ޤުރްއާން ދިވެހި ތަރުޖަމާ
75 مكّى 40 Ayahs

سورة القِیَامَة

ސޫރަތް 75
ޕްލޭބެކް އިޚުތިޔާރު
ވާޒް ރެސިޓަރ، މާނަ ރެސިޓަރ އަދި މޯޑު ހޮވާލާށެވެ
1
ފޮންޓް ކޮންޓްރޯލް
އަރަބި އާޔަތާއި ދިވެހި މާނަގެ ފޮންޓް ސައިޒް ބަދަލު ކުރާށެވެ
ފުރިހަމަ ސޫރަތް ޕްލޭ
The page follows the ayah currently playing.
Playable ayahs: 41
ސޫރަތް މަޢުލޫމާތު
Use the icon-only controls to move ayah by ayah or play the full surah in order.

އާޔަތްތައް

41 Ayahs
Surah 75 · سورة القِیَامَة
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 75 · سورة القِیَامَة
Juz 1
لَآ أُقۡسِمُ بِيَوۡمِ ٱلۡقِيَـٰمَةِ 1
قيامةދުވަސް ގަންދެއްވައި ހުވާ وحىކުރައްވަމެވެ.
Surah 75 · سورة القِیَامَة
Juz 1
وَلَآ أُقۡسِمُ بِٱلنَّفۡسِ ٱللَّوَّامَةِ 2
އަދި النفس اللّوّامة ގަންދެއްވައި ހުވާ وحىކުރައްވަމެވެ.

