Surah 25 · سورة الفُرقان
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 25 · سورة الفُرقان
Juz 1
تَبَارَكَ ٱلَّذِى نَزَّلَ ٱلۡفُرۡقَانَ عَلَىٰ عَبۡدِهِۦ لِيَكُونَ لِلۡعَـٰلَمِينَ نَذِيرًا 1
عالمތަކަށް إنذارކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް
قرآن ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ.
Surah 25 · سورة الفُرقان
Juz 1
ٱلَّذِى لَهُ ۥ مُلۡكُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَلَمۡ يَتَّخِذۡ وَلَدً۬ا وَلَمۡ يَكُن لَّهُ ۥ شَرِيكٌ۬ فِى ٱلۡمُلۡكِ وَخَلَقَ ڪُلَّ شَىۡءٍ۬ فَقَدَّرَهُ ۥ تَقۡدِيرً۬ا 2
އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް ملكވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ދަރިކަލަކު ނުހިއްޕަވައެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި އެކަލާނގެ ކޮންމެ އެއްޗެއް ހެއްދެވިއެވެ. ފަހެ، އެކަލާނގެ އެތަކެތި ވަރަށް ފުރިހަމަޔަށް މިންވަރު ކުރެއްވިއެވެ.
Surah 25 · سورة الفُرقان
Juz 1
وَٱتَّخَذُواْ مِن دُونِهِۦۤ ءَالِهَةً۬ لَّا يَخۡلُقُونَ شَيۡـًٔ۬ا وَهُمۡ يُخۡلَقُونَ وَلَا يَمۡلِكُونَ لِأَنفُسِهِمۡ ضَرًّ۬ا وَلَا نَفۡعً۬ا وَلَا يَمۡلِكُونَ مَوۡتً۬ا وَلَا حَيَوٰةً۬ وَلَا نُشُورً۬ا 3
އެއުރެން، އެކަލާނގެ ފިޔަވައި އެހެން إلهންތަކެއް ހިފޫއެވެ. އެއްވެސް އެއްޗެއް ނެހެދޭ إلهންތަކެކެވެ. އަދި އެތަކެއްޗަކީ، ހައްދަވާފައިވާ ތަކެއްޗެވެ. އެތަކެތީގެ އަމިއްލަ نفسތަކަށް ގެއްލުމެއް ދިނުމެއްވެސް، އަދި މަންފާއެއް ކުރުމެއްވެސް އެތަކެއްޗަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި މަރުހިފުމެއްވެސް، އަދި ދިރުވުމެއްވެސް، އަދި އަލުން ދިރުމަކަށް ފޮނުވުމެއްވެސް، އެތަކެއްޗަށް މިލްކުވެގެނެއް ނުވެތެވެ.
Surah 25 · سورة الفُرقان
Juz 1
وَقَالَ ٱلَّذِينَ كَفَرُوٓاْ إِنۡ هَـٰذَآ إِلَّآ إِفۡكٌ ٱفۡتَرَٮٰهُ وَأَعَانَهُ ۥ عَلَيۡهِ قَوۡمٌ ءَاخَرُونَۖ فَقَدۡ جَآءُو ظُلۡمً۬ا وَزُورً۬ا 4
كافرވި މީހުން ބުނޫއެވެ. އެކަލޭގެފާނު (އަމިއްލަފުޅަށް) އުފައްދަވައިގެން އުޅުއްވާ ދޮގެއްކަމުގައި މެނުވީ، މި قرآن ނުވެއެވެ. އަދި އެކަމުގެމައްޗަށް އެހެން ބަޔަކު އެކަލޭގެފާނާ އެހީވޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން އެ ގެނައީ، (އެބަހީ: އެއުރެން އެބުނި ބަހަކީ) އަނިޔާވެރިވުމެކެވެ. އަދި ބޮޑުވެގެންވާ ދޮގެކެވެ.
Surah 25 · سورة الفُرقان
Juz 1
وَقَالُوٓاْ أَسَـٰطِيرُ ٱلۡأَوَّلِينَ ٱڪۡتَتَبَهَا فَهِىَ تُمۡلَىٰ عَلَيۡهِ بُڪۡرَةً۬ وَأَصِيلاً۬ 5
އަދި އެއުރެން ބުނޫއެވެ. (އެއީ) އެކަލޭގެފާނު މީހުންލައްވައި ލިޔުއްވާފައިވާ، އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެކެވެ. ފަހެ، އެތަކެތި ހެނދުނާއި ހަވީރު، އެކަލޭގެފާނަށް ކިޔައިދެތެވެ.
Surah 25 · سورة الفُرقان
Juz 1
قُلۡ أَنزَلَهُ ٱلَّذِى يَعۡلَمُ ٱلسِّرَّ فِى ٱلسَّمَـٰوَٲتِ وَٱلۡأَرۡضِۚ إِنَّهُ ۥ ڪَانَ غَفُورً۬ا رَّحِيمً۬ا 6
ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآن ބާވައިލެއްވީ، އުޑުތަކާއި، ބިމުގައިވާ ސިއްރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ.
Surah 25 · سورة الفُرقان
Juz 1
وَقَالُواْ مَالِ هَـٰذَا ٱلرَّسُولِ يَأۡڪُلُ ٱلطَّعَامَ وَيَمۡشِى فِى ٱلۡأَسۡوَاقِۙ لَوۡلَآ أُنزِلَ إِلَيۡهِ مَلَكٌ۬ فَيَكُونَ مَعَهُ ۥ نَذِيرًا 7
އަދި އެއުރެން ބުނޫއެވެ. މި رسولއާއަށްވީ ކީއްހެއްޔެވެ؟ އެކަލޭގެފާނު ކާތަކެތި ފަރީއްކުޅުއްވަތެވެ. އަދި ބާޒާރުތަކުގައި ހިންގަވައި އުޅުއްވަތެވެ. ފަހެ، އެކަލޭގެފާނުގެ އަރިހުގައި إنذارކުރައްވައި އުޅުއްވުމަށް، އެކަލޭގެފާނުގެ އަރިހަށް ملائكةއަކު ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟
Surah 25 · سورة الفُرقان
Juz 1
أَوۡ يُلۡقَىٰٓ إِلَيۡهِ ڪَنزٌ أَوۡ تَكُونُ لَهُ ۥ جَنَّةٌ۬ يَأۡڪُلُ مِنۡهَاۚ وَقَالَ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلاً۬ مَّسۡحُورًا 8
ނުވަތަ އެކަލޭގެފާނަށް خزانةއެއް ބާވައިނުލެއްވީ، ނުވަތަ އެކަލޭގެފާނު އެތަނުން ފަރީއްކުޅުއްވައި އުޅުއްވުމަށް، އެކަލޭގެފާނަށް ބަގީޗާއެއް ނެތީ ކީއްވެގެން ހެއްޔެވެ؟ އަދި އަނިޔާވެރިން ބުނޫއެވެ. ޖާދޫޖެހި، ބުއްދި އޮޅިފައިވާ މީހަކަށް މެނުވީ ތިޔަބައިމީހުން تبعއެއް ނުވަމުއެވެ.
Surah 25 · سورة الفُرقان
Juz 1
ٱنظُرۡ ڪَيۡفَ ضَرَبُواْ لَكَ ٱلۡأَمۡثَـٰلَ فَضَلُّواْ فَلَا يَسۡتَطِيعُونَ سَبِيلاً۬ 9
ކަލޭގެފާނާމެދު އެއުރެން މިސާލުޖެހީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ފަހެ، އެއުރެން މަގުފުރެދިއްޖައޫއެވެ. ފަހެ، މަގެއް ހޯދުމަކަށް އެއުރެންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ.
Surah 25 · سورة الفُرقان
Juz 1
تَبَارَكَ ٱلَّذِىٓ إِن شَآءَ جَعَلَ لَكَ خَيۡرً۬ا مِّن ذَٲلِكَ جَنَّـٰتٍ۬ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَـٰرُ وَيَجۡعَل لَّكَ قُصُورَۢا 10
އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެއަށްވުރެ ހެޔޮގޮތް ކަލޭގެފާނަށް ލައްވައިދެއްވާ ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ. (އެއީ) އެތާނގެ ދަށުން ކޯރުތައް ހިނގައިހިނގާ ހުންނަ ސުވަރުގެތަކެވެ. އަދި އެކަލާނގެ (އެތާނގައި) ކަލޭގެފާނަށްޓަކައި ގަނޑުވަރުތައް ލައްވާނެތެވެ.
Surah 25 · سورة الفُرقان
Juz 1
بَلۡ كَذَّبُواْ بِٱلسَّاعَةِۖ وَأَعۡتَدۡنَا لِمَن ڪَذَّبَ بِٱلسَّاعَةِ سَعِيرًا 11
އަދި ކިއެއްތަ! އެއުރެން قيامةގެ ވަގުތު ދޮގުކުޅައޫއެވެ. އަދި قيامةގެ ވަގުތު ދޮގުކުޅަމީހަކަށް، އަނދައަނދާ ހުންނަ ނަރަކަ ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.
Surah 25 · سورة الفُرقان
Juz 1
إِذَا رَأَتۡهُم مِّن مَّكَانِۭ بَعِيدٍ۬ سَمِعُواْ لَهَا تَغَيُّظً۬ا وَزَفِيرً۬ا 12
ދުރުހިސާބަކުން އެ ނަރަކަޔަށް އެއުރެން ފެންނަހިނދު، ރުޅިއައިސް ކެކިއަރާ އަޑާއި، މާނޭވާގެ އަޑު، އެ ނަރަކައިން އެއުރެންނަށް އިވޭނެތެވެ.
Surah 25 · سورة الفُرقان
Juz 1
وَإِذَآ أُلۡقُواْ مِنۡہَا مَكَانً۬ا ضَيِّقً۬ا مُّقَرَّنِينَ دَعَوۡاْ هُنَالِكَ ثُبُورً۬ا 13
އަދި އެއުރެންގެ އަތްތަކުގައި، ކަސްތޮޅު އަޅުއްވާފައިވާ حال، އެ ނަރަކައިގެ ތެރެއިން ދަތިތަނަކަށް އެއުރެން އެއްލަވާހިނދު، އެއުރެން އެތާނގައި ހަލާކުވުމަށްއެދި ގޮވާނެތެވެ.
Surah 25 · سورة الفُرقان
Juz 1
لَّا تَدۡعُواْ ٱلۡيَوۡمَ ثُبُورً۬ا وَٲحِدً۬ا وَٱدۡعُواْ ثُبُورً۬ا ڪَثِيرً۬ا 14
މިއަދު ތިޔަބައިމީހުން އެންމެ ހަލާކަކަށްއެދި ނުގޮވާށެވެ! އަދި އެތައް ހަލާކުތަކަކަށްއެދި ތިޔަބައިމީހުން ގޮވާށެވެ!
Surah 25 · سورة الفُرقان
Juz 1
قُلۡ أَذَٲلِكَ خَيۡرٌ أَمۡ جَنَّةُ ٱلۡخُلۡدِ ٱلَّتِى وُعِدَ ٱلۡمُتَّقُونَۚ كَانَتۡ لَهُمۡ جَزَآءً۬ وَمَصِيرً۬ا 15
ކަލޭގެފާނު ވިދާޅުވާށެވެ. އަދި ހެޔޮކަން ބޮޑީ އެގޮތްހެއްޔެވެ؟ ނުވަތަ تقوىވެރިންނަށް وعدކުރައްވާފައިވާ، ދެމިތިބުމުގެ ސުވަރުގެ ހެއްޔެވެ؟ އެއުރެންނަށް ޖަޒާއެއްކަމުގައި
އެ ސުވަރުގެ ވެއެވެ. އަދި އެންމެފަހުން رجوعވަނިވި ތަނެއްކަމުގައިވެސް (އެތަން) ވޭމެއެވެ.
Surah 25 · سورة الفُرقان
Juz 1
لَّهُمۡ فِيهَا مَا يَشَآءُونَ خَـٰلِدِينَۚ كَانَ عَلَىٰ رَبِّكَ وَعۡدً۬ا مَّسۡـُٔولاً۬ 16
އެއުރެން އެދޭހާ ކަމެއް އެ ސުވަރުގޭގައި އެއުރެންނަށް ހުށްޓެވެ. އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން (އެއުރެންނަށް) ފުއްދަވާނޭ وعدއެއް ކަމުގައި އެކަންތައް ވިއެވެ.
