Surah 16 · سورة النّحل
Juz 1
بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
Surah 16 · سورة النّحل
Juz 1
أَتَىٰٓ أَمۡرُ ٱللَّهِ فَلَا تَسۡتَعۡجِلُوهُۚ سُبۡحَـٰنَهُ ۥ وَتَعَـٰلَىٰ عَمَّا يُشۡرِكُونَ 1
اللَّهގެ أمرފުޅު އަތުވެއްޖެއެވެ. ފަހެ، ތިޔަބައިމީހުން އެކަން އަވަސްވުމަށް ނޭދޭށެވެ! އެއުރެން شريك ކޮށް އުޅުނު ތަކެތިން، އެކަލާނގެ ހުސްطاهرވެ، މަތިވެރިވެ ވޮޑިގެންވެއެވެ.
Surah 16 · سورة النّحل
Juz 1
يُنَزِّلُ ٱلۡمَلَـٰٓٮِٕكَةَ بِٱلرُّوحِ مِنۡ أَمۡرِهِۦ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦۤ أَنۡ أَنذِرُوٓاْ أَنَّهُ ۥ لَآ إِلَـٰهَ إِلَّآ أَنَا۟ فَٱتَّقُونِ 2
އެކަލާނގެ އަޅުތަކުންގެ ތެރެއިން، އެކަލާނގެ އިރާދަކުރައްވާ ބަޔެއްގެ މައްޗަށް، އެކަލާނގެ أمرފުޅާއެކު، وحىއާއިގެން ملائكةން ފޮނުއްވަތެވެ. (وحىކުރައްވަމުންނެވެ.) ތިޔަބައިމީހުން إنذارކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ، إلهއަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوىވެރިވާށެވެ!
Surah 16 · سورة النّحل
Juz 1
خَلَقَ ٱلسَّمَـٰوَٲتِ وَٱلۡأَرۡضَ بِٱلۡحَقِّۚ تَعَـٰلَىٰ عَمَّا يُشۡرِكُونَ 3
އެކަލާނގެ އުޑުތަކާއި، ބިން حقގޮތުގައި ހެއްދެވިއެވެ. އެއުރެން شريكކުރާ ތަކެއްޗަށްވުރެން، އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ.
Surah 16 · سورة النّحل
Juz 1
خَلَقَ ٱلۡإِنسَـٰنَ مِن نُّطۡفَةٍ۬ فَإِذَا هُوَ خَصِيمٌ۬ مُّبِينٌ۬ 4
މަނިތިއްކަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ފަހެ، އެހާރުން އޭނާވަނީ، ފާޅުވެ، ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ.
Surah 16 · سورة النّحل
Juz 1
وَٱلۡأَنۡعَـٰمَ خَلَقَهَاۗ لَڪُمۡ فِيهَا دِفۡءٌ۬ وَمَنَـٰفِعُ وَمِنۡهَا تَأۡڪُلُونَ 5
އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، نعمސޫފި ހެއްދެވިއެވެ. ހީފިލުވުމާއި، އެހެނިހެން މަންފާތައް އެ ތަކެތީގައިވެއެވެ. އަދި އެ ތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ.
Surah 16 · سورة النّحل
Juz 1
وَلَكُمۡ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسۡرَحُونَ 6
އެ ތަކެތި ހަވީރު (ނިދާތަނަށް) ގެންނަ ހިނދުގައްޔާއި، ހެނދުނު (ހުއިހައްޕަން) ނެރޭހިނދު، ތިޔަބައިމީހުންނަށްޓަކައި އެ ތަކެތީގައި ރީތިކަމެއްވެއެވެ.
Surah 16 · سورة النّحل
Juz 1
وَتَحۡمِلُ أَثۡقَالَڪُمۡ إِلَىٰ بَلَدٍ۬ لَّمۡ تَكُونُواْ بَـٰلِغِيهِ إِلَّا بِشِقِّ ٱلۡأَنفُسِۚ إِنَّ رَبَّكُمۡ لَرَءُوفٌ۬ رَّحِيمٌ۬ 7
އަދި ހަށިތަކަށް އުނދަގުލާއި، ވަރުބަލިކަންދީގެން މެނުވީ އެ ރަށަކާ ހަމައަށް ތިޔަބައިމީހުންނަށް ދެވޭކަމަށްނުވާ ރަށަކަށް، އެ نعمސޫފިތައް ތިޔަބައިމީހުންގެ ބުރަތަކެތި އުފުލައިދެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
وَٱلۡخَيۡلَ وَٱلۡبِغَالَ وَٱلۡحَمِيرَ لِتَرۡڪَبُوهَا وَزِينَةً۬ۚ وَيَخۡلُقُ مَا لَا تَعۡلَمُونَ 8
އަދި އަހާއި، بغلއާއި، حمارވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން
އެ ތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވަތެވެ.
Surah 16 · سورة النّحل
Juz 1
وَعَلَى ٱللَّهِ قَصۡدُ ٱلسَّبِيلِ وَمِنۡهَا جَآٮِٕرٌ۬ۚ وَلَوۡ شَآءَ لَهَدَٮٰڪُمۡ أَجۡمَعِينَ 9
ސީދާވެގެންވާ ތެދުމަގު ބަޔާންކޮށްދެއްވުންވަނީ، اللَّهއަށެވެ. އަދި އެ މަގުތަކުގެ ތެރެއިން ކަސިޔާރުވެގެންވާ މަގުވެއެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ، ތިޔަބައިމީހުން އެންމެންނަށް ތެދުމަގު ދައްކަވައިފީސްކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
هُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً۬ۖ لَّكُم مِّنۡهُ شَرَابٌ۬ وَمِنۡهُ شَجَرٌ۬ فِيهِ تُسِيمُونَ 10
ތިޔަބައިމީހުންނަށްޓަކައި، އުޑުން ފެންވެއްސެވީ، އެކަލާނގެއެވެ.
އެ ފެނުން (ތިޔަބައިމީހުންނަށް) ބުއިމެއްވެއެވެ. އަދި ތިޔަބައިމީހުންގެ ޖަނަވާރުތައް އެއިން ހުއިހައްޕާ ގަސްތަކާއި، ވިނަތައް، އެ ފެނުގެ ސަބަބުން ހެދެއެވެ.
Surah 16 · سورة النّحل
Juz 1
يُنۢبِتُ لَكُم بِهِ ٱلزَّرۡعَ وَٱلزَّيۡتُونَ وَٱلنَّخِيلَ وَٱلۡأَعۡنَـٰبَ وَمِن ڪُلِّ ٱلثَّمَرَٲتِۗ إِنَّ فِى ذَٲلِكَ لَأَيَةً۬ لِّقَوۡمٍ۬ يَتَفَڪَّرُونَ 11
އެކަލާނގެ އެ ފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހާ މޭވާގަސްތައް ތިޔަބައިމީހުންނަށްޓަކައި ފަޅުއްވަތެވެ. ހަމަކަށަވަރުން، فكرކުރާ ބަޔަކަށް އެކަންކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
وَسَخَّرَ لَڪُمُ ٱلَّيۡلَ وَٱلنَّهَارَ وَٱلشَّمۡسَ وَٱلۡقَمَرَۖ وَٱلنُّجُومُ مُسَخَّرَٲتُۢ بِأَمۡرِهِۦۤۗ إِنَّ فِى ذَٲلِكَ لَأَيَـٰتٍ۬ لِّقَوۡمٍ۬ يَعۡقِلُونَ 12
އަދި އެކަލާނގެ ރެއާއި، ދުވާލާއި، އިރާއި، ހަނދު، ތިޔަބައިމީހުންނަށްޓަކައި خدمةތެރި ކުރެއްވިއެވެ. އަދި ތަރިތައްވެސް ވަނީ އެކަލާނގެ أمرފުޅުން خدمةތެރި ކުރައްވާފައެވެ. ހަމަކަށަވަރުން، އެ ހުރިހާ ކަންތަކުގައި ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
وَمَا ذَرَأَ لَڪُمۡ فِى ٱلۡأَرۡضِ مُخۡتَلِفًا أَلۡوَٲنُهُ ۥۤۗ إِنَّ فِى ذَٲلِكَ لَأَيَةً۬ لِّقَوۡمٍ۬ يَذَّڪَّرُونَ 13
އަދި އެ ތަކެތީގެ ކުލަތައް ތަފާތު ގޮތުގައި، ތިޔަބައިމީހުންނަށްޓަކައި ބިމުގައި އެކަލާނގެ އުފައްދަވާފައިވާ ތަކެތިވެސްމެއެވެ. ހަމަކަށަވަރުން، ހަނދުމަކޮށް އުޅޭބަޔަކަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
وَهُوَ ٱلَّذِى سَخَّرَ ٱلۡبَحۡرَ لِتَأۡڪُلُواْ مِنۡهُ لَحۡمً۬ا طَرِيًّ۬ا وَتَسۡتَخۡرِجُواْ مِنۡهُ حِلۡيَةً۬ تَلۡبَسُونَهَا وَتَرَى ٱلۡفُلۡكَ مَوَاخِرَ فِيهِ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّڪُمۡ تَشۡكُرُونَ 14
އަދި ތިޔަބައިމީހުންނަށްޓަކައި، ކަނޑު خدمةތެރިކުރެއްވީ އެކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން އެ ކަނޑުން ތާޒާ މަސް ކެއުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އަޅައިއުޅޭ ގަހަނާ، އެ ކަނޑުން ނެރެ، ނެގުމަށްޓަކައެވެ. އަދި އެ ކަނޑުގައި ގޮސް އައިސްވާ އުޅަނދުތައް ތިބާ ދެކޭނޫއެވެ. އަދި (އެއީ) ތިޔަބައިމީހުން އެކަލާނގެ
فضلވަންތަކަމުން (ދެއްވުމަށް) އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން
شكرކުރުމަށްޓަކައެވެ.
Surah 16 · سورة النّحل
Juz 1
وَأَلۡقَىٰ فِى ٱلۡأَرۡضِ رَوَٲسِىَ أَن تَمِيدَ بِڪُمۡ وَأَنۡہَـٰرً۬ا وَسُبُلاً۬ لَّعَلَّڪُمۡ تَہۡتَدُونَ 15
އަދި ތިޔަބައިމީހުންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ކޯރުތަކާއި މަގުތައް ލެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް މަގު އެނގުމަށްޓަކައެވެ.
Surah 16 · سورة النّحل
Juz 1
وَعَلَـٰمَـٰتٍ۬ۚ وَبِٱلنَّجۡمِ هُمۡ يَہۡتَدُونَ 16
އަދި (މަގު ފާހަގަކުރެވޭ) ފާހަގަތަކެއް ލެއްވިއެވެ. އަދި ތަރިތަކުންވެސް އެއުރެން މަގު ހޯދައިގަނެތެވެ.
Surah 16 · سورة النّحل
Juz 1
أَفَمَن يَخۡلُقُ كَمَن لَّا يَخۡلُقُۗ أَفَلَا تَذَڪَّرُونَ 17
ފަހެ (އެންމެހާ ތަކެތި) ހައްދަވާ ކަލާނގެއާއި (އެއްޗެއް) ނަހަދާ ފަރާތަކާ އެއްފަދަވާނޭ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟
Surah 16 · سورة النّحل
Juz 1
وَإِن تَعُدُّواْ نِعۡمَةَ ٱللَّهِ لَا تُحۡصُوهَآۗ إِنَّ ٱللَّهَ لَغَفُورٌ۬ رَّحِيمٌ۬ 18
ތިޔަބައިމީހުން اللَّهގެ نعمة ހިމަނައި، عددކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ نعمةއެއް ނުހިމެނޭނެއެވެ. ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ރަސްކަލާނގެއެވެ.
Surah 16 · سورة النّحل
Juz 1
وَٱللَّهُ يَعۡلَمُ مَا تُسِرُّونَ وَمَا تُعۡلِنُونَ 19
އަދި ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް
اللَّه ދެނެވޮޑިގެންވެތެވެ.
Surah 16 · سورة النّحل
Juz 1
وَٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ لَا يَخۡلُقُونَ شَيۡـًٔ۬ا وَهُمۡ يُخۡلَقُونَ 20
އަދި اللَّه ފިޔަވައި އެއުރެން دعاءކޮށް އަޅުކަންކޮށް އުޅޭ ތަކެތި، އެއްވެސް އެއްޗެއް ނަހަދަތެވެ. އަދި خود އެ ތަކެއްޗަކީ، ހައްދަވާފައިވާ ތަކެއްޗެވެ.
