Surah 61 · سورة الصَّف
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 61 · سورة الصَّف
Juz 1
سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٲتِ وَمَا فِى ٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ 1
އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް اللَّهއަށް تسبيحކިޔައިފިއެވެ. އަދި އެކަލާނގެއީ، عزيزވަންތަ، حكيمވަންތަ ރަސްކަލާނގެއެވެ.
Surah 61 · سورة الصَّف
Juz 1
يَـٰٓأَيُّہَا ٱلَّذِينَ ءَامَنُواْ لِمَ تَقُولُونَ مَا لَا تَفۡعَلُونَ 2
އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟
Surah 61 · سورة الصَّف
Juz 1
ڪَبُرَ مَقۡتًا عِندَ ٱللَّهِ أَن تَقُولُواْ مَا لَا تَفۡعَلُونَ 3
ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، اللَّهގެ حضرةގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ.
Surah 61 · سورة الصَّف
Juz 1
إِنَّ ٱللَّهَ يُحِبُّ ٱلَّذِينَ يُقَـٰتِلُونَ فِى سَبِيلِهِۦ صَفًّ۬ا كَأَنَّهُم بُنۡيَـٰنٌ۬ مَّرۡصُوصٌ۬ 4
ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެންވެތެވެ.
Surah 61 · سورة الصَّف
Juz 1
وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦ يَـٰقَوۡمِ لِمَ تُؤۡذُونَنِى وَقَد تَّعۡلَمُونَ أَنِّى رَسُولُ ٱللَّهِ إِلَيۡڪُمۡۖ فَلَمَّا زَاغُوٓاْ أَزَاغَ ٱللَّهُ قُلُوبَهُمۡۚ وَٱللَّهُ لَا يَہۡدِى ٱلۡقَوۡمَ ٱلۡفَـٰسِقِينَ 5
އަދި موسىގެފާނު އެކަލޭގެފާނުގެ قومގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން އަހުރެންނަށް އުނދަގޫކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް اللَّه ފޮނުއްވި رسولއާކަން ތިޔަބައިމީހުން ދެނެތިބި حالގައެވެ. ފަހެ، އެއުރެން (حقން) އެއްކިބާވިހިނދު، اللَّه އެއުރެންގެ ހިތްތައް (ތެދުމަގުން) އެއްކިބާ ކުރެއްވިއެވެ. فاسقވީ މީހުންނަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.
Surah 61 · سورة الصَّف
Juz 1
وَإِذۡ قَالَ عِيسَى ٱبۡنُ مَرۡيَمَ يَـٰبَنِىٓ إِسۡرَٲٓءِيلَ إِنِّى رَسُولُ ٱللَّهِ إِلَيۡكُم مُّصَدِّقً۬ا لِّمَا بَيۡنَ يَدَىَّ مِنَ ٱلتَّوۡرَٮٰةِ وَمُبَشِّرَۢا بِرَسُولٍ۬ يَأۡتِى مِنۢ بَعۡدِى ٱسۡمُهُ ۥۤ أَحۡمَدُۖ فَلَمَّا جَآءَهُم بِٱلۡبَيِّنَـٰتِ قَالُواْ هَـٰذَا سِحۡرٌ۬ مُّبِينٌ۬ 6
އަދި مريمގެފާނުގެ ދަރިކަލުން عيسىގެފާނު ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ إسـرآءيـلގެދަރިންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް اللَّه ފޮނުއްވި رسولއާއެވެ. ތިމަންކަލޭގެފާނުގެ ކުރީގައިވާ توراةގެ حكمތައް ތެދުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ތިމަންކަލޭގެފާނަށްފަހު أحمدއެވެ ނަމަކަށް ކިއުނު رسولއަކު ވަޑައިގަންނަވާނޭކަމުގެ އުފާވެރި خبرދެއްވާ ބޭކަލަކު ކަމުގައެވެ. ފަހެ، އެއުރެންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއެކު އެކަލޭގެފާނު ވަޑައިގެންނެވިހިނދު އެއުރެން ބުނޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.
Surah 61 · سورة الصَّف
Juz 1
وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ ٱلۡكَذِبَ وَهُوَ يُدۡعَىٰٓ إِلَى ٱلۡإِسۡلَـٰمِۚ وَٱللَّهُ لَا يَہۡدِى ٱلۡقَوۡمَ ٱلظَّـٰلِمِينَ 7
އެމީހަކަށް إسلام دينއަށް ގޮވައިލައްވާ حال، اللَّهއާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އަނިޔާވެރި ބަޔަކަށް اللَّهތެދުމަގެއް ނުދައްކަވަތެވެ.
Surah 61 · سورة الصَّف
Juz 1
يُرِيدُونَ لِيُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٲهِهِمۡ وَٱللَّهُ مُتِمُّ نُورِهِۦ وَلَوۡ ڪَرِهَ ٱلۡكَـٰفِرُونَ 8
އެއުރެން އެދެނީ، اللَّهގެ نورފުޅު (އެބަހީ: إسلام دين) އެއުރެންގެ އަނގަތަކުންފުމެ، ނިއްވައިލުމަށެވެ. އަދި كافرން ނުރުހުނުކަމުގައިވިޔަސް اللَّه، އެކަލާނގެ نورފުޅު ފުރިހަމަކުރައްވާހުށްޓެވެ.
Surah 61 · سورة الصَّف
Juz 1
هُوَ ٱلَّذِىٓ أَرۡسَلَ رَسُولَهُ ۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُ ۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ 9
އެކަލާނގެއީ، ތެދުމަގާއި، حق دينއާއިގެން އެކަލާނގެ رسول އާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ دينތަކުގެ މައްޗަށް އެ دين މަތިވެރި ކުރެއްވުމަށެވެ. مشركން ނުރުހުނުކަމުގައި ވިޔަސްމެއެވެ.
Surah 61 · سورة الصَّف
Juz 1
يَـٰٓأَيُّہَا ٱلَّذِينَ ءَامَنُواْ هَلۡ أَدُلُّكُمۡ عَلَىٰ تِجَـٰرَةٍ۬ تُنجِيكُم مِّنۡ عَذَابٍ أَلِيمٍ۬ 10
އޭ إيمانވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި عذابއަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟
Surah 61 · سورة الصَّف
Juz 1
تُؤۡمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَـٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمۡوَٲلِكُمۡ وَأَنفُسِكُمۡۚ ذَٲلِكُمۡ خَيۡرٌ۬ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ 11
(އެއީ) ތިޔަބައިމީހުން اللَّهއަށާއި، އެކަލާނގެ رسولއާއަށް إيمانވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ نفسތަކުން اللَّهގެ މަގުގައި ތިޔަބައިމީހުން جهادކުރުމެވެ. ތިޔަބައިމީހުން ދަންނަނަމަ، އެގޮތް ތިޔަބައިމީހުންނަށް
މާ ހެޔޮކަން ބޮޑެވެ.
Surah 61 · سورة الصَّف
Juz 1
يَغۡفِرۡ لَكُمۡ ذُنُوبَكُمۡ وَيُدۡخِلۡكُمۡ جَنَّـٰتٍ۬ تَجۡرِى مِن تَحۡتِہَا ٱلۡأَنۡہَـٰرُ وَمَسَـٰكِنَ طَيِّبَةً۬ فِى جَنَّـٰتِ عَدۡنٍ۬ۚ ذَٲلِكَ ٱلۡفَوۡزُ ٱلۡعَظِيمُ 12
އޭރުން އެކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާނެތެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެކަލާނގެ ތިޔަބައިމީހުން ވައްދަވާނެތެވެ. އަދި عدنއެވެ ކިއުނު ސުވަރުގެތަކުގައިވާ ރަނގަޅު ގޮވަތިގެދޮރުގައި ތިޔަބައިމީހުން ވަޒަންވެރި ކުރައްވާނެތެވެ. ބޮޑުވެގެންވާ نصيبލިބުމަކީ އެއީއެވެ.
Surah 61 · سورة الصَّف
Juz 1
وَأُخۡرَىٰ تُحِبُّونَہَاۖ نَصۡرٌ۬ مِّنَ ٱللَّهِ وَفَتۡحٌ۬ قَرِيبٌ۬ۗ وَبَشِّرِ ٱلۡمُؤۡمِنِينَ 13
އަދި ތިޔަބައިމީހުން އެއަށް ލޯބިވާނޭ އެހެން نعمةއެއް އެކަލާނގެ ދެއްވާނެތެވެ. (އެއީ) اللَّهގެ حضرةން ދެއްވާ نصرއަކާއި، އަދި ގާތްވެގެންވާ فتحއެކެވެ. އަދި ކަލޭގެފާނު مؤمنތަކުންނަށް އުފާވެރިކަމުގެ خبرދެއްވާށެވެ!
Surah 61 · سورة الصَّف
Juz 1
يَـٰٓأَيُّہَا ٱلَّذِينَ ءَامَنُواْ كُونُوٓاْ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبۡنُ مَرۡيَمَ لِلۡحَوَارِيِّـۧنَ مَنۡ أَنصَارِىٓ إِلَى ٱللَّهِۖ قَالَ ٱلۡحَوَارِيُّونَ نَحۡنُ أَنصَارُ ٱللَّهِۖ فَـَٔامَنَت طَّآٮِٕفَةٌ۬ مِّنۢ بَنِىٓ إِسۡرَٲٓءِيلَ وَكَفَرَت طَّآٮِٕفَةٌ۬ۖ فَأَيَّدۡنَا ٱلَّذِينَ ءَامَنُواْ عَلَىٰ عَدُوِّهِمۡ فَأَصۡبَحُواْ ظَـٰهِرِينَ 14
އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهއަށް نصرދޭ ބަޔަކު ކަމުގައިވާށެވެ! مريمގެފާނުގެ ދަރިކަލުން عيسىގެފާނު، حوارىންނަށް ވިދާޅުވި ފަދައިންނެވެ. اللَّهއަށްޓަކައި ތިމަންކަލޭގެފާނަށް نصرދޭނީ ކޮންބަޔެއްހެއްޔެވެ؟
حوارىން ދެންނެވޫއެވެ. ތިމަންމެންނީ، اللَّهއަށް نصرދޭ މީހުންނެވެ. ދެން إسـرآءيـلގެދަރިންކުރެ جماعةއެއް إيمانވިއެވެ. އަދި އަނެއް جماعةއެއް كافرވިއެވެ. ފަހެ، إيمانވި މީހުންނަށް އެއުރެންގެ عدوّންގެ މައްޗަށް ތިމަންރަސްކަލާނގެ ގަދަކަން ދެއްވީމެވެ. ފަހެ، އެއުރެންވީ، ބާރުލިބި، މަތިވެރިވެގެންވާ ބަޔަކު ކަމުގައެވެ.