(އިތުރުބަޔާން: النفس اللّوّامةއަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ نفسއަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ نفسއެކެވެ.)
Surah 75 · سورة القِیَامَة
Juz 1
أَيَحۡسَبُ ٱلۡإِنسَـٰنُ أَلَّن نَّجۡمَعَ عِظَامَهُ ۥ 3
އިންސާނާ ހީކުރަނީ، ތިމަންރަސްކަލާނގެ އޭނާގެ ކަށިތައް އެއްނުކުރައްވާނެ ކަމަށްހެއްޔެވެ؟
Surah 75 · سورة القِیَامَة
Juz 1
بَلَىٰ قَـٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُ ۥ 4
އެހެންނަކުން ނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންރަސްކަލާނގެ ކުޅަދުންވަންތައެވެ.
Surah 75 · سورة القِیَامَة
Juz 1
بَلۡ يُرِيدُ ٱلۡإِنسَـٰنُ لِيَفۡجُرَ أَمَامَهُ ۥ 5
އަދި ކިއެއްތަ! އިންސާނާ އެދެނީ، އޭނާގެ ކުރިޔަށް އޮތްތާނގައިވެސް ފާފަތައް ކޮށްއުޅުމަށެވެ.
Surah 75 · سورة القِیَامَة
Juz 1
يَسۡـَٔلُ أَيَّانَ يَوۡمُ ٱلۡقِيَـٰمَةِ 6
އޭނާ سؤالކުރާނެތެވެ. قيامةދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
Surah 75 · سورة القِیَامَة
Juz 1
فَإِذَا بَرِقَ ٱلۡبَصَرُ 7
ފަހެ، ލޯތަކަށް حيرانކަންލިބި، ތަރަތަރަލާހިނދެވެ.
Surah 75 · سورة القِیَامَة
Juz 1
وَخَسَفَ ٱلۡقَمَرُ 8
އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ.
Surah 75 · سورة القِیَامَة
Juz 1
وَجُمِعَ ٱلشَّمۡسُ وَٱلۡقَمَرُ 9
އަދި އިރާއި، ހަނދު އެއްތަންކުރައްވާހިނދެވެ.
Surah 75 · سورة القِیَامَة
Juz 1
يَقُولُ ٱلۡإِنسَـٰنُ يَوۡمَٮِٕذٍ أَيۡنَ ٱلۡمَفَرُّ 10
އެދުވަހުން އިންސާނާ ބުނާނެތެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟
Surah 75 · سورة القِیَامَة
Juz 1
كَلَّا لَا وَزَرَ 11
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ރައްކާވެ ތިބެންދާނެ ތަނެއްނެތެވެ.
Surah 75 · سورة القِیَامَة
Juz 1
إِلَىٰ رَبِّكَ يَوۡمَٮِٕذٍ ٱلۡمُسۡتَقَرُّ 12
އެދުވަހުންގޮސް ހަމަޖެހުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށެވެ.
Surah 75 · سورة القِیَامَة
Juz 1
يُنَبَّؤُاْ ٱلۡإِنسَـٰنُ يَوۡمَٮِٕذِۭ بِمَا قَدَّمَ وَأَخَّرَ 13
އިންސާނާ އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއްގެ ވާހަކައިން
އެ އިންސާނާއަށް އެދުވަހުން خبرދެއްވާނެތެވެ.
Surah 75 · سورة القِیَامَة
Juz 1
بَلِ ٱلۡإِنسَـٰنُ عَلَىٰ نَفۡسِهِۦ بَصِيرَةٌ۬ 14
އަދި ކިއެއްތަ! އެ އިންސާނާވަނީ އޭނާގެ އަމިއްލަ نفسގެ މައްޗަށްވާ ހެތްކެއް ކަމުގައެވެ.
Surah 75 · سورة القِیَامَة
Juz 1
وَلَوۡ أَلۡقَىٰ مَعَاذِيرَهُ ۥ 15
އެ އިންސާނާ، އޭނާގެ عذرތައް ކުރިމަތިކުޅަނަމަވެސް މެއެވެ.
Surah 75 · سورة القِیَامَة
Juz 1
لَا تُحَرِّكۡ بِهِۦ لِسَانَكَ لِتَعۡجَلَ بِهِۦۤ 16
އެ قرآن ލިބިވަޑައިގަތުން އަވަސްކުރެއްވުމަށް ކަލޭގެފާނުގެ ދޫފުޅު، އެ قرآنއާއިގެން حركاتތެރި ނުކުރައްވާށެވެ!
Surah 75 · سورة القِیَامَة
Juz 1
إِنَّ عَلَيۡنَا جَمۡعَهُ ۥ وَقُرۡءَانَهُ ۥ 17
ހަމަކަށަވަރުން، އެ قرآن (ކަލޭގެފާނުގެ ހިތްޕުޅަށް) جمعކުރެއްވުމާއި، އަދި
އެ قرآن ކިޔަވައިވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ.
Surah 75 · سورة القِیَامَة
Juz 1
فَإِذَا قَرَأۡنَـٰهُ فَٱتَّبِعۡ قُرۡءَانَهُ 18
ފަހެ، ތިމަންރަސްކަލާނގެ (جبريلގެފާނު މެދުވެރިކުރައްވައި)
އެ قرآن ކިޔަވައިދެއްވާހިނދު، ފަހެ، ކަލޭގެފާނު އެ ކިޔަވައިދެއްވުމާ تبعވެވަޑައިގަންނަވާށެވެ!
Surah 75 · سورة القِیَامَة
Juz 1
ثُمَّ إِنَّ عَلَيۡنَا بَيَانَهُ 19
ދެން ހަމަކަށަވަރުން، އެ قرآن ބަޔާންކޮށްދެއްވުން ވަނީވެސް ތިމަންރަސްކަލާނގެއަށެވެ.
Surah 75 · سورة القِیَامَة
Juz 1
كَلَّا بَلۡ تُحِبُّونَ ٱلۡعَاجِلَةَ 20
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ލޯބިކުރަނީ ދުނިޔޭގެ ކަންތަކަށެވެ.
Surah 75 · سورة القِیَامَة
Juz 1
وَتَذَرُونَ ٱلۡأَخِرَةَ 21
އަދި ތިޔަބައިމީހުން آخرة ދޫކޮށްލަމުއެވެ.
Surah 75 · سورة القِیَامَة
Juz 1
وُجُوهٌ۬ يَوۡمَٮِٕذٍ۬ نَّاضِرَةٌ 22
އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ.
Surah 75 · سورة القِیَامَة
Juz 1
إِلَىٰ رَبِّہَا نَاظِرَةٌ۬ 23
އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ.
Surah 75 · سورة القِیَامَة
Juz 1
وَوُجُوهٌ۬ يَوۡمَٮِٕذِۭ بَاسِرَةٌ۬ 24
އަދި އެދުވަހުން މޫނުތަކެއް ހުތުރުވެ، މޮޅިވެގެންވެއެވެ.
Surah 75 · سورة القِیَامَة
Juz 1
تَظُنُّ أَن يُفۡعَلَ بِہَا فَاقِرَةٌ۬ 25
މައިކަށީގެ ބަދަތައް ބިނދޭވަރުގެކަމެއް ކުރެވޭނެކަމަށް (އެ މޫނުތަކުގެ ވެރިން) ހީކުރެތެވެ.
Surah 75 · سورة القِیَامَة
Juz 1
كَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ 26
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ވައިނޮޅިކަށިގަނޑާ ހަމަޔަށް ފުރާނަ ފޯރައްޖެހިނދެވެ.
Surah 75 · سورة القِیَامَة
Juz 1
وَقِيلَ مَنۡۜ رَاقٍ۬ 27
އަދި އަންގަވާހިނދެވެ. ފަންޑިތައެއް ހަދައި، ފަރުވާއެއް ކުރާނީ ކާކުހެއްޔެވެ؟
Surah 75 · سورة القِیَامَة
Juz 1
وَظَنَّ أَنَّهُ ٱلۡفِرَاقُ 28
އަދި އެއީ ވަކިވުން ކަމުގައި يقينކޮށްފި ހިނދެވެ.
Surah 75 · سورة القِیَامَة
Juz 1
وَٱلۡتَفَّتِ ٱلسَّاقُ بِٱلسَّاقِ 29
އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައިލެވޭހިނދެވެ.
Surah 75 · سورة القِیَامَة
Juz 1
إِلَىٰ رَبِّكَ يَوۡمَٮِٕذٍ ٱلۡمَسَاقُ 30
އެދުވަހުން އެމީހަކު ގެންދެވުންވަނީ، ތިބާގެ ވެރިރަސްކަލާނގެ حضرةއަށެވެ.
Surah 75 · سورة القِیَامَة
Juz 1
فَلَا صَدَّقَ وَلَا صَلَّىٰ 31
ފަހެ، އޭނާ (اللَّهގެ ފޮތް) ތެދެއްވެސް ނުކުރެތެވެ. އަދި ނަމާދެއްވެސް ނުކުރެތެވެ.
Surah 75 · سورة القِیَامَة
Juz 1
وَلَـٰكِن كَذَّبَ وَتَوَلَّى 32
އެހެނެއްކަމަކު އޭނާ ދޮގުކުރިއެވެ. އަދި އޭނާ ފުރަގަސްދީ އެނބުރިދިޔައެވެ.
Surah 75 · سورة القِیَامَة
Juz 1
ثُمَّ ذَهَبَ إِلَىٰٓ أَهۡلِهِۦ يَتَمَطَّىٰٓ 33
ދެން އޭނާގެ أهلވެރިންގެ ގާތަށް ބޮޑާކަންމަތީ ހިނގަމުންދިޔައެވެ.
Surah 75 · سورة القِیَامَة
Juz 1
أَوۡلَىٰ لَكَ فَأَوۡلَىٰ 34
ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ.
Surah 75 · سورة القِیَامَة
Juz 1
ثُمَّ أَوۡلَىٰ لَكَ فَأَوۡلَىٰٓ 35
ދެންވެސް ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ.
Surah 75 · سورة القِیَامَة
Juz 1
أَيَحۡسَبُ ٱلۡإِنسَـٰنُ أَن يُتۡرَكَ سُدًى 36
ބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނެކަމަށް އިންސާނާ ހީކުރަނީ ހެއްޔެވެ؟
Surah 75 · سورة القِیَامَة
Juz 1
أَلَمۡ يَكُ نُطۡفَةً۬ مِّن مَّنِىٍّ۬ يُمۡنَىٰ 37
އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟
Surah 75 · سورة القِیَامَة
Juz 1
ثُمَّ كَانَ عَلَقَةً۬ فَخَلَقَ فَسَوَّىٰ 38
ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ.
Surah 75 · سورة القِیَامَة
Juz 1
فَجَعَلَ مِنۡهُ ٱلزَّوۡجَيۡنِ ٱلذَّكَرَ وَٱلۡأُنثَىٰٓ 39
ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ.
Surah 75 · سورة القِیَامَة
Juz 1
أَلَيۡسَ ذَٲلِكَ بِقَـٰدِرٍ عَلَىٰٓ أَن يُحۡـِۧىَ ٱلۡمَوۡتَىٰ 40
އެކަން އެގޮތަށް ކުރެއްވި ރަސްކަލާނގެ، މަރުވެފައިވާ މީހުން އަލުން ދިރުއްވުމަށް ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