Surah 16 · سورة النّحل
Juz 1
أَمۡوَٲتٌ غَيۡرُ أَحۡيَآءٍ۬ۖ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ 21
(އެއީ) މަރުވެފައިވާ، ދިރުމެއްނުވާ ތަކެއްޗެވެ. އަދި އެއުރެން (އެހެން ދިރުމަކަށް) ފޮނުއްވާނެ އިރެއް އެ ތަކެއްޗަކަށް ނޭނގެތެވެ.
Surah 16 · سورة النّحل
Juz 1
إِلَـٰهُكُمۡ إِلَـٰهٌ۬ وَٲحِدٌ۬ۚ فَٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأَخِرَةِ قُلُوبُہُم مُّنكِرَةٌ۬ وَهُم مُّسۡتَكۡبِرُونَ 22
ތިޔަބައިމީހުންގެ إلهއަކީ، އެއްކައުވަންތަ إلهއެވެ. ފަހެ، آخرةއަށް
إيمان ނުވާ މީހުންނަކީ، އެއުރެންގެ ހިތްތައް އެކަމަށް إنكارކުރާ މީހުންނެވެ. އަދި އެއުރެންނީ ބޮޑާވެގެންވާ ބަޔެކެވެ.
Surah 16 · سورة النّحل
Juz 1
لَا جَرَمَ أَنَّ ٱللَّهَ يَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَۚ إِنَّهُ ۥ لَا يُحِبُّ ٱلۡمُسۡتَكۡبِرِينَ 23
شكއެއްނެތެވެ. ހަމަކަށަވަރުން، އެއުރެން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ. ހަމަކަށަވަރުން، ބޮޑާވެގަންނަ މީހުންދެކެ، އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.
Surah 16 · سورة النّحل
Juz 1
وَإِذَا قِيلَ لَهُم مَّاذَآ أَنزَلَ رَبُّكُمۡۙ قَالُوٓاْ أَسَـٰطِيرُ ٱلۡأَوَّلِينَ 24
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ބާވައިލެއްވީ ކޮންއެއްޗެއްހޭ، އެއުރެންނަށް ބުނެވިއްޖެނަމަ، އެއުރެން ބުނެތެވެ. އެވޭލާ މީހުން ދައްކައި އުޅުނު ފުލޯކު ވާހަކަތަކެވެ.
Surah 16 · سورة النّحل
Juz 1
لِيَحۡمِلُوٓاْ أَوۡزَارَهُمۡ كَامِلَةً۬ يَوۡمَ ٱلۡقِيَـٰمَةِۙ وَمِنۡ أَوۡزَارِ ٱلَّذِينَ يُضِلُّونَهُم بِغَيۡرِ عِلۡمٍۗ أَلَا سَآءَ مَا يَزِرُونَ 25
(އެއީ) قيامةދުވަހުން އެއުރެންގެ ކުށްތައް ފުރިހަމައަށް އެއުރެން އުފުލުމަށްޓަކައެވެ. އަދި އެނގުމެއްނެތި، އެއުރެން މަގުފުރައްދާ މީހުންގެ ކުށްތަކުގެ ތެރެއިން ބައެއް (އެއުރެން އުފުލުމަށްޓަކައި) ވެސް މެއެވެ. ދަންނާށެވެ! އެއުރެން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ!
Surah 16 · سورة النّحل
Juz 1
قَدۡ مَڪَرَ ٱلَّذِينَ مِن قَبۡلِهِمۡ فَأَتَى ٱللَّهُ بُنۡيَـٰنَهُم مِّنَ ٱلۡقَوَاعِدِ فَخَرَّ عَلَيۡہِمُ ٱلسَّقۡفُ مِن فَوۡقِهِمۡ وَأَتَٮٰهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ 26
ހަމަކަށަވަރުން، އެއުރެންގެ ކުރީގެ މީހުން މަކަރުހެދޫއެވެ. ފަހެ،
اللَّه، އެއުރެންގެ ބިނާ، ބިންގަލުން ނެތިކުރެއްވުމަށް އިރާދަކުރެއްވިއެވެ. ދެން އެއުރެންގެ (ބޯ) މަތިން، އެއުރެންގެ މައްޗަށް، ފުރާޅު ވެއްޓިގެން ދިޔައެވެ. އަދި އެއުރެން ހީވެސްނުކުރާ ގޮތްގޮތުން، އެއުރެންނަށް عذابއައެވެ.
Surah 16 · سورة النّحل
Juz 1
ثُمَّ يَوۡمَ ٱلۡقِيَـٰمَةِ يُخۡزِيهِمۡ وَيَقُولُ أَيۡنَ شُرَڪَآءِىَ ٱلَّذِينَ كُنتُمۡ تُشَـٰٓقُّونَ فِيہِمۡۚ قَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ إِنَّ ٱلۡخِزۡىَ ٱلۡيَوۡمَ وَٱلسُّوٓءَ عَلَى ٱلۡڪَـٰفِرِينَ 27
ދެން قيامةދުވަހުން، އެކަލާނގެ އެއުރެން ނިކަމެތި ކުރައްވާނެތެވެ. އަދި وحىކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ شريكން ކަމުގައި ހަދައި (އަދި) އެ ތަކެއްޗާމެދު (مؤمنންނާ) ތިޔަބައިމީހުން ދެކޮޅުވެރިވެ އުޅުނު شريكން ކޮބައިހެއްޔެވެ؟ علم ލިބިގެންވާ މީހުން (އެ ދުވަހުން) ދަންނަވާނެތެވެ. ހަމަކަށަވަރުން، ނިކަމެތިކަމާއި، ނުބައިކަން މިއަދު އޮތީ كافرންގެ މައްޗަށެވެ.
Surah 16 · سورة النّحل
Juz 1
ٱلَّذِينَ تَتَوَفَّٮٰهُمُ ٱلۡمَلَـٰٓٮِٕكَةُ ظَالِمِىٓ أَنفُسِہِمۡۖ فَأَلۡقَوُاْ ٱلسَّلَمَ مَا ڪُنَّا نَعۡمَلُ مِن سُوٓءِۭۚ بَلَىٰٓ إِنَّ ٱللَّهَ عَلِيمُۢ بِمَا كُنتُمۡ تَعۡمَلُونَ 28
(އެއީ) އެއުރެންގެ نفسތަކަށް އަނިޔާކުރާ حال، ملائكةން އެއުރެން މަރުގަންނަވާ މީހުންނެވެ. ފަހެ، އެއުރެން ملائكةންނަށް ބޯލަނބައި ކިޔަމަންވާން ޖެހުނެވެ. (އަދި ދެންނެވިއެވެ.) ތިމަންމެން އެއްވެސް ނުބައިކަމެއް ކޮށެއް ނޫޅެމުއެވެ. އެހެންނަކުން ނޫނެވެ. ހަމަކަށަވަރުން، اللَّهއީ، ތިޔަބައިމީހުން ކޮށްއުޅުނު عملތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Surah 16 · سورة النّحل
Juz 1
فَٱدۡخُلُوٓاْ أَبۡوَٲبَ جَهَنَّمَ خَـٰلِدِينَ فِيہَاۖ فَلَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ 29
ފަހެ، އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައި، ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ (އެއީ) كبرވެރިވެގެންވާ މީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ!
Surah 16 · سورة النّحل
Juz 1
۞ وَقِيلَ لِلَّذِينَ ٱتَّقَوۡاْ مَاذَآ أَنزَلَ رَبُّكُمۡۚ قَالُواْ خَيۡرً۬اۗ لِّلَّذِينَ أَحۡسَنُواْ فِى هَـٰذِهِ ٱلدُّنۡيَا حَسَنَةٌ۬ۚ وَلَدَارُ ٱلۡأَخِرَةِ خَيۡرٌ۬ۚ وَلَنِعۡمَ دَارُ ٱلۡمُتَّقِينَ 30
تقوىވެރިވި މީހުންނަށް އަންގަވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ބާވައިލެއްވީ ކޮންއެއްޗެއް ހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. ހެޔޮގޮތެވެ.
މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި آخرةގެ ގޮވަތި، ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި تقوىވެރިންގެ ގޮވަތީގެ މޮޅުކަމާއެވެ!
Surah 16 · سورة النّحل
Juz 1
جَنَّـٰتُ عَدۡنٍ۬ يَدۡخُلُونَہَا تَجۡرِى مِن تَحۡتِہَا ٱلۡأَنۡهَـٰرُۖ لَهُمۡ فِيہَا مَا يَشَآءُونَۚ كَذَٲلِكَ يَجۡزِى ٱللَّهُ ٱلۡمُتَّقِينَ 31
އެއީ عدنއެވެ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެން ވަންނާނެތެވެ. އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުރެތެވެ. އެއުރެން އެދޭކަންތައް، އެއުރެންނަށްޓަކައި އެތާނގައިވެއެވެ. تقوىވެރިންނަށް اللَّه ޖަޒާ ދެއްވަނީ އެފަދައިންނެވެ.
Surah 16 · سورة النّحل
Juz 1
ٱلَّذِينَ تَتَوَفَّٮٰهُمُ ٱلۡمَلَـٰٓٮِٕكَةُ طَيِّبِينَۙ يَقُولُونَ سَلَـٰمٌ عَلَيۡكُمُ ٱدۡخُلُواْ ٱلۡجَنَّةَ بِمَا كُنتُمۡ تَعۡمَلُونَ 32
އެއުރެންނީ، ކުށްފާފަތަކުން طاهرވެގެންވާ حال، ملائكةން އެއުރެން މަރުގަންނަވާ މީހުންނެވެ. (އެ ހިނދު) އެ ملائكةން ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلامހުށްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު عملތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ!
Surah 16 · سورة النّحل
Juz 1
هَلۡ يَنظُرُونَ إِلَّآ أَن تَأۡتِيَهُمُ ٱلۡمَلَـٰٓٮِٕڪَةُ أَوۡ يَأۡتِىَ أَمۡرُ رَبِّكَۚ كَذَٲلِكَ فَعَلَ ٱلَّذِينَ مِن قَبۡلِهِمۡۚ وَمَا ظَلَمَهُمُ ٱللَّهُ وَلَـٰكِن ڪَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ 33
އެއުރެންގެ ގާތަށް ملائكةން ވަޑައިގަތުމަށް، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (عذابގެ) أمرފުޅު އައުމަށް މެނުވީ އެއުރެން انتظارކުރޭ ހެއްޔެވެ؟ އެއުރެންގެ ކުރީގެ މީހުންވެސް ކަންތައްކުޅައީ، ހަމައެފަދައިންނެވެ. اللَّه، އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفسތަކަށް، އެއުރެން އަނިޔާކުރާކަމުގައި ވޫއެވެ.
Surah 16 · سورة النّحل
Juz 1
فَأَصَابَهُمۡ سَيِّـَٔاتُ مَا عَمِلُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَہۡزِءُونَ 34
ފަހެ، އެއުރެން عملކުޅަގޮތުގެ ނުބައި ޖަޒާތައް، އެއުރެންނަށް ޖެހުނެވެ. އަދި އެއުރެން އެކަމަކަށް މަލާމާތްކޮށް އުޅުނު ކަންތައް އައިސް އެއުރެން ވަށައިލިއެވެ.
