ޤުރްއާން ދިވެހި ތަރުޖަމާ
42 مكّى 53 Ayahs

سورة الشّوریٰ

ސޫރަތް 42
ޕްލޭބެކް އިޚުތިޔާރު
ވާޒް ރެސިޓަރ، މާނަ ރެސިޓަރ އަދި މޯޑު ހޮވާލާށެވެ
1
ފޮންޓް ކޮންޓްރޯލް
އަރަބި އާޔަތާއި ދިވެހި މާނަގެ ފޮންޓް ސައިޒް ބަދަލު ކުރާށެވެ
ފުރިހަމަ ސޫރަތް ޕްލޭ
The page follows the ayah currently playing.
Playable ayahs: 54
ސޫރަތް މަޢުލޫމާތު
Use the icon-only controls to move ayah by ayah or play the full surah in order.

އާޔަތްތައް

54 Ayahs
Surah 42 · سورة الشّوریٰ
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 42 · سورة الشّوریٰ
Juz 1
حمٓ 1
ح م ع س ق (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)
Surah 42 · سورة الشّوریٰ
Juz 1
عٓسٓقٓ 2
ح م ع س ق (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)
Surah 42 · سورة الشّوریٰ
Juz 1
كَذَٲلِكَ يُوحِىٓ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ 3
ކަލޭގެފާނަށާއި ކަލޭގެފާނުގެ ކުރީގެ رسولންނަށް، عزيزވަންތަ، حكيمވަންތަ اللَّه وحىކުރައްވަނީ އެފަދައިންނެވެ.
Surah 42 · سورة الشّوریٰ
Juz 1
لَهُ ۥ مَا فِى ٱلسَّمَـٰوَٲتِ وَمَا فِى ٱلۡأَرۡضِ‌ۖ وَهُوَ ٱلۡعَلِىُّ ٱلۡعَظِيمُ 4
އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައިވާހާ ތަކެތި މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، އެންމެމަތިވެރި، އެންމެމާތް ރަސްކަލާނގެއެވެ.
Surah 42 · سورة الشّوریٰ
Juz 1
تَكَادُ ٱلسَّمَـٰوَٲتُ يَتَفَطَّرۡنَ مِن فَوۡقِهِنَّ‌ۚ وَٱلۡمَلَـٰٓٮِٕكَةُ يُسَبِّحُونَ بِحَمۡدِ رَبِّہِمۡ وَيَسۡتَغۡفِرُونَ لِمَن فِى ٱلۡأَرۡضِ‌ۗ أَلَآ إِنَّ ٱللَّهَ هُوَ ٱلۡغَفُورُ ٱلرَّحِيمُ 5
(اللَّهގެ ކީރިތިވަންތަކަމުން ނުވަތަ މުޝްރިކުންގެ ޝިރުކު ކުރުމުގެބަހުގެ ބިރުވެރިކަމުން) އުޑުތައް އެތަކެތީގެމަތިން ފަޅަފަޅައިގެންދިއުމާ ގާތްވެއެވެ. އަދި ملائكةން، އެއުރެންގެ ވެރިރަސްކަލާނގެއަށް حمدއާއެކު تسبيحދަންނަވަތެވެ. އަދި ބިމުގައިވާ މީހުންނަށް ފާފަފުއްސެވުންއެދި، دعاءކުރައްވަތެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.
Surah 42 · سورة الشّوریٰ
Juz 1
وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦۤ أَوۡلِيَآءَ ٱللَّهُ حَفِيظٌ عَلَيۡہِمۡ وَمَآ أَنتَ عَلَيۡہِم بِوَكِيلٍ۬ 6
އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން (ދަންނާށެވެ!) اللَّه، އެއުރެންގެ މައްޗަށް މޮޅަށް ބައްލަވާވޮޑިގެންވެއެވެ. އަދި އެއުރެންގެ ކަންތައްތައް حوالކުރައްވާފައިވާ وكيلއަކު ކަމުގައި ކަލޭގެފާނު ވެވަޑައިގެން ނުވަމުއެވެ.
Surah 42 · سورة الشّوریٰ
Juz 1
وَكَذَٲلِكَ أَوۡحَيۡنَآ إِلَيۡكَ قُرۡءَانًا عَرَبِيًّ۬ا لِّتُنذِرَ أُمَّ ٱلۡقُرَىٰ وَمَنۡ حَوۡلَهَا وَتُنذِرَ يَوۡمَ ٱلۡجَمۡعِ لَا رَيۡبَ فِيهِ‌ۚ فَرِيقٌ۬ فِى ٱلۡجَنَّةِ وَفَرِيقٌ۬ فِى ٱلسَّعِيرِ 7
އަދި ހަމައެފަދައިން عربބަހުންވާ قرآنއެއް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحىކުރެއްވީމެވެ. (އެއީ) މައިރަށުގެ (އެބަހީ: مكةގެ) أهلވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު إنذارކުރެއްވުމަށްޓަކައެވެ. އަދި (خلقތަކުން) އެއްކުރައްވާ ދުވަހާމެދު إنذارކުރެއްވުމަށްޓަކައެވެ. އެދުވަހާމެދަކު شكއެއްނެތެވެ. (އެދުވަހުން) އެއްބަޔަކުވާހުށީ ސުވަރުގޭގައެވެ. އަދި އަނެއްބަޔަކު ވާހުށީ ނަރަކައިގައެވެ.