Surah 25 · سورة الفُرقان
Juz 1
وَيَوۡمَ يَحۡشُرُهُمۡ وَمَا يَعۡبُدُونَ مِن دُونِ ٱللَّهِ فَيَقُولُ ءَأَنتُمۡ أَضۡلَلۡتُمۡ عِبَادِى هَـٰٓؤُلَآءِ أَمۡ هُمۡ ضَلُّواْ ٱلسَّبِيلَ 17
އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާއެކު، އެއުރެން محشرއަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ، އެކަލާނގެ وحىކުރައްވާނެތެވެ. ތިމަންރަސްކަލާނގެ މިތިބަ އަޅުން މަގުފުރެއްދީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެއުރެން (އަމިއްލައަށް) މަގުފުރެދުނީ ހެއްޔެވެ؟
Surah 25 · سورة الفُرقان
Juz 1
قَالُواْ سُبۡحَـٰنَكَ مَا كَانَ يَنۢبَغِى لَنَآ أَن نَّتَّخِذَ مِن دُونِكَ مِنۡ أَوۡلِيَآءَ وَلَـٰكِن مَّتَّعۡتَهُمۡ وَءَابَآءَهُمۡ حَتَّىٰ نَسُواْ ٱلذِّڪۡرَ وَكَانُواْ قَوۡمَۢا بُورً۬ا 18
އެއުރެން ދަންނަވާނެތެވެ. އިބަރަސްކަލާނގެ ހުސްطاهرވަންތަކަމާއެވެ! އިބަރަސްކަލާނގެ ފިޔަވައި އެހެން އެހީތެރިފަރާތްތަކެއް ހިފުމަކީ، ތިމަންމެންނަށް އެކަށީގެންވާ ކަމެއްކަމުގައި ނުވެއެވެ. އެހެނެއްކަމަކު، އިބަރަސްކަލާނގެ އެއުރެންނަށާއި، އެއުރެންގެ ކާބަފައިންނަށް ފަސޭހަ ދިރިއުޅުމާއި، نعمةދެއްވީމުއެވެ. وعظއާއި نصيحةގެ މަތިން އެއުރެން ހަނދާން ނައްތައިފުމަށް ދާނދެނެވެ. އަދި ގެއްލި ހަލާކުވި ބަޔަކުކަމުގައި، އެއުރެން ވޫއެވެ.
Surah 25 · سورة الفُرقان
Juz 1
فَقَدۡ ڪَذَّبُوكُم بِمَا تَقُولُونَ فَمَا تَسۡتَطِيعُونَ صَرۡفً۬ا وَلَا نَصۡرً۬اۚ وَمَن يَظۡلِم مِّنڪُمۡ نُذِقۡهُ عَذَابً۬ا ڪَبِيرً۬ا 19
ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ބުނެއުޅުނު ބަސްތަކުން (އެބަހީ: އެއުރެންނަކީ، ތިޔަބައިމީހުންގެ إلهން ކަމަށް ބުނެއުޅުނު ބަސްތަކުން) އެއުރެން (އެބަހީ: އެއަޅުކަންވެވުނު ފަރާތްތައް) ތިޔަބައިމީހުން ދޮގުކުރޫއެވެ. ފަހެ، عذابދުރުކުރުމަކަށް، ނުވަތަ نصرލިބިގަތުމަކަށް، ތިޔަބައިމީހުންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. ތިޔަބައިމީހުންކުރެ އަނިޔާވެރިވާ މީހާ (ދަންނާށެވެ!) ބޮޑުވެގެންވާ عذابގެރަހަ، ތިމަންރަސްކަލާނގެ އެމީހަކަށް ދައްކަވާހުށީމެވެ.
Surah 25 · سورة الفُرقان
Juz 1
وَمَآ أَرۡسَلۡنَا قَبۡلَكَ مِنَ ٱلۡمُرۡسَلِينَ إِلَّآ إِنَّهُمۡ لَيَأۡكُلُونَ ٱلطَّعَامَ وَيَمۡشُونَ فِى ٱلۡأَسۡوَاقِۗ وَجَعَلۡنَا بَعۡضَڪُمۡ لِبَعۡضٍ۬ فِتۡنَةً أَتَصۡبِرُونَۗ وَڪَانَ رَبُّكَ بَصِيرً۬ا 20
ހަމަކަށަވަރުން، ކާތަކެތި ފަރީއްކުޅުއްވައި، ބާޒާރުތަކުގައި ހިންގަވައި އުޅުއްވާ ބޭކަލުން މެނުވީ، ކަލޭގެފާނުގެ ކުރިންވެސް رسولންގެ ތެރެއިން އެއްވެސް رسولއަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް امتحانއެއްކަމުގައި ލެއްވީމެވެ. ތިޔަބައިމީހުން ކެތްކުރަމުހެއްޔެވެ؟ އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައިވެއެވެ.
Surah 25 · سورة الفُرقان
Juz 1
۞ وَقَالَ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا لَوۡلَآ أُنزِلَ عَلَيۡنَا ٱلۡمَلَـٰٓٮِٕكَةُ أَوۡ نَرَىٰ رَبَّنَاۗ لَقَدِ ٱسۡتَكۡبَرُواْ فِىٓ أَنفُسِهِمۡ وَعَتَوۡ عُتُوًّ۬ا كَبِيرً۬ا 21
ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނޫއެވެ. ތިމަންމެންގެ މައްޗަށް ملائكةން ބާވައިނުލެއްވީ، ނުވަތަ ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންނަށް ނުފެންނަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން، އެއުރެންގެ نفسތަކާމެދު އެއުރެން ބޮޑާވެގަތޫއެވެ. އަނިޔާވެރިކަމުގައި ބޮޑުވެގެންވާ ހައްދުފަހަނަޅައިދިޔުމަކުން އެއުރެން ހައްދުފަހަނަޅައިދިޔައޫއެވެ.
Surah 25 · سورة الفُرقان
Juz 1
يَوۡمَ يَرَوۡنَ ٱلۡمَلَـٰٓٮِٕكَةَ لَا بُشۡرَىٰ يَوۡمَٮِٕذٍ۬ لِّلۡمُجۡرِمِينَ وَيَقُولُونَ حِجۡرً۬ا مَّحۡجُورً۬ا 22
އެއުރެން ملائكةން ދެކޭ ދުވަސް ހަނދުމަކުރާށެވެ! އެދުވަހުން ކުށްވެރިންނަކަށް އުފާވެރިخبرއެއް ނެތެވެ. އަދި އެ ملائكةން ވިދާޅުވާނެތެވެ. حرامން حرامއެވެ. (އެބަހީ: ތިޔަބައިމީހުންގެ މައްޗަށް ސުވަރުގެއާއި، مغفرةއާއި، އުފާވެރި خبر، حرامވެގެންވެއެވެ.)
Surah 25 · سورة الفُرقان
Juz 1
وَقَدِمۡنَآ إِلَىٰ مَا عَمِلُواْ مِنۡ عَمَلٍ۬ فَجَعَلۡنَـٰهُ هَبَآءً۬ مَّنثُورًا 23
އަދި عملގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންރަސްކަލާނގެ ބައްލަވައި، އެ عملތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.
Surah 25 · سورة الفُرقان
Juz 1
أَصۡحَـٰبُ ٱلۡجَنَّةِ يَوۡمَٮِٕذٍ خَيۡرٌ۬ مُّسۡتَقَرًّ۬ا وَأَحۡسَنُ مَقِيلاً۬ 24
އެދުވަހުން ހަމަޖެހި ތިބޭތަނުގެ ގޮތުން، ސުވަރުގޭގެ أهلވެރިން ހެޔޮކަންބޮޑެވެ. އަދި އަރާމުކުރަންތިބޭ ތަނުގެ ގޮތުންވެސް ރަނގަޅުކަން ބޮޑުމެއެވެ.