Surah 16 · سورة النّحل
Juz 1
وَقَالَ ٱلَّذِينَ أَشۡرَكُواْ لَوۡ شَآءَ ٱللَّهُ مَا عَبَدۡنَا مِن دُونِهِۦ مِن شَىۡءٍ۬ نَّحۡنُ وَلَآ ءَابَآؤُنَا وَلَا حَرَّمۡنَا مِن دُونِهِۦ مِن شَىۡءٍ۬ۚ كَذَٲلِكَ فَعَلَ ٱلَّذِينَ مِن قَبۡلِهِمۡۚ فَهَلۡ عَلَى ٱلرُّسُلِ إِلَّا ٱلۡبَلَـٰغُ ٱلۡمُبِينُ 35
شريكކުޅަ މީހުން ބުނެފޫއެވެ. اللَّه އިރާދަކުރެއްވިނަމަ، އެކަލާނގެ ފިޔަވައި އެހެން އެއްވެސް އެއްޗަކަށް ތިމަންމެންވެސް، އަދި ތިމަންމެންގެ ކާބަފައިންވެސް އަޅުކަމެއް ނުކުޅައީހެވެ. އަދި އެކަލާނގެ އެންގެވުމަކާނުލައި އެއްވެސް
އެއްޗެއް ތިމަންމެން حرامކޮށެއް ނުހެދީމުހެވެ. އެއުރެންގެ ކުރީގެ މީހުންވެސް ކަންތައްކުޅައީ، ހަމައެފަދައިންނެވެ. ފަހެ، ބަޔާންވެގެންވާ އިއްވެވުން މެނުވީ، رسولންގެ މައްޗަށް ވޭހެއްޔެވެ؟
Surah 16 · سورة النّحل
Juz 1
وَلَقَدۡ بَعَثۡنَا فِى ڪُلِّ أُمَّةٍ۬ رَّسُولاً أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّـٰغُوتَۖ فَمِنۡهُم مَّنۡ هَدَى ٱللَّهُ وَمِنۡهُم مَّنۡ حَقَّتۡ عَلَيۡهِ ٱلضَّلَـٰلَةُۚ فَسِيرُواْ فِى ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَـٰقِبَةُ ٱلۡمُكَذِّبِينَ 36
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّةއަކަށްމެ رسولއަކު ފޮނުއްވީމެވެ. އެއީ، اللَّهއަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. ފަހެ، اللَّه ތެދުމަގު ދެއްކެވި މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް حقވެގެންވީ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ، ދޮގުކުޅަމީހުންގެ ނަތީޖާއޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ!
Surah 16 · سورة النّحل
Juz 1
إِن تَحۡرِصۡ عَلَىٰ هُدَٮٰهُمۡ فَإِنَّ ٱللَّهَ لَا يَہۡدِى مَن يُضِلُّۖ وَمَا لَهُم مِّن نَّـٰصِرِينَ 37
އެއުރެންނަށް ތެދުމަގު ލިބުމުގެ މައްޗަށް ކަލޭގެފާނު شوقވެރިވެ ވަޑައިގަތަސް، ފަހެ، ހަމަކަށަވަރުން، اللَّه، އެކަލާނގެ މަގުފުރައްދަވާ މީހަކަށް ތެދުމަގެއް ނުދައްކަވަތެވެ. އަދި އެއުރެންނަށް نصرދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.
Surah 16 · سورة النّحل
Juz 1
وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَـٰنِهِمۡۙ لَا يَبۡعَثُ ٱللَّهُ مَن يَمُوتُۚ بَلَىٰ وَعۡدًا عَلَيۡهِ حَقًّ۬ا وَلَـٰكِنَّ أَڪۡثَرَ ٱلنَّاسِ لَا يَعۡلَمُونَ 38
އެއުރެންނަށް ވެވުނުހާ ގަދައެއްކޮށް اللَّهގަންދީ ހުވާކޮށް އެއުރެން ބުނެފޫއެވެ. މަރުވާ މީހަކު (އަލުން އެހެން ދިރުމަކަށް) اللَّه ނުފޮނުއްވާނެތެވެ. އެހެންނަކުން ނޫނެވެ. (އެއީ) އެކަލާނގެއަށް ކަށަވަރުވެ حقވެގެންވާ ގޮތުގައި، ކުރައްވާފައިވާ
وعدއެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.
Surah 16 · سورة النّحل
Juz 1
لِيُبَيِّنَ لَهُمُ ٱلَّذِى يَخۡتَلِفُونَ فِيهِ وَلِيَعۡلَمَ ٱلَّذِينَ كَفَرُوٓاْ أَنَّہُمۡ كَانُواْ ڪَـٰذِبِينَ 39
އެއުރެން އެކަމާމެދު خلافވެ އުޅުނު ކަންތަކުގެ حقيقة އެއުރެންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންވީ، ދޮގުވެރިންކަމުގައިކަން، كافرވި މީހުން ދެނެގަތުމަށްޓަކައެވެ.
Surah 16 · سورة النّحل
Juz 1
إِنَّمَا قَوۡلُنَا لِشَىۡءٍ إِذَآ أَرَدۡنَـٰهُ أَن نَّقُولَ لَهُ ۥ كُن فَيَكُونُ 40
ތިމަންރަސްކަލާނގެ ކަމަކަށް އިރާދަކުރައްވައިފި ހިނދަކު، ތިމަންރަސްކަލާނގެ އެކަމަކަށް އަންގަވާ ބަސްފުޅެއްކަމުގައިވާކަން ކަށަވަރީ، [ވާށޭ] ތިމަންރަސްކަލާނގެ އެކަމަކަށް وحىކުރެއްވުމެވެ. ދެން އެކަމެއް ވެދެއެވެ.
Surah 16 · سورة النّحل
Juz 1
وَٱلَّذِينَ هَاجَرُواْ فِى ٱللَّهِ مِنۢ بَعۡدِ مَا ظُلِمُواْ لَنُبَوِّئَنَّهُمۡ فِى ٱلدُّنۡيَا حَسَنَةً۬ۖ وَلَأَجۡرُ ٱلۡأَخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ 41
އެއުރެންނަށް އަނިޔާ ލިބުމަށްފަހު، اللَّهއަށްޓަކައި هجرةކުޅަ މީހުންނަށް، ހަމަކަށަވަރުން، ދުނިޔޭގައިވެސް އެއުރެން އުޅޭނޭ ރަނގަޅު ވަޒަން، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، آخرةގެ ދަރުމަ މާބޮޑެވެ. އެއުރެން (އެކަން) ދަންނަނަމައެވެ.
Surah 16 · سورة النّحل
Juz 1
ٱلَّذِينَ صَبَرُواْ وَعَلَىٰ رَبِّهِمۡ يَتَوَڪَّلُونَ 42
އެއުރެންނީ، ކެތްތެރިވި މީހުންނެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيلކުރާ މީހުންނެވެ.
Surah 16 · سورة النّحل
Juz 1
وَمَآ أَرۡسَلۡنَا مِن قَبۡلِكَ إِلَّا رِجَالاً۬ نُّوحِىٓ إِلَيۡہِمۡۚ فَسۡـَٔلُوٓاْ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ 43
އަދި ކަލޭގެފާނުގެ ކުރިންވެސް އެބަޔަކަށް ތިމަންރަސްކަލާނގެ وحىއިއްވަވައި، رسولކަމާއިގެން ފިރިހެނުން މެނުވީ، ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން علمގެ أهلވެރިންނާ سؤالކުރާށެވެ!
Surah 16 · سورة النّحل
Juz 1
بِٱلۡبَيِّنَـٰتِ وَٱلزُّبُرِۗ وَأَنزَلۡنَآ إِلَيۡكَ ٱلذِّڪۡرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيۡہِمۡ وَلَعَلَّهُمۡ يَتَفَكَّرُونَ 44
(ތިމަންރަސްކަލާނގެ އެ رسولން ފޮނުއްވީ) ބަޔާންވެގެންވާ ހެކިތަކާއި، ފޮތްތަކާއިގެންނެވެ. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ.
Surah 16 · سورة النّحل
Juz 1
أَفَأَمِنَ ٱلَّذِينَ مَكَرُواْ ٱلسَّيِّـَٔاتِ أَن يَخۡسِفَ ٱللَّهُ بِہِمُ ٱلۡأَرۡضَ أَوۡ يَأۡتِيَهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ 45
ފަހެ، ނުބައި ރޭވުންތައް ރޭވިމީހުން، اللَّه އެއުރެންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު، ނުވަތަ އެއުރެން ހީވެސްނުކުރާ ދިމަދިމާއިން، އެއުރެންނަށް عذابއަތުވެދާނެ ކަމާމެދު، އަމާންވެގެންވާ ކަމުގައި ހީކުޅައީ ހެއްޔެވެ؟
Surah 16 · سورة النّحل
Juz 1
أَوۡ يَأۡخُذَهُمۡ فِى تَقَلُّبِهِمۡ فَمَا هُم بِمُعۡجِزِينَ 46
ނުވަތަ އެއުރެން ދަތުރުފަތުރުކޮށް އުޅޭ އުޅުމުގެ ތެރޭގައި، އެކަލާނގެ އެއުރެން ހަލާކު ކުރައްވައިފާނެކަމާމެދުގައިވެސް މެއެވެ. ފަހެ، (اللَّه) ނުކުޅައްދައި، ރެކިގެން ދެވޭނޭ ބަޔަކު ކަމުގައި އެއުރެން ނުވެއެވެ.
Surah 16 · سورة النّحل
Juz 1
أَوۡ يَأۡخُذَهُمۡ عَلَىٰ تَخَوُّفٍ۬ فَإِنَّ رَبَّكُمۡ لَرَءُوفٌ۬ رَّحِيمٌ 47
ނުވަތަ، އުނިކުރެއްވުމުގެގޮތުން (އެބަހީ: މުދަލާއި މީހުން މަދުވަމުންގޮސް މުޅިން ނެތިދާގޮތުން) އެއުރެން ހަލާކުކުރައްވައިފާނޭ ކަމާމެދުގައިވެސް މެއެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ،
رحيمވަންތަ ރަސްކަލާނގެއެވެ.
Surah 16 · سورة النّحل
Juz 1
أَوَلَمۡ يَرَوۡاْ إِلَىٰ مَا خَلَقَ ٱللَّهُ مِن شَىۡءٍ۬ يَتَفَيَّؤُاْ ظِلَـٰلُهُ ۥ عَنِ ٱلۡيَمِينِ وَٱلشَّمَآٮِٕلِ سُجَّدً۬ا لِّلَّهِ وَهُمۡ دَٲخِرُونَ 48
އަދި اللَّه ހައްދަވާފައިވާ ތަކެއްޗަށް، އެއުރެން ނުބަލަނީ ހެއްޔެވެ؟ އެ ތަކެތީގެ ހިޔަނިތައް، ކަނާތްކިބައަށާއި، ވާތްކިބައަށް ލެނބިލެނބި ހުރެތެވެ. اللَّهއަށް سجدةކުރާ حالގައެވެ. އަދި އެ ހުރިހާ ތަކެތި، އެކަލާނގެއަށް ދެރަވެ، ނިކަމެތިވާ حالގައެވެ.
Surah 16 · سورة النّحل
Juz 1
وَلِلَّهِ يَسۡجُدُ مَا فِى ٱلسَّمَـٰوَٲتِ وَمَا فِى ٱلۡأَرۡضِ مِن دَآبَّةٍ۬ وَٱلۡمَلَـٰٓٮِٕكَةُ وَهُمۡ لَا يَسۡتَكۡبِرُونَ 49
އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ހުރިހާ ތަކެއްޗާއި، ملائكةން، اللَّهއަށް سجدةކުރެތެވެ. އަދި އެބޭކަލުން ބޮޑާވެވަޑައެއް ނުގަންނަވަތެވެ.
Surah 16 · سورة النّحل
Juz 1
يَخَافُونَ رَبَّہُم مِّن فَوۡقِهِمۡ وَيَفۡعَلُونَ مَا يُؤۡمَرُونَ ۩ 50
އެބޭކަލުންގެ މައްޗަށް، މަތިވެރިވެވޮޑިގެންވާ، އެބޭކަލުންގެ ވެރިރަސްކަލާނގެއަށް، އެބޭކަލުން ބިރުވެތިވެވަޑައިގަންނަވަތެވެ. އަދި އެބޭކަލުންނަށް أمرކުރައްވާ ކަންތައް، އެބޭކަލުން ކުރައްވަތެވެ.
Surah 16 · سورة النّحل
Juz 1
۞ وَقَالَ ٱللَّهُ لَا تَتَّخِذُوٓاْ إِلَـٰهَيۡنِ ٱثۡنَيۡنِۖ إِنَّمَا هُوَ إِلَـٰهٌ۬ وَٲحِدٌ۬ۖ فَإِيَّـٰىَ فَٱرۡهَبُونِ 51
اللَّه وحىކުރެއްވިއެވެ. ތިޔަބައިމީހުން، ދެ إلهން ވާކަމަށް قبول ނުކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެ ވާކަން ކަށަވަރީ، އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. ފަހެ، ތިޔަބައިމީހުން ހަމައެކަނި، ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ!
