Surah 3 · سورة آل عِمرَان
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 3 · سورة آل عِمرَان
Juz 1
الٓمٓ 1
ا ل م (މި އަކުރުތަކާއި ބައެއް سورة ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު، علمވެރިންގެ މެދުގައި خلافހުށްޓެވެ. ބައެއް علمވެރިން ވިދާޅުވަނީ، ކީރިތި قرآن އެކުލެވިގެންވަނީ، عربىންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް، އެ އަކުރުތަކަކީ، قرآنގެ އެންމެ ސޫރަތަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ، އެންމެ آيةއަކާ އެއްފަދަ އެއްޗެއްވެސް، އެއުރެންނަށް ގެނެސްނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ.)
Surah 3 · سورة آل عِمرَان
Juz 1
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلۡحَىُّ ٱلۡقَيُّومُ 2
اللَّهއީ، އެކަލާނގެ މެނުވީ إلهއަކު ނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائمއަށް قائمވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
نَزَّلَ عَلَيۡكَ ٱلۡكِتَـٰبَ بِٱلۡحَقِّ مُصَدِّقً۬ا لِّمَا بَيۡنَ يَدَيۡهِ وَأَنزَلَ ٱلتَّوۡرَٮٰةَ وَٱلۡإِنجِيلَ 3
ކުރީގެ ފޮތްތައް ތެދުކުރާ حالގައި، حقގޮތުގައި ކަލޭގެފާނަށް އެކަލާނގެ ފޮތް (އެބަހީ: ކީރިތި قرآن) ބާވައިލެއްވިއެވެ. އަދި توراةއާއި إنجيلވެސް ބާވައިލެއްވިއެވެ.
Surah 3 · سورة آل عِمرَان
Juz 1
مِن قَبۡلُ هُدً۬ى لِّلنَّاسِ وَأَنزَلَ ٱلۡفُرۡقَانَۗ إِنَّ ٱلَّذِينَ كَفَرُواْ بِـَٔايَـٰتِ ٱللَّهِ لَهُمۡ عَذَابٌ۬ شَدِيدٌ۬ۗ وَٱللَّهُ عَزِيزٌ۬ ذُو ٱنتِقَامٍ 4
(އެއީ) قرآنގެ ކުރިންނެވެ. (އެއީ) މީސްތަކުންނަށްހުރި هدايةއެކެވެ. އަދި، އެކަލާނގެ، حقއާއި باطل ވަކިކުރަނިވި ފޮތް (އެބަހީ: قرآن) ބާވައިލެއްވިއެވެ. ހަމަކަށަވަރުން، اللَّهގެ آيةތަކަށް كافرވި މީހުންނަށް ގަދަވެގެންވާ عذاب ހުށްޓެވެ. اللَّهއީ، ބަދަލު ހިއްޕެވުމުގެ ވެރި،عزيزވަންތަ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ ٱللَّهَ لَا يَخۡفَىٰ عَلَيۡهِ شَىۡءٌ۬ فِى ٱلۡأَرۡضِ وَلَا فِى ٱلسَّمَآءِ 5
ހަމަކަށަވަރުން، اللَّهއީ، ބިމާއި އުޑުގައިވާ އެއްވެސް އެއްޗެއް އެކަލާނގެއަށް ވަންހަނާވެގެންނުވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
هُوَ ٱلَّذِى يُصَوِّرُڪُمۡ فِى ٱلۡأَرۡحَامِ كَيۡفَ يَشَآءُۚ لَآ إِلَـٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَكِيمُ 6
އެކަލާނގެ އިރާދަކުރައްވާފަދަޔަކުން رحِمތަކުގައި ތިޔަބައިމީހުން صورةކުރައްވަނީ އެކަލާނގެއެވެ. އެކަލާނގެ މެނުވީ، إلهއަކު ނުވެތެވެ. (އެކަލާނގެއީ) عزيز ވަންތަ حكيمވަންތަ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
هُوَ ٱلَّذِىٓ أَنزَلَ عَلَيۡكَ ٱلۡكِتَـٰبَ مِنۡهُ ءَايَـٰتٌ۬ مُّحۡكَمَـٰتٌ هُنَّ أُمُّ ٱلۡكِتَـٰبِ وَأُخَرُ مُتَشَـٰبِهَـٰتٌ۬ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمۡ زَيۡغٌ۬ فَيَتَّبِعُونَ مَا تَشَـٰبَهَ مِنۡهُ ٱبۡتِغَآءَ ٱلۡفِتۡنَةِ وَٱبۡتِغَآءَ تَأۡوِيلِهِۦۗ وَمَا يَعۡلَمُ تَأۡوِيلَهُ ۥۤ إِلَّا ٱللَّهُۗ وَٱلرَّٲسِخُونَ فِى ٱلۡعِلۡمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّ۬ مِّنۡ عِندِ رَبِّنَاۗ وَمَا يَذَّكَّرُ إِلَّآ أُوْلُواْ ٱلۡأَلۡبَـٰبِ 7
އެކަލާނގެއީ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އޮޅުމެއްނެތި، މާނަ ސާފުކޮށް އެނގޭ آيةތަކެއް އޭގެތެރޭގައިވެއެވެ. އެ آيةތަކަކީ، އެ ފޮތުގެ މައިގަނޑު ބަޔެވެ. އަދި متشابه آيةތަކެއްވެސްވެއެވެ. (އެބަހީ: اللَّهއަށް މެނުވީ އޭގެ މާނަ އެނގިވޮޑިގެންނުވާ، ނުވަތަ علمى نظرއަކުން ބަލައިގެންމެނުވީ އޭގެ މާނަ ދޭހަނުވާ آيةތަކެއްވެސް އޭގެތެރޭގައި ވެއެވެ.) ފަހެ، حق މަގުން އެއްކިބާވުމުގެގޮތް، އެއުރެންގެ ހިތްތަކުގައިވާ މީހުން ދަންނާށެވެ! ފަހެ، އެއުރެން فتنة އުފެއްދުމުގެ ބޭނުމުގައްޔާއި، އެ آيةތައް އެކިގޮތްގޮތަށް މާނަކުރުމުގެ ބޭނުމުގައި، އެ ފޮތުގެ ތެރޭގައިވާ متشابه آيةތައް ނަގައި، އޭގައި ހިފަހައްޓައެވެ. އެ آيةތަކުގެ حقيقى މާނަ، اللَّه ފިޔަވައި އެހެން އެއްވެސް ފަރާތަކަށްނޭނގެއެވެ. علمގައި ހަރުދަނާކަމާއި ثابتކަން ލިބިފައިވާ މީހުން ބުނާހުށީ، ތިމަންމެން މިތިބީ އެ آيةތަކަށް إيمانވެގެންނެވެ. ހުރިހާ آيةތަކެއްވެސްވަނީ، ތިމަންމެންގެ ވެރިރަސްކަލާނގެ حضرة ންނެވެ. ބުއްދީގެ أهلވެރިން މެނުވީ ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ.
Surah 3 · سورة آل عِمرَان
Juz 1
رَبَّنَا لَا تُزِغۡ قُلُوبَنَا بَعۡدَ إِذۡ هَدَيۡتَنَا وَهَبۡ لَنَا مِن لَّدُنكَ رَحۡمَةًۚ إِنَّكَ أَنتَ ٱلۡوَهَّابُ 8
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حقން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ حضرة ން رحمةއެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمةތައް ދެއްވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
رَبَّنَآ إِنَّكَ جَامِعُ ٱلنَّاسِ لِيَوۡمٍ۬ لَّا رَيۡبَ فِيهِۚ إِنَّ ٱللَّهَ لَا يُخۡلِفُ ٱلۡمِيعَادَ 9
އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، އެދުވަހަކާމެދު شكއެއްނެތް ދުވަހުގައި (حسابބެއްލެވުމަށް) މީސްތަކުން އެއްކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه، وعدއާ خلافވެ ވޮޑިއެއް ނުގަންނަވަތެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ ٱلَّذِينَ كَفَرُواْ لَن تُغۡنِىَ عَنۡهُمۡ أَمۡوَٲلُهُمۡ وَلَآ أَوۡلَـٰدُهُم مِّنَ ٱللَّهِ شَيۡـًٔ۬اۖ وَأُوْلَـٰٓٮِٕكَ هُمۡ وَقُودُ ٱلنَّارِ 10
ހަމަކަށަވަރުން، كافرވި މީހުންނަކީ އެއުރެންގެ މުދާތަކަކަށް އަދި އެއުރެންގެ ދަރިންނަކަށްވެސް، اللَّهގެ حضرةން އެއުރެންނަށް އެއްވެސްކަމެއް ފުއްދައި ނުދެވޭނޭ ބަޔެކެވެ. އަދި، އެއުރެންނީ ހަމަ، ނަރަކައިގެ ދަރެވެ.
Surah 3 · سورة آل عِمرَان
Juz 1
ڪَدَأۡبِ ءَالِ فِرۡعَوۡنَ وَٱلَّذِينَ مِن قَبۡلِهِمۡۚ كَذَّبُواْ بِـَٔايَـٰتِنَا فَأَخَذَهُمُ ٱللَّهُ بِذُنُوبِہِمۡۗ وَٱللَّهُ شَدِيدُ ٱلۡعِقَابِ 11
(އެއުރެންގެ އާދަ ތައް) فرعونގެ އަހުލުވެރިންނާ، އަދި، އެއުރެންގެ ކުރިން އުޅުނު (ނުބައި) މީހުންގެ އާދަ ތަކާއެއްފަދައެވެ. އެ އެންމެންވެސް ތިމަންރަސްކަލާނގެ آيةތައް ދޮގުކުޅައޫއެވެ. ދެން، އެއުރެންގެ ފާފަތަކުގެ ސަބަބުން، اللَّه، އެއުރެން ހަލާކު ކުރެއްވިއެވެ. اللَّهއީ، عقوبات ދެއްވުމުގައި ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
قُل لِّلَّذِينَ كَفَرُواْ سَتُغۡلَبُونَ وَتُحۡشَرُونَ إِلَىٰ جَهَنَّمَۚ وَبِئۡسَ ٱلۡمِهَادُ 12
كافرވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ދުނިޔޭގައި) ދެރަކޮށް، ބަލިކޮށްލައްވާހުށްޓެވެ. އަދި (آخرةގައި) ތިޔަބައިމީހުން ނަރަކަޔަށް އެއްކުރައްވާހުށްޓެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ!
Surah 3 · سورة آل عِمرَان
Juz 1
قَدۡ ڪَانَ لَكُمۡ ءَايَةٌ۬ فِى فِئَتَيۡنِ ٱلۡتَقَتَاۖ فِئَةٌ۬ تُقَـٰتِلُ فِى سَبِيلِ ٱللَّهِ وَأُخۡرَىٰ ڪَافِرَةٌ۬ يَرَوۡنَهُم مِّثۡلَيۡهِمۡ رَأۡىَ ٱلۡعَيۡنِۚ وَٱللَّهُ يُؤَيِّدُ بِنَصۡرِهِۦ مَن يَشَآءُۗ إِنَّ فِى ذَٲلِكَ لَعِبۡرَةً۬ لِّأُوْلِى ٱلۡأَبۡصَـٰرِ 13
(بدرހަނގުރާމައިގެ ދުވަހުގައި) ބައްދަލުވި ދެބައިމީހުން (ގެ ކަންތަކު) ގައި، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް عبرةއެއްވެއެވެ. އެއްބަޔަކީ اللَّهގެ މަގުގައި ހަނގުރާމަކުރާ ބަޔެކެވެ. އަނެއްބަޔަކީ كافرބަޔެކެވެ. އެއުރެންނަށް ލޮލަށް ސާފުކޮށް ފެންނަގޮތުގައި، مسلمން ފެންނަނީ، އެއުރެންގެ ދެގުނަޔަށެވެ. اللَّه، އެކަލާނގެ نصرން ވާގިދެއްވަނީ، އެކަލާނގެ އިރާދަކުރައްވާ ބަޔަކަށެވެ. ހަމަކަށަވަރުން، އެކަމުގައި، ބުއްދީގެ أهلވެރިންނަށް عبرةއެއްވާކަން يقينއެވެ.
Surah 3 · سورة آل عِمرَان
Juz 1
زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٲتِ مِنَ ٱلنِّسَآءِ وَٱلۡبَنِينَ وَٱلۡقَنَـٰطِيرِ ٱلۡمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلۡفِضَّةِ وَٱلۡخَيۡلِ ٱلۡمُسَوَّمَةِ وَٱلۡأَنۡعَـٰمِ وَٱلۡحَرۡثِۗ ذَٲلِكَ مَتَـٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَٱللَّهُ عِندَهُ ۥ حُسۡنُ ٱلۡمَـَٔابِ 14
އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި جملއާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށްޓަކައި زينةތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. ނަމަވެސް އެނބުރިދާން އެންމެ ރިވެތިވެގެންވާތަން ވަނީ اللَّهގެ حضرةގައެވެ.
Surah 3 · سورة آل عِمرَان
Juz 1
۞ قُلۡ أَؤُنَبِّئُكُم بِخَيۡرٍ۬ مِّن ذَٲلِڪُمۡۚ لِلَّذِينَ ٱتَّقَوۡاْ عِندَ رَبِّهِمۡ جَنَّـٰتٌ۬ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَـٰرُ خَـٰلِدِينَ فِيهَا وَأَزۡوَٲجٌ۬ مُّطَهَّرَةٌ۬ وَرِضۡوَٲنٌ۬ مِّنَ ٱللَّهِۗ وَٱللَّهُ بَصِيرُۢ بِٱلۡعِبَادِ 15
ކަލޭގެފާނު ވިދާޅުވާށެވެ! އެހުރިހައިތަކެއްޗަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެއްގެ، ވާހަކަ ތިޔަބައިމީހުންގެ ގާތުގައި ތިމަންކަލޭގެފާނު ވިދާޅުވަންހެއްޔެވެ؟ (އެއީ) تقوىވެރިވި މީހުންނަށް އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި، ސުވަރުގެތަކެއް ވެއެވެ. އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގައިހުރެތެވެ. އެ ސުވަރުގެތަކުގައި، އެމީހުން އަބަދަށް ދެމިތިބޭ حالގައެވެ. އަދި، طاهرވެގެންވާ އަނބިންތަކެއްވެސް (އެއުރެންނަށް) ވެއެވެ. އަދި، اللَّهގެ حضرةން ރުއްސެވުން (އެއުރެންނަށް) ވެއެވެ. اللَّهއީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغۡفِرۡ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ 16
އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން إيمانވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، ނަރަކައިގެ عذابން އަޅަމެން ދިންނަވާނދޭވެ!
Surah 3 · سورة آل عِمرَان
Juz 1
ٱلصَّـٰبِرِينَ وَٱلصَّـٰدِقِينَ وَٱلۡقَـٰنِتِينَ وَٱلۡمُنفِقِينَ وَٱلۡمُسۡتَغۡفِرِينَ بِٱلۡأَسۡحَارِ 17
(އެއުރެންނީ) ކެތްތެރިންނެވެ. އަދި، ތެދުވެރިންނެވެ. އަދި، اللَّهއަށް ކިޔަމަންތެރިވާ މީހުންނެވެ. އަދި، (ހެޔޮގޮތުގައި) ހޭދަކުރާ މީހުންނެވެ. އަދި، ހާރުދަމުގައި ފާފަފުއްސެވުންއެދި دعاءކުރާ މީހުންނެވެ.
Surah 3 · سورة آل عِمرَان
Juz 1
شَهِدَ ٱللَّهُ أَنَّهُ ۥ لَآ إِلَـٰهَ إِلَّا هُوَ وَٱلۡمَلَـٰٓٮِٕكَةُ وَأُوْلُواْ ٱلۡعِلۡمِ قَآٮِٕمَۢا بِٱلۡقِسۡطِۚ لَآ إِلَـٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَڪِيمُ 18
ހަމަކަށަވަރުން، اللَّه، އެކަލާނގެ މެނުވީ، إلهއަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، ملائكةންނާއި، علمގެ أهلވެރިންވެސް (އެކަމަށް) ހެކިވެ ވަޑައިގެންފިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި تدبيرކުރެއްވުމުގައި) عدلވެރި ކަމާއިގެން އެކަލާނގެ قائمވެ ވޮޑިގެންވެއެވެ. އެކަލާނގެ މެނުވީ إلهއަކު ނުވެއެވެ. (އެކަލާނގެއީ) عزيزވަންތަ، حكيمވަންތަ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلۡإِسۡلَـٰمُۗ وَمَا ٱخۡتَلَفَ ٱلَّذِينَ أُوتُواْ ٱلۡكِتَـٰبَ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۗ وَمَن يَكۡفُرۡ بِـَٔايَـٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ 19
ހަމަކަށަވަރުން، اللَّهގެ حضرةގައި، دينއަކީ، إسلام دينއެވެ. އަދި، ފޮތް ލިބުނުމީހުން އެއުރެންނަށް (حقގޮތް) އެނގުމަށްފަހުގައި މެނުވީ، އެއުރެން خلافވެއެއް ނުގަނެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ حسدވެރިކަމުގެ ގޮތުންނެވެ. اللَّهގެ آيةތަކަށް كافرވާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهއީ، حسابބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
فَإِنۡ حَآجُّوكَ فَقُلۡ أَسۡلَمۡتُ وَجۡهِىَ لِلَّهِ وَمَنِ ٱتَّبَعَنِۗ وَقُل لِّلَّذِينَ أُوتُواْ ٱلۡكِتَـٰبَ وَٱلۡأُمِّيِّـۧنَ ءَأَسۡلَمۡتُمۡۚ فَإِنۡ أَسۡلَمُواْ فَقَدِ ٱهۡتَدَواْۖ وَّإِن تَوَلَّوۡاْ فَإِنَّمَا عَلَيۡكَ ٱلۡبَلَـٰغُۗ وَٱللَّهُ بَصِيرُۢ بِٱلۡعِبَادِ 20
ފަހެ، އެއުރެން ކަލޭގެފާނާ ޖަދަލުކޮށްފިނަމަ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ މޫނުފުޅު (އެބަހީ: ފުރާނަޔާއި ހަށިކޮޅު) اللَّهއަށް خالصކުރައްވައި ކިޔަމަންކުރައްވައިފީމެވެ. އަދި، ތިމަންކަލޭގެފާނަށް تبعވި މީހުންވެސްމެއެވެ. ފޮތް ލިބުނު މީހުންނާއި، أمّىންނަށް (އެބަހީ: مشركންނަށް) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ކިޔަމަންވެއްޖައީމުހެއްޔެވެ؟ ފަހެ، އެއުރެން ކިޔަމަން ވެއްޖެނަމަ، އެއުރެން ތެދުމަގު ލިބިގެންފިކަން ކަށަވަރެވެ. އަދި، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ކަލޭގެފާނަށް އޮތްކަން ކަށަވަރީ، (ބާވައިލެއްވި ކަންތައް) އިއްވެވުމެވެ. اللَّهއީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ ٱلَّذِينَ يَكۡفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقۡتُلُونَ ٱلنَّبِيِّـۧنَ بِغَيۡرِ حَقٍّ۬ وَيَقۡتُلُونَ ٱلَّذِينَ يَأۡمُرُونَ بِٱلۡقِسۡطِ مِنَ ٱلنَّاسِ فَبَشِّرۡهُم بِعَذَابٍ أَلِيمٍ 21
ހަމަކަށަވަރުން، اللَّهގެ آيةތަކަށް كافرވެ، حقއަކާނުލައި، ނަބިއްޔުން قتلކޮށް، މީސްތަކުންގެ ތެރެއިން عدلއަށް أمرކުރާ މީހުން قتلކޮށް އުޅޭމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ވޭންދެނިވި عذابހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!
Surah 3 · سورة آل عِمرَان
Juz 1
أُوْلَـٰٓٮِٕكَ ٱلَّذِينَ حَبِطَتۡ أَعۡمَـٰلُهُمۡ فِى ٱلدُّنۡيَا وَٱلۡأَخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ 22
އެއުރެންނީ، ދުނިޔެއާއި، آخرةގައި، އެއުރެންގެ عملތައް باطلވެފައިވާ މީހުންނެވެ. އަދި، އެއުރެންނަށް نصرދޭނެ އެއްވެސްބަޔަކު ނުވެއެވެ.
Surah 3 · سورة آل عِمرَان
Juz 1
أَلَمۡ تَرَ إِلَى ٱلَّذِينَ أُوتُواْ نَصِيبً۬ا مِّنَ ٱلۡڪِتَـٰبِ يُدۡعَوۡنَ إِلَىٰ ڪِتَـٰبِ ٱللَّهِ لِيَحۡكُمَ بَيۡنَهُمۡ ثُمَّ يَتَوَلَّىٰ فَرِيقٌ۬ مِّنۡهُمۡ وَهُم مُّعۡرِضُونَ 23
ފޮތުގެ ތެރެއިން ބައެއް (އެއުރެންނަށް) ލިބުނު މީހުން އެއުރެންގެ މެދުގައި، اللَّهގެ ފޮތުގައިވާގޮތަށް، حكمކުރުމަށް ގޮވާލީމާ، ދެން އޭގެތެރެއިން ބަޔަކު، ދެކޮޅުވެރިވެ، ފުރަގަސްދީ ދާތަން، ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟
Surah 3 · سورة آل عِمرَان
Juz 1
ذَٲلِكَ بِأَنَّهُمۡ قَالُواْ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامً۬ا مَّعۡدُودَٲتٍ۬ۖ وَغَرَّهُمۡ فِى دِينِهِم مَّا ڪَانُواْ يَفۡتَرُونَ 24
އެއީ (އެކަންއެހެންއެވީ) ގުނާލެވިގެންވާ ކުޑަދުވަސްކޮޅަކު މެނުވީ، ތިމަންމެންގައި ނަރަކައިގެ އަލިފާން ނުބީހޭނެޔޭ އެއުރެން ބުނެ އުޅުނުކަމުގެ ސަބަބުންނެވެ. އަދި އެއުރެން ދޮގުން އުފައްދާފައިވާ ބަސްތައް އެއުރެންގެ دينއާ މެދުގައި އެއުރެން ހެއްލުންތެރި ކުޅައެވެ.
Surah 3 · سورة آل عِمرَان
Juz 1
فَكَيۡفَ إِذَا جَمَعۡنَـٰهُمۡ لِيَوۡمٍ۬ لَّا رَيۡبَ فِيهِ وَوُفِّيَتۡ ڪُلُّ نَفۡسٍ۬ مَّا ڪَسَبَتۡ وَهُمۡ لَا يُظۡلَمُونَ 25
ފަހެ، އެދުވަހާމެދު شكކަމެއްނެތް ދުވަހަކުން (އެބަހީ: قيامةދުވަހުން) ތިމަންރަސްކަލާނގެ އެއުރެން އެއްކުރައްވައި އެއުރެންނަށް ބޭއިންސާފު ނުކުރައްވާގޮތުގައި، ކޮންމެ نفسއަކަށްމެ އެ نفسއެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބޭހިނދު، އެއުރެން (ގެ حال) ވާނީ ކޮންފަދަޔަކުން ހެއްޔެވެ؟
Surah 3 · سورة آل عِمرَان
Juz 1
قُلِ ٱللَّهُمَّ مَـٰلِكَ ٱلۡمُلۡكِ تُؤۡتِى ٱلۡمُلۡكَ مَن تَشَآءُ وَتَنزِعُ ٱلۡمُلۡكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُۖ بِيَدِكَ ٱلۡخَيۡرُۖ إِنَّكَ عَلَىٰ كُلِّ شَىۡءٍ۬ قَدِيرٌ۬ 26
ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ يدقدرةފުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
تُولِجُ ٱلَّيۡلَ فِى ٱلنَّهَارِ وَتُولِجُ ٱلنَّهَارَ فِى ٱلَّيۡلِۖ وَتُخۡرِجُ ٱلۡحَىَّ مِنَ ٱلۡمَيِّتِ وَتُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَىِّۖ وَتَرۡزُقُ مَن تَشَآءُ بِغَيۡرِ حِسَابٍ۬ 27
އިބަރަސްކަލާނގެ، ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވަމުއެވެ. އަދި، ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވަމުއެވެ. އަދި، މަރުވެފައިވާ ތަކެތީން ދިރޭތަކެތި ނެރުއްވަމުއެވެ. އަދި، ދިރޭތަކެތީން މަރުވެފައިވާ ތަކެތި ނެރުއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވަކިމިންވަރެއްނެތި رزق ދެއްވަމުއެވެ.
Surah 3 · سورة آل عِمرَان
Juz 1
لَّا يَتَّخِذِ ٱلۡمُؤۡمِنُونَ ٱلۡكَـٰفِرِينَ أَوۡلِيَآءَ مِن دُونِ ٱلۡمُؤۡمِنِينَۖ وَمَن يَفۡعَلۡ ذَٲلِكَ فَلَيۡسَ مِنَ ٱللَّهِ فِى شَىۡءٍ إِلَّآ أَن تَتَّقُواْ مِنۡهُمۡ تُقَٮٰةً۬ۗ وَيُحَذِّرُڪُمُ ٱللَّهُ نَفۡسَهُ ۥۗ وَإِلَى ٱللَّهِ ٱلۡمَصِيرُ 28
مؤمنން، مؤمنން ފިޔަވައި كافرން އެއީ، އެހީތެރިންކަމުގައި ނުހަދާހުށިކަމެވެ! އެކަންތައް (އެގޮތަށް) ކުރާމީހާ (ދަންނާށެވެ!) ފަހެ، اللَّهގެ ވާގިވެރިކަމުގެ ތެރެއިން އެއްވެސްކަމެއްގައި އެމީހަކު ނުވެތެވެ. އެއުރެންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ސަލާމަތްވުން مجبورވެއްޖެ حالއެއްގައި މެނުވީއެވެ. އަދި،
اللَّه އެކަލާނގެ عقابއަށް ތިޔަބައިމީހުން ބިރުވެތި ކުރައްވަތެވެ. އެނބުރި ދިޔުންވަނީ اللَّهގެ حضرةއަށެވެ.
Surah 3 · سورة آل عِمرَان
Juz 1
قُلۡ إِن تُخۡفُواْ مَا فِى صُدُورِڪُمۡ أَوۡ تُبۡدُوهُ يَعۡلَمۡهُ ٱللَّهُۗ وَيَعۡلَمُ مَا فِى ٱلسَّمَـٰوَٲتِ وَمَا فِى ٱلۡأَرۡضِۗ وَٱللَّهُ عَلَىٰ ڪُلِّ شَىۡءٍ۬ قَدِيرٌ۬ 29
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގައިވާކަމެއް، ތިޔަބައިމީހުން ވަންހަނާކުޅަޔަސް، ނުވަތަ އެކަމެއް ތިޔަބައިމީހުން ފާޅުކުޅަޔަސް، اللَّه، އެކަމެއް ދެނެވޮޑިގެންވެތެވެ. އަދި، އުޑުތަކުގައި ވާހާ ކަމަކާއި، ބިމުގައި ވާހާ ކަމެއްވެސް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. اللَّهއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
يَوۡمَ تَجِدُ ڪُلُّ نَفۡسٍ۬ مَّا عَمِلَتۡ مِنۡ خَيۡرٍ۬ مُّحۡضَرً۬ا وَمَا عَمِلَتۡ مِن سُوٓءٍ۬ تَوَدُّ لَوۡ أَنَّ بَيۡنَهَا وَبَيۡنَهُ ۥۤ أَمَدَۢا بَعِيدً۬اۗ وَيُحَذِّرُڪُمُ ٱللَّهُ نَفۡسَهُ ۥۗ وَٱللَّهُ رَءُوفُۢ بِٱلۡعِبَادِ 30
ކޮންމެ نفسއެއްމެ، ހެޔޮކަމުގެ ތެރެއިން، އެ نفسއެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ نفسއެއް ކުޅަކަމެއް حاضر ކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ نفسއެއް ކުޅަ ނުބައިކަމަކާއި، އެ نفسއަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެތެވެ. اللَّه، އެކަލާނގެ عقابއަށް ތިޔަބައިމީހުން ބިރުވެރިތިކުރައްވަތެވެ. اللَّهއީ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحۡبِبۡكُمُ ٱللَّهُ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۗ وَٱللَّهُ غَفُورٌ۬ رَّحِيمٌ۬ 31
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّهއަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبعވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
قُلۡ أَطِيعُواْ ٱللَّهَ وَٱلرَّسُولَۖ فَإِن تَوَلَّوۡاْ فَإِنَّ ٱللَّهَ لَا يُحِبُّ ٱلۡكَـٰفِرِينَ 32
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّهއަށާއި، رسولއާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، كافرންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
Surah 3 · سورة آل عِمرَان
Juz 1
۞ إِنَّ ٱللَّهَ ٱصۡطَفَىٰٓ ءَادَمَ وَنُوحً۬ا وَءَالَ إِبۡرَٲهِيمَ وَءَالَ عِمۡرَٲنَ عَلَى ٱلۡعَـٰلَمِينَ 33
ހަމަކަށަވަރުން، اللَّه، آدمގެފާނާއި، نوحގެފާނާއި، إبراهيمގެފާނުގެ آلވެރިންނާއި، عمرانގެ آلވެރިން (އެދުވަސްވަރުގެ) عالمތަކުގެ މައްޗަށް
خيارކުރެއްވިއެވެ.
Surah 3 · سورة آل عِمرَان
Juz 1
ذُرِّيَّةَۢ بَعۡضُہَا مِنۢ بَعۡضٍ۬ۗ وَٱللَّهُ سَمِيعٌ عَلِيمٌ 34
އޭގެތެރެއިން އެއްބަޔަކީ، އަނެއްބަޔެއްގެ ކިބައިން އައިސްފައިވާ ދަރިފަސްކޮޅެކެވެ. اللَّهއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِذۡ قَالَتِ ٱمۡرَأَتُ عِمۡرَٲنَ رَبِّ إِنِّى نَذَرۡتُ لَكَ مَا فِى بَطۡنِى مُحَرَّرً۬ا فَتَقَبَّلۡ مِنِّىٓۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلۡعَلِيمُ 35
عمرانގެ އަނބިކަނބަލުން ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އަޅުގެ ބަނޑުގައި އޮތް ދަރި (بيت المقدسގެ خدمةއަށްޓަކައި، އެހެން ހުރިހާކަމަކުން) މިނިވަންކޮށް، އިބަރަސްކަލާނގެ حضرةއަށް خالصކުރުމަށް، ހަމަކަށަވަރުން، ނަދުރުގެންފީމެވެ. ފަހެ، އަޅުގެ ކިބައިން (އެކަން) قبول ކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
فَلَمَّا وَضَعَتۡہَا قَالَتۡ رَبِّ إِنِّى وَضَعۡتُہَآ أُنثَىٰ وَٱللَّهُ أَعۡلَمُ بِمَا وَضَعَتۡ وَلَيۡسَ ٱلذَّكَرُ كَٱلۡأُنثَىٰۖ وَإِنِّى سَمَّيۡتُہَا مَرۡيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيۡطَـٰنِ ٱلرَّجِيمِ 36
ދެން، އެކަމަނާ، އެ ދަރިކަނބަލުންނާއިގެން ރައްކާވިހިނދު، ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އަޅު ވިހޭ ދަރިޔަކީ، އަންހެން ކުއްޖެކެވެ. އެކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން اللَّه ދެނެވޮޑިގެންވެތެވެ. (އެކަމަނާ ދެންނެވިއެވެ.) ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއްނޫނެވެ. އަދި، ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް مريمއޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން، رحمةން ބޭރުކުރައްވާފައިވާ شيطانއާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرةއަށް ދަންނަވަމެވެ.
Surah 3 · سورة آل عِمرَان
Juz 1
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ۬ وَأَنۢبَتَهَا نَبَاتًا حَسَنً۬ا وَكَفَّلَهَا زَكَرِيَّاۖ كُلَّمَا دَخَلَ عَلَيۡهَا زَكَرِيَّا ٱلۡمِحۡرَابَ وَجَدَ عِندَهَا رِزۡقً۬اۖ قَالَ يَـٰمَرۡيَمُ أَنَّىٰ لَكِ هَـٰذَاۖ قَالَتۡ هُوَ مِنۡ عِندِ ٱللَّهِۖ إِنَّ ٱللَّهَ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٍ 37
ފަހެ، އެކަމަނާގެ ވެރިރަސްކަލާނގެ ރިވެތިވެގެންވާ قبولއަކުން އެކަމަނާ قبولކުރައްވައިފިއެވެ. އަދި، ރިވެތިވެގެންވާ ބޮޑުކުރެއްވުމަކުން އެކަމަނާ ބޮޑުކުރެއްވިއެވެ. އަދި، زكرياّގެފާނާ، އެކަމަނާ ބެލެހެއްޓެވުން حوالކުރެއްވިއެވެ. އެކަމަނާގެ އަރިހަށް محرابގެ ތެރެޔަށް زكريّاގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތިހުއްޓާ، އެކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވެތެވެ. އޭ مريمއެވެ! ކަމަނާއަށް މިތަކެތި ލިބިވަޑައިގަންނަވަނީ ކޮންތާކުންތޯއެވެ؟ އެކަމަނާ ވިދާޅުވެތެވެ. އެއީ، اللَّهގެ حضرة ންނެވެ. ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް ވަކިމިންވަރެއްނެތި رزق ދެއްވަތެވެ.
Surah 3 · سورة آل عِمرَان
Juz 1
هُنَالِكَ دَعَا زَڪَرِيَّا رَبَّهُ ۥۖ قَالَ رَبِّ هَبۡ لِى مِن لَّدُنكَ ذُرِّيَّةً۬ طَيِّبَةًۖ إِنَّكَ سَمِيعُ ٱلدُّعَآءِ 38
(އެހިނދު) އެތާނގައި، زكريّاގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށް
دعاءކުރައްވައި ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرةން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
فَنَادَتۡهُ ٱلۡمَلَـٰٓٮِٕكَةُ وَهُوَ قَآٮِٕمٌ۬ يُصَلِّى فِى ٱلۡمِحۡرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحۡيَىٰ مُصَدِّقَۢا بِكَلِمَةٍ۬ مِّنَ ٱللَّهِ وَسَيِّدً۬ا وَحَصُورً۬ا وَنَبِيًّ۬ا مِّنَ ٱلصَّـٰلِحِينَ 39
ދެންފަހެ، އެކަލޭގެފާނު محرابގައި ނަމާދު ކުރެއްވުމުގައި قائمވެވަޑައިގެން ހުންނަވަނިކޮށް، އެކަލޭގެފާނަށް، ملائكة ން ގޮވާލައްވައި ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه، ކަލޭގެފާނަށް يحيىގެފާނު ދެއްވާނެކަމުގެ އުފާވެރި خبرދެއްވަތެވެ. اللَّهގެ
حضرةންވާ كلمةފުޅެއް ތެދުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި، (އެކަލޭގެފާނު ވެވަޑައިގަންނަވާހުށީ) މާތް ސާހިބެއްކަމަށާއި، ހުތުރުކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވެވަޑައިގެންވާ ބޭކަލެއްކަމަށާއި، صالح މީހުންގެ ތެރެއިންވާ ނަބީބޭކަލެއްކަމަށެވެ.
Surah 3 · سورة آل عِمرَان
Juz 1
قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَـٰمٌ۬ وَقَدۡ بَلَغَنِىَ ٱلۡڪِبَرُ وَٱمۡرَأَتِى عَاقِرٌ۬ۖ قَالَ كَذَٲلِكَ ٱللَّهُ يَفۡعَلُ مَا يَشَآءُ 40
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާޔަށް ދަރިޔަކު ލިބޭހުށީ ކޮންފަދަޔަކުންތޯއެވެ؟ ހަމަކަށަވަރުން، މިއަޅާވަނީ عمرން ދުވަސްވެ މުސްކުޅިވެފައެވެ. އަދި، މިއަޅާގެ އަންހެނުންނަކީ، ދަރިޔަކު ލިބޭފަދަ މީހެއްނޫނެވެ. އެކަލާނގެ وحىކުރެއްވިއެވެ. (ކަންހުރީ) އެފަދައިންނެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ.
Surah 3 · سورة آل عِمرَان
Juz 1
قَالَ رَبِّ ٱجۡعَل لِّىٓ ءَايَةً۬ۖ قَالَ ءَايَتُكَ أَلَّا تُڪَلِّمَ ٱلنَّاسَ ثَلَـٰثَةَ أَيَّامٍ إِلَّا رَمۡزً۬اۗ وَٱذۡكُر رَّبَّكَ ڪَثِيرً۬ا وَسَبِّحۡ بِٱلۡعَشِىِّ وَٱلۡإِبۡڪَـٰرِ 41
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! (އެކަމަށް إشارةކުރާ) علامةއެއް މިއަޅާޔަށް ލައްވާނދޭވެ! އެކަލާނގެ وحىކުރެއްވިއެވެ. (އެކަމުގައި) ކަލޭގެފާނުގެ علامةއަކީ، ތިންދުވަސްވާންދެން، إشارةން މެނުވީ ކަލޭގެފާނު މީހުންނާ ވާހަކަ ނުދެއްކެވާ ހުންނެވުމެވެ. އަދި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަސްކަންފުޅު ގިނަގިނައިން ހަނދުމަކުރައްވާށެވެ! އަދި، ހަވީރާއި ހެނދުނު، ކަލޭގެފާނު تسبيح ވިދާޅުވާށެވެ!
Surah 3 · سورة آل عِمرَان
Juz 1
وَإِذۡ قَالَتِ ٱلۡمَلَـٰٓٮِٕڪَةُ يَـٰمَرۡيَمُ إِنَّ ٱللَّهَ ٱصۡطَفَٮٰكِ وَطَهَّرَكِ وَٱصۡطَفَٮٰكِ عَلَىٰ نِسَآءِ ٱلۡعَـٰلَمِينَ 42
ملائكةން ވިދާޅުވިހިނދު، ހަނދުމަކުރައްވާށެވެ! އޭ مريمގެފާނެވެ! ހަމަކަށަވަރުން، اللَّه ، ކަމަނާ خيارކުރައްވައި، طاهرކުރައްވައި، (ކަމަނާގެ ދުވަސްވަރުގެ) عالم ތަކުގެ އަންހެނުންގެ މައްޗަށް، މާތްކުރައްވައި މަތިވެރި ކުރައްވައިފިއެވެ.
Surah 3 · سورة آل عِمرَان
Juz 1
يَـٰمَرۡيَمُ ٱقۡنُتِى لِرَبِّكِ وَٱسۡجُدِى وَٱرۡكَعِى مَعَ ٱلرَّٲكِعِينَ 43
އޭ مريمގެފާނެވެ! ކަމަނާގެ ވެރިރަސްކަލާނގެ حضرةއަށް، އަޅުކަން خالصކުރައްވައި، ކިޔަމަންތެރިކަމުގައި ދެމިހުންނަވާށެވެ! އަދި، سجدة ކުރައްވައި، އަދި،
ركوع ކުރާ މީހުންނާ އެކުގައި، ركوع ކުރައްވާށެވެ!
Surah 3 · سورة آل عِمرَان
Juz 1
ذَٲلِكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهِ إِلَيۡكَۚ وَمَا كُنتَ لَدَيۡهِمۡ إِذۡ يُلۡقُونَ أَقۡلَـٰمَهُمۡ أَيُّهُمۡ يَكۡفُلُ مَرۡيَمَ وَمَا ڪُنتَ لَدَيۡهِمۡ إِذۡ يَخۡتَصِمُونَ 44
އެއީ، غيبގެ خبرތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحىކުރައްވާ خبرތަކެވެ. مريمގެފާނު ބެލުމާ حوالވާނީ، އެއުރެންގެ ތެރެއިން ކާކުތޯ ބެލުމަށްޓަކައި (قرعةލުމުގެ ގޮތުން) އެއުރެންގެ قلمތައް އުކި ހިނދު، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި، އެއުރެން (އެކަމުގައި) ދެބަސްވެ خلافވީ ހިނދުގައިވެސް، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِذۡ قَالَتِ ٱلۡمَلَـٰٓٮِٕكَةُ يَـٰمَرۡيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍ۬ مِّنۡهُ ٱسۡمُهُ ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ وَجِيهً۬ا فِى ٱلدُّنۡيَا وَٱلۡأَخِرَةِ وَمِنَ ٱلۡمُقَرَّبِينَ 45
ملائكةން ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ! އޭ مريمގެފާނެވެ! ހަމަކަށަވަރުން، اللَّه ، އެކަލާނގެ حضرةންވާ كلمةފުޅެއްގެ خبرން ކަމަނާޔަށް އުފާވެރި خبر ދެއްވަތެވެ. (އެބަހީ: عيسىގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ بشارة ދެއްވަތެވެ.) އެ ދަރިކަލުންގެ ނަންފުޅަކީ المسيح عيسى بن مريمއެވެ. (އެ ދަރިކަލުން ވެވަޑައިގަންނަވާހުށީ)
اللَّه، حضرةއަށް ކުއްތަންކުރައްވާފައިވާ ބޭކަލުންގެ ތެރެއިންނެވެ.
Surah 3 · سورة آل عِمرَان
Juz 1
وَيُڪَلِّمُ ٱلنَّاسَ فِى ٱلۡمَهۡدِ وَڪَهۡلاً۬ وَمِنَ ٱلصَّـٰلِحِينَ 46
އަދި، (އެކަލޭގެފާނު ވެވަޑައިގަންނަވާހުށީ) ޅަފަތުގެ ދާނުގައްޔާއި،ދެވަންފުރައިގާވެސް، މީސްތަކުންނާ ވާހަކަދައްކަވާ، އަދި، صالحމީހުންގެ ތެރެއިންވެވަޑައިގަންނަވާ ބޭކަލެއް ކަމުގައެވެ.
Surah 3 · سورة آل عِمرَان
Juz 1
قَالَتۡ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ۬ وَلَمۡ يَمۡسَسۡنِى بَشَرٌ۬ۖ قَالَ ڪَذَٲلِكِ ٱللَّهُ يَخۡلُقُ مَا يَشَآءُۚ إِذَا قَضَىٰٓ أَمۡرً۬ا فَإِنَّمَا يَقُولُ لَهُ ۥ كُن فَيَكُونُ 47
އެކަމަނާ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާޔަށް ދަރިޔަކު ލިބޭނީ ކޮންފަދަޔަކުންތޯއެވެ؟ އެއްވެސް އިންސާނަކު ތިމަންއަޅާގެ ގަޔަކު ނުބީހެއެވެ.
އެ ملائكةއާ ވިދާޅުވިއެވެ. (ކަންހުރީ) އެފަދައިންނެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ އެކަމަކަށް
وحىކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ! ދެން އެކަމެއް ވެދެއެވެ.
Surah 3 · سورة آل عِمرَان
Juz 1
وَيُعَلِّمُهُ ٱلۡكِتَـٰبَ وَٱلۡحِڪۡمَةَ وَٱلتَّوۡرَٮٰةَ وَٱلۡإِنجِيلَ 48
އަދި، ލިޔުމާއި، حكمةއާއި، توراةއާއި، إنجيل، އެކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވާނެތެވެ.
Surah 3 · سورة آل عِمرَان
Juz 1
وَرَسُولاً إِلَىٰ بَنِىٓ إِسۡرَٲٓءِيلَ أَنِّى قَدۡ جِئۡتُكُم بِـَٔايَةٍ۬ مِّن رَّبِّڪُمۡۖ أَنِّىٓ أَخۡلُقُ لَڪُم مِّنَ ٱلطِّينِ كَهَيۡـَٔةِ ٱلطَّيۡرِ فَأَنفُخُ فِيهِ فَيَكُونُ طَيۡرَۢا بِإِذۡنِ ٱللَّهِۖ وَأُبۡرِئُ ٱلۡأَڪۡمَهَ وَٱلۡأَبۡرَصَ وَأُحۡىِ ٱلۡمَوۡتَىٰ بِإِذۡنِ ٱللَّهِۖ وَأُنَبِّئُكُم بِمَا تَأۡكُلُونَ وَمَا تَدَّخِرُونَ فِى بُيُوتِڪُمۡۚ إِنَّ فِى ذَٲلِكَ لَأَيَةً۬ لَّكُمۡ إِن كُنتُم مُّؤۡمِنِينَ 49
އަދި، (އެކަލޭގެފާނު ވާހުށީ) إسـرآءيـلގެދަރިންގެ ގާތަށް ފޮނުއްވާ رسولއެއް ކަމުގައެވެ. (އެކަލޭގެފާނު އެމީހުންނަށް ވިދާޅުވާނެތެވެ.) ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން (ތިމަންކަލޭގެފާނީ رسولއަކު ކަމަށް ހެކިދޭ) ސާފު دليلއަކާއިގެންނެވެ. (ފަހެ) ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް، ދޫނީގެ ސިފައިގައި، މަށިން އެއްޗެއް ހައްދަވައި، އެޔަށް ފުމެލެއްވުމުން، اللَّهގެ إذنފުޅުން އެ އެތި، ދޫންޏަކަށް ވެގެންދާނެތެވެ. އަދި، ތިމަންކަލޭގެފާނު، اللَّهގެ إذنފުޅާއެކު، ލޯކަނު މީހުންނާއި، برصބަލިޖެހިފައިވާ މީހުން، ފަސޭހަކުރައްވައި، މަރުވެފައިވާ މީހުން ދިރުއްވާހުށީމެވެ. އަދި، ތިޔަބައިމީހުން ކައިއުޅޭ ތަކެއްޗާއި، ތިޔަބައިމީހުންގެ ގޭގޭގައި ފަހަށް ރައްކާކުރާ ތަކެތީގެ ވާހަކަ، ތިޔަބައިމީހުންނަށް، ތިމަންކަލޭގެފާނު ކިޔައިދެއްވާހުށީމެވެ. ތިޔަބައިމީހުންނީ، إيمانވާބަޔަކުކަމުގައި ވާނަމަ، (ތިމަންކަލޭގެފާނީ رسولއެއްކަމަށް ހެކިދޭ ) ސާފު دليلއެއް އެކަންތަކުގައި ތިޔަބައިމީހުންނަށް ވާކަން ކަށަވަރެވެ.
Surah 3 · سورة آل عِمرَان
Juz 1
وَمُصَدِّقً۬ا لِّمَا بَيۡنَ يَدَىَّ مِنَ ٱلتَّوۡرَٮٰةِ وَلِأُحِلَّ لَڪُم بَعۡضَ ٱلَّذِى حُرِّمَ عَلَيۡڪُمۡۚ وَجِئۡتُكُم بِـَٔايَةٍ۬ مِّن رَّبِّڪُمۡ فَٱتَّقُواْ ٱللَّهَ وَأَطِيعُونِ 50
އަދި، (ތިމަންކަލޭގެފާނު މިވަޑައިގަތީ) ތިމަންކަލޭގެފާނުގެ ކުރިން ބާވައިލެއްވި توراة ތެދުކުރާ ބޭކަލެއްގެ ގޮތުގައެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް (މީގެކުރިން) حرام ކުރައްވާފައިވާ ބައެއް ތަކެތި، ތިޔަބައިމީހުންނަށް حلال ކުރެއްވުމަށްޓަކައެވެ. އަދި، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މި ވަޑައިގަތީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةންވާ ސާފު دليلއަކާއިގެންނެވެ. ފަހެ، ތިޔަބައިމީހުން، اللَّهއަށް تقوىވެރިވާށެވެ! އަދި، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކިޔަމަންވާށެވެ!
Surah 3 · سورة آل عِمرَان
Juz 1
إِنَّ ٱللَّهَ رَبِّى وَرَبُّڪُمۡ فَٱعۡبُدُوهُۗ هَـٰذَا صِرَٲطٌ۬ مُّسۡتَقِيمٌ۬ 51
ހަމަކަށަވަރުން، اللَّهއީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އަދި، ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެމެއެވެ. ފަހެ، ތިޔަބައިމީހުން، އެކަލާނގެޔަށް އަޅުކަންކުރާށެވެ! މިއީ، ސީދާވެގެންވާ ތެދުމަގެވެ.
Surah 3 · سورة آل عِمرَان
Juz 1
۞ فَلَمَّآ أَحَسَّ عِيسَىٰ مِنۡہُمُ ٱلۡكُفۡرَ قَالَ مَنۡ أَنصَارِىٓ إِلَى ٱللَّهِۖ قَالَ ٱلۡحَوَارِيُّونَ نَحۡنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشۡهَدۡ بِأَنَّا مُسۡلِمُونَ 52
ފަހެ، އެއުރެންގެ ކިބައިން كفرވެރިކަން، عيسىގެފާނަށް އިހުސާސްކުރެއްވުނު ހިނދު ވިދާޅުވިއެވެ. اللَّهއަށްޓަކައި، ތިމަންކަލޭގެފާނަށް نصرދޭނީ ކޮންބަޔެއް ހެއްޔެވެ؟ حوارىބޭކަލުންގެ މީހުން ދެންނެވޫއެވެ. ތިމަންމެންނީ، اللَّهއަށް نصرދޭ މީހުންނީމުއެވެ. ތިމަންމެންވަނީ، اللَّهއަށް إيمانވެގެންނެވެ. އަދި، ތިމަންމެންނީ مسلمން ކަމުގައި ކަލޭގެފާނު ހެކިވެވަޑައިގަންނަވާށެވެ!
Surah 3 · سورة آل عِمرَان
Juz 1
رَبَّنَآ ءَامَنَّا بِمَآ أَنزَلۡتَ وَٱتَّبَعۡنَا ٱلرَّسُولَ فَٱڪۡتُبۡنَا مَعَ ٱلشَّـٰهِدِينَ 53
އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ބާވައިލެއްވިފޮތަށް އަޅަމެން إيمانވެއްޖައީމުއެވެ. އަދި، رسولއާޔަށް (އެބަހީ: عيسىގެފާނަށް) އަޅަމެން
تبعވެއްޖައީމުއެވެ. ފަހެ، (އިބަރަސްކަލާނގެ އެއްކައުވަންތަކަމަށާއި، رسولއާއީ، އިބަރަސްކަލާނގެ حق رسولއާ ކަމަށް) ހެކިވާ މީހުންނާ އެކުގައި އަޅަމެން ލިޔުއްވާނދޭވެ!
Surah 3 · سورة آل عِمرَان
Juz 1
وَمَڪَرُواْ وَمَڪَرَ ٱللَّهُۖ وَٱللَّهُ خَيۡرُ ٱلۡمَـٰكِرِينَ 54
އެއުރެން (އެބަހީ: كافرވި މީހުން) މަކަރުވެރި ނުބައި ރޭވުންތައް ރޭވިއެވެ. اللَّه، (އެއުރެންގެ ރޭވުންތައް باطلކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) تدبيرކުރެއްވިއެވެ. اللَّهއީ، މަކަރުވެރިންނަށްވުރެ تدبيرކުރެއްވުން މޮޅު ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِذۡ قَالَ ٱللَّهُ يَـٰعِيسَىٰٓ إِنِّى مُتَوَفِّيكَ وَرَافِعُكَ إِلَىَّ وَمُطَهِّرُكَ مِنَ ٱلَّذِينَ ڪَفَرُواْ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوۡقَ ٱلَّذِينَ كَفَرُوٓاْ إِلَىٰ يَوۡمِ ٱلۡقِيَـٰمَةِۖ ثُمَّ إِلَىَّ مَرۡجِعُڪُمۡ فَأَحۡڪُمُ بَيۡنَكُمۡ فِيمَا كُنتُمۡ فِيهِ تَخۡتَلِفُونَ 55
اللَّه، وحىކުރެއްވިހިނދު ހަނދުމަކުރާށެވެ! އޭ عيسىގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންދަވާހުށީމެވެ. އަދި، ތިމަންރަސްކަލާނގެ حضرةއަށް ކަލޭގެފާނު އުފުއްލަވާ ހުށީމެވެ. އަދި، كافرވި މީހުންގެ ކިބައިން ކަލޭގެފާނު ދުރުކުރައްވައި ސަލާމަތްކުރައްވާ ހުށީމެވެ. އަދި، كافرވި މީހުންނަށްވުރެ ކަލޭގެފާނަށް تبعވި މީހުން قيامةދުވަހާ ޖެހެންދެން މަތިވެރިކުރައްވާހުށީމެވެ. ދެން، ތިޔަބައިމީހުން އެނބުރި رجوعވުންވަނީ، ތިމަންރަސްކަލާނގެ حضرةއަށެވެ. ދެން، ތިޔަބައިމީހުން خلافވެއުޅުނު ކަންތަކާމެދު، ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ
حكم ކުރައްވާހުށީމެވެ.
Surah 3 · سورة آل عِمرَان
Juz 1
فَأَمَّا ٱلَّذِينَ كَفَرُواْ فَأُعَذِّبُهُمۡ عَذَابً۬ا شَدِيدً۬ا فِى ٱلدُّنۡيَا وَٱلۡأَخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ 56
ފަހެ، كافرވި މީހުން ދަންނާށެވެ! ފަހެ، ދުނިޔެއާއި آخرةގައި، ގަދަފަދަވެގެންވާ عذابއަކުން ތިމަންރަސްކަލާނގެ އެއުރެންނަށް عذابދެއްވާ ހުށީމެވެ. އަދި، އެއުރެންނަށް نصرދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.
Surah 3 · سورة آل عِمرَان
Juz 1
وَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ فَيُوَفِّيهِمۡ أُجُورَهُمۡۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ 57
އަދި، إيمانވެ، صالح عملކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ އުޖޫރަ ފުރިހަމަޔަށް އެއުރެންނަށް، އެކަލާނގެ ދެއްވާނެތެވެ. އަނިޔާވެރިންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
Surah 3 · سورة آل عِمرَان
Juz 1
ذَٲلِكَ نَتۡلُوهُ عَلَيۡكَ مِنَ ٱلۡأَيَـٰتِ وَٱلذِّكۡرِ ٱلۡحَكِيمِ 58
މިއީ، ފާޅުވެގެންވާ دليلތަކާއި، حكمةތެރި ذِكرގެ ތެރެއިން (އެބަހީ: ކީރިތި قرآنން) ކަލޭގެފާނަށް، ތިމަންރަސްކަލާނގެ ކިޔައިދެއްވާ ވާހަކަތަކެކެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَۖ خَلَقَهُ ۥ مِن تُرَابٍ۬ ثُمَّ قَالَ لَهُ ۥ كُن فَيَكُونُ 59
ހަމަކަށަވަރުން، اللَّهގެ حضرةގައި، عيسىގެފާނު (ހެއްދެވުމުގެ) مثال، آدمގެފާނުގެ مثال ފަދައެވެ. އެކަލާނގެ، آدمގެފާނު ހެއްދެވީ، ވެލީންނެވެ. ދެން، އެކަލޭގެފާނަށް (އިންސާނަކަށް) [ވާށޭ] وحىކުރެއްވިއެވެ. ދެން، (اللَّه وحىކުރެއްވި ފަދައިން) ވެއްޖެއެވެ.
Surah 3 · سورة آل عِمرَان
Juz 1
ٱلۡحَقُّ مِن رَّبِّكَ فَلَا تَكُن مِّنَ ٱلۡمُمۡتَرِينَ 60
(އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةންވާ حقތެދު ބަސްފުޅެވެ. ފަހެ، شكކުރާ މީހުންގެ ތެރެއިން، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
Surah 3 · سورة آل عِمرَان
Juz 1
فَمَنۡ حَآجَّكَ فِيهِ مِنۢ بَعۡدِ مَا جَآءَكَ مِنَ ٱلۡعِلۡمِ فَقُلۡ تَعَالَوۡاْ نَدۡعُ أَبۡنَآءَنَا وَأَبۡنَآءَكُمۡ وَنِسَآءَنَا وَنِسَآءَكُمۡ وَأَنفُسَنَا وَأَنفُسَكُمۡ ثُمَّ نَبۡتَہِلۡ فَنَجۡعَل لَّعۡنَتَ ٱللَّهِ عَلَى ٱلۡڪَـٰذِبِينَ 61
ފަހެ، ކަލޭގެފާނަށް علمގެ ތެރެއިން (عيسىގެފާނާމެދު) އައި އެއްޗެއްގެ ފަހުން، އެކަލޭގެފާނާ މެދުގައި ކަލޭގެފާނާ ޖަދަލުކުރި (نصارىއިންގެ) މީހުންނަށް ވިދާޅުވާށެވެ! އަހަރެމެންގެ ދަރިންނަށާއި، ތިޔަބައިމީހުންގެ ދަރިންނަށް އަދި، އަހަރެމެންގެ އަންހެނުންނަށާއި، ތިޔަބައިމީހުންގެ އަންހެނުންނަށް އަދި، އަހަރެމެންގެ އަމިއްލަ نفسތަކަށާއި، ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް، އަހަރެމެން ގޮވައި އެއްކުރަމާ އަންނާށެވެ! ދެން، ދޮގުވެރިންގެ މައްޗަށް اللَّهގެ لعنةލެއްވުމަށްއެދި، އަހަރެމެން دعاءކޮށް ابتهالކުރާނީއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ هَـٰذَا لَهُوَ ٱلۡقَصَصُ ٱلۡحَقُّۚ وَمَا مِنۡ إِلَـٰهٍ إِلَّا ٱللَّهُۚ وَإِنَّ ٱللَّهَ لَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ 62
ހަމަކަށަވަރުން، މިއީ حق ތެދު ވާހަކަތަކެކެވެ. އަދި، اللَّه މެނުވީ،إلهއަކު ނުވެއެވެ. އަދި، ހަމަކަށަވަރުންވެސް، اللَّهއީ، عزيزވަންތަ، حكيمވަންތަ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
فَإِن تَوَلَّوۡاْ فَإِنَّ ٱللَّهَ عَلِيمُۢ بِٱلۡمُفۡسِدِينَ 63
ފަހެ، އެއުރެން، (إنكارކޮށް) އެނބުރި ފުރަގަސްދީފިނަމަ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهއީ، فسادކުރާ މީހުން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
قُلۡ يَـٰٓأَهۡلَ ٱلۡكِتَـٰبِ تَعَالَوۡاْ إِلَىٰ ڪَلِمَةٍ۬ سَوَآءِۭ بَيۡنَنَا وَبَيۡنَكُمۡ أَلَّا نَعۡبُدَ إِلَّا ٱللَّهَ وَلَا نُشۡرِكَ بِهِۦ شَيۡـًٔ۬ا وَلَا يَتَّخِذَ بَعۡضُنَا بَعۡضًا أَرۡبَابً۬ا مِّن دُونِ ٱللَّهِۚ فَإِن تَوَلَّوۡاْ فَقُولُواْ ٱشۡهَدُواْ بِأَنَّا مُسۡلِمُونَ 64
ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهلވެރިންނޭވެ! އަހުރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި، ހަމަހަމަވެ، އެއްގޮތްވެގެންވާ كلمةއަކަށް އަންނާށެވެ! (އެއީ) اللَّهއަށް މެނުވީ، އަހުރެމެން އަޅުކަން ނުކުޅައުމެވެ. އަދި، އެކަލާނގެޔާ އެއްވެސް އެއްޗެއް އަހުރެމެން شريك ނުކުޅައުމެވެ. އަދި، އަހުރެމެންގެ އެއްބަޔަކު އަނެއްބަޔަކީ اللَّه ފިޔަވައި ކަލާނގެތަކެއް ކަމުގައި ނުހެދުމެވެ. ފަހެ، އެއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފިނަމަ، (އެއުރެންނަށް) ތިޔަބައިމީހުން ބުނާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ مسلمން ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ!
Surah 3 · سورة آل عِمرَان
Juz 1
يَـٰٓأَهۡلَ ٱلۡڪِتَـٰبِ لِمَ تُحَآجُّونَ فِىٓ إِبۡرَٲهِيمَ وَمَآ أُنزِلَتِ ٱلتَّوۡرَٮٰةُ وَٱلۡإِنجِيلُ إِلَّا مِنۢ بَعۡدِهِۦۤۚ أَفَلَا تَعۡقِلُونَ 65
އޭ ފޮތުގެ أهلވެރިންނޭވެ!توراةއާއި،
إنجيل ބާވައިލެއްވީ، އެކަލޭގެފާނުންގެ ފަހުންކަމުގައިވާއިރު، إبراهيمގެފާނާ މެދުގައި ތިޔަބައިމީހުން ޖަދަލު ކުރަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
Surah 3 · سورة آل عِمرَان
Juz 1
هَـٰٓأَنتُمۡ هَـٰٓؤُلَآءِ حَـٰجَجۡتُمۡ فِيمَا لَكُم بِهِۦ عِلۡمٌ۬ فَلِمَ تُحَآجُّونَ فِيمَا لَيۡسَ لَكُم بِهِۦ عِلۡمٌ۬ۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ 66
ބަލަ! ތިޔަބައިމީހުން އެކަމެއްގެ علم ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަކާމެދުގައި ޖަދަލުކޮށްފީމުއެވެ. ދެން، އެކަމެއްގެ علم ތިޔަބައިމީހުންނަށް ލިބިގެންނުވާ ކަމަކާ މެދުގައި ޖަދަލުކުރަނީ ކީއްވެގެންހެއްޔެވެ؟ (އެކަންތައް) ދެނެވޮޑިގެންވަނީ اللَّهއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
مَا كَانَ إِبۡرَٲهِيمُ يَہُودِيًّ۬ا وَلَا نَصۡرَانِيًّ۬ا وَلَـٰكِن كَانَ حَنِيفً۬ا مُّسۡلِمً۬ا وَمَا كَانَ مِنَ ٱلۡمُشۡرِكِينَ 67
يهودىއެއް ކަމުގައިވެސް އަދި، نصرانىއެއް ކަމުގައިވެސް إبراهيمގެފާނުވެވަޑައެއްނުގަންނަވައެވެ. އަދި، ކީއްހެއްޔެވެ! އެކަލޭގެފާނު ވެވަޑައިގެންނެވީ باطل މަގުން އެއްކިބާވެ، حق دينއަށް تبعވެގެންވާ مسلمއަކު ކަމުގައެވެ. އަދި، شريكކުރާ މީހުންގެ ތެރެއަކުންވެސް އެކަލޭގެފާނު ވެވަޑައެއްނުގަންނަވައެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ أَوۡلَى ٱلنَّاسِ بِإِبۡرَٲهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَـٰذَا ٱلنَّبِىُّ وَٱلَّذِينَ ءَامَنُواْۗ وَٱللَّهُ وَلِىُّ ٱلۡمُؤۡمِنِينَ 68
ހަމަކަށަވަރުން، މީސްތަކުންކުރެ، إبراهيمގެފާނަށް (نسبةވުމުގައި) އެންމެ أولىކަން ބޮޑީ، އެކަލޭގެފާނަށް تبعވީ މީހުންނާއި، މި ނަބިއްޔާއާއި، (އެބަހީ: محمدގެފާނާއި) إيمانވި މީހުންނެވެ. اللَّهއީ، إيمانވި މީހުންނަށް އެހީތެރިވެ ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
وَدَّت طَّآٮِٕفَةٌ۬ مِّنۡ أَهۡلِ ٱلۡكِتَـٰبِ لَوۡ يُضِلُّونَكُمۡ وَمَا يُضِلُّونَ إِلَّآ أَنفُسَهُمۡ وَمَا يَشۡعُرُونَ 69
ފޮތުގެ أهلވެރިންގެ ތެރެއިން ބަޔަކު، ތިޔަބައިމީހުން މަގުފުރައްދައިލެވޭނެ ނަމައޭ ހިތައި، އެކަމަށް އެދުނެވެ. އެއުރެންގެ އަމިއްލަ نفسތައް މެނުވީ، އެއުރެންނަކަށް މަގުފުރައްދައެއް ނުލެވެތެވެ. އަދި، އެއުރެންނަން އެކަން ނޭނގެނީއެވެ.
Surah 3 · سورة آل عِمرَان
Juz 1
يَـٰٓأَهۡلَ ٱلۡكِتَـٰبِ لِمَ تَكۡفُرُونَ بِـَٔايَـٰتِ ٱللَّهِ وَأَنتُمۡ تَشۡهَدُونَ 70
އޭ ފޮތުގެ أهلވެރިންނޭވެ! ތިޔަބައިމީހުން (އެއީ حقކަން އެނގިތިބެ އެކަމަށް) ހެކިވާ حال، اللَّهގެ آيةތަކަށް ތިޔަބައިމީހުން كافرވަނީ ކީއްވެގެން ހެއްޔެވެ؟
Surah 3 · سورة آل عِمرَان
Juz 1
يَـٰٓأَهۡلَ ٱلۡكِتَـٰبِ لِمَ تَلۡبِسُونَ ٱلۡحَقَّ بِٱلۡبَـٰطِلِ وَتَكۡتُمُونَ ٱلۡحَقَّ وَأَنتُمۡ تَعۡلَمُونَ 71
އޭ ފޮތުގެ أهلވެރިންނޭވެ! (އެއީ حقކަން) ތިޔަބައިމީހުންނަށް އެނގިތިބި حالގައި، حقއާއި باطل އޮޅުވާލައި އަދި، حقގޮތް ތިޔަބައިމީހުން ފޮރުވަނީ ކީއްވެގެން ހެއްޔެވެ؟
Surah 3 · سورة آل عِمرَان
Juz 1
وَقَالَت طَّآٮِٕفَةٌ۬ مِّنۡ أَهۡلِ ٱلۡكِتَـٰبِ ءَامِنُواْ بِٱلَّذِىٓ أُنزِلَ عَلَى ٱلَّذِينَ ءَامَنُواْ وَجۡهَ ٱلنَّهَارِ وَٱكۡفُرُوٓاْ ءَاخِرَهُ ۥ لَعَلَّهُمۡ يَرۡجِعُونَ 72
ފޮތުގެ أهلވެރިންގެ ތެރެއިން ބަޔަކު (އެއުރެންގެ އަނެއްބަޔަކާ ދިމާޔަށް) ބުނޫއެވެ. إيمانވި މީހުންނަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآنއަށް) ދުވާލުގެ ކުރީކޮޅުގައި ތިޔަބައިމީހުން إيمانވާށެވެ! ދެން، އެދުވަހުގެ ފަހުކޮޅުގައި ތިޔަބައިމީހުން (އެޔަށް) كافرވާށެވެ! އެއީ، އެއުރެން (އެބަހީ: مؤمنން އެއުރެންގެ دينން) އެނބުރި رجوعވޭތޯއެވެ!
Surah 3 · سورة آل عِمرَان
Juz 1
وَلَا تُؤۡمِنُوٓاْ إِلَّا لِمَن تَبِعَ دِينَكُمۡ قُلۡ إِنَّ ٱلۡهُدَىٰ هُدَى ٱللَّهِ أَن يُؤۡتَىٰٓ أَحَدٌ۬ مِّثۡلَ مَآ أُوتِيتُمۡ أَوۡ يُحَآجُّوكُمۡ عِندَ رَبِّكُمۡۗ قُلۡ إِنَّ ٱلۡفَضۡلَ بِيَدِ ٱللَّهِ يُؤۡتِيهِ مَن يَشَآءُۗ وَٱللَّهُ وَٲسِعٌ عَلِيمٌ۬ 73
އަދި، (އެއުރެން ބުނޫއެވެ.) ތިޔަބައިމީހުންގެ دينއަށް تبعވީ މީހަކަށް މެނުވީ، ތިޔަބައިމީހުން إيمان ނުވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތެދުމަގަކީ اللَّهގެ ތެދުމަގެވެ. ތިޔަބައިމީހުންނަށް ދެއްވާފައިވާފަދަ ކަމެއް އެހެން އެއްވެސް މީހަކަށް ދެއްވާފައިވާކަމަށް، (ތިޔަބައިމީހުން قبول ނުކުރާށެވެ!) އެހެންނޫންނަމަ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةގައި އެއުރެން (ދައްކާ) حجّةން ތިޔަބައިމީހުން ދެރަކޮށްފާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، فضلވަންތަކަންވަނީ، اللَّهގެ يدقدرةފުޅުގައެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަމެއް ދެއްވަތެވެ. اللَّهއީ، ތަނަވަސްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
يَخۡتَصُّ بِرَحۡمَتِهِۦ مَن يَشَآءُۗ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ 74
އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ رحمة خاصކުރައްވަތެވެ. އަދި، اللَّهއީ، ބޮޑުވެގެންވާ فضلވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
۞ وَمِنۡ أَهۡلِ ٱلۡكِتَـٰبِ مَنۡ إِن تَأۡمَنۡهُ بِقِنطَارٍ۬ يُؤَدِّهِۦۤ إِلَيۡكَ وَمِنۡهُم مَّنۡ إِن تَأۡمَنۡهُ بِدِينَارٍ۬ لَّا يُؤَدِّهِۦۤ إِلَيۡكَ إِلَّا مَا دُمۡتَ عَلَيۡهِ قَآٮِٕمً۬اۗ ذَٲلِكَ بِأَنَّهُمۡ قَالُواْ لَيۡسَ عَلَيۡنَا فِى ٱلۡأُمِّيِّـۧنَ سَبِيلٌ۬ وَيَقُولُونَ عَلَى ٱللَّهِ ٱلۡكَذِبَ وَهُمۡ يَعۡلَمُونَ 75
ނުހަނު ގިނަ މުދަލަކުން ކަލޭގެފާނު އެމީހަކާ أمانة حوالކުރައްވައިފިނަމަ،
އެ أمانة ކަލޭގެފާނަށް އަނބުރައި ރައްދުކުރާ މީހުން ފޮތުގެ أهلވެރިންގެ ތެރެއިންވެއެވެ. އަދި، ދީނާރަކުން ކަލޭގެފާނު އެމީހަކާ أمانة حوالކުރައްވައިފިނަމަ،
(އެ أمانة އަނބުރައި ރައްދުކުރުން އެދިވަޑައިގެން) އެކަމުގެ މަތީގައި ކަލޭގެފާނު قائمވެވަޑައިގެން ހުންނެވިއްޔާ މެނުވީ، އެ أمانة ކަލޭގެފާނަށް އަނބުރައި ރައްދު ނުކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. އެއީ، ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ
أمّىންނާ މެދުގައި، (އެބަހީ: عربىންނާ މެދުގައި) އެހެން ހެދުމަކުން އެއްވެސް ފާފައެއް އަހަރެމެންގެ މައްޗަކަށް ނެތެވެ. (މިފަދައިންނެވެ.) ފަހެ، އެއުރެން ދެނެތިބެ اللَّهއާމެދު ދޮގުބަސްތައް ބުނަނީއެވެ.
Surah 3 · سورة آل عِمرَان
Juz 1
بَلَىٰ مَنۡ أَوۡفَىٰ بِعَهۡدِهِۦ وَٱتَّقَىٰ فَإِنَّ ٱللَّهَ يُحِبُّ ٱلۡمُتَّقِينَ 76
އެހެންނަކުންނޫނެވެ! އެމީހެއްގެ عهد އެމީހަކު ފުރިހަމަޔަށް އަދާކޮށް،
تقوىވެރިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، تقوىވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ ٱلَّذِينَ يَشۡتَرُونَ بِعَهۡدِ ٱللَّهِ وَأَيۡمَـٰنِہِمۡ ثَمَنً۬ا قَلِيلاً أُوْلَـٰٓٮِٕكَ لَا خَلَـٰقَ لَهُمۡ فِى ٱلۡأَخِرَةِ وَلَا يُڪَلِّمُهُمُ ٱللَّهُ وَلَا يَنظُرُ إِلَيۡہِمۡ يَوۡمَ ٱلۡقِيَـٰمَةِ وَلَا يُزَڪِّيهِمۡ وَلَهُمۡ عَذَابٌ أَلِيمٌ۬ 77
ހަމަކަށަވަރުން، اللَّهގެ عهدއާއި، އެއުރެންގެ ހުވާތައްދިފައި ކުޑަ އަގެއް ހިފާ މީހުންނީ آخرةގައި އެއުރެންނަށް އެއްވެސް نصيبއެއް ނެތްބަޔެކެވެ. އަދި،
قيامةދުވަހުން، اللَّه، އެއުރެންނަކަށް ބަސް وحىއެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަކަށް ބައްލަވާވޮޑިއެއްވެސް ނުގަންނަވާނެތެވެ. އަދި، (ފާފައިން) އެއުރެން طاهرއެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަށް ވޭންދެނިވި عذابހުށްޓެވެ.
Surah 3 · سورة آل عِمرَان
Juz 1
وَإِنَّ مِنۡهُمۡ لَفَرِيقً۬ا يَلۡوُ ۥنَ أَلۡسِنَتَهُم بِٱلۡكِتَـٰبِ لِتَحۡسَبُوهُ مِنَ ٱلۡڪِتَـٰبِ وَمَا هُوَ مِنَ ٱلۡكِتَـٰبِ وَيَقُولُونَ هُوَ مِنۡ عِندِ ٱللَّهِ وَمَا هُوَ مِنۡ عِندِ ٱللَّهِ وَيَقُولُونَ عَلَى ٱللَّهِ ٱلۡكَذِبَ وَهُمۡ يَعۡلَمُونَ 78
އެއީ، ފޮތުން ބައެއްކަމަށް ތިޔަބައިމީހުންނަށް ހީވާގޮތަށް އެއުރެންގެ ދޫތަކުން އޮޅުވާލައި، ބަދަލުކޮށްލައިގެން ފޮތުން ކިޔައިދޭ ބަޔަކު އެއުރެންގެ ތެރެއިން ވާކަން ކަށަވަރެވެ. އެއީ، ފޮތުން ބައެއްކަމުގައިނުވާ حالގައެވެ. އަދި، އެއީ اللَّهގެ حضرةން ބާވައިލެއްވި އެއްޗެއްކަމުގައި އެއުރެން ބުނެތެވެ. އެއީ، اللَّهގެ حضرةން ބާވައިލެއްވި އެއްޗެއް ކަމުގައި ނުވާ حالގައެވެ. އަދި، އެއުރެން ދެނެތިބެ اللَّهއާމެދު ދޮގުބަސްތައް ބުނަނީއެވެ.
Surah 3 · سورة آل عِمرَان
Juz 1
مَا كَانَ لِبَشَرٍ أَن يُؤۡتِيَهُ ٱللَّهُ ٱلۡكِتَـٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُواْ عِبَادً۬ا لِّى مِن دُونِ ٱللَّهِ وَلَـٰكِن كُونُواْ رَبَّـٰنِيِّـۧنَ بِمَا كُنتُمۡ تُعَلِّمُونَ ٱلۡكِتَـٰبَ وَبِمَا كُنتُمۡ تَدۡرُسُونَ 79
اللَّه، އެމީހަކަށް ފޮތާއި، حكمةއާއި، ނަބީކަން ދެއްވީމާ، ދެން، اللَّه ދޫކޮށް ތިމަންނާއަށް އަޅުކަން ކުރާމީހުން ކަމުގައި ތިޔަބައިމީހުންވާށޭ މީސްތަކުންނަށް ބުނުމަކީ، (އެކަންތައްތައް ދެއްވި) އެއްވެސް އިންސާނަކަށް އެކަށީގެންވާ ކަމެއް ނޫނެވެ. އަދިކީއްހެއްޔެވެ؟ (އެމީހަކު ބުނާހުށީ) ތިޔަބައިމީހުން ފޮތުން އުނގަންނައިދީ އުޅުނު ތަކެތީގެ ސަބަބުންނާއި، ތިޔަބައިމީހުން އުނގެނި ދަސްކޮށް އުޅުނު ތަކެތީގެ ސަބަބުން، ތިޔަބައިމީހުން ربّانىންނަށް (އެބަހީ: دينވެރި علمވެރިންނަށް) ވާށޭއެވެ!
Surah 3 · سورة آل عِمرَان
Juz 1
وَلَا يَأۡمُرَكُمۡ أَن تَتَّخِذُواْ ٱلۡمَلَـٰٓٮِٕكَةَ وَٱلنَّبِيِّـۧنَ أَرۡبَابًاۗ أَيَأۡمُرُكُم بِٱلۡكُفۡرِ بَعۡدَ إِذۡ أَنتُم مُّسۡلِمُونَ 80
އަދި، ملائكةންނާއި، ނަބިއްޔުންނީ، إلهން ކަމުގައި ހަދައިގެން އުޅުމަކަށް އެމީހަކު ތިޔަބައިމީހުންނަކަށް أمرކުރުމެއްވެސް ނެތެވެ. ތިޔަބައިމީހުން مسلمން ކަމުގައިވެގެން ތިބުމަށްފަހު، كافرވުމަށް އެމީހަކު ތިޔަބައިމީހުންނަށް (ފަހެ) أمرކުރާނެ ހެއްޔެވެ؟
Surah 3 · سورة آل عِمرَان
Juz 1
وَإِذۡ أَخَذَ ٱللَّهُ مِيثَـٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيۡتُڪُم مِّن ڪِتَـٰبٍ۬ وَحِكۡمَةٍ۬ ثُمَّ جَآءَڪُمۡ رَسُولٌ۬ مُّصَدِّقٌ۬ لِّمَا مَعَكُمۡ لَتُؤۡمِنُنَّ بِهِۦ وَلَتَنصُرُنَّهُ ۥۚ قَالَ ءَأَقۡرَرۡتُمۡ وَأَخَذۡتُمۡ عَلَىٰ ذَٲلِكُمۡ إِصۡرِىۖ قَالُوٓاْ أَقۡرَرۡنَاۚ قَالَ فَٱشۡہَدُواْ وَأَنَا۟ مَعَكُم مِّنَ ٱلشَّـٰهِدِينَ 81
ނަބިއްޔުންގެ ކިބައިން، اللَّه ކަށަވަރުވެގެންވާ عهدހިއްޕެވިހިނދު (ކަންހިނގިގޮތް ހަނދުމަކުރަށްވާށެވެ! އެހިނދު اللَّه އެންގެވިއެވެ.) ތިމަންރަސްކަލާނގެ ތިޔަބޭކަލުންނަށް ފޮތާއި حكمةދެއްވީމާ ދެން ތިޔަބޭކަލުންގެ ގާތުގައިވާ އެއްޗެއް ތެދުކުރައްވާ رسولއަކު ތިޔަބޭކަލުންގެ އަރިހަށް ވަޑައިގަތުމުން، ހަމަކަށަވަރުން، ތިޔަބޭކަލުން، އެބޭކަލަކަށް إيمانވެވަޑާގަންނަވާހުށިކަމެވެ! އަދި، ހަމަކަށަވަރުން، އެބޭކަލަކަށް ތިޔަބޭކަލުން نصرދޭހުށިކަމެވެ! (އަދިއެބޭކަލުންނަށް) އެކަލާނގެ وحىކުރެއްވިއެވެ. ތިޔަބޭކަލުން إقرارވެ، އެކަމުގެ މައްޗަށް ތިމަންރަސްކަލާނގެއަށް ކަށަވަރުވެގެންވާ عهد ހިފައިފީމުހެއްޔެވެ؟ އެބޭކަލުން ދެންނެވޫއެވެ. އަޅަމެން إقرارވެއްޖައީމުއެވެ. އެކަލާނގެ وحىކުރެއްވިއެވެ. ފަހެ، ތިޔަބޭކަލުން (އެކަމަށް) ހެކިވެވަޑައިގަންނަވާށެވެ! ހެކިވާމީހުންގެ ތެރެއިން ތިޔަބޭކަލުންނާ އެކުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ.
Surah 3 · سورة آل عِمرَان
Juz 1
فَمَن تَوَلَّىٰ بَعۡدَ ذَٲلِكَ فَأُوْلَـٰٓٮِٕكَ هُمُ ٱلۡفَـٰسِقُونَ 82
ދެން، އެއަށްފަހު (އެ عهد އުވާލައި) ފުރަގަސްދީފި މީހާ، (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ فاسقންނެވެ.
Surah 3 · سورة آل عِمرَان
Juz 1
أَفَغَيۡرَ دِينِ ٱللَّهِ يَبۡغُونَ وَلَهُ ۥۤ أَسۡلَمَ مَن فِى ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ طَوۡعً۬ا وَڪَرۡهً۬ا وَإِلَيۡهِ يُرۡجَعُونَ 83
އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ރުހުމުގައްޔާއި، ނުރުހުމުގައި އެކަލާނގެޔަށް، ކިޔަމަންވެގެންވާއިރު، އެއުރެން (އެބަހީ: އެނބުރި ފުރަގަސްދިން މީހުން) އެ އެދެނީ اللَّهގެ دينފިޔަވައި އެހެން دينއެއް ހެއްޔެވެ؟ އަދި، އެއުރެން އެނބުރި رجوعކުރައްވާހުށީ، އެކަލާނގެ حضرةއަށެވެ.
Surah 3 · سورة آل عِمرَان
Juz 1
قُلۡ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ عَلَيۡنَا وَمَآ أُنزِلَ عَلَىٰٓ إِبۡرَٲهِيمَ وَإِسۡمَـٰعِيلَ وَإِسۡحَـٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَٱلنَّبِيُّونَ مِن رَّبِّهِمۡ لَا نُفَرِّقُ بَيۡنَ أَحَدٍ۬ مِّنۡهُمۡ وَنَحۡنُ لَهُ ۥ مُسۡلِمُونَ 84
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެން اللَّهއަށާއި، އަދި ތިމަންމެންގެ މައްޗަށް ބާވައިލެއްވި އެއްޗަކަށް إيمانވެއްޖައީމުއެވެ. އަދި، إبراهيمގެފާނާއި، إسماعيلގެފާނާއި، إسحاقގެފާނާއި، يعقوبގެފާނާއި، އެކަލޭގެފާނުގެ ދަރިކޮޅަށް ބާވައިލެއްވި އެއްޗަކަށާއި، موسىގެފާނާއި، عيسىގެފާނާއި، އެނޫންވެސް ނަބީބޭކަލުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ حضرةން ދެއްވި އެއްޗަކަށްވެސްމެއެވެ. އެބޭކަލުންގެ ތެރެއިން އެއްވެސްބޭކަލަކާ މެދުގައި ތިމަންމެން ތަފާތެއް ނުކުރަމުއެވެ. އަދި، ތިމަންމެންވަނީ އެކަލާނގެޔަށް ބޯލަނބައި ކިޔަމަންވެގެންނެވެ.
Surah 3 · سورة آل عِمرَان
Juz 1
وَمَن يَبۡتَغِ غَيۡرَ ٱلۡإِسۡلَـٰمِ دِينً۬ا فَلَن يُقۡبَلَ مِنۡهُ وَهُوَ فِى ٱلۡأَخِرَةِ مِنَ ٱلۡخَـٰسِرِينَ 85
دينއެއްގެ ގޮތުގައި إسلام دين ނޫން دينއެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبولއެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرةގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
Surah 3 · سورة آل عِمرَان
Juz 1
كَيۡفَ يَهۡدِى ٱللَّهُ قَوۡمً۬ا ڪَفَرُواْ بَعۡدَ إِيمَـٰنِہِمۡ وَشَهِدُوٓاْ أَنَّ ٱلرَّسُولَ حَقٌّ۬ وَجَآءَهُمُ ٱلۡبَيِّنَـٰتُۚ وَٱللَّهُ لَا يَهۡدِى ٱلۡقَوۡمَ ٱلظَّـٰلِمِينَ 86
އެބަޔަކު إيمانވުމަށްފަހު، އަދި ހަމަކަށަވަރުން، رسولއާއީ حق رسولއާ ކަމަށް ހެކިވުމަށްފަހު، އަދި ފާޅުވެގެންވާ دليلތައް އެއުރެންނާ ހަމަޔަށް އައުމަށްފަހު، كافرވި ބަޔަކަށް، اللَّه ތެދުމަގު ދައްކަވާނީ ކިހިނަކުންހެއްޔެވެ؟ އަނިޔާވެރި ވެގެންވާ قومއަކަށް اللَّه ތެދުމަގެއް ނުދައްކަވަތެވެ.
Surah 3 · سورة آل عِمرَان
Juz 1
أُوْلَـٰٓٮِٕكَ جَزَآؤُهُمۡ أَنَّ عَلَيۡهِمۡ لَعۡنَةَ ٱللَّهِ وَٱلۡمَلَـٰٓٮِٕكَةِ وَٱلنَّاسِ أَجۡمَعِينَ 87
އެއުރެންގެ ޖަޒާއަކީ، ހަމަކަށަވަރުން اللَّهއާއި، ملائكةންނާއި، އެންމެހައި މީސްތަކުންގެ لعنة އެއުރެންގެ މައްޗަށް ލެއްވުމެވެ.
Surah 3 · سورة آل عِمرَان
Juz 1
خَـٰلِدِينَ فِيہَا لَا يُخَفَّفُ عَنۡهُمُ ٱلۡعَذَابُ وَلَا هُمۡ يُنظَرُونَ 88
އެއުރެން، އެ لعنةގައި (އަބަދަށް) ދެމިތިބެނިވި ގޮތުގައެވެ. އެއުރެންގެ ކިބަޔަކުން عذابއެއް ލުޔެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަށް (عذاب ލިބުމުގައި) ލަހެއްވެސް ނުމެކުރައްވާނެތެވެ.
Surah 3 · سورة آل عِمرَان
Juz 1
إِلَّا ٱلَّذِينَ تَابُواْ مِنۢ بَعۡدِ ذَٲلِكَ وَأَصۡلَحُواْ فَإِنَّ ٱللَّهَ غَفُورٌ۬ رَّحِيمٌ 89
(އެ لعنةގައި ދެމިތިބެނީ) އެއަށްފަހު، توبةވެ (عملތައް) إصلاحކޮށްފި މީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފުފުއްސަވާ رحيمވަންތަ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ ٱلَّذِينَ كَفَرُواْ بَعۡدَ إِيمَـٰنِهِمۡ ثُمَّ ٱزۡدَادُواْ كُفۡرً۬ا لَّن تُقۡبَلَ تَوۡبَتُهُمۡ وَأُوْلَـٰٓٮِٕكَ هُمُ ٱلضَّآلُّونَ 90
ހަމަކަށަވަރުން، އެއުރެން إيمانވުމަށްފަހު، كافرވެ، ދެން كافرކަން އިތުރުވީ މީހުންގެ توبة قبول ނުކުރައްވާހުށްޓެވެ. އަދި، އެއުރެންނަކީ ހަމަ މަގުފުރެދިފައިވާ މީހުންނެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ ٱلَّذِينَ كَفَرُواْ وَمَاتُواْ وَهُمۡ كُفَّارٌ۬ فَلَن يُقۡبَلَ مِنۡ أَحَدِهِم مِّلۡءُ ٱلۡأَرۡضِ ذَهَبً۬ا وَلَوِ ٱفۡتَدَىٰ بِهِۦۤۗ أُوْلَـٰٓٮِٕكَ لَهُمۡ عَذَابٌ أَلِيمٌ۬ وَمَا لَهُم مِّن نَّـٰصِرِينَ 91
ހަމަކަށަވަރުން، كافرވެ، އަދި كافرން ކަމުގައިތިބެ މަރުވި މީހުން ބިން ފުރޭހައި ރަނުން فديةދިން ކަމުގައިވިޔަސް، އެއިން އެކެއްގެ ކިބައިންވެސް އެކަން
قبول ނުކުރައްވާހުށްޓެވެ. އެއުރެންނަށް، ވޭންދެނިވި عذابހުށްޓެވެ. އަދި، އެއުރެންނަށް نصرދޭނޭ އެއްވެސްބަޔަކު ނުވެއެވެ.
Surah 3 · سورة آل عِمرَان
Juz 1
لَن تَنَالُواْ ٱلۡبِرَّ حَتَّىٰ تُنفِقُواْ مِمَّا تُحِبُّونَۚ وَمَا تُنفِقُواْ مِن شَىۡءٍ۬ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ۬ 92
ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާނދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، اللَّه އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ.
Surah 3 · سورة آل عِمرَان
Juz 1
۞ كُلُّ ٱلطَّعَامِ ڪَانَ حِلاًّ۬ لِّبَنِىٓ إِسۡرَٲٓءِيلَ إِلَّا مَا حَرَّمَ إِسۡرَٲٓءِيلُ عَلَىٰ نَفۡسِهِۦ مِن قَبۡلِ أَن تُنَزَّلَ ٱلتَّوۡرَٮٰةُۗ قُلۡ فَأۡتُواْ بِٱلتَّوۡرَٮٰةِ فَٱتۡلُوهَآ إِن كُنتُمۡ صَـٰدِقِينَ 93
توراة ބާވައިލެއްވުމުގެ ކުރިން، إسـرآءيـلގެފާނު( އެބަހީ: ޔަޢުޤޫބުގެފާނު) އެކަލޭގެފާނުގެ އަމިއްލަ نفسގެ މައްޗަށް حرامކުރެއްވި ތަކެތި ފިޔަވައި، އެންމެހާ ކާތަކެތި އެއީ، إسـرآءيـلގެދަރިންނަށް حلالތަކެތި ކަމުގައިވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިންކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން توراة ގެނެސް
އެ ކިޔައިބަލާށެވެ!
Surah 3 · سورة آل عِمرَان
Juz 1
فَمَنِ ٱفۡتَرَىٰ عَلَى ٱللَّهِ ٱلۡكَذِبَ مِنۢ بَعۡدِ ذَٲلِكَ فَأُوْلَـٰٓٮِٕكَ هُمُ ٱلظَّـٰلِمُونَ 94
އެޔަށްފަހު، اللَّهއާމެދު ހަދައިގެން ދޮގު ބުނިމީހާ، (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.
Surah 3 · سورة آل عِمرَان
Juz 1
قُلۡ صَدَقَ ٱللَّهُۗ فَٱتَّبِعُواْ مِلَّةَ إِبۡرَٲهِيمَ حَنِيفً۬ا وَمَا كَانَ مِنَ ٱلۡمُشۡرِكِينَ 95
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه وحىކުރެއްވީ ތެދުބަސްފުޅެވެ. ފަހެ،
باطل މަގުން އެއްކިބާވެ، حقގެ މަގަށް تبعވެގެންވާ إبراهيمގެފާނުންގެ دينއަށް ތިޔަބައިމީހުން تبعވާށެވެ! އަދި، އެކަލޭގެފާނު مشركންގެ ތެރެޔަކުން ވެވަޑައިގެންނުވެއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ أَوَّلَ بَيۡتٍ۬ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكً۬ا وَهُدً۬ى لِّلۡعَـٰلَمِينَ 96
ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، مكةގައިވާ ގެފުޅުކަން ކަށަވަރެވެ. بركاتލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، عالمތަކަށް ތެދުމަގެއް ކަމުގައެވެ.
Surah 3 · سورة آل عِمرَان
Juz 1
فِيهِ ءَايَـٰتُۢ بَيِّنَـٰتٌ۬ مَّقَامُ إِبۡرَٲهِيمَۖ وَمَن دَخَلَهُ ۥ كَانَ ءَامِنً۬اۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلۡبَيۡتِ مَنِ ٱسۡتَطَاعَ إِلَيۡهِ سَبِيلاً۬ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلۡعَـٰلَمِينَ 97
ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ. إبراهيمގެފާނު ހުންނެވިތަން (އޭގެތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެ حرمފުޅަށް) ވަދެއްޖެ މީހާއީ،
أمانކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ. އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް قصدކޮށްގެންދިއުމީ، (އެބަހީ: حجވުމަކީ) اللَّهއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް واجبއެކެވެ. (އެކަމާމެދު) ދެކޮޅުހަދައިފި މީހާ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهއީ، އެންމެހާ عالمތަކާ ނުލައްވާ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
قُلۡ يَـٰٓأَهۡلَ ٱلۡكِتَـٰبِ لِمَ تَكۡفُرُونَ بِـَٔايَـٰتِ ٱللَّهِ وَٱللَّهُ شَہِيدٌ عَلَىٰ مَا تَعۡمَلُونَ 98
ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهلވެރިންނޭވެ! ތިޔަބައިމީހުން اللَّهގެ آيةތަކަށް كافرވަނީ ކީއްވެގެންހެއްޔެވެ؟ اللَّهއީ، ތިޔަބައިމީހުންކުރާ ކަންތަކުގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
قُلۡ يَـٰٓأَهۡلَ ٱلۡكِتَـٰبِ لِمَ تَصُدُّونَ عَن سَبِيلِ ٱللَّهِ مَنۡ ءَامَنَ تَبۡغُونَہَا عِوَجً۬ا وَأَنتُمۡ شُهَدَآءُۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعۡمَلُونَ 99
ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهلވެރިންނޭވެ! ތިޔަބައިމީހުން، إيمانވި މީހުން اللَّهގެ މަގުން އެއްކިބާކުރަނީ، ކީއްވެގެން ހެއްޔެވެ؟ (އެ މަގަކީ اللَّهގެ ތެދުމަގުކަމަށް) ތިޔަބައިމީހުން ހެކިވެތިބެ، އެ މަގު ގުދުކޮށް އޮތުމަށް ތިޔަބައިމީހުން އެދެނީއެވެ. ތިޔަބައިމީހުންކުރާ عملތަކާމެދު، اللَّه غافلވެވޮޑިގެނެއް ނުވެތެވެ.
Surah 3 · سورة آل عِمرَان
Juz 1
يَـٰٓأَيُّہَا ٱلَّذِينَ ءَامَنُوٓاْ إِن تُطِيعُواْ فَرِيقً۬ا مِّنَ ٱلَّذِينَ أُوتُواْ ٱلۡكِتَـٰبَ يَرُدُّوكُم بَعۡدَ إِيمَـٰنِكُمۡ كَـٰفِرِينَ 100
އޭ إيمانވެއްޖެ މީސްތަކުންނޭވެ! ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކަށް، ތިޔަބައިމީހުން ކިޔަމަންވާނަމަ، (ތިޔަބައިމީހުންގެ) إيمانކަމަށްފަހު، އެއުރެން ތިޔަބައިމީހުންނީ އަލުން كافرން ކަމުގައި ރައްދުކުރާނެތެވެ.
Surah 3 · سورة آل عِمرَان
Juz 1
وَكَيۡفَ تَكۡفُرُونَ وَأَنتُمۡ تُتۡلَىٰ عَلَيۡكُمۡ ءَايَـٰتُ ٱللَّهِ وَفِيڪُمۡ رَسُولُهُ ۥۗ وَمَن يَعۡتَصِم بِٱللَّهِ فَقَدۡ هُدِىَ إِلَىٰ صِرَٲطٍ۬ مُّسۡتَقِيمٍ۬ 101
އަދި، اللَّه ބާވައިލެއްވި آيةތައް ތިޔަބައިމީހުންނަށް ކިޔަވައިދެއްވަނިކޮށް އަދި، ތިޔަބައިމީހުންގެ ތެރޭގައި އެކަލާނގެ رسولއާ ހުންނަވަނިކޮށް، ތިޔަބައިމީހުން
كافرވަނީ ކޮންފަދަޔަކުން ހެއްޔެވެ؟ اللَّهގެ دينގައި ހިފަހައްޓާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ސީދާވެގެންވާ މަގަކަށް ތެދުމަގު ލިބިއްޖެކަން ކަށަވަރެވެ.
Surah 3 · سورة آل عِمرَان
Juz 1
يَـٰٓأَيُّہَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسۡلِمُونَ 102
އޭ إيمانވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް تقوىވެރިވުން حقވެގެންވާ ގޮތުގައި ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި، مسلمން ކަމުގައިވާ
حالގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!
Surah 3 · سورة آل عِمرَان
Juz 1
وَٱعۡتَصِمُواْ بِحَبۡلِ ٱللَّهِ جَمِيعً۬ا وَلَا تَفَرَّقُواْۚ وَٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡ إِذۡ كُنتُمۡ أَعۡدَآءً۬ فَأَلَّفَ بَيۡنَ قُلُوبِكُمۡ فَأَصۡبَحۡتُم بِنِعۡمَتِهِۦۤ إِخۡوَٲنً۬ا وَكُنتُمۡ عَلَىٰ شَفَا حُفۡرَةٍ۬ مِّنَ ٱلنَّارِ فَأَنقَذَكُم مِّنۡہَاۗ كَذَٲلِكَ يُبَيِّنُ ٱللَّهُ لَكُمۡ ءَايَـٰتِهِۦ لَعَلَّكُمۡ تَہۡتَدُونَ 103
އަދި، ތިޔަބައިމީހުން އެންމެން اللَّهގެ ވާފަށުގައި (އެބަހީ: دينގައި) ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި،ތިޔަބައިމީހުން (އެއްބަޔަކު އަނެއްބަޔަކަށް) عداوةތެރިން ކަމުގައި ވަނިކޮށް اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمةގެ ސަބަބުން ތިޔަބައިމީހުންނީ أخންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامةކުރެއްވިއެވެ. اللَّه، އެކަލާނގެ آيةތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.
Surah 3 · سورة آل عِمرَان
Juz 1
وَلۡتَكُن مِّنكُمۡ أُمَّةٌ۬ يَدۡعُونَ إِلَى ٱلۡخَيۡرِ وَيَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِۚ وَأُوْلَـٰٓٮِٕكَ هُمُ ٱلۡمُفۡلِحُونَ 104
ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمرކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.
Surah 3 · سورة آل عِمرَان
Juz 1
وَلَا تَكُونُواْ كَٱلَّذِينَ تَفَرَّقُواْ وَٱخۡتَلَفُواْ مِنۢ بَعۡدِ مَا جَآءَهُمُ ٱلۡبَيِّنَـٰتُۚ وَأُوْلَـٰٓٮِٕكَ لَهُمۡ عَذَابٌ عَظِيمٌ۬ 105
ފާޅުވެގެންވާ ހެކިތައް އެއުރެންނަށް އައުމަށްފަހު، ވަކިވަކިވެ خلافވީ މީހުން ފަދައިން، ތިޔަބައިމީހުން ނުވާށެވެ! ބޮޑުވެގެންވާ عذابއެއް އެއުރެންނަށް ހުށްޓެވެ.
Surah 3 · سورة آل عِمرَان
Juz 1
يَوۡمَ تَبۡيَضُّ وُجُوهٌ۬ وَتَسۡوَدُّ وُجُوهٌ۬ۚ فَأَمَّا ٱلَّذِينَ ٱسۡوَدَّتۡ وُجُوهُهُمۡ أَكَفَرۡتُم بَعۡدَ إِيمَـٰنِكُمۡ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ 106
(އެއީ) މޫނުތަކެއް އަލިވެ، އަދި މޫނުތަކެއް އަނދިރިވެގެންދާ ދުވަހެވެ. ފަހެ، އެއުރެންގެ މޫނުތައް އަނދިރިވެގެންދިޔަ މީހުން ދަންނާށެވެ! (އެއުރެންނާ ދިމާޔަށް އެދުވަހުން ބުނެވޭހުށްޓެވެ.) ތިޔަބައިމީހުން، إيمانވުމަށްފަހު، ތިޔަބައިމީހުން
كافرވީހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން كافرވެ އުޅުނުކަމަށްޓަކައި عذابގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!
Surah 3 · سورة آل عِمرَان
Juz 1
وَأَمَّا ٱلَّذِينَ ٱبۡيَضَّتۡ وُجُوهُهُمۡ فَفِى رَحۡمَةِ ٱللَّهِ هُمۡ فِيہَا خَـٰلِدُونَ 107
އަދި، އެއުރެންގެ މޫނުތައް އަލިވެގެންދިޔަ މީހުން ދަންނާށެވެ! ފަހެ، އެއުރެންވަނީ اللَّهގެ رحمةގައެވެ. އެއުރެން އެ رحمةގައި (އަބަދަށް) ދެމިތިބޭހުއްޓެވެ.
Surah 3 · سورة آل عِمرَان
Juz 1
تِلۡكَ ءَايَـٰتُ ٱللَّهِ نَتۡلُوهَا عَلَيۡكَ بِٱلۡحَقِّۗ وَمَا ٱللَّهُ يُرِيدُ ظُلۡمً۬ا لِّلۡعَـٰلَمِينَ 108
އެއީ، اللَّهގެ آيةތަކެވެ. حقގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް
އެ آيةތައް ކިޔައިދެއްވަމެވެ. އަދި، އެއްވެސް مخلوقއަކަށް އަނިޔާއެއް ދެއްވުމަކަށް
اللَّه އިރާދައެއް ނުކުރައްވަތެވެ.
Surah 3 · سورة آل عِمرَان
Juz 1
وَلِلَّهِ مَا فِى ٱلسَّمَـٰوَٲتِ وَمَا فِى ٱلۡأَرۡضِۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ 109
އަދި، އުޑުތަކުގައި ވާހާއެއްޗަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، اللَّهއަށެވެ. އަދި، އެންމެހާ ކަންތައް رجوعކުރައްވާހުށީ اللَّهގެ حضرةއަށެވެ.
Surah 3 · سورة آل عِمرَان
Juz 1
كُنتُمۡ خَيۡرَ أُمَّةٍ أُخۡرِجَتۡ لِلنَّاسِ تَأۡمُرُونَ بِٱلۡمَعۡرُوفِ وَتَنۡهَوۡنَ عَنِ ٱلۡمُنڪَرِ وَتُؤۡمِنُونَ بِٱللَّهِۗ وَلَوۡ ءَامَنَ أَهۡلُ ٱلۡڪِتَـٰبِ لَكَانَ خَيۡرً۬ا لَّهُمۚ مِّنۡهُمُ ٱلۡمُؤۡمِنُونَ وَأَڪۡثَرُهُمُ ٱلۡفَـٰسِقُونَ 110
މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّةކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمرކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّهއަށް إيمانވަމުއެވެ. ފޮތުގެ أهلވެރިން إيمانވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން إيمانވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ فاسقންނެވެ.
Surah 3 · سورة آل عِمرَان
Juz 1
لَن يَضُرُّوڪُمۡ إِلَّآ أَذً۬ىۖ وَإِن يُقَـٰتِلُوكُمۡ يُوَلُّوكُمُ ٱلۡأَدۡبَارَ ثُمَّ لَا يُنصَرُونَ 111
އުނދަގޫކުރުންނޫން އެހެންގޮތަކުން އެއުރެންނަކަށް ތިޔަބައިމީހުންނަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި، އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރާނަމަ، ތިޔަބައިމީހުންނަށް ފުރަގަސްދީ (ބަލިވެގެން) އެއުރެން ހިނގައިދާނެތެވެ. ދެން، އެއުރެންނަކަށް نصرއެއް ނުލިބޭނެތެވެ.
Surah 3 · سورة آل عِمرَان
Juz 1
ضُرِبَتۡ عَلَيۡہِمُ ٱلذِّلَّةُ أَيۡنَ مَا ثُقِفُوٓاْ إِلَّا بِحَبۡلٍ۬ مِّنَ ٱللَّهِ وَحَبۡلٍ۬ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٍ۬ مِّنَ ٱللَّهِ وَضُرِبَتۡ عَلَيۡہِمُ ٱلۡمَسۡكَنَةُۚ ذَٲلِكَ بِأَنَّهُمۡ كَانُواْ يَكۡفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقۡتُلُونَ ٱلۡأَنۢبِيَآءَ بِغَيۡرِ حَقٍّ۬ۚ ذَٲلِكَ بِمَا عَصَواْ وَّكَانُواْ يَعۡتَدُونَ 112
އެއުރެންވީ، ކޮންމެތަނެއްގައިވެސްް، އެއުރެންގެ މައްޗަށް ދެރަކަމާއި، ނިކަމެތިކަން ލައްވާފައިވެއެވެ. اللَّهގެ عهدއަކުން ނުވަތަ މީސްތަކުންގެ عهدއަކުން (ރައްކާތެރިކަން ލިބިގެންފުމުން) މެނުވީއެވެ. އަދި، اللَّهގެ ކޯފާއާއިގެން އެއުރެން އެނބުރި އައޫއެވެ. އަދި، مسكينކަން އެއުރެންގެ މައްޗަށް ލައްވާފައިވިއެވެ. އެއީ، އެއުރެން اللَّهގެ آيةތަކަށް كافرވެ އަދި، حقއަކާ ނުލައި، ނަބިއްޔުން قتلކޮށް އުޅުނުކަމަށްޓަކައެވެ. އެއީ، އެއުރެން އުރެދުނުކަމަށްޓަކައެވެ. އަދި، އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ.
Surah 3 · سورة آل عِمرَان
Juz 1
۞ لَيۡسُواْ سَوَآءً۬ۗ مِّنۡ أَهۡلِ ٱلۡكِتَـٰبِ أُمَّةٌ۬ قَآٮِٕمَةٌ۬ يَتۡلُونَ ءَايَـٰتِ ٱللَّهِ ءَانَآءَ ٱلَّيۡلِ وَهُمۡ يَسۡجُدُونَ 113
އެއުރެން،(ގެ އެއްމެން) ހަމަހަމަވެގެނެއް ނުވެއެވެ. ފޮތުގެ أهلވެރިންގެ ތެރެއިން ސީދާކަންމަތީ قائمވެ ތިބޭ ބަޔަކުވެއެވެ. އެއުރެން ރޭގަނޑުގެ ވަގުތުތަކުގައި سجدة ކޮށް ނަމާދުކުރާ حال، اللَّه ބާވައިލެއްވި آيةތައް ކިޔަވަތެވެ.
Surah 3 · سورة آل عِمرَان
Juz 1
يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأَخِرِ وَيَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِ وَيُسَـٰرِعُونَ فِى ٱلۡخَيۡرَٲتِ وَأُوْلَـٰٓٮِٕكَ مِنَ ٱلصَّـٰلِحِينَ 114
އެއުރެން اللَّهއަށާއި، آخرةދުވަހަށް إيمانވެތެވެ. އަދި، އެއުރެން ހެޔޮކަންތަކަށް أمرކޮށް، ނުބައިކަންތައް ނަހީކުރެތެވެ. އަދި، ހެޔޮކަންތައް ކުރުމަށް އެއުރެން އަވަސްވެގަނެތެވެ. އެއުރެންވަނީ صالحންގެ ތެރެއިންނެވެ.
Surah 3 · سورة آل عِمرَان
Juz 1
وَمَا يَفۡعَلُواْ مِنۡ خَيۡرٍ۬ فَلَن يُڪۡفَرُوهُۗ وَٱللَّهُ عَلِيمُۢ بِٱلۡمُتَّقِينَ 115
ހެޔޮކަމުގެ ތެރެއިން އެއުރެންކުރާ އެއްވެސްކަމެއް، ފަހެ، އެކަމެއްގެ ثوابން އެއުރެން محروم ނުކުރައްވާހުށްޓެވެ. اللَّهއީ، تقوىވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ ٱلَّذِينَ كَفَرُواْ لَن تُغۡنِىَ عَنۡهُمۡ أَمۡوَٲلُهُمۡ وَلَآ أَوۡلَـٰدُهُم مِّنَ ٱللَّهِ شَيۡـًٔ۬اۖ وَأُوْلَـٰٓٮِٕكَ أَصۡحَـٰبُ ٱلنَّارِۚ هُمۡ فِيہَا خَـٰلِدُونَ 116
ހަމަކަށަވަރުން، كافرވި މީހުންނަކަށް އެއުރެންގެ މުދާތަކެއްވެސް އަދި، އެއުރެންގެ ދަރިންތަކެއްވެސް، އެއުރެންނަށްޓަކައި، اللَّهގެ حضرةން އެއްވެސް ކަމެއް ފުއްދައެއް ނުދޭނެތެވެ. އަދި، އެއުރެންނީ ނަރަކައިގެ أهلވެރިންނެވެ. އެއުރެން އެ ނަރަކާގައި އަބަދަށް ދެމިތިބޭހުއްޓެވެ.
Surah 3 · سورة آل عِمرَان
Juz 1
مَثَلُ مَا يُنفِقُونَ فِى هَـٰذِهِ ٱلۡحَيَوٰةِ ٱلدُّنۡيَا ڪَمَثَلِ رِيحٍ۬ فِيہَا صِرٌّ أَصَابَتۡ حَرۡثَ قَوۡمٍ۬ ظَلَمُوٓاْ أَنفُسَهُمۡ فَأَهۡلَڪَتۡهُۚ وَمَا ظَلَمَهُمُ ٱللَّهُ وَلَـٰكِنۡ أَنفُسَهُمۡ يَظۡلِمُونَ 117
މި ދުނިޔޭގެ حياةގައި، އެއުރެން (އެބަހީ: كافرވި މީހުން) ހޭދަކުރާ އެއްޗެއްގެ مثالއީ، އެ ވައިރޯޅީގައި ގަދަ ފިނިކަމެއް ވާ، ވައިރޯޅިއެއް، އެއުރެންގެ އަމިއްލަ نفسތަކަށް އަނިޔާކުޅަ ބަޔެއްގެ ދަނޑަށްޖެހި، އެ ދަނޑު ހަލާކުކޮށްލި ވައިރޯޅީގެ މިސާލެވެ. اللَّه، އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفسތަކަށް، އެއުރެން އަނިޔާކުރަނީއެވެ.
Surah 3 · سورة آل عِمرَان
Juz 1
يَـٰٓأَيُّہَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ بِطَانَةً۬ مِّن دُونِكُمۡ لَا يَأۡلُونَكُمۡ خَبَالاً۬ وَدُّواْ مَا عَنِتُّمۡ قَدۡ بَدَتِ ٱلۡبَغۡضَآءُ مِنۡ أَفۡوَٲهِهِمۡ وَمَا تُخۡفِى صُدُورُهُمۡ أَكۡبَرُۚ قَدۡ بَيَّنَّا لَكُمُ ٱلۡأَيَـٰتِۖ إِن كُنتُمۡ تَعۡقِلُونَ 118
އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނޫން މީހުންގެ ތެރެއިން ގާތް އެކުވެރިން ތިޔަބައިމީހުން ނުހޯދާށެވެ! (އެހެނީ) ތިޔަބައިމީހުންގެ ކަންތައް
فسادކުރުމުގައި، އެއުރެން ދުލެއް ނުދޭނެތެވެ. އެއުރެން އެދެނީ، ތިޔަބައިމީހުންނަށް ދަތިވެ އުނދަގޫވުމެވެ. ހަމަކަށަވަރުން، އެއުރެންގެ އަނގައިން ދައްކާވާހަކައިން ފާޅުވީ ރުޅިވެރިކަމެވެ. އަދި، އެއުރެންގެ ހިތްތަކުގައި ފޮރުވިފައިވާ ކަންތައް މާބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި، آيةތައް ބަޔާންކޮށް ދެއްވީމެވެ. ތިޔަބައިމީހުން ވިސްނާ ބަޔަކުކަމުގައި ވީނަމައެވެ.
Surah 3 · سورة آل عِمرَان
Juz 1
هَـٰٓأَنتُمۡ أُوْلَآءِ تُحِبُّونَہُمۡ وَلَا يُحِبُّونَكُمۡ وَتُؤۡمِنُونَ بِٱلۡكِتَـٰبِ كُلِّهِۦ وَإِذَا لَقُوكُمۡ قَالُوٓاْ ءَامَنَّا وَإِذَا خَلَوۡاْ عَضُّواْ عَلَيۡكُمُ ٱلۡأَنَامِلَ مِنَ ٱلۡغَيۡظِۚ قُلۡ مُوتُواْ بِغَيۡظِكُمۡۗ إِنَّ ٱللَّهَ عَلِيمُۢ بِذَاتِ ٱلصُّدُورِ 119
ތިޔަބައިމީހުން، އެއުރެންދެކެ ތިޔަ ލޯބިވަނީއެވެ. ތިޔަބައިމީހުން، ހުރިހައި ފޮތަކަށް إيمانވެގެން ތިބޭއިރުވެސް، އެއުރެން ތިޔަބައިމީހުންދެކެ ލޯތްބެއް ނުވެތެވެ. އަދި، އެއުރެން ތިޔަބައިމީހުންނާ ބައްދަލުވެއްޖެ ހިނދަކު، ތިމަންމެން إيمانވެއްޖައީމުއޭ
ބުނެތެވެ. އަދި، އެއުރެން އެކަހެރިވެއްޖެނަމަ، ތިޔަބައިމީހުންދެކެ އަންނަ ރުޅިން އިނގިލިކުރިތަކުގައި ދައިގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ! ހަމަކަށަވަރުން، اللَّهއީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِن تَمۡسَسۡكُمۡ حَسَنَةٌ۬ تَسُؤۡهُمۡ وَإِن تُصِبۡكُمۡ سَيِّئَةٌ۬ يَفۡرَحُواْ بِهَاۖ وَإِن تَصۡبِرُواْ وَتَتَّقُواْ لَا يَضُرُّڪُمۡ كَيۡدُهُمۡ شَيۡـًٔاۗ إِنَّ ٱللَّهَ بِمَا يَعۡمَلُونَ مُحِيطٌ۬ 120
ތިޔަބައިމީހުންނަށް ހެޔޮގޮތެއް ދިމާވެއްޖެނަމަ، އެކަން އެއުރެންނަށް ހިތާމައަކަށްވެއެވެ. އަދި، ތިޔަބައިމީހުންނަށް ދެރަކަމެއް އައިސް ޖެހިއްޖެނަމަ އެކަމަށް އެއުރެން އުފާކުރެތެވެ. އަދި، ތިޔަބައިމީހުން ކެތްކޮށް تقوىވެރިވާނަމަ، (އެބަހީ: ބިރުވެތިވެ ރައްކާތެރިވާނަމަ) އެއުރެންގެ މަކަރުވެރިކަމަކުން ތިޔަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. ހަމަކަށަވަރުން، اللَّهއީ، އެއުރެންކުރާ عملތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
وَإِذۡ غَدَوۡتَ مِنۡ أَهۡلِكَ تُبَوِّئُ ٱلۡمُؤۡمِنِينَ مَقَـٰعِدَ لِلۡقِتَالِۗ وَٱللَّهُ سَمِيعٌ عَلِيمٌ 121
(أُحدހަނގުރާމައިގެ ދުވަހު) ހަނގުރާމައިގެ مركزތަކަށް مؤمنން ހަމަޖައްސަވައި ތައްޔާރުކުރެއްވުމަށްޓަކައި، ކަލޭގެފާނުންގެ أهلވެރިންގެ ތެރެއިން ނުކުމެވަޑައިގެންނެވިހިނދު، (ހަނދުމަ ކުރައްވާށެވެ!) اللَّهއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِذۡ هَمَّت طَّآٮِٕفَتَانِ مِنڪُمۡ أَن تَفۡشَلَا وَٱللَّهُ وَلِيُّہُمَاۗ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ 122
(އެއީ) ތިޔަބައިމީހުންގެ ތެރެއިން ދެބަޔަކު ފިނޑިވެ، ހިތްވަރު އެލުނުހިނދެވެ. اللَّهއީ، އެ ދެބައިމީހުން ރައްކާތެރިކުރައްވައި نصرދެއްވާ ރަސްކަލާނގެއެވެ. ހަމައެކަނި اللَّهއަށް مؤمنން وكيلކުރާހުށިކަމެވެ!
Surah 3 · سورة آل عِمرَان
Juz 1
وَلَقَدۡ نَصَرَكُمُ ٱللَّهُ بِبَدۡرٍ۬ وَأَنتُمۡ أَذِلَّةٌ۬ۖ فَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تَشۡكُرُونَ 123
ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدرހަނގުރާމައިގައި اللَّه، ތިޔަބައިމީހުންނަށް نصرދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكرވެރި ވުމަށްޓަކައެވެ.
Surah 3 · سورة آل عِمرَان
Juz 1
إِذۡ تَقُولُ لِلۡمُؤۡمِنِينَ أَلَن يَكۡفِيَكُمۡ أَن يُمِدَّكُمۡ رَبُّكُم بِثَلَـٰثَةِ ءَالَـٰفٍ۬ مِّنَ ٱلۡمَلَـٰٓٮِٕكَةِ مُنزَلِينَ 124
(އެއީ) ކަލޭގެފާނު مؤمنންނަށް ވިދާޅުވިހިނދުގައެވެ. ބާވައިލައްވާފައިވާ ملائكةންގެ ތެރެއިން، ތިންހާހުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް مددދެއްވުން ތިޔަބައިމީހުންނަކަށް ނުފުދޭހެއްޔެވެ؟
Surah 3 · سورة آل عِمرَان
Juz 1
بَلَىٰٓۚ إِن تَصۡبِرُواْ وَتَتَّقُواْ وَيَأۡتُوكُم مِّن فَوۡرِهِمۡ هَـٰذَا يُمۡدِدۡكُمۡ رَبُّكُم بِخَمۡسَةِ ءَالَـٰفٍ۬ مِّنَ ٱلۡمَلَـٰٓٮِٕكَةِ مُسَوِّمِينَ 125
ނޫނެކެވެ! (ފުދޭނެއެވެ.) ތިޔަބައިމީހުން ކެތްތެރިވެ (اللَّهއަށް) ބިރުވެތިވެ ރައްކާތެރިވާނަމަ، އަދި ތިޔަބައިމީހުންނާ ހަމަޔަށް އެއުރެން (އެބަހީ: مشركން) ހަމަ ކުއްލިޔަކަށް އަންނަނަމަ، ފާހަގަކުރައްވާފައިވާ ފަސްހާސް ملائكةން (ފޮނުއްވައިގެން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް مد د ދެއްވާނެތެވެ.
Surah 3 · سورة آل عِمرَان
Juz 1
وَمَا جَعَلَهُ ٱللَّهُ إِلَّا بُشۡرَىٰ لَكُمۡ وَلِتَطۡمَٮِٕنَّ قُلُوبُكُم بِهِۦۗ وَمَا ٱلنَّصۡرُ إِلَّا مِنۡ عِندِ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ 126
އަދި، ތިޔަބައިމީހުންނަށް (نصرލިބޭނެކަމުގެ) އުފާވެރި خبرއެއް ކަމުގައްޔާއި، އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމަށްޓަކައި މެނުވީ،
اللَّه އެކަންތަކެއް ނުލައްވަތެވެ. (އެބަހީ: ملائكةން ފޮނުއްވައިގެން مددދެއްވުން ނުލައްވަތެވެ.) عزيزވަންތަ، حكيمވަންތަ، اللَّهގެ حضرةން މެނުވީ، نصر ލިބުމެއް ނުވެއެވެ.
Surah 3 · سورة آل عِمرَان
Juz 1
لِيَقۡطَعَ طَرَفً۬ا مِّنَ ٱلَّذِينَ كَفَرُوٓاْ أَوۡ يَكۡبِتَہُمۡ فَيَنقَلِبُواْ خَآٮِٕبِينَ 127
(އެއީ) كافرވި މީހުންގެ ތެރެއިން ބަޔަކު، ނެތިކުރެއްވުމަށްޓަކައެވެ. ނުވަތަ، އެއުރެން ބަލިކުރައްވައި ނިކަމެތި ކުރެއްވުމަށްޓަކައެވެ. ފަހެ، (އެހިނދު) އެއުރެން ބޭނުންކަންތައް ނުވެ ހިތާމަކުރާ حال އެނބުރި ހިނގައިދެތެވެ.
Surah 3 · سورة آل عِمرَان
Juz 1
لَيۡسَ لَكَ مِنَ ٱلۡأَمۡرِ شَىۡءٌ أَوۡ يَتُوبَ عَلَيۡہِمۡ أَوۡ يُعَذِّبَهُمۡ فَإِنَّهُمۡ ظَـٰلِمُونَ 128
(އެއުރެންގެ) ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެކަންއޮތީ ހަމައެކަނި اللَّهއަށެވެ.) އެކަލާނގެ (އިރާދަކުރައްވާނަމަ) އެއުރެންގެ މައްޗަށް، توبة ލައްވައިފާނެތެވެ. ނުވަތަ، އެއުރެންނަށް عذاب ދެއްވައިފާނެތެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ އަނިޔާވެރިންނެވެ.
Surah 3 · سورة آل عِمرَان
Juz 1
وَلِلَّهِ مَا فِى ٱلسَّمَـٰوَٲتِ وَمَا فِى ٱلۡأَرۡضِۚ يَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۚ وَٱللَّهُ غَفُورٌ۬ رَّحِيمٌ۬ 129
އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، اللَّهއަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި، އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذابދެއްވަތެވެ. اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَأۡڪُلُواْ ٱلرِّبَوٰٓاْ أَضۡعَـٰفً۬ا مُّضَـٰعَفَةً۬ۖ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ 130
އޭ إيمانވެއްޖެ މީސްތަކުންނޭވެ! ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން رِبا ނުކާށެވެ! އަދި، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި نصيبލިބުމަށްޓަކައެވެ.
(އިތުރުބަޔާން: މި آيةގައި ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި رِبا ނުކެއުމަށް އެންގެވުމަކުން، އެނޫންގޮތެއްގައި رِباކެއުން ހުއްދައެއް ނުވެއެވެ.)
Surah 3 · سورة آل عِمرَان
Juz 1
وَٱتَّقُواْ ٱلنَّارَ ٱلَّتِىٓ أُعِدَّتۡ لِلۡكَـٰفِرِينَ 131
އަދި، ނަރަކަޔަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ނަރަކަޔަކީ، كافرންނަށްޓަކައި ތައްޔާރުކުރައްވާފައިވާ ތަނެކެވެ.
Surah 3 · سورة آل عِمرَان
Juz 1
وَأَطِيعُواْ ٱللَّهَ وَٱلرَّسُولَ لَعَلَّڪُمۡ تُرۡحَمُونَ 132
އަދި، اللَّهއަށާއި، رسولއާއަށް، ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمةލެއްވުމަށްޓަކައެވެ.
Surah 3 · سورة آل عِمرَان
Juz 1
۞ وَسَارِعُوٓاْ إِلَىٰ مَغۡفِرَةٍ۬ مِّن رَّبِّڪُمۡ وَجَنَّةٍ عَرۡضُهَا ٱلسَّمَـٰوَٲتُ وَٱلۡأَرۡضُ أُعِدَّتۡ لِلۡمُتَّقِينَ 133
އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوىވެރިންނަށެވެ.
Surah 3 · سورة آل عِمرَان
Juz 1
ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلۡڪَـٰظِمِينَ ٱلۡغَيۡظَ وَٱلۡعَافِينَ عَنِ ٱلنَّاسِۗ وَٱللَّهُ يُحِبُّ ٱلۡمُحۡسِنِينَ 134
އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި حالގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسانތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.
Surah 3 · سورة آل عِمرَان
Juz 1
وَٱلَّذِينَ إِذَا فَعَلُواْ فَـٰحِشَةً أَوۡ ظَلَمُوٓاْ أَنفُسَہُمۡ ذَكَرُواْ ٱللَّهَ فَٱسۡتَغۡفَرُواْ لِذُنُوبِهِمۡ وَمَن يَغۡفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمۡ يُصِرُّواْ عَلَىٰ مَا فَعَلُواْ وَهُمۡ يَعۡلَمُونَ 135
އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެއުރެންގެ نفسތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) اللَّه ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި دعاءކޮށް އުޅޭމީހުންނެވެ. اللَّه ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި حال އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ.
Surah 3 · سورة آل عِمرَان
Juz 1
أُوْلَـٰٓٮِٕكَ جَزَآؤُهُم مَّغۡفِرَةٌ۬ مِّن رَّبِّهِمۡ وَجَنَّـٰتٌ۬ تَجۡرِى مِن تَحۡتِهَا ٱلۡأَنۡہَـٰرُ خَـٰلِدِينَ فِيہَاۚ وَنِعۡمَ أَجۡرُ ٱلۡعَـٰمِلِينَ 136
އެއުރެންގެ ޖަޒާޔަކީ އެއުރެންގެ ވެރިރަސްކަލާނގެ حضرةން ފާފަފުއްސެވުމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން އަބަދަށް ދެމިތިބޭ حالގައެވެ. ހެޔޮ عملކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ!
Surah 3 · سورة آل عِمرَان
Juz 1
قَدۡ خَلَتۡ مِن قَبۡلِكُمۡ سُنَنٌ۬ فَسِيرُواْ فِى ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَـٰقِبَةُ ٱلۡمُكَذِّبِينَ 137
(އެކިއެކި أمّةތަކާމެދު) ހިނގައިދިޔަ ކަންތައްތަކެއް ތިޔަބައިމީހުންގެ ކުރިން އިސްވެ ހިނގައްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން، ދޮގުކުޅަ މީހުންގެ ނަތީޖާއޮތީ ކޮންފަދަޔަކުންތޯ ނިކަން ބަލައިބަލާށެވެ!
Surah 3 · سورة آل عِمرَان
Juz 1
هَـٰذَا بَيَانٌ۬ لِّلنَّاسِ وَهُدً۬ى وَمَوۡعِظَةٌ۬ لِّلۡمُتَّقِينَ 138
މިއީ، މީސްތަކުންނަށް އޮތް ސާފުސީދާ ބަޔާނެކެވެ. އަދި، މަގު ދެއްކެވުމެކެވެ. އަދި، تقوىވެރިންނަށްއޮތް وعظއެކެވެ.
Surah 3 · سورة آل عِمرَان
Juz 1
وَلَا تَهِنُواْ وَلَا تَحۡزَنُواْ وَأَنتُمُ ٱلۡأَعۡلَوۡنَ إِن كُنتُم مُّؤۡمِنِينَ 139
ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން مؤمنން ކަމުގައި ވާނަމައެވެ.
Surah 3 · سورة آل عِمرَان
Juz 1
إِن يَمۡسَسۡكُمۡ قَرۡحٌ۬ فَقَدۡ مَسَّ ٱلۡقَوۡمَ قَرۡحٌ۬ مِّثۡلُهُ ۥۚ وَتِلۡكَ ٱلۡأَيَّامُ نُدَاوِلُهَا بَيۡنَ ٱلنَّاسِ وَلِيَعۡلَمَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَيَتَّخِذَ مِنكُمۡ شُہَدَآءَۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ 140
(أُحدހަނގުރާމައިގެ ދުވަހު) ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭނަމަ، ހަމަކަށަވަރުން، (كافرންގެ) މީސްތަކުންނަށްވެސް، އެފަދަ ހާނީއްކަޔާއި ވޭން ވަނީ،
(بدرހަނގުރާމައިގެ ދުވަހުގައި) ލިބިފައެވެ. އެއީ، ދުވަސްތަކެކެވެ. ތިމަންރަސްކަލާނގެ އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ. އަދި، (އެއީ) إيمانވެއްޖެ މީސްތަކުން، اللَّه ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައްޔާއި، ތިޔަބައިމީހުންގެ ތެރެއިން ބަޔަކު شهيدން ކަމުގައި ލެއްވުމަށްޓަކައެވެ. އަނިޔާވެރިންދެކެ، اللَّه ލޯބިވެވޮޑިގެނެއްނުވެތެވެ.
Surah 3 · سورة آل عِمرَان
Juz 1
وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَيَمۡحَقَ ٱلۡكَـٰفِرِينَ 141
އަދި، اللَّه، إيمانވެއްޖެ މީސްތަކުން طاهرކުރައްވައި، ސާފުކުރެއްވުމަށްޓަކައެވެ. އަދި، كافرން ހަލާކުކުރައްވައި، ނެތިކުރެއްވުމަށްޓަކައެވެ.
Surah 3 · سورة آل عِمرَان
Juz 1
أَمۡ حَسِبۡتُمۡ أَن تَدۡخُلُواْ ٱلۡجَنَّةَ وَلَمَّا يَعۡلَمِ ٱللَّهُ ٱلَّذِينَ جَـٰهَدُواْ مِنكُمۡ وَيَعۡلَمَ ٱلصَّـٰبِرِينَ 142
ތިޔަބައިމީހުންގެ ތެރެއިން جهادކުޅަމީހުން اللَّه ދެނެވޮޑިގެންވެ، އެކަން ހާމަނުވަނީސް އަދި، ކެތްތެރިންވެސް ދެނެވޮޑިގެންވެ، އެކަން ހާމަނުވަނީސް ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟
Surah 3 · سورة آل عِمرَان
Juz 1
وَلَقَدۡ كُنتُمۡ تَمَنَّوۡنَ ٱلۡمَوۡتَ مِن قَبۡلِ أَن تَلۡقَوۡهُ فَقَدۡ رَأَيۡتُمُوهُ وَأَنتُمۡ تَنظُرُونَ 143
އަދި، މަރުވުމަށް އެދޭކަމުގައި (އެބަހީ: شهيدވުމަށް އެދޭ ބަޔަކު ކަމުގައި) ހަމަކަށަވަރުންވެސް ތިޔަބައިމީހުން ވީމުއެވެ. (އެއީ) ތިޔަބައިމީހުން އެ މަރާ ބައްދަލުކުރުމުގެ ކުރީގައެވެ. ފަހެ، (މިހާރު) ތިޔަބައިމީހުން ލޮލުން ދެކޭ حالގައި ތިޔަބައިމީހުންނަށް އެކަންތައް ފެނިއްޖެކަން ކަށަވަރެވެ.
Surah 3 · سورة آل عِمرَان
Juz 1
وَمَا مُحَمَّدٌ إِلَّا رَسُولٌ۬ قَدۡ خَلَتۡ مِن قَبۡلِهِ ٱلرُّسُلُۚ أَفَإِيْن مَّاتَ أَوۡ قُتِلَ ٱنقَلَبۡتُمۡ عَلَىٰٓ أَعۡقَـٰبِكُمۡۚ وَمَن يَنقَلِبۡ عَلَىٰ عَقِبَيۡهِ فَلَن يَضُرَّ ٱللَّهَ شَيۡـًٔ۬اۗ وَسَيَجۡزِى ٱللَّهُ ٱلشَّـٰڪِرِينَ 144
رسولއަކު ކަމުގައި މެނުވީ محمدގެފާނުން ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރިންވެސް رسولން އިސްވެގޮސްފައިވެއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވެއްޖެނަމަ، ނުވަތަ قتلވެއްޖެނަމަ، ތިޔަބައިމީހުން (كافرވުމަށް) ފަހަތަށް އެނބުރި ގަންނަންވީ ހެއްޔެވެ؟ އަދި، ފަހަތަށް އެނބުރިގަންނަ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއްވެސް ކަމަކުން اللَّهއަށް ގެއްލުމެއް ނުދެވޭނެތެވެ. شكرކުރާ މީހުންނަށް اللَّه ޖަޒާ ދެއްވާނެތެވެ.
Surah 3 · سورة آل عِمرَان
Juz 1
وَمَا ڪَانَ لِنَفۡسٍ أَن تَمُوتَ إِلَّا بِإِذۡنِ ٱللَّهِ كِتَـٰبً۬ا مُّؤَجَّلاً۬ۗ وَمَن يُرِدۡ ثَوَابَ ٱلدُّنۡيَا نُؤۡتِهِۦ مِنۡہَا وَمَن يُرِدۡ ثَوَابَ ٱلۡأَخِرَةِ نُؤۡتِهِۦ مِنۡہَاۚ وَسَنَجۡزِى ٱلشَّـٰكِرِينَ 145
އަދި، اللَّه ގެ إذنފުޅާލައިގެންމެނުވީ، މަރުވުމަކީ، އެއްވެސް نفسއަކަށް އޮތްކަމެއް ނޫނެވެ. (އެކަންއޮތީ) ވަގުތު ކަނޑައަޅުއްވައި ލިޔުއްވާފައެވެ. އަދި، ދުނިޔޭގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރު ކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، آخرةގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރުކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، شكرކުރާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.
Surah 3 · سورة آل عِمرَان
Juz 1
وَكَأَيِّن مِّن نَّبِىٍّ۬ قَـٰتَلَ مَعَهُ ۥ رِبِّيُّونَ كَثِيرٌ۬ فَمَا وَهَنُواْ لِمَآ أَصَابَہُمۡ فِى سَبِيلِ ٱللَّهِ وَمَا ضَعُفُواْ وَمَا ٱسۡتَكَانُواْۗ وَٱللَّهُ يُحِبُّ ٱلصَّـٰبِرِينَ 146
އެ ނަބިއްޔުންގެ އަރިހުގައި ގިނަވެގެންވާ جماعةތައް ހަނގުރާމަކުޅައީ ކިތައްކިތައް ނަބިއްޔުންހޭ؟ ފަހެ، اللَّهގެ މަގުގައި އެއުރެންނަށް ޖެހުނު ކަންތަކަށް އެއުރެން ފިނޑިއެއްނުވިއެވެ. އަދި، އެއުރެން ނިކަމެއްޗެއްވެސް ނުވޫއެވެ. އަދި،
(دشمنންގެ ކުރިމަތީގައި) އެއުރެން ބަލިކަށްޓެއްވެސް ނުވޫއެވެ. ކެތްތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.
Surah 3 · سورة آل عِمرَان
Juz 1
وَمَا كَانَ قَوۡلَهُمۡ إِلَّآ أَن قَالُواْ رَبَّنَا ٱغۡفِرۡ لَنَا ذُنُوبَنَا وَإِسۡرَافَنَا فِىٓ أَمۡرِنَا وَثَبِّتۡ أَقۡدَامَنَا وَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡڪَـٰفِرِينَ 147
އަދި، އެއުރެންގެ ބަހެއްކަމުގައި އެއުރެން ދެންނެވުންމެނުވީ ނުވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި، كافرވެގެންވާ މީސްތަކުންގެ މައްޗަށް އަޅަމެންނަށް نصرދެއްވާނދޭވެ!
Surah 3 · سورة آل عِمرَان
Juz 1
فَـَٔاتَٮٰهُمُ ٱللَّهُ ثَوَابَ ٱلدُّنۡيَا وَحُسۡنَ ثَوَابِ ٱلۡأَخِرَةِۗ وَٱللَّهُ يُحِبُّ ٱلۡمُحۡسِنِينَ 148
ދެންފަހެ، ދުނިޔޭގެ ثوابއާއި، آخرةގެ ރިވެތި ثواب އެއުރެންނަށް
اللَّه ދެއްވިއެވެ. إحسانތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.
Surah 3 · سورة آل عِمرَان
Juz 1
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تُطِيعُواْ ٱلَّذِينَ كَفَرُواْ يَرُدُّوڪُمۡ عَلَىٰٓ أَعۡقَـٰبِكُمۡ فَتَنقَلِبُواْ خَـٰسِرِينَ 149
އޭ إيمانވެއްޖެ މީސްތަކުންނޭވެ! كافرވި މީހުންނަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ފުރަގަހަށް އެއުރެން ތިޔަބައިމީހުން އަނބުރާ ރައްދުކޮށްފާނެތެވެ. (އެބަހީ: ތިޔަބައިމީހުން دينން ބޭރުކޮށްފާނެތެވެ.) ފަހެ، (އެހިނދު) ތިޔަބައިމީހުން އެނބުރިދާނީ، ގެއްލެނިވެގެންވާ حالގައެވެ.
Surah 3 · سورة آل عِمرَان
Juz 1
بَلِ ٱللَّهُ مَوۡلَٮٰڪُمۡۖ وَهُوَ خَيۡرُ ٱلنَّـٰصِرِينَ 150
އަދި، ކިއެއްތަ! ތިޔަބައިމީހުންނަށް نصرދެއްވާ އެހީތެރިޔަކީ اللَّهއެވެ. އަދި، نصرދެއްވާ އެންމެ ހެޔޮފަރާތަކީ އެކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
سَنُلۡقِى فِى قُلُوبِ ٱلَّذِينَ كَفَرُواْ ٱلرُّعۡبَ بِمَآ أَشۡرَڪُواْ بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَـٰنً۬اۖ وَمَأۡوَٮٰهُمُ ٱلنَّارُۚ وَبِئۡسَ مَثۡوَى ٱلظَّـٰلِمِينَ 151
كافرވި މީހުންގެ ހިތްތަކަށް ނިކަންހުރެ ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. (އެއީ) އެތަކެއްޗަށް اللَّه އެއްވެސް ބާރެއް ބާވައިލައްވާފައިނުވާ ތަކެތި، اللَّهއާ އެއްފަދަކޮށް، އެއުރެން شريكކުޅަކަމަށްޓަކައެވެ. އަދި، އެއުރެން ތިބެނިވި ތަނަކީ، ނަރަކަޔެވެ. އެއީ، އަނިޔާވެރިން (އެބަހީ: مشركން) ތިބުމަށް ހާދަހާ ނުބައި ތަނެކެވެ.
Surah 3 · سورة آل عِمرَان
Juz 1
وَلَقَدۡ صَدَقَڪُمُ ٱللَّهُ وَعۡدَهُ ۥۤ إِذۡ تَحُسُّونَهُم بِإِذۡنِهِۦۖ حَتَّىٰٓ إِذَا فَشِلۡتُمۡ وَتَنَـٰزَعۡتُمۡ فِى ٱلۡأَمۡرِ وَعَصَيۡتُم مِّنۢ بَعۡدِ مَآ أَرَٮٰكُم مَّا تُحِبُّونَۚ مِنڪُم مَّن يُرِيدُ ٱلدُّنۡيَا وَمِنڪُم مَّن يُرِيدُ ٱلۡأَخِرَةَۚ ثُمَّ صَرَفَڪُمۡ عَنۡہُمۡ لِيَبۡتَلِيَكُمۡۖ وَلَقَدۡ عَفَا عَنڪُمۡۗ وَٱللَّهُ ذُو فَضۡلٍ عَلَى ٱلۡمُؤۡمِنِينَ 152
ހަމަކަށަވަރުން اللَّه، ތިޔަބައިމީހުންނަށް، އެކަލާނގެ وعدފުޅު ފުއްދަވައި ދެއްވިއެވެ. އެކަލާނގެ إذنފުޅާލައިގެން ތިޔަބައިމީހުން އެ كافرން قتلކޮށް ނެތިކުރަމުން ދިޔަހިނދުގައެވެ. ތިޔަބައިމީހުން ހިތްއެދޭ ކަންތައް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްކެވުމަށްފަހު، ތިޔަބައިމީހުން އުރެދި، އަދި (رسولއާ އެންގެވި) ކަންތަކުގައި ތިޔަބައިމީހުން ދެބަސްވެ، ފިނޑިވެއްޖައުމަށް ދާނދެނެވެ. ތިޔަބައިމީހުންގެ ތެރޭގައި ދުނިޔެ އެދޭ މީހުންވެއެވެ. އަދި، ތިޔަބައިމީހުންގެ ތެރޭގައި
آخرة އެދޭމީހުންވެސްވެއެވެ. ދެން، އެ كافرންގެ ކިބައިން ތިޔަބައިމީހުން އެއްކިބާ ކުރެއްވިއެވެ. އެއީ، ތިޔަބައިމީހުން امتحانކުރެއްވުމަށްޓަކައެވެ. އަދި، ހަމަކަށަވަރުން އެކަލާނގެ ތިޔަބައިމީހުންނަށް عفوކުރެއްވިއެވެ. اللَّهއީ، مؤمنތަކުންގެ މައްޗަށް فضلވަންތަވެރި ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
۞ إِذۡ تُصۡعِدُونَ وَلَا تَلۡوُ ۥنَ عَلَىٰٓ أَحَدٍ۬ وَٱلرَّسُولُ يَدۡعُوڪُمۡ فِىٓ أُخۡرَٮٰكُمۡ فَأَثَـٰبَڪُمۡ غَمَّۢا بِغَمٍّ۬ لِّڪَيۡلَا تَحۡزَنُواْ عَلَىٰ مَا فَاتَڪُمۡ وَلَا مَآ أَصَـٰبَڪُمۡۗ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ 153
(އެއީ) ތިޔަބައިމީހުން އެކަކަށްވެސް އެނބުރި ބަލައިނުލައި ދުރަށްދިޔަ ހިނދުގައެވެ. ތިޔަބައިމީހުންގެ ފަހަތުން رسولއާ ތިޔަބައިމީހުންނަށް ގޮވާލައްވާ
حالގައެވެ. ދެން، މޮޅިވެރިކަމަކާ ވިދިގެން މޮޅިވެރިކަމަކުން ތިޔަބައިމީހުންނަށް ޖަޒާ ދެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް (غنيمةއިން) ފާއިތުވީ އެއްޗެއްގެ މައްޗަށާއި، ތިޔަބައިމީހުންނަށް ޖެހުނު ކަންތަކުގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުރުމަށްޓަކައެވެ. اللَّهއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
ثُمَّ أَنزَلَ عَلَيۡكُم مِّنۢ بَعۡدِ ٱلۡغَمِّ أَمَنَةً۬ نُّعَاسً۬ا يَغۡشَىٰ طَآٮِٕفَةً۬ مِّنكُمۡۖ وَطَآٮِٕفَةٌ۬ قَدۡ أَهَمَّتۡہُمۡ أَنفُسُہُمۡ يَظُنُّونَ بِٱللَّهِ غَيۡرَ ٱلۡحَقِّ ظَنَّ ٱلۡجَـٰهِلِيَّةِۖ يَقُولُونَ هَل لَّنَا مِنَ ٱلۡأَمۡرِ مِن شَىۡءٍ۬ۗ قُلۡ إِنَّ ٱلۡأَمۡرَ كُلَّهُ ۥ لِلَّهِۗ يُخۡفُونَ فِىٓ أَنفُسِہِم مَّا لَا يُبۡدُونَ لَكَۖ يَقُولُونَ لَوۡ كَانَ لَنَا مِنَ ٱلۡأَمۡرِ شَىۡءٌ۬ مَّا قُتِلۡنَا هَـٰهُنَاۗ قُل لَّوۡ كُنتُمۡ فِى بُيُوتِكُمۡ لَبَرَزَ ٱلَّذِينَ كُتِبَ عَلَيۡهِمُ ٱلۡقَتۡلُ إِلَىٰ مَضَاجِعِهِمۡۖ وَلِيَبۡتَلِىَ ٱللَّهُ مَا فِى صُدُورِڪُمۡ وَلِيُمَحِّصَ مَا فِى قُلُوبِكُمۡۗ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ 154
ދެން، އެ ހިތާމަޔަށްފަހު ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށްޖެހޭ މަޑު ނިންޖެއްގެ ގޮތުގައި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ އަމާންކަން ބާވައިލެއްވިއެވެ. އަނެއްބަޔަކަށް އެއުރެންގެ އަމިއްލަ نفسތަކުން ހިތާމަވެރިކަން ލިއްބައިފިކަން ކަށަވަރެވެ. اللَّهއާމެދު އެއުރެން حق ނޫންގޮތްތައް ހީކުރެތެވެ. (އެއީ) ޖާހިލީ ޒަމާނުގެ ހީކުރުމެވެ. އެއުރެން ބުނެތެވެ. ކަންތަކުގެ ތެރެއިން (އެބަހީ: نصرދެއްވުންފަދަ ކަންތަކުގެ ތެރެއިން) އެއްވެސްކަމެއް ތިމަންމެންނަށް ވޭތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ހުރިހާކަމެއްމެ މިލްކުވެވޮޑިގެންވަނީ اللَّهއަށެވެ. ކަލޭގެފާނަށް އެއުރެން ފާޅުނުކުރާ ކަންތައް، އެއުރެންގެ ހިތްތަކުގައި ވަންހަނާ ކުރެތެވެ.
އެއުރެން ބުނެތެވެ. ކަންތަކުގެ ތެރެއިން ކަމެއް (އެބަހީ: ހަނގުރާމަޔަށް ނުކުތުމާމެދު اختيارއެއް) ތިމަންމެންނަށް ލިބިގެންވީނަމަ، މިތާނގައި ތިމަންމެން قتلއެއް ނުވީހެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ގޭގޭގައި ތިޔަބައިމީހުން ވީކަމުގައިވިޔަސް قتلވުން އެބަޔެއްގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވާފައިވާ މީހުން، އެއުރެން قتلވެގެން ވެއްޓޭނޭ ތަންތަނަށް ނުކުތީސްކަން ކަށަވަރެވެ. އަދި، (ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ فرضކުރެއްވީ) اللَّه ތިޔަބައިމީހުންގެ ހިތްތަކުގައިވާގޮތް امتحان ކުރެއްވުމަށްޓަކައެވެ. އަދި، ތިޔަބައިމީހުންގެ ހިތްތަކުގައިވާ ގޮތްތައް ވަކި ކުރައްވައި ހާމަކުރެއްވުމަށްޓަކައެވެ. اللَّهއީ، ހިތްތަކުގައި ވާހައިކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ ٱلَّذِينَ تَوَلَّوۡاْ مِنكُمۡ يَوۡمَ ٱلۡتَقَى ٱلۡجَمۡعَانِ إِنَّمَا ٱسۡتَزَلَّهُمُ ٱلشَّيۡطَـٰنُ بِبَعۡضِ مَا كَسَبُواْۖ وَلَقَدۡ عَفَا ٱللَّهُ عَنۡہُمۡۗ إِنَّ ٱللَّهَ غَفُورٌ حَلِيمٌ۬ 155
ހަމަކަށަވަރުން، (أُحدހަނގުރާމައިގައި) ދެ لشكر ބައްދަލުވީ ދުވަހު، ތިޔަބައިމީހުންގެ ތެރެއިން (ހަނގުރާމަޔަށް) އެނބުރި ފުރަގަސްދިން މީހުން، شيطانއާ އެއުރެންގެ މަގުން އެއްކިބާ ކުރިކަން ކަށަވަރީ، އެއުރެން ހޯދި ބައެއް ކަންތަކުގެ ސަބަބުންނެވެ. (އެބަހީ: رسولއާގެ އެންގެވުންތަކާ خلافވުމުގެ ސަބަބުންނެވެ.)
ހަމަކަށަވަރުން، اللَّه އެއުރެންނަށް عفوކުރައްވައިފިއެވެ. ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ حليمވަންތަ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
يَـٰٓأَيُّہَا ٱلَّذِينَ ءَامَنُواْ لَا تَكُونُواْ كَٱلَّذِينَ كَفَرُواْ وَقَالُواْ لِإِخۡوَٲنِهِمۡ إِذَا ضَرَبُواْ فِى ٱلۡأَرۡضِ أَوۡ كَانُواْ غُزًّ۬ى لَّوۡ كَانُواْ عِندَنَا مَا مَاتُواْ وَمَا قُتِلُواْ لِيَجۡعَلَ ٱللَّهُ ذَٲلِكَ حَسۡرَةً۬ فِى قُلُوبِہِمۡۗ وَٱللَّهُ يُحۡىِۦ وَيُمِيتُۗ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٌ۬ 156
އޭ إيمانވެއްޖެ މީސްތަކުންނޭވެ! كافرވި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! (އެއީ) އެއުރެންގެ أخން ދަތުރު ފަތުރުކޮށް އުޅުނުހިނދު ނުވަތަ، ހަނގުރާމަވެރިންކަމުގައި ވީހިނދު، ތިމަންމެންގެ ގާތުގައި އެއުރެން ތިބިނަމަ މަރެއްނުވީހޭ، އަދި قتلއެއްވެސް ނުވީހޭ، އެއުރެންގެ أخންނަށް ބުނި މީހުންނެވެ. (އެއުރެން އެ ބަސްބުނީ) اللَّه، އެ ބަސް އެއުރެންގެ ހިތްތަކުގައި ހިތާމަޔެއް ކަމުގައި ލެއްވުމަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، اللَّهއެވެ. އަދި، اللَّهއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
وَلَٮِٕن قُتِلۡتُمۡ فِى سَبِيلِ ٱللَّهِ أَوۡ مُتُّمۡ لَمَغۡفِرَةٌ۬ مِّنَ ٱللَّهِ وَرَحۡمَةٌ خَيۡرٌ۬ مِّمَّا يَجۡمَعُونَ 157
ހަމަކަށަވަރުން، اللَّهގެ މަގުގައި ތިޔަބައިމީހުން قتلވިޔަސް، ނުވަތަ މަރުވިޔަސް، اللَّهގެ حضرةން(ލިބޭ) ފާފަފުއްސެވުމާއި، رحمةލެއްވުން އެއުރެން އެއްކުރާ ތަކެއްޗަށްވުރެ މާ ހެޔޮކަން ބޮޑެވެ.
Surah 3 · سورة آل عِمرَان
Juz 1
وَلَٮِٕن مُّتُّمۡ أَوۡ قُتِلۡتُمۡ لَإِلَى ٱللَّهِ تُحۡشَرُونَ 158
ހަމަކަށަވަރުން، ތިޔަބައިމީހުން މަރުވިޔަސް، ނުވަތަ قتلވިޔަސް، ތިޔަބައިމީހުން އެއްކުރައްވާހުށީ، اللَّهގެ حضرةއަށް ކަން ކަށަވަރެވެ.
Surah 3 · سورة آل عِمرَان
Juz 1
فَبِمَا رَحۡمَةٍ۬ مِّنَ ٱللَّهِ لِنتَ لَهُمۡۖ وَلَوۡ كُنتَ فَظًّا غَلِيظَ ٱلۡقَلۡبِ لَٱنفَضُّواْ مِنۡ حَوۡلِكَۖ فَٱعۡفُ عَنۡہُمۡ وَٱسۡتَغۡفِرۡ لَهُمۡ وَشَاوِرۡهُمۡ فِى ٱلۡأَمۡرِۖ فَإِذَا عَزَمۡتَ فَتَوَكَّلۡ عَلَى ٱللَّهِۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَوَكِّلِينَ 159
އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّهގެ حضرةން ލެއްވި رحمةއެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفوކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورةކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزمކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّهއަށް
وكيلކުރައްވާށެވެ! ހަމަކަށަވަރުން، وكيلކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.
Surah 3 · سورة آل عِمرَان
Juz 1
إِن يَنصُرۡكُمُ ٱللَّهُ فَلَا غَالِبَ لَكُمۡۖ وَإِن يَخۡذُلۡكُمۡ فَمَن ذَا ٱلَّذِى يَنصُرُكُم مِّنۢ بَعۡدِهِۦۗ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ 160
اللَّه، ތިޔަބައިމީހުންނަށް نصرދެއްވާނަމަ، ފަހެ، ތިޔަބައިމީހުން ބަލިކުރާނޭ އެއްވެސް ފަރާތެއްނެތެވެ. އަދި، އެކަލާނގެ ތިޔަބައިމީހުން ދެރަކުރައްވާނަމަ، އެއަށްފަހު ތިޔަބައިމީހުންނަށް نصرދޭނީ ފަހެ، ކާކުހެއްޔެވެ؟ އަދި، ހަމައެކަނި اللَّهއަށް مؤمنން وكيلކުރާހުށިކަމެވެ!
Surah 3 · سورة آل عِمرَان
Juz 1
وَمَا كَانَ لِنَبِىٍّ أَن يَغُلَّۚ وَمَن يَغۡلُلۡ يَأۡتِ بِمَا غَلَّ يَوۡمَ ٱلۡقِيَـٰمَةِۚ ثُمَّ تُوَفَّىٰ ڪُلُّ نَفۡسٍ۬ مَّا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ 161
(غنيمة) މުދަލަށް خيانةތެރިވުމަކީ، ނަބީބޭކަލަކަށް އޮތްކަމެއް ނޫނެވެ. އަދި، މުދަލަށް خيانةތެރިވާ މީހާ އެމީހަކު خيانةތެރިވި ތަކެއްޗާއިގެން قيامةދުވަހުން (އެކަލާނގެ حضرةއަށް) އަންނާނެތެވެ. ދެން، ކޮންމެ نفسއަކަށްމެ އެ نفسއެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބިދެއްވާނެތެވެ. އެއުރެންނަށް ބޭއިންސާފު ނުކުރައްވާ ގޮތުގައެވެ.
Surah 3 · سورة آل عِمرَان
Juz 1
أَفَمَنِ ٱتَّبَعَ رِضۡوَٲنَ ٱللَّهِ كَمَنۢ بَآءَ بِسَخَطٍ۬ مِّنَ ٱللَّهِ وَمَأۡوَٮٰهُ جَهَنَّمُۚ وَبِئۡسَ ٱلۡمَصِيرُ 162
ފަހެ، اللَّهގެ ރުއްސެވުމަށް تبعވީމީހާ، اللَّهގެ حضرةން އަންނަ ކޯފާއަކާއިގެން އެނބުރި އައިމީހެއްފަދަ ހެއްޔެވެ؟ އަދި، އެމީހަކު (އެބަހީ: اللَّهގެ ކޯފާއާއިގެން އައި މީހަކު) އުޅޭނެތަނަކީ، جهنّمއެވެ. (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިއުމެކެވެ.
Surah 3 · سورة آل عِمرَان
Juz 1
هُمۡ دَرَجَـٰتٌ عِندَ ٱللَّهِۗ وَٱللَّهُ بَصِيرُۢ بِمَا يَعۡمَلُونَ 163
އެއުރެން، اللَّهގެ حضرةގައި ވަނީ ދަރަޖަތަކަކަށެވެ. އަދި، اللَّهއީ، އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
لَقَدۡ مَنَّ ٱللَّهُ عَلَى ٱلۡمُؤۡمِنِينَ إِذۡ بَعَثَ فِيہِمۡ رَسُولاً۬ مِّنۡ أَنفُسِهِمۡ يَتۡلُواْ عَلَيۡہِمۡ ءَايَـٰتِهِۦ وَيُزَڪِّيہِمۡ وَيُعَلِّمُهُمُ ٱلۡكِتَـٰبَ وَٱلۡحِڪۡمَةَ وَإِن كَانُواْ مِن قَبۡلُ لَفِى ضَلَـٰلٍ۬ مُّبِينٍ 164
ހަމަކަށަވަރުން، مؤمنންގެ މައްޗަށް اللَّه ދަރުމަވަންތަވެ ވޮޑިގެންފިއެވެ. (އެއީ) އެއުރެންގެ ތެރެޔަށް، ހަމަ އެއުރެންގެ ތެރެއިން رسولއަކު ފޮނުއްވި ހިނދުގައެވެ. އެކަލާނގެ آيةތައް އެއުރެންނަށް ކިޔަވައިދެއްވާ އަދި، އެއުރެން
طاهرކުރައްވާ، އަދި ފޮތާއި حكمة، އެއުރެންނަށް އުނގަންނައިދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އޭގެކުރިން އެއުރެންވީ، ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.
Surah 3 · سورة آل عِمرَان
Juz 1
أَوَلَمَّآ أَصَـٰبَتۡكُم مُّصِيبَةٌ۬ قَدۡ أَصَبۡتُم مِّثۡلَيۡہَا قُلۡتُمۡ أَنَّىٰ هَـٰذَاۖ قُلۡ هُوَ مِنۡ عِندِ أَنفُسِكُمۡۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىۡءٍ۬ قَدِيرٌ۬ 165
މިކަންތައްއައީ ކޮންތާކުންހޭ ތިޔަބައިމީހުން ބުނީ، ތިޔަބައިމީހުންނަށް مصيبةއެއް އައިސް ޖެހުނީމާ ހެއްޔެވެ؟ ހަމަކަށަވަރުން، އެ مصيبةގެ ދެގުނަ (އެއުރެންނަށް) ތިޔަބައިމީހުންވަނީ ޖައްސާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ، ތިޔަބައިމީހުންގެ އަމިއްލަ نفسގެ ފަރާތުން އައިކަމެކެވެ. ހަމަކަށަވަރުން، اللَّهއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
وَمَآ أَصَـٰبَكُمۡ يَوۡمَ ٱلۡتَقَى ٱلۡجَمۡعَانِ فَبِإِذۡنِ ٱللَّهِ وَلِيَعۡلَمَ ٱلۡمُؤۡمِنِينَ 166
(أُحدހަނގުރާމައިގައި) ދެ لشكر ބައްދަލުވި ދުވަހު، ތިޔަބައިމީހުންނަށް ޖެހުނުކަންތައް (ދަންނާށެވެ!) ފަހެ، އެއީ اللَّهގެ إذنފުޅާ ލައިގެން ޖެހުނުކަމެކެވެ. އަދި، (ތެދުވެރި) مؤمنން ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައެވެ.
Surah 3 · سورة آل عِمرَان
Juz 1
وَلِيَعۡلَمَ ٱلَّذِينَ نَافَقُواْۚ وَقِيلَ لَهُمۡ تَعَالَوۡاْ قَـٰتِلُواْ فِى سَبِيلِ ٱللَّهِ أَوِ ٱدۡفَعُواْۖ قَالُواْ لَوۡ نَعۡلَمُ قِتَالاً۬ لَّٱتَّبَعۡنَـٰكُمۡۗ هُمۡ لِلۡڪُفۡرِ يَوۡمَٮِٕذٍ أَقۡرَبُ مِنۡہُمۡ لِلۡإِيمَـٰنِۚ يَقُولُونَ بِأَفۡوَٲهِهِم مَّا لَيۡسَ فِى قُلُوبِہِمۡۗ وَٱللَّهُ أَعۡلَمُ بِمَا يَكۡتُمُونَ 167
އަދި، منافقވި މީހުން އެކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައެވެ. (އެދުވަހު) އެއުރެންނަށް އެންގެވިއެވެ. اللَّهގެ މަގުގައި ހަނގުރާމަކުރަން ނުވަތަ (ޖާނާއި މާލު دشمنންގެ ކިބައިން) دفاعކުރަން ތިޔަބައިމީހުން އަންނާށެވެ! އެއުރެން ބުނެފޫއެވެ. ތިމަންމެންނަށް ހަނގުރާމައެއްވާކަން އެނގޭނަމަ، ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔައީމުހެވެ. އެދުވަހު އެއުރެން إيمانކަމަށްވުރެ كافرކަމާ ގާތްކަން ބޮޑެވެ. އެއުރެންގެ ހިތްތަކުގައި ނުވާ ކަންތައް އެއުރެންގެ އަނގައިން ބުނެތެވެ. އެއުރެން ވަންހަނާކުރާ ކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވަނީ اللَّه އެވެ.
Surah 3 · سورة آل عِمرَان
Juz 1
ٱلَّذِينَ قَالُواْ لِإِخۡوَٲنِہِمۡ وَقَعَدُواْ لَوۡ أَطَاعُونَا مَا قُتِلُواْۗ قُلۡ فَٱدۡرَءُواْ عَنۡ أَنفُسِڪُمُ ٱلۡمَوۡتَ إِن كُنتُمۡ صَـٰدِقِينَ 168
އެއުރެންނީ ހަނގުރާމަޔަށް ނުނިކުމެތިބެ، އެއުރެންގެ أخންނަށް ބުނި މީހުންނެވެ. ތިމަންމެންނަށް އެއުރެން ކިޔަމަންވީނަމަ، (އެބަހީ: ހަނގުރާމަޔަށް ނުނިކުމެ ތިބިނަމަ) އެއުރެން قتلއެއް ނުވީހެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، މަރު، ތިޔަބައިމީހުންގެ އަމިއްލަ نفسތަކުން ދުރުކޮށްބަލާށެވެ!
Surah 3 · سورة آل عِمرَان
Juz 1
وَلَا تَحۡسَبَنَّ ٱلَّذِينَ قُتِلُواْ فِى سَبِيلِ ٱللَّهِ أَمۡوَٲتَۢاۚ بَلۡ أَحۡيَآءٌ عِندَ رَبِّهِمۡ يُرۡزَقُونَ 169
اللَّهގެ މަގުގައި ހަނގުރާމަކޮށް شهيدވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި رزقލިބޭ حال، ދިރިތިބި ބަޔެކެވެ.
Surah 3 · سورة آل عِمرَان
Juz 1
فَرِحِينَ بِمَآ ءَاتَٮٰهُمُ ٱللَّهُ مِن فَضۡلِهِۦ وَيَسۡتَبۡشِرُونَ بِٱلَّذِينَ لَمۡ يَلۡحَقُواْ بِہِم مِّنۡ خَلۡفِهِمۡ أَلَّا خَوۡفٌ عَلَيۡہِمۡ وَلَا هُمۡ يَحۡزَنُونَ 170
(އެއުރެން ތިބޭހުށީ) اللَّه، އެކަލާނގެ فضلވަންތަކަމުން އެއުރެންނަށް ދެއްވި ކަންތަކާމެދު، އުފާކުރާ حالގައެވެ. އަދި، އެއުރެންގެ ފަހަތުން އައިސް އަދި، ބައްދަލުނުކޮށްތިބި މީހުންނާމެދު އެއުރެންގެ މައްޗަށް ބިރެއް ނެތްކަމަށާއި، އަދި، އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވާކަމާމެދު، އެއުރެން އުފާކުރާ حالގައެވެ.
Surah 3 · سورة آل عِمرَان
Juz 1
۞ يَسۡتَبۡشِرُونَ بِنِعۡمَةٍ۬ مِّنَ ٱللَّهِ وَفَضۡلٍ۬ وَأَنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُؤۡمِنِينَ 171
އެއުރެން (ވަނީ) اللَّهގެ حضرةން ދެއްވާ نعمةއާއި، فضلވަންތަކަމަށާއި، އަދި، ހަމަކަށަވަރުން اللَّه، مؤمنންގެ ދަރުމަ ގެއްލެނި ނުކުރައްވާނޭކަމަށް އުފާކުރާ ގޮތުގައެވެ.
Surah 3 · سورة آل عِمرَان
Juz 1
ٱلَّذِينَ ٱسۡتَجَابُواْ لِلَّهِ وَٱلرَّسُولِ مِنۢ بَعۡدِ مَآ أَصَابَہُمُ ٱلۡقَرۡحُۚ لِلَّذِينَ أَحۡسَنُواْ مِنۡہُمۡ وَٱتَّقَوۡاْ أَجۡرٌ عَظِيمٌ 172
އެއީ، އެއުރެންނަށް ވޭނާއި، ހާނީއްކަ ލިބުމަށްފަހުވެސް، اللَّهއާއި، رسولއާއަށް އިޖާބަދިން މީހުންނެވެ. އެއުރެންގެ ތެރެއިން إحسانތެރިވެ تقوىވެރިވި މީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުށްޓެވެ.
Surah 3 · سورة آل عِمرَان
Juz 1
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدۡ جَمَعُواْ لَكُمۡ فَٱخۡشَوۡهُمۡ فَزَادَهُمۡ إِيمَـٰنً۬ا وَقَالُواْ حَسۡبُنَا ٱللَّهُ وَنِعۡمَ ٱلۡوَڪِيلُ 173
އެއީ، އެއުރެންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (لشكر) އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނާށެވެ! ފަހެ، އެ ބަސް އެއުރެންނަށް إيمانކަން އިތުރުކުރިއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، وكيلކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!
Surah 3 · سورة آل عِمرَان
Juz 1
فَٱنقَلَبُواْ بِنِعۡمَةٍ۬ مِّنَ ٱللَّهِ وَفَضۡلٍ۬ لَّمۡ يَمۡسَسۡہُمۡ سُوٓءٌ۬ وَٱتَّبَعُواْ رِضۡوَٲنَ ٱللَّهِۗ وَٱللَّهُ ذُو فَضۡلٍ عَظِيمٍ 174
ފަހެ، اللَّهގެ حضرةން ދެއްވި نعمةއާއި، فضلވަންތަވެރިކަމާއިގެން ގެއްލުމެއް ނުލިބި، އެއުރެން އެނބުރި އައޫއެވެ. އަދި، އެއުރެން اللَّهގެ ރުއްސެވުންހުރި މަގަށް تبعވޫއެވެ. اللَّهއީ، ބޮޑުވެގެންވާ فضلވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّمَا ذَٲلِكُمُ ٱلشَّيۡطَـٰنُ يُخَوِّفُ أَوۡلِيَآءَهُ ۥ فَلَا تَخَافُوهُمۡ وَخَافُونِ إِن كُنتُم مُّؤۡمِنِينَ 175
ހަމަކަށަވަރުން، އެއީ، ހަމަ شيطانއާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިން ދެކެ (ތިޔަބައިމީހުން) ބިރުގަންނަވަނީއެވެ. ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރުނުގަންނާށެވެ! އަދި، ތިޔަބައިމީހުން، مؤمنން ކަމުގައިވާނަމަ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ!
Surah 3 · سورة آل عِمرَان
Juz 1
وَلَا يَحۡزُنكَ ٱلَّذِينَ يُسَـٰرِعُونَ فِى ٱلۡكُفۡرِۚ إِنَّهُمۡ لَن يَضُرُّواْ ٱللَّهَ شَيۡـًٔ۬اۗ يُرِيدُ ٱللَّهُ أَلَّا يَجۡعَلَ لَهُمۡ حَظًّ۬ا فِى ٱلۡأَخِرَةِۖ وَلَهُمۡ عَذَابٌ عَظِيمٌ 176
كافرވުމުގައި، އަވަސްވެގަންނަ މީހުން ކަލޭގެފާނު ހިތާމަވެރި ކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، އެއްވެސްކަމަކުން އެއުރެންނަކަށް اللَّهއަށް ގެއްލުމެއް ނުދެވޭނެތެވެ. اللَّه އިރާދަކުރައްވަނީ، އެއުރެންނަށް آخرةގައި އެއްވެސް نصيبއެއް ނުލެއްވުމަށެވެ. އަދި، އެއުރެންނަށް ބޮޑުވެގެންވާ عذابހުށްޓެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ ٱلَّذِينَ ٱشۡتَرَوُاْ ٱلۡكُفۡرَ بِٱلۡإِيمَـٰنِ لَن يَضُرُّواْ ٱللَّهَ شَيۡـًٔ۬ا وَلَهُمۡ عَذَابٌ أَلِيمٌ۬ 177
ހަމަކަށަވަރުން، إيمانކަމުގެ ބަދަލުގައި كافرކަން ގަތްމީހުންނަކަށް އެއްވެސްކަމަކުން اللَّهއަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި، އެއުރެންނަށް ވޭންދެނިވި عذابހުށްޓެވެ.
Surah 3 · سورة آل عِمرَان
Juz 1
وَلَا يَحۡسَبَنَّ ٱلَّذِينَ كَفَرُوٓاْ أَنَّمَا نُمۡلِى لَهُمۡ خَيۡرٌ۬ لِّأَنفُسِہِمۡۚ إِنَّمَا نُمۡلِى لَهُمۡ لِيَزۡدَادُوٓاْ إِثۡمً۬اۚ وَلَهُمۡ عَذَابٌ۬ مُّهِينٌ۬ 178
ތިމަންރަސްކަލާނގެ އެއުރެންނަށް (ޖަޒާ ދެއްވުމުގައި) ލަސްކުރެއްވުން އެއީ، އެއުރެންގެ އަމިއްލަ نفسތަކަށް ހެޔޮގޮތެއްކަމަށް كافرވި މީހުން ހީނުކުރާހުށިކަމެވެ! ތިމަންރަސްކަލާނގެ އެއުރެންނަށް އެކަން ލަސްކުރައްވާކަން ކަށަވަރީ، އެއުރެންގެ ފާފަ އިތުރުވުމަށެވެ. އަދި، އެއުރެންނަށް އިހާނަތްތެރިކަން ދެނިވި عذابހުށްޓެވެ.
Surah 3 · سورة آل عِمرَان
Juz 1
مَّا كَانَ ٱللَّهُ لِيَذَرَ ٱلۡمُؤۡمِنِينَ عَلَىٰ مَآ أَنتُمۡ عَلَيۡهِ حَتَّىٰ يَمِيزَ ٱلۡخَبِيثَ مِنَ ٱلطَّيِّبِۗ وَمَا كَانَ ٱللَّهُ لِيُطۡلِعَكُمۡ عَلَى ٱلۡغَيۡبِ وَلَـٰكِنَّ ٱللَّهَ يَجۡتَبِى مِن رُّسُلِهِۦ مَن يَشَآءُۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦۚ وَإِن تُؤۡمِنُواْ وَتَتَّقُواْ فَلَكُمۡ أَجۡرٌ عَظِيمٌ۬ 179
ރަނގަޅު މީހުންގެ ތެރެއިން ނުބައިމީހުން ވަކިކުރައްވައިފުމަށް ދާނދެން، اللَّه ތިޔަބައިމީހުން ތިބިގޮތުގެ މައްޗަށް (އެބަހީ: مؤمنންނާއި منافقން އެކުވެ އުޅުމުގެ މައްޗަށް) مؤمنން ދުލެއް ނުކުރައްވާނެތެވެ. އަދި، غيبގެ ކަންތައް
اللَّه، ތިޔަބައިމީހުންނަށް ފާޅެއް ނުކުރައްވާނެތެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ رسولންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކު خيارކުރައްވަތެވެ. ފަހެ، ތިޔަބައިމީހުން اللَّهއަށާއި، އެކަލާނގެ رسولންނަށް إيمانވާށެވެ! އަދި، ތިޔަބައިމީހުން إيمانވެ، تقوىވެރިވާނަމަ، ފަހެ، ތިޔަބައިމީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުށްޓެވެ.
Surah 3 · سورة آل عِمرَان
Juz 1
وَلَا يَحۡسَبَنَّ ٱلَّذِينَ يَبۡخَلُونَ بِمَآ ءَاتَٮٰهُمُ ٱللَّهُ مِن فَضۡلِهِۦ هُوَ خَيۡرً۬ا لَّهُمۖ بَلۡ هُوَ شَرٌّ۬ لَّهُمۡۖ سَيُطَوَّقُونَ مَا بَخِلُواْ بِهِۦ يَوۡمَ ٱلۡقِيَـٰمَةِۗ وَلِلَّهِ مِيرَٲثُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِۗ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٌ۬ 180
اللَّه، އެކަލާނގެ فضلވަންތަކަމުގެ ތެރެއިން އެއުރެންނަށް ދެއްވި ތަކެއްޗާމެދު، ދަހިވެތިވާ މީހުން، އެކަންއެއީ، އެއުރެންނަށްހުރި ހެޔޮކަމެއް ކަމުގައި ހީނުކުރާހުށިކަމެވެ! އަދި ކިއެއްތަ! އެއީ، އެއުރެންނަށްހުރި ނުބައިކަމެކެވެ. އެއުރެން ދަހިވެތިވި ތަކެތީން قيامةދުވަހުން އެއުރެންގެ ކަރުގައި ކަސްތަޅު އަޅުއްވާ ހުށްޓެވެ. އުޑުތަކާއި ބިމުގެ ملكވެރިކަންވަނީ اللَّهއަށެވެ. އަދި، اللَّهއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
لَّقَدۡ سَمِعَ ٱللَّهُ قَوۡلَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ فَقِيرٌ۬ وَنَحۡنُ أَغۡنِيَآءُۘ سَنَكۡتُبُ مَا قَالُواْ وَقَتۡلَهُمُ ٱلۡأَنۢبِيَآءَ بِغَيۡرِ حَقٍّ۬ وَنَقُولُ ذُوقُواْ عَذَابَ ٱلۡحَرِيقِ 181
ހަމަކަށަވަރުން، اللَّهއީ فقيرއެކޭ، ތިމަންމެންނީ މުއްސަނދިންނޭ ބުނިމީހުންގެ ބުނުން، اللَّه އައްސަވާވޮޑިގެންފިކަން ކަށަވަރެވެ. އެއުރެން ބުނި ބުނުމާއި، އެއުރެން حقއަކާނުލައި ނަބިއްޔުން قتلކުޅަކަން ނިކަންހުރެ ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ. އަދި، (قيامةދުވަހުން އެއުރެންނަށް) ތިމަންރަސްކަލާނގެ وحىކުރައްވާހުށީމެވެ. ތިޔަބައިމީހުން، އަނދައަނދާހުރި ނަރަކައިގެ عذابގެ ރަހަ ލިބިގަންނާށެވެ!
Surah 3 · سورة آل عِمرَان
Juz 1
ذَٲلِكَ بِمَا قَدَّمَتۡ أَيۡدِيكُمۡ وَأَنَّ ٱللَّهَ لَيۡسَ بِظَلَّامٍ۬ لِّلۡعَبِيدِ 182
އެއީ، ތިޔަބައިމީހުންގެ އަތްތަކުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި، ހަމަކަށަވަރުން اللَّهއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ވޮޑިގެނެންނުވެއެވެ.
Surah 3 · سورة آل عِمرَان
Juz 1
ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ عَهِدَ إِلَيۡنَآ أَلَّا نُؤۡمِنَ لِرَسُولٍ حَتَّىٰ يَأۡتِيَنَا بِقُرۡبَانٍ۬ تَأۡڪُلُهُ ٱلنَّارُۗ قُلۡ قَدۡ جَآءَكُمۡ رُسُلٌ۬ مِّن قَبۡلِى بِٱلۡبَيِّنَـٰتِ وَبِٱلَّذِى قُلۡتُمۡ فَلِمَ قَتَلۡتُمُوهُمۡ إِن كُنتُمۡ صَـٰدِقِينَ 183
އެއުރެންނީ، އަލިފާން އެ قربانއެއް ކައިލާ، قربانއަކާއިގެން ތިމަންމެންގެ ގާތަށް ވަޑައިގެންފުމަށްދާނދެން، އެއްވެސް رسولއަކަށް إيمان ނުވުމަށް ހަމަކަށަވަރުން اللَّه ތިމަންމެންނަށް އަންގަވާފައިވެޔޭ ބުނި މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ބަޔާންވެގެންހުރި ހެކިތަކާއި، ތިޔަބައިމީހުން ތިޔަބުނި ކަންތަކާއިގެން، ތިމަންކަލޭގެފާނުގެ ކުރިން ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް رسولން ވަޑައިގަތެވެ. ތިޔަބައިމީހުންނީ ތެދުބުނާ މީހުންކަމުގައިވާނަމަ ތިޔަބައިމީހުން އެ رسولން قتلކުޅައީ ފަހެ، ކީއްވެގެން ހެއްޔެވެ؟
Surah 3 · سورة آل عِمرَان
Juz 1
فَإِن ڪَذَّبُوكَ فَقَدۡ كُذِّبَ رُسُلٌ۬ مِّن قَبۡلِكَ جَآءُو بِٱلۡبَيِّنَـٰتِ وَٱلزُّبُرِ وَٱلۡكِتَـٰبِ ٱلۡمُنِيرِ 184
ފަހެ، އެއުރެން ކަލޭގެފާނު ދޮގުކުޅަނަމަ، (ދެނެވަޑައިގަންނަވާށެވެ!) ފަހެ، ހަމަކަށަވަރުން ކަލޭގެފާނުގެ ކުރިންވެސް رسولން ދޮގު ކުޅައޫއެވެ. އެބޭކަލުން ވަޑައިގަތީ، ފާޅުވެގެންހުރި ހެކިތަކާއި، ލިޔުއްވާފައިވާ ފަތްފުށްތަކާއި، އަލިކުރަނިވި ފޮތާއިގެންނެވެ.
Surah 3 · سورة آل عِمرَان
Juz 1
كُلُّ نَفۡسٍ۬ ذَآٮِٕقَةُ ٱلۡمَوۡتِۗ وَإِنَّمَا تُوَفَّوۡنَ أُجُورَڪُمۡ يَوۡمَ ٱلۡقِيَـٰمَةِۖ فَمَن زُحۡزِحَ عَنِ ٱلنَّارِ وَأُدۡخِلَ ٱلۡجَنَّةَ فَقَدۡ فَازَۗ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَـٰعُ ٱلۡغُرُورِ 185
ކޮންމެ نفسއަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ عملތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، قيامةދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيبލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.
Surah 3 · سورة آل عِمرَان
Juz 1
۞ لَتُبۡلَوُنَّ فِىٓ أَمۡوَٲلِڪُمۡ وَأَنفُسِڪُمۡ وَلَتَسۡمَعُنَّ مِنَ ٱلَّذِينَ أُوتُواْ ٱلۡكِتَـٰبَ مِن قَبۡلِڪُمۡ وَمِنَ ٱلَّذِينَ أَشۡرَكُوٓاْ أَذً۬ى كَثِيرً۬اۚ وَإِن تَصۡبِرُواْ وَتَتَّقُواْ فَإِنَّ ذَٲلِكَ مِنۡ عَزۡمِ ٱلۡأُمُورِ 186
ތިޔަބައިމީހުންގެ މުދާތަކާއި، نفسތަކާ މެދުގައި، ތިޔަބައިމީހުން
امتحانކުރައްވާނެކަން ކަށަވަރެވެ. އަދި، ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ކިބައިންނާއި، شريكކުޅަ މީހުންގެ ކިބައިން، ގިނަވެގެންވާ އުނދަގޫތައް (އެބަހީ: ނުރުހެވޭ ބަސްތައް) ތިޔަބައިމީހުންނަށް އިވޭނެކަން ކަށަވަރެވެ. ތިޔަބައިމީހުން ކެތްތެރިވެ، تقوىވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަންކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.
Surah 3 · سورة آل عِمرَان
Juz 1
وَإِذۡ أَخَذَ ٱللَّهُ مِيثَـٰقَ ٱلَّذِينَ أُوتُواْ ٱلۡكِتَـٰبَ لَتُبَيِّنُنَّهُ ۥ لِلنَّاسِ وَلَا تَكۡتُمُونَهُ ۥ فَنَبَذُوهُ وَرَآءَ ظُهُورِهِمۡ وَٱشۡتَرَوۡاْ بِهِۦ ثَمَنً۬ا قَلِيلاً۬ۖ فَبِئۡسَ مَا يَشۡتَرُونَ 187
ފޮތް ލިބުނު މީހުންގެ ކިބައިން اللَّه، عهد ކަށަވަރު ހިއްޕެވިހިނދު ހަނދުމަ ކުރާށެވެ! (އެ عهدއަކީ) ތިޔަބައިމީހުން މީސްތަކުންނަށް އެ ފޮތް بيانކޮށް ދިނުމަށާއި،
އެ ފޮތް ވަންހަނާ ނުކުރުމަށް (ހިއްޕެވި عهدއެވެ.) ދެން، އެއުރެންގެ ފުރަގަހަށް
އެ عهد އެއްލައިލިއެވެ. އަދި، އެއުރެން އެ ފޮތަށް ކުޑައަގެއް ހިފޫއެވެ. ފަހެ، އެއުރެން އެ ގަންނަ ތަކެތީގެ ނުބައިކަމާއެވެ!
Surah 3 · سورة آل عِمرَان
Juz 1
لَا تَحۡسَبَنَّ ٱلَّذِينَ يَفۡرَحُونَ بِمَآ أَتَواْ وَّيُحِبُّونَ أَن يُحۡمَدُواْ بِمَا لَمۡ يَفۡعَلُواْ فَلَا تَحۡسَبَنَّہُم بِمَفَازَةٍ۬ مِّنَ ٱلۡعَذَابِۖ وَلَهُمۡ عَذَابٌ أَلِيمٌ۬ 188
އެއުރެންކުޅަ ކަންތަކަށް އުފާކުރާ، އަދި، އެއުރެން ނުކުރާ ކަންތަކާމެދު ތާރީފު ލިބުމަށް އެދޭމީހުންނީ، عذابން ސަލާމަތްވާނެ ތަނެއްގައި ތިބިބަޔަކު ކަމުގައި ހީނުކުރާހުށިކަމެވެ! އެއުރެންނަށް ވޭންދެނިވި عذابހުށްޓެވެ.
Surah 3 · سورة آل عِمرَان
Juz 1
وَلِلَّهِ مُلۡكُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِۗ وَٱللَّهُ عَلَىٰ كُلِّ شَىۡءٍ۬ قَدِيرٌ 189
އަދި، އުޑުތަކާއި ބިމުގެ ވެރިކަންވަނީ اللَّهއަށެވެ. އަދި، اللَّهއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
إِنَّ فِى خَلۡقِ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَٱخۡتِلَـٰفِ ٱلَّيۡلِ وَٱلنَّہَارِ لَأَيَـٰتٍ۬ لِّأُوْلِى ٱلۡأَلۡبَـٰبِ 190
ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهلވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ.
Surah 3 · سورة آل عِمرَان
Juz 1
ٱلَّذِينَ يَذۡكُرُونَ ٱللَّهَ قِيَـٰمً۬ا وَقُعُودً۬ا وَعَلَىٰ جُنُوبِهِمۡ وَيَتَفَڪَّرُونَ فِى خَلۡقِ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ رَبَّنَا مَا خَلَقۡتَ هَـٰذَا بَـٰطِلاً۬ سُبۡحَـٰنَكَ فَقِنَا عَذَابَ ٱلنَّارِ 191
އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން،
اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، باطلގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްطاهرވަންތަކަމާއެވެ! ފަހެ، ނަރަކައިގެ عذابން އަޅަމެން ދިންނަވާނދޭވެ!
Surah 3 · سورة آل عِمرَان
Juz 1
رَبَّنَآ إِنَّكَ مَن تُدۡخِلِ ٱلنَّارَ فَقَدۡ أَخۡزَيۡتَهُ ۥۖ وَمَا لِلظَّـٰلِمِينَ مِنۡ أَنصَارٍ۬ 192
އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބަރަސްކަލާނގެ އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް نصرދޭނެ އެއްވެސް ބަޔަކު ނުވެއެވެ.
Surah 3 · سورة آل عِمرَان
Juz 1
رَّبَّنَآ إِنَّنَا سَمِعۡنَا مُنَادِيً۬ا يُنَادِى لِلۡإِيمَـٰنِ أَنۡ ءَامِنُواْ بِرَبِّكُمۡ فَـَٔامَنَّاۚ رَبَّنَا فَٱغۡفِرۡ لَنَا ذُنُوبَنَا وَڪَفِّرۡ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلۡأَبۡرَارِ 193
އަޅަމެންގެ ވެރިރަސްކަލާކޮ! إيمانވުމަށް ގޮވާލައްވާ رسولއަކު ތިޔަބައިމީހުންގެ ވެރިރަސްކަލާނގެޔަށް إيمانވާށޭ ގޮވާލައްވާ އަޑު، ހަމަކަށަވަރުން، އަޅަމެން އެހީމުއެވެ. ދެން، އަޅަމެން إيمانވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ފަހެ، އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ކިބައިން އަޅަމެންގެ ކުށްތައް عفوކުރައްވާނދޭވެ! އަދި، ހެޔޮލަފާ މީހުންނާއެކު އަޅަމެން މަރުގަންނަވާނދޭވެ!
Surah 3 · سورة آل عِمرَان
Juz 1
رَبَّنَا وَءَاتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخۡزِنَا يَوۡمَ ٱلۡقِيَـٰمَةِۗ إِنَّكَ لَا تُخۡلِفُ ٱلۡمِيعَادَ 194
އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ رسولންގެ ދޫފުޅުމަތީން އަޅަމެންނަށް وعدކުރައްވާފައިވާ ކަންތައް، އަޅަމެންނަށް ދެއްވާނދޭވެ! އަދި،
قيامةދުވަހުން އަޅަމެން ނިކަމެތި ނުކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ وعد ފުޅާ خلافވެ ވޮޑިއެއް ނުގަންނަވަމުއެވެ.
Surah 3 · سورة آل عِمرَان
Juz 1
فَٱسۡتَجَابَ لَهُمۡ رَبُّهُمۡ أَنِّى لَآ أُضِيعُ عَمَلَ عَـٰمِلٍ۬ مِّنكُم مِّن ذَكَرٍ أَوۡ أُنثَىٰۖ بَعۡضُكُم مِّنۢ بَعۡضٍ۬ۖ فَٱلَّذِينَ هَاجَرُواْ وَأُخۡرِجُواْ مِن دِيَـٰرِهِمۡ وَأُوذُواْ فِى سَبِيلِى وَقَـٰتَلُواْ وَقُتِلُواْ لَأُكَفِّرَنَّ عَنۡہُمۡ سَيِّـَٔاتِہِمۡ وَلَأُدۡخِلَنَّهُمۡ جَنَّـٰتٍ۬ تَجۡرِى مِن تَحۡتِہَا ٱلۡأَنۡهَـٰرُ ثَوَابً۬ا مِّنۡ عِندِ ٱللَّهِۗ وَٱللَّهُ عِندَهُ ۥ حُسۡنُ ٱلثَّوَابِ 195
ދެން، އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންގެ دعاء އިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، عملކުރާ މީހެއްގެ عمل، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ.
ފަހެ، އެއުރެން هجرةކޮށް އެއުރެންގެ ގޮވަތިގެދޮރުން ނެރެވި، ތިމަންރަސްކަލާނގެ މަގުގައި އެއުރެންނަށް އުނދަގޫލިބި، ހަނގުރާމަކޮށް، އަދި قتلވީ މީހުންގެ ކިބައިން އެއުރެންގެ ކުށްފާފަތައް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. اللَّهގެ حضرةން ލިބޭ ثوابއެއްގެ ގޮތުގައެވެ. ރިވެތިވެގެންވާ ثواب ވަނީ اللَّهގެ حضرةގައެވެ.
Surah 3 · سورة آل عِمرَان
Juz 1
لَا يَغُرَّنَّكَ تَقَلُّبُ ٱلَّذِينَ كَفَرُواْ فِى ٱلۡبِلَـٰدِ 196
كافرވި މީހުން ރަށްތަކުގައި އެގޮތްމިގޮތަށް އުޅޭއުޅުން ކަލޭގެފާނު ހެއްލުންތެރި ކުރިއަ ނުދޭހުށިކަމެވެ!
Surah 3 · سورة آل عِمرَان
Juz 1
مَتَـٰعٌ۬ قَلِيلٌ۬ ثُمَّ مَأۡوَٮٰهُمۡ جَهَنَّمُۚ وَبِئۡسَ ٱلۡمِهَادُ 197
(އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. ދެން، އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި، އެ ތަންމަތީގެ (އެބަހީ: އެއުރެން އަރާމުކުރަން އެތިބޭތަނެއްގެ) ހުރި ނުބައިކަމާއެވެ!
Surah 3 · سورة آل عِمرَان
Juz 1
لَـٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ جَنَّـٰتٌ۬ تَجۡرِى مِن تَحۡتِہَا ٱلۡأَنۡهَـٰرُ خَـٰلِدِينَ فِيہَا نُزُلاً۬ مِّنۡ عِندِ ٱللَّهِۗ وَمَا عِندَ ٱللَّهِ خَيۡرٌ۬ لِّلۡأَبۡرَارِ 198
އެހެނެއްކަމަކު އެއުރެންގެ ވެރިރަސްކަލާނގެއަށް تقوىވެރިވި މީހުންނަށް، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. އެތަންތާނގައި، އެއުރެން ދެމިތިބޭ حالގައެވެ. اللَّهގެ حضرةން ލިބޭ شرفއެއްގެ ގޮތުގައެވެ. اللَّهގެ حضرةގައިވާ ކަންތައް ހެޔޮލަފާ މީހުންނަށް، މާހެޔޮވެގެން ވެއެވެ.
Surah 3 · سورة آل عِمرَان
Juz 1
وَإِنَّ مِنۡ أَهۡلِ ٱلۡڪِتَـٰبِ لَمَن يُؤۡمِنُ بِٱللَّهِ وَمَآ أُنزِلَ إِلَيۡكُمۡ وَمَآ أُنزِلَ إِلَيۡہِمۡ خَـٰشِعِينَ لِلَّهِ لَا يَشۡتَرُونَ بِـَٔايَـٰتِ ٱللَّهِ ثَمَنً۬ا قَلِيلاًۗ أُوْلَـٰٓٮِٕكَ لَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡۗ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ 199
ހަމަކަށަވަރުން، اللَّهއަށް إيمانވާ، އަދި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށާއި، އެއުރެންނަށް ބާވައިލެއްވި ފޮތަށް إيمانވާ މީހުން ހަމަކަށަވަރުން، ފޮތުގެ أهلވެރިންގެ ތެރެއިންވެއެވެ. އެއުރެން اللَّهއަށް މަޑުމައިތިރިވެގެންވާ حالގައެވެ. اللَّهގެ آيةތަކަށް އެއުރެން ކުޑައަގެއް ނުހިފަތެވެ. އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި، އެއުރެންގެ ދަރުމަ އެއުރެންނަށް ހުށްޓެވެ. ހަމަކަށަވަރުން، اللَّهއީ،
حسابބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 3 · سورة آل عِمرَان
Juz 1
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱصۡبِرُواْ وَصَابِرُواْ وَرَابِطُواْ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ 200
އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި، (دشمنންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި، دشمنން އަތުވެދާނޭ މަގުތަކަށް ބަލަބަލާ جهادކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيبލިބުމަށްޓަކައެވެ.