ޤުރްއާން ދިވެހި ތަރުޖަމާ
56 مكّى 96 Ayahs

سورة الواقِعَة

ސޫރަތް 56
ޕްލޭބެކް އިޚުތިޔާރު
ވާޒް ރެސިޓަރ، މާނަ ރެސިޓަރ އަދި މޯޑު ހޮވާލާށެވެ
1
ފޮންޓް ކޮންޓްރޯލް
އަރަބި އާޔަތާއި ދިވެހި މާނަގެ ފޮންޓް ސައިޒް ބަދަލު ކުރާށެވެ
ފުރިހަމަ ސޫރަތް ޕްލޭ
The page follows the ayah currently playing.
Playable ayahs: 97
ސޫރަތް މަޢުލޫމާތު
Use the icon-only controls to move ayah by ayah or play the full surah in order.

އާޔަތްތައް

97 Ayahs
Surah 56 · سورة الواقِعَة
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 56 · سورة الواقِعَة
Juz 1
إِذَا وَقَعَتِ ٱلۡوَاقِعَةُ 1
قيامةވެއްޖެހިނދެވެ.
Surah 56 · سورة الواقِعَة
Juz 1
لَيۡسَ لِوَقۡعَتِہَا كَاذِبَةٌ 2
އެކަންވާނޭކަމާމެދު إنكارކޮށް ދޮގުކުރާނޭ ފަރާތެއް ނުވެއެވެ.
Surah 56 · سورة الواقِعَة
Juz 1
خَافِضَةٌ۬ رَّافِعَةٌ 3
އެއްބަޔަކު ދަށްކުރަމުން، އަނެއްބަޔަކު މަތިކުރަމުންނެވެ. (އެބަހީ: އަބާއްޖަވެރިން ދަށްކުރައްވައި، ބާއްޖަވެރިން މަތިވެރިކުރައްވާ ދުވަހެއްގެ ގޮތުގައެވެ.)
Surah 56 · سورة الواقِعَة
Juz 1
إِذَا رُجَّتِ ٱلۡأَرۡضُ رَجًّ۬ا 4
ބިންގަނޑު ގަދަފަދައަށް ހެލިގެންފިހިނދެވެ.
Surah 56 · سورة الواقِعَة
Juz 1
وَبُسَّتِ ٱلۡجِبَالُ بَسًّ۬ا 5
އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ.
Surah 56 · سورة الواقِعَة
Juz 1
فَكَانَتۡ هَبَآءً۬ مُّنۢبَثًّ۬ا 6
ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ.
Surah 56 · سورة الواقِعَة
Juz 1
وَكُنتُمۡ أَزۡوَٲجً۬ا ثَلَـٰثَةً۬ 7
އަދި ތިޔަބައިމީހުން (އެދުވަހުން) ތިންބާވަތަކަށް ވެދެއެވެ.
Surah 56 · سورة الواقِعَة
Juz 1
فَأَصۡحَـٰبُ ٱلۡمَيۡمَنَةِ مَآ أَصۡحَـٰبُ ٱلۡمَيۡمَنَةِ 8
ފަހެ، ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، (ދަރަޖައިގެ ގޮތުން)ކޮންބަޔެއްހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
وَأَصۡحَـٰبُ ٱلۡمَشۡـَٔمَةِ مَآ أَصۡحَـٰبُ ٱلۡمَشۡـَٔمَةِ 9
އަދި ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، (ދަރަޖައިގެގޮތުން) ކޮންބަޔެއްހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ 10
އަދި ކުރިއަރައިދިޔަ މީހުންނީ، (ދަރަޖައިގެގޮތުން) ކުރިއަރައިދިޔަ މީހުންނެވެ.
Surah 56 · سورة الواقِعَة
Juz 1
أُوْلَـٰٓٮِٕكَ ٱلۡمُقَرَّبُونَ 11
ކުއްތަންކުރައްވާފައިވާ މީހުންނީ، އެއުރެންނެވެ.
Surah 56 · سورة الواقِعَة
Juz 1
فِى جَنَّـٰتِ ٱلنَّعِيمِ 12
نعمةގެ ސުވަރުގެތަކުގައެވެ.
Surah 56 · سورة الواقِعَة
Juz 1
ثُلَّةٌ۬ مِّنَ ٱلۡأَوَّلِينَ 13
އިސްވެދިޔަމީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّةތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ.
Surah 56 · سورة الواقِعَة
Juz 1
وَقَلِيلٌ۬ مِّنَ ٱلۡأَخِرِينَ 14
އަދި ފަހުގެ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّةތަކާ އަޅައިބަލާއިރު، محمد ނަބިއްޔާގެ أمّةގެ މީހުންގެ ތެރެއިން) މަދުބަޔެކެވެ.
Surah 56 · سورة الواقِعَة
Juz 1
عَلَىٰ سُرُرٍ۬ مَّوۡضُونَةٍ۬ 15
ރަނާއި، ޖަވާހިރުން އަތްކަން އަޅުއްވާފައިވާ ދާންތަކެއްގެ މަތީގައެވެ.
Surah 56 · سورة الواقِعَة
Juz 1
مُّتَّكِـِٔينَ عَلَيۡہَا مُتَقَـٰبِلِينَ 16
އެ ދާންތަކުގެ މަތީގައި، އެކަކު އަނެކަކާ ކުރިމަތިލައި، ލެނގިގެންވާ حالގައެވެ.
Surah 56 · سورة الواقِعَة
Juz 1
يَطُوفُ عَلَيۡہِمۡ وِلۡدَٲنٌ۬ مُّخَلَّدُونَ 17
ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ خدمةގައި ބުރުޖަހާނެތެވެ.
Surah 56 · سورة الواقِعَة
Juz 1
بِأَكۡوَابٍ۬ وَأَبَارِيقَ وَكَأۡسٍ۬ مِّن مَّعِينٍ۬ 18
ތަށިތަކަކާއި، ކުރާތަކަކާއިގެންނެވެ. އަދި ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ރާތަށިތަކަކާއިގެންނެވެ.
Surah 56 · سورة الواقِعَة
Juz 1
لَّا يُصَدَّعُونَ عَنۡہَا وَلَا يُنزِفُونَ 19
އޭގެސަބަބުން އެއުރެންނަށް ބޮލުގެ ރިހުމެއް ނުލިބޭނެތެވެ. އަދި މަސްތުވުމެއްވެސް ނުމެލިބޭނޭމެއެވެ.
Surah 56 · سورة الواقِعَة
Juz 1
وَفَـٰكِهَةٍ۬ مِّمَّا يَتَخَيَّرُونَ 20
އަދި އެއުރެން ބޭނުންގޮތަކަށް ނަގާނޭ މޭވާތަކާއިގެންނެވެ.
Surah 56 · سورة الواقِعَة
Juz 1
وَلَحۡمِ طَيۡرٍ۬ مِّمَّا يَشۡتَہُونَ 21
އަދި އެއުރެން ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހާއިގެންނެވެ.
Surah 56 · سورة الواقِعَة
Juz 1
وَحُورٌ عِينٌ۬ 22
އަދި ކަޅިރަވަ ރީތި، حورالعينން ތިބޭނެއެވެ.
Surah 56 · سورة الواقِعَة
Juz 1
كَأَمۡثَـٰلِ ٱللُّؤۡلُوِٕ ٱلۡمَكۡنُونِ 23
(އެކަނބަލުން) ރައްކާތެރިކުރައްވާފައިވާ ރަންމުތްތަކަކާ އެއްފަދަވެގެންވެއެވެ.
Surah 56 · سورة الواقِعَة
Juz 1
جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ 24
(އެއީ) އެއުރެން ކޮށްއުޅުނު عملތަކަށް ޖަޒާއެއް ކަމުގައެވެ.