Surah 16 · سورة النّحل
Juz 1
وَلَهُ ۥ مَا فِى ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَلَهُ ٱلدِّينُ وَاصِبًاۚ أَفَغَيۡرَ ٱللَّهِ تَتَّقُونَ 52
އަދި އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެވޮޑިގެންވަނީ، އެކަލާނގެއަށެވެ. އަދި އަބަދުގެ އަބަދަށް، ކިޔަމަންވުންވަނީވެސް އެކަލާނގެއަށެވެ. ފަހެ، ތިޔަބައިމީހުން ބިރުވެތިވަނީ، اللَّه ނޫން ފަރާތަކަށް ހެއްޔެވެ؟
Surah 16 · سورة النّحل
Juz 1
وَمَا بِكُم مِّن نِّعۡمَةٍ۬ فَمِنَ ٱللَّهِۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيۡهِ تَجۡـَٔرُونَ 53
އަދި ތިޔަބައިމީހުންގެ ކިބައިގައިވާހާ نعمةއެއް ވަނީ، اللَّهގެ حضرةންނެވެ. ދެން ތިޔަބައިމީހުންނަށް ދަތިحال ޖެހިއްޖެނަމަ، ފަހެ، ތިޔަބައިމީހުން دعاءކޮށް ދަންނަވަނީ، ހަމަ އެކަލާނގެ حضرةއަށެވެ.
Surah 16 · سورة النّحل
Juz 1
ثُمَّ إِذَا كَشَفَ ٱلضُّرَّ عَنكُمۡ إِذَا فَرِيقٌ۬ مِّنكُم بِرَبِّہِمۡ يُشۡرِكُونَ 54
ދެން އެކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، އެ ދަތިحال ފިއްލަވައިފިނަމަ، އެހާރުން ތިޔަބައިމީހުންކުރެ ބަޔަކު، އެއުރެންގެ ވެރިރަސްކަލާނގެއަށް
شريكކުރެތެވެ.
Surah 16 · سورة النّحل
Juz 1
لِيَكۡفُرُواْ بِمَآ ءَاتَيۡنَـٰهُمۡۚ فَتَمَتَّعُواْۖ فَسَوۡفَ تَعۡلَمُونَ 55
އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި نعمةއަށް، كافرވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން (ދުނިޔޭގައި ވަގުތުކޮޅަކަށް) އަރާމު ލިބިގަންނާށެވެ! ފަހެ، ނިކަންހުރެ ތިޔަބައިމީހުންނަށް (އޭގެ نتيجة) އެނގޭހުށްޓެވެ.
Surah 16 · سورة النّحل
Juz 1
وَيَجۡعَلُونَ لِمَا لَا يَعۡلَمُونَ نَصِيبً۬ا مِّمَّا رَزَقۡنَـٰهُمۡۗ تَٱللَّهِ لَتُسۡـَٔلُنَّ عَمَّا كُنتُمۡ تَفۡتَرُونَ 56
ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ބައެއް، އެއުރެންނަށް އެނގުމެއްނުވާ ތަކެއްޗަށް (އެބަހީ: ބުދުތަކަށް) ދީއުޅެތެވެ. اللَّه ގަންދެއްވައި
وحىކުރައްވަމެވެ. ތިޔަބައިމީހުން، ހަދައިއުޅުނު ދޮގުތަކާމެދު، ހަމަކަށަވަރުން، ތިޔަބައިމީހުންނާ سؤالކުރައްވާ ހުށްޓެވެ.
Surah 16 · سورة النّحل
Juz 1
وَيَجۡعَلُونَ لِلَّهِ ٱلۡبَنَـٰتِ سُبۡحَـٰنَهُ ۥۙ وَلَهُم مَّا يَشۡتَہُونَ 57
އަދި اللَّهއަށް އަންހެންދަރިން ވާކަމަށް، އެއުރެން ހަދަތެވެ. އެކަލާނގެ (އެފަދަ ކަންކަމުން) ހުސްطاهرވެވޮޑިގެންވެއެވެ. އަދި އެއުރެން އެދޭ ތަކެތި، (އެބަހީ: ފިރިހެންދަރިން) ވަނީ، އެއުރެންނަށްކަމަށް ހަދަތެވެ.
Surah 16 · سورة النّحل
Juz 1
وَإِذَا بُشِّرَ أَحَدُهُم بِٱلۡأُنثَىٰ ظَلَّ وَجۡهُهُ ۥ مُسۡوَدًّ۬ا وَهُوَ كَظِيمٌ۬ 58
އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ خبرދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެއެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ
حالގައެވެ.
Surah 16 · سورة النّحل
Juz 1
يَتَوَٲرَىٰ مِنَ ٱلۡقَوۡمِ مِن سُوٓءِ مَا بُشِّرَ بِهِۦۤۚ أَيُمۡسِكُهُ ۥ عَلَىٰ هُونٍ أَمۡ يَدُسُّهُ ۥ فِى ٱلتُّرَابِۗ أَلَا سَآءَ مَا يَحۡكُمُونَ 59
އެމީހާއަށް ދެވުނު خبرގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ.
Surah 16 · سورة النّحل
Juz 1
لِلَّذِينَ لَا يُؤۡمِنُونَ بِٱلۡأَخِرَةِ مَثَلُ ٱلسَّوۡءِۖ وَلِلَّهِ ٱلۡمَثَلُ ٱلۡأَعۡلَىٰۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ 60
ނުބައިވެގެންވާ مثالވަނީ، آخرةއަށް إيمان ނުވާ މީހުންނަށެވެ. އަދި އެންމެ މަތިވެރި مثالވަނީ، اللَّهއަށެވެ. އަދި އެކަލާނގެއީ، عزيزވަންތަ حكيمވަންތަ ރަސްކަލާނގެއެވެ.
Surah 16 · سورة النّحل
Juz 1
وَلَوۡ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلۡمِهِم مَّا تَرَكَ عَلَيۡہَا مِن دَآبَّةٍ۬ وَلَـٰكِن يُؤَخِّرُهُمۡ إِلَىٰٓ أَجَلٍ۬ مُّسَمًّ۬ىۖ فَإِذَا جَآءَ أَجَلُهُمۡ لَا يَسۡتَـٔۡخِرُونَ سَاعَةً۬ۖ وَلَا يَسۡتَقۡدِمُونَ 61
އަދި އެއުރެންގެ އަނިޔާގެ ސަބަބުން اللَّه މީސްތަކުންނަށް (ވަގުތުން)
عقوباتދެއްވާނަމަ، އެއްވެސް ދިރޭއެއްޗެއް، އެ ބިންމަތީގައި (އުޅުމަށް) ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު، ކަނޑައެޅިގެންވާ މުއްދަތަކަށް، އެކަލާނގެ އެއުރެން ފަސްކުރައްވަނީއެވެ. ފަހެ، އެއުރެންގެ أجلއައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް، ލަހެއް ނުކުރައްވާހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ.
Surah 16 · سورة النّحل
Juz 1
وَيَجۡعَلُونَ لِلَّهِ مَا يَكۡرَهُونَ وَتَصِفُ أَلۡسِنَتُهُمُ ٱلۡكَذِبَ أَنَّ لَهُمُ ٱلۡحُسۡنَىٰۖ لَا جَرَمَ أَنَّ لَهُمُ ٱلنَّارَ وَأَنَّہُم مُّفۡرَطُونَ 62
އަދި އެއުރެން، ނުރުހޭ ތަކެތި (އެބަހީ: އަންހެންދަރިން) އެއުރެން اللَّهއަށް نسبةކުރެތެވެ. އަދި ހަމަކަށަވަރުން، ހުރިހާ ހެވެއްވަނީ، އެއުރެންނަށް ކަމަށްބުނެ، އެއުރެންގެ ދޫތަކުން ދޮގުތައް ހަދައި އުޅެތެވެ. شكއެއް ނެތެވެ. ހަމަކަށަވަރުން، އެއުރެންނަށްހުރީ ނަރަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ، އެންމެ ފުރަތަމަ
އެ ތަނަށް ދޫކުރައްވާނޭ ބަޔެކެވެ.
Surah 16 · سورة النّحل
Juz 1
تَٱللَّهِ لَقَدۡ أَرۡسَلۡنَآ إِلَىٰٓ أُمَمٍ۬ مِّن قَبۡلِكَ فَزَيَّنَ لَهُمُ ٱلشَّيۡطَـٰنُ أَعۡمَـٰلَهُمۡ فَهُوَ وَلِيُّہُمُ ٱلۡيَوۡمَ وَلَهُمۡ عَذَابٌ أَلِيمٌ۬ 63
اللَّه ގަންދެއްވައި وحىކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ
أمّةތަކަށް، ތިމަންރަސްކަލާނގެ رسولން ފޮނުއްވީމެވެ. ދެން شيطانއާ، އެއުރެންނަށް އެއުރެންގެ عملތައް ޒީނަތްތެރިކޮށް ދެއްކިއެވެ. ފަހެ، މިއަދު އެއުރެންގެ އެހީތެރިޔަކީ، އެ شيطانއާއެވެ. އަދި އެއުރެންނަށް، ވޭންދެނިވި عذابހުށްޓެވެ.
Surah 16 · سورة النّحل
Juz 1
وَمَآ أَنزَلۡنَا عَلَيۡكَ ٱلۡكِتَـٰبَ إِلَّا لِتُبَيِّنَ لَهُمُ ٱلَّذِى ٱخۡتَلَفُواْ فِيهِۙ وَهُدً۬ى وَرَحۡمَةً۬ لِّقَوۡمٍ۬ يُؤۡمِنُونَ 64
އަދި އެއުރެން އެކަމާމެދު خلافވީ ކަންތައް، ކަލޭގެފާނު އެއުރެންނަށް ބަޔާންކޮށްދެއްވުމަށްޓަކައި މެނުވީ، އަދި إيمانވާ ބަޔަކަށް ތެދުމަގެއް ކަމުގައްޔާއި، رحمةއެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް، ފޮތް ބާވައެއް ނުލައްވަމެވެ.
Surah 16 · سورة النّحل
Juz 1
وَٱللَّهُ أَنزَلَ مِنَ ٱلسَّمَآءِ مَآءً۬ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِہَآۚ إِنَّ فِى ذَٲلِكَ لَأَيَةً۬ لِّقَوۡمٍ۬ يَسۡمَعُونَ 65
اللَّه، އުޑުން ފެން ވެއްސެވިއެވެ. ފަހެ، ބިންގަނޑު މަރުވެ އޮތުމަށްފަހު،
އެ ފެނުގެ ސަބަބުން، އެކަލާނގެ އެ ބިންގަނޑު ދިރުއްވިއެވެ. ހަމަކަށަވަރުން، އަޑުއަހާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
وَإِنَّ لَكُمۡ فِى ٱلۡأَنۡعَـٰمِ لَعِبۡرَةً۬ۖ نُّسۡقِيكُم مِّمَّا فِى بُطُونِهِۦ مِنۢ بَيۡنِ فَرۡثٍ۬ وَدَمٍ۬ لَّبَنًا خَالِصً۬ا سَآٮِٕغً۬ا لِّلشَّـٰرِبِينَ 66
އަދި ހަމަކަށަވަރުން، نعمސޫފީގައި، ތިޔަބައިމީހުންނަށް عبرةއެއް ވާކަން ކަށަވަރެވެ. އޭގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބުއިމެއް ދެއްވަމެވެ. (ބަނޑުތެރޭގައިވާ) فضولاتތަކާއި، ލެޔާ ދެމެދުން އުފެދިގެން އަންނަ ބުއިމެކެވެ. ބޯމީހުންނަށް ބުއިމަށް ފަސޭހަ، އަދި ސާފުވެގެންވާ ކިރެވެ.
Surah 16 · سورة النّحل
Juz 1
وَمِن ثَمَرَٲتِ ٱلنَّخِيلِ وَٱلۡأَعۡنَـٰبِ تَتَّخِذُونَ مِنۡهُ سَڪَرً۬ا وَرِزۡقًا حَسَنًاۗ إِنَّ فِى ذَٲلِكَ لَأَيَةً۬ لِّقَوۡمٍ۬ يَعۡقِلُونَ 67
(67) އަދި ކަދުރު ރުކުގެ މޭވާއާއި، މޭބިސްކަދުރުން މަސްތުވާ ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައިމީހުން ބޭނުންކުރަމުއެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.
(އިތުރުބަޔާން: މި آية ބާވައިލެއްވީ، ރާ حرامކުރެއްވުމުގެ ކުރީގައެވެ.)
Surah 16 · سورة النّحل
Juz 1
وَأَوۡحَىٰ رَبُّكَ إِلَى ٱلنَّحۡلِ أَنِ ٱتَّخِذِى مِنَ ٱلۡجِبَالِ بُيُوتً۬ا وَمِنَ ٱلشَّجَرِ وَمِمَّا يَعۡرِشُونَ 68
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް إلهامކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ!