Surah 25 · سورة الفُرقان
Juz 1
وَيَوۡمَ تَشَقَّقُ ٱلسَّمَآءُ بِٱلۡغَمَـٰمِ وَنُزِّلَ ٱلۡمَلَـٰٓٮِٕكَةُ تَنزِيلاً 25
ވިލާތަކާއެކު އުޑު ފަޅަފަޅައިގެންދާ ދުވަސް ހަނދުމަކުރާށެވެ! އަދި ގިނަ عددއަކަށް އެދުވަހު ملائكةން ބާވައިލައްވާނެތެވެ.
Surah 25 · سورة الفُرقان
Juz 1
ٱلۡمُلۡكُ يَوۡمَٮِٕذٍ ٱلۡحَقُّ لِلرَّحۡمَـٰنِۚ وَڪَانَ يَوۡمًا عَلَى ٱلۡكَـٰفِرِينَ عَسِيرً۬ا 26
އެދުވަހު حقيقىވެރިކަންވަނީ، رحمنވަންތަ ރަސްކަލާނގެއަށެވެ. އަދި كافرންގެ މައްޗަށް ދަތިކަން ބޮޑު ދުވަހެއްކަމުގައި އެދުވަސްވެއެވެ.
Surah 25 · سورة الفُرقان
Juz 1
وَيَوۡمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيۡهِ يَقُولُ يَـٰلَيۡتَنِى ٱتَّخَذۡتُ مَعَ ٱلرَّسُولِ سَبِيلاً۬ 27
އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! رسولއާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސްހެއްޔެވެ؟
Surah 25 · سورة الفُرقان
Juz 1
يَـٰوَيۡلَتَىٰ لَيۡتَنِى لَمۡ أَتَّخِذۡ فُلَانًا خَلِيلاً۬ 28
އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ!
Surah 25 · سورة الفُرقان
Juz 1
لَّقَدۡ أَضَلَّنِى عَنِ ٱلذِّڪۡرِ بَعۡدَ إِذۡ جَآءَنِىۗ وَڪَانَ ٱلشَّيۡطَـٰنُ لِلۡإِنسَـٰنِ خَذُولاً۬ 29
ހަމަކަށަވަރުން، ތިމަންނާއާހަމަޔަށް އެ قرآن އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި شيطانއާ ވެއެވެ.
Surah 25 · سورة الفُرقان
Juz 1
وَقَالَ ٱلرَّسُولُ يَـٰرَبِّ إِنَّ قَوۡمِى ٱتَّخَذُواْ هَـٰذَا ٱلۡقُرۡءَانَ مَهۡجُورً۬ا 30
رسولއާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ قومގެމީހުން، މި قرآنއަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފޫއެވެ.
Surah 25 · سورة الفُرقان
Juz 1
وَكَذَٲلِكَ جَعَلۡنَا لِكُلِّ نَبِىٍّ عَدُوًّ۬ا مِّنَ ٱلۡمُجۡرِمِينَۗ وَكَفَىٰ بِرَبِّكَ هَادِيً۬ا وَنَصِيرً۬ا 31
ހަމައެފަދައިން، ތިމަންރަސްކަލާނގެ ކޮންމެ ނަބިއްޔަކަށް ކުށްވެރިންގެ ތެރެއިން عدوّއަކު ލެއްވީމެވެ. ތެދުމަގު ދައްކަވާ ކަލަކު ކަމުގައްޔާއި، މޮޅަށް نصرދެއްވާ ކަލަކު ކަމުގައި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފުދެއެވެ.
Surah 25 · سورة الفُرقان
Juz 1
وَقَالَ ٱلَّذِينَ كَفَرُواْ لَوۡلَا نُزِّلَ عَلَيۡهِ ٱلۡقُرۡءَانُ جُمۡلَةً۬ وَٲحِدَةً۬ۚ ڪَذَٲلِكَ لِنُثَبِّتَ بِهِۦ فُؤَادَكَۖ وَرَتَّلۡنَـٰهُ تَرۡتِيلاً 32
كافرވި މީހުން ބުނޫއެވެ. އެކަލޭގެފާނުގެ މައްޗަށް އެއްފަހަރާ
قرآن ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ އެފަދައިންނެވެ. (އެބަހީ: ތިމަންރަސްކަލާނގެ قرآن ބާވައިލެއްވީ އެފަދައިން ބައިބަޔަށެވެ.) އެއީ ތިމަންރަސްކަލާނގެ އެއިން ކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ
އެ قرآن ލަސްލަހުން ކިޔަވައިދެއްވުމަކުން ކިޔަވައިދެއްވީމެވެ.
Surah 25 · سورة الفُرقان
Juz 1
وَلَا يَأۡتُونَكَ بِمَثَلٍ إِلَّا جِئۡنَـٰكَ بِٱلۡحَقِّ وَأَحۡسَنَ تَفۡسِيرًا 33
އަދި އެއުރެންނަކަށް ކަލޭގެފާނާ އިދިކޮޅަށް އެއްވެސް މިސާލެއް ނުގެނެވޭނެތެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ ކަލޭގެފާނަށް حقބަސްފުޅު ގެނެސްދެއްވައި، އެއަށްވުރެ ސާފު ބަޔާނަކުން ބަޔާންކޮށްދެއްވާހުށީމެވެ.
Surah 25 · سورة الفُرقان
Juz 1
ٱلَّذِينَ يُحۡشَرُونَ عَلَىٰ وُجُوهِهِمۡ إِلَىٰ جَهَنَّمَ أُوْلَـٰٓٮِٕكَ شَرٌّ۬ مَّكَانً۬ا وَأَضَلُّ سَبِيلا۬۬ 34
އެއުރެންގެ މޫނުވަތަށް ނަރަކަޔަށް އެއްކުރައްވާ މީހުން ދަންނާށެވެ! އެއުރެންނީ ތިބޭތަނުގެ ގޮތުން ނުބައިވެގެންވާ ބަޔެކެވެ. އަދި މަގުފުރެދުންވެސް ބޮޑުވެގެންވާ ބަޔެއްމެއެވެ.
Surah 25 · سورة الفُرقان
Juz 1
وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡڪِتَـٰبَ وَجَعَلۡنَا مَعَهُ ۥۤ أَخَاهُ هَـٰرُونَ وَزِيرً۬ا 35
ހަމަކަށަވަރުން، موسىގެފާނަށް ތިމަންރަސްކަލާނގެ ފޮތް ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއެކު، އެކަލޭގެފާނުގެ أخ، هارونގެފާނު ވަޒީރަކު ކަމުގައި ލެއްވީމެވެ.
Surah 25 · سورة الفُرقان
Juz 1
فَقُلۡنَا ٱذۡهَبَآ إِلَى ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَـٰتِنَا فَدَمَّرۡنَـٰهُمۡ تَدۡمِيرً۬ا 36
ފަހެ، ތިމަންރަސްކަލާނގެ وحىކުރެއްވީމެވެ. ތިމަންރަސްކަލާނގެ آيةތައް ދޮގުކުޅަމީހުންގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ.
Surah 25 · سورة الفُرقان
Juz 1
وَقَوۡمَ نُوحٍ۬ لَّمَّا ڪَذَّبُواْ ٱلرُّسُلَ أَغۡرَقۡنَـٰهُمۡ وَجَعَلۡنَـٰهُمۡ لِلنَّاسِ ءَايَةً۬ۖ وَأَعۡتَدۡنَا لِلظَّـٰلِمِينَ عَذَابًا أَلِيمً۬ 37
އަދި نوحގެފާނުގެ قومގެމީހުން، رسولން ދޮގުކުޅަހިނދު، ތިމަންރަސްކަލާނގެ އެއުރެން غرقކުރެއްވީމެވެ. އަދި މީސްތަކުންނަށް عبرةއެއްކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. އަދި އަނިޔާވެރިންނަށްޓަކައި، ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.
Surah 25 · سورة الفُرقان
Juz 1
وَعَادً۬ا وَثَمُودَاْ وَأَصۡحَـٰبَ ٱلرَّسِّ وَقُرُونَۢا بَيۡنَ ذَٲلِكَ كَثِيرً۬ا 38
އަދި عادބާގައިމީހުންނާއި، ثمودބާގައިމީހުންނާއި، رسގެأهلވެރިންނާއި، އެދެމެދުގައިވާ އެތައް ޖީލުތަކެއްވެސްމެއެވެ.
(އިތުރުބަޔާން: رس ގެ أهل ވެރިންނީ، نجد ކަރައިގެ يمامة އެވެ ކިޔާ ރަށުގައި އުޅުނު ބަޔެއްކަމަށް ވެއެވެ.)
Surah 25 · سورة الفُرقان
Juz 1
وَڪُلاًّ۬ ضَرَبۡنَا لَهُ ٱلۡأَمۡثَـٰلَۖ وَڪُلاًّ۬ تَبَّرۡنَا تَتۡبِيرً۬ا 39
އެއިން ކޮންމެ ބަޔަކަށްމެ، ތިމަންރަސްކަލާނގެ މިސާލުތައް ދައްކަވައި،
إنذارކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއިންކޮންމެ ބަޔަކުމެ، ހަލާކުކުރައްވައި، ނެތިކުރެއްވީމެވެ.
Surah 25 · سورة الفُرقان
Juz 1
وَلَقَدۡ أَتَوۡاْ عَلَى ٱلۡقَرۡيَةِ ٱلَّتِىٓ أُمۡطِرَتۡ مَطَرَ ٱلسَّوۡءِۚ أَفَلَمۡ يَڪُونُواْ يَرَوۡنَهَاۚ بَلۡ ڪَانُواْ لَا يَرۡجُونَ نُشُورً۬ا 40
ހަމަކަށަވަރުން، ނުބައިކަމުގެ ވާރެއިން ވާރޭވެހުނު ރަށް (އެބަހީ: لوطބާގައިމީހުން އުޅުނު سَدُومއެވެ ކިޔާ ރަށް) ކަޑައްތުކޮށް އެއުރެން އައޫއެވެ. ފަހެ، އެއުރެން އެތަން ދެކޭކަމުގައި ނުވޭހެއްޔެވެ؟ އަދި ކިއެއްތަ! އަލުން ދިރުއްވުމަކަށް ފޮނުއްވާނެ ކަމާމެދު، ބިރުވެތިނުވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ.
Surah 25 · سورة الفُرقان
Juz 1
وَإِذَا رَأَوۡكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَـٰذَا ٱلَّذِى بَعَثَ ٱللَّهُ رَسُولاً 41
އަދި އެއުރެން ކަލޭގެފާނު ދެކޭހިނދު، އެއުރެން ކަލޭގެފާނަށް ފުރައްސާރަ ނޫނީ ނުކުރެތެވެ. (އަދި ބުނެތެވެ.) اللَّه، رسولއަކު ކަމުގައި ފޮނުއްވި ބޭކަލަކީ މިއީހެއްޔެވެ؟
Surah 25 · سورة الفُرقان
Juz 1
إِن ڪَادَ لَيُضِلُّنَا عَنۡ ءَالِهَتِنَا لَوۡلَآ أَن صَبَرۡنَا عَلَيۡهَاۚ وَسَوۡفَ يَعۡلَمُونَ حِينَ يَرَوۡنَ ٱلۡعَذَابَ مَنۡ أَضَلُّ سَبِيلاً 42
އެކަމުގެ މައްޗަށް ތިމަންމެން ކެތްނުކުޅަނަމަ، ތިމަންމެންގެ إلهންތައް ފިޔަވައި ހަމަކަށަވަރުން، އޭނާ ތިމަންމެން މަގުފުރެއްދުމާ ގާތްކުޅައީސްކަން ކަށަވަރެވެ. އަދި އެއުރެން عذاب ދެކޭހިނދު، މަގުފުރެދުންބޮޑީ ކޮންބަޔެއްކަން އެއުރެންނަށް ނިކަންހުރެ އެނގޭނެތެވެ.
Surah 25 · سورة الفُرقان
Juz 1
أَرَءَيۡتَ مَنِ ٱتَّخَذَ إِلَـٰهَهُ ۥ هَوَٮٰهُ أَفَأَنتَ تَكُونُ عَلَيۡهِ وَڪِيلاً 43
އެމީހެއްގެ އެދުންތައް އެއީ، އެމީހެއްގެ إلهކަމުގައި ހެދިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ ފަހެ، އޭނާ ބަލަހައްޓާ ވަކީލަކު ކަމުގައި، ކަލޭގެފާނު ވާނެތޯއެވެ؟
Surah 25 · سورة الفُرقان
Juz 1
أَمۡ تَحۡسَبُ أَنَّ أَڪۡثَرَهُمۡ يَسۡمَعُونَ أَوۡ يَعۡقِلُونَۚ إِنۡ هُمۡ إِلَّا كَٱلۡأَنۡعَـٰمِۖ بَلۡ هُمۡ أَضَلُّ سَبِيلاً 44
ނުވަތަ އޭގެތެރެއިން ގިނަމީހުން އަހާކަމަށް، ނުވަތަ ވިސްނާކަމަށް، ކަލޭގެފާނު ހީފުޅުކުރައްވަމުތޯއެވެ؟ ޖަނަވާރުތަކެއް ފަދައިން މެނުވީ، އެއުރެން ނުވެތެވެ. އަދި ކިއެއްތަ! އެއަށްވުރެވެސް އެއުރެން މަގުފުރެދުން ބޮޑެވެ.
Surah 25 · سورة الفُرقان
Juz 1
أَلَمۡ تَرَ إِلَىٰ رَبِّكَ كَيۡفَ مَدَّ ٱلظِّلَّ وَلَوۡ شَآءَ لَجَعَلَهُ ۥ سَاكِنً۬ا ثُمَّ جَعَلۡنَا ٱلشَّمۡسَ عَلَيۡهِ دَلِيلاً۬ 45
ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ހިޔަނި ފަތުރުއްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އަދި އެކަލާނގެ އިރާދަކުރެއްވިނަމަ، ހިމޭންވެހުންނަ އެއްޗެއްކަމުގައި، އެ ހިޔަނި ލައްވައިފީހެވެ. ދެން އެ ހިޔަނީގެ މައްޗަށް، ދަލީލެއްކަމުގައި ތިމަންރަސްކަލާނގެ އެ، އިރު ލެއްވީމެވެ.
Surah 25 · سورة الفُرقان
Juz 1
ثُمَّ قَبَضۡنَـٰهُ إِلَيۡنَا قَبۡضً۬ا يَسِيرً۬ا 46
ދެން ތިމަންރަސްކަލާނގެ حضرةއަށް މަޑުމަޑުން ހިއްޕަވާ ހިއްޕެވުމަކުން،
އެ ހިޔަނި ހިއްޕަވައި ނެތިކުރައްވަމެވެ.
Surah 25 · سورة الفُرقان
Juz 1
وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيۡلَ لِبَاسً۬ا وَٱلنَّوۡمَ سُبَاتً۬ا وَجَعَلَ ٱلنَّہَارَ نُشُورً۬ا 47
އެކަލާނގެއީ، ރޭގަނޑު ނިވަލެއްކަމުގައި، އަދި ނިދުމަކީ އަރާމެއްކަމުގައި ލައްވައި، އަދި ދުވާލަކީ، ދިރިއުޅުން ހޯދުމަށް އުޅޭވަގުތެއްކަމުގައި ލެއްވި ރަސްކަލާނގެއެވެ.
Surah 25 · سورة الفُرقان
Juz 1
وَهُوَ ٱلَّذِىٓ أَرۡسَلَ ٱلرِّيَـٰحَ بُشۡرَۢا بَيۡنَ يَدَىۡ رَحۡمَتِهِۦۚ وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءً۬ طَهُورً۬ا 48
އަދި އެކަލާނގެ رحمةގެ ކުރިޔަށް (އެބަހީ: ވާރޭގެ ކުރިޔަށް) އުފާވެރި خبرއެއްގެގޮތުގައި، ވައިރޯޅި ފޮނުއްވީވެސް އެކަލާނގެއެވެ. އަދި طاهرކުރަނިވި ފެން ތިމަންރަސްކަލާނގެ އުޑުން ވެއްސެވީމެވެ.
Surah 25 · سورة الفُرقان
Juz 1
لِّنُحۡـِۧىَ بِهِۦ بَلۡدَةً۬ مَّيۡتً۬ا وَنُسۡقِيَهُ ۥ مِمَّا خَلَقۡنَآ أَنۡعَـٰمً۬ا وَأَنَاسِىَّ ڪَثِيرً۬ا 49
(އެއީ) މަރުވެފައިވާ ރަށެއް، އެ ފެނުން އަލުން ދިރުއްވުމަށާއި، އަދި ތިމަންރަސްކަލާނގެ ހައްދަވާފައިވާ ތަކެތީގެތެރެއިން ޖަނަވާރުތަކަށާއި، ގިނަ އިންސާނުންނަށް އެ ފެން ބޯންދެއްވުމަށެވެ.
Surah 25 · سورة الفُرقان
Juz 1
وَلَقَدۡ صَرَّفۡنَـٰهُ بَيۡنَہُمۡ لِيَذَّكَّرُواْ فَأَبَىٰٓ أَڪۡثَرُ ٱلنَّاسِ إِلَّا ڪُفُورً۬ا 50
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފެން، އެއުރެންގެ މެދުގައި، އެއްތަނުން އަނެއްތަނަށް ބަދަލުކުރެއްވީމެވެ. އެއުރެން އެކަން ހަނދުމަކުޅައުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ގިނަމީހުން، ދެކޮޅުވެރިވެ، كافرވުން މެނުވީ قبولއެއް ނުކުރޫއެވެ.
Surah 25 · سورة الفُرقان
Juz 1
وَلَوۡ شِئۡنَا لَبَعَثۡنَا فِى ڪُلِّ قَرۡيَةٍ۬ نَّذِيرً۬ 51
އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، ކޮންމެ ރަށަކަށް إنذارކުރައްވާ ބޭކަލަކު ތިމަންރަސްކަލާނގެ ފޮނުއްވީމުހެވެ.
Surah 25 · سورة الفُرقان
Juz 1
فَلَا تُطِعِ ٱلۡڪَـٰفِرِينَ وَجَـٰهِدۡهُم بِهِۦ جِهَادً۬ا ڪَبِيرً۬ا 52
ފަހެ، كافرންނަށް ކަލޭގެފާނު ކިޔަމަންވެވަޑައި ނުގަންނަވާށެވެ! އަދި
އެ قرآنން ބޮޑުވެގެންވާ ޖިހާދަކުން ކަލޭގެފާނު އެއުރެންނާ ޖިހާދުކުރައްވާށެވެ!
Surah 25 · سورة الفُرقان
Juz 1
۞ وَهُوَ ٱلَّذِى مَرَجَ ٱلۡبَحۡرَيۡنِ هَـٰذَا عَذۡبٌ۬ فُرَاتٌ۬ وَهَـٰذَا مِلۡحٌ أُجَاجٌ۬ وَجَعَلَ بَيۡنَہُمَا بَرۡزَخً۬ا وَحِجۡرً۬ا مَّحۡجُورً۬ا 53
އަދި އެކަލާނގެއީ، ދެ ކަނޑު އެއްކުރެއްވި (އެބަހީ: ކޯރުފެނާއި ކަނޑުގެ ލޮނުގަނޑު އެކުއެކުގައި ހިނގާގޮތަށްލެއްވި) ރަސްކަލާނގެއެވެ. މިއީ މީރުކަންބޮޑު މީރު ފެނެވެ. އަދި މިއީ ލޮނުކަން ގަދަ ލޮނު ފެނެވެ. އަދި އެކަލާނގެ އެ ދެ ކަނޑު ދެމެދުގައި، ހުރަހެއްލައްވައި، އަދި އެ ދެމެދު މަނާކުރަނިވި ފަރުދާއެއް ލެއްވިއެވެ.
Surah 25 · سورة الفُرقان
Juz 1
وَهُوَ ٱلَّذِى خَلَقَ مِنَ ٱلۡمَآءِ بَشَرً۬ا فَجَعَلَهُ ۥ نَسَبً۬ا وَصِهۡرً۬اۗ وَكَانَ رَبُّكَ قَدِيرً۬ا 54
އަދި އެކަލާނގެއީ ފެނުން (އެބަހީ: މަނިފޮދަކުން) އިންސާނާ ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ އެ އިންސާނާގައި، ނަސަބާއި، ޅިޔަން ފަހަރިކަމުގެ ގުޅުން ލެއްވިއެވެ. އަދި ކުޅަދުންވަންތަ ކަލަކު ކަމުގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ވޮޑިގެންވެއެވެ.
Surah 25 · سورة الفُرقان
Juz 1
وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُهُمۡ وَلَا يَضُرُّهُمۡۗ وَكَانَ ٱلۡكَافِرُ عَلَىٰ رَبِّهِۦ ظَهِيرً۬ا 55
އެއުރެން اللَّهފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް މަންފާއެއް ނުކުރާ، އަދި އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށެވެ. كافرވިމީހާ، އޭނާގެ ވެރިރަސްކަލާނގެއާ ދެކޮޅުހެދުމަށް، އެހީތެރިޔަކު ކަމުގައިވެއެވެ.
Surah 25 · سورة الفُرقان
Juz 1
وَمَآ أَرۡسَلۡنَـٰكَ إِلَّا مُبَشِّرً۬ا وَنَذِيرً۬ا 56
އުފާވެރިކަމުގެ خبرދެއްވާ ބޭކަލަކު ކަމުގައްޔާއި، އަދި إنذارކުރައްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ ކަލާގެފާނު ނުފޮނުއްވަމެވެ.
Surah 25 · سورة الفُرقان
Juz 1
قُلۡ مَآ أَسۡـَٔلُڪُمۡ عَلَيۡهِ مِنۡ أَجۡرٍ إِلَّا مَن شَآءَ أَن يَتَّخِذَ إِلَىٰ رَبِّهِۦ سَبِيلاً۬ 57
ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: رسولކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. އެހެނެއްކަމަކު، އެމީހެއްގެ ވެރިރަސްކަލާނގެ حضرةއަށް މަގެއްހިފުމަށް އެދޭމީހާ، އެފަދަ މަގެއް ހޯދައިފާހުށިކަމެވެ!
Surah 25 · سورة الفُرقان
Juz 1
وَتَوَڪَّلۡ عَلَى ٱلۡحَىِّ ٱلَّذِى لَا يَمُوتُ وَسَبِّحۡ بِحَمۡدِهِۦۚ وَڪَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا 58
އަދި އަވަހާރަވުމެއްނުވާ، ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއަށް ކަލޭގެފާނު ވަކީލުކުރައްވާށެވެ! އަދި އެކަލާނގެއަށް حمدއާއެކު، تسبيحވިދާޅުވާށެވެ! އެކަލާނގެ އަޅުތަކުންގެ ފާފަތަކުގެ خبر މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި އެކަލާނގެ ފުދެއެވެ.
Surah 25 · سورة الفُرقان
Juz 1
ٱلَّذِى خَلَقَ ٱلسَّمَـٰوَٲتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِى سِتَّةِ أَيَّامٍ۬ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۚ ٱلرَّحۡمَـٰنُ فَسۡـَٔلۡ بِهِۦ خَبِيرً۬ا 59
އެކަލާނގެއީ، އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ އެއްޗެއް، ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން عرشގެ މައްޗަށް އެކަލާނގެ استواءވެ ވޮޑިގަތެވެ. އެކަލާނގެއީ، رحمنވަންތަ ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެއާމެދު މޮޅަށް خبرދަންނަ ފަރާތަކާ ކަލޭގެފާނު سؤالކުރައްވާށެވެ!
Surah 25 · سورة الفُرقان
Juz 1
وَإِذَا قِيلَ لَهُمُ ٱسۡجُدُواْ لِلرَّحۡمَـٰنِ قَالُواْ وَمَا ٱلرَّحۡمَـٰنُ أَنَسۡجُدُ لِمَا تَأۡمُرُنَا وَزَادَهُمۡ نُفُورً۬ا ۩ 60
އަދި رحمنވަންތަ ރަސްކަލާނގެއަށް ތިޔަބައިމީހުން سجدةކުރާށޭ އެއުރެންނަށް ވިދާޅުވިހިނދު، އެއުރެން ބުނޫއެވެ. رحمنވަންތަ ރަސްކަލާނގެއަކީ ކޮންއެއްޗެއްހޭ؟ ކަލޭގެފާނު ތިމަންމެންނަށް އަމުރުކުރައްވާ އެއްޗަކަށް ތިމަންމެން سجدةކުރާނެހެއްޔެވެ؟ އަދި އެއުރެންގެ ނަފުރަތުދިޔައީ އިތުރުވެގެންނެވެ.
Surah 25 · سورة الفُرقان
Juz 1
تَبَارَكَ ٱلَّذِى جَعَلَ فِى ٱلسَّمَآءِ بُرُوجً۬ا وَجَعَلَ فِيہَا سِرَٲجً۬ا وَقَمَرً۬ا مُّنِيرً۬ا 61
އުޑުގައި بُـرجތަކެއް ލައްވައި، އަދި އެތާނގައި ވޮށަކާއި، އަލިކުރާ ހަނދެއްލެއްވި ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ.
Surah 25 · سورة الفُرقان
Juz 1
وَهُوَ ٱلَّذِى جَعَلَ ٱلَّيۡلَ وَٱلنَّهَارَ خِلۡفَةً۬ لِّمَنۡ أَرَادَ أَن يَذَّڪَّرَ أَوۡ أَرَادَ شُڪُورً۬ا 62
އަދި އެކަލާނގެއީ، ރެޔާއި ދުވާލު އެކައްޗަކަށްފަހު، އަނެކައްޗެއް އަންނަގޮތުގައި (އެބަހީ: ރެއާއިދުވާލު ތަކުރާރުވާގޮތުގައި) ލެއްވި ރަސްކަލާނގެއެވެ. އެއީ ހަނދުމަކުރުމަށް އެދޭމީހަކަށް، ނުވަތަ شكرވެރިވުމަށް އެދޭމީހަކަށްޓަކައެވެ.
Surah 25 · سورة الفُرقان
Juz 1
وَعِبَادُ ٱلرَّحۡمَـٰنِ ٱلَّذِينَ يَمۡشُونَ عَلَى ٱلۡأَرۡضِ هَوۡنً۬ا وَإِذَا خَاطَبَهُمُ ٱلۡجَـٰهِلُونَ قَالُواْ سَلَـٰمً۬ا 63
رحمنވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭމީހުންނެވެ. އަދި އެއުރެންނާ ޖާހިލުން مخاطبކޮށް ވާހަކަދައްކައިފި ހިނދަކު، އެއުރެން سلام އޭ ބުނެތެވެ.
Surah 25 · سورة الفُرقان
Juz 1
وَٱلَّذِينَ يَبِيتُونَ لِرَبِّهِمۡ سُجَّدً۬ا وَقِيَـٰمً۬ا 64
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، سجدةކުރުމުގައްޔާއި، قيامއަށްތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ.
Surah 25 · سورة الفُرقان
Juz 1
وَٱلَّذِينَ يَقُولُونَ رَبَّنَا ٱصۡرِفۡ عَنَّا عَذَابَ جَهَنَّمَۖ إِنَّ عَذَابَهَا كَانَ غَرَامًا 65
އަދި އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ނަރަކައިގެ عذاب، އަޅަމެންގެކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ عذابއަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ.
Surah 25 · سورة الفُرقان
Juz 1
إِنَّهَا سَآءَتۡ مُسۡتَقَرًّ۬ا وَمُقَامً۬ا 66
ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، قائمވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ.
Surah 25 · سورة الفُرقان
Juz 1
وَٱلَّذِينَ إِذَآ أَنفَقُواْ لَمۡ يُسۡرِفُواْ وَلَمۡ يَقۡتُرُواْ وَڪَانَ بَيۡنَ ذَٲلِكَ قَوَامً۬ا 67
އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ إسراف ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ.
Surah 25 · سورة الفُرقان
Juz 1
وَٱلَّذِينَ لَا يَدۡعُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ وَلَا يَقۡتُلُونَ ٱلنَّفۡسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّ وَلَا يَزۡنُونَۚ وَمَن يَفۡعَلۡ ذَٲلِكَ يَلۡقَ أَثَامً۬ا 68
އެއުރެންނީ اللَّهއާއެކު އެހެން إلهއަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި
اللَّه، حرمةތެރި ކުރައްވާފައިވާ نفسއެއް، حقގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) عقوباتއާ ބައްދަލުކުރާނެތެވެ.
Surah 25 · سورة الفُرقان
Juz 1
يُضَـٰعَفۡ لَهُ ٱلۡعَذَابُ يَوۡمَ ٱلۡقِيَـٰمَةِ وَيَخۡلُدۡ فِيهِۦ مُهَانًا 69
އެމީހަކަށް قيامةދުވަހުން عذاب ގިނަގުނަކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ حال އެ عذابގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ.
Surah 25 · سورة الفُرقان
Juz 1
إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلاً۬ صَـٰلِحً۬ا فَأُوْلَـٰٓٮِٕكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمۡ حَسَنَـٰتٍ۬ۗ وَكَانَ ٱللَّهُ غَفُورً۬ا رَّحِيمً۬ا 70
توبةވެ، إيمانވެ، ގިނަގިނައިން صالح عملކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ކަލަކު ކަމުގައި اللَّهވޮޑިގެންވެއެވެ.
Surah 25 · سورة الفُرقان
Juz 1
وَمَن تَابَ وَعَمِلَ صَـٰلِحً۬ا فَإِنَّهُ ۥ يَتُوبُ إِلَى ٱللَّهِ مَتَابً۬ا 71
އަދި توبةވެ صالح عملކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާއީ ގިނަގިނައިން اللَّه އަށް توبة ވާ މީހެކެވެ.
Surah 25 · سورة الفُرقان
Juz 1
وَٱلَّذِينَ لَا يَشۡهَدُونَ ٱلزُّورَ وَإِذَا مَرُّواْ بِٱللَّغۡوِ مَرُّواْ ڪِرَامً۬ا 72
އަދި އެއުރެންނީ ދޮގުހެކިނުދޭ މީހުންނެވެ. އަދި ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތްމީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ.
Surah 25 · سورة الفُرقان
Juz 1
وَٱلَّذِينَ إِذَا ذُڪِّرُواْ بِـَٔايَـٰتِ رَبِّهِمۡ لَمۡ يَخِرُّواْ عَلَيۡهَا صُمًّ۬ا وَعُمۡيَانً۬ا 73
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ آيةތައް ހަނދާންކޮށްދޭހިނދު ބީރު ކަނު ބައެއްގެ ގޮތުގައި، އެ آيةތަކުގެ މައްޗަށް ވެއްޓި ނުގަންނަ މީހުންނެވެ.
Surah 25 · سورة الفُرقان
Juz 1
وَٱلَّذِينَ يَقُولُونَ رَبَّنَا هَبۡ لَنَا مِنۡ أَزۡوَٲجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعۡيُنٍ۬ وَٱجۡعَلۡنَا لِلۡمُتَّقِينَ إِمَامًا 74
އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوىވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!
Surah 25 · سورة الفُرقان
Juz 1
أُوْلَـٰٓٮِٕكَ يُجۡزَوۡنَ ٱلۡغُرۡفَةَ بِمَا صَبَرُواْ وَيُلَقَّوۡنَ فِيهَا تَحِيَّةً۬ وَسَلَـٰمًا 75
އެއުރެން ކެތްތެރިވީކަމަށްޓަކައި، ސުވަރުގޭގެ މަތިވެރި ދަރަޖަ އެއުރެންނަށް ޖަޒާއެއްގެގޮތުން ދެއްވާހުށްޓެވެ. އަދި އެތާނގައި، تحيّةއާއި، سلام ( އެބަހީ: މާތްކޮށް ހިއްތެވުމާއި އަމާންކަން ) އެއުރެންނަށް ލިބޭހުއްޓެވެ.
Surah 25 · سورة الفُرقان
Juz 1
خَـٰلِدِينَ فِيهَاۚ حَسُنَتۡ مُسۡتَقَرًّ۬ا وَمُقَامً۬ا 76
އެ ސުވަރުގޭގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، قائمވެ ތިބޭ ވަޒަނެއްގެގޮތުން އެތަން ރަނގަޅުކަމާއެވެ!
Surah 25 · سورة الفُرقان
Juz 1
قُلۡ مَا يَعۡبَؤُاْ بِكُمۡ رَبِّى لَوۡلَا دُعَآؤُڪُمۡۖ فَقَدۡ كَذَّبۡتُمۡ فَسَوۡفَ يَڪُونُ لِزَامَۢا 77
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ دعاءކުރުން ނުވާނަމަ، ތިމަންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނާމެދު ފަރުވާލެއް ނުބަހައްޓަވާނެތެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން (حق) ދޮގުކުޅައީމުއެވެ. ފަހެ، ނިކަންހުރެ އެކަމުގެ عذاب، ތިޔަބައިމީހުންނަށް لازمވެ ހުންނަހުށްޓެވެ.