Surah 56 · سورة الواقِعَة
Juz 1
لَا يَسۡمَعُونَ فِيہَا لَغۡوً۬ا وَلَا تَأۡثِيمًا 25
ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ.
Surah 56 · سورة الواقِعَة
Juz 1
إِلَّا قِيلاً۬ سَلَـٰمً۬ا سَلَـٰمً۬ا 26
އެހެނެއްކަމަކު (އެއުރެންނަށް އިވޭނީ) سلامހުށްޓޭ، سلامހުށްޓޭ، ބުނެވޭ އަޑެވެ.
Surah 56 · سورة الواقِعَة
Juz 1
وَأَصۡحَـٰبُ ٱلۡيَمِينِ مَآ أَصۡحَـٰبُ ٱلۡيَمِينِ 27
ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
فِى سِدۡرٍ۬ مَّخۡضُودٍ 28
(އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ.
Surah 56 · سورة الواقِعَة
Juz 1
وَطَلۡحٍ۬ مَّنضُودٍ 29
ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ.
Surah 56 · سورة الواقِعَة
Juz 1
وَظِلٍّ۬ مَّمۡدُودٍ۬ 30
އަދި ފެތުރިގެންވާ ހިޔަލުގައެވެ.
Surah 56 · سورة الواقِعَة
Juz 1
وَمَآءٍ۬ مَّسۡكُوبٍ۬ 31
އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ.
Surah 56 · سورة الواقِعَة
Juz 1
وَفَـٰكِهَةٍ۬ كَثِيرَةٍ۬ 32
އަދި ގިނަގުނަވެގެންވާ މޭވާތައްވެސްމެއެވެ.
Surah 56 · سورة الواقِعَة
Juz 1
لَّا مَقۡطُوعَةٍ۬ وَلَا مَمۡنُوعَةٍ۬ 33
ހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ.
Surah 56 · سورة الواقِعَة
Juz 1
وَفُرُشٍ۬ مَّرۡفُوعَةٍ 34
އަދި އުފުލިގެންވާ ދާންތަކެވެ.
Surah 56 · سورة الواقِعَة
Juz 1
] إِنَّآ أَنشَأۡنَـٰهُنَّ إِنشَآءً۬ 35
ހަމަކަށަވަރުން، އަލުން އާ އުފެއްދެވުމަކުން ތިމަންރަސްކަލާނގެ އެކަނބަލުން އުފެއްދެވީމެވެ.
Surah 56 · سورة الواقِعَة
Juz 1
فَجَعَلۡنَـٰهُنَّ أَبۡكَارًا 36
ފަހެ، بِكرވެރި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެކަނބަލުން ލެއްވީމެވެ.
Surah 56 · سورة الواقِعَة
Juz 1
عُرُبًا أَتۡرَابً 37
ފިރިންދެކެ ލޯބިވާ، އެއްފުރާގެ ބަޔަކު ކަމުގައެވެ.
Surah 56 · سورة الواقِعَة
Juz 1
ِّأَصۡحَـٰبِ ٱلۡيَمِينِ 38
ކަނާތްފަރާތުގެ މީހުންނަށްޓަކައެވެ.
Surah 56 · سورة الواقِعَة
Juz 1
ثُلَّةٌ۬ مِّنَ ٱلۡأَوَّلِينَ 39
އިސްވެދިޔަ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّةތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ.
Surah 56 · سورة الواقِعَة
Juz 1
وَثُلَّةٌ۬ مِّنَ ٱلۡأَخِرِينَ 40
އަދި ފަހުގެ މީހުންގެ ތެރެއިންވެސް (އެބަހީ: محمد ނަބިއްޔާގެ أمّةގެ މީހުންގެ ތެރެއިންވެސް) ގިނަބަޔެކެވެ.
Surah 56 · سورة الواقِعَة
Juz 1
وَأَصۡحَـٰبُ ٱلشِّمَالِ مَآ أَصۡحَـٰبُ ٱلشِّمَالِ 41
ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
فِى سَمُومٍ۬ وَحَمِيمٍ۬ 42
(އެއުރެންވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ.
Surah 56 · سورة الواقِعَة
Juz 1
وَظِلٍّ۬ مِّن يَحۡمُومٍ۬ 43
އަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ.
Surah 56 · سورة الواقِعَة
Juz 1
لَّا بَارِدٍ۬ وَلَا كَرِيمٍ 44
ފިންޏެއްވެސް ނޫނެވެ. އަދި އަރާމެއްވެސް ނޫނެވެ.
Surah 56 · سورة الواقِعَة
Juz 1
إِنَّہُمۡ كَانُواْ قَبۡلَ ذَٲلِكَ مُتۡرَفِينَ 45
ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ.
Surah 56 · سورة الواقِعَة
Juz 1
وَكَانُواْ يُصِرُّونَ عَلَى ٱلۡحِنثِ ٱلۡعَظِيمِ 46
އަދި ބޮޑުވެގެންވާ ފާފަވެރިކަމުގެ މަތީގައި ދެމިތިބޭ ބަޔަކުކަމުގައި އެއުރެންވޫއެވެ.
Surah 56 · سورة الواقِعَة
Juz 1
وَكَانُواْ يَقُولُونَ أَٮِٕذَا مِتۡنَا وَكُنَّا تُرَابً۬ا وَعِظَـٰمًا أَءِنَّا لَمَبۡعُوثُونَ 47
އަދި އެއުރެން ބުނާކަމުގައިވިއެވެ. ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ހަމަކަށަވަރުން، ތިމަންމެން ވޭހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
أَوَءَابَآؤُنَا ٱلۡأَوَّلُونَ 48
އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
قُلۡ إِنَّ ٱلۡأَوَّلِينَ وَٱلۡأَخِرِينَ 49
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ.
Surah 56 · سورة الواقِعَة
Juz 1
لَمَجۡمُوعُونَ إِلَىٰ مِيقَـٰتِ يَوۡمٍ۬ مَّعۡلُومٍ۬ 50
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ.
Surah 56 · سورة الواقِعَة
Juz 1
ثُمَّ إِنَّكُمۡ أَيُّہَا ٱلضَّآلُّونَ ٱلۡمُكَذِّبُونَ 51
އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން زقّومގަހުން ކާނޭކަން ކަށަވަރެވެ.
Surah 56 · سورة الواقِعَة
Juz 1
لَأَكِلُونَ مِن شَجَرٍ۬ مِّن زَقُّومٍ 52
އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން زقّومގަހުން ކާނޭކަން ކަށަވަރެވެ.
Surah 56 · سورة الواقِعَة
Juz 1
فَمَالِـُٔونَ مِنۡہَا ٱلۡبُطُونَ 53
ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ.
Surah 56 · سورة الواقِعَة
Juz 1
فَشَـٰرِبُونَ عَلَيۡهِ مِنَ ٱلۡحَمِيمِ 54
ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ.
Surah 56 · سورة الواقِعَة
Juz 1
فَشَـٰرِبُونَ شُرۡبَ ٱلۡهِيمِ 55
ފަހެ، ފެންބޮވައިގެންފައިވާ جملތައް ފެންބޯފަދައިންނެވެ.
Surah 56 · سورة الواقِعَة
Juz 1
هَـٰذَا نُزُلُهُمۡ يَوۡمَ ٱلدِّينِ 56
قيامةދުވަހުން އެއުރެންގެ މެހުމާންދާރީއަކީ މިއެވެ.
Surah 56 · سورة الواقِعَة
Juz 1
نَحۡنُ خَلَقۡنَـٰكُمۡ فَلَوۡلَا تُصَدِّقُونَ 57
ތިޔަބައިމީހުން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ތެދުނުކުރަނީ ކީއްވެހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
أَفَرَءَيۡتُم مَّا تُمۡنُونَ 58
ތިޔަބައިމީހުން ބޭރުކުރާ މަންޏާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
ءَأَنتُمۡ تَخۡلُقُونَهُ ۥۤ أَمۡ نَحۡنُ ٱلۡخَـٰلِقُونَ 59
އެތަކެތި ހަދަނީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ.
Surah 56 · سورة الواقِعَة
Juz 1
نَحۡنُ قَدَّرۡنَا بَيۡنَكُمُ ٱلۡمَوۡتَ وَمَا نَحۡنُ بِمَسۡبُوقِينَ 60
ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި،ތިޔަބައިމީހުން ފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.
Surah 56 · سورة الواقِعَة
Juz 1
عَلَىٰٓ أَن نُّبَدِّلَ أَمۡثَـٰلَكُمۡ وَنُنشِئَكُمۡ فِى مَا لَا تَعۡلَمُونَ 61
ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.
Surah 56 · سورة الواقِعَة
Juz 1
وَلَقَدۡ عَلِمۡتُمُ ٱلنَّشۡأَةَ ٱلۡأُولَىٰ فَلَوۡلَا تَذَكَّرُونَ 62
ހަމަކަށަވަރުން، ފުރަތަމަ އުފެއްދެވުން ތިޔަބައިމީހުންނަށް އެނގިފައިވެއެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ކީއްވެހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
أَفَرَءَيۡتُم مَّا تَحۡرُثُونَ 63
ތިޔަބައިމީހުން ގޮވާންކުރާ ތަކެއްޗާމެދު، ފަހެ، ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
ءَأَنتُمۡ تَزۡرَعُونَهُ ۥۤ أَمۡ نَحۡنُ ٱلزَّٲرِعُونَ 64
އެތަކެތި ބިމުން ފަޅުވަނީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެތަކެތި ބިމުން ފަޅުއްވާ ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
لَوۡ نَشَآءُ لَجَعَلۡنَـٰهُ حُطَـٰمً۬ا فَظَلۡتُمۡ تَفَكَّهُونَ 65
ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ހިކި ކުނޑި ހުއިތަކެއް ކަމުގައި އެތަކެތި ލައްވައިފީމުސްކަން ކަށަވަރެވެ. ދެން އެކަމާމެދު ތިޔަބައިމީހުން حيرانވެފައި ތިބެއްޖައީހެވެ.
Surah 56 · سورة الواقِعَة
Juz 1
إِنَّا لَمُغۡرَمُونَ 66
(ތިޔަބައިމީހުން ބުނާނޫއެވެ.) ހަމަކަށަވަރުން، ތިމަންމެންނީ، ގެއްލުންވެގެންވާ ބަޔަކީމުއެވެ.
Surah 56 · سورة الواقِعَة
Juz 1
بَلۡ نَحۡنُ مَحۡرُومُونَ 67
އަދި ކިއެއްތަ! ތިމަންމެންނީ (އެތަކެތިން) محرومވެގެންވާ ބަޔަކީމުއެވެ.
Surah 56 · سورة الواقِعَة
Juz 1
أَفَرَءَيۡتُمُ ٱلۡمَآءَ ٱلَّذِى تَشۡرَبُونَ 68
ތިޔަބައިމީހުން ބޯ ފެނާމެދު، ތިޔަބައިމީހުން ފަހެ ވިސްނާ ބެލީމުހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
ءَأَنتُمۡ أَنزَلۡتُمُوهُ مِنَ ٱلۡمُزۡنِ أَمۡ نَحۡنُ ٱلۡمُنزِلُونَ 69
ވާރޭވިލާތަކުން އެ ފެން ވެއްސީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެެ ފެން ބާވައިލެއްވި ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
لَوۡ نَشَآءُ جَعَلۡنَـٰهُ أُجَاجً۬ا فَلَوۡلَا تَشۡكُرُونَ 70
ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެ ފެން ބޯން ނުކެރޭފަދަ ލޮނު ފެނެއް ކަމުގައި ލައްވައިފީމުހެވެ. ފަހެ، ތިޔަބައިމީހުން شكر ނުކުރަނީ ކީއްވެހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
أَفَرَءَيۡتُمُ ٱلنَّارَ ٱلَّتِى تُورُونَ 71
ތިޔަބައިމީހުން ރޯކުރާ އަލިފާނާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
ءَأَنتُمۡ أَنشَأۡتُمۡ شَجَرَتَہَآ أَمۡ نَحۡنُ ٱلۡمُنشِـُٔونَ 72
އޭގެ ގަސް އުފެއްދީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެ އުފެއްދެވި ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
نَحۡنُ جَعَلۡنَـٰهَا تَذۡكِرَةً۬ وَمَتَـٰعً۬ا لِّلۡمُقۡوِينَ 73
ހަނދުމަކުރުމެއް ކަމުގައްޔާއި، ދަތުރުފަތުރުކުރާ މީހުންނަށާއި، ދަތުރުނުކޮށް قائمވެތިބޭ މީހުންނަށް ބޭނުންހިފޭ އެއްޗެއްކަމުގައި، ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ.
Surah 56 · سورة الواقِعَة
Juz 1
فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ 74
ފަހެ، ކަލޭގެފާނުގެ ވެރި، މާތްވަންތަ ރަސްކަލާނގެ اسمފުޅުން ކަލޭގެފާނު تسبيحވިދާޅުވާށެވެ!
Surah 56 · سورة الواقِعَة
Juz 1
۞ فَلَآ أُقۡسِمُ بِمَوَٲقِعِ ٱلنُّجُومِ 75
ފަހެ، ހަމަކަށަވަރުން، ތަރިތައް އޮސްފުހޭ ތަންތަން ގަންދެއްވައި ތިމަންރަސްކަލާނގެ ހުވާ وحىކުރައްވަމެވެ.
Surah 56 · سورة الواقِعَة
Juz 1
وَإِنَّهُ ۥ لَقَسَمٌ۬ لَّوۡ تَعۡلَمُونَ عَظِيمٌ 76
އަދި ތިޔަބައިމީހުން ދަންނަނީނަމަ، ހަމަކަށަވަރުން، އެއީ ބޮޑުވެގެންވާ ހުވަޔެއްކަން ކަށަވަރެވެ.
Surah 56 · سورة الواقِعَة
Juz 1
إِنَّهُ ۥ لَقُرۡءَانٌ۬ كَرِيمٌ۬ 77
ހަމަކަށަވަރުން، އެއީ މާތްވެގެންވާ قرآنކަން ކަށަވަރެވެ.
Surah 56 · سورة الواقِعَة
Juz 1
فِى كِتَـٰبٍ۬ مَّكۡنُونٍ۬ 78
ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ.
Surah 56 · سورة الواقِعَة
Juz 1
لَّا يَمَسُّهُ ۥۤ إِلَّا ٱلۡمُطَهَّرُونَ 79
طاهرވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ.
Surah 56 · سورة الواقِعَة
Juz 1
تَنزِيلٌ۬ مِّن رَّبِّ ٱلۡعَـٰلَمِينَ 80
(އެއީ) عالمތަކުގެ ވެރިރަސްކަލާނގެ حضرةން ބާވައިލެއްވި ފޮތެކެވެ.
Surah 56 · سورة الواقِعَة
Juz 1
أَفَبِہَـٰذَا ٱلۡحَدِيثِ أَنتُم مُّدۡهِنُونَ 81
ތިޔަބައިމީހުން ދޮގުކޮށް ފަރުވާކުޑަކުރަނީ، މިވާހަކައާމެދުގައި (އެބަހީ: މި قرآنއާ މެދުގައި) ހެއްޔެވެ؟
Surah 56 · سورة الواقِعَة
Juz 1
وَتَجۡعَلُونَ رِزۡقَكُمۡ أَنَّكُمۡ تُكَذِّبُونَ 82
އަދި ތިޔަބައިމީހުންނަށް رزقދެއްވިކަމުގެ މައްޗަށްކުރާ شكرއަކީ (އެ رزقދެއްވި ރަސްކަލާނގެ) ދޮގުކުރުން ކަމުގައި ތިޔަބައިމީހުން ހަދަމުއެވެ.
Surah 56 · سورة الواقِعَة
Juz 1
فَلَوۡلَآ إِذَا بَلَغَتِ ٱلۡحُلۡقُومَ 83
ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމަޔަށް ފުރާނައައިސް ނޭވާހޮޅިޔަށް އެޅިއްޖެހިނދެވެ.
Surah 56 · سورة الواقِعَة
Juz 1
وَأَنتُمۡ حِينَٮِٕذٍ۬ تَنظُرُونَ 84
އަދި އެހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ.
Surah 56 · سورة الواقِعَة
Juz 1
وَنَحۡنُ أَقۡرَبُ إِلَيۡهِ مِنكُمۡ وَلَـٰكِن لَّا تُبۡصِرُونَ 85
އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ.
Surah 56 · سورة الواقِعَة
Juz 1
فَلَوۡلَآ إِن كُنتُمۡ غَيۡرَ مَدِينِينَ 86
ފަހެ، ތިޔަބައިމީހުންނީ، عملތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ.
Surah 56 · سورة الواقِعَة
Juz 1
تَرۡجِعُونَہَآ إِن كُنتُمۡ صَـٰدِقِينَ 87
ފަހެ، ތިޔަބައިމީހުންނީ، عملތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ.
Surah 56 · سورة الواقِعَة
Juz 1
فَأَمَّآ إِن كَانَ مِنَ ٱلۡمُقَرَّبِينَ 88
ފަހެ، އެ (މަރުވި) މީހާ ކުއްތަންކުރައްވާފައިވާ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ!
Surah 56 · سورة الواقِعَة
Juz 1
فَرَوۡحٌ۬ وَرَيۡحَانٌ۬ وَجَنَّتُ نَعِيمٍ۬ 89
ފަހެ، އެމީހަކަށް އަރާމާއި، ތަނަވަސްވެގެންވާ رزقއާއި، نعمةގެ ސުވަރުގެ ހުށްޓެވެ.
Surah 56 · سورة الواقِعَة
Juz 1
وَأَمَّآ إِن كَانَ مِنۡ أَصۡحَـٰبِ ٱلۡيَمِينِ 90
އަދި އެމީހަކު ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ!
Surah 56 · سورة الواقِعَة
Juz 1
فَسَلَـٰمٌ۬ لَّكَ مِنۡ أَصۡحَـٰبِ ٱلۡيَمِينِ 91
ފަހެ، (އެމީހަކަށް އަންގަވާނެތެވެ.) ކަނާތްފަރާތުގެ މީހުންގެ ކިބައިން ތިބާޔަށް سلام ހުށްޓެވެ.
Surah 56 · سورة الواقِعَة
Juz 1
وَأَمَّآ إِن كَانَ مِنَ ٱلۡمُكَذِّبِينَ ٱلضَّآلِّينَ 92
އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ!
Surah 56 · سورة الواقِعَة
Juz 1
فَنُزُلٌ۬ مِّنۡ حَمِيمٍ۬ 93
ފަހެ، އެމީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ.
Surah 56 · سورة الواقِعَة
Juz 1
وَتَصۡلِيَةُ جَحِيمٍ 94
އަދި ނަރަކަޔަށް ވެއްދެވުމެކެވެ.
Surah 56 · سورة الواقِعَة
Juz 1
إِنَّ هَـٰذَا لَهُوَ حَقُّ ٱلۡيَقِينِ 95
ހަމަކަށަވަރުން، މިއީ يقينވެގެންވާ حقތެދުކަން ކަށަވަރެވެ.
Surah 56 · سورة الواقِعَة
Juz 1
فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ 96
ފަހެ، ކަލޭގެފާނު ގެ ވެރި، މާތްވަންތަ ރަސްކަލާނގެ اسمފުޅުން ކަލޭގެފާނު تسبيحވިދާޅުވާށެވެ!