Surah 16 · سورة النّحل
Juz 1
ثُمَّ كُلِى مِن كُلِّ ٱلثَّمَرَٲتِ فَٱسۡلُكِى سُبُلَ رَبِّكِ ذُلُلاً۬ۚ يَخۡرُجُ مِنۢ بُطُونِهَا شَرَابٌ۬ مُّخۡتَلِفٌ أَلۡوَٲنُهُ ۥ فِيهِ شِفَآءٌ۬ لِّلنَّاسِۗ إِنَّ فِى ذَٲلِكَ لَأَيَةً۬ لِّقَوۡمٍ۬ يَتَفَكَّرُونَ 69
ދެން ތިޔަ ކުޅަނދުރު، ހުރިހާ މޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިޔަ ކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވާފައިވާ މަގުތަކުން ހިނގާށެވެ!
އެ ތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ: މާމުއިގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
وَٱللَّهُ خَلَقَكُمۡ ثُمَّ يَتَوَفَّٮٰكُمۡۚ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرۡذَلِ ٱلۡعُمُرِ لِكَىۡ لَا يَعۡلَمَ بَعۡدَ عِلۡمٍ۬ شَيۡـًٔاۚ إِنَّ ٱللَّهَ عَلِيمٌ۬ قَدِيرٌ۬ 70
اللَّه، ތިޔަބައިމީހުން ހެއްދެވިއެވެ. ދެން އެކަލާނގެ، ތިޔަބައިމީހުން މަރުގަންނަވަތެވެ. އަދި އެންމެ ނިކަމެތި عمرއަށް ރައްދުކުރައްވާ މީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އެމީހާއަށް އެނގިގެންވުމަށްފަހު، އެއްވެސް އެއްޗެއް ނޭނގުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّهއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
Surah 16 · سورة النّحل
Juz 1
وَٱللَّهُ فَضَّلَ بَعۡضَكُمۡ عَلَىٰ بَعۡضٍ۬ فِى ٱلرِّزۡقِۚ فَمَا ٱلَّذِينَ فُضِّلُواْ بِرَآدِّى رِزۡقِهِمۡ عَلَىٰ مَا مَلَڪَتۡ أَيۡمَـٰنُہُمۡ فَهُمۡ فِيهِ سَوَآءٌۚ أَفَبِنِعۡمَةِ ٱللَّهِ يَجۡحَدُونَ 71
އަދި اللَّه، رزقދެއްވުމުގައި، ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް މާތްކުރައްވައި، އިތުރުކުރެއްވިއެވެ. ފަހެ، އެއުރެންނަށް މިލްކުވެގެންވާ އަޅުންނަށް، އެއުރެންގެ رزق ރައްދުކޮށްދޭ ބަޔަކުކަމުގައި، އިތުރު ކުރެއްވި މީހުން ނުވެތެވެ. ފަހެ، އެކަމުގައި، އެއުރެން ހަމަހަމަވެގެންވެއެވެ. ފަހެ، އެއުރެން إنكارކޮށް ދެކޮޅުހަދަނީ، اللَّهދެއްވި نعمةއާ މެދުގައި ހެއްޔެވެ؟
Surah 16 · سورة النّحل
Juz 1
وَٱللَّهُ جَعَلَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٲجً۬ا وَجَعَلَ لَكُم مِّنۡ أَزۡوَٲجِڪُم بَنِينَ وَحَفَدَةً۬ وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِۚ أَفَبِٱلۡبَـٰطِلِ يُؤۡمِنُونَ وَبِنِعۡمَتِ ٱللَّهِ هُمۡ يَكۡفُرُونَ 72
އަދި اللَّه، ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބިންލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެދަރިން ދެއްވައި، އަދި ރަނގަޅު حلالތަކެތިން، ތިޔަބައިމީހުންނަށް رزقދެއްވިއެވެ. ފަހެ، އެއުރެން إيمانވަނީ، باطلއަށް ހެއްޔެވެ؟ އަދި އެއުރެން كافرވަނީ، اللَّهގެ نعمةއަށް ހެއްޔެވެ؟
Surah 16 · سورة النّحل
Juz 1
وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَمۡلِكُ لَهُمۡ رِزۡقً۬ا مِّنَ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ شَيۡـًٔ۬ا وَلَا يَسۡتَطِيعُونَ 73
اللَّه ފިޔަވައި، އެހެންފަރާތަކަށް، އެއުރެން އަޅުކަންކުރެތެވެ. (އެއީ) އުޑުތަކާއި، ބިމުން، އެއްވެސް އެއްޗަކުން އެއުރެންނަށް رزقދިނުން މިލްކުވެގެން ނުވާ ތަކެއްޗެވެ. އަދި އެ ތަކެއްޗަށް، އެކަމަކަށް ކުޅަދާނަވެގެނެއް ނުމެވޭމެއެވެ.
Surah 16 · سورة النّحل
Juz 1
فَلَا تَضۡرِبُواْ لِلَّهِ ٱلۡأَمۡثَالَۚ إِنَّ ٱللَّهَ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ 74
ފަހެ، ތިޔަބައިމީހުން، އެއްވެސް އެއްޗެއް اللَّهއާ އެއްފަދަ ނުކުރާށެވެ! ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.
Surah 16 · سورة النّحل
Juz 1
۞ ضَرَبَ ٱللَّهُ مَثَلاً عَبۡدً۬ا مَّمۡلُوكً۬ا لَّا يَقۡدِرُ عَلَىٰ شَىۡءٍ۬ وَمَن رَّزَقۡنَـٰهُ مِنَّا رِزۡقًا حَسَنً۬ا فَهُوَ يُنفِقُ مِنۡهُ سِرًّ۬ا وَجَهۡرًاۖ هَلۡ يَسۡتَوُ ۥنَۚ ٱلۡحَمۡدُ لِلَّهِۚ بَلۡ أَڪۡثَرُهُمۡ لَا يَعۡلَمُونَ 75
އެހެންމީހަކަށް މިލްކުވެގެންވާ، އަދި އެއްވެސްކަމެއް ކުރުމަށް ކުޅަދާނަވެގެންނުވާ އަޅަކާއި، ތިމަންރަސްކަލާނގެ ހެޔޮވެގެންވާ رزقން رزقދެއްވައި، ސިއްރާއި ފާޅުގައި އެއިން ހޭދަކޮށްއުޅޭ މީހަކާ ދެމީހުންގެ مثالން اللَّه، مثالއެއް ޖެއްސެވިއެވެ. އެއުރެން ހަމަހަމަވާނޭ ހެއްޔެވެ؟ حمدހުރީ، اللَّهއަށެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަ މީހުންނަކަށް ނޭނގެތެވެ.
Surah 16 · سورة النّحل
Juz 1
وَضَرَبَ ٱللَّهُ مَثَلاً۬ رَّجُلَيۡنِ أَحَدُهُمَآ أَبۡڪَمُ لَا يَقۡدِرُ عَلَىٰ شَىۡءٍ۬ وَهُوَ ڪَلٌّ عَلَىٰ مَوۡلَٮٰهُ أَيۡنَمَا يُوَجِّههُّ لَا يَأۡتِ بِخَيۡرٍۖ هَلۡ يَسۡتَوِى هُوَ وَمَن يَأۡمُرُ بِٱلۡعَدۡلِۙ وَهُوَ عَلَىٰ صِرَٲطٍ۬ مُّسۡتَقِيمٍ۬ 76
ދެފިރިހެނެއްގެ مثالން، اللَّه مثالއެއް ޖެއްސެވިއެވެ. އެ ދެމީހުންކުރެ އެކަކީ، އެއްވެސްކަމެއްގެ މައްޗަށް ކުޅަދާނަވެގެންނުވާ މަންމަނެކެވެ. އަދި އޭނާއަކީ، އޭނާގެ ސާހިބުމީހާގެ މައްޗަށްވާ ބުރައެކެވެ. އޭނާ ކުރިމަތިކޮށްފި އެއްވެސް ދިމާއަކުން، ހެޔޮކަމަކާއިގެނެއް ނާދެތެވެ. އެމީހާއާއި، ސީދާވެގެންވާ ތެދުމަގުގައިހުރެ، إنصافއަށް އަމުރުކޮށްއުޅޭ މީހަކާ ހަމަހަމަވެގެންވާނޭ ހެއްޔެވެ؟
Surah 16 · سورة النّحل
Juz 1
وَلِلَّهِ غَيۡبُ ٱلسَّمَـٰوَٲتِ وَٱلۡأَرۡضِۚ وَمَآ أَمۡرُ ٱلسَّاعَةِ إِلَّا كَلَمۡحِ ٱلۡبَصَرِ أَوۡ هُوَ أَقۡرَبُۚ إِنَّ ٱللَّهَ عَلَىٰ ڪُلِّ شَىۡءٍ۬ قَدِيرٌ۬ 77
އަދި އުޑުތަކާއި، ބިމުގެ غيب މިލްކުވެގެންވަނީ، اللَّهއަށެވެ. އަދި
قيامةވުމުގެ ވަގުތުގެ ކަންތައް، ލޮލުގެ އެސްފިޔަޖަހާހައި ހިނދުކޮޅެއް ފަދައިން މެނުވީ ނުވެއެވެ. ނުވަތަ، އެއަށްވުރެވެސް ގާތެވެ. ހަމަކަށަވަރުން، اللَّهއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
Surah 16 · سورة النّحل
Juz 1
وَٱللَّهُ أَخۡرَجَكُم مِّنۢ بُطُونِ أُمَّهَـٰتِكُمۡ لَا تَعۡلَمُونَ شَيۡـًٔ۬ا وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَـٰرَ وَٱلۡأَفۡـِٔدَةَۙ لَعَلَّكُمۡ تَشۡكُرُونَ 78
ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާ حال، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ اللَّهއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން، شكرކުރުމަށްޓަކައެވެ.
Surah 16 · سورة النّحل
Juz 1
أَلَمۡ يَرَوۡاْ إِلَى ٱلطَّيۡرِ مُسَخَّرَٲتٍ۬ فِى جَوِّ ٱلسَّمَآءِ مَا يُمۡسِكُهُنَّ إِلَّا ٱللَّهُۗ إِنَّ فِى ذَٲلِكَ لَأَيَـٰتٍ۬ لِّقَوۡمٍ۬ يُؤۡمِنُونَ 79
އުޑުގެ ޖައްވުގައި ކިޔަމަންކުރައްވާފައިވާ ދޫނިތައް، އެއުރެން ނުދެކެނީ ހެއްޔެވެ؟ އެތަކެތި (އުދުހޭ ގޮތުގައި) اللَّهމެނުވީ ނުހިފަހައްޓަވައެވެ. إيمانވާ ބަޔަކަށް، ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِڪُمۡ سَكَنً۬ا وَجَعَلَ لَكُم مِّن جُلُودِ ٱلۡأَنۡعَـٰمِ بُيُوتً۬ا تَسۡتَخِفُّونَهَا يَوۡمَ ظَعۡنِكُمۡ وَيَوۡمَ إِقَامَتِڪُمۡۙ وَمِنۡ أَصۡوَافِهَا وَأَوۡبَارِهَا وَأَشۡعَارِهَآ أَثَـٰثً۬ا وَمَتَـٰعًا إِلَىٰ حِينٍ۬ 80
އަދި اللَّه، ތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަންކަމުގައި، ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ. އަދި ތިޔަބައިމީހުންގެ ދަތުރުގެ ދުވަހުގައްޔާއި، ދަތުރުނުކޮށް قائمވެތިބޭ ދުވަހުގައި، ގެންގުޅުމަށް ލުއި ގެތަކެއް، نعمސޫފީގެ ހަމުން ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި އެ ތަކެތީގެ ކެހެރިންނާއި، އެ ތަކެތީގެ ލޯލިންނާއި، އެ ތަކެތީގެ އިސްތަށިން، ގެވެހި ސާމާނާއި، ހިފައިގެންގުޅޭ ތަކެތި، ތިޔަބައިމީހުންނަށްޓަކައި، ވަކި މުއްދަތަކަށް ލެއްވިއެވެ.
