Surah 69 · سورة الحَاقَّة
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 69 · سورة الحَاقَّة
Juz 1
ٱلۡحَآقَّةُ 1
ކަށަވަރުވެގެންވާ قيامةދުވަހެވެ.
Surah 69 · سورة الحَاقَّة
Juz 1
مَا ٱلۡحَآقَّةُ 2
ކަށަވަރުވެގެންވާ قيامةދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟
Surah 69 · سورة الحَاقَّة
Juz 1
وَمَآ أَدۡرَٮٰكَ مَا ٱلۡحَآقَّةُ 3
ކަށަވަރުވެގެންވާ قيامةދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
Surah 69 · سورة الحَاقَّة
Juz 1
كَذَّبَتۡ ثَمُودُ وَعَادُۢ بِٱلۡقَارِعَةِ 4
ثمودބާގައިމީހުންނާއި، عادބާގައިމީހުން قيامةދުވަސް ދޮގުކުރޫއެވެ.
Surah 69 · سورة الحَاقَّة
Juz 1
فَأَمَّا ثَمُودُ فَأُهۡلِڪُواْ بِٱلطَّاغِيَةِ 5
ފަހެ، ثمودބާގައިމީހުން ދަންނާށެވެ! ފަހެ، ބިރުވެރި، ގަދަފަދަ އަޑުން އެއުރެން ހަލާކު ކުރެއްވިއެވެ.
Surah 69 · سورة الحَاقَّة
Juz 1
وَأَمَّا عَادٌ۬ فَأُهۡلِڪُواْ بِرِيحٍ۬ صَرۡصَرٍ عَاتِيَةٍ۬ 6
އަދި عادބާގައިމީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ.
Surah 69 · سورة الحَاقَّة
Juz 1
سَخَّرَهَا عَلَيۡہِمۡ سَبۡعَ لَيَالٍ۬ وَثَمَـٰنِيَةَ أَيَّامٍ حُسُومً۬ا فَتَرَى ٱلۡقَوۡمَ فِيہَا صَرۡعَىٰ كَأَنَّہُمۡ أَعۡجَازُ نَخۡلٍ خَاوِيَةٍ۬ 7
އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން
އެ ވައި ފޮނުއްވިއެވެ. ފަހެ، އެ قومގެމީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ.
Surah 69 · سورة الحَاقَّة
Juz 1
فَهَلۡ تَرَىٰ لَهُم مِّنۢ بَاقِيَةٍ۬ 8
ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާއަށް ފެނޭހެއްޔެވެ؟
Surah 69 · سورة الحَاقَّة
Juz 1
وَجَآءَ فِرۡعَوۡنُ وَمَن قَبۡلَهُ ۥ وَٱلۡمُؤۡتَفِكَـٰتُ بِٱلۡخَاطِئَةِ 9
އަދި فرعونއާއި، އޭނާގެ ކުރީގެ މީހުންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ މީހުން ފާފަކުރޫއެވެ.
Surah 69 · سورة الحَاقَّة
Juz 1
فَعَصَوۡاْ رَسُولَ رَبِّہِمۡ فَأَخَذَهُمۡ أَخۡذَةً۬ رَّابِيَةً 10
ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسولއާއަށް އެއުރެން އުރެދުނޫއެވެ. ފަހެ، އެކަލާނގެ ގަދަފަދަވެގެންވާ عذابގެ ހިއްޕެވުމަކުން އެއުރެން ހިއްޕެވިއެވެ.
Surah 69 · سورة الحَاقَّة
Juz 1
إِنَّا لَمَّا طَغَا ٱلۡمَآءُ حَمَلۡنَـٰكُمۡ فِى ٱلۡجَارِيَةِ 11
ފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ.
Surah 69 · سورة الحَاقَّة
Juz 1
لِنَجۡعَلَهَا لَكُمۡ تَذۡكِرَةً۬ وَتَعِيَہَآ أُذُنٌ۬ وَٲعِيَةٌ۬ 12
އެއީ ތިމަންރަސްކަލާނގެ އެކަންތައްތައް ތިޔަބައިމީހުންނަށް ހަނދާންކޮށްދެއްވުމެއް ކަމުގައި ލެއްވުމަށްޓަކައެވެ. އަދި ކަނުލައި އަހާ ކަންފަތްތަކެއް އެވާހަކަ ކަނުލައި އެހުމަށްޓަކައެވެ.
Surah 69 · سورة الحَاقَّة
Juz 1
فَإِذَا نُفِخَ فِى ٱلصُّورِ نَفۡخَةٌ۬ وَٲحِدَةٌ۬ 13
ފަހެ، ތާޅަފިލި އެއްފަހަރު ފުމެލައްވާ ހިނދެވެ.
Surah 69 · سورة الحَاقَّة
Juz 1
وَحُمِلَتِ ٱلۡأَرۡضُ وَٱلۡجِبَالُ فَدُكَّتَا دَكَّةً۬ وَٲحِدَةً۬ 14
އަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރިތަނުން) އުފުލި އެއްފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ.
