ޤުރްއާން ދިވެހި ތަރުޖަމާ
28 مكّى 88 Ayahs

سورة القَصَص

ސޫރަތް 28
ޕްލޭބެކް އިޚުތިޔާރު
ވާޒް ރެސިޓަރ، މާނަ ރެސިޓަރ އަދި މޯޑު ހޮވާލާށެވެ
1
ފޮންޓް ކޮންޓްރޯލް
އަރަބި އާޔަތާއި ދިވެހި މާނަގެ ފޮންޓް ސައިޒް ބަދަލު ކުރާށެވެ
ފުރިހަމަ ސޫރަތް ޕްލޭ
The page follows the ayah currently playing.
Playable ayahs: 89
ސޫރަތް މަޢުލޫމާތު
Use the icon-only controls to move ayah by ayah or play the full surah in order.

އާޔަތްތައް

89 Ayahs
Surah 28 · سورة القَصَص
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 28 · سورة القَصَص
Juz 1
طسٓمٓ 1
ط س م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّهއެވެ.)
Surah 28 · سورة القَصَص
Juz 1
تِلۡكَ ءَايَـٰتُ ٱلۡكِتَـٰبِ ٱلۡمُبِينِ 2
މިއީ (ކަންތައްތައް) ބަޔާންވެގެންވާ ފޮތުގެ (އެބަހީ: قرآنގެ) آيةތަކެވެ.
Surah 28 · سورة القَصَص
Juz 1
] نَتۡلُواْ عَلَيۡكَ مِن نَّبَإِ مُوسَىٰ وَفِرۡعَوۡنَ بِٱلۡحَقِّ لِقَوۡمٍ۬ يُؤۡمِنُونَ 3
إيمانވާ ބަޔަކަށްޓަކައި موسىގެފާނާއި، فرعونގެ ވާހަކައިން حقގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަމެވެ.
Surah 28 · سورة القَصَص
Juz 1
إِنَّ فِرۡعَوۡنَ عَلَا فِى ٱلۡأَرۡضِ وَجَعَلَ أَهۡلَهَا شِيَعً۬ا يَسۡتَضۡعِفُ طَآٮِٕفَةً۬ مِّنۡہُمۡ يُذَبِّحُ أَبۡنَآءَهُمۡ وَيَسۡتَحۡىِۦ نِسَآءَهُمۡ‌ۚ إِنَّهُ ۥ كَانَ مِنَ ٱلۡمُفۡسِدِينَ 4
(4) ހަމަކަށަވަރުން، فرعون، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ أهلވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން قتلކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، فسادކުރާ މީހުންގެ ތެރެއިންވީ މީހެކެވެ.
Surah 28 · سورة القَصَص
Juz 1
وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسۡتُضۡعِفُواْ فِى ٱلۡأَرۡضِ وَنَجۡعَلَهُمۡ أَٮِٕمَّةً۬ وَنَجۡعَلَهُمُ ٱلۡوَٲرِثِينَ 5
އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް نعمةދެއްވުމަށެވެ. އަދި އެއުރެންނީ (އެހެންމީހުންނަށް މަގުދައްކާ) إمامން ކަމުގައި ލެއްވުމަށެވެ. އަދި (فرعونގެ ވެރިކަން) ވާރުތަވަނިވި މީހުން ކަމުގައި އެއުރެން ލެއްވުމަށެވެ.
Surah 28 · سورة القَصَص
Juz 1
وَنُمَكِّنَ لَهُمۡ فِى ٱلۡأَرۡضِ وَنُرِىَ فِرۡعَوۡنَ وَهَـٰمَـٰنَ وَجُنُودَهُمَا مِنۡهُم مَّا ڪَانُواْ يَحۡذَرُونَ 6
އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެންނަށް ވެރިކަން ދެއްވުމަށެވެ. އަދި فرعونއާއި، هامانއާއި، އެ ދެމީހުންގެ لشكرއަށް، އެއުރެން ބިރުގަންނަ ކަންތައްތައް، އެ ނިކަމެތި މީހުންގެ ފަރާތުން ދެއްކެވުމަށްޓަކައެވެ.
Surah 28 · سورة القَصَص
Juz 1
وَأَوۡحَيۡنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنۡ أَرۡضِعِيهِ‌ۖ فَإِذَا خِفۡتِ عَلَيۡهِ فَأَلۡقِيهِ فِى ٱلۡيَمِّ وَلَا تَخَافِى وَلَا تَحۡزَنِىٓ‌ۖ إِنَّا رَآدُّوهُ إِلَيۡكِ وَجَاعِلُوهُ مِنَ ٱلۡمُرۡسَلِينَ 7
އަދި ތިމަންރަސްކަލާނގެ موسىގެފާނުގެ މަންމައަށް إلهامކުރެއްވީމެވެ. ކަމަނާ އެކަލޭގެފާނަށް ކިރުފޮދު އަރުވާހުށިކަމެވެ! ފަހެ، ކަމަނާ އެކަލޭގެފާނުގެ މައްޗަށް ބިރުފުޅުގެންފިނަމަ، އެކަލޭގެފާނު (ފޮށްޓަކަށް ލައްވައިފައި) ކޯރުގެ ތެރެއަށް އެއްލަވާހުށިކަމެވެ! އަދި ކަމަނާ ބިރުފުޅު ނުގަންނާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ކަމަނާއަށް ރައްދުކުރައްވާހުށީމެވެ. އަދި އެކަލޭގެފާނު رسولންގެ ތެރެއިން ލައްވާހުށީމެވެ.
Surah 28 · سورة القَصَص
Juz 1
فَٱلۡتَقَطَهُ ۥۤ ءَالُ فِرۡعَوۡنَ لِيَڪُونَ لَهُمۡ عَدُوًّ۬ا وَحَزَنًا‌ۗ إِنَّ فِرۡعَوۡنَ وَهَـٰمَـٰنَ وَجُنُودَهُمَا ڪَانُواْ خَـٰطِـِٔينَ 8
ފަހެ، فرعونގެ أهلވެރިން، އެކަލޭގެފާނު (އޮޔާދަނިކޮށް) ހޮވައި ނެގިއެވެ. އެއީ އެކަލޭގޭފާނު އެއުރެންނަށްހުރި عدوّއަކަށް، އަދި ހިތާމައަކަށް ވުމަށްޓަކައެވެ. ހަމަކަށަވަރުން، فرعونއާއި، هامانއާއި، އެ ދެމީހުންގެ لشكرވީ ކުށްވެރިން ކަމުގައެވެ.
Surah 28 · سورة القَصَص
Juz 1
وَقَالَتِ ٱمۡرَأَتُ فِرۡعَوۡنَ قُرَّتُ عَيۡنٍ۬ لِّى وَلَكَ‌ۖ لَا تَقۡتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوۡ نَتَّخِذَهُ ۥ وَلَدً۬ا وَهُمۡ لَا يَشۡعُرُونَ 9
އަދި فرعونގެ އަނބިކަމަނާ ވިދާޅުވިއެވެ. (އޭނާއަކީ) ތިމަންނާއަށާއި، ކަލެޔަށްވާ ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ قتل ނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ. ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ. އަދި އެއުރެންނަކަށް (އޭގެ ނަތީޖާއެއް) ނޭނގެތެވެ.
Surah 28 · سورة القَصَص
Juz 1
وَأَصۡبَحَ فُؤَادُ أُمِّ مُوسَىٰ فَـٰرِغًا‌ۖ إِن ڪَادَتۡ لَتُبۡدِى بِهِۦ لَوۡلَآ أَن رَّبَطۡنَا عَلَىٰ قَلۡبِهَا لِتَكُونَ مِنَ ٱلۡمُؤۡمِنِينَ 10
އަދި موسىގެފާނުގެ މައިކަމަނާގެ ހިތްޕުޅު (موسىގެފާނު ފިޔަވައި އެހެން ހުރިހާ ކަމަކުން) ހުސްވެގެންވެއެވެ. ތިމަންރަސްކަލާނގެ އެކަމަނާގެ ހިތްޕުޅަށް ގަދަކަން ނުދެއްވިނަމަ، އެ ދަރިކަލުންގެ ކަންތައް އެކަމަނާ ފާޅުކުރައްވައިފީހެވެ. (އެއީ ހަރުދަނާ) مؤمنންގެ ތެރެއިން އެކަމަނާ ވެވަޑައިގަތުމަށްޓަކައެވެ.
Surah 28 · سورة القَصَص
Juz 1
وَقَالَتۡ لِأُخۡتِهِۦ قُصِّيهِ‌ۖ فَبَصُرَتۡ بِهِۦ عَن جُنُبٍ۬ وَهُمۡ لَا يَشۡعُرُونَ 11
އަދި އެކަމަނާ موسىގެފާނުގެ أختއަށް ވިދާޅުވިއެވެ. އޭނާ (އޮޔާދާތަން ބަލަމުން) ފަހަތުންގޮސް ބަލާށެވެ! ފަހެ، އޭނާ ދުރުގައި ހުރެގެން އެހެންމީހުންނަށް ނޭނގޭގޮތުން އެކަލޭގެފާނަށް ބަލަމުންދިޔައެވެ.
Surah 28 · سورة القَصَص
Juz 1
۞ وَحَرَّمۡنَا عَلَيۡهِ ٱلۡمَرَاضِعَ مِن قَبۡلُ فَقَالَتۡ هَلۡ أَدُلُّكُمۡ عَلَىٰٓ أَهۡلِ بَيۡتٍ۬ يَكۡفُلُونَهُ ۥ لَڪُمۡ وَهُمۡ لَهُ ۥ نَـٰصِحُونَ 12
އަދި އޭގެކުރިން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެކަލޭގެފާނުގެ މައިކަމަނާ މެނުވީ) އެހެން ކިރުމައިން حرامކުރެއްވީމެވެ. ދެން އެކަލޭގެފާނުގެ أخت ބުންޏެވެ. ތިޔަބައިމީހުންނަށްޓަކައި، އޭނާ ބަލަހައްޓައިދޭނެ ގެއެއްގެ أهلވެރިން ތިޔަބައިމީހުންނަށް ތިމަން ދައްކަންހެއްޔެވެ؟ އަދި އެއުރެން އޭނާ ރަނގަޅަށް ބަލަހައްޓާނެތެވެ.
Surah 28 · سورة القَصَص
Juz 1
فَرَدَدۡنَـٰهُ إِلَىٰٓ أُمِّهِۦ كَىۡ تَقَرَّ عَيۡنُهَا وَلَا تَحۡزَنَ وَلِتَعۡلَمَ أَنَّ وَعۡدَ ٱللَّهِ حَقٌّ۬ وَلَـٰكِنَّ أَڪۡثَرَهُمۡ لَا يَعۡلَمُونَ 13
ފަހެ، ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ މައިކަމަނާއަށް އެކަލޭގެފާނު ރައްދުކުރެއްވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން حاصلވުމަށްޓަކައެވެ. އަދި އެކަމަނާ ހިތާމަ ނުކުރެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، اللَّهގެ وعدފުޅަކީ،
حقތެދުކަން އެކަމަނާ ދެނެގަތުމަށްޓަކައެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް އެކަމެއް ނޭނގެތެވެ.
Surah 28 · سورة القَصَص
Juz 1
وَلَمَّا بَلَغَ أَشُدَّهُ ۥ وَٱسۡتَوَىٰٓ ءَاتَيۡنَـٰهُ حُكۡمً۬ا وَعِلۡمً۬ا‌ۚ وَكَذَٲلِكَ نَجۡزِى ٱلۡمُحۡسِنِينَ 14
އަދި އެކަލޭގެފާނު ބޮޑުފުޅުވެ، ފުރާފުރިހަމަވިހިނދު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް حكمةއާއި، علم ދެއްވީމެވެ. إحسانތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
Surah 28 · سورة القَصَص
Juz 1
وَدَخَلَ ٱلۡمَدِينَةَ عَلَىٰ حِينِ غَفۡلَةٍ۬ مِّنۡ أَهۡلِهَا فَوَجَدَ فِيہَا رَجُلَيۡنِ يَقۡتَتِلَانِ هَـٰذَا مِن شِيعَتِهِۦ وَهَـٰذَا مِنۡ عَدُوِّهِۦ‌ۖ فَٱسۡتَغَـٰثَهُ ٱلَّذِى مِن شِيعَتِهِۦ عَلَى ٱلَّذِى مِنۡ عَدُوِّهِۦ فَوَكَزَهُ ۥ مُوسَىٰ فَقَضَىٰ عَلَيۡهِ‌ۖ قَالَ هَـٰذَا مِنۡ عَمَلِ ٱلشَّيۡطَـٰنِ‌ۖ إِنَّهُ ۥ عَدُوٌّ۬ مُّضِلٌّ۬ مُّبِينٌ۬ 15
އަދި އެރަށުގެ أهلވެރިން، غافلކަމުގައިތިބި ތަންވަޅެއްގައި އެކަލޭގެފާނު ރަށުތެރެއަށް ވެދެވަޑައިގަތެވެ. ދެން އެކަލޭގެފާނަށް ފެނިވަޑައިގަތީ، ތަޅާފޮޅާ ދެމީހެކެވެ. އެތަނުން އެކަކީ، އެކަލޭގެފާނުގެ ބައިގެ މީހެކެވެ. އަނެކަކީ އެކަލޭގެފާނުގެ عدوّންގެ ތެރެއިންވާ މީހެކެވެ. ފަހެ، އެކަލޭގެފާނުގެ عدوّންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުންއެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ. އެހިނދު موسىގެފާނު އޭނާގެ ގައިގައި މުށްކަވާފައި ޖެއްސެވިއެވެ. ފަހެ (އެހިނދު) އޭނާގެ ކަންތައް ނިންމަވައިލެއްވިއެވެ. (އެބަހީ: އޭނާގެ ގައިގައި ޖެއްސެވުމުން، އޭނާ މަރުވީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންތައްމިވީ شيطانއާގެ عملގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެ شيطانއާއީ، ބަޔާންވެގެންހުރި މަގުފުރައްދާ عداوةތެރިޔެކެވެ.
Surah 28 · سورة القَصَص
Juz 1
قَالَ رَبِّ إِنِّى ظَلَمۡتُ نَفۡسِى فَٱغۡفِرۡ لِى فَغَفَرَ لَهُ ۥۤ‌ۚ إِنَّهُ ۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ 16
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ نفسއަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މިއަޅާޔަށް އިބަރަސްކަލާނގެ ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.
Surah 28 · سورة القَصَص
Juz 1
قَالَ رَبِّ بِمَآ أَنۡعَمۡتَ عَلَىَّ فَلَنۡ أَكُونَ ظَهِيرً۬ا لِّلۡمُجۡرِمِينَ 17
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާޔަށް نعمةދެއްވާފައިވާތީ، ފަހެ، ދުވަހަކުވެސް ކުށްވެރިންނަށް ވާގިވެރިވާ މީހެއްކަމުގައި މިއަޅާ ނުވާހުށީމެވެ.
Surah 28 · سورة القَصَص
Juz 1
فَأَصۡبَحَ فِى ٱلۡمَدِينَةِ خَآٮِٕفً۬ا يَتَرَقَّبُ فَإِذَا ٱلَّذِى ٱسۡتَنصَرَهُ ۥ بِٱلۡأَمۡسِ يَسۡتَصۡرِخُهُ ۥ‌ۚ قَالَ لَهُ ۥ مُوسَىٰٓ إِنَّكَ لَغَوِىٌّ۬ مُّبِينٌ۬ 18
ފަހެ، އެކަލޭގެފާނު އެރަށުގައި ބިރުވެރި حالގައި (އަތުވެދާނެ ނުރައްކަލަކަށް) انتظارކޮށްކޮށް ހުންނެވިއެވެ. ފަހެ، އެހާރުން އެކަލޭގެފާނުގެ އަރިހުން ކުރީދުވަހު އެހީއަށް އެދުނުމީހާ (އަނެއްކާވެސް) އެކަލޭގެފާނުގެ ކިބައިން އެހީއަށްއެދި ގޮވައިލިއެވެ. موسىގެފާނު އޭނާއަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލެޔަކީ، ފާޅުވެގެންހުރި ފުރެދުންތެރިއެއްކަން ކަށަވަރެވެ.
Surah 28 · سورة القَصَص
Juz 1
فَلَمَّآ أَنۡ أَرَادَ أَن يَبۡطِشَ بِٱلَّذِى هُوَ عَدُوٌّ۬ لَّهُمَا قَالَ يَـٰمُوسَىٰٓ أَتُرِيدُ أَن تَقۡتُلَنِى كَمَا قَتَلۡتَ نَفۡسَۢا بِٱلۡأَمۡسِ‌ۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارً۬ا فِى ٱلۡأَرۡضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلۡمُصۡلِحِينَ 19
ފަހެ، އެ ދެމީހުންގެ عداوةތެރިޔަކު ކަމުގައިވާ މީހާގެ މައްޗަށް ގަދަކަން ދެއްކެވުމަށް އެކަލޭގެފާނު ހީފުޅުކުރެއްވިހިނދު، އެމީހާ ބުންޏެވެ. އޭ موسىގެފާނެވެ! ކަލޭގެފާނު އިއްޔެ މީހަކު މެރުއްވިފަދައިން، ތިމަންވެސް މެރުއްވުމަށް ގަސްދުކުރައްވަނީތޯއެވެ؟ ބިމުގައި جبّارއަކަށްވެގެން އުޅުއްވުން މެނުވީ ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ. އަދި إصلاحކުރާ މީހުންގެ ތެރެއިން ވުމަކަށްވެސް ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ.
Surah 28 · سورة القَصَص
Juz 1
وَجَآءَ رَجُلٌ۬ مِّنۡ أَقۡصَا ٱلۡمَدِينَةِ يَسۡعَىٰ قَالَ يَـٰمُوسَىٰٓ إِنَّ ٱلۡمَلَأَ يَأۡتَمِرُونَ بِكَ لِيَقۡتُلُوكَ فَٱخۡرُجۡ إِنِّى لَكَ مِنَ ٱلنَّـٰصِحِينَ 20
އަދި އެރަށުގެ އެންމެދުރު ފަރާތުން މީހަކު ދުވަމުންއައިސް ދެންނެވިއެވެ. އޭ موسىގެފާނެވެ. ހަމަކަށަވަރުން، ރަށުގެ ބޮޑުން ކަލޭގެފާނު قتلކުރުމަށް އެބަ ސައްލާކުރެތެވެ. ފަހެ، ކަލޭގެފާނު (މިރަށުން) ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންވަނީ ކަލޭގެފާނަށް نصيحةތެރިވާ މީހުންގެ ތެރެއިންނެވެ.
Surah 28 · سورة القَصَص
Juz 1
فَخَرَجَ مِنۡہَا خَآٮِٕفً۬ا يَتَرَقَّبُ‌ۖ قَالَ رَبِّ نَجِّنِى مِنَ ٱلۡقَوۡمِ ٱلظَّـٰلِمِينَ 21
ފަހެ، އެކަލޭގެފާނު ބިރުވެރި حالގައި (އަތުވެދާނެ ނުރައްކަލަކަށް) انتظارކުރައްވަމުން އެރަށުން ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަނިޔާވެރިވި މީހުންގެ ކިބައިން މިއަޅާ ސަލާމަތްކުރައްވާނދޭވެ!
Surah 28 · سورة القَصَص
Juz 1
وَلَمَّا تَوَجَّهَ تِلۡقَآءَ مَدۡيَنَ قَالَ عَسَىٰ رَبِّىٓ أَن يَهۡدِيَنِى سَوَآءَ ٱلسَّبِيلِ 22
އަދި އެކަލޭގެފާނު مدينއާ ދިމާއަށް ވަޑައިގެންނެވިހިނދު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާނގެ މިއަޅާއަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށިއެވެ!
Surah 28 · سورة القَصَص
Juz 1
وَلَمَّا وَرَدَ مَآءَ مَدۡيَنَ وَجَدَ عَلَيۡهِ أُمَّةً۬ مِّنَ ٱلنَّاسِ يَسۡقُونَ وَوَجَدَ مِن دُونِهِمُ ٱمۡرَأَتَيۡنِ تَذُودَانِ‌ۖ قَالَ مَا خَطۡبُكُمَا‌ۖ قَالَتَا لَا نَسۡقِى حَتَّىٰ يُصۡدِرَ ٱلرِّعَآءُ‌ۖ وَأَبُونَا شَيۡخٌ۬ ڪَبِيرٌ۬ 23
އަދި އެކަލޭގެފާނު مدينގެ ފެންވަޅުގެ ކައިރިޔަށް ވަޑައިގެންނެވިހިނދު، މީސްތަކުންގެ ތެރެއިން ގިނަބަޔަކު (އެއުރެންގެ ޖަނަވާރުތަކަށް) ފެންދެނިކޮށް އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. އަދި އެއުރެންނާ ތަންކޮޅެއް ދުރުގައި ދެއަންހެނަކު ތިބެގެން (އެއުރެންގެ ޖަނަވާރުތައް) ދުރަށް ޖައްސާތީ ދެކެވަޑައިގެންނެވިއެވެ. (އެހިނދު) އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަ ދެމީހުން ތިޔަހެން ހަދަނީ ކީއްވެގެން ހެއްޔެވެ؟ އެ ދެ އަންހެނުން ދެންނެވިއެވެ. ޖަނަވާރުތައް ހުއިހައްޕާމީހުން (އެއުރެންގެ ޖަނަވާރުތަކަށް ފެންދީ) ދުރަށް ހިނގައްޖައުމަށް ދާނދެން، ތިމަންމެންގެ ޖަނަވާރަށް ތިމަންމެންނަކަށް ފެނެއް ނުދެވޭނެތެވެ. އަދި އަހުރެމެންގެ ބައްޕައަކީ (އެފަދަކަމެއް ކުރެއްވޭވަރަށްވުރެ) عمرން ދުވަސްވެފައިވާ މުސްކުޅިއެކެވެ.
Surah 28 · سورة القَصَص
Juz 1
فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّى لِمَآ أَنزَلۡتَ إِلَىَّ مِنۡ خَيۡرٍ۬ فَقِيرٌ۬ 24
ފަހެ، އެކަލޭގެފާނު (އެ ދެ އަންހެނުންނަށްޓަކައި)
އެ ދެ އަންހެނުންގެ ޖަނަވާރުތަކަށް ފެންދެއްވިއެވެ. ދެން އެކަލޭގެފާނު އެނބުރި (ގަހެއްގެ) ހިޔަލަށް ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.
Surah 28 · سورة القَصَص
Juz 1
فَجَآءَتۡهُ إِحۡدَٮٰهُمَا تَمۡشِى عَلَى ٱسۡتِحۡيَآءٍ۬ قَالَتۡ إِنَّ أَبِى يَدۡعُوكَ لِيَجۡزِيَكَ أَجۡرَ مَا سَقَيۡتَ لَنَا‌ۚ فَلَمَّا جَآءَهُ ۥ وَقَصَّ عَلَيۡهِ ٱلۡقَصَصَ قَالَ لَا تَخَفۡ‌ۖ نَجَوۡتَ مِنَ ٱلۡقَوۡمِ ٱلظَّـٰلِمِينَ 25
ފަހެ، އެ ދެ އަންހެނުންކުރެ އެކަކު ލަދުރަކިގޮތެއްގައި ހިނގާފައި އެކަލޭގެފާނުގެ އަރިހަށްއައިސް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބައްޕާ ކަލޭގެފާނަށް އެބަވިދާޅުވެއެވެ. (އެއީ) ކަލޭގެފާނު ތިމަންމެންގެ ޖަނަވާރުތަކަށް ފެން ދެއްވިކަމުގެ މައްޗަށް އުޖޫރައެއް ދެއްވުމަށްޓަކައެވެ. ފަހެ، އެކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާގެ އަރިހަށް) ވަޑައިގެން އެކަލޭގެފާނުގެ ވާހަކަ ކިޔައިދެއްވި ހިނދު، އެކަލޭގެފާނު (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާ) ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! އަނިޔާވެރިވީ މީހުންގެ ކިބައިން ކަލޭގެފާނު ސަލާމަތް ވެވަޑައިގެންފީމުއެވެ.
Surah 28 · سورة القَصَص
Juz 1
قَالَتۡ إِحۡدَٮٰهُمَا يَـٰٓأَبَتِ ٱسۡتَـٔۡجِرۡهُ‌ۖ إِنَّ خَيۡرَ مَنِ ٱسۡتَـٔۡجَرۡتَ ٱلۡقَوِىُّ ٱلۡأَمِينُ 26
އެ ދެ އަންހެނުންކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާއެވެ! އޭނާއަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިޔެކެވެ.
Surah 28 · سورة القَصَص
Juz 1
قَالَ إِنِّىٓ أُرِيدُ أَنۡ أُنكِحَكَ إِحۡدَى ٱبۡنَتَىَّ هَـٰتَيۡنِ عَلَىٰٓ أَن تَأۡجُرَنِى ثَمَـٰنِىَ حِجَجٍ۬‌ۖ فَإِنۡ أَتۡمَمۡتَ عَشۡرً۬ا فَمِنۡ عِندِكَ‌ۖ وَمَآ أُرِيدُ أَنۡ أَشُقَّ عَلَيۡكَ‌ۚ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰلِحِينَ 27
އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަން ގަސްދުކުރަނީ ތިމަންގެ މިތިބަ ދެ އަންހެން ދަރިކަނބަލުންކުރެ އެއްދަރިކަނބަލަކު، ކަލޭގެފާނާ ކައިވެނި ކޮށްދެއްވުމަށްޓަކައެވެ. އަށްއަހަރު ވަންދެން ތިމަންކަލޭގެފާނަށް خدمةކޮށްދެއްވުމުގެ شرطގެ މަތިންނެވެ. ފަހެ، ދިހައަހަރު ކަލޭގެފާނު ހަމަކުރައްވައިފިނަމަ، އެއީ ކަލޭގެފާނުގެ ހެޔޮފުޅުކަމެވެ. އަދި ކަލޭގެފާނަށް އުނދަގޫކުރާކަށް ތިމަން ނޭދެމެވެ. اللَّه އިރާދަކުރެއްވިއްޔާ ތިމަންނާއީ صالحންގެ ތެރެއިންވާ މީހެއްކަން ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ.
Surah 28 · سورة القَصَص
Juz 1
قَالَ ذَٲلِكَ بَيۡنِى وَبَيۡنَكَ‌ۖ أَيَّمَا ٱلۡأَجَلَيۡنِ قَضَيۡتُ فَلَا عُدۡوَٲنَ عَلَىَّ‌ۖ وَٱللَّهُ عَلَىٰ مَا نَقُولُ وَڪِيلٌ۬ 28
އެކަލޭގެފާނު (އެބަހީ: موسىގެފާނު) ވިދާޅުވިއެވެ. އެއީ ތިމަންނާއާ ކަލޭގެފާނާ ދެމެދު އެއްބަސްވީގޮތެވެ. ދެ މުއްދަތުންކުރެ ކޮންމެ މުއްދަތެއް ތިމަން ވޭތިކުރިޔަސް، ފަހެ، ތިމަންގެ މައްޗަކަށް ދެކޮޅުވެރިވުމެއްނެތެވެ. އަދި ތިމަންމެން
މި ބުނާބަހުގެ މައްޗަށް اللَّه ހެކިވެވޮޑިގެންވެއެވެ.
Surah 28 · سورة القَصَص
Juz 1
۞ فَلَمَّا قَضَىٰ مُوسَى ٱلۡأَجَلَ وَسَارَ بِأَهۡلِهِۦۤ ءَانَسَ مِن جَانِبِ ٱلطُّورِ نَارً۬ا قَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّىٓ ءَانَسۡتُ نَارً۬ا لَّعَلِّىٓ ءَاتِيكُم مِّنۡهَا بِخَبَرٍ أَوۡ جَذۡوَةٍ۬ مِّنَ ٱلنَّارِ لَعَلَّكُمۡ تَصۡطَلُونَ 29
ފަހެ، موسىގެފާނު އެ މުއްދަތު ހަމަކުރައްވައި، އެކަލޭގެފާނުގެ أهلވެރިންނާއެކު (ދަތުރުކުރައްވައި) ވަޑައިގެންނެވިހިނދު، طورފަރުބަދައިގެ ކައިރިން އަލިފާންގަނޑެއް ފެނިވަޑައިގަތެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ أهلވެރިންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތާ ތިބޭށެވެ! ހަމަކަށަވަރުން، ތިމަންނާއަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. ތިޔަބައިމީހުންގެ ގާތަށް އެތަނުން خبرއެއް ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށް އަލިފާންކޮޅެއް ގެނެސްދެވޭތޯ ބަލާހުށީމެވެ.
Surah 28 · سورة القَصَص
Juz 1
فَلَمَّآ أَتَٮٰهَا نُودِىَ مِن شَـٰطِىِٕ ٱلۡوَادِ ٱلۡأَيۡمَنِ فِى ٱلۡبُقۡعَةِ ٱلۡمُبَـٰرَڪَةِ مِنَ ٱلشَّجَرَةِ أَن يَـٰمُوسَىٰٓ إِنِّىٓ أَنَا ٱللَّهُ رَبُّ ٱلۡعَـٰلَمِينَ 30
ފަހެ، އެކަލޭގެފާނު އެ އަލިފާންގަނޑުގެ ކައިރިޔަށް ވަޑައިގަތްހިނދު، ވާދީގެ ކަނާތްފަރާތުގައިވާ بركاتތެރި ތަނަކުން ގަހެއްގެ ތެރެއިން އެކަލޭގެފާނަށް ނިދާއިއްވެވިއެވެ. އޭ موسىގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، عالمތަކުގެ ވެރި اللَّهއެވެ.
Surah 28 · سورة القَصَص
Juz 1
وَأَنۡ أَلۡقِ عَصَاكَ‌ۖ فَلَمَّا رَءَاهَا تَہۡتَزُّ كَأَنَّہَا جَآنٌّ۬ وَلَّىٰ مُدۡبِرً۬ا وَلَمۡ يُعَقِّبۡ‌ۚ يَـٰمُوسَىٰٓ أَقۡبِلۡ وَلَا تَخَفۡ‌ۖ إِنَّكَ مِنَ ٱلۡأَمِنِينَ 31
އަދި ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ! ފަހެ، އެ އަސާކޮޅު (އެއްލެވީމާ) ހަރުފައެއް ފަދައިން ހެލިފެލިވާތީ އެކަލޭގެފާނު ދެކެވަޑައިގަތްހިނދު (ބިރުފުޅުން) ފުރަގަސްދެއްވައި ދުވެވަޑައިގަތެވެ. އަދި އެނބުރި ވަޑައެއްނުގަތެވެ. (وحى އިއްވެވިއެވެ.) އޭ موسىގެފާނެވެ! ކުރިމަތިލައްވައި ވަޑައިގަންނަވާށެވެ! އަދި ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ އަމާންކަން ލިބިގެންވާ މީހުންގެ ތެރެއިންނެވެ.
Surah 28 · سورة القَصَص
Juz 1
ٱسۡلُكۡ يَدَكَ فِى جَيۡبِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٍ۬ وَٱضۡمُمۡ إِلَيۡكَ جَنَاحَكَ مِنَ ٱلرَّهۡبِ‌ۖ فَذَٲنِكَ بُرۡهَـٰنَانِ مِن رَّبِّكَ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦۤ‌ۚ إِنَّهُمۡ ڪَانُواْ قَوۡمً۬ا فَـٰسِقِينَ 32
އަދި ކަލޭގެފާނު ހެދުންކޮޅުގެ މަންސަފާއަށް އަތްޕުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްގެ ނުބަޔަކާނުލައި، ހުދުކޮށް (ވިދަވިދާ އޮންނަ ގޮތުގައި) އެ އަތްޕުޅު ނުކުންނާނެތެވެ. އަދި ކަލޭގެފާނުގެ އަތްޕުޅު، ބިރުވެރިކަމުން ކަލޭގެފާނުގެ އަރިކަށިފުޅަށް ލަފައިލައްވާށެވެ! ފަހެ، އެ ދެކަންތަކަކީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން فرعونއާއި، އޭނާގެ ބޮޑުންނަށް (ދެއްކެވުމަށް) ވާ ދެ حجّةއެވެ. ހަމަކަށަވަރުން، فاسق ބަޔަކު ކަމުގައި އެއުރެންވޫއެވެ.
Surah 28 · سورة القَصَص
Juz 1
قَالَ رَبِّ إِنِّى قَتَلۡتُ مِنۡهُمۡ نَفۡسً۬ا فَأَخَافُ أَن يَقۡتُلُونِ 33
އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާވަނީ، އެއުރެންގެ ތެރެއިން މީހަކު قتلކޮށްފައެވެ. ފަހެ، އެއުރެން މިއަޅާ قتلކޮށްފާނެތީ، މިއަޅާ ބިރުގަނެއެވެ.
Surah 28 · سورة القَصَص
Juz 1
وَأَخِى هَـٰرُونُ هُوَ أَفۡصَحُ مِنِّى لِسَانً۬ا فَأَرۡسِلۡهُ مَعِىَ رِدۡءً۬ا يُصَدِّقُنِىٓ‌ۖ إِنِّىٓ أَخَافُ أَن يُكَذِّبُونِ 34
އަދި މިއަޅާގެ أخ، هارون މިއަޅާއަށްވުރެ ދޫފަސޭހަކަން ބޮޑެވެ. ފަހެ، އަޅުގެ ބަސްތެދުކޮށް އަޅާއަށް އެހީތެރިވުމަށް މިއަޅާއަށް އެކުގައި އެކަލޭގެފާނު رسولކަމާއިގެން ފޮނުއްވައިފާނދޭވެ! ހަމަކަށަވަރުން، އެއުރެން މިއަޅާ ދޮގުކޮށްފާނެކަމަށް މިއަޅާ ބިރުގަނެތެވެ.
Surah 28 · سورة القَصَص
Juz 1
قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجۡعَلُ لَكُمَا سُلۡطَـٰنً۬ا فَلَا يَصِلُونَ إِلَيۡكُمَا‌ۚ بِـَٔايَـٰتِنَآ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلۡغَـٰلِبُونَ 35
އެކަލާނގެ وحىކުރެއްވިއެވެ. ކަލޭގެފާނުގެ أخ ފޮނުއްވުމުން ކަލޭގެފާނުގެ މުލައްދަނޑިފުޅަށް ތިމަންރަސްކަލާނގެ ގަދަކަން ދެއްވާހުށީމެވެ. އަދި ތިޔަ ދެކަލުންނަށް ބާރެއް ދެއްވާހުށީމެވެ. ފަހެ، ތިމަންރަސްކަލާނގެ ދެއްވި معجزاتގެ ސަބަބުން، އެއުރެންނަކަށް ތިޔަ ދެކަލުންނާ ހަމައަށް (އުނދަގުލެއް ދޭކަށް) ނާދެވޭހުށްޓެވެ. ތިޔަ ދެކަލުންނާއި، ތިޔަ ދެކަލުންނަށް تبعވީ މީހުންނަކީ (نصرލިބި) ގަދަވާނޭ މީހުންނެވެ.
Surah 28 · سورة القَصَص
Juz 1
فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَـٰتِنَا بَيِّنَـٰتٍ۬ قَالُواْ مَا هَـٰذَآ إِلَّا سِحۡرٌ۬ مُّفۡتَرً۬ى وَمَا سَمِعۡنَا بِهَـٰذَا فِىٓ ءَابَآٮِٕنَا ٱلۡأَوَّلِينَ 36
ފަހެ، ބަޔާންވެގެންވާ حال، ތިމަންރަސްކަލާނގެ ހެކިތަކާއިގެން موسىގެފާނު އެއުރެންގެ ގާތަށް ވަޑައިގަތްހިނދު، އެއުރެން ބުނޫއެވެ. މިއީ އަމިއްލައަށް ހަދައިގެންއުޅޭ ޖާދޫއެއްކަމުގައި ނޫނީ ނުވެތެވެ. އަދި ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް މިފަދަ ވާހަކައެއް (ވާކަމަކަށް) ތިމަންމެން ނާހަމުއެވެ.
Surah 28 · سورة القَصَص
Juz 1
وَقَالَ مُوسَىٰ رَبِّىٓ أَعۡلَمُ بِمَن جَآءَ بِٱلۡهُدَىٰ مِنۡ عِندِهِۦ وَمَن تَكُونُ لَهُ ۥ عَـٰقِبَةُ ٱلدَّارِ‌ۖ إِنَّهُ ۥ لَا يُفۡلِحُ ٱلظَّـٰلِمُونَ 37
އަދި موسىގެފާނު ވިދާޅުވިއެވެ. އެކަލާނގެ حضرةން ތެދުމަގާއިގެން އައީ ކާކުކަން، އަދި آخرةދުވަހުން تعريف ލިބިގެންވާ ނިމުމެއް ލިބޭނީ ކާކަށްކަން، އެންމެމޮޅަށް ދެނެވޮޑިގެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެއެވެ. ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިންނަވާނެތެވެ.
Surah 28 · سورة القَصَص
Juz 1
وَقَالَ فِرۡعَوۡنُ يَـٰٓأَيُّهَا ٱلۡمَلَأُ مَا عَلِمۡتُ لَڪُم مِّنۡ إِلَـٰهٍ غَيۡرِى فَأَوۡقِدۡ لِى يَـٰهَـٰمَـٰنُ عَلَى ٱلطِّينِ فَٱجۡعَل لِّى صَرۡحً۬ا لَّعَلِّىٓ أَطَّلِعُ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُ ۥ مِنَ ٱلۡكَـٰذِبِينَ 38
فرعون ބުންޏެވެ. އޭ (އަހުރެންގެ قومގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން إلهއަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެއެވެ.
އޭ هامانއެވެ! އަހުރެންނަށް މަށިން އީޓު ހަދައިދޭށެވެ! އަދި އަހުރެންނަށް އުސްގަނޑުވަރެއް ތައްޔާރުކޮށްދޭށެވެ! (އެއީ) موسىގެފާނުންގެ إله އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، އެކަލޭގެފާނުވަނީ ދޮގުވެރިންގެ ތެރެއިން ކަމަށެވެ.
Surah 28 · سورة القَصَص
Juz 1
وَٱسۡتَكۡبَرَ هُوَ وَجُنُودُهُ ۥ فِى ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَظَنُّوٓاْ أَنَّهُمۡ إِلَيۡنَا لَا يُرۡجَعُونَ 39
އަދި އޭނާއާއި، އޭނާގެ لشكر حقއަކާ ނުލައި ބިމުގައި ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ حضرةއަށް އެއުރެން އަނބުރާ رجوع ނުކުރައްވާނެކަމަށް އެއުރެން ހީކުރޫއެވެ.
Surah 28 · سورة القَصَص
Juz 1
فَأَخَذۡنَـٰهُ وَجُنُودَهُ ۥ فَنَبَذۡنَـٰهُمۡ فِى ٱلۡيَمِّ‌ۖ فَٱنظُرۡ كَيۡفَ ڪَانَ عَـٰقِبَةُ ٱلظَّـٰلِمِينَ 40
ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ لشكرހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑު ލެއްވީމެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!
Surah 28 · سورة القَصَص
Juz 1
وَجَعَلۡنَـٰهُمۡ أَٮِٕمَّةً۬ يَدۡعُونَ إِلَى ٱلنَّارِ‌ۖ وَيَوۡمَ ٱلۡقِيَـٰمَةِ لَا يُنصَرُونَ 41
އަދި ނަރަކަޔަށް (ވަނުމަށް މީސްތަކުންނަށް) ގޮވާ زعيمން ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. އަދި قيامةދުވަހުގައި އެއުރެންނަކަށް نصرއެއް ނުލިބޭނެތެވެ.
Surah 28 · سورة القَصَص
Juz 1
وَأَتۡبَعۡنَـٰهُمۡ فِى هَـٰذِهِ ٱلدُّنۡيَا لَعۡنَةً۬‌ۖ وَيَوۡمَ ٱلۡقِيَـٰمَةِ هُم مِّنَ ٱلۡمَقۡبُوحِينَ 42
އަދި ތިމަންރަސްކަލާނގެ މިދުނިޔެމަތީގައިވެސް، އެއުރެންނަށް لعنة ލެއްވީމެވެ. އަދި قيامةދުވަހުގައި، އެއުރެންނީ (اللَّهގެ رحمةން) ދުރުކުރައްވާފައިވާ ބަޔެކެވެ.
Surah 28 · سورة القَصَص
Juz 1
وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡڪِتَـٰبَ مِنۢ بَعۡدِ مَآ أَهۡلَكۡنَا ٱلۡقُرُونَ ٱلۡأُولَىٰ بَصَآٮِٕرَ لِلنَّاسِ وَهُدً۬ى وَرَحۡمَةً۬ لَّعَلَّهُمۡ يَتَذَكَّرُونَ 43
އަދި ހަމަކަށަވަރުން، އިހުގެ جيلތައް ހަލާކު ކުރެއްވުމަށްފަހުގައި، ތިމަންރަސްކަލާނގެ موسىގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) މީސްތަކުންނަށް ހުރި عبرةއެއް ކަމުގައްޔާއި، ތެދުމަގެއް ކަމުގައްޔާއި، رحمةއެއް ކަމުގައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.
Surah 28 · سورة القَصَص
Juz 1
وَمَا كُنتَ بِجَانِبِ ٱلۡغَرۡبِىِّ إِذۡ قَضَيۡنَآ إِلَىٰ مُوسَى ٱلۡأَمۡرَ وَمَا كُنتَ مِنَ ٱلشَّـٰهِدِينَ 44
(އޭ محمدގެފާނެވެ!) އަދި ތިމަންރަސްކަލާނގެ موسىގެފާނަށް أمرތައް ކަނޑައެޅުއްވިހިނދު (ފަރުބަދައިގެ) ހުޅަނގުފަރާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި (އެތަނަށް) حاضرވި މީހުންގެ ތެރެޔަކުންވެސް ކަލޭގެފާނު ވެވަޑައިގެން ނުވަމުއެވެ.
Surah 28 · سورة القَصَص
Juz 1
وَلَـٰكِنَّآ أَنشَأۡنَا قُرُونً۬ا فَتَطَاوَلَ عَلَيۡہِمُ ٱلۡعُمُرُ‌ۚ وَمَا ڪُنتَ ثَاوِيً۬ا فِىٓ أَهۡلِ مَدۡيَنَ تَتۡلُواْ عَلَيۡهِمۡ ءَايَـٰتِنَا وَلَـٰكِنَّا ڪُنَّا مُرۡسِلِينَ 45
އެހެނެއްކަމަކު (އޭގެފަހަށް) ތިމަންރަސްކަލާނގެ އެތައް جيلއެއްގެ މީހުން އުފެއްދެވީމެވެ. ފަހެ، އެއުރެންގެ މައްޗަށް ޒަމާން ދިގުވެގެންދިޔައެވެ. އަދި مدينގެ أهلވެރިންގެ ތެރޭގައި އެއުރެންނަށް ތިމަންރަސްކަލާނގެ آيةތައް ކިޔަވައި ދެއްވާކަށް ކަލޭގެފާނު ނުހުންނަވަމުއެވެ. އެހެނެއްކަމަކު، ކަލޭގެފާނު رسولކަމާއިގެން ފޮނުއްވީ (އަދި އެ خبرތައް ކަލޭގެފާނަށް އެންގެވީ) ތިމަންރަސްކަލާނގެއެވެ.
Surah 28 · سورة القَصَص
Juz 1
وَمَا كُنتَ بِجَانِبِ ٱلطُّورِ إِذۡ نَادَيۡنَا وَلَـٰكِن رَّحۡمَةً۬ مِّن رَّبِّكَ لِتُنذِرَ قَوۡمً۬ا مَّآ أَتَٮٰهُم مِّن نَّذِيرٍ۬ مِّن قَبۡلِكَ لَعَلَّهُمۡ يَتَذَڪَّرُونَ 46
(އޭ محمدގެފާނެވެ!) އަދި ތިމަންރަސްކަލާނގެ (موسىގެފާނަށް) ނިދާއިއްވެވިހިނދު، طورފަރުބަދައިގެ ކައިރިއަކު ކަލޭގެފާނު ވަޑައިގެންނުވަމުއެވެ. އެހެނެއްކަމަކު (ކަލޭގެފާނު ފޮނުއްވާފައިވަނީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةންވާ رحمةއެއް ކަމުގައެވެ. (އެއީ) ކަލޭގެފާނުގެ ކުރީގައި އެއުރެންގެގާތަށް
إنذارކުރައްވާ رسولއަކު ވަޑައިގެންފައިނުވާ قومއެއްގެ މީހުންނަށް
إنذارކުރެއްވުމަށްޓަކައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.
Surah 28 · سورة القَصَص
Juz 1
وَلَوۡلَآ أَن تُصِيبَهُم مُّصِيبَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَيَقُولُواْ رَبَّنَا لَوۡلَآ أَرۡسَلۡتَ إِلَيۡنَا رَسُولاً۬ فَنَتَّبِعَ ءَايَـٰتِكَ وَنَكُونَ مِنَ ٱلۡمُؤۡمِنِينَ 47
އަދި އެއުރެންގެ އަތްތަކުން އިސްކުޅަ عملތަކުގެ ސަބަބުން އެއުރެންނަށް مصيبةއެއް ނުޖެހޭނެނަމަ (ތިމަންރަސްކަލާނގެ رسولބޭކަލުން ނުފޮނުއްވީމުހެވެ.) ފަހެ، އޭރުން އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ގާތަށް އިބަރަސްކަލާނގެ رسولއަކު ނުފޮނުއްވީ ކީއްވެގެންތޯއެވެ؟ އޭރުން އަޅަމެން އިބަރަސްކަލާނގެ آيةތަކަށް تبعވެ، مؤمنންގެ ތެރެއިން ވެއްޖައީމުހެވެ.
Surah 28 · سورة القَصَص
Juz 1
فَلَمَّا جَآءَهُمُ ٱلۡحَقُّ مِنۡ عِندِنَا قَالُواْ لَوۡلَآ أُوتِىَ مِثۡلَ مَآ أُوتِىَ مُوسَىٰٓ‌ۚ أَوَلَمۡ يَڪۡفُرُواْ بِمَآ أُوتِىَ مُوسَىٰ مِن قَبۡلُ‌ۖ قَالُواْ سِحۡرَانِ تَظَـٰهَرَا وَقَالُوٓاْ إِنَّا بِكُلٍّ۬ كَـٰفِرُونَ 48
ފަހެ، ތިމަންރަސްކަލާނގެ حضرةން އެއުރެންގެގާތަށް حقތެދުމަގު އައިހިނދު (އެބަހީ: ތެދުމަގާއިގެން محمدގެފާނު ވަޑައިގަތްހިނދު) އެއުރެން ބުނޫއެވެ. موسىގެފާނަށް ދެއްވިފަދަ معجزاتތަކެއް އެކަލޭގެފާނަށް ނުދެއްވީ ކީއްވެގެން ހެއްޔެވެ؟ މީގެކުރިން موسىގެފާނަށް ދެއްވި އެއްޗަކަށް، އެއުރެން ފަހެ، كافرވެފައެއް ނުވޭހެއްޔެވެ؟ އެއުރެން ބުނޫއެވެ. (توراةއާއި قرآنއަކީ) އެކަތި އަނެކައްޗަށް ވާގިވެރިވާ ދެ ޖާދޫއެކެވެ. އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެއިންކޮންމެ އެއްޗަކަށް ތިމަންމެން كافرވަމުއެވެ.
Surah 28 · سورة القَصَص
Juz 1
قُلۡ فَأۡتُواْ بِكِتَـٰبٍ۬ مِّنۡ عِندِ ٱللَّهِ هُوَ أَهۡدَىٰ مِنۡہُمَآ أَتَّبِعۡهُ إِن ڪُنتُمۡ صَـٰدِقِينَ 49
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމަ، ފަހެ، އެ ދެފޮތަށްވުރެ ތެދުމަގު ދެއްކުންބޮޑު ފޮތެއް، ތިމަންކަލޭގެފާނު އެއަށް تبعވުމަށް، اللَّهގެ حضرةން ތިޔަބައިމީހުން ނިކަން ގެނެސްބަލާށެވެ!
Surah 28 · سورة القَصَص
Juz 1
فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡ‌ۚ وَمَنۡ أَضَلُّ مِمَّنِ ٱتَّبَعَ هَوَٮٰهُ بِغَيۡرِ هُدً۬ى مِّنَ ٱللَّهِ‌ۚ إِنَّ ٱللَّهَ لَا يَہۡدِى ٱلۡقَوۡمَ ٱلظَّـٰلِمِينَ 50
ފަހެ، އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ (އެބަހީ: ކަލޭގެފާނު އެއުރެންގެ ކިބައިން އެދިވަޑައިގެންނެވި ކަންތައް، އެއުރެންނަށް ނުކުރެވިއްޖެނަމަ) ފަހެ، ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެއުރެން އެ تبعވަނީ، ހަމައެކަނި އެއުރެންގެ (ނުބައި) އެދުންތަކަށެވެ. އަދި اللَّهގެ حضرةން ތެދުމަގަކާނުލައި، އެމީހެއްގެ އަމިއްލަ އެދުމަށް تبعވީ މީހަކަށްވުރެ މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.
Surah 28 · سورة القَصَص
Juz 1
۞ وَلَقَدۡ وَصَّلۡنَا لَهُمُ ٱلۡقَوۡلَ لَعَلَّهُمۡ يَتَذَكَّرُونَ 51
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ وحىގެ ބަސްފުޅު (އެބަހީ: قرآن) ވިދިވިދިގެން ބާވައިލައްވައި، އެއުރެންނާ ހަމަޔަށް ގެނެސްދެއްވީމެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.
Surah 28 · سورة القَصَص
Juz 1
ٱلَّذِينَ ءَاتَيۡنَـٰهُمُ ٱلۡكِتَـٰبَ مِن قَبۡلِهِۦ هُم بِهِۦ يُؤۡمِنُونَ 52
މީގެކުރިން ތިމަންރަސްކަލާނގެ ފޮތްދެއްވި މީހުން (އެބަހީ: توراةއާއި إنجيلގެ أهلވެރިންކުރެ إسلامވި މީހުން) އެފޮތަށް (އެބަހީ: قرآنއަށް) إيمانވެއެވެ.
Surah 28 · سورة القَصَص
Juz 1
وَإِذَا يُتۡلَىٰ عَلَيۡہِمۡ قَالُوٓاْ ءَامَنَّا بِهِۦۤ إِنَّهُ ٱلۡحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبۡلِهِۦ مُسۡلِمِينَ 53
އަދި އެއުރެންނަށް އެ ފޮތް ކިޔަވައިދެވޭހިނދު އެއުރެން ބުނެތެވެ. ތިމަންމެން އެފޮތަށް إيمانވެއްޖައީމުއެވެ. ހަމަކަށަވަރުން، އެއީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرةން އައި حقތެދެވެ. ހަމަކަށަވަރުން، ތިމަންމެން މީގެކުރީގައިވެސް مسلمން ކަމުގައިވީމުއެވެ.
Surah 28 · سورة القَصَص
Juz 1
أُوْلَـٰٓٮِٕكَ يُؤۡتَوۡنَ أَجۡرَهُم مَّرَّتَيۡنِ بِمَا صَبَرُواْ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقۡنَـٰهُمۡ يُنفِقُونَ 54
އެއުރެންނީ، ކެތްތެރިވިކަމަށްޓަކައި، އެއުރެންނަށް ދެފަހަރަށް ދަރުމަ ދެއްވާނޭ މީހުންނެވެ. އަދި އެއުރެން ހެއުކަންތައް މެދުވެރިކޮށް ނުބައިކަންތައް دفاعކުރެތެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން އެއުރެން ހޭދަކުރެތެވެ.
Surah 28 · سورة القَصَص
Juz 1
وَإِذَا سَمِعُواْ ٱللَّغۡوَ أَعۡرَضُواْ عَنۡهُ وَقَالُواْ لَنَآ أَعۡمَـٰلُنَا وَلَكُمۡ أَعۡمَـٰلُكُمۡ سَلَـٰمٌ عَلَيۡكُمۡ لَا نَبۡتَغِى ٱلۡجَـٰهِلِينَ 55
އަދި އެއުރެންނަށް ބޭކާރު ވާހަކަ އިވޭހިނދު، އެއުރެން އެއިން އެއްކިބާވެގަނެތެވެ. އަދި އެއުރެން ބުނެތެވެ. ތިމަންމެންނަށް، ތިމަންމެންގެ عملތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ عملތަކެވެ. ތިމަންމެންނާ ތިޔަބައިމީހުންނާ ވަތްކެވެ. (އެހެނީ) ތިމަންމެން جاهلންނާއެކު އުޅުމަކަށް ނޭދެމުއެވެ.
Surah 28 · سورة القَصَص
Juz 1
إِنَّكَ لَا تَہۡدِى مَنۡ أَحۡبَبۡتَ وَلَـٰكِنَّ ٱللَّهَ يَہۡدِى مَن يَشَآءُ‌ۚ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ 56
ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެދިކީއްހެއްޔެވެ! اللَّه، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.
Surah 28 · سورة القَصَص
Juz 1
وَقَالُوٓاْ إِن نَّتَّبِعِ ٱلۡهُدَىٰ مَعَكَ نُتَخَطَّفۡ مِنۡ أَرۡضِنَآ‌ۚ أَوَلَمۡ نُمَكِّن لَّهُمۡ حَرَمًا ءَامِنً۬ا يُجۡبَىٰٓ إِلَيۡهِ ثَمَرَٲتُ كُلِّ شَىۡءٍ۬ رِّزۡقً۬ا مِّن لَّدُنَّا وَلَـٰكِنَّ أَڪۡثَرَهُمۡ لَا يَعۡلَمُونَ 57
އަދި އެއުރެން ބުނޫއެވެ. ތިމަންމެން ކަލޭގެފާނާއެކު ތެދުމަގަށް تبعވެއްޖެނަމަ، ތިމަންމެންގެ ރަށުން ތިމަންމެންޖަހައިގަނެވޭ ހުށްޓެވެ. أمانކަން ލިބިގެންވާ
حرمއެއް ތިމަންރަސްކަލާނގެ އެއުރެންނަށްޓަކައި ނުލައްވަންހެއްޔެވެ؟ އެތަނަށް ތިމަންރަސްކަލާނގެ حضرةން ލިބެނިވި رزقއެއްގެ ގޮތުގައި، ހުރިހާ ބާވަތެއްގެ މޭވާ ގެނެވެއެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން އެކަމެއް ނުދަނެތެވެ.
Surah 28 · سورة القَصَص
Juz 1
وَكَمۡ أَهۡلَڪۡنَا مِن قَرۡيَةِۭ بَطِرَتۡ مَعِيشَتَهَا‌ۖ فَتِلۡكَ مَسَـٰكِنُهُمۡ لَمۡ تُسۡكَن مِّنۢ بَعۡدِهِمۡ إِلَّا قَلِيلاً۬‌ۖ وَڪُنَّا نَحۡنُ ٱلۡوَٲرِثِينَ 58
އަދި އެއުރެންނަށް ދެއްވި ދިރިއުޅުމުގެ ތަނަވަސްކަމުގެ މައްޗަށް كبرވެރިވެގެން އުޅުނު ކިތައްކިތައް ރަށުގެ أهلވެރިން ތިމަންރަސްކަލާނގެ ހަލާކުކޮށްލެއްވިން ހެއްޔެވެ؟ ފަހެ، އެއުރެންގެ ގެދޮރު (ފެންނާން) އެހުރީއެވެ. ވަރަށްމަދު ހިނދުކޮޅެއްގައި މެނުވީ، އެއިން ގެއެއްގައި އެއުރެންނަށްފަހު، މީހަކަށް ނޫޅެވެތެވެ. އަދި ދެމިހުންނަނިވި ވާރުތަވެރިޔަކީވެސް ތިމަންރަސްކަލާނގެއެވެ. (އެބަހީ: އެންމެހާ ތަކެތި ފަނާވެދިއުމަށްފަހުވެސް ދިރިދެމިވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ.)
Surah 28 · سورة القَصَص
Juz 1
وَمَا كَانَ رَبُّكَ مُهۡلِكَ ٱلۡقُرَىٰ حَتَّىٰ يَبۡعَثَ فِىٓ أُمِّهَا رَسُولاً۬ يَتۡلُواْ عَلَيۡهِمۡ ءَايَـٰتِنَا‌ۚ وَمَا ڪُنَّا مُهۡلِكِى ٱلۡقُرَىٰٓ إِلَّا وَأَهۡلُهَا ظَـٰلِمُونَ 59
އަދި ރަށްތަކުގެ ތެރެއިން މައިރަށަށް، ތިމަންރަސްކަލާނގެ آيةތައް ކިޔަވައި ވިދާޅުވެ ދެއްވާނޭ رسولއަކު ފޮނުއްވައިފުމަށް ދާނދެން ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެރަށްތައް ހަލާކުކޮށެއް ނުލައްވައެވެ. އެތަންތާނގެ أهلވެރިން އަނިޔާވެރިވާ حالގައި މެނުވީ، ތިމަންރަސްކަލާނގެ އެރަށްތައް ހަލާކެއް ނުކުރައްވަމެވެ.
Surah 28 · سورة القَصَص
Juz 1
وَمَآ أُوتِيتُم مِّن شَىۡءٍ۬ فَمَتَـٰعُ ٱلۡحَيَوٰةِ ٱلدُّنۡيَا وَزِينَتُهَا‌ۚ وَمَا عِندَ ٱللَّهِ خَيۡرٌ۬ وَأَبۡقَىٰٓ‌ۚ أَفَلَا تَعۡقِلُونَ 60
އަދި ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި އެތާނގެ ޒީނަތްތެރިކަމެވެ. އަދި اللَّهގެ حضرةގައިވާ ތަކެތި ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭ ހެއްޔެވެ؟
Surah 28 · سورة القَصَص
Juz 1
أَفَمَن وَعَدۡنَـٰهُ وَعۡدًا حَسَنً۬ا فَهُوَ لَـٰقِيهِ كَمَن مَّتَّعۡنَـٰهُ مَتَـٰعَ ٱلۡحَيَوٰةِ ٱلدُّنۡيَا ثُمَّ هُوَ يَوۡمَ ٱلۡقِيَـٰمَةِ مِنَ ٱلۡمُحۡضَرِينَ 61
ފަހެ، އެމީހަކަށް ރިވެތިވެގެންވާ وعدއަކުން ތިމަންރަސްކަލާނގެ وعدކުރައްވާފައިވާ، އަދި އެ وعدކުރެއްވެވިކަމެއް ލިބެނިވި މީހަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފާ ތިމަންރަސްކަލާނގެ އެމީހަކަށް ދެއްވި މީހަކާ އެއްފަދަ މީހެއް ހެއްޔެވެ؟ ދެން قيامةދުވަހުން، އެމީހާވާހުށީ (عقوباتލިބުމަށް) حاضرކުރައްވާ މީހުންގެ ތެރެއިންނެވެ.
Surah 28 · سورة القَصَص
Juz 1
وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَكَآءِىَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ 62
އަދި އެއުރެންނަށް (އެބަހީ: مشركންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ (އެދުވަހުން އެއުރެން ދެރަކޮށްލެއްވުމުގެގޮތުން) وحىކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ شريكން ކަމުގައި ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟
Surah 28 · سورة القَصَص
Juz 1
قَالَ ٱلَّذِينَ حَقَّ عَلَيۡہِمُ ٱلۡقَوۡلُ رَبَّنَا هَـٰٓؤُلَآءِ ٱلَّذِينَ أَغۡوَيۡنَآ أَغۡوَيۡنَـٰهُمۡ كَمَا غَوَيۡنَا‌ۖ تَبَرَّأۡنَآ إِلَيۡكَ‌ۖ مَا كَانُوٓاْ إِيَّانَا يَعۡبُدُونَ 63
އެއުރެންގެ މައްޗަށް (ކޯފާގެ) ބަސްފުޅު حقވީ މީހުން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! މިތިބީ އަޅަމެން މަގުފުރެއްދި މީހުންނެވެ. އަޅަމެން، އެއުރެން މަގުފުރެއްދީ، އަޅަމެންވެސް މަގުފުރެދުނު ފަދައިންނެވެ. އިބަރަސްކަލާނގެ حضرةއަށް އެއުރެންގެ ކިބައިން އަޅަމެން ބަރީއަވެއްޖައީމުއެވެ. އެއުރެން އަޅުކަންކޮށް އުޅުނީ އަޅަމެންނަކަށް ނޫނެވެ.
Surah 28 · سورة القَصَص
Juz 1
وَقِيلَ ٱدۡعُواْ شُرَكَآءَكُمۡ فَدَعَوۡهُمۡ فَلَمۡ يَسۡتَجِيبُواْ لَهُمۡ وَرَأَوُاْ ٱلۡعَذَابَ‌ۚ لَوۡ أَنَّهُمۡ كَانُواْ يَہۡتَدُونَ 64
އަދި (ދެރަކޮށްލެއްވުމުގެގޮތުން) އަންގަވާ ހުށްޓެވެ. ތިޔަބައިމީހުންގެ شريكންނަށް ތިޔަބައިމީހުން ގޮވާށެވެ! ފަހެ، އެއުރެން އެ شريكންނަށް ގޮވާނެތެވެ. އެ شريكން އެއުރެންނަކަށް އިޖާބައެއް ނުދޭނެތެވެ. އަދި އެއުރެންނަށް عذابފެންނަ ހުށްޓެވެ. އެހިނދު، އެއުރެންނަށް ތެދުމަގު ލިބުނުނަމަ، ކިހާރަނގަޅުހޭ އެއުރެން ހިތަށް އަރާނެތެވެ.
Surah 28 · سورة القَصَص
Juz 1
وَيَوۡمَ يُنَادِيہِمۡ فَيَقُولُ مَاذَآ أَجَبۡتُمُ ٱلۡمُرۡسَلِينَ 65
އަދި އެއުރެންނަށް (އެބަހީ:مشركންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ وحىކުރައްވާނެތެވެ. (ތިމަންރަސްކަލާނގެ ފޮނުއްވި) رسولންނަށް ތިޔަބައިމީހުން ދިނީ ކޮން ޖަވާބެއް ހެއްޔެވެ؟
Surah 28 · سورة القَصَص
Juz 1
فَعَمِيَتۡ عَلَيۡہِمُ ٱلۡأَنۢبَآءُ يَوۡمَٮِٕذٍ۬ فَهُمۡ لَا يَتَسَآءَلُونَ 66
ފަހެ، އެދުވަހުން (ރަނގަޅު ޖަވާބެއް ދިނުމަށް) خبرތައް އެއުރެންގެ މައްޗަށް ފަރުދާވެގެން ހިނގައިދާހުށްޓެވެ. ފަހެ، އެއުރެން (حيرانވެފައިވާލެއް ބޮޑުކަމުން) އެކަކު އަނެކަކާ سؤالވެސް ކޮށްނުލާނެތެވެ.
Surah 28 · سورة القَصَص
Juz 1
فَأَمَّا مَن تَابَ وَءَامَنَ وَعَمِلَ صَـٰلِحً۬ا فَعَسَىٰٓ أَن يَكُونَ مِنَ ٱلۡمُفۡلِحِينَ 67
ފަހެ، توبةވެ، إيمانވެ، صالح عملކުޅަމީހާ ދަންނާށެވެ! ފަހެ، އޭނާ ކާމިޔާބުވާ މީހުންގެ ތެރެއިންވުންގާތެވެ.
Surah 28 · سورة القَصَص
Juz 1
وَرَبُّكَ يَخۡلُقُ مَا يَشَآءُ وَيَخۡتَارُ‌ۗ مَا ڪَانَ لَهُمُ ٱلۡخِيَرَةُ‌ۚ سُبۡحَـٰنَ ٱللَّهِ وَتَعَـٰلَىٰ عَمَّا يُشۡرِڪُونَ 68
ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އަދި އެކަލާނގެ ރުއްސަވައިފި އަޅަކު (ނަބީކަމަށް) خيارކުރައްވަތެވެ. އެއުރެންނަކަށް خيارކުރުމެއް ނެތެވެ. އެއުރެން شريكކުރާ ތަކެތިން اللَّه ހުސްطاهرވެ މަތިވެރިވެ ވޮޑިގެންވެއެވެ.
Surah 28 · سورة القَصَص
Juz 1
وَرَبُّكَ يَعۡلَمُ مَا تُكِنُّ صُدُورُهُمۡ وَمَا يُعۡلِنُونَ 69
އަދި އެއުރެންގެ ހިތްތަކުގައި ވަންހަނާކުރާ ތަކެއްޗާއި، އެއުރެން ފާޅުކުރާ ތަކެތި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ.
Surah 28 · سورة القَصَص
Juz 1
وَهُوَ ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ‌ۖ لَهُ ٱلۡحَمۡدُ فِى ٱلۡأُولَىٰ وَٱلۡأَخِرَةِ‌ۖ وَلَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ 70
އަދި އެކަލާނގެއީ، اللَّهއެވެ. އެކަލާނގެ މެނުވީ، އެހެން إلهއަކު ނުވެއެވެ. ދުނިޔެއާއި، آخرةގައި، އެންމެހާ تعريفއާއި، ثناء މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި ނިޔާކުރެއްވުން މިލްކުވެގެންވަނީވެސް އެކަލާނގެއަށެވެ. އަދި ތިޔަބައިމީހުން رجوعކުރައްވާހުށީ، އެކަލާނގެ حضرةއަށެވެ.
Surah 28 · سورة القَصَص
Juz 1
قُلۡ أَرَءَيۡتُمۡ إِن جَعَلَ ٱللَّهُ عَلَيۡڪُمُ ٱلَّيۡلَ سَرۡمَدًا إِلَىٰ يَوۡمِ ٱلۡقِيَـٰمَةِ مَنۡ إِلَـٰهٌ غَيۡرُ ٱللَّهِ يَأۡتِيڪُم بِضِيَآءٍ‌ۖ أَفَلَا تَسۡمَعُونَ 71
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން خبرދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ރޭގަނޑު (ބަދަލެއްނުވެ) قيامةދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި اللَّه ލެއްވިނަމަ، ތިޔަބައިމީހުންނަށް (ދުވާލުގެ) އަލިކަން ގެނެސްދޭނީ، اللَّه ފިޔަވައި އެހެން ކޮން إلهއެއް ހެއްޔެވެ؟ ފަހެ، ތިޔަބައިހުންނަށް ނީވެނީހެއްޔެވެ؟
Surah 28 · سورة القَصَص
Juz 1
قُلۡ أَرَءَيۡتُمۡ إِن جَعَلَ ٱللَّهُ عَلَيۡڪُمُ ٱلنَّہَارَ سَرۡمَدًا إِلَىٰ يَوۡمِ ٱلۡقِيَـٰمَةِ مَنۡ إِلَـٰهٌ غَيۡرُ ٱللَّهِ يَأۡتِيڪُم بِلَيۡلٍ۬ تَسۡكُنُونَ فِيهِ‌ۖ أَفَلَا تُبۡصِرُونَ 72
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން خبرދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ދުވާލު (ބަދަލެއްނުވެ) قيامةދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި اللَّه ލެއްވިނަމަ، ތިޔަބައިމީހުން އަރާމުކުރަން ތިބޭނޭ ރޭގަނޑެއް ތިޔަބައިމީހުންނަށް ގެނެސްދޭނީ، اللَّه ފިޔަވައި އެހެން ކޮން إلهއެއް ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟
Surah 28 · سورة القَصَص
Juz 1
وَمِن رَّحۡمَتِهِۦ جَعَلَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ لِتَسۡكُنُواْ فِيهِ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ 73
އެކަލާނގެ رحمةވަންތަކަމުން ތިޔަބައިމީހުން އަރާމުކުރުމަށާއި، އެކަލާނގެ فضلވަންތަކަމުން ދެއްވާ رزقހޯދުމަށް މަސައްކަތް ކުރުމަށް، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭގަނޑާއި، ދުވާލު ލެއްވިއެވެ. (އެއީ) ތިޔަބައިމީހުން شكرކުރުމަށްޓަކައެވެ.
Surah 28 · سورة القَصَص
Juz 1
وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَڪَآءِىَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ 74
އަދި އެއުރެންނަށް (އެބަހީ: مشركންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ (އެދުވަހުން އެއުރެން ދެރަކޮށްލެއްވުމުގެގޮތުން) وحىކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ شريكން ކަމުގައި ތިޔަބައިމީހުން ހީކޮށްގެންއުޅުނު ތަކެތި ކޮބައިހެއްޔެވެ؟
Surah 28 · سورة القَصَص
Juz 1
وَنَزَعۡنَا مِن ڪُلِّ أُمَّةٍ۬ شَهِيدً۬ا فَقُلۡنَا هَاتُواْ بُرۡهَـٰنَكُمۡ فَعَلِمُوٓاْ أَنَّ ٱلۡحَقَّ لِلَّهِ وَضَلَّ عَنۡہُم مَّا ڪَانُواْ يَفۡتَرُونَ 75
އަދި ތިމަންރަސްކަލާނގެ ކޮންމެ أمّةއަކުން ހެކިވާނޭ މީހަކު ނެރުއްވާ ހުށީމެވެ. (އެއީ އެ أمّةގެ ނަބިއްޔާއެވެ.) ދެން ތިމަންރަސްކަލާނގެ (أمّةތަކަށް) وحىކުރައްވާ ހުށީމެވެ. ތިޔަބައިމީހުންގެ ދަލީލު ތިޔަބައިމީހުން ގެންނާށެވެ! ފަހެ، އެހިނދު (إلهވަންތަކަން) حقވެގެންވަނީ (ހަމައެކަނި) اللَّهއަށްކަން އެއުރެންނަށް އެނގޭނެތެވެ. އަދި އެއުރެން އަމިއްލައަށް ހަދައިގެން އުޅުނު ދޮގުތައް އެއުރެންނަށް ގެއްލި ހިނގައިދާނެތެވެ.
Surah 28 · سورة القَصَص
Juz 1
۞ إِنَّ قَـٰرُونَ ڪَانَ مِن قَوۡمِ مُوسَىٰ فَبَغَىٰ عَلَيۡهِمۡ‌ۖ وَءَاتَيۡنَـٰهُ مِنَ ٱلۡكُنُوزِ مَآ إِنَّ مَفَاتِحَهُ ۥ لَتَنُوٓأُ بِٱلۡعُصۡبَةِ أُوْلِى ٱلۡقُوَّةِ إِذۡ قَالَ لَهُ ۥ قَوۡمُهُ ۥ لَا تَفۡرَحۡ‌ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡفَرِحِينَ 76
ހަމަކަށަވަރުން، قارونއަކީ، موسىގެފާނުގެ قومގެމީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) خزانةތައް ދެއްވީމެވެ. ހަމަކަށަވަރުން، ވަރުގަދަ جماعةއެއްގެ މީހުންނަށް، އެ خزانةތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ قومގެމީހުން އޭނާއަށް ބުނިހިނދެވެ. (كبرވެރިވުމުގެގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
Surah 28 · سورة القَصَص
Juz 1
وَٱبۡتَغِ فِيمَآ ءَاتَٮٰكَ ٱللَّهُ ٱلدَّارَ ٱلۡأَخِرَةَ‌ۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنۡيَا‌ۖ وَأَحۡسِن ڪَمَآ أَحۡسَنَ ٱللَّهُ إِلَيۡكَ‌ۖ وَلَا تَبۡغِ ٱلۡفَسَادَ فِى ٱلۡأَرۡضِ‌ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡمُفۡسِدِينَ 77
އަދި ތިބާޔަށް اللَّه ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) آخرةގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: آخرةގެ ދިންނެވުމާއި، رحمةއާއި، ثوابއަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި اللَّه، ތިބާޔަށް إحسانތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (اللَّهގެ އަޅުތަކުންނަށް) إحسانތެރިވާށެވެ! އަދި ބިމުގައި فسادއުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، فسادކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
Surah 28 · سورة القَصَص
Juz 1
قَالَ إِنَّمَآ أُوتِيتُهُ ۥ عَلَىٰ عِلۡمٍ عِندِىٓ‌ۚ أَوَلَمۡ يَعۡلَمۡ أَنَّ ٱللَّهَ قَدۡ أَهۡلَكَ مِن قَبۡلِهِۦ مِنَ ٱلۡقُرُونِ مَنۡ هُوَ أَشَدُّ مِنۡهُ قُوَّةً۬ وَأَڪۡثَرُ جَمۡعً۬ا‌ۚ وَلَا يُسۡـَٔلُ عَن ذُنُوبِهِمُ ٱلۡمُجۡرِمُونَ 78
އޭނާ ބުންޏެވެ. ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ علمވެރިކަމަކުންނެވެ. ހަމަކަށަވަރުން، އޭނާގެ ކުރިން އިސްވެދިޔަ جيلތަކުން އޭނާޔަށްވުރެ މާވަރުގަދަ އަދި މުދާ ގިނަމީހުން اللَّه ހަލާކުކުރެއްވިކަން އޭނާޔަށް ނޭނގެނީހެއްޔެވެ؟ އަދި ކުށްވެރިންނަކަށް، އެއުރެންގެ ފާފަތަކާމެދު سؤالއެއް ނުކުރައްވާނެތެވެ. (އެބަހީ: އެއުރެންނާ سؤالކުރެއްވުމުގެ ބޭނުމެއްނެތެވެ.
اللَّه ހުރިހާކަމެއް ދެނެވޮޑިގެންވެތެވެ.)
Surah 28 · سورة القَصَص
Juz 1
فَخَرَجَ عَلَىٰ قَوۡمِهِۦ فِى زِينَتِهِۦ‌ۖ قَالَ ٱلَّذِينَ يُرِيدُونَ ٱلۡحَيَوٰةَ ٱلدُّنۡيَا يَـٰلَيۡتَ لَنَا مِثۡلَ مَآ أُوتِىَ قَـٰرُونُ إِنَّهُ ۥ لَذُو حَظٍّ عَظِيمٍ۬ 79
ފަހެ، އޭނާ (އެބަހީ: قارون) އޭނާގެ މުއްސަނދިކަމާއި ޒީނަތްތެރިކަމާއެކު، އޭނާގެ قومގެ ތެރެޔަށް ނުކުތެވެ. ދުނިޔޭގެ ދިރިއުޅުން އެދޭމީހުން ބުނޫއެވެ. قارونއަށް ލިބުނުފަދަ މުއްސަނދިކަމެއް ތިމަންމެންނަށްވެސް ލިބުނުނަމަ، ކިހާރަނގަޅުވީސްހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ބޮޑުވެގެންވާ نصيبއެއްގެ ވެރިޔެއްކަން ކަށަވަރެވެ.
Surah 28 · سورة القَصَص
Juz 1
وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَيۡلَڪُمۡ ثَوَابُ ٱللَّهِ خَيۡرٌ۬ لِّمَنۡ ءَامَنَ وَعَمِلَ صَـٰلِحً۬ا وَلَا يُلَقَّٮٰهَآ إِلَّا ٱلصَّـٰبِرُونَ 80
އަދި علم ލިބިގެންވާ މީހުން ބުނޫއެވެ. ތިޔަބައިމީހުންނަށް ހަލާކުހުށްޓެވެ. إيمانވެ صالح عملކުޅަމީހަކަށް، اللَّهގެ ثواب (قارونގެ މުދާވެރިކަމަށްވުރެ) މާހެޔޮކަން ބޮޑެވެ. އަދި ކެތްތެރިންނަށް މެނުވީ، އެ ދަރަޖައެއް ނުލިބޭނެތެވެ.
Surah 28 · سورة القَصَص
Juz 1
فَخَسَفۡنَا بِهِۦ وَبِدَارِهِ ٱلۡأَرۡضَ فَمَا ڪَانَ لَهُ ۥ مِن فِئَةٍ۬ يَنصُرُونَهُ ۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلۡمُنتَصِرِينَ 81
ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ (خزانةތަކާއި) ގެއާއެކުގައި، ބިންގަނޑު ގަންބަވައިގެންނެވީމެވެ. ފަހެ، اللَّهއާ ދެކޮޅަށް އޭނާޔަށް نصرދޭނޭ އެއްވެސްބަޔެއް ނުވިއެވެ. އަދި نصرލިބޭނޭ މީހުންގެ ތެރެއިންވެސް އޭނާ ނުވިއެވެ.
Surah 28 · سورة القَصَص
Juz 1
وَأَصۡبَحَ ٱلَّذِينَ تَمَنَّوۡاْ مَكَانَهُ ۥ بِٱلۡأَمۡسِ يَقُولُونَ وَيۡكَأَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُ‌ۖ لَوۡلَآ أَن مَّنَّ ٱللَّهُ عَلَيۡنَا لَخَسَفَ بِنَا‌ۖ وَيۡكَأَنَّهُ ۥ لَا يُفۡلِحُ ٱلۡكَـٰفِرُونَ 82
އަދި އިއްޔެ އޭނާގެ ދަރަޖައަށް (އެބަހީ: قارونގެ މުދާވެރިކަމަށާއި ދަރަޖައަށް) އެދުނުމީހުން ބުނާކަމުގައިވިއެވެ. ކަލެޔަކަށް ނުފެނޭހެއްޔެވެ؟ اللَّه، އެކަލާނގެ އަޅުތަކުންކުރެ އިރާދަކުރެއްވި އަޅަކަށް رزق ތަނަވަސް ކޮށްދެއްވައި، އަދި (އެކަލާނގެ އިރާދަކުރެއްވި އަޅަކަށް رزق) ދަތިކުރައްވަތެވެ. اللَّه، އަޅަމެންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިނުގަތްނަމަ، އަޅަމެންވެސް ގަންބަވައިގަންނަވައިފީހެވެ. ކަލެޔަކަށް ނުފެނޭހެއްޔެވެ؟ كافرންނެއް ނުދިންނަވާނެތެވެ.
Surah 28 · سورة القَصَص
Juz 1
تِلۡكَ ٱلدَّارُ ٱلۡأَخِرَةُ نَجۡعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّ۬ا فِى ٱلۡأَرۡضِ وَلَا فَسَادً۬ا‌ۚ وَٱلۡعَـٰقِبَةُ لِلۡمُتَّقِينَ 83
އެއީ آخرةގެ (نعمةގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި فسادކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ تقوىވެރިންނަށެވެ.
Surah 28 · سورة القَصَص
Juz 1
مَن جَآءَ بِٱلۡحَسَنَةِ فَلَهُ ۥ خَيۡرٌ۬ مِّنۡہَا‌ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجۡزَى ٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ إِلَّا مَا كَانُواْ يَعۡمَلُونَ 84
ހެޔޮކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ثواب (آخرةގައި) ހުށްޓެވެ. އަދި ނުބައިކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ނުބައިކަންތައް ކުރިމީހުންނަށް އެއުރެން ކޮށްއުޅުނު عملތަކަށް މެނުވީ ޖަޒާއެއް ނުލިބޭހުށްޓެވެ.
Surah 28 · سورة القَصَص
Juz 1
إِنَّ ٱلَّذِى فَرَضَ عَلَيۡكَ ٱلۡقُرۡءَانَ لَرَآدُّكَ إِلَىٰ مَعَادٍ۬‌ۚ قُل رَّبِّىٓ أَعۡلَمُ مَن جَآءَ بِٱلۡهُدَىٰ وَمَنۡ هُوَ فِى ضَلَـٰلٍ۬ مُّبِينٍ۬ 85
ހަމަކަށަވަރުން، ކަލޭގެފާނަށް قرآن ބާވައިލެއްވި ރަސްކަލާނގެ ކަލޭގެފާނުގެ އުފަން ރަށަށް (އެބަހީ: مكةއަށް) ކަލޭގެފާނު އަނބުރާ ފޮނުއްވާ ހުށްޓެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތެދުމަގާއިގެން އައިމީހާއާއި، ފާޅުވެގެންވާ ފުރެދުމެއްގައިވާމީހާ، އެންމެ މޮޅަށް ދެނެވޮޑިގެންވަނީ، އަހުރެންގެ ވެރިރަސްކަލާނގެއެވެ.
Surah 28 · سورة القَصَص
Juz 1
وَمَا كُنتَ تَرۡجُوٓاْ أَن يُلۡقَىٰٓ إِلَيۡكَ ٱلۡڪِتَـٰبُ إِلَّا رَحۡمَةً۬ مِّن رَّبِّكَ‌ۖ فَلَا تَكُونَنَّ ظَهِيرً۬ا لِّلۡكَـٰفِرِينَ 86
އަދި ކަލޭގޭފާނަށް ފޮތް ބާވައިލައްވާނެ ކަމަކަށް ކަލޭގެފާނު އުންމީދެއް ނުކުރައްވަމުއެވެ. އެހެނެއްކަމަކު ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمةން އެ ފޮތް ކަލޭގެފާނަށް ބާވައިލެއްވިއެވެ. ފަހެ، ކަލޭގެފާނު އެއްވެސް حالއެއްގައި كافرންނަށް ވާގިވެރިޔަކު ކަމުގައި ވެވަޑައިނުގަންނަވާ ހުށިކަމެވެ!
Surah 28 · سورة القَصَص
Juz 1
وَلَا يَصُدُّنَّكَ عَنۡ ءَايَـٰتِ ٱللَّهِ بَعۡدَ إِذۡ أُنزِلَتۡ إِلَيۡكَ‌ۖ وَٱدۡعُ إِلَىٰ رَبِّكَ‌ۖ وَلَا تَكُونَنَّ مِنَ ٱلۡمُشۡرِڪِينَ 87
އަދި اللَّهގެ آيةތައް ކަލޭގެފާނަށް ބާވައިލެއްވުމަށްފަހުގައި، އެ آيةތަކުން އެއުރެން ކަލޭގެފާނު އެއްކިބާކުރިޔަ ނުދެއްވާހުށިކަމެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ دينއަށް (މީސްތަކުންނަށް) ގޮވައިލައްވާށެވެ! އަދި مشركންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާ ހުށިކަމެވެ!
Surah 28 · سورة القَصَص
Juz 1
وَلَا تَدۡعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ‌ۘ لَآ إِلَـٰهَ إِلَّا هُوَ‌ۚ كُلُّ شَىۡءٍ هَالِكٌ إِلَّا وَجۡهَهُ ۥ‌ۚ لَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ 88
އަދި اللَّهއާ އެކުގައި އެހެން إلهއަކަށް ތިބާ دعاءކޮށް އަޅުކަން ނުކުރާށެވެ! އެކަލާނގެ މެނުވީ، حقވެގެން އަޅުކަމެއްވެވޭ إلهއަކު ނުވެއެވެ. އެކަލާނގެ ذاتފުޅު މެނުވީ، އެހެން ހުރިހާ ތަކެއްޗެއް ފަނާވެދާހުށްޓެވެ. ނިޔާކުރެއްވުންވަނީ، ހަމައެކަނި އެކަލާނގެއަށެވެ. އަދި ތިޔަބައިމީހުން رجوعކުރައްވާހުށީވެސް އެކަލާނގެ حضرةއަށެވެ.