Surah 16 · سورة النّحل
Juz 1
وَٱللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَـٰلاً۬ وَجَعَلَ لَكُم مِّنَ ٱلۡجِبَالِ أَڪۡنَـٰنً۬ا وَجَعَلَ لَكُمۡ سَرَٲبِيلَ تَقِيڪُمُ ٱلۡحَرَّ وَسَرَٲبِيلَ تَقِيكُم بَأۡسَڪُمۡۚ كَذَٲلِكَ يُتِمُّ نِعۡمَتَهُ ۥ عَلَيۡڪُمۡ لَعَلَّكُمۡ تُسۡلِمُونَ 81
އަދި اللَّه، އެކަލާނގެ ހެއްދެވި ތަކެތިން، ހިޔާތައް ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި ތިޔަބައިމީހުން، ރައްކާތެރިކަން ލިބިގަތުމަށް، ވަދެތިބޭނޭ ތަންތަން، ފަރުބަދަތަކުން، ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި (ފިނި) ހޫނުކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތަކާއި، ހަނގުރާމައިގެ ނުރައްކާތެރިކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތައް، ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ދެއްވިއެވެ. ތިޔަބައިމީހުންގެ މައްޗަށް، އެކަލާނގެ نعمة ފުރިހަމަކޮށްދެއްވަނީ، އެފަދައިންނެވެ. އެއީ، ތިޔަބައިމީހުން ކިޔަމަންވުމަށްޓަކައެވެ.
Surah 16 · سورة النّحل
Juz 1
فَإِن تَوَلَّوۡاْ فَإِنَّمَا عَلَيۡكَ ٱلۡبَلَـٰغُ ٱلۡمُبِينُ 82
ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ، ބަޔާންވެގެންވާ އިއްވެވުމެވެ.
Surah 16 · سورة النّحل
Juz 1
يَعۡرِفُونَ نِعۡمَتَ ٱللَّهِ ثُمَّ يُنڪِرُونَہَا وَأَڪۡثَرُهُمُ ٱلۡكَـٰفِرُونَ 83
އެއުރެން اللَّهގެ نعمة ދަނެތެވެ. ދެން އެއުރެން އެއަށް إنكارކުރެތެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ، كافرންނެވެ.
Surah 16 · سورة النّحل
Juz 1
وَيَوۡمَ نَبۡعَثُ مِن كُلِّ أُمَّةٍ۬ شَهِيدً۬ا ثُمَّ لَا يُؤۡذَنُ لِلَّذِينَ ڪَفَرُواْ وَلَا هُمۡ يُسۡتَعۡتَبُونَ 84
ތިމަންރަސްކަލާނގެ ކޮންމެ أمّةއަކުން، ހެކިވެރިޔަކު ފޮނުއްވަވާ ދުވަސް ހަނދުމަކުރާށެވެ! ދެން كافرވިމީހުންނަށް (عذرދެއްކުމަކަށް) إذنއެއް ނުދެއްވާހުށްޓެވެ. އަދި އެކަލާނގެ ރުއްސަވާ މަގަށް، އެނބުރި އާދެވޭނޭ ބަޔަކު ކަމުގައި، އެއުރެން އެދުވަހުން ނުވެއެވެ.
Surah 16 · سورة النّحل
Juz 1
وَإِذَا رَءَا ٱلَّذِينَ ظَلَمُواْ ٱلۡعَذَابَ فَلَا يُخَفَّفُ عَنۡہُمۡ وَلَا هُمۡ يُنظَرُونَ 85
އަދި އަނިޔާވެރިވި މީހުން، عذابދެކޭހިނދު، އެއުރެންގެ ކިބައިން އެކަން ލުއި ނުކުރައްވާހުށްޓެވެ. އަދި ފަސްކުރައްވާނޭ ބަޔަކުކަމުގައިވެސް، އެއުރެން ނުމެވޭމެއެވެ.
Surah 16 · سورة النّحل
Juz 1
وَإِذَا رَءَا ٱلَّذِينَ أَشۡرَكُواْ شُرَڪَآءَهُمۡ قَالُواْ رَبَّنَا هَـٰٓؤُلَآءِ شُرَڪَآؤُنَا ٱلَّذِينَ كُنَّا نَدۡعُواْ مِن دُونِكَۖ فَأَلۡقَوۡاْ إِلَيۡهِمُ ٱلۡقَوۡلَ إِنَّكُمۡ لَڪَـٰذِبُونَ 86
އަދި شريكކުޅަ މީހުން، އެއުރެން (اللَّهއާ) شريكކުޅަ ފަރާތްތައް ދެކޭހިނދު ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! މިތިބީ އަޅަމެންގެ شريكންނެވެ. އެއީ، އިބަރަސްކަލާނގެ ފިޔަވައި، އަޅަމެން އެފަރާތްތަކަށް އަޅުކަންކޮށް އުޅުނު ފަރާތްތަކެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ދޮގުވެރިންނޭ ބުނެ، އެ ތަކެތި އެއުރެންނަށް އެބަސް ރައްދުކުރާނެތެވެ.
Surah 16 · سورة النّحل
Juz 1
وَأَلۡقَوۡاْ إِلَى ٱللَّهِ يَوۡمَٮِٕذٍ ٱلسَّلَمَۖ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ 87
އަދި އެއުރެން އެދުވަހުން، اللَّهއަށް تسليمކުރާނެތެވެ. އަދި އެއުރެން އަމިއްލަޔަށް ހަދައިގެން އުޅުނު باطل إلهންތައް، އެއުރެންނަށް ގެއްލިގެންދާނެތެވެ.
Surah 16 · سورة النّحل
Juz 1
ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ زِدۡنَـٰهُمۡ عَذَابً۬ا فَوۡقَ ٱلۡعَذَابِ بِمَا ڪَانُواْ يُفۡسِدُونَ 88
(اللَّهއަށާއި އެކަލާނގެ رسولއާއަށް) كافرވެ، އަދި اللَّهގެ މަގުން (އެހެން މީހުން) އެއްކިބާކުރި މީހުންނަށް، عذابގެ މައްޗަށް عذاب ތިމަންރަސްކަލާނގެ އިތުރުކުރައްވާ ހުށީމެވެ. އެއީ، އެއުރެން ފަސާދަކޮށް އުޅުނުކަމަށްޓަކައެވެ.
Surah 16 · سورة النّحل
Juz 1
وَيَوۡمَ نَبۡعَثُ فِى كُلِّ أُمَّةٍ۬ شَهِيدًا عَلَيۡهِم مِّنۡ أَنفُسِہِمۡۖ وَجِئۡنَا بِكَ شَہِيدًا عَلَىٰ هَـٰٓؤُلَآءِۚ وَنَزَّلۡنَا عَلَيۡكَ ٱلۡكِتَـٰبَ تِبۡيَـٰنً۬ا لِّكُلِّ شَىۡءٍ۬ وَهُدً۬ى وَرَحۡمَةً۬ وَبُشۡرَىٰ لِلۡمُسۡلِمِينَ 89
އަދި ތިމަންރަސްކަލާނގެ ކޮންމެ أمّةއަކުން ހެކިވެރިއަކު، ހަމަ އެއުރެންގެ ތެރެއިން އެއުރެންގެ މައްޗަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! އަދި މިބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި، ތިމަންރަސްކަލާނގެ، ކަލޭގެފާނު ގެންނަވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި مسلمންނަށް އޮތް هدايةއެއް ކަމުގައްޔާއި، رحمةއެއް ކަމުގައްޔާއި، އުފާވެރި خبرއެއް ކަމުގައެވެ.
Surah 16 · سورة النّحل
Juz 1
۞ إِنَّ ٱللَّهَ يَأۡمُرُ بِٱلۡعَدۡلِ وَٱلۡإِحۡسَـٰنِ وَإِيتَآىِٕ ذِى ٱلۡقُرۡبَىٰ وَيَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنڪَرِ وَٱلۡبَغۡىِۚ يَعِظُكُمۡ لَعَلَّڪُمۡ تَذَكَّرُونَ 90
ހަމަކަށަވަރުން، عدلވެރިވުމަށާއި، إحسانތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، منكراتތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، وعظއިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.
Surah 16 · سورة النّحل
Juz 1
وَأَوۡفُواْ بِعَهۡدِ ٱللَّهِ إِذَا عَـٰهَدتُّمۡ وَلَا تَنقُضُواْ ٱلۡأَيۡمَـٰنَ بَعۡدَ تَوۡڪِيدِهَا وَقَدۡ جَعَلۡتُمُ ٱللَّهَ عَلَيۡڪُمۡ كَفِيلاًۚ إِنَّ ٱللَّهَ يَعۡلَمُ مَا تَفۡعَلُونَ 91
ތިޔަބައިމީހުން اللَّهއަށް عهدކޮށްފިނަމަ، އެ عهد ތިޔަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ، ހަމަކަށަވަރުން، اللَّهއީ، ތިޔަބައިމީހުންގެ މައްޗަށް، ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި، ތިޔަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް، اللَّه ދެނެވޮޑިގެންވެތެވެ.
Surah 16 · سورة النّحل
Juz 1
وَلَا تَكُونُواْ كَٱلَّتِى نَقَضَتۡ غَزۡلَهَا مِنۢ بَعۡدِ قُوَّةٍ أَنڪَـٰثً۬ا تَتَّخِذُونَ أَيۡمَـٰنَكُمۡ دَخَلاَۢ بَيۡنَكُمۡ أَن تَكُونَ أُمَّةٌ هِىَ أَرۡبَىٰ مِنۡ أُمَّةٍۚ إِنَّمَا يَبۡلُوڪُمُ ٱللَّهُ بِهِۦۚ وَلَيُبَيِّنَنَّ لَكُمۡ يَوۡمَ ٱلۡقِيَـٰمَةِ مَا كُنتُمۡ فِيهِ تَخۡتَلِفُونَ 92
އަދި އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށްފަހު، އެތިއެތިކޮޅަށް އެ ކޮށައި ހަލާކުކޮށްލި ކަނބުލޭގެ ފަދައިން، ތިޔަބައިމީހުން ނުވާށެވެ! (އެބަހީ: عهدތަކުގެ ބާރު ލިބިގަތުމަށްފަހު، އެ عهدތައް އުވައިލާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ!) ތިޔަބައިމީހުންގެ މެދުގައި، ފަސާދަވެރިކަން އުފެއްދުމަށްޓަކައި އޮތް އެއްޗެއްކަމުގައި، ތިޔަބައިމީހުންގެ ހުވާތައް ހަދަމުއެވެ. (އެއީ) ތިޔަބައިމީހުންކުރެ އެއްބަޔަކު، އަނެއްބަޔަކަށްވުރެ ގިނަބަޔަކުކަމުގައި ވެދާނެތީއެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުން އެކަމުން امتحانކުރައްވަތެވެ. އަދި ތިޔަބައިމީހުން، خلافވެ އުޅުނުކަންތައް، قيامةދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާނެކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
وَلَوۡ شَآءَ ٱللَّهُ لَجَعَلَڪُمۡ أُمَّةً۬ وَٲحِدَةً۬ وَلَـٰكِن يُضِلُّ مَن يَشَآءُ وَيَهۡدِى مَن يَشَآءُۚ وَلَتُسۡـَٔلُنَّ عَمَّا كُنتُمۡ تَعۡمَلُونَ 93
اللَّه އިރާދަކުރެއްވިނަމަ، އެއް أمّةއެއް ކަމުގައި، ތިޔަބައިމީހުން ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތިޔަބައިމީހުން عملކޮށް އުޅުނު ކަންތަކާމެދު، ތިޔަބައިމީހުންނާ سوالކުރައްވާހުށިކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
وَلَا تَتَّخِذُوٓاْ أَيۡمَـٰنَكُمۡ دَخَلاَۢ بَيۡنَڪُمۡ فَتَزِلَّ قَدَمُۢ بَعۡدَ ثُبُوتِہَا وَتَذُوقُواْ ٱلسُّوٓءَ بِمَا صَدَدتُّمۡ عَن سَبِيلِ ٱللَّهِۖ وَلَكُمۡ عَذَابٌ عَظِيمٌ۬ 94
ތިޔަބައިމީހުންގެ ހުވާތައް، އެއީ ތިޔަބައިމީހުންގެ މެދުގައި ފަސާދަ ކުރުމަށްޓަކައި އޮތް އެއްޗެއް ކަމުގައި ތިޔަބައިމީހުން ނަހަދާށެވެ! ފަހެ، (އެހެންވެއްޖެނަމަ، އެ ހުވާގެ ސަބަބުން) ފައިތިލަ ثابتވެ ހުރުމަށްފަހު، އެ ފައިތިލަ ކައްސާލައިގެން ހިނގައިދާނެތެވެ. އަދި ތިޔަބައިމީހުން، اللَّهގެ މަގުން (މީސްތަކުން) އެއްކިބާކޮށްއުޅުމުގެ ސަބަބުން، مصيباتގެ ރަހަ ތިޔަބައިމީހުންނަށް ލިބިދާނެތެވެ. އަދި ބޮޑުވެގެންވާ عذاب، ތިޔަބައިމީހުންނަށް ހުށްޓެވެ.
Surah 16 · سورة النّحل
Juz 1
وَلَا تَشۡتَرُواْ بِعَهۡدِ ٱللَّهِ ثَمَنً۬ا قَلِيلاًۚ إِنَّمَا عِندَ ٱللَّهِ هُوَ خَيۡرٌ۬ لَّكُمۡ إِن ڪُنتُمۡ تَعۡلَمُونَ 95
އަދި ތިޔަބައިމީހުން، اللَّهގެ عهدއަށް ކުޑަ އަގެއްދީ ނުގަންނާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّهގެ حضرةގައިވާ އެއްޗެއް އެއީ، ތިޔަބައިމީހުންނަށް އެންމެ ހެޔޮކަން ބޮޑުވެގެންވާ އެއްޗެކެވެ.
Surah 16 · سورة النّحل
Juz 1
مَا عِندَكُمۡ يَنفَدُۖ وَمَا عِندَ ٱللَّهِ بَاقٍ۬ۗ وَلَنَجۡزِيَنَّ ٱلَّذِينَ صَبَرُوٓاْ أَجۡرَهُم بِأَحۡسَنِ مَا ڪَانُواْ يَعۡمَلُونَ 96
ތިޔަބައިމީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެތެވެ. އަދި
اللَّهގެ حضرةގައިވާ އެއްޗެއް ދެމިހުންނާނެތެވެ. އަދި ހަމަކަށަވަރުން، ކެތްތެރިވީ މީހުންނަށް، އެއުރެން عملކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.
Surah 16 · سورة النّحل
Juz 1
مَنۡ عَمِلَ صَـٰلِحً۬ا مِّن ذَڪَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٌ۬ فَلَنُحۡيِيَنَّهُ ۥ حَيَوٰةً۬ طَيِّبَةً۬ۖ وَلَنَجۡزِيَنَّهُمۡ أَجۡرَهُم بِأَحۡسَنِ مَا ڪَانُواْ يَعۡمَلُونَ 97
مؤمنއަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عملއެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عملކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.
Surah 16 · سورة النّحل
Juz 1
فَإِذَا قَرَأۡتَ ٱلۡقُرۡءَانَ فَٱسۡتَعِذۡ بِٱللَّهِ مِنَ ٱلشَّيۡطَـٰنِ ٱلرَّجِيمِ 98
ފަހެ، ކަލޭގެފާނު قرآن ކިޔަވައި ވިދާޅުވާނަމަ، ފަހެ، رحمةން ބޭރުކުރައްވާފައިވާ شيطانއާގެ ކިބައިން ދުރުކުރެއްވުންއެދި، اللَّهގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!
Surah 16 · سورة النّحل
Juz 1
إِنَّهُ ۥ لَيۡسَ لَهُ ۥ سُلۡطَـٰنٌ عَلَى ٱلَّذِينَ ءَامَنُواْ وَعَلَىٰ رَبِّهِمۡ يَتَوَڪَّلُونَ 99
ހަމަކަށަވަރުން، إيمانވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް وكيلކުރާމީހުންގެ މައްޗަށް އެއްވެސް ބާރެއް، އެ شيطانއާއަކަށް ނުވެއެވެ.
Surah 16 · سورة النّحل
Juz 1
إِنَّمَا سُلۡطَـٰنُهُ ۥ عَلَى ٱلَّذِينَ يَتَوَلَّوۡنَهُ ۥ وَٱلَّذِينَ هُم بِهِۦ مُشۡرِكُونَ 100
އޭނާއަށް ބާރު ލިބިގެންވާކަން ކަށަވަރީ، އޭނާގެ ވާގިވެރިކަން ލިބިގަންނަ މީހުންގެ މައްޗަށާއި، އެކަލާނގެއަށް شريكކޮށްއުޅޭ މީހުންގެ މައްޗަށެވެ.
Surah 16 · سورة النّحل
Juz 1
وَإِذَا بَدَّلۡنَآ ءَايَةً۬ مَّڪَانَ ءَايَةٍ۬ۙ وَٱللَّهُ أَعۡلَمُ بِمَا يُنَزِّلُ قَالُوٓاْ إِنَّمَآ أَنتَ مُفۡتَرِۭۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ 101
އެއް آيةއެއްގެ ތަނަށް، އެހެން آيةއެއް ތިމަންރަސްކަލާނގެ ބަދަލުކުރައްވައި ގެންނަވައިފި ހިނދު، اللَّه އެކަލާނގެ ބާވައިލައްވާ ތަކެތި މޮޅަށް ދެނެވޮޑިގެންވެތެވެ. އެއުރެން ބުނެތެވެ. ކަލޭގެފާނު ވާކަން ކަށަވަރީ، ދޮގުހަދާ މީހެއްކަމުގައެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުން ނުދަނެތެވެ.
Surah 16 · سورة النّحل
Juz 1
قُلۡ نَزَّلَهُ ۥ رُوحُ ٱلۡقُدُسِ مِن رَّبِّكَ بِٱلۡحَقِّ لِيُثَبِّتَ ٱلَّذِينَ ءَامَنُواْ وَهُدً۬ى وَبُشۡرَىٰ لِلۡمُسۡلِمِينَ 102
ކަލޭގެފާނު ވިދާޅުވާށެވެ! حقގޮތުގައި އެ ފޮތް ބާވައިލެއްވީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން جبريلގެފާނެވެ. (އެއީ) إيمانވި މީހުންނަށް ثابتކަން ދެއްވުމަށްޓަކައެވެ. އަދި مسلمންނަށް އޮތް هدايةއެއް ކަމުގައްޔާއި، އުފާވެރި
خبرއެއް ކަމުގައެވެ.
Surah 16 · سورة النّحل
Juz 1
وَلَقَدۡ نَعۡلَمُ أَنَّهُمۡ يَقُولُونَ إِنَّمَا يُعَلِّمُهُ ۥ بَشَرٌ۬ۗ لِّسَانُ ٱلَّذِى يُلۡحِدُونَ إِلَيۡهِ أَعۡجَمِىٌّ۬ وَهَـٰذَا لِسَانٌ عَرَبِىٌّ۬ مُّبِينٌ 103
އެކަލޭގެފާނަށް އުނގަންނައިދެނީ، ހަމަކަށަވަރުން، إنسانއެކޭ އެއުރެން ބުނެއުޅޭކަން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއުރެން، އެކަލޭގެފާނަށް އުނގަންނައިދޭކަމަށް ބުނާ މީހާގެ ބަހަކީ، عجمىބަހެވެ. މިއީ (އެބަހީ: ޤުރުއާނުގެ ބަހަކީ) ބަޔާންވެގެންވާ عربބަހެވެ.
Surah 16 · سورة النّحل
Juz 1
إِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِـَٔايَـٰتِ ٱللَّهِ لَا يَہۡدِيہِمُ ٱللَّهُ وَلَهُمۡ عَذَابٌ أَلِيمٌ 104
ހަމަކަށަވަރުން، اللَّهގެ آيةތަކަށް، إيمان ނުވާ މީހުން (ދަންނާށެވެ!)
اللَّه، އެއުރެންނަށް ތެދުމަގެއް ނުދައްކަވާނެތެވެ. އަދި ވޭންދެނިވި عذاب އެއުރެންނަށްހުށްޓެވެ.
Surah 16 · سورة النّحل
Juz 1
إِنَّمَا يَفۡتَرِى ٱلۡكَذِبَ ٱلَّذِينَ لَا يُؤۡمِنُونَ بِـَٔايَـٰتِ ٱللَّهِۖ وَأُوْلَـٰٓٮِٕكَ هُمُ ٱلۡڪَـٰذِبُونَ 105
ދޮގުހަދާކަން ކަށަވަރީ، اللَّهގެ آيةތަކަށް إيمان ނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ، ދޮގުވެރިންނެވެ.
Surah 16 · سورة النّحل
Juz 1
مَن ڪَفَرَ بِٱللَّهِ مِنۢ بَعۡدِ إِيمَـٰنِهِۦۤ إِلَّا مَنۡ أُڪۡرِهَ وَقَلۡبُهُ ۥ مُطۡمَٮِٕنُّۢ بِٱلۡإِيمَـٰنِ وَلَـٰكِن مَّن شَرَحَ بِٱلۡكُفۡرِ صَدۡرً۬ا فَعَلَيۡهِمۡ غَضَبٌ۬ مِّنَ ٱللَّهِ وَلَهُمۡ عَذَابٌ عَظِيمٌ۬ 106
إيمانކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ حال، مجبورވެގެންވާ މީހާ
ފިޔަވައި، إيمانވުމަށްފަހު، اللَّهއަށް كافرވެއްޖެމީހާ، އާއި އަދި ކީއްހެއްޔެވެ! (
مجبورވެގެންވިޔަސް) كافرކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللَّهގެ حضرةން ކޯފާލެއްވުންހުށްޓެވެ. އަދި ބޮޑުވެގެންވާ
عذاب، އެއުރެންނަށްހުށްޓެވެ.
Surah 16 · سورة النّحل
Juz 1
ذَٲلِكَ بِأَنَّهُمُ ٱسۡتَحَبُّواْ ٱلۡحَيَوٰةَ ٱلدُّنۡيَا عَلَى ٱلۡأَخِرَةِ وَأَنَّ ٱللَّهَ لَا يَهۡدِى ٱلۡقَوۡمَ ٱلۡڪَـٰفِرِينَ 107
އެއީ ހަމަކަށަވަރުން، އެއުރެން، آخرةގެ މައްޗަށް، دنيوى حياة އިސްކުޅައުމުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، كافرވީމީހުންނަކަށް، اللَّه، ތެދުމަގެއް ނުދައްކަވާނެތެވެ.
Surah 16 · سورة النّحل
Juz 1
أُوْلَـٰٓٮِٕكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَسَمۡعِهِمۡ وَأَبۡصَـٰرِهِمۡۖ وَأُوْلَـٰٓٮِٕكَ هُمُ ٱلۡغَـٰفِلُونَ 108
އެއުރެންނީ، އެއުރެންގެ ހިތްތަކުގައްޔާއި، އެއުރެންގެ ކަންފަތްތަކުގައްޔާއި، އެއުރެންގެ ލޯތަކުގައި، اللَّه ސިއްކަގައްސަވާފައިވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ، غافلވެގެންވާ މީހުންނެވެ.
Surah 16 · سورة النّحل
Juz 1
لَا جَرَمَ أَنَّهُمۡ فِى ٱلۡأَخِرَةِ هُمُ ٱلۡخَـٰسِرُونَ 109
شكއެއްނެތެވެ. ހަމަކަށަވަރުން، آخرةގައި ގެއްލެނިވެގެންވާ މީހުންނީ، ހަމަ، އެއުރެންނެވެ.
Surah 16 · سورة النّحل
Juz 1
ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُواْ مِنۢ بَعۡدِ مَا فُتِنُواْ ثُمَّ جَـٰهَدُواْ وَصَبَرُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٌ۬ رَّحِيمٌ۬ 110
ދެން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެހީތެރިވެ) ވޮޑިގަތުންވަނީ، އެއުރެންނަށް އަނިޔާލިބި، امتحانވެވުމަށްފަހު، هجرةކޮށް، ދެން جهادކޮށް، ކެތްތެރިވީ މީހުންނަށެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެއަށްފަހުވެސް ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
۞ يَوۡمَ تَأۡتِى ڪُلُّ نَفۡسٍ۬ تُجَـٰدِلُ عَن نَّفۡسِہَا وَتُوَفَّىٰ ڪُلُّ نَفۡسٍ۬ مَّا عَمِلَتۡ وَهُمۡ لَا يُظۡلَمُونَ 111
ކޮންމެ نفسއެއްވެސް، އެ نفسއެއް (دفاعކޮށް) ޖަދަލުކުރުމަށް އަންނަ ދުވަސް (ހަނދުމަކުރާށެވެ!) އަދި ކޮންމެ نفسއަކަށްމެ، އެ نفسއެއް ކުޅަ عملއަކަށް (އެ ދުވަހުން) ފުރިހަމައަށް ޖަޒާ ދެއްވާނެތެވެ. އަދި އެއުރެންނަށް، ބޭއިންސާފެއް ނުކުރައްވާނޭމެއެވެ.
Surah 16 · سورة النّحل
Juz 1
وَضَرَبَ ٱللَّهُ مَثَلاً۬ قَرۡيَةً۬ ڪَانَتۡ ءَامِنَةً۬ مُّطۡمَٮِٕنَّةً۬ يَأۡتِيهَا رِزۡقُهَا رَغَدً۬ا مِّن كُلِّ مَكَانٍ۬ فَڪَفَرَتۡ بِأَنۡعُمِ ٱللَّهِ فَأَذَٲقَهَا ٱللَّهُ لِبَاسَ ٱلۡجُوعِ وَٱلۡخَوۡفِ بِمَا ڪَانُواْ يَصۡنَعُونَ 112
އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ مثالން، اللَّه مثالއެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް رزق އާދެތެވެ. ދެން اللَّهގެ نعمةތަކަށް އެ ރަށުގެ މީހުން كافرވޫއެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެއުރެންނަށް اللَّه ދެއްކެވިއެވެ.
Surah 16 · سورة النّحل
Juz 1
وَلَقَدۡ جَآءَهُمۡ رَسُولٌ۬ مِّنۡہُمۡ فَكَذَّبُوهُ فَأَخَذَهُمُ ٱلۡعَذَابُ وَهُمۡ ظَـٰلِمُونَ 113
ހަމަކަށަވަރުން، އެއުރެންގެތެރެއިން، رسولއަކު، އެއުރެންގެ ގާތަށް ވަޑައިގަތެވެ. ފަހެ، އެއުރެން އެ رسولއާ ދޮގުކުޅައޫވެ. ދެން އެއުރެން އަނިޔާވެރިންކަމުގައިވާ حال، އެއުރެންގެ މައްޗަށް عذابއައެވެ.
Surah 16 · سورة النّحل
Juz 1
فَكُلُواْ مِمَّا رَزَقَڪُمُ ٱللَّهُ حَلَـٰلاً۬ طَيِّبً۬ا وَٱشۡڪُرُواْ نِعۡمَتَ ٱللَّهِ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ 114
ފަހެ، اللَّه ތިޔަބައިމީހުންނަށް ރަނގަޅު حلالތަކެތީގެ ގޮތުގައި ދެއްވި
رزقން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި اللَّهގެ نعمةއަށް ތިޔަބައިމީހުން
شكرކުރާށެވެ! (އެއީ) ހަމައެކަނި، އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައި ވާނަމައެވެ.
Surah 16 · سورة النّحل
Juz 1
إِنَّمَا حَرَّمَ عَلَيۡڪُمُ ٱلۡمَيۡتَةَ وَٱلدَّمَ وَلَحۡمَ ٱلۡخِنزِيرِ وَمَآ أُهِلَّ لِغَيۡرِ ٱللَّهِ بِهِۦۖ فَمَنِ ٱضۡطُرَّ غَيۡرَ بَاغٍ۬ وَلَا عَادٍ۬ فَإِنَّ ٱللَّهَ غَفُورٌ۬ رَّحِيمٌ۬ 115
ތިޔަބައިމީހުންނަށް، އެކަލާނގެ حرامކުރައްވާފައިވާކަން ކަށަވަރީ، މުޅަތަކެއްޗާއި، ލެޔާއި، އޫރުމަހާއި، اللَّه ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، ނުކިޔަމަންތެރިވެ، ދެކޮޅުވެރިވުމެއް އަދި ހައްދުފަހަނަޅައިދިއުމެއް ނެތި، مجبورވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.
Surah 16 · سورة النّحل
Juz 1
وَلَا تَقُولُواْ لِمَا تَصِفُ أَلۡسِنَتُڪُمُ ٱلۡكَذِبَ هَـٰذَا حَلَـٰلٌ۬ وَهَـٰذَا حَرَامٌ۬ لِّتَفۡتَرُواْ عَلَى ٱللَّهِ ٱلۡكَذِبَۚ إِنَّ ٱلَّذِينَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَ لَا يُفۡلِحُونَ 116
اللَّهއާމެދު، ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައްހަދައި، ސިފަކޮށް އުޅޭކަންތަކަށް، މިއީ حلالކަމެކޭ، އަދި މިއީ حرامކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން، اللَّهއާމެދު، ދޮގުހަދާމީހުން ނުދިންނަވާހުށްޓެވެ.
Surah 16 · سورة النّحل
Juz 1
مَتَـٰعٌ۬ قَلِيلٌ۬ وَلَهُمۡ عَذَابٌ أَلِيمٌ۬ 117
(އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. އަދި އެއުރެންނަށް ވޭންދެނިވި
عذابހުށްޓެވެ.
Surah 16 · سورة النّحل
Juz 1
وَعَلَى ٱلَّذِينَ هَادُواْ حَرَّمۡنَا مَا قَصَصۡنَا عَلَيۡكَ مِن قَبۡلُۖ وَمَا ظَلَمۡنَـٰهُمۡ وَلَـٰكِن كَانُوٓاْ أَنفُسَہُمۡ يَظۡلِمُونَ 118
މީގެކުރިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ (وحىކުރައްވައި) ކިޔައިދެއްވި ކަންތައް، يهودىވީ މީހުންގެ މައްޗަށް، ތިމަންރަސްކަލާނގެ حرامކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެއުރެންނަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަމެވެ. އެހެނެއް ކަމަކު، އެއުރެންގެ އަމިއްލަ نفسތަކަށް އަނިޔާވެރިވާ ކަމުގައި، އެއުރެން ވޫއެވެ.
Surah 16 · سورة النّحل
Juz 1
ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُواْ ٱلسُّوٓءَ بِجَهَـٰلَةٍ۬ ثُمَّ تَابُواْ مِنۢ بَعۡدِ ذَٲلِكَ وَأَصۡلَحُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٌ۬ رَّحِيمٌ 119
ދެން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (ފާފަފުއްސެވުން) ވަނީ، ނޭނގިތިބެގެން، ނުބައިކަންތައްކޮށް، ދެން އެއަށްފަހު توبةވެ، إصلاحވެގަތް ބަޔަކަށެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެކަންތަކަށްފަހުވެސް، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
إِنَّ إِبۡرَٲهِيمَ كَانَ أُمَّةً۬ قَانِتً۬ا لِّلَّهِ حَنِيفً۬ا وَلَمۡ يَكُ مِنَ ٱلۡمُشۡرِكِينَ 120
ހަމަކަށަވަރުން، إبراهيمގެފާނީ، اللَّهއަށް ކިޔަމަންތެރިވެވަޑައިގެން،
باطلމަގުން އެއްކިބާވެ، ސީދާމަގުގައި ހުންނެވި، ހެޔޮކަމުގެ ހުރިހާކަމެއް އެކުލެވިގެންވާ أمّةއެއް ކަމުގައިވިއެވެ. އަދި شريكކުރާމީހުންގެ ތެރެއިން، އެކަލޭގެފާނު ނުވެއެވެ.
Surah 16 · سورة النّحل
Juz 1
شَاڪِرً۬ا لِّأَنۡعُمِهِۚ ٱجۡتَبَٮٰهُ وَهَدَٮٰهُ إِلَىٰ صِرَٲطٍ۬ مُّسۡتَقِيمٍ۬ 121
އެކަލާނގެ ދެއްވި نعمةތަކަށް، شكرކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އެކަލާނގެ، އެކަލޭގެފާނު خيارކުރެއްވިއެވެ. އަދި ސީދާވެގެންވާ މަގަށް، އެކަލޭގެފާނަށް މަގު ދެއްކެވިއެވެ.
Surah 16 · سورة النّحل
Juz 1
وَءَاتَيۡنَـٰهُ فِى ٱلدُّنۡيَا حَسَنَةً۬ۖ وَإِنَّهُ ۥ فِى ٱلۡأَخِرَةِ لَمِنَ ٱلصَّـٰلِحِينَ 122
އަދި ދުނިޔޭގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ހެޔޮކަން ދެއްވީމެވެ. އަދި ހަމަކަށަވަރުން، آخرةގައި، އެކަލޭގެފާނު ވަނީ، صالحންގެތެރެއިންކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
ثُمَّ أَوۡحَيۡنَآ إِلَيۡكَ أَنِ ٱتَّبِعۡ مِلَّةَ إِبۡرَٲهِيمَ حَنِيفً۬اۖ وَمَا كَانَ مِنَ ٱلۡمُشۡرِڪِينَ 123
ދެން ތިމަންރަސްކަލާނގެ، ކަލޭގެފާނަށް وحىކުރެއްވީމެވެ. باطلމަގުން އެއްކިބާވެ، ސީދާމަގުގައިވާ إبراهيمގެފާނުގެ دينއަށް، ކަލޭގެފާނު تبعވެވަޑައިގަންނަވާށެވެ! ފަހެ، مشركންގެ ތެރެއިން އެކަލޭގެފާނު ނުވެއެވެ.
Surah 16 · سورة النّحل
Juz 1
إِنَّمَا جُعِلَ ٱلسَّبۡتُ عَلَى ٱلَّذِينَ ٱخۡتَلَفُواْ فِيهِۚ وَإِنَّ رَبَّكَ لَيَحۡكُمُ بَيۡنَہُمۡ يَوۡمَ ٱلۡقِيَـٰمَةِ فِيمَا ڪَانُواْ فِيهِ يَخۡتَلِفُونَ 124
ހޮނިހިރުދުވަހުގެ حرمةތެރިކަން ލައްވާފައިވާކަން ކަށަވަރީ، އެދުވަހާމެދު خلافވެގެން އުޅުނު މީހުންގެ މައްޗަށެވެ. އަދި ހަމަކަށަވަރުން، އެއުރެން خلافވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ قيامةދުވަހުން އެއުރެންގެމެދުގައި، حكمކުރައްވާނެކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
ٱدۡعُ إِلَىٰ سَبِيلِ رَبِّكَ بِٱلۡحِكۡمَةِ وَٱلۡمَوۡعِظَةِ ٱلۡحَسَنَةِۖ وَجَـٰدِلۡهُم بِٱلَّتِى هِىَ أَحۡسَنُۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦۖ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ 125
حكمةއާއި، ރިވެތި وعظއާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدلކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.
Surah 16 · سورة النّحل
Juz 1
وَإِنۡ عَاقَبۡتُمۡ فَعَاقِبُواْ بِمِثۡلِ مَا عُوقِبۡتُم بِهِۦۖ وَلَٮِٕن صَبَرۡتُمۡ لَهُوَ خَيۡرٌ۬ لِّلصَّـٰبِرِينَ 126
އަދި ތިޔަބައިމީހުން، عقوباتދޭނަމަ، ތިޔަބައިމީހުންނަށް عقوباتލިބުނު ފަދަޔަކުން، ފަހެ، ތިޔަބައިމީހުން عقوباتދޭށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކެތްކޮށްފިނަމަ، އެ ގޮތް، ކެތްތެރިންނަށް ހެޔޮކަން ބޮޑުވެގެންވާކަން ކަށަވަރެވެ.
Surah 16 · سورة النّحل
Juz 1
وَٱصۡبِرۡ وَمَا صَبۡرُكَ إِلَّا بِٱللَّهِۚ وَلَا تَحۡزَنۡ عَلَيۡهِمۡ وَلَا تَكُ فِى ضَيۡقٍ۬ مِّمَّا يَمۡڪُرُونَ 127
އަދި ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި اللَّهގެ ވާގިފުޅުން މެނުވީ، ކަލޭގެފާނު ކެތްތެރިވެވަޑައިގަތުމެއް ނުވެތެވެ. އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި އެއުރެން ރާވާ މަކަރުވެރި ރޭވުންތަކުން ހިތްޕުޅުދަތިވުމެއްގެ ތެރޭގައި، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
Surah 16 · سورة النّحل
Juz 1
إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَواْ وَّٱلَّذِينَ هُم مُّحۡسِنُونَ 128
ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوىވެރިވި މީހުންނާ އެކުގައެވެ. އަދި إحسانތެރިންނާވެސް އެކުގައެވެ.