Surah 69 · سورة الحَاقَّة
Juz 1
فَيَوۡمَٮِٕذٍ۬ وَقَعَتِ ٱلۡوَاقِعَةُ 15
ފަހެ، އެދުވަހުން قيامةވާ ހުށްޓެވެ.
Surah 69 · سورة الحَاقَّة
Juz 1
وَٱنشَقَّتِ ٱلسَّمَآءُ فَهِىَ يَوۡمَٮِٕذٍ۬ وَاهِيَةٌ۬ 16
އަދި އުޑު ފަޅަފަޅައިގެންދާނެތެވެ. ފަހެ، އެދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ.
Surah 69 · سورة الحَاقَّة
Juz 1
وَٱلۡمَلَكُ عَلَىٰٓ أَرۡجَآٮِٕهَاۚ وَيَحۡمِلُ عَرۡشَ رَبِّكَ فَوۡقَهُمۡ يَوۡمَٮِٕذٍ۬ ثَمَـٰنِيَةٌ۬ 17
އަދި ملائكةން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ عرشފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް ملائكةންނެވެ.
Surah 69 · سورة الحَاقَّة
Juz 1
يَوۡمَٮِٕذٍ۬ تُعۡرَضُونَ لَا تَخۡفَىٰ مِنكُمۡ خَافِيَةٌ۬ 18
އެދުވަހުން (حساب ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެތެވެ.
Surah 69 · سورة الحَاقَّة
Juz 1
فَأَمَّا مَنۡ أُوتِىَ كِتَـٰبَهُ ۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقۡرَءُواْ كِتَـٰبِيَهۡ 19
ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ!
Surah 69 · سورة الحَاقَّة
Juz 1
إِنِّى ظَنَنتُ أَنِّى مُلَـٰقٍ حِسَابِيَهۡ 20
ހަމަކަށަވަރުން، ތިމަންގެ حساب ކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް يقينވިއެވެ.
Surah 69 · سورة الحَاقَّة
Juz 1
فَهُوَ فِى عِيشَةٍ۬ رَّاضِيَةٍ۬ 21
ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ.
Surah 69 · سورة الحَاقَّة
Juz 1
فِى جَنَّةٍ عَالِيَةٍ۬ 22
މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ.
Surah 69 · سورة الحَاقَّة
Juz 1
قُطُوفُهَا دَانِيَةٌ۬ 23
އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ.
Surah 69 · سورة الحَاقَّة
Juz 1
كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَآ أَسۡلَفۡتُمۡ فِى ٱلۡأَيَّامِ ٱلۡخَالِيَةِ 24
(އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عملތަކުގެ ޖަޒާއެއްގެ ގޮތުންނެވެ.
Surah 69 · سورة الحَاقَّة
Juz 1
وَأَمَّا مَنۡ أُوتِىَ كِتَـٰبَهُ ۥ بِشِمَالِهِۦ فَيَقُولُ يَـٰلَيۡتَنِى لَمۡ أُوتَ كِتَـٰبِيَهۡ 25
އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟
Surah 69 · سورة الحَاقَّة
Juz 1
وَلَمۡ أَدۡرِ مَا حِسَابِيَهۡ 26
އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ!
Surah 69 · سورة الحَاقَّة
Juz 1
يَـٰلَيۡتَہَا كَانَتِ ٱلۡقَاضِيَةَ 27
ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ!
Surah 69 · سورة الحَاقَّة
Juz 1
مَآ أَغۡنَىٰ عَنِّى مَالِيَهۡۜ 28
ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.
Surah 69 · سورة الحَاقَّة
Juz 1
هَلَكَ عَنِّى سُلۡطَـٰنِيَهۡ 29
ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ.
Surah 69 · سورة الحَاقَّة
Juz 1
خُذُوهُ فَغُلُّوهُ 30
(زبانىّ ملائكةންނަށް اللَّه އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ!
Surah 69 · سورة الحَاقَّة
Juz 1
ثُمَّ ٱلۡجَحِيمَ صَلُّوهُ 31
ދެން އޭނާ ނަރަކަޔަށް ވައްދާށެވެ!
Surah 69 · سورة الحَاقَّة
Juz 1
ثُمَّ فِى سِلۡسِلَةٍ۬ ذَرۡعُهَا سَبۡعُونَ ذِرَاعً۬ا فَٱسۡلُكُوهُ 32
ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ!
Surah 69 · سورة الحَاقَّة
Juz 1
إِنَّهُ ۥ كَانَ لَا يُؤۡمِنُ بِٱللَّهِ ٱلۡعَظِيمِ 33
ހަމަކަށަވަރުން، އޭނާ މާތް اللَّهއަށް إيمانވާކަމުގައެއް ނުވެއެވެ.
Surah 69 · سورة الحَاقَّة
Juz 1
وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ 34
އަދި مسكينންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ.
Surah 69 · سورة الحَاقَّة
Juz 1
فَلَيۡسَ لَهُ ٱلۡيَوۡمَ هَـٰهُنَا حَمِيمٌ۬ 35
ފަހެ، މިއަދު މިތާކު އޭނާއަކަށް رحمةތެރިޔަކު ނުވެއެވެ.
