Surah 54 · سورة القَمَر
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 54 · سورة القَمَر
Juz 1
ٱقۡتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلۡقَمَرُ 1
قيامةވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ.
Surah 54 · سورة القَمَر
Juz 1
وَإِن يَرَوۡاْ ءَايَةً۬ يُعۡرِضُواْ وَيَقُولُواْ سِحۡرٌ۬ مُّسۡتَمِرٌّ۬ 2
އަދި އެއުރެންނަށް ހެތްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެތެވެ. އަދި ބުނެތެވެ. މިއީ ދެމިހުންނަނިވި ޖާދޫއެކެވެ.
Surah 54 · سورة القَمَر
Juz 1
وَڪَذَّبُواْ وَٱتَّبَعُوٓاْ أَهۡوَآءَهُمۡۚ وَڪُلُّ أَمۡرٍ۬ مُّسۡتَقِرٌّ۬ 3
އަދި އެއުރެން (حقބަސްފުޅު) ދޮގުކުޅައޫއެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް އެއުރެން تبعވިއެވެ. ކޮންމެކަމަކީ ނިމުމަކަށްގޮސް ހަމަޖެހޭނެކަމެކެވެ.
Surah 54 · سورة القَمَر
Juz 1
وَلَقَدۡ جَآءَهُم مِّنَ ٱلۡأَنۢبَآءِ مَا فِيهِ مُزۡدَجَرٌ 4
ހަމަކަށަވަރުން، خبرތަކުގެ ތެރެއިން އެކަންކަމުގައި عبرةހިމެނިގެންވާ خبرތައް އެއުރެންގެ ގާތަށްއައެވެ.
Surah 54 · سورة القَمَر
Juz 1
حِڪۡمَةُۢ بَـٰلِغَةٌ۬ۖ فَمَا تُغۡنِ ٱلنُّذُرُ 5
(މިއީ) ފުރިހަމަވެގެންވާ حكمةއެކެވެ. ފަހެ، إنذارތައް (އެއުރެންނަކަށް އެއްވެސްކަމެއް) ފުއްދައެއް ނުދެތެވެ.
Surah 54 · سورة القَمَر
Juz 1
فَتَوَلَّ عَنۡهُمۡۘ يَوۡمَ يَدۡعُ ٱلدَّاعِ إِلَىٰ شَىۡءٍ۬ نُّڪُرٍ 6
ފަހެ، ނުރުހެވޭކަމަކަށް ގޮވާމީހާ ގޮވާދުވަހު، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ!
Surah 54 · سورة القَمَر
Juz 1
خُشَّعًا أَبۡصَـٰرُهُمۡ يَخۡرُجُونَ مِنَ ٱلۡأَجۡدَاثِ كَأَنَّہُمۡ جَرَادٌ۬ مُّنتَشِرٌ۬ 7
އެއުރެންގެ ލޯތައް ތިރިވެ، ނިކަމެތިވެގެންވާ حال، ފެތުރިގަންނަ ގޮއްފުޅަނގިތަކެއް ފަދައިން ކަށްވަޅުތަކުން އެއުރެން ނުކުންނާނެތެވެ.
Surah 54 · سورة القَمَر
Juz 1
مُّهۡطِعِينَ إِلَى ٱلدَّاعِۖ يَقُولُ ٱلۡكَـٰفِرُونَ هَـٰذَا يَوۡمٌ عَسِرٌ۬ 8
ގޮވާފަރާތަށް (ދިޔުމަށް) އަވަސްވެގަންނަ حالގައެވެ. كافرވިމީހުން ބުނާނެތެވެ. މިއީ ދަތި އުނދަގޫ ދުވަހެކެވެ.
Surah 54 · سورة القَمَر
Juz 1
۞ كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٍ۬ فَكَذَّبُواْ عَبۡدَنَا وَقَالُواْ مَجۡنُونٌ۬ وَٱزۡدُجِرَ 9
އެއުރެންގެ ކުރިން نوحގެފާނުގެ قومގެމީހުންވެސް ދޮގުކުރޫއެވެ. ފަހެ، އެއުރެން ތިމަންރަސްކަލާނގެ އަޅާ ދޮގުކުރޫއެވެ. އަދި އެއުރެން ބުނޫއެވެ. މޮޔައެކެވެ. އަދި އެއުރެން އެކަލޭގެފާނަށް ބިރުދައްކައި ހެދިއެވެ.
Surah 54 · سورة القَمَر
Juz 1
فَدَعَا رَبَّهُ ۥۤ أَنِّى مَغۡلُوبٌ۬ فَٱنتَصِرۡ 10
ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލާގެފާނު دعاءކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، މިއަޅާވަނީ، ދެރަކޮށްލައިފައެވެ. ފަހެ، (މިއަޅާޔަށް) نصرދެއްވާނދޭވެ!
Surah 54 · سورة القَمَر
Juz 1
فَفَتَحۡنَآ أَبۡوَٲبَ ٱلسَّمَآءِ بِمَآءٍ۬ مُّنۡہَمِرٍ۬ 11
ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންރަސްކަލާނގެ އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ.
Surah 54 · سورة القَمَر
Juz 1
وَفَجَّرۡنَا ٱلۡأَرۡضَ عُيُونً۬ا فَٱلۡتَقَى ٱلۡمَآءُ عَلَىٰٓ أَمۡرٍ۬ قَدۡ قُدِرَ 12
އަދި ތިމަންރަސްކަލާނގެ ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ، ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި، ބިމުންއެރި ފެން) ބައްދަލުވިއެވެ.
Surah 54 · سورة القَمَر
Juz 1
وَحَمَلۡنَـٰهُ عَلَىٰ ذَاتِ أَلۡوَٲحٍ۬ وَدُسُرٍ۬ 13
އަދި ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައި، ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ.
Surah 54 · سورة القَمَر
Juz 1
تَجۡرِى بِأَعۡيُنِنَا جَزَآءً۬ لِّمَن كَانَ كُفِرَ 14
ތިމަންރަސްކަލާނގެ ބައްލަވާވޮޑިގަތުމާއެކު، އެ ނައު، ދުވަމުންދެތެވެ. (އެއުރެން) ދޮގުކުރި ކަލޭގެފާނަށް (އެބަހީ: نوحގެފާނަށް) ހެޔޮ ޖަޒާއެއްކަމުގައެވެ.
Surah 54 · سورة القَمَر
Juz 1
وَلَقَد تَّرَكۡنَـٰهَآ ءَايَةً۬ فَهَلۡ مِن مُّدَّكِرٍ۬ 15
އަދި ހަމަކަށަވަރުން، އެކަންތައްއެއީ، ހެތްކެއްކަމުގައި ތިމަންރަސްކަލާނގެ ލެހެއްޓެވީމެވެ. ފަހެ، ހަނދުމަކުރާ މީހަކުވޭހެއްޔެވެ؟
Surah 54 · سورة القَمَر
Juz 1
فَكَيۡفَ كَانَ عَذَابِى وَنُذُرِ 16
ފަހެ، ތިމަންރަސްކަލާނގެ عذابއާއި، ތިމަންރަސްކަލާނގެ إنذارތައްވީ ކޮންފަދައަކުން ހެއްޔެވެ؟
Surah 54 · سورة القَمَر
Juz 1
وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٍ 17
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟
Surah 54 · سورة القَمَر
Juz 1
كَذَّبَتۡ عَادٌ۬ فَكَيۡفَ كَانَ عَذَابِى وَنُذُرِ 18
عادބާގައިމީހުންވެސް ދޮގުކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ عذابއާއި ތިމަންރަސްކަލާނގެ إنذارތައްވީ ކޮންފަދައަކުން ހެއްޔެވެ؟
Surah 54 · سورة القَمَر
Juz 1
إِنَّآ أَرۡسَلۡنَا عَلَيۡہِمۡ رِيحً۬ا صَرۡصَرً۬ا فِى يَوۡمِ نَحۡسٍ۬ مُّسۡتَمِرٍّ۬ 19
ދެމިހުންނަނިވި ސުންޕާކަމުގެ ދުވަހެއްގައި ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ.
Surah 54 · سورة القَمَر
Juz 1
تَنزِعُ ٱلنَّاسَ كَأَنَّہُمۡ أَعۡجَازُ نَخۡلٍ۬ مُّنقَعِرٍ۬ 20
އެ ވައިރޯޅިއައިސް، މީސްތަކުން (ތިބިތަނުން) ލުހެެލައެވެ. ވެއްޓިފައިވާ ކަދުރު ރުކުގެ ބުޑުތަކެއްފަދައިން އެއުރެން ވާކަހަލައެވެ.
Surah 54 · سورة القَمَر
Juz 1
فَكَيۡفَ كَانَ عَذَابِى وَنُذُرِ 21
ފަހެ، ތިމަންރަސްކަލާނގެ عذابއާއި ތިމަންރަސްކަލާނގެ إنذارތައްވީ ކޮންފަދައަކުން ހެއްޔެވެ؟
Surah 54 · سورة القَمَر
Juz 1
وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٍ۬ 22
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާމީހަކު ވޭހެއްޔެވެ؟
Surah 54 · سورة القَمَر
Juz 1
كَذَّبَتۡ ثَمُودُ بِٱلنُّذُرِ 23
ثمودބާގައިމީހުން إنذارތައް ދޮގުކުރޫއެވެ.
Surah 54 · سورة القَمَر
Juz 1
فَقَالُوٓاْ أَبَشَرً۬ا مِّنَّا وَٲحِدً۬ا نَّتَّبِعُهُ ۥۤ إِنَّآ إِذً۬ا لَّفِى ضَلَـٰلٍ۬ وَسُعُرٍ 24
ފަހެ އެއުރެން ބުނޫއެވެ. ތިމަންމެން تبعވާންވީ ތިމަންމެންގެ ތެރެއިން އެންމެ آدمގެދަރިޔަކަށް ހެއްޔެވެ؟ އެހެންވިއްޔާ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، މަގުފުރެދުމާއި، މޮޔަކަމެއްގެ ތެރޭގައިކަން ކަށަވަރެވެ.
Surah 54 · سورة القَمَر
Juz 1
أَءُلۡقِىَ ٱلذِّكۡرُ عَلَيۡهِ مِنۢ بَيۡنِنَا بَلۡ هُوَ كَذَّابٌ أَشِرٌ۬ 25
ތިމަންމެންގެ ތެރެއިން، ހަމަ އޭނާޔަށް وحىބާވައިލެއްވީހެއްޔެވެ؟ އަދި ކިއެއްތަ! އޭނާޔަކީ ބޮޑު ދޮގުވެރި، ބޮޑާ މީީހެކެވެ.
Surah 54 · سورة القَمَر
Juz 1
سَيَعۡلَمُونَ غَدً۬ا مَّنِ ٱلۡكَذَّابُ ٱلۡأَشِرُ 26
ބޮޑު ދޮގުވެރި، ބޮޑާ މީހަކީ ކާކުކަން މާދަމާ (އެބަހީ: عذاب އަންނަދުވަހު) އެއުރެންނަށް ނިކަންހުރެ އެނގޭނެތެވެ.
Surah 54 · سورة القَمَر
Juz 1
إِنَّا مُرۡسِلُواْ ٱلنَّاقَةِ فِتۡنَةً۬ لَّهُمۡ فَٱرۡتَقِبۡہُمۡ وَٱصۡطَبِرۡ 27
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް امتحانއެއްގެ ގޮތުގައި އަންހެން ޖަމަލެއް (ނެރުއްވައި) ފޮނުއްވާހުށީމެވެ. ފަހެ، ކަލޭގެފާނު އެއުރެން ކަންކުރާގޮތް ބައްލަވައި انتظارކުރައްވާށެވެ! އަދި ކެތްތެރިވެވަޑައިގަންނަވާށެވެ!
Surah 54 · سورة القَمَر
Juz 1
وَنَبِّئۡہُمۡ أَنَّ ٱلۡمَآءَ قِسۡمَةُۢ بَيۡنَہُمۡۖ كُلُّ شِرۡبٍ۬ مُّحۡتَضَرٌ۬ 28
އަދި ކަލޭގެފާނު އެއުރެންނަށް އަންގަވާށެވެ! ހަމަކަށަވަރުން، ފެން ވަނީ އެއުރެންގެ މެދުގައި (އެބަހީ: އެއުރެންނާއި އެ ޖަމަލާ ދެމެދު) ބައްސަވައިފައެވެ. ކޮންމެ ބަޔަކަށްމެ، އެބަޔެއްގެ ބުއިން (އެބަޔެއްގެ ދުވަހު) حاضرކުރައްވާފައިވެއެވެ.
Surah 54 · سورة القَمَر
Juz 1
فَنَادَوۡاْ صَاحِبَهُمۡ فَتَعَاطَىٰ فَعَقَرَ 29
ފަހެ، އެއުރެންގެ އެކުވެރިޔާއަށް އެއުރެން ގޮވޫއެވެ. ފަހެ، އޭނާ ކަނޑި ލިބިގަނެ، ޖަމަލު މަރައިލިއެވެ.
Surah 54 · سورة القَمَر
Juz 1
فَكَيۡفَ كَانَ عَذَابِى وَنُذُرِ 30
ފަހެ، ތިމަންރަސްކަލާނގެ عذابއާއި، ތިމަންރަސްކަލާނގެ إنذارތައްވީ ކޮންފަދައަކުންހެއްޔެވެ؟
Surah 54 · سورة القَمَر
Juz 1
إِنَّآ أَرۡسَلۡنَا عَلَيۡہِمۡ صَيۡحَةً۬ وَٲحِدَةً۬ فَكَانُواْ كَهَشِيمِ ٱلۡمُحۡتَظِرِ 31
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބިރުވެރި އެންމެ އަޑެއް ފޮނުއްވީމެވެ. ފަހެ، ގެރިބަކަރި ހުއިހައްޕާމީހާ ގެންގުޅޭ ހިކި ހުއިތަކެއް ފަދައިން އެއުރެންވޫއެވެ.
Surah 54 · سورة القَمَر
Juz 1
وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٍ۬ 32
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟
Surah 54 · سورة القَمَر
Juz 1
كَذَّبَتۡ قَوۡمُ لُوطِۭ بِٱلنُّذُرِ 33
لوطގެފާނުގެ قومގެމީހުން إنذارތައް ދޮގުކުރޫއެވެ.
Surah 54 · سورة القَمَر
Juz 1
إِنَّآ أَرۡسَلۡنَا عَلَيۡہِمۡ حَاصِبًا إِلَّآ ءَالَ لُوطٍ۬ۖ نَّجَّيۡنَـٰهُم بِسَحَرٍ۬ 34
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ހިލައިގެ ވާރޭ ފޮނުއްވީމެވެ. لوطގެފާނުގެ أهلވެރިން މެނުވީއެވެ. ދަންވަރުގެ ވަގުތެއްގައި ތިމަންރަސްކަލާނގެ އެއުރެން ސަލާމަތްކުރެއްވީމެވެ.
Surah 54 · سورة القَمَر
Juz 1
نِّعۡمَةً۬ مِّنۡ عِندِنَاۚ كَذَٲلِكَ نَجۡزِى مَن شَكَرَ 35
ތިމަންރަސްކަލާނގެ حضرةން ދެއްވި نعمةއެއްގެގޮތުގައެވެ. شكرކުރާ މީހަކަށް އެފަދައިން ތިމަންރަސްކަލާނގެ ޖަޒާދެއްވަމެވެ.
Surah 54 · سورة القَمَر
Juz 1
وَلَقَدۡ أَنذَرَهُم بَطۡشَتَنَا فَتَمَارَوۡاْ بِٱلنُّذُرِ 36
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عقوباتގެ ވާހަކައިން، އެކަލޭގެފާނު އެއުރެންނަށް إنذارކުރެއްވިއެވެ. ފަހެ، އެއުރެން އެ إنذارތަކާމެދު شكކުރޫއެވެ.
Surah 54 · سورة القَمَر
Juz 1
وَلَقَدۡ رَٲوَدُوهُ عَن ضَيۡفِهِۦ فَطَمَسۡنَآ أَعۡيُنَہُمۡ فَذُوقُواْ عَذَابِى وَنُذُرِ 37
އަދި ހަމަކަށަވަރުން، އެކަލޭގެފާނުގެ މެހުމާނުންނާމެދު، ނުބައިކަންތައް ކުރުމަށްޓަކައި އެކަލޭގެފާނުގެ އަރިހުން އެއުރެން އެދިގަތެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ލޯތައް ކަނުކުރެއްވީމެވެ. (އަދި އެންގެވީމެވެ.) ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ عذابއާއި، إنذارގެ ރަހަ ލިބިގަންނާށެވެ!
Surah 54 · سورة القَمَر
Juz 1
وَلَقَدۡ صَبَّحَهُم بُكۡرَةً عَذَابٌ۬ مُّسۡتَقِرٌّ۬ 38
އަދި ހަމަކަށަވަރުން، ފަތިހެއްގެ ފަތިސްވަގުތުގައި ދެމިހުންނަނިވި عذابއައިސް އެއުރެންނަށް ޖެހުނެވެ.
Surah 54 · سورة القَمَر
Juz 1
فَذُوقُواْ عَذَابِى وَنُذُرِ 39
ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ عذابއާއި، إنذارގެ ރަހަ ލިބިގަންނާށެވެ!
Surah 54 · سورة القَمَر
Juz 1
وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٍ۬ 40
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟
Surah 54 · سورة القَمَر
Juz 1
وَلَقَدۡ جَآءَ ءَالَ فِرۡعَوۡنَ ٱلنُّذُرُ 41
ހަމަކަށަވަރުން، فرعونގެމީހުންގެ ގާތަށް إنذارތައް އައެވެ.
Surah 54 · سورة القَمَر
Juz 1
كَذَّبُواْ بِـَٔايَـٰتِنَا كُلِّهَا فَأَخَذۡنَـٰهُمۡ أَخۡذَ عَزِيزٍ۬ مُّقۡتَدِرٍ 42
ތިމަންރަސްކަލާނގެ ދެއްކެވި ހުރިހާ معجزاتތައް އެއުރެން ދޮގުކުރޫއެވެ. ފަހެ، عزيزވަންތަ، ކުޅަދުންވަންތަ ކަލެއްގެ ހިއްޕެވުމަކުން، ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ.
Surah 54 · سورة القَمَر
Juz 1
أَكُفَّارُكُمۡ خَيۡرٌ۬ مِّنۡ أُوْلَـٰٓٮِٕكُمۡ أَمۡ لَكُم بَرَآءَةٌ۬ فِى ٱلزُّبُرِ 43
އެއުރެންނަށްވުރެ ތިޔަބައިމީހުންގެ كافرން، ހެޔޮކަން ބޮޑީހެއްޔެެވެ؟ ނުވަތަ ބާވައިލެއްވި ފޮތްތަކުގައި عذابން މިންޖުވުމެއް، ތިޔަބައިމީހުންނަށްޓަކައި ވަނީހެއްޔެވެ؟
Surah 54 · سورة القَمَر
Juz 1
أَمۡ يَقُولُونَ نَحۡنُ جَمِيعٌ۬ مُّنتَصِرٌ۬ 44
ނުވަތަ ތިމަންމެން އެންމެންނީ، نصرލިބިގެންވާ ބަޔެކޭ އެއުރެން ބުނަނީހެއްޔެވެ؟
Surah 54 · سورة القَمَر
Juz 1
سَيُہۡزَمُ ٱلۡجَمۡعُ وَيُوَلُّونَ ٱلدُّبُرَ 45
އެ (كافرންގެ) جماعة ދެރަކުރައްވައި، ބަލިކޮށްލައްވާނެތެވެ. އަދި އެއުރެން ފުރަގަސްދީ، ފިލަން ދުވާނެތެވެ.
Surah 54 · سورة القَمَر
Juz 1
بَلِ ٱلسَّاعَةُ مَوۡعِدُهُمۡ وَٱلسَّاعَةُ أَدۡهَىٰ وَأَمَرُّ 46
އަދި ކިއެއްތަ! އެއުރެންނަށް (عذابދެއްވުމަށް) ކަނޑައަޅުއްވާފައިވާ ވަގުތަކީ، قيامةވުމުގެ ވަގުތެވެ. އަދި قيامةވުމުގެ ވަގުތު (އެއުރެންގެ މައްޗަށް) ދަތިކަން މާބޮޑެވެ. އަދި ހިތިކަންވެސް މާބޮޑުމެއެވެ.
Surah 54 · سورة القَمَر
Juz 1
إِنَّ ٱلۡمُجۡرِمِينَ فِى ضَلَـٰلٍ۬ وَسُعُرٍ 47
ހަމަކަށަވަރުން، ކުށްވެރިންވަނީ، މަގުފުރެދުމެއްގައެވެ. އަދި އަނދައަނދާ ހުންނަ ނަރަކައިގެ އަލިފާނުގައެވެ.
Surah 54 · سورة القَمَر
Juz 1
يَوۡمَ يُسۡحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمۡ ذُوقُواْ مَسَّ سَقَرَ 48
(އެއީ) އެއުރެންގެ މޫނުތައް ވަތަށްލައި، ނަރަކައިގެ ތެރޭގައި ދަމައި، ގެންދަވާދުވަހެވެ. (އަދި އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާންގަނޑު ބީހުމުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!
Surah 54 · سورة القَمَر
Juz 1
إِنَّا كُلَّ شَىۡءٍ خَلَقۡنَـٰهُ بِقَدَرٍ 49
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެއެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ.
Surah 54 · سورة القَمَر
Juz 1
وَمَآ أَمۡرُنَآ إِلَّا وَٲحِدَةٌ۬ كَلَمۡحِۭ بِٱلۡبَصَرِ 50
އަދި ތިމަންރަސްކަލާނގެ އަމުރުފުޅު އެއީ، އެއް އަމުރުފުޅެއް ކަމުގައިމެނުވީ ނުވެއެވެ. ލޮލުގެ އެސްފިޔަޖަހައިލުން ފަދައިންނެވެ.
Surah 54 · سورة القَمَر
Juz 1
وَلَقَدۡ أَهۡلَكۡنَآ أَشۡيَاعَكُمۡ فَهَلۡ مِن مُّدَّڪِرٍ 51
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނާ އެއްފަދަވެގެންވާ މީހުން ހަލާކުކުރެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ނުވޭހެއްޔެވެ؟
Surah 54 · سورة القَمَر
Juz 1
وَكُلُّ شَىۡءٍ۬ فَعَلُوهُ فِى ٱلزُّبُرِ 52
އަދި އެއުރެންކުޅަ ކޮންމެކަމެއް، ފަތްފުށްތަކުގައިވެއެވެ.
Surah 54 · سورة القَمَر
Juz 1
وَكُلُّ صَغِيرٍ۬ وَكَبِيرٍ۬ مُّسۡتَطَرٌ 53
އަދި ކުދިބޮޑު އެންމެހާ ކަންތައް (اللّوح المحفوظގައި) ލިޔުއްވާފައިވެއެވެ.
Surah 54 · سورة القَمَر
Juz 1
إِنَّ ٱلۡمُتَّقِينَ فِى جَنَّـٰتٍ۬ وَنَہَرٍ 54
ހަމަކަށަވަރުން، تقوىވެރިންވަނީ، ސުވަރުގެތަކާއި، ބާވަތްބާވަތުގެ ކޯރުތަކުގެ نعمةގައެވެ.
Surah 54 · سورة القَمَر
Juz 1
فِى مَقۡعَدِ صِدۡقٍ عِندَ مَلِيكٍ۬ مُّقۡتَدِرِۭ 55
ހިތްހަމަޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ حضرةގައެވެ.