Surah 42 · سورة الشّوریٰ
Juz 1
وَلَوۡ شَآءَ ٱللَّهُ لَجَعَلَهُمۡ أُمَّةً۬ وَٲحِدَةً۬ وَلَـٰكِن يُدۡخِلُ مَن يَشَآءُ فِى رَحۡمَتِهِۦ‌ۚ وَٱلظَّـٰلِمُونَ مَا لَهُم مِّن وَلِىٍّ۬ وَلَا نَصِيرٍ 8
އަދި اللَّه އިރާދަކުރެއްވިނަމަ، އެއުރެން އެއް أمّةއެއްކަމުގައި ލައްވައިފީހެވެ. އެހެނެއްކަމަކު، އެކަލާނގެ އިރާދަކުރައްވާމީހަކު، އެކަލާނގެ رحمةގެ ތެރެޔަށް ވައްދަވަތެވެ. އަދި އަނިޔާވެރިންނަށް (އެދުވަހުން) އެހީތެރިޔެއްވެސް، އަދި نصرވެރިޔެއްވެސް ނުވެއެވެ.
Surah 42 · سورة الشّوریٰ
Juz 1
أَمِ ٱتَّخَذُواْ مِن دُونِهِۦۤ أَوۡلِيَآءَ‌ۖ فَٱللَّهُ هُوَ ٱلۡوَلِىُّ وَهُوَ يُحۡىِ ٱلۡمَوۡتَىٰ وَهُوَ عَلَىٰ كُلِّ شَىۡءٍ۬ قَدِيرٌ۬ 9
ނުވަތަ އެއުރެން اللَّه ފިޔަވައި އެހީތެރިންތަކެއް ހޯދީހެއްޔެވެ؟ ފަހެ، އެހީތެރިޔަކީ ހަމަ اللَّهއެވެ. އަދި އެކަލާނގެ، މަރުވެފައިވާ ތަކެތި ދިރުއްވަތެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
Surah 42 · سورة الشّوریٰ
Juz 1
وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَىۡءٍ۬ فَحُكۡمُهُ ۥۤ إِلَى ٱللَّهِ‌ۚ ذَٲلِكُمُ ٱللَّهُ رَبِّى عَلَيۡهِ تَوَڪَّلۡتُ وَإِلَيۡهِ أُنِيبُ 10
އަދި ތިޔަބައިމީހުން އެކަމަކާމެދުގައި خلافވާ ކޮންމެ ކަމެއްގެ حكمކުރެއްވުންވަނީ، اللَّهއަށެވެ. އެއީ اللَّهއެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއަށް ތިމަންކަލޭގެފާނު وكيلކުރައްވައިފީމެވެ. އަދި توبةވަނީ ހަމައެކަލާނގެ حضرةއަށެވެ.
Surah 42 · سورة الشّوریٰ
Juz 1
فَاطِرُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ‌ۚ جَعَلَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٲجً۬ا وَمِنَ ٱلۡأَنۡعَـٰمِ أَزۡوَٲجً۬ا‌ۖ يَذۡرَؤُكُمۡ فِيهِ‌ۚ لَيۡسَ كَمِثۡلِهِۦ شَىۡءٌ۬‌ۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ 11
އެކަލާނގެއީ، އިސްވެދިޔަ مثالއަކާނުލައި އުޑުތަކާއި، ބިންހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން އަނބިން ލެއްވިއެވެ. އަދި އެކަލާނގެ نعمސޫފީގެ ތެރެއިން ދެ جنسގެ ތަކެތި ލެއްވިއެވެ. އެކަލާނގެ އެގޮތުން ތިޔަބައިމީހުން ގިނަކުރައްވަތެވެ. އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 42 · سورة الشّوریٰ
Juz 1
لَهُ ۥ مَقَالِيدُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ‌ۖ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُ‌ۚ إِنَّهُ ۥ بِكُلِّ شَىۡءٍ عَلِيمٌ۬ 12
އުޑުތަކާއި، ބިމުގެ ވެރިކަން މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزقތަނަވަސްކޮށްދެއްވަތެވެ. އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްމެ މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 42 · سورة الشّوریٰ
Juz 1
۞ شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحً۬ا وَٱلَّذِىٓ أَوۡحَيۡنَآ إِلَيۡكَ وَمَا وَصَّيۡنَا بِهِۦۤ إِبۡرَٲهِيمَ وَمُوسَىٰ وَعِيسَىٰٓ‌ۖ أَنۡ أَقِيمُواْ ٱلدِّينَ وَلَا تَتَفَرَّقُواْ فِيهِ‌ۚ كَبُرَ عَلَى ٱلۡمُشۡرِكِينَ مَا تَدۡعُوهُمۡ إِلَيۡهِ‌ۚ ٱللَّهُ يَجۡتَبِىٓ إِلَيۡهِ مَن يَشَآءُ وَيَہۡدِىٓ إِلَيۡهِ مَن يُنِيبُ 13
ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ شرعކުރެއްވި دينއަކީ، އެކަލާނގެ نوحގެފާނަށް وصيةކުރެއްވި دينއެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحىކުރެއްވި دينއެވެ. އަދި إبراهيمގެފާނަށާއި، موسىގެފާނަށާއި، عيسىގެފާނަށް وصيةކުރެއްވި دينއެވެ. (އެ وصيةއަކީ) ތިޔަބައިމީހުން دين قائمކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ! ތިޔަބައިމީހުން އެކަމަކަށް ތިޔަގޮވައިލާ ކަންތައް، مشركންގެ މައްޗަށް ބޮޑުކަމަކަށްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އަޅަކު خيارކުރައްވަތެވެ. އަދި އެކަލާނގެއަށް توبةވެ، رجوعވާމީހާއަށް ތެދުމަގު ދައްކަވަތެވެ.
Surah 42 · سورة الشّوریٰ
Juz 1
وَمَا تَفَرَّقُوٓاْ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَہُمۡ‌ۚ وَلَوۡلَا كَلِمَةٌ۬ سَبَقَتۡ مِن رَّبِّكَ إِلَىٰٓ أَجَلٍ۬ مُّسَمًّ۬ى لَّقُضِىَ بَيۡنَہُمۡ‌ۚ وَإِنَّ ٱلَّذِينَ أُورِثُواْ ٱلۡكِتَـٰبَ مِنۢ بَعۡدِهِمۡ لَفِى شَكٍّ۬ مِّنۡهُ مُرِيبٍ۬ 14
އަދި ބައިބައިވުމަކީ ނުބައިކަމެއްކަން، އެއުރެންނަށް އެނގުނުފަހުން މެނުވީ، އެއުރެން ބައިބައިވެ خلافއެއް ނުވެއެވެ. އެއީ އެއުރެންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، حسدވެރިކަމުންނެވެ. އަދި ކަނޑައެޅިގެންވާ ވަގުތަކަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން (عذابދެއްވުމުގެ) ބަސްފުޅެއް އިސްވެގޮސްފައިނުވާނަމަ، އެއުރެންގެ މެދުގައި ނިޔާކަނޑައެޅުއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެއުރެންގެފަހުން، ފޮތްވާރުތަވީމީހުންވަނީ، އެފޮތާމެދު ވަސްވާސްތެރިކަމުން ފުރިގެންވާ شكއެއްގައިކަން ކަށަވަރެވެ.
Surah 42 · سورة الشّوریٰ
Juz 1
فَلِذَٲلِكَ فَٱدۡعُ‌ۖ وَٱسۡتَقِمۡ ڪَمَآ أُمِرۡتَ‌ۖ وَلَا تَتَّبِعۡ أَهۡوَآءَهُمۡ‌ۖ وَقُلۡ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن ڪِتَـٰبٍ۬‌ۖ وَأُمِرۡتُ لِأَعۡدِلَ بَيۡنَكُمُ‌ۖ ٱللَّهُ رَبُّنَا وَرَبُّكُمۡ‌ۖ لَنَآ أَعۡمَـٰلُنَا وَلَكُمۡ أَعۡمَـٰلُڪُمۡ‌ۖ لَا حُجَّةَ بَيۡنَنَا وَبَيۡنَكُمُ‌ۖ ٱللَّهُ يَجۡمَعُ بَيۡنَنَا‌ۖ وَإِلَيۡهِ ٱلۡمَصِيرُ 15
އެކަމަށްޓަކައި (ބައިބައިވުމުން ދުރުހެލިވެ، އެންމެން އެކަތިގަނޑަކަށްވުމަށް) ފަހެ، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ކަލޭގެފާނަށް أمرކުރެއްވި ފަދައިން ސީދާވެވަޑައިގަންނަވާށެވެ! އެއުރެންއެދޭ باطلގޮތްތަކަށް ކަލޭގެފާނު تبعވެވަޑައިނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ބާވައިލެއްވި ކޮންމެ ފޮތަކަށް އަހުރެން إيمانވެއްޖައީމެވެ. އަދި އަހުރެންނަށް أمرކުރައްވާފައިވަނީ، ތިޔަބައިމީހުންގެ މެދުގައި عدلވެރިގޮތުގައި ކަންތައްކުރުމަށެވެ. اللَّهއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ތިމަންމެންނަށް ތިމަންމެންގެ عملތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ عملތަކެވެ. ތިޔަބައިމީހުންނާ އަހުރެމެންނާދެމެދު ޖަދަލުކޮށް ޒުވާބުކުރުމެއްނެތެވެ. اللَّه، އަހުރެމެން އެންމެން (قيامةދުވަހުގައި) އެއްކުރައްވާނެތެވެ. އަދި އެނބުރިދިއުންވަނީ، އެކަލާނގެ حضرةއަށެވެ.
Surah 42 · سورة الشّوریٰ
Juz 1
وَٱلَّذِينَ يُحَآجُّونَ فِى ٱللَّهِ مِنۢ بَعۡدِ مَا ٱسۡتُجِيبَ لَهُ ۥ حُجَّتُهُمۡ دَاحِضَةٌ عِندَ رَبِّہِمۡ وَعَلَيۡہِمۡ غَضَبٌ۬ وَلَهُمۡ عَذَابٌ۬ شَدِيدٌ 16
މީސްތަކުން އެކަލާނގެ دين قبولކޮށް އިޖާބަދިނުމަށްފަހު، اللَّهގެ دينއާމެދު، ޖަދަލުކުރާ މީހުންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި، އެއުރެންގެ حجّة باطلވެގެންވާ ބަޔެކެވެ. އަދި އެއުރެންގެ މައްޗަށް ކޯފާހުށްޓެވެ. އަދި އެއުރެންނަށްޓަކައި (آخرةގައި) ވަނީ ގަދަފަދަ عذابއެވެ.
Surah 42 · سورة الشّوریٰ
Juz 1
ٱللَّهُ ٱلَّذِىٓ أَنزَلَ ٱلۡكِتَـٰبَ بِٱلۡحَقِّ وَٱلۡمِيزَانَ‌ۗ وَمَا يُدۡرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٌ۬ 17
حقގޮތުގައި ފޮތާއި، عدل إنصافބާވައިލެއްވީ اللَّهއެވެ. قيامةވުމުގެ ވަގުތު ގާތްވެގެންވާކަން، ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟
Surah 42 · سورة الشّوریٰ
Juz 1
يَسۡتَعۡجِلُ بِہَا ٱلَّذِينَ لَا يُؤۡمِنُونَ بِہَا‌ۖ وَٱلَّذِينَ ءَامَنُواْ مُشۡفِقُونَ مِنۡہَا وَيَعۡلَمُونَ أَنَّهَا ٱلۡحَقُّ‌ۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِى ٱلسَّاعَةِ لَفِى ضَلَـٰلِۭ بَعِيدٍ 18
އެދުވަހަށް (އެބަހީ: قيامةދުވަހަށް) إيمان ނުވާމީހުން އެދުވަސް އަވަހަށް އައުމަށް އެދޭނެތެވެ. އަދި إيمانވިމީހުން އެދުވަހަށް ބިރުވެތިވާނެތެވެ. އެދުވަހަކީ، ހަމަކަށަވަރުން، حقގޮތުގައި އަންނާނޭ ދުވަހެއްކަން، އެއުރެން ދަނެތެވެ. ދަންނާށެވެ! ހަމަކަށަވަރުން، قيامةދުވަހާމެދު ޖަދަލުކުރާމީހުންވަނީ، ދުރުވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.
Surah 42 · سورة الشّوریٰ
Juz 1
ٱللَّهُ لَطِيفُۢ بِعِبَادِهِۦ يَرۡزُقُ مَن يَشَآءُ‌ۖ وَهُوَ ٱلۡقَوِىُّ ٱلۡعَزِيزُ 19
اللَّهއީ، އެކަލާނގެ އަޅުތަކުންނަށް އޯގާވަންތަކަންބޮޑު ރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް رزقދެއްވަތެވެ. އަދި އެކަލާނގެއީ، ބާރުވެރިވަންތަ، عزيزވަންތަ ރަސްކަލާނގެއެވެ.
Surah 42 · سورة الشّوریٰ
Juz 1
مَن كَانَ يُرِيدُ حَرۡثَ ٱلۡأَخِرَةِ نَزِدۡ لَهُ ۥ فِى حَرۡثِهِۦ‌ۖ وَمَن كَانَ يُرِيدُ حَرۡثَ ٱلدُّنۡيَا نُؤۡتِهِۦ مِنۡہَا وَمَا لَهُ ۥ فِى ٱلۡأَخِرَةِ مِن نَّصِيبٍ 20
آخرةގެ ثوابއަށްއެދި މަސައްކަތްކުރާ މީހާއަށް އޭނާގެ ثواب، ތިމަންރަސްކަލާނގެ އިތުރުކުރައްވާ ހުށީމެވެ. އަދި ދުނިޔޭގެ މަންފާތަކަށް އެދޭމީހާއަށް، ތިމަންރަސްކަލާނގެ އެއިން ދެއްވާހުށީމެވެ. އަދި آخرةގައި އޭނާޔަށް (ثوابގެ) އެއްވެސް نصيبއެއްނެތެވެ.
Surah 42 · سورة الشّوریٰ
Juz 1
أَمۡ لَهُمۡ شُرَڪَـٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُ‌ۚ وَلَوۡلَا ڪَلِمَةُ ٱلۡفَصۡلِ لَقُضِىَ بَيۡنَہُمۡ‌ۗ وَإِنَّ ٱلظَّـٰلِمِينَ لَهُمۡ عَذَابٌ أَلِيمٌ۬ 21
ނުވަތަ اللَّه، إذنދެއްވާފައިނުވާ دينއެއް، އެއުރެންނަށް، شرعކޮށް ކަނޑައަޅައިދިން شريكންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟ ޖަޒާދެއްވުން ކަނޑައެޅިގެންވާ ދުވަހަށް ލަސްކުރެއްވުމުގެ كلمةފުޅުނުވާނަމަ، އެއުރެންގެމެދުގައި ނިޔާ ކަނޑައެޅުއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި عذابހުށްޓެވެ.
Surah 42 · سورة الشّوریٰ
Juz 1
تَرَى ٱلظَّـٰلِمِينَ مُشۡفِقِينَ مِمَّا ڪَسَبُواْ وَهُوَ وَاقِعُۢ بِهِمۡ‌ۗ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ فِى رَوۡضَاتِ ٱلۡجَنَّاتِ‌ۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡ‌ۚ ذَٲلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ 22
އަނިޔާވެރިން، އެއުރެން ހޯދި ނުބައިކަންތަކަށް ލިބޭ عذابއަށް ބިރުވެތިވާތީ (އެދުވަހުން) ތިބާ ދެކޭނޫއެވެ. އެ عذابއައިސް އެއުރެންނަށް ޖެހޭހުށްޓެވެ. އަދި إيمانވެ صالح عملތައް ކުޅަމީހުން ވާހުށީ، ސުވަރުގޭގެ ބަގީޗާތަކުގައެވެ. އެއުރެން އެދޭކަންތައް، އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި، އެއުރެންނަށްވެއެވެ. ބޮޑުވެގެންވާ فضلވަންތަކަމަކީ ހަމައެއީއެވެ.
Surah 42 · سورة الشّوریٰ
Juz 1
ذَٲلِكَ ٱلَّذِى يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ‌ۗ قُل لَّآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًا إِلَّا ٱلۡمَوَدَّةَ فِى ٱلۡقُرۡبَىٰ‌ۗ وَمَن يَقۡتَرِفۡ حَسَنَةً۬ نَّزِدۡ لَهُ ۥ فِيہَا حُسۡنًا‌ۚ إِنَّ ٱللَّهَ غَفُورٌ۬ شَكُورٌ 23
އެއީ إيمانވެ، صالح عملތައް ކުޅަ، އެކަލާނގެ އަޅުތަކުންނަށް اللَّه އުފާވެރިކަމުގެ خبرދެއްވާ ކަންތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: ތިމަންކަލޭގެފާނުގެ رسولކަން އިއްވެވުމުގެ މައްޗަކަށް) ތިމަންކަލޭގެފާނު، ތިޔަބައިމީހުންގެ ކިބަޔަކުން އެއްވެސް އުޖޫރަޔަކަށް އެދިވަޑައެއް ނުގަންނަވަމެވެ. ގާތްތިމާގެކަމުގެ ލޯބިމެނުވީއެވެ. އަދި ހެޔޮކަމެއްކުރާ މީހާއަށް ތިމަންރަސްކަލާނގެ އެކަމުގައި ހެޔޮކަން އިތުރުކޮށްދެއްވާހުށީމެވެ. ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبولކުރައްވާ ރަސްކަލާނގެއެވެ.
Surah 42 · سورة الشّوریٰ
Juz 1
أَمۡ يَقُولُونَ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبً۬ا‌ۖ فَإِن يَشَإِ ٱللَّهُ يَخۡتِمۡ عَلَىٰ قَلۡبِكَ‌ۗ وَيَمۡحُ ٱللَّهُ ٱلۡبَـٰطِلَ وَيُحِقُّ ٱلۡحَقَّ بِكَلِمَـٰتِهِۦۤ‌ۚ إِنَّهُ ۥ عَلِيمُۢ بِذَاتِ ٱلصُّدُورِ 24
ނުވަތަ އެކަލޭގެފާނު اللَّهއާމެދު އިތުރުފުޅެއް ހެއްދެވީކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ފަހެ، اللَّه އިރާދަކުރައްވާނަމަ، ކަލޭގެފާނުގެ ހިތްޕުޅުގައި ސިއްކަގައްސަވައިފީހެވެ. އަދި اللَّه، باطلފުއްސަވައި، އެކަލާނގެ كلمةފުޅުތަކުން حق ސާބިތުކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 42 · سورة الشّوریٰ
Juz 1
وَهُوَ ٱلَّذِى يَقۡبَلُ ٱلتَّوۡبَةَ عَنۡ عِبَادِهِۦ وَيَعۡفُواْ عَنِ ٱلسَّيِّـَٔاتِ وَيَعۡلَمُ مَا تَفۡعَلُونَ 25
އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ކިބައިން توبة قبولކުރައްވައި، ނުބައިކަންތަކަށް عفوކުރައްވާ ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންކުރާ ކަންތައްތައް، އެކަލާނގެ ދެނެވޮޑިގެންވެއެވެ.
Surah 42 · سورة الشّوریٰ
Juz 1
وَيَسۡتَجِيبُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ وَيَزِيدُهُم مِّن فَضۡلِهِۦ‌ۚ وَٱلۡكَـٰفِرُونَ لَهُمۡ عَذَابٌ۬ شَدِيدٌ۬ 26
އަދި إيمانވެ، صالح عملތައްކުޅަ މީހުންނަށް އެކަލާނގެ އިޖާބަދެއްވައި، އެކަލާނގެ فضلވަންތަކަމުގެ ތެރެއިން އިތުރުކޮށްދެއްވަތެވެ. އަދި كافرންނަށް ގަދަވެގެންވާ عذابހުށްޓެވެ.
Surah 42 · سورة الشّوریٰ
Juz 1
۞ وَلَوۡ بَسَطَ ٱللَّهُ ٱلرِّزۡقَ لِعِبَادِهِۦ لَبَغَوۡاْ فِى ٱلۡأَرۡضِ وَلَـٰكِن يُنَزِّلُ بِقَدَرٍ۬ مَّا يَشَآءُ‌ۚ إِنَّهُ ۥ بِعِبَادِهِۦ خَبِيرُۢ بَصِيرٌ۬ 27
اللَّه، އެކަލާނގެ (އެންމެހައި) އަޅުންނަށް رزقތަނަވަސްކޮށްދެއްވައިފިނަމަ، ބިމުގައި އެއުރެން ބޮޑާވެ، އަނިޔާވެރިވެގެންފީހެވެ. އެހެނެއްކަމަކު، އެކަލާނގެ رزقބާވައިލައްވަނީ، އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ވަކިމިންވަރަކަށެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ خبرތައް މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 42 · سورة الشّوریٰ
Juz 1
وَهُوَ ٱلَّذِى يُنَزِّلُ ٱلۡغَيۡثَ مِنۢ بَعۡدِ مَا قَنَطُواْ وَيَنشُرُ رَحۡمَتَهُ ۥ‌ۚ وَهُوَ ٱلۡوَلِىُّ ٱلۡحَمِيدُ 28
އެކަލާނގެއީ، އެއުރެންގެ އުންމީދު ކެނޑުމަށްފަހު، ވާރޭވެއްސަވައި، އެކަލާނގެ رحمة ފަތުރުއްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން حمدލިބިވޮޑިގެންވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ.
Surah 42 · سورة الشّوریٰ
Juz 1
وَمِنۡ ءَايَـٰتِهِۦ خَلۡقُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَمَا بَثَّ فِيهِمَا مِن دَآبَّةٍ۬‌ۚ وَهُوَ عَلَىٰ جَمۡعِهِمۡ إِذَا يَشَآءُ قَدِيرٌ۬ 29
އަދި އުޑުތަކާއި، ބިމާއި، އެ ދެތާނގައި ފަތުރުއްވާފައިވާ ދިރޭތަކެތި ހެއްދެވުމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އެކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާހިނދު، އެތަކެތި އެއްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
Surah 42 · سورة الشّوریٰ
Juz 1
وَمَآ أَصَـٰبَڪُم مِّن مُّصِيبَةٍ۬ فَبِمَا كَسَبَتۡ أَيۡدِيكُمۡ وَيَعۡفُواْ عَن كَثِيرٍ۬ 30
ތިޔަބައިމީހުންނަށް ޖެހޭހާ مصيبةއެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفوކުރައްވަތެވެ.
Surah 42 · سورة الشّوریٰ
Juz 1
وَمَآ أَنتُم بِمُعۡجِزِينَ فِى ٱلۡأَرۡضِ‌ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ۬ وَلَا نَصِيرٍ۬ 31
އަދި ތިޔަބައިމީހުންނީ، ބިމުގައި (اللَّه) ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކުކަމުގައި ނުވެއެވެ. އަދި ތިޔަބައިމީހުންނަކަށް اللَّهފިޔަވައި އެއްވެސް އެހީތެރިޔަކު، އަދި نصرދޭނޭމީހަކުވެސް ނުވެއެވެ.
Surah 42 · سورة الشّوریٰ
Juz 1
وَمِنۡ ءَايَـٰتِهِ ٱلۡجَوَارِ فِى ٱلۡبَحۡرِ كَٱلۡأَعۡلَـٰمِ 32
އަދި ކަނޑުގައިދުވާ ފަރުބަދަތައްފަދަ އުޅަނދުތަކަކީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ތަކެއްޗެވެ.
Surah 42 · سورة الشّوریٰ
Juz 1
إِن يَشَأۡ يُسۡكِنِ ٱلرِّيحَ فَيَظۡلَلۡنَ رَوَاكِدَ عَلَىٰ ظَهۡرِهِۦۤ‌ۚ إِنَّ فِى ذَٲلِكَ لَأَيَـٰتٍ۬ لِّكُلِّ صَبَّارٍ۬ شَكُورٍ 33
އެކަލާނގެ އިރާދަކުރައްވާނަމަ، ވައިމަޑުކުރައްވައިފީހެވެ. ފަހެ، އޭރުން އެއުޅަނދުތައް ފެންމަތީގައި ހުއްޓިހުރެދާނެތެވެ. ހަމަކަށަވަރުން، ކެތްތެރިކަންބޮޑު، شكرވެރިވުންގިނަ ކޮންމެ މީހަކަށް އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
Surah 42 · سورة الشّوریٰ
Juz 1
أَوۡ يُوبِقۡهُنَّ بِمَا كَسَبُواْ وَيَعۡفُ عَن كَثِيرٍ۬ 34
ނުވަތަ އެއުރެން ހޯދި ނުބައިކަންތަކުގެ ސަބަބުން އެ އުޅަނދުތައް ހަލާކުކުރައްވައިފީހެވެ. އަދި (އެކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ) ގިނަ ފާފަ عفوކުރައްވައިފީހެވެ.
Surah 42 · سورة الشّوریٰ
Juz 1
وَيَعۡلَمَ ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِنَا مَا لَهُم مِّن مَّحِيصٍ۬ 35
އަދި ތިމަންރަސްކަލާނގެ آيةތަކާމެދުގައި ޖަދަލުކުރާ މީހުންނަށް (ތިމަންރަސްކަލާނގެ عذابން) ފިލަންދާނޭ ތަނެއްނެތްކަން އެނގުމަށްޓަކައެވެ.
Surah 42 · سورة الشّوریٰ
Juz 1
فَمَآ أُوتِيتُم مِّن شَىۡءٍ۬ فَمَتَـٰعُ ٱلۡحَيَوٰةِ ٱلدُّنۡيَا‌ۖ وَمَا عِندَ ٱللَّهِ خَيۡرٌ۬ وَأَبۡقَىٰ لِلَّذِينَ ءَامَنُواْ وَعَلَىٰ رَبِّہِمۡ يَتَوَكَّلُونَ 36
ފަހެ، ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި إيمانވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް وكيلކުރާމީހުންނަށް، اللَّهގެ حضرةގައިވާ ثواب ހެޔޮކަންބޮޑެވެ. އަދި ދެމިހުރުން ބޮޑުމެއެވެ.
Surah 42 · سورة الشّوریٰ
Juz 1
وَٱلَّذِينَ يَجۡتَنِبُونَ كَبَـٰٓٮِٕرَ ٱلۡإِثۡمِ وَٱلۡفَوَٲحِشَ وَإِذَا مَا غَضِبُواْ هُمۡ يَغۡفِرُونَ 37
އަދި އެއުރެންނީ ބޮޑެތިފާފަތަކާއި، فاحشކަންތައްތަކުން ދުރުހެލިވެ ތިބޭމީހުންނެވެ. އަދި އެއުރެންނީ ރުޅިއަތުވެއްޖެހިނދެއްގައި މާފުކުރާ ބަޔެކެވެ.
Surah 42 · سورة الشّوریٰ
Juz 1
وَٱلَّذِينَ ٱسۡتَجَابُواْ لِرَبِّہِمۡ وَأَقَامُواْ ٱلصَّلَوٰةَ وَأَمۡرُهُمۡ شُورَىٰ بَيۡنَہُمۡ وَمِمَّا رَزَقۡنَـٰهُمۡ يُنفِقُونَ 38
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު قائمކުރިމީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ مشورةގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވިތަކެތިން، އެއުރެން ހޭދަކުރެތެވެ.
Surah 42 · سورة الشّوریٰ
Juz 1
وَٱلَّذِينَ إِذَآ أَصَابَہُمُ ٱلۡبَغۡىُ هُمۡ يَنتَصِرُونَ 39
އަދި އެއުރެންނީ، އެއުރެންނަށް އަނިޔާވެރިވުމެއް އަންނަހިނދު، نصرލިބިގަންނަ މީހުންނެވެ.
Surah 42 · سورة الشّوریٰ
Juz 1
وَجَزَٲٓؤُاْ سَيِّئَةٍ۬ سَيِّئَةٌ۬ مِّثۡلُهَا‌ۖ فَمَنۡ عَفَا وَأَصۡلَحَ فَأَجۡرُهُ ۥ عَلَى ٱللَّهِ‌ۚ إِنَّهُ ۥ لَا يُحِبُّ ٱلظَّـٰلِمِينَ 40
ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) عفوކޮށް، صلحވެރިވެގަތްމީހާގެ ثوابވަނީ، اللَّهގެ حضرةގައެވެ. ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ.
Surah 42 · سورة الشّوریٰ
Juz 1
وَلَمَنِ ٱنتَصَرَ بَعۡدَ ظُلۡمِهِۦ فَأُوْلَـٰٓٮِٕكَ مَا عَلَيۡہِم مِّن سَبِيلٍ 41
އަނިޔާލިބުމަށްފަހު، نصرލިބިގެންފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް ކުށްވެރިކުރުމުގެ އެއްވެސް މަގެއްނެތެވެ.
Surah 42 · سورة الشّوریٰ
Juz 1
إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظۡلِمُونَ ٱلنَّاسَ وَيَبۡغُونَ فِى ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ‌ۚ أُوْلَـٰٓٮِٕكَ لَهُمۡ عَذَابٌ أَلِيمٌ۬ 42
އެކަމަކު، ކުށްވެރިކުރުމުގެ މަގެއް އޮތްކަން ކަށަވަރީ، މީސްތަކުންނަށް އަނިޔާވެރިވެ، އަދި ބިމުގައި حقއަކާނުލައި بغاوةތެރިވެ، ފަސާދަކުރާ މީހުންގެ މައްޗަށެވެ. އެއުރެންނަށް ވޭންދެވިނި عذابހުށްޓެވެ.
Surah 42 · سورة الشّوریٰ
Juz 1
وَلَمَن صَبَرَ وَغَفَرَ إِنَّ ذَٲلِكَ لَمِنۡ عَزۡمِ ٱلۡأُمُورِ 43
އަދި ހަމަކަށަވަރުން، ކެތްތެރިވެ، عفوކުރިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަންކަންވަނީ، عزمކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންކަން ކަށަވަރެވެ.
Surah 42 · سورة الشّوریٰ
Juz 1
وَمَن يُضۡلِلِ ٱللَّهُ فَمَا لَهُ ۥ مِن وَلِىٍّ۬ مِّنۢ بَعۡدِهِۦ‌ۗ وَتَرَى ٱلظَّـٰلِمِينَ لَمَّا رَأَوُاْ ٱلۡعَذَابَ يَقُولُونَ هَلۡ إِلَىٰ مَرَدٍّ۬ مِّن سَبِيلٍ۬ 44
اللَّه، އެމީހަކު މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެކަލާނގެ ފިޔަވައި އޭނާޔަށް އެއްވެސް އެހީތެރިޔަކު ނުވާނެއެވެ. އަދި އަނިޔާވެރިންނަށް عذابފެންނަހިނދު، އެއުރެން ބުނާތީ ތިބާ ދެކޭނޫއެވެ. ދުނިޔެއަށް އަލުން އެނބުރި ދިޔުމަށް، އެއްވެސް މަގެއްވޭހެއްޔެވެ؟
Surah 42 · سورة الشّوریٰ
Juz 1
وَتَرَٮٰهُمۡ يُعۡرَضُونَ عَلَيۡهَا خَـٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرۡفٍ خَفِىٍّ۬‌ۗ وَقَالَ ٱلَّذِينَ ءَامَنُوٓاْ إِنَّ ٱلۡخَـٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَہُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَـٰمَةِ‌ۗ أَلَآ إِنَّ ٱلظَّـٰلِمِينَ فِى عَذَابٍ۬ مُّقِيمٍ۬ 45
އަދި ނިކަމެތިވެ، ބިރުގެން، ވައްކަޅިން ބަލާ حال، އެއުރެން ނަރަކަޔަށް ހުށަހަޅުއްވާތީ ތިބާދެކޭނޫއެވެ. އަދި إيمانވިމީހުން ބުނާނެތެވެ. ހަމަކަށަވަރުން، ގެއްލުންވިމީހުންނީ، قيامةދުވަހުގައި، އެއުރެންގެ އަމިއްލަ نفسތަކާއި، أهلވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ހަމަކަށަވަރުން، އަނިޔާވެރިންވަނީ، ދެމިހުންނަނިވި عذابއެއްގައެވެ.
Surah 42 · سورة الشّوریٰ
Juz 1
وَمَا كَانَ لَهُم مِّنۡ أَوۡلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِ‌ۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُ ۥ مِن سَبِيلٍ 46
އަދި اللَّه ފިޔަވައި، އެއުރެންނަށް نصرދޭނޭ އެއްވެސް އެހީތެރިޔަކު، އެއުރެންނަކަށް ނުވާހުށްޓެވެ. އަދި اللَّه މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް (ސަލާމަތްވާނޭ) އެއްވެސްމަގެއް ނުވެއެވެ.
Surah 42 · سورة الشّوریٰ
Juz 1
ٱسۡتَجِيبُواْ لِرَبِّكُم مِّن قَبۡلِ أَن يَأۡتِىَ يَوۡمٌ۬ لَّا مَرَدَّ لَهُ ۥ مِنَ ٱللَّهِ‌ۚ مَا لَكُم مِّن مَّلۡجَإٍ۬ يَوۡمَٮِٕذٍ۬ وَمَا لَكُم مِّن نَّڪِيرٍ۬ 47
اللَّهގެ حضرةން ރައްދުނުކުރެވޭނެ ދުވަހެއް (އެބަހީ: قيامةދުވަސް) އައުމުގެކުރިން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އިޖާބަދޭށެވެ! އެދުވަހުން ތިޔަބައިމީހުން ސަލާމަތްވާންދާނެ އެއްވެސްތަނެއް، ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި (ތިޔަބައިމީހުންގެ عذابއަށް) إنكارކުރާނޭ މީހަކުވެސް ތިޔަބައިމީހުންނަކަށް ނުވެއެވެ.
Surah 42 · سورة الشّوریٰ
Juz 1
فَإِنۡ أَعۡرَضُواْ فَمَآ أَرۡسَلۡنَـٰكَ عَلَيۡہِمۡ حَفِيظًا‌ۖ إِنۡ عَلَيۡكَ إِلَّا ٱلۡبَلَـٰغُ‌ۗ وَإِنَّآ إِذَآ أَذَقۡنَا ٱلۡإِنسَـٰنَ مِنَّا رَحۡمَةً۬ فَرِحَ بِہَا‌ۖ وَإِن تُصِبۡہُمۡ سَيِّئَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَإِنَّ ٱلۡإِنسَـٰنَ كَفُورٌ۬ 48
ފަހެ، އެއުރެން ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަށް ބެލެހެއްޓުންތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. އިއްވެވުންމެނުވީ ކަލޭގެފާނުގެ މައްޗަކަށް ނުވެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رحمةއެއްގެ ރަހަ ތިމަންރަސްކަލާނގެ އިންސާނާއަށް ދައްކަވައިފިނަމަ، އެކަމަށް އޭނާ އުފާކުރެއެވެ. އަދި އެއުރެންގެ އަތްތަކުން އިސްކުރި ފާފަތަކުގެ ސަބަބުން އެއުރެންނަށް ނުބައިކަމެއް ޖެހިއްޖެނަމަ ފަހެ، ހަމަކަށަވަރުން، އިންސާނާއީ (نعمةތަކަށް) ދެކޮޅުހަދާ، كافرވާމީހެކެވެ.
Surah 42 · سورة الشّوریٰ
Juz 1
لِّلَّهِ مُلۡكُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ‌ۚ يَخۡلُقُ مَا يَشَآءُ‌ۚ يَہَبُ لِمَن يَشَآءُ إِنَـٰثً۬ا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ 49
އުޑުތަކާއި، ބިމުގެ ވެރިކަންވަނީ اللَّهއަށެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަތެވެ.
Surah 42 · سورة الشّوریٰ
Juz 1
أَوۡ يُزَوِّجُهُمۡ ذُكۡرَانً۬ا وَإِنَـٰثً۬ا‌ۖ وَيَجۡعَلُ مَن يَشَآءُ عَقِيمًا‌ۚ إِنَّهُ ۥ عَلِيمٌ۬ قَدِير۬۬ 50
ނުވަތަ އެއުރެންނަށް ފިރިހެންދަރިންނާއި، އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާމީހަކު، ދަރިމައިނުވާމީހަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
Surah 42 · سورة الشّوریٰ
Juz 1
۞ وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحۡيًا أَوۡ مِن وَرَآىِٕ حِجَابٍ أَوۡ يُرۡسِلَ رَسُولاً۬ فَيُوحِىَ بِإِذۡنِهِۦ مَا يَشَآءُ‌ۚ إِنَّهُ ۥ عَلِىٌّ حَڪِيمٌ۬ 51
وحىއަކުން (އެބަހީ: إلهامއަކުން، ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން، ނުވަތަ ملائكةއަކު ފޮނުއްވައި، އެކަލާނގެ إذنފުޅާއެކު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް وحىކުރެއްވުމުންމެނުވީ، އެއްވެސް آدمގެދަރިޔަކަށް
اللَّه ބަސް وحى ކުރެއްވުމެއް ނުވެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މަތިވެރިވަންތަ، حكيمވަންތަ ރަސްކަލާނގެއެވެ.
Surah 42 · سورة الشّوریٰ
Juz 1
وَكَذَٲلِكَ أَوۡحَيۡنَآ إِلَيۡكَ رُوحً۬ا مِّنۡ أَمۡرِنَا‌ۚ مَا كُنتَ تَدۡرِى مَا ٱلۡكِتَـٰبُ وَلَا ٱلۡإِيمَـٰنُ وَلَـٰكِن جَعَلۡنَـٰهُ نُورً۬ا نَّہۡدِى بِهِۦ مَن نَّشَآءُ مِنۡ عِبَادِنَا‌ۚ وَإِنَّكَ لَتَہۡدِىٓ إِلَىٰ صِرَٲطٍ۬ مُّسۡتَقِيمٍ۬ 52
އަދި ހަމައެފަދައިން ތިމަންރަސްކަލާނގެ أمرފުޅުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ قرآن وحىކުރެއްވީމެވެ. ފޮތަކީ ކޮންއެއްޗެއްކަން، އަދި إيمانއަކީ ކޮންއެއްޗެއްކަން ކަލޭގެފާނު (ކުރިން) ދެނެވަޑައިގަންނަވާ ކަމުގައި ނުވަމުއެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ތިމަންރަސްކަލާނގެ، އެއިން ތެދުމަގު ދައްކަވާ نورއެއްކަމުގައި އެ قرآنލެއްވީމެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނު މަގުދައްކަވަނީ، ސީދާވެގެންވާ ތެދުމަގަށްކަން ކަށަވަރެވެ.
Surah 42 · سورة الشّوریٰ
Juz 1
صِرَٲطِ ٱللَّهِ ٱلَّذِى لَهُ ۥ مَا فِى ٱلسَّمَـٰوَٲتِ وَمَا فِى ٱلۡأَرۡضِ‌ۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلۡأُمُورُ 53
(އެއީ) اللَّهގެ މަގެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވާ ރަސްކަލާނގެއެވެ. ދަންނާށެވެ! ކަންތައްތައް رجوعވާހުށީ اللَّهގެ حضرةއަށެވެ.