Surah 69 · سورة الحَاقَّة
Juz 1
وَلَا طَعَامٌ إِلَّا مِنۡ غِسۡلِينٍ۬ 36
އަދި غسلين މެނުވީ (އެބަހީ: ނަރަކައިގެ أهلވެރިންގެ ގައިން އޮހޮރޭ
ފާ ދިޔަ މެނުވީ) އޭނާޔަކަށް ކާއެއްޗެއް ނުވެއެވެ.
Surah 69 · سورة الحَاقَّة
Juz 1
لَّا يَأۡكُلُهُ ۥۤ إِلَّا ٱلۡخَـٰطِـُٔونَ 37
ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ.
Surah 69 · سورة الحَاقَّة
Juz 1
فَلَآ أُقۡسِمُ بِمَا تُبۡصِرُونَ 38
ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި وحىކުރައްވަމެވެ.
Surah 69 · سورة الحَاقَّة
Juz 1
وَمَا لَا تُبۡصِرُونَ 39
ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި وحىކުރައްވަމެވެ.
Surah 69 · سورة الحَاقَّة
Juz 1
إِنَّهُ ۥ لَقَوۡلُ رَسُولٍ۬ كَرِيمٍ۬ 40
ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسولއަކު (އެބަހީ: جبريلގެފާނު اللَّهގެ حضرةން) ގެންނެވި ބަސްފުޅެއްކަން ކަށަވަރެވެ.
Surah 69 · سورة الحَاقَّة
Juz 1
وَمَا هُوَ بِقَوۡلِ شَاعِرٍ۬ۚ قَلِيلاً۬ مَّا تُؤۡمِنُونَ 41
އެއީ ޅެންވެރިޔެއްގެ ބަހެއްނޫނެވެ. ތިޔަބައިމީހުން إيمانވަނީ ވަރަށްވެސް ކުޑަކޮށެވެ.
Surah 69 · سورة الحَاقَّة
Juz 1
وَلَا بِقَوۡلِ كَاهِنٍ۬ۚ قَلِيلاً۬ مَّا تَذَكَّرُونَ 42
އަދި އެއީ كاهنއެއްގެ ބަހެއްވެސްނޫނެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.
Surah 69 · سورة الحَاقَّة
Juz 1
تَنزِيلٌ۬ مِّن رَّبِّ ٱلۡعَـٰلَمِينَ 43
(އެއީ) عالمތަކުގެ ވެރިރަސްކަލާނގެ حضرةން ބާވައިލެއްވި ފޮތެކެވެ.
Surah 69 · سورة الحَاقَّة
Juz 1
وَلَوۡ تَقَوَّلَ عَلَيۡنَا بَعۡضَ ٱلۡأَقَاوِيلِ 44
އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން انتقام) ހިއްޕެވީމުހެވެ.
Surah 69 · سورة الحَاقَّة
Juz 1
لَأَخَذۡنَا مِنۡهُ بِٱلۡيَمِينِ 45
އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން انتقام) ހިއްޕެވީމުހެވެ.
Surah 69 · سورة الحَاقَّة
Juz 1
ثُمَّ لَقَطَعۡنَا مِنۡهُ ٱلۡوَتِينَ 46
ދެން ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ ހިތްޕުޅުގެ ނާރު ކަނޑުއްވައިފީމުހެވެ.
Surah 69 · سورة الحَاقَّة
Juz 1
فَمَا مِنكُم مِّنۡ أَحَدٍ عَنۡهُ حَـٰجِزِينَ 47
ފަހެ، ތިޔަބައިމީހުންކުރެ އެކަކަށްވެސް އެކަލޭގެފާނު ތިމަންރަސްކަލާނގެ عذابން ދުރެއްނުކުރެވޭނެތެވެ.
Surah 69 · سورة الحَاقَّة
Juz 1
وَإِنَّهُ ۥ لَتَذۡكِرَةٌ۬ لِّلۡمُتَّقِينَ 48
ހަމަކަށަވަރުން، އެ قرآنއަކީ، تقوىވެރިންނަށް އޮތް ހަނދާންކޮށްދިނުމެއްކަން ކަށަވަރެވެ.
Surah 69 · سورة الحَاقَّة
Juz 1
وَإِنَّا لَنَعۡلَمُ أَنَّ مِنكُم مُّكَذِّبِينَ 49
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ދޮގުކުރާ ބަޔަކުވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
Surah 69 · سورة الحَاقَّة
Juz 1
وَإِنَّهُ ۥ لَحَسۡرَةٌ عَلَى ٱلۡكَـٰفِرِينَ 50
އަދި ހަމަކަށަވަރުން، އެ قرآنއަކީ، ކާފިރުންގެ މައްޗަށްހުރި ހިތާމައެއްކަން ކަށަވަރެވެ.
Surah 69 · سورة الحَاقَّة
Juz 1
وَإِنَّهُ ۥ لَحَقُّ ٱلۡيَقِينِ 51
އަދި ހަމަކަށަވަރުން، އެ قرآنއަކީ، يقينވެގެންވާ حقތެދުކަން ކަށަވަރެވެ.
Surah 69 · سورة الحَاقَّة
Juz 1
فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ 52
ފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ اسمފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!