ٱنۢبَعَثَ أَشۡقَٮٰهَا 12
އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ.
Surah 91 · سورة الشّمس
Juz 1
فَقَالَ لَهُمۡ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقۡيَـٰهَا 13
ފަހެ، އެއުރެންނަށް اللَّهގެ رسولއާ (އެބަހީ: صالحގެފާނު) ވިދާޅުވިއެވެ. اللَّهގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ!
Surah 91 · سورة الشّمس
Juz 1
فَكَذَّبُوهُ فَعَقَرُوهَا فَدَمۡدَمَ عَلَيۡهِمۡ رَبُّهُم بِذَنۢبِهِمۡ فَسَوَّٮٰهَا 14
ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން
އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذابގައި ހަމަހަމަ ކުރެއްވިއެވެ.
Surah 91 · سورة الشّمس
Juz 1
وَلَا يَخَافُ عُقۡبَـٰهَا 15
އަދި އެ عذابގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ.