ޤުރްއާން ދިވެހި ތަރުޖަމާ
48 مدنى 29 Ayahs

سورة الفَتْح

ސޫރަތް 48
ޕްލޭބެކް އިޚުތިޔާރު
ވާޒް ރެސިޓަރ، މާނަ ރެސިޓަރ އަދި މޯޑު ހޮވާލާށެވެ
1
ފޮންޓް ކޮންޓްރޯލް
އަރަބި އާޔަތާއި ދިވެހި މާނަގެ ފޮންޓް ސައިޒް ބަދަލު ކުރާށެވެ
ފުރިހަމަ ސޫރަތް ޕްލޭ
The page follows the ayah currently playing.
Playable ayahs: 30
ސޫރަތް މަޢުލޫމާތު
Use the icon-only controls to move ayah by ayah or play the full surah in order.

އާޔަތްތައް

30 Ayahs
Surah 48 · سورة الفَتْح
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 48 · سورة الفَتْح
Juz 1
إِنَّا فَتَحۡنَا لَكَ فَتۡحً۬ا مُّبِينً۬ا 1
ފާޅުވެ بيانވެގެންވާ فتحއަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް فتحދެއްވީމެވެ.
Surah 48 · سورة الفَتْح
Juz 1
لِّيَغۡفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعۡمَتَهُ ۥ عَلَيۡكَ وَيَہۡدِيَكَ صِرَٲطً۬ا مُّسۡتَقِيمً۬ا 2
އެއީ ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފަ، ކަލޭގެފާނަށް اللَّه ފުއްސަވައިދެއްވުމަށްޓަކައެވެ. އަދި އެކަލާނގެ
نعمة ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށްޓަކައެވެ.
Surah 48 · سورة الفَتْح
Juz 1
وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا 3
އަދި ގަދަފަދަވެގެންވާ نصرއަކުން ކަލޭގެފާނަށް نصرދެއްވުމަށްޓަކައެވެ.
Surah 48 · سورة الفَتْح
Juz 1
هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلۡمُؤۡمِنِينَ لِيَزۡدَادُوٓاْ إِيمَـٰنً۬ا مَّعَ إِيمَـٰنِہِمۡ‌ۗ وَلِلَّهِ جُنُودُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ‌ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمً۬ا 4
އެކަލާނގެއީ، مؤمنންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمانކަމުގެ މައްޗަށް، އެއުރެންނަށް إيمانކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ لشكر މިލްކުވެގެންވަނީ، اللَّهއަށެވެ. މޮޅަށް ދެނެވޮޑިގެންވާ، حكيمވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
Surah 48 · سورة الفَتْح
Juz 1
لِّيُدۡخِلَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَـٰتِ جَنَّـٰتٍ۬ تَجۡرِى مِن تَحۡتِہَا ٱلۡأَنۡہَـٰرُ خَـٰلِدِينَ فِيہَا وَيُڪَفِّرَ عَنۡهُمۡ سَيِّـَٔاتِہِمۡ‌ۚ وَكَانَ ذَٲلِكَ عِندَ ٱللَّهِ فَوۡزًا عَظِيمً۬ا 5
(އެއީ) مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، އެކަލާނގެ ސުވަރުގެތަކަށް ވެއްދެވުމަށްޓަކައެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގައި، އެއުރެން ދެމިތިބޭގޮތުގައެވެ. އަދި އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި ބޮޑުވެގެންވާ ނަސީބު ލިބުމެއްކަމުގައި اللَّهގެ حضرةގައި އެކަންތައްވިއެވެ.
Surah 48 · سورة الفَتْح
Juz 1
وَيُعَذِّبَ ٱلۡمُنَـٰفِقِينَ وَٱلۡمُنَـٰفِقَـٰتِ وَٱلۡمُشۡرِكِينَ وَٱلۡمُشۡرِكَـٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوۡءِ‌ۚ عَلَيۡہِمۡ دَآٮِٕرَةُ ٱلسَّوۡءِ‌ۖ وَغَضِبَ ٱللَّهُ عَلَيۡہِمۡ وَلَعَنَهُمۡ وَأَعَدَّ لَهُمۡ جَهَنَّمَ‌ۖ وَسَآءَتۡ مَصِيرً۬ا 6
އަދި منافق ފިރިހެނުންނާއި، منافق އަންހެނުންނާއި، شريكކުރާ ފިރިހެނުންނާއި، شريكކުރާ އަންހެނުންނަށް عذاب ދެއްވުމަށްޓަކައެވެ. އެއުރެންނީ، اللَّهއާމެދު ނުބައި ހީތައް ކުރާމީހުންނެވެ. ނުބައިގޮތް ދިމާވުންއޮތީ އެއުރެންގެ މައްޗަށެވެ. އަދި
اللَّه އެއުރެންގެ މައްޗަށް ކޯފާލެއްވިއެވެ. އަދި އެއުރެންނަށް لعنةލެއްވިއެވެ. އަދި އެއުރެންނަށްޓަކައި ނަރަކަ ތައްޔާރުކުރެއްވިއެވެ. އެއީ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
Surah 48 · سورة الفَتْح
Juz 1
وَلِلَّهِ جُنُودُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ‌ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا 7
އުޑުތަކާއި، ބިމުގެ لشكرތައް މިލްކުވެގެންވަނީ اللَّهއަށެވެ. އަދި عزيزވަންތަ، حكيمވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
Surah 48 · سورة الفَتْح
Juz 1
إِنَّآ أَرۡسَلۡنَـٰكَ شَـٰهِدً۬ا وَمُبَشِّرً۬ا وَنَذِيرً۬ا 8
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمنންނަށް) އުފާވެރިކަމުގެ خبرދެއްވައި، (كافرންނަށް) ބިރުވެރިކަމުގެ خبرދެއްވާ ބޭކަލަކު ކަމުގައެވެ.
Surah 48 · سورة الفَتْح
Juz 1
لِّتُؤۡمِنُواْ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُڪۡرَةً۬ وَأَصِيلاً 9
(އެއީ) ތިޔަބައިމީހުން اللَّهއަށާއި، އެކަލާނގެ رسولއާއަށް إيمانވުމަށްޓަކައެވެ. އަދި އެކަލާނގެއަށް نصرވެރިވުމަށާއި، އެކަލާނގެއަށް މާތްކޮށްހިތުމަށްޓަކައެވެ. އަދި އެކަލާނގެއަށް ހެނދުނާއި، ހަވީރު ތިޔަބައިމީހުން تسبيحދެންނެވުމަށްޓަކައެވެ.
Surah 48 · سورة الفَتْح
Juz 1
إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوۡقَ أَيۡدِيہِمۡ‌ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفۡسِهِۦ‌ۖ وَمَنۡ أَوۡفَىٰ بِمَا عَـٰهَدَ عَلَيۡهُ ٱللَّهَ فَسَيُؤۡتِيهِ أَجۡرًا عَظِيمً۬ا 10
ހަމަކަށަވަރުން، ކަލޭގެފާނަށް بيعةހިފާމީހުން بيعةހިފާކަންކަށަވަރީ اللَّهއަށެވެ. اللَّهގެ يدقدرةފުޅުވަނީ، އެއުރެންގެ އަތްތަކަށްވުރެ މަތީގައެވެ. ފަހެ، عهدއުވާލައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ عهدއުވައިލާކަންކަށަވަރީ، އޭނާގެ އަމިއްލަ نفسގެ މައްޗަށެވެ. އަދި އެކަމެއްގެ މައްޗަށް އެމީހަކު اللَّهއަށް ވެފައިވާ
عهد ފުއްދައިފިމީހާ (ދަންނާށެވެ!) ފަހެ، اللَّه އެމީހަކަށް ބޮޑުވެގެންވާ ދަރުމަ ދެއްވާނެތެވެ.
Surah 48 · سورة الفَتْح
Juz 1
سَيَقُولُ لَكَ ٱلۡمُخَلَّفُونَ مِنَ ٱلۡأَعۡرَابِ شَغَلَتۡنَآ أَمۡوَٲلُنَا وَأَهۡلُونَا فَٱسۡتَغۡفِرۡ لَنَا‌ۚ يَقُولُونَ بِأَلۡسِنَتِهِم مَّا لَيۡسَ فِى قُلُوبِهِمۡ‌ۚ قُلۡ فَمَن يَمۡلِكُ لَكُم مِّنَ ٱللَّهِ شَيۡـًٔا إِنۡ أَرَادَ بِكُمۡ ضَرًّا أَوۡ أَرَادَ بِكُمۡ نَفۡعَۢا‌ۚ بَلۡ كَانَ ٱللَّهُ بِمَا تَعۡمَلُونَ خَبِيرَۢا 11
أعرابىންގެ ތެރެއިން ހަނގުރާމަޔަށްނުގޮސް ފަސްޖެހުނުމީހުން ކަލޭގެފާނަށް ދަންނަވާނެތެވެ. ތިމަންމެންގެ މުދާތަކާއި، ތިމަންމެންގެ أهلވެރިން ތިމަންމެން ހަނގުރާމަޔަށް ދިޔުން مشغولކޮށްފިއެވެ. ފަހެ، ތިމަންމެންގެ ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގެންދެއްވާށެވެ! އެއުރެންގެ ހިތްތަކުގައި ނުވާއެއްޗެއް، އެއުރެންގެ ދޫތަކުން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، ނުވަތަ ތިޔަބައިމީހުންނަށް މަންފާއަކަށް އިރާދަކުރައްވައިފިނަމަ، اللَّهގެ حضرةން އެއްވެސްކަމެއް މިލްކުވެގެންވަނީ، ތިޔަބައިމީހުންކުރެ ފަހެ، ކާކަށްހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންކުރާ عملތައް މޮޅަށްދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
Surah 48 · سورة الفَتْح
Juz 1
بَلۡ ظَنَنتُمۡ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلۡمُؤۡمِنُونَ إِلَىٰٓ أَهۡلِيهِمۡ أَبَدً۬ا وَزُيِّنَ ذَٲلِكَ فِى قُلُوبِكُمۡ وَظَنَنتُمۡ ظَنَّ ٱلسَّوۡءِ وَڪُنتُمۡ قَوۡمَۢا بُورً۬ا 12
އަދި ކިއެއްތަ! ތިޔަބައިމީހުން ހީކުރީ رسولއާއާއި، مؤمنން އެއުރެންގެ أهلވެރިންގެ ގާތަށް ދުވަހަކުވެސް އެނބުރިވަޑައި ނުގަންނަވާނެކަމަށެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އެކަން ޒީނަތްތެރިކުރެއްވިއެވެ. އަދި ތިޔަބައިމީހުން ނުބައިހީތައް ހީކުރީމުއެވެ. އަދި ގެއްލި ހަލާކުވެގެންވާ ބަޔަކުކަމުގައި ތިޔަބައިމީހުންވީމުއެވެ.
Surah 48 · سورة الفَتْح
Juz 1
وَمَن لَّمۡ يُؤۡمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعۡتَدۡنَا لِلۡكَـٰفِرِينَ سَعِيرً۬ا 13
އަދި اللَّهއަށާއި، އެކަލާނގެ رسولއާއަށް إيمان ނުވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ كافرންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރުކުރެއްވީމެވެ.
Surah 48 · سورة الفَتْح
Juz 1
وَلِلَّهِ مُلۡكُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ‌ۚ يَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ‌ۚ وَڪَانَ ٱللَّهُ غَفُورً۬ا رَّحِيمً۬ا 14
އަދި އުޑުތަކާއި، ބިމުގެ ވެރިކަންވަނީ اللَّهއަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذابދެއްވަތެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
Surah 48 · سورة الفَتْح
Juz 1
سَيَقُولُ ٱلۡمُخَلَّفُونَ إِذَا ٱنطَلَقۡتُمۡ إِلَىٰ مَغَانِمَ لِتَأۡخُذُوهَا ذَرُونَا نَتَّبِعۡكُمۡ‌ۖ يُرِيدُونَ أَن يُبَدِّلُواْ كَلَـٰمَ ٱللَّهِ‌ۚ قُل لَّن تَتَّبِعُونَا ڪَذَٲلِكُمۡ قَالَ ٱللَّهُ مِن قَبۡلُ‌ۖ فَسَيَقُولُونَ بَلۡ تَحۡسُدُونَنَا‌ۚ بَلۡ كَانُواْ لَا يَفۡقَهُونَ إِلَّا قَلِيلاً۬ 15
غنيمةތަކެއް އަތުލުމަށްޓަކައި، غنيمةތަކަކަށް (އެބަހީ: ހަނގުރާމަޔަށް) ތިޔަބައިމީހުން ހިނގައްޖެނަމަ، ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނުމީހުން ބުނާހުށްޓެވެ. ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔުމަށް ތިމަންމެން ދޫކޮށްލާށެވެ! އެއުރެން އެދެނީ، اللَّهގެ ބަސްފުޅު ބަދަލުކުރުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ!
ތިމަންމެންގެ ފަހަތުން ތިޔަބައިމީހުން އައިސްގެންނުވާނެއެވެ. މީގެކުރިން
اللَّه އަންގަވާފައިވަނީ އެފަދައިންނެވެ. ދެން އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ތިމަންމެންނާ حسدވެރިވަނީއެވެ. އަދި ކިއެއްތަ! ދާދިކުޑަކޮށް މެނުވީ އެއުރެންނަކަށް ނުވިސްނެތެވެ.
Surah 48 · سورة الفَتْح
Juz 1
قُل لِّلۡمُخَلَّفِينَ مِنَ ٱلۡأَعۡرَابِ سَتُدۡعَوۡنَ إِلَىٰ قَوۡمٍ أُوْلِى بَأۡسٍ۬ شَدِيدٍ۬ تُقَـٰتِلُونَہُمۡ أَوۡ يُسۡلِمُونَ‌ۖ فَإِن تُطِيعُواْ يُؤۡتِكُمُ ٱللَّهُ أَجۡرًا حَسَنً۬ا‌ۖ وَإِن تَتَوَلَّوۡاْ كَمَا تَوَلَّيۡتُم مِّن قَبۡلُ يُعَذِّبۡكُمۡ عَذَابًا أَلِيمً۬ا 16
أعرابىންގެ ތެރެއިން ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނުމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ގަދަފަދަވެގެންވާ ބާރެއްގެ ވެރިބަޔަކުގެ ގާތަށް ދިޔުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވާނެތެވެ. ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރުމަށެވެ. ނުވަތަ އެއުރެން ކިޔަމަންވެ إسلامވުމަށެވެ. ފަހެ، ތިޔަބައިމީހުން ކިޔަމަންވާނަމަ، ރިވެތިވެގެންވާ ދަރުމަ ތިޔަބައިމީހުންނަށް اللَّه ދެއްވާނެތެވެ. އަދި މީގެކުރިން ތިޔަބައިމީހުން ފުރަގަސްދިން ފަދައިން ތިޔަބައިމީހުން ފުރަގަސްދޭނަމަ، ވޭންދެނިވި عذابއަކުން އެކަލާނގެ ތިޔަބައިމީހުންނަށް عذابދެއްވާނެތެވެ.
Surah 48 · سورة الفَتْح
Juz 1
لَّيۡسَ عَلَى ٱلۡأَعۡمَىٰ حَرَجٌ۬ وَلَا عَلَى ٱلۡأَعۡرَجِ حَرَجٌ۬ وَلَا عَلَى ٱلۡمَرِيضِ حَرَجٌ۬‌ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُ ۥ يُدۡخِلۡهُ جَنَّـٰتٍ۬ تَجۡرِى مِن تَحۡتِهَا ٱلۡأَنۡہَـٰرُ‌ۖ وَمَن يَتَوَلَّ يُعَذِّبۡهُ عَذَابًا أَلِيمً۬ا 17
ކަނުމީހާގެ މައްޗަކަށް ކުށެއްނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށްވެސް ކުށެއްނެތެވެ. އަދި ބަލިމީހާގެ މައްޗަކަށްވެސް ކުށެއްނުމެނެތްމެއެވެ. اللَّهއާއި، އެކަލާނގެ رسولއާއަށް ކިޔަމަންވާމީހާ، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، އެކަލާނގެ އެމީހާ ވައްދަވާނެތެވެ. އަދި ފުރަގަސްދީފި މީހާޔަށް ވޭންދެނިވި عذابއަކުން އެކަލާނގެ عذابދެއްވާނެތެވެ.
Surah 48 · سورة الفَتْح
Juz 1
۞ لَّقَدۡ رَضِىَ ٱللَّهُ عَنِ ٱلۡمُؤۡمِنِينَ إِذۡ يُبَايِعُونَكَ تَحۡتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِہِمۡ فَأَنزَلَ ٱلسَّكِينَةَ عَلَيۡہِمۡ وَأَثَـٰبَهُمۡ فَتۡحً۬ا قَرِيبً۬ا 18
ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بيعةހިފާހިނދު،
އެ مؤمنތަކުންނާމެދު اللَّه ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فتحއެއް އެއުރެންނަށް ދެއްވިއެވެ.
Surah 48 · سورة الفَتْح
Juz 1
وَمَغَانِمَ كَثِيرَةً۬ يَأۡخُذُونَہَا‌ۗ وَكَانَ ٱللَّهُ عَزِيزًا حَكِيمً۬ا 19
އަދި އެއުރެންނަށް ލިބޭނެ ގިނަ غنيمةމުދާތައްވެސްމެއެވެ. عزيزވަންތަ، حكيمވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
Surah 48 · سورة الفَتْح
Juz 1
وَعَدَكُمُ ٱللَّهُ مَغَانِمَ ڪَثِيرَةً۬ تَأۡخُذُونَہَا فَعَجَّلَ لَكُمۡ هَـٰذِهِۦ وَكَفَّ أَيۡدِىَ ٱلنَّاسِ عَنكُمۡ وَلِتَكُونَ ءَايَةً۬ لِّلۡمُؤۡمِنِينَ وَيَهۡدِيَكُمۡ صِرَٲطً۬ا مُّسۡتَقِيمً۬ا 20
ތިޔަބައިމީހުންނަށް ލިބޭނެ ގިނަ غنيمةމުދާތަކެއް، ތިޔަބައިމީހުންނަށް
اللَّه وعد ކުރައްވާފައިވެއެވެ. ފަހެ، މިކަންތައް ތިޔަބައިމީހުންނަށް އެކަލާނގެ އަވަސްކޮށްދެއްވިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިން މީސްތަކުންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވިއެވެ. އަދި مؤمنންނަށް (نصرލިބޭނެކަމުގެ) ހެތްކެއްކަމުގައި އެކަން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދެއްކެވުމަށްޓަކައެވެ.
Surah 48 · سورة الفَتْح
Juz 1
وَأُخۡرَىٰ لَمۡ تَقۡدِرُواْ عَلَيۡہَا قَدۡ أَحَاطَ ٱللَّهُ بِہَا‌ۚ وَكَانَ ٱللَّهُ عَلَىٰ ڪُلِّ شَىۡءٍ۬ قَدِيرً۬ا 21
އަދި އެކަމުގެ މައްޗަށް ތިޔަބައިމީހުން ކުޅަދާނަވެގެންނުވާ އެހެންކަމެއްވެއެވެ. ހަމަކަށަވަރުން، اللَّه އެކަން ދެނެވޮޑިގެންވެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
Surah 48 · سورة الفَتْح
Juz 1
وَلَوۡ قَـٰتَلَكُمُ ٱلَّذِينَ كَفَرُواْ لَوَلَّوُاْ ٱلۡأَدۡبَـٰرَ ثُمَّ لَا يَجِدُونَ وَلِيًّ۬ا وَلَا نَصِيرً۬ا 22
كافرވިމީހުން، ތިޔަބައިމީހުންނާ ހަނގުރާމަކުރިނަމަ، އެއުރެން ފުރަގަސްދީ އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ. ދެން އެއުރެންނަކަށް އެހީތެރިޔަކުވެސް، އަދި نصرވެރިޔަކުވެސް ނުފެންނާނެތެވެ.
Surah 48 · سورة الفَتْح
Juz 1
سُنَّةَ ٱللَّهِ ٱلَّتِى قَدۡ خَلَتۡ مِن قَبۡلُ‌ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبۡدِيلاً۬ 23
(އެއީ) މީގެކުރިންވެސް اللَّه އެކަލާނގެ (އަޅުތަކުންނާމެދު) ކަންހިންގަވާފައިވާ ގޮތެވެ. އަދި اللَّه ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.
Surah 48 · سورة الفَتْح
Juz 1
وَهُوَ ٱلَّذِى كَفَّ أَيۡدِيَهُمۡ عَنكُمۡ وَأَيۡدِيَكُمۡ عَنۡہُم بِبَطۡنِ مَكَّةَ مِنۢ بَعۡدِ أَنۡ أَظۡفَرَكُمۡ عَلَيۡهِمۡ‌ۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا 24
ތިޔަބައިމީހުންގެ ކިބައިން، އެއުރެންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވީ އެކަލާނގެއެވެ. އަދި مكةގެ ތެރޭގައި، އެއުރެންގެ މައްޗަށް ތިޔަބައިމީހުން ބާރުވެރިކުރެއްވުމަށްފަހުގައި، އެއުރެންގެ ކިބައިން ތިޔަބައިމީހުންގެ އަތްތައް (އެބަހީ: ހަނގުރާމަކުރުން) ދުރުކުރެއްވީވެސް އެކަލާނގެއެވެ. ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
Surah 48 · سورة الفَتْح
Juz 1
هُمُ ٱلَّذِينَ كَفَرُواْ وَصَدُّوڪُمۡ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ وَٱلۡهَدۡىَ مَعۡكُوفًا أَن يَبۡلُغَ مَحِلَّهُ ۥ‌ۚ وَلَوۡلَا رِجَالٌ۬ مُّؤۡمِنُونَ وَنِسَآءٌ۬ مُّؤۡمِنَـٰتٌ۬ لَّمۡ تَعۡلَمُوهُمۡ أَن تَطَـُٔوهُمۡ فَتُصِيبَكُم مِّنۡهُم مَّعَرَّةُۢ بِغَيۡرِ عِلۡمٍ۬‌ۖ لِّيُدۡخِلَ ٱللَّهُ فِى رَحۡمَتِهِۦ مَن يَشَآءُ‌ۚ لَوۡ تَزَيَّلُواْ لَعَذَّبۡنَا ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابًا أَلِيمًا 25
އެއުރެންނީ، كافرވެ، އަދި حرمةތެރިވެގެންވާ މިސްކިތުން ތިޔަބައިމީހުން އެއްކިބާކުރި މީހުންނެވެ. އަދި ގެފުޅަށް ހަދިޔާކުރެވޭ ތަކެތި، އެތަކެތި ކަތިލަންވާ ހިސާބަށް ދިޔަނުދީ ހިފެހެއްޓި މީހުންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގި އެއުރެން قتلކުރެވިދާފަދަ، (ގޮތެއްގައިތިބި) مؤمن ފިރިހެނުންނާއި، مؤمن އަންހެނުންތަކެއް ނެތްނަމަ (އެ ދަނޑިވަޅުގައި مكة فتحކުރެއްވުމުގެ إذنދެއްވީހެވެ.) ފަހެ، އެފަދަގޮތެއް މެދުވެރިވެއްޖެނަމަ، ތިޔަބައިމީހުންނަށް އެނގުމަކާނުލައި، އެއުރެންގެ ސަބަބުން، (އެބަހީ: قتلކުރެވިދާފަދަ ގޮތެއްގައިތިބި مؤمنންގެ ސަބަބުން) ތިޔަބައިމީހުންނަށް މަލާމާތް ލިބިދާނެތެވެ. އެއީ اللَّه އިރާދަކުރައްވާ މީހަކު އެކަލާނގެ رحمةގެތެރެޔަށް ވެއްދެވުމަށްޓަކައެވެ. އެއުރެންނަށް ވަކިވެގެންވާނަމަ، ވޭންދެނިވި عذابއަކުން އެއުރެންގެ ތެރެއިން كافرވި މީހުންނަށް ތިމަންރަސްކަލާނގެ عذابދެއްވީމުހެވެ.
Surah 48 · سورة الفَتْح
Juz 1
إِذۡ جَعَلَ ٱلَّذِينَ كَفَرُواْ فِى قُلُوبِهِمُ ٱلۡحَمِيَّةَ حَمِيَّةَ ٱلۡجَـٰهِلِيَّةِ فَأَنزَلَ ٱللَّهُ سَڪِينَتَهُ ۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَلۡزَمَهُمۡ ڪَلِمَةَ ٱلتَّقۡوَىٰ وَكَانُوٓاْ أَحَقَّ بِہَا وَأَهۡلَهَا‌ۚ وَكَانَ ٱللَّهُ بِكُلِّ شَىۡءٍ عَلِيمً۬ا 26
كافرވިމީހުން، އެއުރެންގެ ހިތްތަކުގެ ތެރެޔަށް ބޮޑާކަން ވައްދައިފި ހިނދެވެ. އެއީ ޖާހިލީޒަމާނުގެ ބޮޑާކަމެވެ. ފަހެ، اللَّه، އެކަލާނގެ رسولއާގެ މައްޗަށާއި، مؤمنތަކުންގެ މައްޗަށް، އެކަލާނގެ حضرةން ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އަދި تقوىގެ كلمة، އެއުރެންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. އެއުރެން އެ كلمةއަށް حقކަން ބޮޑުވެފައި، އަދި އެ كلمةގެ أهلވެރިންކަމުގައިވޫއެވެ. ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
Surah 48 · سورة الفَتْح
Juz 1
لَّقَدۡ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءۡيَا بِٱلۡحَقِّ‌ۖ لَتَدۡخُلُنَّ ٱلۡمَسۡجِدَ ٱلۡحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمۡ وَمُقَصِّرِينَ لَا تَخَافُونَ‌ۖ فَعَلِمَ مَا لَمۡ تَعۡلَمُواْ فَجَعَلَ مِن دُونِ ذَٲلِكَ فَتۡحً۬ا قَرِيبًا 27
ހަމަކަށަވަރުން، اللَّه، އެކަލާނގެ رسولއާއަށް ހުވަފެންފުޅު ސީދާކުރައްވައި، حقގޮތުގައި ތެދުކޮށްދެއްވިއެވެ. ހަމަކަށަވަރުން، اللَّه އިރާދަކުރެއްވިނަމަ ތިޔަބައިމީހުން أمانކަމާއެކުގައި، حرمةތެރިވެގެންވާ މިސްކިތަށް ވަންނާނެކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ބޯތައް ބާލާ حالގައި، އަދި ކުރުކޮށް ކޮށާ حالގައެވެ. ތިޔަބައިމީހުން ބިރުގަތުމަކާވެސް ނުލައެވެ. ފަހެ، ތިޔަބައިމީހުންނަށް ނޭނގޭކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، އޭގެ ކުރިން ގާތުގައިވާ فتحއެއް އެކަލާނގެ ދެއްވާހުށްޓެވެ.
Surah 48 · سورة الفَتْح
Juz 1
هُوَ ٱلَّذِىٓ أَرۡسَلَ رَسُولَهُ ۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُ ۥ عَلَى ٱلدِّينِ كُلِّهِۦ‌ۚ وَكَفَىٰ بِٱللَّهِ شَهِيدً۬ا 28
އެކަލާނގެއީ، ތެދުމަގާއި، حق دينއާއިގެން އެކަލާނގެ رسولއާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ دينތަކުގެ މައްޗަށް، އެ دينފާޅުކުރައްވައި މަތިވެރިކުރެއްވުމަށްޓަކައެވެ. ހެކިވެ ވޮޑިގެންވާ ކަލަކުކަމުގައި اللَّه ފުދެއެވެ.
Surah 48 · سورة الفَتْح
Juz 1
مُّحَمَّدٌ۬ رَّسُولُ ٱللَّهِ‌ۚ وَٱلَّذِينَ مَعَهُ ۥۤ أَشِدَّآءُ عَلَى ٱلۡكُفَّارِ رُحَمَآءُ بَيۡنَہُمۡ‌ۖ تَرَٮٰهُمۡ رُكَّعً۬ا سُجَّدً۬ا يَبۡتَغُونَ فَضۡلاً۬ مِّنَ ٱللَّهِ وَرِضۡوَٲنً۬ا‌ۖ سِيمَاهُمۡ فِى وُجُوهِهِم مِّنۡ أَثَرِ ٱلسُّجُودِ‌ۚ ذَٲلِكَ مَثَلُهُمۡ فِى ٱلتَّوۡرَٮٰةِ‌ۚ وَمَثَلُهُمۡ فِى ٱلۡإِنجِيلِ كَزَرۡعٍ أَخۡرَجَ شَطۡـَٔهُ ۥ فَـَٔازَرَهُ ۥ فَٱسۡتَغۡلَظَ فَٱسۡتَوَىٰ عَلَىٰ سُوقِهِۦ يُعۡجِبُ ٱلزُّرَّاعَ لِيَغِيظَ بِہِمُ ٱلۡكُفَّارَ‌ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ مِنۡہُم مَّغۡفِرَةً۬ وَأَجۡرًا عَظِيمَۢا 29
محمدގެފާނީ، اللَّهގެ رسولއާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافرންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمةތެރިބަޔެކެވެ. اللَّهގެ حضرةން فضلވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوعކޮށް سجدةކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. سجدةގެ أثرން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ توراةގައިވާ، އެއުރެންގެ مثالއެވެ.
އަދި إنجيلގައިވާ، އެއުރެންގެ مثال އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ.
ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން عجائبކޮށް حيرانކުރުވަމުންނެވެ. އެއުރެންދެކެ، كافرން ރުޅިއެރުވުމަށްޓަކައެވެ. އެއުރެންގެ ތެރެއިން إيمانވެ صالح عملތައް ކުޅަމީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް اللَّه وعد ކުރައްވާފައިވެއެވެ.